ދެދުވަސް ފަސް… ބޮޑުކޮޓަރީގައި ތިބި ޖާވިދާއި ބަސްމާއާ ދެމެދު ދެކެވެމުން ދިޔައީ ތޫގާގެ ވާހަކައެވެ. އަނެއްކާ ވެސް ނިދީގައި ތޫގާއަށް ހުވަފެންތައް ފެންނަން ފަށާފައިވާތީ އެކަމުގެ ކަންބޮޑުވުން ދެމަފިރިންގެ މޫނުމަތިން ވެސް ފާޅުވެއެވެ. ބަސްމާ އޭނައަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން ތޫގާއަށް މަދުވެރިވާން ވެސް އެތައް މަސައްކަތްކޮށްފިއެވެ. ނަމަވެސް ޅަ އުމުރުގައި އެފަދަ ކުއްލި ސިހުމަކާއި ކުރިމަތިލާންޖެހުމުން ލިބުނު ޝޮކުގެ ސަބަބުން ތޫގާއަށް ވަނީ ނަފުސާނީ ގޮތުން ނުހަނު އަސަރުކޮށްފައެވެ. އެތައް އަހަރެއް ވޭތުވެގެން ދިޔަ އިރު […]
ދާނިޔަލްގެ ނުތަނަވަސްކަން އިތުރުވީ އޭނާއަށް ނަމާދުވެސް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަތް އިރު ދެލޮލުން ކަރުނަތަށް އޮހޮރިގަތީ ހިތަށް ކުރި އަސަރަކުންނެވެ. އަވަހަށް އޭނާ އެތަނުން ސަލާމަތް ކޮށްދެއްވުން އެދި ދާނިޔަލް ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމުން ދިޔައެވެ. އިސްދަށަށް ޖަހާލައިގެން އިން ދާނިޔަލްއަށް ސިހުން ގެނުވީ ބައެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. އޭނާގެ އިސް އުފުލާލި ހިނދު ދާނިޔަލްގެ މޫނަށް ހައިރާންކަން ވެރިވުމާއި އެކީ ދެބުމަވެސް ގާތްވެގެން ދިޔައެވެ. “ކާފަ؟ މޭ.. […]
* ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މެންދަމުގެ ވަގުތެވެ. ޖަހާލި ބާރު ގުގުރިއާއިއެކު ސިހިފައި އަހަރެންނަށް ހޭލެވުނެވެ. އެ އަޑާއި އެކުވެގެން ކަހަލަ ގޮތަކަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދެލޯ އުނގުޅާލަމުން އަވަސްއަވަހަށް ޖެހިގެން ހުރި ކުޑަ އެނދަށް އަހަރެން ބަލާލީމެވެ. ތިން އަހަރަށްދާ އެ ކުޑަކުއްޖާ ގެނެސް އަހަރެންގެ މޭގެތެރޭ ބޮނޑިކޮށްލީމެވެ. އެ ކުޑަކުޑަ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އޭރުވެސް އެކުއްޖާގެ ރުއިމުގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. “ދޫނީ.. އަވަހަށް ހުއްޓާލާ.. ޑެޑީ […]
އަދި ކިހިނެއްވީހޭ އަހާލިއެވެ. ހުމާ މަޑުމަޑުން ތެދުވެ ސޯފާގައި އިށީނދެލިއެވެ. އަދި މައްޗައް ދިއުމަށް އިޝާރާތް ކޮށްލީ އެ ދެމީހުން ވާހަކަ ދައްކާ އަޑަށް މަންމަމެން ހޭލާފާނެތީއެވެ. ހިބާ އާއެކޭ ބުނެ ވަނީ ބަދިގެ އަށެވެ. ދެތަށީ ކޮފީ ގިރައިގެން މައްޗައް އެރިއިރު ހުމާ އިނީ އެނދުމަތީގައި އިށީނދެގެން އަތުން ކުޑަކޮށް ފައިގެ ކުޑަވާއިނގިލީގައި ފިރުމާލަ ފިރުމާލައެވެ. ހިބާ އައިސް ދެ ކޮފީތަށި ކައިރީގައިހުރި ކުޑަ މޭޒްމަތީ ބަހައްޓާފައި އެނދުގެ އެއްފަރާތުގައި ހިބާކައިރީ އިށީނދެލިއެވެ. “މިހާ ދަންވީ […]
