Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ

Maayu Level 2100 Login10 Stories
November 14, 2018 4 Mins Read
11 Comments

” ޒާހިދާ… ކީއްކުރަންތަ އޭނަ ތި ގެނައީ މިގެޔަށް…. ހަމަމިހާރު އޭނަ ނެރޭ މިގެއިން….” ޔާސިރުއަށް މައިރާ ޒާހިދާއާ އެއްކޮން އައިސް އެގެޔަށް ވަތްތަން ފެނުމުން ޔާސިރު ހަޅޭއްލަވައިގަތެވެ.

” ބަލަ އަހަރެން އޭނަ މިގެނައީ މިގޭގަ ބަހައްޓާކަށް ނޫނޭ… މިއައީ މައިރާގެ އެއްޗިހި ބަލައި.. މީގެ ފަހުން މައިރާ ހުންނާނީ އަހަރެން ގާތު.. ޔާސިރު މައިރާ ނުބެލިޔަސް އަހަރެން ބަލާނަން… ޔާސިރު ހުރިހާ ކަމެއް ހަނދާން ނައްތާލިޔަސް އަހަރެންނެއް ނުނެތޭ… ނަޝްފާ ކުރި ވަސިއްޔަތް އަހަރެން ފުރިހަމަކުރާނަން…”

” ހޫން ދޭ އޭނަ ގޮވައިގެން… އެކަމް ހަނދާކުރާތި.. އޭނައާ ގުޅުން ބާއްވަންޏާ އަހަރެންނާ އެއްވެސް ގުޅުމެއް ނޯންނާނެ.. ދެން މީގެ ފަހުން މިގެއަށް ވަދެގެން ނުވާނެ…” ޔާސިރު ފަހު ބަސް އިއްވާލިއެވެ. ނަމަވެސް ޒާހިދާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.

” މިއޮއް ހުރިހާ ދުވަހު މިގެޔަށް ވަނީ މައިރާ ހޯދަން.. އެކުއްޖާ އުޅޭނޫޅޭ ގޮތް ބަލަން.. އަހަރެން މައިރާ ގެންދިޔައީމަ މިގެޔަށް އަންނާކަށް ނުޖެހޭނެއެއްނު..” މައިރާ އޭނާގެ ސާމާނުތައް ހިފައިގެން ޒާހިދާއާ އެކު ދިޔުމަށް ނުކުތެވެ. ޒާހިދާވެސް މއިރާ ނުކުތުމުން އިތުރަށް ޒުވާބު ކުރަން ނޫޅެ ގެއަށް ދިޔުމަށް ހިނގައިގަތެވެ.

*********************************************

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މައިރާ އޭނާގެ ބޮޑުދައިތަގެ އެހީގައި އޭލެވެލް ކިޔަވައި ނިންމިއެވެ. އެހެނަން ނަތީޖާ ލިބެން އަދި ދުވަސް އޮތުމާއެކު މައިރާ ބޮޑުދައިތައަށް އެހީ ވުމުގެ ނިޔަތުގައި ރަށު ފިހާރައަކަށް ވަޒީފާއަށް ދާން ފެށިއެވެ. ހަމައެހެންމެ ސަނާޝް އަދި ކިޔަވަމުންދާތީ ވީވަރަކުން ސަނާޝްއަށް ވެސް އެހީވާން މައިރާ މަސައްކަތް ކުރެއެވެ.

