ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 3
އިޝާ ނަމާދު ކޮށްގެން ނިފްޝާ ތައްޔާރު އެ ވަނީ މިރޭ އޮންނަ ބާބަކިއު އަށް ދިއުމަށެވެ. ނިފްޝާއަކީ ގަޑިއަށް ފަރުވާތެރިވާ ކުއްޖެއް ކަމުން މިރޭވެސް އަށެއް ޖަހަން ތިރީސް މިނެޓު އޮއްވާ ނިމުނެެވެ. އޭނާގެ ރައްޓެހި ހަނާން އާއި ޝާނާ އަންނަންދެން ދެން އިނީ ޤުރްޢާން ކިޔަވާށެވެ. ޤުރްޢާން ކިޔަވަން އިންދާ ވިހި މިނަޓު ވި އިރަށް ހަނާން އާއި ޝާނާ އައެވެ. ނިފްޝާ މިރޭ ބާބަކިއު އަށް އެދަނީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުގައިއެވެ.
ބާބަކިއު ހަދާ ސަރަހައްދަށް ތިން ކުދިންނަށް ދެވުނު އިރު އެއްވެސް ކުއްޖަކު ނާދެއެވެ. ނަމަވެސް ބާބަކިއު ސަރަހައްދުގައި ފަސް މިނަޓު ވެސް އެކުދިންނަށް މަޑުކުރާކަށް ނުޖެހުނެވެ. ހުރިހާ ކުދިން އައީ އެއްފަހަރާއެވެ. ނަމަވެސް ބައެއް ފިރިހެން ކުދިން ނާދެއެވެ. އެންމެން ހަމަވުމުން ދެން ދިޔައީ އަވަހަށް ބާބަކިއު ފެށުމަށެވެ. ހުރިހާ ކުދިންނަށް އެކި ކަންކަން ޖެއްސުމުން ވަރަށް އަވަހަށް ހުރިހާ ކަމެއްވެސް ކޮށް ނިމުނެވެ. ނިފްޝާއަކީ ކައްކަން މޮޅު ކުއްޖެއް ކަމުން ކައްކަންޖެހޭ ގިނައެއްޗެހި ޖެހުނީ ނިފްޝާއަށެވެ. ހުރިހާ ކަމެއް ކޮށް ނިމުމުން ދެން އަވަސްވެގަނީ ހުރިހާ ކުދިންވެސް ކާށެވެ. ރޭގަނޑު ކަމުން ހުރިހާ ކުދިންވެސް ބޭނުންވީ އަވަހަށް ހުރިހާ ކަމެއްކޮށް ނިންމާލާށެވެ. ކެއުމުގައި އެކި މީހުން އެކި ފޯރީގައި ތިބެ ނިންމާލިއެވެ. އެއްބަޔަކު ނަށާއިރު އެނެއް ބަޔަކު ތިބީ ލަވަ ބާޒީ ކުޅޭށެވެ. އެންމެން އެތަނުގައި މަޖާ ނަގަނަގާފައި އުޅުނުއިރު ނިފްޝާ އިނީ ފޫހިވެގެން ގޮސް ހަލާކުވާވަރު ވެފައެވެ. ސަބަބަކީ ލަަވައަކީ ނިފްޝާއަށް ކަމުދާއެއްޗަކަށް ނުވީމައެވެ. މިއުޒިކު ފަދަ ތަކެއްޗަކީ ނިފްޝާ އެންމެ ފޫހިވާ އެކައްޗޭ ބުނިއަކަސް ދޮގަކަށް ނުވާނެއެވެ. އެހެންކަމުން އެތަނުގައި ގަޑި ހިނގާލެއް ލަސް ކަމުން ވެސް ނިފްޝާއިނީ ފޫހިވެފައެވެ. ނަމަވެސް މާތްﷲ މަތިން ހަނދާންކޮށްލާފައި ކެތްތިރިވެލައިގެން ނިފްޝާއިނީ އަވަހަށް ނިމޭތޯއެވެ. ނިފްޝާއަށް ނޭނގުނު ކަމަކީ މިރެއަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ނުފިލާނެ ވަރުގެ ކަމެއް ވާނޭ ރެއެއްކަމެވެ.
