އަމްރުއާއި އައްމާރު ބަލަން ހުރީ މުއާޒްގެ މޫނަށެވެ. ނިކަތު އަދިވެސް އިނީ ދޮންކެޔޯ މަތިން ވިސްނާށެވެ. ނަމަވެސް މުއާޒަށް އޭނާއެހައި ދޮންކެޔޮ ކާހިތުން ހުއްޓައި ކުއްލިއަކަށް އެހެން ބުނުމުން ނިކަތުވެސް އެދިމާލަށް ބަލާލިއެވެ. ނިކަތު ބޭނުންވީ އެތަނުން ދާެށެވެ. ކާއެއްޗެހި ގެނައުމުން މުއާޒްއާއި އައްމާރު އެއްކޮށްހެން ބަލާލީ ނިކަތުއަށެވެ. އޭރު ނިކަތު ދޮންކެޔޮ ވަށް އަތަށް ލައިފައި ބަލާލީ ދުރަށެވެ. “ނިކޫެގެ މަންމައާއި އަހަރެން ރައްޓެހި ވާނެ…” މުއާޒް އެހެން ބުނެފައި ބަލާލީ އަމްރުގެ މޫނަށެވެ. ނިކަތުއަށްވުރެ […]
ފެންމާގަނޑުގެ ދަށުގައި ހުރި ނަހީކްގެ ފިރިހެންވަންތަ ހަށިގަނޑަށް އޮހެމުން ދިޔަ ފެންތަކުގެ ފިނިކަން ހަށިގަނޑަށް ސަވާރުވުމުން ސިކުނޑީގެ ބުރަކަމަށް ކުޑަ ލުޔެއް ލިބުނުހެން ހީވިއެވެ. ތެމިފައިވި ފަން އިސްތަށިގަނޑުގައި އޭނައަށް އަތް ފުނާއަޅާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކޮންމެ ހާލަތެއް މެދުވެރިވިކަމުގައި ވިޔަސް ދިރިއުޅުމުގައި ކުރިމަތިވެފައިވާ އަޑިގުޑަންގަނޑުން އަރައިގަންނަން ނަހީކް އަޒުމު ހިފިއެވެ. އޭނަ ޖެހޭނީ ހުރިހާ ކަމަކާއި ވެސް ކުރިމަތިލާށެވެ. ލޯބިވާ ދަރިފުޅުގެ ހައްޤުގައެވެ. އެދަރިފުޅަށް އެއްވެސް ކަމެއް އުނިވާން އޭނަ ބޭނުމެއް ނުވެއެވެ. […]
ދޮންތަޔަކަށް ނޭނގެ ކީއްވެގެންކަމެއް، އަސްލު މޫނުބުރުގާ އަޅާ މީހުންނަށްވުރެ ނާޅާ މީހުންނަށް މާ އުނދަގޫވަނީ އެ އަޅައިގެން އުޅޭ މީހުން ފެނުމުން. އަހަރެމެން ޝަކުވާ ނުކުރާ ވަރަށް އެމީހުން ޝަކުވާކުރޭ އޭގެ އުނދަގުލާމެދު. ހޫނުވާނޭ.. ކާން އުނދަގޫވާނޭ.. ޖޮބެއް ނުލިބޭނޭ… އެކަހަލަ ބައިވަރު.. އެ ހުރިހާ އުނދަގުލަކަށް އަހަރުމެން ކުރިމަތިލާން އޯކޭ ވެގެން އަޅަނީ…. އެކަންތައްތައް އެނގިހުރެ. އެކަމު ނޭނގެ ކީއްވެކަމެއް މީހުންނަށް އެހާ އުނދަގޫވަނީ.. އެނީވޭސް ކޮންމެވެސް ދުވަހަކުން މަންމަމެނަށްވެސް ވިސްނޭނެކަމަށް އުންމީދުކުރަނީ.. އިންޝާ ﷲ.. […]
އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ. ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން […]
” ޒާހިދާ… ކީއްކުރަންތަ އޭނަ ތި ގެނައީ މިގެޔަށް…. ހަމަމިހާރު އޭނަ ނެރޭ މިގެއިން….” ޔާސިރުއަށް މައިރާ ޒާހިދާއާ އެއްކޮން އައިސް އެގެޔަށް ވަތްތަން ފެނުމުން ޔާސިރު ހަޅޭއްލަވައިގަތެވެ. ” ބަލަ އަހަރެން އޭނަ މިގެނައީ މިގޭގަ ބަހައްޓާކަށް ނޫނޭ… މިއައީ މައިރާގެ އެއްޗިހި ބަލައި.. މީގެ ފަހުން މައިރާ ހުންނާނީ އަހަރެން ގާތު.. ޔާސިރު މައިރާ ނުބެލިޔަސް އަހަރެން ބަލާނަން… ޔާސިރު ހުރިހާ ކަމެއް ހަނދާން ނައްތާލިޔަސް އަހަރެންނެއް ނުނެތޭ… ނަޝްފާ ކުރި ވަސިއްޔަތް އަހަރެން […]