*************************************************

މިދުވަސްވަރަކީ ޢީދަށް ރަށް ރަށަށް މީހުން ދަތުރުތައް ރާވަމުންދާ ދުވަސްކޮޅެކެވެ. ޢަޒީޒްވެސް ޢީދު ޗުއްޓީ ފާހަގަ ކޮއްލުމަށްޓަކައި މިފަހަރު ނިންމީ ރާއްޖެތެރޭ ރަށަކަށް ދިޔުމަށެވެ. އޭނާގެ ހިތި މާޒީގެ ސަބަބުން މިއަދު އޭނާގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭނާއަށް ލޯބިވެވުނީ ބޭވަފާތެރިއަކު ދެކެއެވެ. ހަމައެހެންމެ އެއަންހެނާގެ ސަބަބުން އޭނާގެ ހިތުގެ ފަނާރު ކަމުގައިވާ ލޯބި ދެކުދިން ގެއްލުނީއެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭ އޭނާ ވަނީ ދިރިއުޅުމުގައި ކުރިއަށްދާން މަސައްކަތްކޮއްފައެވެ. އޭނާ ޢިދަށް ރާއްޖެތެރެއަށް ދިއުމުގެ މައިގަނޑު ބޭނުމަކީވެސް އެއީއެވެ. އޭނަޔާއެކު ދިރިއުޅޭނެ ރަނގަޅު ބައިވެރިޔަކު ހޯދުމެވެ.

**********************************************

މައިރާ ގޮވައިގެން ޒާހިދާ އެގެއިން ނުކުތް ދުވަހުއްސުރެ ޔާސިރު މައިރާ ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. މައިރާ އުފަލުގަ ހުރިހާ ދުވަހަކު އޭނާއަށް އުފަލެއްނެތެވެ. ޔާސިރު މައިރާ ދެކެ އެހާވެސް ރުޅި އާދެއެވެ. އެ ހިތި ހަޤީގަތް އެގުނު ދުވަހަކީ އޭނާގެ ހުރިހާ އުފަލެއް ބަޔަކު ނިގުޅައިގަތް ދުވަހެވެ. އޭނާގެ ލޯބިވާ އަނބިމީހާ ނިޔާވީއެވެ. މިއޮއް ހުރިހާ ދުވަހު އަމިއްލަ ދަރިއެއް ކަމުގައި ދެކުނީ އެހެން ބަޔެއްގެ މުޑުދާރު އަމަލެކެވެ.

” މައިރާ.. އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއް ނުކުރާނަން… އަހަރެންގެ އަނބިމީހާ މަރުވީ ކަލޭގެ ބަފާގެ ސަބަބުން… ކަލޭގެ ބަފާ އަހަރެންގެ އަނބިމީހާ ގަޔަށް އެރިއިރު އޭނާ ކުރި އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް… އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮއްލާނަން….” ޔާސިރު ދިޔައީ މައިރާގެ ދިރިއުޅުން ހަލާކުކޮއްލުމުގެ ތައްޔާރީތައް ވަމުންނެވެ. އެތަކެއް ރޭވުންތަކެއް ރަވަމުންނެވެ.

***************************************************************

” މޭއީ… ދެން ހިނގާބަ ފެންކުޅިކުޅެން ދާން… ޕްލީޒް… ޒީމެންވެސް ގުޅާފިޔޭ ލަސްވެގެން… ބުނީ މޭއީ ގޮވައިގެން އަންނާށޯ….. މިހާރު ކައްކާވެސް ނިމުނީން… ކާން ވެސް ހަދައިފީމެއްނު… ދެން ގޮއްސަ އަންނާނީ 3 ޖެހީމަ.. ނާޝްމެން އެކަންޏެއްނު ކާން ތިބޭނީ ވެސް… ” ސަނާޝް ދިޔައީ މައިރާ ގޮވައިގެން ފެންކުޅިކުޅެން ދާން އެއްބަސް ކުރެވޭތޯ ބަލަމުންނެވެ.

” ސާބަހޭ އަހަރެންގެ މަންމާފުޅާ… މި އަންނަނީ ބޭބެ އަށް ގުޅާފަ ފިހާރައަށް ނުދެވޭނެ ވާހަކަ ބުނެފަ.. އޯކޭ…” މައިރާ އެއްބަސް ނުވަނީސް ސަނާޝް މައިތިރި ނުވާނެކަން އިނގޭތީ މައިރާ ދާން އެއްބަސްވިއެވެ.

” އަޅެ ތެއްކިޔޫ މޭއީ.. ލަވްޔޫ ނާޝްގެ ސަފަރުކަތްދަ..” މައިރާ އެއްބަސްވުމުން ސަނާޝް ވަރަށް އުފާވިއެވެ.

