ޔާސިރުމެންނަށް ރިސޯޓަށް ދެވުނުތަނާހެން ޔާސިރުއަށް މައިރާގެ ފޯނެއް އައެވެ. މައިރާގުޅީ ޔާސިރުއަށް ކެއުމަކަށް ދަޢުވަތު ދިނުމަށެވެ. މައިރާ ގާތު ދާނަމޭ ބުންޏަސް ޔާސިރު ހުރީ ދާގޮތަކަށް ނޫނެވެ. އަދި އެވަގުތު އޭނަ ހުރީ ރަށުން ބޭރުނޫން ކަމެއްވެސް މައިރާގާތަކު ނުބުނެއެވެ. އެދުވަހު ޢަޒީޒްއާ އެއްކޮށް ރަށުން ބޭރަށް ދެވުނު ކަމީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ ޢަޒީޒްއަށް ހުރިހާ ކަމެއް އިނގޭނެކަން ޔަޤީނެވެ. ******************************************************* އިރުއޮއްސެމުންދިޔަ ވަގުތެވެ. އާދައިގެ މަތިން ރުކުގައި ލެނގިލައިގެން މައިރާހުއްޓެވެ. އަތުގައި އޭނަ ލިޔަން […]
ޢަޒީޒް ޔާސިރުއާ ސަލާމް ކޮއްލުމަށްފަހު ގެޔަށްދާން ހިގައިގަތެވެ. އޭނާއަށް މިކުރެވެން އުޅޭ ކަންތަކާ މެދު ވިސްނަމުން ދިޔައެވެ. އޭނާގެ ހިތް ބުނަނީ މިކުރެވެނީ ގޯސް ކަމެއް ކަމުގައެވެ. ނަމަވެސް އޭނާގެ ސިކުޑި ބުނަމުން ދިޔައީ މިއީ ރަނގަޅު ކަމެއް ކަމުގައެވެ. ކޮންމެއަކަސް ޢަޒީޒްގެ ބޮލަށް ދިޔައި ބާރުވަމުންނެވެ. މި ވިސްނުންތަކާ ދުރުވުމަށް އޭނާ ގަސްދުކުރީ ނިދާލުމަށެވެ. އެހެންކަމުން ގެޔަށްގޮސް ނިދަން އޮށޯވެތީ ސިކުނޑިއަށް ލުއި ކަމެއް ގެނައުމަށްޓަކައެވެ. ***************************** ހަވީރު އަތިރިމަތިން އައިއްސުރެ ސަނާޝް އެއޮންނަނީ އެޒުވާނާގެ […]
މައިރާ.. އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއް ނުކުރާނަން… އަހަރެންގެ އަނބިމީހާ މަރުވީ ކަލޭގެ ބަފާގެ ސަބަބުން… ކަލޭގެ ބަފާ އަހަރެންގެ އަނބިމީހާ ގަޔަށް އެރިއިރު އޭނާ ކުރި އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް… އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮއްލާނަން….” ޔާސިރު ދިޔައީ މައިރާގެ ދިރިއުޅުން ހަލާކުކޮއްލުމުގެ ތައްޔާރީތައް ވަމުންނެވެ. އެތަކެއް ރޭވުންތަކެއް ރަވަމުންނެވެ. *************************************************************** މޭއީ… ދެން ހިނގާބަ ފެންކުޅިކުޅެން ދާން… ޕްލީޒް… ޒީމެންވެސް ގުޅާފިޔޭ ލަސްވެގެން… ބުނީ މޭއީ ގޮވައިގެން އަންނާށޯ….. މިހާރު ކައްކާވެސް […]
ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. މައިރާ އަށް ވިސްނެނީ އޭނާގެ މާޒީގައި ހިނގި ކަންތަތްތަކާ މެދުގައެވެ. އެ ހާދިސާތަކަކީ ދުވަހަކުވެސް މައިރާގެ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ. އޭނާއަށް މިއަދު މިހުރިހާ އުފަލެއް ލިބުނަސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ ކަންތައްތައް ހިނގާދިޔަ ގޮތް ރަނގަޅަށް އޮޅުންފިލީމައެވެ. އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުތައް ލިބުނީމައެވެ. ********************************************************** އެއީ ގާތްގަނޑަކަށް މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. މައިރާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ހަނދާން ހުންނަން […]
