މާފެއް ނުކުރާނަން ހެއްޔެވެ؟8
ވެލް ރަހުވާ. އެނގޭތަ މީ ކޮންތަނެއްކަން” ހަމަޖެހިލަމުން ޝައުން ކުރި ސުވާލުން އަހަންނަށް ހެވުނެވެ. ރާއްޖެއަށް އަލަސް އަަހަންނަށް އިނދެވުނީ ހުޅުމާލެ ބީޗްގައި ކަން އަހަންނަށް އެނގެއެވެ. “ޝައުން ހީކުރީ ދެން ހަމަ ރަހުވާއަށް އެއްވަސް ތަނެއް ނޭންގޭކަމަށްތަ؟ ސާބަސް މީ ހުޅުމާލޭ ބީޗް..” އެހިސާބަށް ބުނެފައި އަހަންނަށް މަޑު ޖެހެވުނެވެ. “ހުޅުމާލެ ބީޗް” ވައި އަޑުން އަހަންނަށް ބުނެވުނެވެ.
******
އަޝްޖައުގެ ނަޒަރުން:
ޝައުން ރަހުވާމެން ގޮވައިގެން ދިޔުމުން، ރަހުވާ އަހަންނަށް ކިޔާދިން ގޮތަށް ރަހުވާގެ ވާހަކަ މަންމައަށާއި ބައްޕައަށް އަހަރެން ކިޔާދިނީމެވެ. ރަހުވާގެ ހާލާމެދު މަންމަ އަދި ބައްޕަވެސް ވަރަށް ހަމްދަރްދީވިއެވެ. އަދި ޝައުންގެ ހެޔޮކަމަށް މަންމަމެން ތައުރީފު ކުރިއެވެ.
“ދަރުފުޅާ! ދަރިފުޅާ އެއްކޮށް އެގާރަ ބާރާގަ އުޅުނެއްނު ޖަންނަތުއެއް ދޯ! އެ މަންޖެއާ ރަހުވާއާ ވައްތަރު ގޮތެއް ހުރޭދޯ. ހޮސްޕިޓަލުން ފެނުނުއިރު މަންމަ ހީކުރީ ޖަންނަތު ކަމަަށް. އެހެންވެ ޖަންނަތު ކިޔާފަ ގޮވާލީވެސް. ފަހުން ހަނދާންވީ އެމަންޖެގެ އިންނަނީ ފެހި ކަޅިއެއްކަން” ކުއްލިއަކަށް މަންމަ ޖަންނަތުގެ ވާހަކަ ދެއްކުމުން އަހަރެންގެ ބޯ ސަކަރާތްވިއެވެ. ވޭތުވެ ދިޔަ ފަސް އަހަރު ތެރޭ އަހަރެން ޖަންނަތު މަތިން ހަނދާންވެސް ނެތެވެ. ޖަންނަތުގެ ފެހި ކަޅި ފިޔަވާ އެހެން އެއްވެސް ސިފައެއް އަހަރެން ހަނދާނެއް ނެތެވެ. އަހަރެން ޖަންނަތުއާ ރުޅިވި ދުވަހުގެ ފަހުން ލޮލަށް ވެސް ނުދެކެމެވެ. އެނބުރި ލަނޑަނަށް ޖަންނަތު ދިޔަކަށް އަހަންނަށް އެނގުނީ ޔާނީގެ ފަރާތުންނެވެ.
*****
ރަހުވާގެ ނަޒަރުން:
އަތުގައި އޮތް ފިޔާތޮށި ކުލައިގެ ޑައިރީއަށް ބަލަހައްޓައިގެން އިންއިރު އަހަންނަށް ރޮވެމުން ދިޔައެވެ. އެފޮތް ގެނަސް މޭމަތީ ޖައްސާލުމާއެކު ބަޑި ފަޅައިގެން ދިޔައެވެ. ޝައުންއާއި ޖީނާ ގޭގައި ނެތުމުން އަހަރެން ރުއިން މަޑު ކުރާކައްވެސް ނޫޅެމެވެ. ބޭނުންވީ ހިތްފުރެންދެން ބާރަށް ރޯށެވެ.
