ައެއީ މީގެ އަހަރުތަކެއް ކުރިއެވެ. ދެ ޒުވާނުން ބައްދަލުވެއެވެ. ބައްދަލުވުމުގެ ކުރިންވެސް އެ ދެ ޒުވާނުން ނަށް ވަނީ އެކަކު އަނެކަކަށް ހިތްދެވިފައެވެ. އެކަމަކު އެއީ ކިހިނެތްބާއެވެ؟؟ ވަކިނުވުމަށް އެތަކެއް ވައުދުތަކެއް ވުމަށް ފަހު ދެ ޒުވާނުން ކައިވެނި ކުރެއެވެ. ނަމަވެސް މާ ގިނަ ދުވަހަކު ދެ މީހުންނަށް އެކީގައެއް ނޫޅެވުނެވެ. ޔަޤީންވާ ކަމަކީ އެކަކުވެސް އަނެކަކަށް ބޭވަފާތެރި ނުވާ ކަމެވެ. ކުރިހާ ހުވަޔާ ވައުދުތައް އުވާ ނުލާ ކަމެވެ. އެންމެ ފަހުވަގުތާ ޖެހެންދެންވެސް އިންތިހާއަށް ލޯބިވީކަމެވެ. […]
ކުޑަދޮރުން ފުރޭނިގެން އެޅިފައިވާ އިރުގެ ރަން އަލި ކައިޒީންގެ ދޮންމޫނަށް އުނދަގޫ ކުރަމުން ދިޔައެވެ.މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ފޯން ހުޅުވާލީ ގަޑި ބަލާލުމުގެ ނިޔަތުގައެވެ.ނަމަވެސް ލޮލުގައި އަޅައިގަތީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ގުޑްމޯރނިންގެ ފަށުވި އިބާރާތް ކޮޅެވެ.އަނެއްކާ ކާކުބާއެވެ؟ނުދަންނަ ނަމްބަރަކަށް ވުމުން ރިޕްލައި ކޮށްލުމުގެ ބަދަލުގައި ކައިޒީން ފޯން ބޭއްވުމަށްފަހު ފާހަނައަށް ވަދެ ފެންވަރާލިއެވެ.އަވަސް އަވަހަށް ޝޯލް އަޅާ ތައްޔާރުވަމުން ދިޔައީ ސުކޫލަށް ދިއުމަށެވެ. ކައިޒީން އެރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ. ފިރިމީހާ ޖާއިން އުޅެނީ ކައިރި […]
” ފަޒީލް އަހަރެން މަންމަ ބުނީި މިގެއަށް އައިސް ދީ ބަލާށޯ, އަހަރެން ދެކެ ހިތް ހަމަ ނުޖެހުނަސް އަހަރެންގެ މަންމަގެ އެދުމާ ފުރަގަސް ނުދީ” ނަޢުހާ ފަޒީލް ފޯނު ނެގުމާއެކު ބުނެލިއެވެ. ފަޒީލް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ. ފަޒީލް ފޯނު ބޭއްވުމާއެކު ނަޢުހާ ހީގަތެވެ. ފަޒީލްއަށް ނޭނގުނު ކަމަކީ އެކަމަކީ ނަޢުހާގެ މަކަރުވެރި ރޭވުންކަމެވެ. އެނގޭނެ ނަމަ އެ އަނދަވަޅަށް ވެއްޓެން ފަޒީލް ނުދާނެކަން އެއީ ޔަގީންކަމެެކެވެ. ފަޒީލް ނަޢުހާމެން ގެޔަށް ގޮސް ދޮރުގައި […]
ހެނދުނު އެގާރަ ޖަހަން އުޅެނިކޮށް ކާރުގައި ބަސްމާއާއި އެކު މާއީ ދިޔައީ ރަށުގެ އެހެން އަވަށެއްގައި ހުންނަ ސުޕަރމާކެޓަށް ދިއުމަށެވެ. ކާރު ދުއްވަމުން ގޮސް ކުރިން ފާހަގަ ކުރެވުނު ފަޅު ގެއާއި އަރާ ހަމަވުމާއެކު މާއީއަށް އަނެއްކާ ވެސް ވީރާނާކަން ވެރިވެފައިވި އެގެއަށް ސަމާލުކަން ދެވުނެވެ. އޭރު އޭނަގެ ހިތުގައި ސުވާލުތަކުގެ އޮއެވަރެއް އުފެދިފައި ވިއެވެ. މަންމައާއި ސުވާލުކޮށްލަން ވެސް އޭނަގެ ހިތަށް އެރި އެވެ. ނަމަވެސް އެޚިޔާލު އޭނަ ސިކުނޑިން ނެރެލީ އެސުވާލުތަކުގެ ޖަވާބު ލިބިގެން […]