އަނެއް ދުވަހު މައިރާއަށް ހޭލެވުނު އިރު އަދުހަމް އޮތީ މައިރާއާ ދިމާއަށް ބަލާށެވެ.” ގުޑް މޯރނިންގ ސަންޝައިން…” މައިރާ ލޯ ހުޅުވާލުމުން އަދުހަމް ބުންޏެވެ.” ހްމްމްމް… މޯރނިންގ…” އަދުހަމްގެ އަތު ތެރޭ އިތުރަށް ބޮނޑިވެލަމުން މައިރާ ބުންޏެވެ.” ކިހާ އިރެއް ވެއްޖެ މިހާރު؟” އިރުކޮޅެއް ފަހުން މައިރާ އަހާލިއެވެ.” ހަތެއް ޖެހީ…” އަދުހަމް ބުންޏެވެ.” އަސްލުވެސްތަ؟” ކުއްލިއަކަށް ތެދު ވަމުން މައިރާާ އަހާލިއެވެ.” ކިހިނެއްވީ؟” މައިރާގެ އަތުގަ ހިފަހައްޓާފައި އަދުހަމް އެހިއެވެ.” މާ ލަސްވެއްޖެ… ދެން ދޫކުރޭ…” […]
ނޯޓް: މި ވާހަކައަކީ އަޅުގަނޑު ކުރިން ލިޔަން ފަށާފަ ދިމާވި ކުޑަ ކަމެއްގެ ސަބަބުން ހުއްޓާލި ވާހަކައެއް… އެހެންނަމަވެސް އިތުރު ބަދަލު ތަކަކާއެކު އަޅުގަނޑު މިހާރު ކުރިޔަށް ގެންދަން ވިސްނާފައިވާނީ.. އަދި ގިނަ ދުވަސް ވުމުގެ ސަބަބުން އަލުން ވާހަކަ ފެށިގެން އަޕް ކުރަމުން ގެންދާނީ.. އިނގޭ ކުރިން ކިޔާފަ އޮތް ބައެއް ވީމަ އަލުން ކިޔަން ފޫހި ވާނެކަންވެސް.. އެކަމްއިރާދަކުރެއްވިއްޔާ މާޔު މިފަހަރު މި ވާހަކަ ފުރިހަމަ ކޮށްދޭނަން .. ހުރިހާ ކިޔުންތެރިންގެ ފަރާތުން ކުރިންވެސް […]
ވާހަކަ ގެނެސް ނުދެވޭތީ ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.. މާޔުއަށް މިދުވަސްކޮ ވާހަކަ ލިޔެވެން ނެތީމަ އަޕް ނުކުރެވެނީ.. މާޔުގެ އާއިލާ ތެރޭ ޖެހިފަ އޮތް މައްސަލައެއްގެ ސަބަބުން އެއްވެސް ކަމެއް ނުކުރެވިގެން މިއުޅެނީ… އަދިވެސް އެއްކޮން ހަމައަކަށް ނޭޅިގެން މިއުޅެނީ… ހޯމަ ދުވަހު ދެން އޮތް ޕާޓު ގެނެސްދެވޭތޯ މިހާރު މިދަނީ މަސައްކަތް ކުރަމުން… މިހާރު އެޕާޓު ލިޔަން ފަށާފަ އޮންނާނީ.. އިރާދަކުރެއްވިއްޔާ ހޯމަ ދުވަހުން ފެށިގެން ވާހަކަ ގެނެސްދޭނަން ގަވާއިދުން… ހުރިހާ ކިޔުންތެރިންނަށްވެސް ވިސްނޭނެކަމަށް އުއްމީދުކުރަން….
މިއަދަކީ މައިރާގެ ނަތީޖާ ލިބޭ ދުވަހެވެ. 12 އަހަރު ވަންދެން އޭނަ ކުރި މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ. މައިރާ ސްކޫލަށް ދިޔައީ ސަނާޝް ގޮވައިގެންނެވެ. އޭނާ ހުރީ ވަރަށް ބިރުންނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ކާމިޔާބު ނުލިބޭ ފަހަރު އަންނަކަން މައިރާ ޤަބޫލުކުރެއެވެ. ޚުދު އޭނާ މިހާރުއެދަނީ އެކަންތައްތއް ތަޙައްމަލް ކުރަމުންނެވެ. ބައްޕަގެ ލޯބި ހޯދުމަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް އޭނާ ކުރި ހުރިހާ މަސައްކަތްވީ ފެނަށެވެ. އެބައްޕަގެ ފަރާތުން ލޯބީގެ ބަދަލުގައި […]
އަސުރަށްފަހު ޢަޒީޒް ދިޔައީ ހަވީރުއޮތް ޢީދު ހަރަކާތްތައް ބަލާލުމަށެވެ. ރަށްފުށުގެ މާޙައުލަކީ އޭނާއަށް ވަރަށް ކަމުދާ މާޙައުލެކެވެ. ނަމަވެސް އެތާނގައި އޭނާއަށް މާގިނަ ވަގުތަކު ހުރެވުނު ކަމަކަށް ނުވިއެވެ. އޭނާ މިރަށަށް އައީ ބޭނުމެއްގައެވެ. އެހެންކަމުން ފުރުމުގެ ކުރިޔަށް އެކަންތައް ނިންމުން އޭނާއަށް ވަރަށް މުހިއްމެވެ. ” ޢަޒީޒް… ޢަޒީޒްއާ ބައްދަލުކުރަން މީހަކު އައިސް އެބަހުރި… ދުރުވަންވީނޫންތޯ؟؟…” ގެޔައް ދިޔުމަށް ހިނގައިގަތް ޢަޒީޒް މަޑުޖެހުނީ އޭނާގެ އެކުވެރިއެއްކަމުގައިވާ ޢިސްމާޢީލް ގޮވާލުމުންނެވެ. ” އަހަރެންނާ ބައްދަލުކުރަންށޭ… ކާކުތަ؟؟ އަހަރެން […]