ހުރިހާ ކަމެއް ނިމުމުން އެެއްޗެހިތައް ހިފައިގެން ނިކުމި ނިފްޝާ ސިއްސައިގެން ދިޔައީ އޭނާގެ ބޮލުގައި ޖެހުނު އެއްޗެކަނުންނެވެ. އޭތި ޖެހުމުން ބޮލަށް ތަދުވިލެއް ބޮޮޑުކަމުން ބޮލުގައި ފިރުމާލީ ބޮލުގައި އެއްޗެއް ހުންނާނޭ ކަމަކަށް ނޫނެވެ. ނަމަވެސް ކުރިން ސިއްސައިގެން ދިޔަ ވަރަށް ވުރެ ބޮޑަށް ސިއްސައިގެން ދިޔައީ ބޮލުގައި ހުރި އެއްޗަކުންނެވެ. އަވަސް އަވަހަށް އަތަށް ބަލައިލީ ކޯއްޗެއްތޯ ބަލައިލުމަށެވެ. ”ހެޕި ބާތްޑޭ ނިފޫ…….” ކޯއްޗެއްކަން ޔަގީންނުވެ އުޅެނިކޮށް ނިފްޝާގެ ކުރިމަށްޗަށް ހުރިހާ ކުދިން އެއްފަހަރާ އައިސް ބުނެލިއެވެ. ނިފްޝާ ހުރި ހައިރާން ކަމާއެކީ ހުއްޓާ އަނެއްކާވެސް ސިއްސައިގެން ދިޔައީ އޭނާގެ ގަޔަށް ފުށް ޖެހުމުންނެވެ. އަދި ކުދިން އައިސް މޫނުގައި ކުލަ އުނގުޅުމުންނެވެ. ”މިއަދު މީ އަހަރެންގެ އުފަންދުވަސް ހެއްޔެވެ؟؟؟” ނިފްޝާގެ ހިތަށް އެރިއެވެ. ހަމަ ހަގީގަތުގައިވެސް މިއަދަކީ ނިފްޝާގެ އުފަންދުވަސް ކަން ވަނީ ހަނދާނުން ފޮހެވިފައެވެ. އެހެންނޫންނަމަ މިރޭ އޭނާ މިތަނަކަށް ނުވެސް އަންނާނެއެވެ. އަހަރެންގެ އަމިއްލަ ކަންތައްތައް ހަނދާނުގައި ނުހުންނަ އިރު ކުލާސް ކުދިން އަހަރެންގެ ކަންތައްތައް ހަނދާނުގައި އެބަހައްޓަނީ އަހަރެނާ ހާދަ ހެޔޮ އެދޭތީއެވެ. އެކި ހިޔާލުތަކުގައި ހުރި ނިފްޝާއަށް ހިޔާލުތަކުން ބޭރުވެވުނީ އުފަންދުވަހުގެ ލަވަ ޖަހަން ފެށުމުންނެވެ. އަދި ކުރިމަތީގައި ހުރި ދަނބު ކުލައިގެ އައިސިނުން މާ ޖަހާފައި ހުރި ކޭކު ފެނުމުން ނިފްޝާގެ ދެ ލޯ ކަރުނުން ފުރުނެވެ. ހަގީގަތުގައިވެސް އެއަންނަނީ އުފާވެރި ކަމުގެ ކަރުނައެވެ. އެކަން ދޭހަވަނީ ނިފްޝާގެ ތުންފަތުގައިވާ ހިނިތުންވުމުންނެވެ. އުމުރުން ފަނަރަ އަހަރުވީ އިރުވެސް ނިފްޝާގެ އުފަންދުވަހެއް މިކަހަލަ ގޮތަކަށް ބާއްވައިފައި އެއް ނުވެއެވެ. އެއީ ނިފްޝާ ވެސް އެކަމާ ނުރުހޭތީވެއެވެ.