****
ޝައުންގެ ނަޒަރުން:
ހުޅުމާލެ ބީޗް ރަހުވާއަށް ހަނދާން ވުމާއެކު ރަހުވާ ބޭނުންވީ މާލެ އަންނާށެވެ. ރަހުވާއަށް ހުޅުމާލެ ބީޗް މަތިން ހަނދާންކޮށްދެވުނު މޮޔަ ހިތަށް އަރަމުން ރަހުވާއާއި ޖީނާ ގޮވައިގެން މާލެއައީމެވެ. މާލެ އައިސްވެސް ޖީނާ ގެއަަށް ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ރަހުވާ ބޭނުންވީ ގެއަށް ދާށެވެ. ރަހުވާ ގެއަށް ލާފަ އަނެއްކާވެސް އަހަރެން ޖީނާ ގޮވައިގެން ކާރު ދުއްވަން ދިޔައީމެވެ.
މުޅި މާލޭގައި ދުއްވާފައި ގެއަށް އާދެވުނުއިރު އިރުއޮއްސި ހައެއް ޖަހަނީއެވެ. ގެއަށް ވަންގޮތަށް އަހަރެންގެ ފިޔަވަޅުތައް ހުއްޓުނީ އަންހެން ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑަށެވެ. އެއީ ރަހުވާގެ އަޑުކަން ނަގައިގަންނަށް އިރުކޮޅެއް ނެގިއެވެ.
“ޝައުންބެ ކީއްވެ މަންމި ރޮނީ؟” އަހަންނަށް ހަމަބިމަށް އާދެވުނީ ޖީނާ ވާހަކަ ދެއްކުމުންނެވެ. ރަހުވާގެ ރުއިމުގެ އަޑުއިވޭ ކޮންމެ މީހެއްގެވެސް ހިތް ފަޅައިގެން ދާނެކަން ޔަގީނެވެ.
ސޯފާގައި ޖީނާ ބޭންދުމަށްފަހު އަހަރެން ގޮސް ރަހުވާ ކޮޓަރީ ދޮރުގަ ޓަކި ޖެހީމެވެ.
*******
ރަހުވާގެ ނަޒަރުން:
ރުއިން ހުއްޓަން އަހަންނަށް މަޖުބޫރުވީ ކޮޓަރީ ދޮރުގައި ޓަކި ޖަހާ އަޑުއިވުމުންނެވެ. އަތުގައި އޮތް ޑައިރީ އަލަމާރި ތެެެރެއަށް ލުމަށްފަހު ފާޚަނައަށް ވަނީ މޫނު ދޮވެލާށެވެ. ގިނައިރު ރުއިމުގެ ސަބަބުން އަހަރެންގެ ދެލޯ ވަނީ ދުޅަވެފައެވެ. ނޭފަތަށް ހުރީ ފިޔާތޮށި ކުލަ އަރާފައެވެ. އަވަހަށް މޫނު ދޮވެލައިގެން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ޝައުންއެވެ. “ކޮބާ ޖީން؟ ކޮންއިރަކު ޝައުންމެން ގެއަށް އައީ؟” މޫނު މައްޗަށް ހިނިތުން ވުމެއް ވެރި ކުރަމުން އަހަރެން ބުނީމެވެ. އަހަރެންގެ މޫނު ޝައުންއަށް ނުދައްކަން ވެގެން އަހަރެން އިނީ އިސްޖަހައިގެންނެވެ. ކޮޓަރިން ނުކުންނަށް އުޅެނިކޮށް އަހަރެންގެ އަތުގައި ހިފާ ދަމައިގަންނަމުން ޝައުން އަހަރެން ކޮޓަރިއަށް ވެއްދިއެވެ. ޝައުންގެ އެއަމަލުން އަހަންނަށް ދެލޯ ބޮޑު ކުރަމުން ޝައުންއާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު ޝައުންގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުން ނަގަންވީ މާނައެއް އަހަންނަކަށް ނޭންގެއެވެ.
“އައި އޭމް ސޮރީ” ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ޝައުން ވައި އަޑުން ބުންޏެވެ. “ޔޫ ޑޯންޓް ހޭވް ޓު ބީ ސޮރީ” އަހަރެންވެސް ސީދާ ޝައުންގެ ލޮލަށް ބަލަހައްޓައިގެން އިނދެ ބުނީމެވެ. “ޝައުން އެއްނޫން މާފަށް އެނދެންވީ ކީ. އަޝްޖައު އެއީ މާފަށް އެދެން ޖެހޭ މީހަކީ.” ޝައުން އެއްޗެކޭ ނުބުނުމުން އަަހަރެން ބުނީމެވެ. އެހެން ބުނިއިރު އަހަރެންގެ އަޑު ކުރަކިވެ އަނެއްކާވެސް ލޮލުން ކަރުނަ އަންނަން ފެށިއެވެ.