” ސަފަރުކަތްދައޭ… އެހެން ނުކިޔާށޭ ނާޝް… ބަޓް ލަވް ޔޫ ޓޫ މައި ސަންތި…”

މައިރާއާ ސަނާޝް ހިނގައިގަތީ ރަށުގެ އަތިރިމައްޗާ ދިމާލަށެވެ. އެމީހުންނަށް އެތަނަށް ދެވުނު އިރު ޒީޝާ އެދެމީހުން ލަސްވެގެން އެއްޗިހި ކިޔާލަ ކިޔާލަ ހުއްޓެވެ.

” އަދި ނުވޭ ތިދެމީހުން އަންނަން… މިހާޜު މިތާ ތިބޭތާވެސް ބައިގަޑިއިރު ވެއްޖެ… ސޯ ތިދެމީހުންނަށް ވަރަށް ބޮޑު އަދަބެއް އޮންނާނެ އިނގޭ… ޒީ ބުނާ ކަމެއް ކުރަން ޖެހޭނެ… އެހެން ނޫނީ މިއަދު އެއްވެސް ވަރަކަށް ތިދެމީޙުންނާ ވާހަކައެއް ނުދައްކާނަން…”

” އޯކޭ ނާޝްގެ މަންމާ…ބުނި ކަމެއް ކޮއްފާނަމޭ… ދެން ތި އަނގަ ހުއްޓަންވެއްޖެ އެއްނު.. ދޯ މޭއީ..”

” ހޫމް.. ބަޓް އަސްލު އާއެކޭ ބުނެވޭނީ ކަމެއްގެ ގޮތް އިގުނީމައެއްނު…”

ޒީޝާ އަކީ ސަނާޝްގެ ވަރަށް ގާތް އެކުވެރިއެކެވެ. ސަނާޝްއާ ޒީޝާގެ ހުންނަ އެއްގޮތް މިޒާޖުގެ ސަބަބުން މައިރާ ޒިޝާވެސް ދެކެނީ އޭނާގެ އަމިއްލަ ކޮއްކޮއެއްގެ ގޮތުގައެވެ. ސަނާޝްއަށް ކަންކަން ކޮއްދޭ ބީދައިން އޭނާ ޒީޝާ ބުނާ ކަންކަންވެސް ދެކޮޅު ހެދުމެއްނެތި ކޮއްދެއެވެ.

ޒީޝާވެސް މައިރާ ދެކެނީ އަމިއްލަ ދައްތައެއްގެ ގޮތުގައެވެ. މައިރާއާ ސަނާޝް ފަދަ އަޚްލާގު ރަނގަޅު ދެއެކުވެރިން ލިބުމަކީ ޒީޝާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އޭނާ ގިނަވަގުތުތަށްވެސް ހޭދަކުރަނީ އެދެމީހުންނާއެކުގައެވެ.

ޒީޝާ މައިރާއާ ސަނާޝްއާ ދެމީހުންގެ ކަންފަތް ކައިރީ މަޑުމަޑުން ކުރަންވީ ކަންތައް ބުނެލިއެވެ. ޒީޝާ ކުރަން ބުނި ކަންތައް އެނގުމުން މައިރާއާ ސަނާޝްގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ޒީޝާ މީ އީދު ދުވަހެއް ނޫނޭ އޯކޭ ވާނެއޭ ބުނުމުން ދެމީހުންވެސް އެއްބަސްވިއެވެ.

****************************************************************

” އެކޮއެ ނުކައި ދަނީތަ؟؟.. ދައްތަ ހުންނާނީ ކާން ހަދާފަ.. އެއްޗެއް ކައިގެނެއްނު ދާންވާނީ.. އަދި ބޭރަށް ދަންޏާ ތިއެއްޗިހި ބަދަލު ކޮއްލައިގެން ދިޔައިއްޔާ ރަނގަޅުވާނީ… މިއަދު ރަށު އެންމެން ފެން ކުޅި ކުޅޭނެ… މިރަށު ކުދިން ނުބަލާނެ ރަށުބައެއްތޯ ބޭރޮ ބައެއްތޯ…” ގެއިން ނުކުމެލަން ހިނގައިގަތް ދެޒުވާނުން ހުއްޓުނީ ސަކީނާ ގޮވާލި އަޑަށެވެ.