”ހެޕި ބާތްޑޭ ޓޫ ޔޫ… ހެޕި ބާތުޑޭ ޑިއާރ ނިފޫ…. ހެޕި ބާތުޑޭ ޓޫ ޔޫ….” އުފަންދުވަހުގެ ލަވައާއި އެއްކޮށް ނިފްޝާ ކޭކު ފަޅާލިއެވެ. އަދި ހުރިހާ ކުދިންނަށް ކޭކު ލަވަމުން ދިޔައެވެ.އެންމެ ފަހަށް ހުރި އައިޒަން އަށް ކޭކު ލަވަން ފަސްޖެހެވުނު ކަމުގައި ވީ ނަމަވެސް ހިތްވަރު ކޮށްލާފައި އައިޒަންއަށް ކޭކު ކޮޅެއް ލަވާލިއެވެ. ނިފްޝާއަށް ނޭނގުނުކަމަކީ ދުރުގައި މީހަކު، ދެންމެ އައިޒަން އަށް ކޭކު ކޮޅު ލަވާލި ތަން ފޮޓޯ ނަގަން ހުރި ކަމެވެ. މިރޭ ނިފްޝާ އެންމެ ކުރަން ފަސް ޖެހެވޭ ކަންތައްވެސް ކޮށްފިއެވެ. އެއީ ފިރިހެން ކުދިންނަށް ކޭކު ލެވުމުވެ. އެއީ އެކުދިންގެ ވެސްވަރަށް ބޮޑު އެދުމަކަށް ވީމައެވެ. ”ތެންކް ޔޫ އޯލް ފޯ ދަ ކޭކް އެންޑު ސެލެބްރޭޓިންގް މައި ބާތްޑޭ… އަސްލުވެސް ވަރަށް އުފާވެއްޖެ މިރޭ…” ނިފްޝާ ހުރިހާ ކުދިންނަށް އަޑު އިވޭ ވަރަށް ބުނެލިއެވެ. ”ނިފްޝާ… ތި ހުރިހާ ޝުކުރެއް ހައްޤުވާނީ އައިޒަންއަށް…. މީ އޭނާ ދިން އައިޑިއާއެއް… މިއަދު މެންދުރު މަ ނިދާފަ އޮއްވައި އައިސް ފެން އަޅާފައި ގޮވީ މިކަން ކުރަން… ހުވާ ކޮށްފަ… ނިފްޝާގެ އުފަންދުވަސް ކަމެއް މިއަދު އެކަކު ވެސް ހަނދާނެއް ނެތް.. އެކަމު މިހިރި އައިޒަންގެ ސިކުޑިން އެކަން ފިލައިގެން ނުދޭ…” ސިމާލު ބުނެލި ވާހަކައިން ނިފްޝާ ހުރީ ވަރަށް ބޮޑަށް ހައިރާންވެފައިއެެވެ. އައިޒަން އިސް ދަށަށް ޖަހައިގެން ލަދުގަނެފްއި ކަހަލަ ގޮތަކަށް ހުރިއެވެ. އައިޒަން ވަނީ ސިމާލު ގާތު މިކަން ނިފްޝާއަށް ނޭންގުމަށް ބުނެފައެވެ. ނަަމަވެސް ސިމާލުގެ އަނގަ ގަދަ ކަމުން ކަމެއް ސިއްރު ކޮށްފައި ބޭއްވޭނެ ހެއްޔެވެ؟ އެއީ ނުވާނެކަމެކެވެ. އެންމެންވެސް ގެއަށް ދިޔައީ އެކި ސަކަރާތުގައިއެވެ. ނަމަވެސް ނިފްޝާ ހުރީ އޭނާ ހުރި ގޮތުން ގެއަށް ވެސް ދާނު ނުކެރިިފައިއެވެ. ކުލާސް ކުދިން ނިފްޝާއަށް ފެން ފޮދެއް ވެސް ނުދިނެވެ. އެންމެ ފަހުން ގެއަށް ދާންވެސް ޖެހުނީ އެހުރި ގޮތަށެވެ. ނިފްޝާ އާއި ހަނާން އާއި ޝާނާ އަދި އައިޒަންގެ ގޭ ހުންނަނީ އެއް މަގެއްގައި ކަމުން ހަތަރު މީހުން އައީ އެކީގައިއެވެ. އައިޒަން އަކީ މަޖާ އަދި އަނގަ ގަދަ މިޒާޖެއްގެ މީހެއް ކަމުން އެންމެ ސިކުންތަކަށްވެސް ވާހަކަ ނުދައްކައެއް ނުހުރެވެއެވެ. ގިނައިން ބެހުނީ ނިފްޝާއާއެވެ. ސަބަބަކީ ނިފްޝާގެ މޫނުގެ އެކި ތަންތަނުގައި ފުށް ހުރީމައެވެ. އަދި މުޅި ހެދުމުގައިވެސް ފުށް ހުރީމައެވެ. ނިފްޝާގެ ގައިން ދުވާ ކުނި ބިސް ވަހުން ވެސް އައިޒަން އައީ މަލާމާތް ކުރަމުންނެވެ. އައިޒަންގެ ސަކާރާތްތަކުގެ ސަބަބުން ހޭން ހުރީ ހަނާން އާއި ޝާނާއެވެ. ނަމަވެސް ބައެއް ފަހަރު ނިފްޝާވެސް ހޭން ފަށައެވެ. ގިނަ ފަހަރު ނިފްޝާ ހުރީ އައިޒަންގެ އެ އަނގަ ގަދަ ކަމުގެ ސަބަބުން އުނދަގޫވެފައިއެވެ. އެއްފަހަރު ހުދު މާލި ކިޔާފިއްޔާ ދެން ކިޔާނީ އެހެން ނަމެކެވެ. ހަތަރު މީހުން ގެއަށް ދިޔައީވެސް ހަމަ އެފަދަ ހާލެއްގައިއެވެ.