“ޝްޝްޝް. ރަހުވާ ތިހެން ރުއިމަ ޖީންއަށް ވަނީ ކިހިނެއް. ޔޫ ހޭވް ޓު ބީ ސްޓްރޯންގް. ޖީން މިހާރުވެސް އިނީ ވަރަށް ދެރަވެފަ ރަހުވާ ރޯ އަޑު އިވޭތީވެ.” އަހަރެންގެ ކަރުނަތައް ފުހެދެމުން ޝައުން ބުންޏެވެ. އެކަމާ އެއްބަސް ވުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.
އަހަންނާ ޝައުން ކޮޓަރިން ނުކުތްއިރު ޖީނާ ސޯފާގައި އިށީންދެލައިގެން އިނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހަރެން ޖީނާ ގާތު އިށީނީމެވެ. “މަންމި ކީއްވެ ރުއި؟ ތަނަކަށް ތަދުވަނީތަ؟ މަންމި ބަލިވީތަ؟” އަހަރެން އިށީންނުނާއެކު ސުވާލު ފައްޗެއް ޖީނާ އަމުނާލިއެވެ. އެދަރިފުޅު އަހަރެން ދެކެ ވާ ލޯބި ފެނުމާއެކު އަހަރެން ފެންކަޅިވިއެވެ. “މަންމި ކުޑަކޮށް ބޮލުގަ ރިއްސާތީ ރޮވުނީ” އަޅައަޅައި ގަންނަމުން އަހަރެން ބުނީމެވެ. ޖީނާގެނެސް އަހަރެންގެ މެއާލާ ބޮނޑި ކޮއްލުމާއެކު ހިފަހައްޓައިގެން ހުރު ކަރުނަތައް ފައިބައިގަތެވެ. ޖީނާއަށް ނޭންގޭނެހެން އަހަރެން އަވަހަށް ކަރުނަތައް ފުހެލީމެވެ.
ޝައުންގެ އެދުމުގެ މަތިން މާލޭ ސްކޫލަކަަށް އަހަރެން ޖީނާ ވެއްދީމެވެ. ސްކޫލަށް ދެވޭތީ ޖީން ހުންނަނީ ވަރަށް އުފަލުންނެވެ. އެންމެ ފުރަތަމަ ދުވަހު ޖީނާ ސްކޫލަށް ލާން ދިޔައީ އަހަންނާ ޝައުންއެވެ.
“ހެއި ޝައުން. ޖަންނަތަ މީ؟” ކުއްލިއަކަށް ވަރަށް ފޯރީގައި އަންހެން ކުއްޖަކު އައިސް އަހަންނާ ޝައުންގެ ކުރިމަތީގަ ހުއްޓުނެވެ. އެއީ ކާކުކަން ނޭންގޭތީވެ އަހަންނަށް ޝައުންއާ ދިމާއަށް ބަލާލެވުނެެވެ. “ނޮޕް. މީ ރަހުވާ މަގޭ ވާން އުޅޭ ވައިފް. ރަހުވާ ދިސް އިޒް ޔާނީ ކްލާސް މޭޓެއް” އަހަރެންގެ އޮނަގަނޑުގައި އަތް އަޅުވާލަމުން ޝައުން ބުނެލިއެވެ. ފާޑަކަށް އަނގަ ހުޅުވައިގެން އިނދެ އަހަންނަށް ޝައުންއާ ދިމާއަަށް ބަލަހައްޓައިގެން އިނދެވުނެވެ. ވާން އުޅޭ ވައިފްއޭ ބުނުމުން އަހަރެންގެ ހިތް ނަށާލިއެވެ. އެހެނަސް ޝައުން އެހެން ބުނީ ކީއްވެތޯ އަހަރެން ހިތަށް އެރިއެވެ.