އަސުރުން އިރުތިރިވީއިރު އިރުގެ އަލިކަމުން ދުނިޔެމަތި މަހުރޫމް ކޮށްލި ގޮތުން ހީވަނީ ކަޅު ސާލެއް އޮޅައިލެވުނު ހެންނެވެ. ވިލާތައް ބޯކަމުން ފަރުބަދަފަޅިތަކެއްހެން ހީވެއެވެ. ވިލާތައް މަތިމައްޗަށް ނަގާފައިވާ ގޮތުން އިރަކަށް އެ ވިލާތައް ފޫއަޅުވާލުމުގައި ކާމިޔާބެއް ނުކުރެވުނެވެ. އިރުއޮއްސުމަށްފަހު ވިއްސާރަ ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. ދޭތެރެ އަކުން ގުގުރީގެ އަޑާއި އެކު ވިދުވަރުގެ ހުދު އަލި ރޮގުތަކުން އުޑުމަތި ދިއްލިގެންދާން ފެށިގޮތަށް ރޭގަނޑުގެ ބޮޑު ބަޔެއް ވޭތުވެގެން ދިޔައީ އެގޮތުގައެވެ. ދަންވަރު ތިނެއް ޖެހިފަހުން ވިލާތަކަށް އޮބިނޯވެގެން […]
ދަންވަރުގެ ވަގުތެވެ. ނިދީގައި އޮތް ރުކާންއަށް ހޭލެވުނީ ރުއިމެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. ނިދިބަރުވެފައިވި ދެލޯ ހުޅުވާލަމުން އޭނަ އެއަޑަށް ސަމާލުކަން ދިނެވެ. އެއަޑު އަންނަނީ އޭނަގެ މަގަތުންނެވެ. އެއާއެކު އޭނަގެ ނިދި ފިލައިގެން ދިޔަ އެވެ. އަވަސްއަވަހަށް ގޫތާ އޮތް ފަޅިއަށް އޭނައަށް އެނބުރިލެވުނެވެ. އޭރު ދަލުން ތޫގާ ވަނީ ފެންވެރިފައެވެ. އަތްތިލައިގެ ތެރެއަށް ބެޑުޝީޓު ބޮޑިކޮށްލެވިފައި ވިއިރު ތޫގާގެ ދެލޯވަނީ ތަގުޅިކޮށްލެވިފައެވެ. ނިދީގައި އޮވެ އޭނަ ރޮމުން ދިޔަ ހިނދު ބޮޑު ވޭނެއް […]
ގޭގެ ދޮރު ހުޅުވާލާފައި ނުކުތް ނާޖިދު ދޮރޯށިން ވަތް ޒަފާ ގެ ލޮލުގައި އަޅައިގަތުމާއެކު ފިޔަވަޅުތައް ހުއްޓުނެވެ. ނާޖިދު ވެސް އެ ދިމާލަށް ބަލާލި އިރު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އެއާއެކު ޒަފާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ އަށް އެތެރެއަށް ވަތް އީނާލް އަށް ބަލާލެވުނެވެ. “ޑޭޑް ދިސް އިޒް ޒަފާ” އީނާލް ނާޖިދު އަށް ބަލާލަމުން ބުނެލިއެވެ. “އެހެންތަ؟ ތީ ދޯ އީން ގެ ފްރެންޑް ކުއްޖަކީ… ވަރަށް […]
ތޫގާ ފެނުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ނަހީކް ހިނގައިގަތީ އެގެއިން ނިކުތުމަށެވެ. ނަމަވެސް ވަކިހިސާބަކަށް ދެވުނުތަނާ ތޫގާ ބުނެލި އެއްޗަކުން ފަސްއެނބުރި ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. އޭރު މާއީ ވެސް ސިހިފައި ތޫގާއަށް ބަލާލިއެވެ. ”ބަލަ ދަނީތަ؟… ނަހީކް އަންނާނެ އިރެއްގެ އިންތިޒާރުގައި ކުޑާ ހުންނަތާ ކޮން އިރެއް… ވާހަކަ ވެސް ނުދައްކާތަ ތިދަނީ؟… އަހަރުތަކެއް ފަހުން ފެނުމުން ދައްކަން ލައްކަ ގިނަ ވާހަކަތަކެއް ވެސް ހުންނާނެއެއްނު… ތީ ކުރީގެ އެންމެ ގާތް ދެމީހުން ވިއްޔާ… މިހާރު އިތުޅޭ […]
ފިނި މޫސުމުގެ ދުވަސްވަރެކެވެ. ދަންވަރު ވެހެންފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. ވެހެމުންދިޔަ ވާރެއަށް ބަލަހައްޓައިގެން ފޫހިކަމެއްނެތި ކޮޓަރިތެރޭގައި މިޝްޢަލް ހުއްޓެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ލޯގަނޑުގައި ޖެހިފައި ތިރިއަށް ފައިބައިގެންދާ މަންޒަރު، ބަލައިލަން ނުހަނު ހިތްގައިމެވެ. ވާރޭގެ ސަބަބުން ބެލްކަނީގައި ހެދިފައިވާ ފެންގަނޑު ތެރެއަށް ވާރޭގެ ތިކިތައް ޖެހުމާއެކު އެ އުފެދޭ ކުދިކުދި ބާނިތަކަކީވެސް ޤުދުރަތުގެ އަޖައިބެކެވެ. ބަލާ ފޫހިނުވާނެހާ ހިތްގައިމު މަންޒަރެކެވެ. ފިނީގެ ސަބަބުން ހީކަރުވާފައި ހުރިނަމަވެސް މިޝްޢަލް އެތެރެއަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އޭނާގެ […]