********
އެއް އަހަރު ފަސް
ހުދުކުލައިގެ ޔުނީފޯމްއެއް ލައިގެން މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ނިފްޝާ އެހެން އެއްވެސް ކަމަކަށް ސަމާލު ކަމެއް ނުދެއެެވެ.ހީވާގޮތުން އޭނާހުރީ ހެނދުނުގެ ހިތްގައިމު ކަމުގެ ސަަބަބުން މާތްﷲ ގެ ކުޅަދުންވަންތަ ކަމާއިމެދު ވިސްނާށެވެ. އެއް ހިޔާލެއްގައި ހުރި ނިފްޝާއަށް ސުކޫލު ހުންނަ މަގަށް އެޅުނު އިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ނިފްޝާއަކީ ޕުރިފެކްޓު އެއް ކަމުން އަވަހަށްސުކޫލަށް ވަންނަން ޖެހެއެވެ. ސުކޫލް ފިޔަވައި އެހެން އެއްވެސް ތާކަށް ނިފްޝާ އެކަނި ނުދެއެވެ. އެކަނި ތަންތަނަށް ދިޔުން އެއީ ނިފްޝާ އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ސުކޫލު ގޭޓުން ވަންއިރު އެތެރޭގައި އެކި ޓީޗަރުންނާއި މަސައްކަތު މީހުން ހަރަކާތްތެރި ވެ އުޅެއެވެ.
”ނިފޫ….. ދުވަހެއް ވެއްޖޭ ދޯ ދިމާ ނުވާތާ….” ނިފްޝާ ސޮއި ކުރަން ހުއްޓާ ޝާނާ އައިސް ނިފްޝާގެ ކޮނޑަށް އަތްވައްޓާލައިފައިބުނެލިއެވެ. ”އާން ދޯ… އެހެންނު ވާނީ ބަންދެއް ލިބޭއިރަށް މާލެ ދޭ ވިޔަ.. އަހަރެން ހީކުރި ނާންނާނެކަމަށް.. އޭ ލެވެލް ކިޔަވަން ބަދަލުވީ ކަމަށް….” ނިފްޝާ ބުނެލިއެވެ. ”ހެހެހެ.. އަސްލު އުޅުނީ ބަދަލުވާން…. މަންމަމެން ވެސް ވަރަށް ކީ އެކަމު ހުރިހާ ފުރެންޑުސް މަތިން ވަރަށް މިސް ވާނު… އެހެންވެ ނުދިޔައީ….” ޝާނާ ވަރަށް ދެރަވެލައިފައި ބުނެލިއެވެ. ދެ މީހުން ވާހަކައިގައި ތިއްބާ އެތަނަށް ދެން އައީ އައިޒަންއެވެ. އައިޒަން އަކީ ވެސް ޕުރިފެކްޓުއެއް ކަމުން އަވަހަށް ވަންނަންޖެހެއެވެ. ”ދެ މީހުން ހާދަ އޮލަ ވާހަކައެއްގަ… ރިހާކުރު އޮލަކުރަނީތަ…” އައިޒަން ސަމާސާ ރާގަކަށް ބުނެލި ވާހަކައިން ނިފްޝާއާއި ޝާނާ ހޭން ފެށިއެވެ. ”އާން ރިހާކުރު އޮލަކުރަނީ މި.. ބޭނުންތަ އެތި ކޮޅެއް… ” ޝާނާވެސް މަޖާވެލައިފައި ބުނެލިއެވެ. ނިފްޝާއަކީ ފިރިހެން ކުދިންނާއި ވާހަކަ ނުދައްކާ ކުއްޖެއް ކަމުން އައިޒަންއާއި ޝާނާގެ ސަކަރާތްތައް އަޑު އަހަން ހުރެފައި ކުލާހަށްދާން ހިނގައިގަނެެވެ. އައިޒަން އާއި ނިފްޝާއަކީ އެއް ކުލާހެއްގެ ދެ މީހުން ކަމުން ޝާނާއަށް