*****
އަޝްޖައުގެ ނަޒަރުން:
ޖީނާ އަލަށް ސްކޫލަށް ދާދުވަސް ކަމުން އަހަރެންވެސް ދިޔައީމެވެ. އަހަންނަށް ދެވުނީ ތަންކޮޅެއް ލަހުން ކަމުން ޖީނާއާ ދިމާވާ ގޮތެއް ނުވިއެވެ. ޝައުންއާ ރަހުވާ ސްކޫލްތެރޭގަ ޔާނީއާ ވާހަކަ ދައްކަން ތިބިތަން ފެނުމުން އަހަރެން މިސްރާބު ޖެހީ އެދިމާއަށް ދަށެވެ. ވަކި ހިސާބަކަށް ގޮއްސައި އަހަރެންގެ ފިޔަވަޅުތައް ހުއްޓުނީ ރަހުވާގެ އުނަގަނޑުގައި އަތް އަޅުވައިގެން ޝައުން ބުނި އެތިންނެވެ. “ނޮޕް. މީ ރަހުވާ މަގޭ ވާން އުޅޭ ވައިފް. ރަހުވާ ދިސް އިޒް ޔާނީ ކްލާސް މޭޓެއް” އަަަަަހަންނަށް ހީވީ ކަންފަތް ދޮށުގައި ކުޑަ ވަރެއްގެ ބޮމެއް ގޮއްވާލިހެންނެވެ. ހިތް އެތި އެތި ކޮޅަށް ބުރައިގެން ދިޔައެވެ. އަހަރެން ހަޔާތުގައިވެސް ލޯބިވީ ކުއްޖާ އެއުޅެނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއި ކައިވެނި ކުރާށެވެ. ލޮލުން ކަރުނަ އަންނަށް ފެށުމުން މަޑު މަޑުން ފަހަތަށް ފިޔަވަޅު އަޅަން ފެށުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހާނެހާ ހިތްވަރުވެސް އަހަރެން ގަޔަކުނެތެވެ.
މަގުމަތިން ހިނގާފައި ދިޔައިރު ދުއްވާ އެއްޗަކަށް މީހަކަށް އަހަންނަކަށް ސަމާލުކަމެއް ނުދެވެއެވެ. ލޮލުން ކަރުން އަންނަ ހާލު އަހަރެން ގޮސް ރަސްފަންނަށް ވަނީމެވެ. ރަސްމީ ދުވަހެއްކަމުން މީހުން އެހާ ގިނައެއްނޫނެވެ.
ރަސްފަންނުގެ ދޮންވެލިގަނޑު މައްޗަށް ތިރިވަމުން އަހަންނަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ވެގެން ދިޔައީ ބޯކޮށް ވާރޭއޮއްސާލި ވަގުތުކަމުން އަހަރެންގެ ހަޅޭކުގެ އަޑު ވާރޭގެ އަޑާއެކީ ވަންހަނާވެގެން ދިޔައީއެވެ. “ރަހުވާ” ބޮލުގައި ދެއަތް އަޅައިގެން ގިސްލަ ގިސްލާފައި ރޯންފެށުނެވެ.
*****
ރަހުވާގެ ނަޒަރުން:
“ޝައުން އައިއޭމް ރިއަލީ ހެޕީ ފޯ ޔޫ. ވަރަށް އުފާވެއްޖެ ޝައުން ލައިފްގަ މޫވް އޮން ކުރަން ނިންމީމަ. ބައި ދަ ވޭ ރަހުވާއާ ޝައުންއާ ވަރަށް ގުޅޭ. މަށަަށް އިންވައިޓް ކުރައްޗޭ ވެޑިންއަށް” ޔާނީ ވަރަށް ފޯރީގައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ބުނާނެ އެއްޗެއް ނޭންގިފައި ފާޑަކަށް މޫނު ހަދައިގެން އަހަންނަށް އިނދެވުނެވެ. “ޔަގީނެއްނު. ޔާނީއަށް އިންވައިޓް ނުކޮށްދެން ކާކަށް މަ އިންވައިޓް ކުރާނީ. އޭ ދެން ގޮސްލީ އެނގޭ.” އަހަރެން އަތުގައި ހިފައިގެން ޝައުން ބޭރަށް ނުކުމެ ކާރަށް އެރިއެވެ.
“ޝައުން. ވަޓް ދަ ހެލް ވޯޒް ދެޓް؟” ރުޅިއައިކަމަށް ހެދުމުން ވަރަށް ހިތްވަރުކޮށްފައި އަހަރެން އެހީމެވެ. އަހަރެން ކުރި ސުވާލު އަަޑުއިވުނުކަމަށްވެސް ނުހަދާ ޝައުން ކާރު ދުއްވާލިއެވެ. “ޝައުން” އަކުރުތަކަށް ދަމާލަމުން އަހަރެން ޝައުންއަށް ގޮވީމެވެ. “ކީކޭ ރަހުވާ؟” މޫނަށް ވައްތަރެއް ޖައްސަމުން ހަމަ އަހަރެން ގޮވި ރާގުގައި ޝައުންވެސް ބުންޏެވެ. “ޝައުން ކީކޭ ތަތިކީ؟” އަނެއްކާވެސް އަހަރެން އެހީމެވެ.