” ލައްބަ ދައްތާ… ކާން ވީ ދޯ.. އެއްޗިހި ބަދަލު ކޮއްލައިގެން އެބަ އަންނަން އިނގޭ…” އެތަނުން އެކަކު ސަކީނާއަށް ޖަވާބު ދިނުމުން ސަކީނާ ބަދިގެފަރާތައް ހިނގައިގަތެވެ. އެދެޒުވާނުންވެސް ގޭތެރެއަށް ވަނީ އެއްޗިހި ބަދަލު ކުރުމުގެ ނިޔަތުގައެވެ.

ހަމަޖެހިގެން މެންދުރުގެ ކެއުން ކާލުމަށް ފަހު ދެޒުވާނުންވެސް މިސްރާބު ޖެހީ ރަށުތެރެއަށް ނުކުމެ ރަށް ބަލާލުމަށެވެ. ދެމީހުންވެސް ދިޔައީ އެކަކު އަނެކަކާ ވަރަށް ފޯރިއާއެކު ވާހަކަ ދައްކަމުންނެވެ. އެފޯރިގަދަ ވާހަކަ މެދުކަނޑާލަން ޖެހުނީ ދެތިން ފެން ޕަކެޓު ދެމީހުންގެ ގަޔަށް އެރުމުންނެވެ. ދެމީހުންވެސް ފުރަތަމަ ރުޅިއައިއްސަ އެއްޗިހި ކިޔައިގަތެވެ. ނަމަވެސް ސަކީނާ ބުނި ވާހަކަތައް ހަނދާންވުމުން މަޑުމަޑުން އަނެއްކާވެސް ހިނގައިގަތެވެ. ނަމަވެސް ދެވަނަ ފަހަރު ހުއްޓެން މަޖުބޫރުވީ ދެމީހުންގެ މޫނުމަތީ މީހަކު އައިސް ކުލަ ކާތާލުމުންނެވެ. އޭ ކޮންބައެއްގެ މަސައްކަތެއްތޯ ބެލުމަށް ފަހަތަށް އެނބުރުނު އިރު ދެކުއްޖަކު ދުވަމުން ގޮސް އެތަނުން ގޯޅިއަކަށް އަޅަނީއެވެ. އެމީހުން ފަހަތުން ދިޔުމަށް ހިނގައިގަތް ތަނާ މަޑުކުރަން ޖެހުނީ ރައްޓަސަކު ގޮވާލުމުންނެވެ.

” އޭ ބުރޯ ހާދަ ވަރުކޮއްލާފަ ދެމީހުންނަށް… އަނެއްކާ ކާކު ކުރި ކަމެއް…” ޝާމިންއަށް އެދެޒުވާނުން ފެނުމުން ހިނިގަނޑު މަތައެއް ނުކުރެވުނެވެ. އެދެމީހުންވެސް ޝާމިން ހޭން ފެށުމުން އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. އެދެމީހުންނަށްވެސް އެކަކު އަނެކަކު ތިބިގޮތް ފެނުމުން ހެވުނެވެ.

” ނޭނގޭ ކާކު ކަމެއް.. އަހަރެމެން ފަހަތް ބަލަން އެނބުރުނު އިރު އެމީހުން އެގޯޅި އެޅީ… ދެން އެމީހުން ފަހަތުން ދާން އުޅެނިކޮށް ޝާމް ތި ގޮވީނު…”

” ހޫމް.. މިރަށު ކުދިން ވަރަށް ސަކަރާތް ޖަހާނެ.. ހާއްސަކޮއް މިކަހަލަ ދުވަސްދުވަހު.. އަޅާނުލާ.. ހިނގާ މޫދަށް ދާން..” އެދެޒުވާނުންވެސް ޝާމިންއާ އެއްބަސްވަމުން އޭނާއާ އެއްކޮއް މޫދަށް ދިޔުމަށް ހިނގައިގަތެވެ.