ދާން ޖެހުނީ އޭނާގެ ކުލާހަށް އެކަނިއެެވެ. ދެމީހުން އެކުގައި ގޮސް ކުލާހަށް ވަންއިރު އެކަކު ވެސް ކުލާހުގައި ނެތެވެ. އެހެންކަމުން ނިފްޝާ އިނީ ފޫހިވާގޮތްވެފައިއެވެ. މީގެ ކުރިން އޭނާ ފިރިހެން ކުއްޖަކާއިއެކު އެކަނި ތަނެއްގައި މަޑު ކޮށްފައެއް ނުހުންނާނެއެވެ. މިކަން ވީ ނިފްޝާއަށް ވަރަށް އުނދަގޫކަމަކަށެވެ. ނަސީބު ކަންދިމާކުރި ގޮތުން މާ ގިނަ އިރު ތަކެއް ނުވަނީސް ކުލާހަށްޕުރިފެކްޓު އެހެން ކުދިން އައެވެ. ނިފްޝާ އޮތްހާއިރު ހިފަހައްޓާގެން އިން ނޭވާ ދޫކޮށްލީ އެވަގުތުއެވެ.
ގަޑިއަކަށްފަހު ގަޑިއެއް އަމާންކަމާއިއެކު ނިމެމުންދިޔައެވެ. ނިފްޝާއިނީ އުނދަގޫވެފައިިއެވެ. ސަބަބަކީ ކުލާހަށް އަލަށް އައި ކުއްޖެއްގެ ސަބަބުންނެވެ. އެކުއްޖާގެ ކަޅި ނިފްޝާއަށް ނޫނީ އެހެން ތަނަކަށް ދަތުރު ނުކުރެއެވެ. މިހާރު ކުލާސްކުދިން ވެސް އެ ވާހަކަ ކިޔަން ފަށައިފިއެވެ. ނަމަވެސް އެކުއްޖާ އެކަން ހުއްޓާކަށް ނޫޅެއެވެ. އެކުއްޖާގެ ސަބަބުން ނިފްޝާ އިނީ ނުކިޔެވޭ ގޮތްވެފައިއެވެ. މީގެ ކުރިން ވެސް ކުދިން ކުލާހަށް އާދެއެވެ. މި ނޫނިއްޔާ ކުއްޖެއް މި ގޮތަކަށް އުޅެފައެއް ނެތެވެ. ސުކޫލު ނިންމައިފައި ގެއަށް ދިޔަ މަގުމަތީގައި ވެސް ނިފްޝާއަށް ދިޔައީ އެކުއްޖާގެ ސަބަބުން އުނދަގޫވަމުންނެވެ. ނަމަވެސް ކެތްތެރިވެލައިގެން ހުރީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







dhynah ulhey kujjaku b’day celebrate kuri vaahaka othyma eha ehaa eh noon… Anyway keeep it up… Maa Sha Allah rythi varah… In Sha Allah yuh can do better
dheenveri kudhin birthday fahanga kureytha???
assalaamu alaikum
so here it is the 3rd part of the story…. hope u all will like this part too…
thanks fathima nd neelee……….innaane bunefa nifsha hiyy hama nujehey vaahaka birthday faahaga kuran…..adhi ihnnaane ekahala kameh kuran ulhey kan inguninama nudhaanameyves bunefa.. dhn class kudhin kuri kamakah v ma accept kohlaigen hury….
nxt part tomorrow insha allah.. 🙂 🙂
?nice story friend
Thanks no name?