“މަ މޮޅު ދޯ އެކްޓް ކުރަން. ޔާނީއާ މީޓްވި ވަގުތު ޖެކްވެސް އައިސް ވަނީ. މަށަށް އެނގޭ މަ އެހެން ބުނާއިރަަށް ޖެކް ބްރޭކް ވާނެކަން. ޔޫ ޝުޑް ހޭވް ސީން ހިޒް ފޭސް” ހެވިފައި ހުރެ ޝައުން ބުންޏެވެ. އަހަރެން ފާޑަކަށް ހުއްޓުން އެރިއެވެ. ޔާނީ ގާތު އަހަންނަކީ ޝައުންގެ ވާން އުޅޭ އަނބިމީހާއޭ ބުނީ އަޝްޖައުގެ ހިތްހަލާކު ކުރަންހެއްޔެވެ؟ ކޮންމެހެން އަހަރެންދެކެ ލޯބިވެގެންނެއް ނޫނެވެ. އެޚިޔާލުތައްވެރި ވުމާއެކު ސިނގުރުޅިއެއް އަހަރެން ގާތަށް އައެވެ. “ހަމަ މިހާރު ކާރު ހުއްޓާ!” ތުރުތުރު އަޅާ އަޑަކުން ބާރަކަށް އަހަރެން ހަޅޭއްލަވައިގަތީމެވެ. ލިބުނު ސިހުމުގައި ޝައުން ކާރު ހުއްޓިއެވެ. އަދި ދެލޯ ބޮޑުކޮށް އަނގަ ހުޅުވައިގެން ހުރެ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ރަހުވާ އާ ޔޫ އޯލްރައިޓް” ދެލޯ ބޮޑުކޮށްގެން ހުރެ ޝައުން އެހިއެވެ. ތުންދަމައިގެން އިނދެ އަހަރެން ޝައުންއާ ދިމާއަށް ލޯ އަޅާލީމެވެ. “ރަހުވާ” އަނެއްކާވެސް ޝައުން އަހަންނަށް ގޮވިއެވެ. “ކޮން ރަހުވާއެކޭ ކިޔާކަށެއް. ޝައުންއަށް ކޮންހައްގެއް އޮތީ އެގޮތަށް މަގޭ ފީލިންގްސްއާ ކުޅޭކަށް! ޖެކް ބްރޭކް ކުރަންށޯ. ޑޭމް އިޓް. ދަ ހެކް ވިތް ޖެކް. ޝައުން އައި ލަވް ޔޫ. ބަޓް އައި ޑޯންޓް ތިންކް ޔޫ ޑިޒާވް މައި ލަވް އިޑިއަޓް. ތީހަމަ ހުރިހާ ފިރިހެނުންގެ ގޮތް. ވަރަށް ފޫހިވޭ” އައި ރުޅީގައި ކިޔޭނުކިޔޭ އެއްޗެއްވެސް އަހަންނަކަށް ނޭންގުނެވެ.
ޝައުން އަހަންނާ ދިމާއަށް ބަލަން ހުރެފަ ބާރަކަށް ހޭންފެށިއެވެ. “ޔޫ ކިޑިންމީ ނާ!” “ނޯ އައި އޭމް ސީރިއަސް އައި ލަވް ޔޫ” އަހަރެން ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ޝައުންގެ އަތުގައެވެ. އަހަރެން ސަމާސާކުރަނީ ނޫންކަން އެނގުމާއެކު ޝައުންގެ ހުނުން މައިތިރިވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.






Alhe nxt part plxxx avas kohdeebaa
ރަހުވާ އާއި ޝައުން ގުޅުވައްޗޭ ކިޔާރާ މިއީ ޖަންނާގެ ކޮއްކޮތަ އެނގޭކުއްޖަކު ބުނެދީބަލަ
ahan nah hyvany eii hama jannathu hen..
oh my god is that actually jannath
Wow… V reethi next part up kohladheythi thankohlheh ahvaha ??