***************************************************************

މައިރާއާ ސަނާޝް ޒީޝާމެންނާ އެއްކޮށް ފެންކުޅި ކުޅުމުގައި އުޅުނެވެ. ސަކަރާތްޖަހާ ސަމާސާ ކުރުމުގައި ވަގުތުތައް ދިޔަގޮތްވެސް ނޭގުނެވެ. ނަމަވެސް އެހުރިހާ އިރު މައިރާގެ ހަރަކާތްތަކަށް ފާރަލަން މީހަކު ހުރިކަމެއް މައިރާއަކަށް ނޭގެއެވެ. އަސުރަށް ބަންގި ގޮވަން ކައިރިވުމުން މައިރާއާ ސަނާޝް ދިޔައީ ވަގުތަށް ނަމާދަށް އެރުމަށް ތައްޔާރުވުމަށެވެ. ޒީޝާވެސް ދިޔައީ އަވަހަށް ނަމާދުކޮއްލައިގެން މައިޜާމެންގެޔަށް ދިޔުމަށް ތައްޔާރުވާށެވެ. މައިރާވަނީ ކާންއައުމަށް އޭނާއަށް ދައުވަތު ދީފައެވެ. އަދި ހަވީރު ބޭރަށް ދިޔުމަސްވެސް ރާވާފައިވާތީ އެކަމާވެސް އެއްކޮށެވެ.

 

Share Article

Follow Me Written By

Maayu

Level 2100 Login10 Stories

Other Articles

Previous

މާފެއް ނުކުރާނަން ހެއްޔެވެ؟8

Next

ދާއިމީ ވޭން މާހިތި ވާނެއެވެ.

Next
November 14, 2018

ދާއިމީ ވޭން މާހިތި ވާނެއެވެ.

Previews
November 14, 2018

މާފެއް ނުކުރާނަން ހެއްޔެވެ؟8

11 Comments!

  1. Maayu says:
    November 14, 2018 at 11:04 pm

    Here’s the third part of the story… Hope all of you’ll like this part.. And vaahaka up kurany Mon Wed and friday ga..

  2. Yumna says:
    November 15, 2018 at 8:38 am

    Vvvv rethi sotry❤❤❤❤❤
    Next part kon dhuvahakun ..
    I’m waiting for next part

    1. Maayu says:
      November 15, 2018 at 9:58 am

      Thnkiu Yumna??.. Nxt part Fridayga❤❤

  3. Beryl Stone says:
    November 15, 2018 at 10:44 am

    Jazakhallah khairan dear ?masha allah ???vrh vrh furihama mi prt vx ❤❤whn nxt???????so curious???

    1. Maayu says:
      November 19, 2018 at 1:48 pm

      Tonight ga up kohdheynan.. Srry lahun upkohla dheveythy…??And thankiu dear??

  4. ?? says:
    November 15, 2018 at 2:17 pm

    story vrh reethi masha allah??…Avahahh up kohdhehcheyy next part❤

    1. Maayu says:
      November 19, 2018 at 1:49 pm

      Mireyga up kohdheynan .. Thnkiu dear???❤❤

  5. Ree?reena says:
    November 15, 2018 at 10:26 pm

    V salhi story next part avha up kolaba ??can’t wait

    1. Maayu says:
      November 15, 2018 at 11:04 pm

      Thnkiu Ree..???Maadhamaaga nxt part up kohdheynan❤❤❤❤

  6. shau? says:
    November 16, 2018 at 10:47 am

    heyyy kobaa up nukuranntha adhivx

    1. Maayu says:
      November 19, 2018 at 1:49 pm

      Insha Allah mireyga up kuraanan..

Comments are closed.



All Right Reserved!