އަޝްޖައުގެ ނަޒަރުން: ތޮށިގަނޑުމަތީ ރަހުވާ އިށީންދެގެން އިންއިރު ހީވަނީ މޮޑެލްއެއް ހެންނެވެ. އިރުގެ އަލި އެދޮން މޫނަށް އެޅިފައި ހުރުމުން އިތުރަށް ދޮންހެން ހީވެއެވެ. މޫދުގައި އޮތްއިރު އަހަންނަށް ސަމާލުކަން ދެވެމުން ދިޔައީ ރަހުވާއަށެވެ. ރަހުވާއަށް ބަލަން ހަދައިގެން އަހަރެންގެ ފައި ގަބައިގަން އިރުވެސް ނޭންގުނެވެ. ކުއްލިއަކަށް ގަނބައިގަތުމުން ފަތައިގަންނަށްވެސް އަހަންނަށް ނޭންގުނެވެ. ސަލާމަތްވާވެގެން މޫދުގައި ބަކަ ތަޅައިގަން ވަގުތު އަނގަފުރާ ލޮނުބޮވުނެވެ. ނެވާ ކުރުވެ އަހަރެންގެ ދެލޯ މެރުނުއިރުވެސް ހުރެވުނީ ރަހުވާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު […]
“ދެން މަންމަ އަށް ސާބަސް. ހިބާ ނޫޅެއެއްނު ނާހިލް ކޮއްކޮ މިތާ އިނީތީ ނުކެވިގެނެއް. މަންމަ މެނައްނު ތިއުޅެނީ ހިބާގެ އެ މޫނުބުރުގަލާހެދި އުނދަގޫ ވެގެން.” ލީޝާ މަޑުމަޑުން ޖެހިލުންވެފައިވާ ރާޤެއްގައި އޭނާގެ މަންމަ އަށް ވިސްނައިދޭން އުޅުނީ އިތުރަށް އެންމެންގެ ކުރިމަތީގައި ހިބާއާއި ދިމާލައް އެމީހުން އެއްޗެހި ކިޔުން ހުއްޓޭތޯއެވެ. “އެއީ ތެދެއް އަފޫދައްތާ.. އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނޫން މިހެން ކާކަށް. އަދި ނާހިލް އިނީމަކާވެސް އުނދަގުލެއް ނުވޭ.” ހިބާ ލީޝާ އާއި ބައިވެރިވެލީ […]
“އުފާ ކުރާނެ ވަރަކަށް އުފާކުރަންވީ.. އަހަރެން ނުދޭނަން ދެން އޭނާއަކަށް މާ ގިނަ ވަގުތެއް..” ދުރުގައި ހުރި ތަނބެއް ކައިރީ ދެމީހަކު ތިއްބެވެ. އެކަކު އަތުގައި ކޯކު ތައްޓެއް އިން އިރު އަނެކަކު ހުރީ ހަށަން ބަނދެލައިގެންނެވެ. އެދެމީހުން އުޅޭ ގޮތުން ހީވަނީ މީހަކަށް ފެނިދާނެތީ ވަރަށްވެސް ސިއްރުން އުޅޭހެންނެވެ. ދާނިޔަލްމެންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި އިރު އެ ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ނުލަފާ ހިންޏެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވީ ނުރައްކާތެރިކަން އެހެން މީހުންނަށް އިނގޭނެ […]
“އަހަރެން މީ އީނާލް ގެ ބޭބެ… ބައްދަލުކޮށްލަން ބޭނުންވެގެން މިގުޅާނީ ވަގުތު ކޮޅެއް އެބަ އެއްތަ އަހަރެންނާ ބައްދަލުކުރަން” އެކޯޅުން ވާހަކަ ދެއްކި ގޮތުން ނާއި އެ އަޑުން އެކަނިވެސް ހިސާބެއްގެ ނުރުހުންވުމެއް ޒައިން އަށް ފާހަގަކުރެވުނެވެ. އެހެންކަމުން އެ ހިތަށް ހިސާބެއްޖެ ބިރުވެރިކަމެއް ވަނެވެ. “ލައްބަ… ވަގުތު ކޮޅެއް ދެވިދާނެ” ޒައިން ޖަވާބުދިނެވެ. ‘އެހެންވީމަ އަތިރި މަތީ ހުންނަ ކެފޭއިން މިރޭ ބަރާބަރު އަށްގަޑި ބައިގައި އަހަރެން ދިމާކުރާނަން” އެހެން ބުނުމަށްފަހު އިތުރަށް އެއްވެސް ވާހަކައެއް […]
“އެހެންތަ؟ އެވެދާނެ މީހެއް ސަމާސައަކަށް ކުރިކަމެއް ކަމަށްވެސް. އެހެން މީހެއް ބުނާ އެއްޗަކަށް އެވަރަށް ވިސްނާނެކަމެއް ނެތް. އެންޑް އަހަރެން ހުރިހާ ހިނދަކު ލީން އަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން އިންޝާﷲ. ޓްރަސްޓް މީ ބޭބީ. އެންޑް ކުރިން ވެސް ބުނީމެއްނު ސަރ ނުކިޔާށޭ. އެޓްލީސްޓް ނައު ޔޫ ޝުލްޑް ސްޓޮޕް ކޯލްގް މީ ސަރ އާފްޓަރއޯލް އައި އޭމް ޔުއަ ޓުބީ ހަޒްބެންޑް އެއްނު.” ރާދިން ފުރަތަމަ ބުނެލި ވާހަކަ ބުނެލީ ކަންބޮޑުވުން އެކުލެވިގެންވީ […]