ވެލް ރަހުވާ. އެނގޭތަ މީ ކޮންތަނެއްކަން” ހަމަޖެހިލަމުން ޝައުން ކުރި ސުވާލުން އަހަންނަށް ހެވުނެވެ. ރާއްޖެއަށް އަލަސް އަަހަންނަށް އިނދެވުނީ ހުޅުމާލެ ބީޗްގައި ކަން އަހަންނަށް އެނގެއެވެ. “ޝައުން ހީކުރީ ދެން ހަމަ ރަހުވާއަށް އެއްވަސް ތަނެއް ނޭންގޭކަމަށްތަ؟ ސާބަސް މީ ހުޅުމާލޭ ބީޗް..” އެހިސާބަށް ބުނެފައި އަހަންނަށް މަޑު ޖެހެވުނެވެ. “ހުޅުމާލެ ބީޗް” ވައި އަޑުން އަހަންނަށް ބުނެވުނެވެ. ****** އަޝްޖައުގެ ނަޒަރުން: ޝައުން ރަހުވާމެން ގޮވައިގެން ދިޔުމުން، ރަހުވާ އަހަންނަށް ކިޔާދިން ގޮތަށް ރަހުވާގެ […]
އިޝާ ނަމާދު ކޮށްގެން ނިފްޝާ ތައްޔާރު އެ ވަނީ މިރޭ އޮންނަ ބާބަކިއު އަށް ދިއުމަށެވެ. ނިފްޝާއަކީ ގަޑިއަށް ފަރުވާތެރިވާ ކުއްޖެއް ކަމުން މިރޭވެސް އަށެއް ޖަހަން ތިރީސް މިނެޓު އޮއްވާ ނިމުނެެވެ. އޭނާގެ ރައްޓެހި ހަނާން އާއި ޝާނާ އަންނަންދެން ދެން އިނީ ޤުރްޢާން ކިޔަވާށެވެ. ޤުރްޢާން ކިޔަވަން އިންދާ ވިހި މިނަޓު ވި އިރަށް ހަނާން އާއި ޝާނާ އައެވެ. ނިފްޝާ މިރޭ ބާބަކިއު އަށް އެދަނީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ […]
”ހުރިހާ އެންމެންގެ ލައިފް ވެސް މުޅިންހެން ބަދަލު ވެއްޖެ، ކުރީގެ މިޒާޖުތަކެއް ނޫން މިހާރު ލިބިފައި ވަނީ ވެސް… ހިތަށް އަރާ ކުރީގެ ދުވަސްތަކަށް އަނބުރާ ދެވޭނެ ނަމައޭ… އޭރުން މި ސްޓަރަގްލްތަކާ މެދު ވެސް ވިސްނާކަށް ނުޖެހުނީހެއްނު… އޭރު ކިހާ އުފާވެރިކޮށް އުޅުނީ… އެކަމަކު މިހާރު އެހުރިހާކަމެއް ބަދަލު ވެއްޖެ…” ފަލަކްގެ ދެލޮލުން ދިލަނަގަން ފެށިއެވެ. އޭނަގެ ރާގުން އެހިތަށް އަސަރުކޮށްފައިވާ މިންވަރު އެނގެއެވެ. ނުތަނަވަސްވެފައިވި ހިތަކާއެކު މާއީއަށް އިދެވުނީ ފަލަކްއަށް ބަލާށެވެ. ފަލަކްގެ ހިތާމަތަކާއި […]
އަލްޔާގެ އިތުރުން އެގޭ އެއްމެން ވެސް ތިބީ ލައިޒާ ގޮވައިގެން މާކިން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން ކަމުން އެންމެން ވެސް އެކި އެކި ވާހަކާގައި ތިއްބެވެ. އިސާހިތަކު އެހެން އިތުރު އިންތިޒާރެއް ނުކޮށް ފަރުޖެހޭ ގޮތްވިއެވެ. މާކިން ލައިޒާ ގޮވައިގެން އައިސް ވަނީ އެވެ. “ލައީ!!” މާކިން ލައިޒާ ގޮވައިގެން އައިސް ވަނުމާއެކު ފުއްމާފަ ތެދުވަމުން އަލްޔާ ގޮވައިލިއެވެ. “ތިއްތާ ކިހިނެތްތަ؟” އަލްޔާ ގައިގަ ބާރަށް ބައްދާލަމުން ލައިޒާ އަހައިލިއެވެ. “ތިއްތަގެ ހާލު ރަނގަޅު! ލައި […]