” ދެން ކިހިނެއް ހަދާނީ, ނަޢުހާ އެވަނީ މިހާރު އޭނާގެ ކޮޅު ވަރުގަދަ ކޮއްފާ, އެއްވެސް މީހަކު އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ, އެކަމް ބުނަން, އެކަމާ ނުވިސްނާ, އެކަހަލަ މީހުންގެ ހަގީގަތް ފަޅާއަރާކަށް މާގިނަ ދުވަހެއް ނުނަގާނެ, އަހަރެން ވަރަށް މަސައްކަތް ކުރާނަން, ފަޒީލް ދެރަނުވޭ, އަހަރެންގެ ފަރާތުން ހުރިހާ އެހީއެއް ދޭނަން” ސާރާ މިހެންބުނެ ފޯނު ކަނޑާލިއެވެ. އަދި ﷲ ގެ ހަޟްރަތުން ދުޢާ ދެންނެވުނީ ފަޒީލްއަށް ކެތްތެރިކަން ދެއްވުން އެދިއެވެ. […]
ގަޑިއަކަށްފަހު ގަޑިއެއް އަމާންކަމާއިއެކު ނިމެމުންދިޔައެވެ. ނިފްޝާއިނީ އުނދަގޫވެފައިިއެވެ. ސަބަބަކީ ކުލާހަށް އަލަށް އައި ކުއްޖެއްގެ ސަބަބުންނެވެ. އެކުއްޖާގެ ކަޅި ނިފްޝާއަށް ނޫނީ އެހެން ތަނަކަށް ދަތުރު ނުކުރެއެވެ. މިހާރު ކުލާސްކުދިން ވެސް އެ ވާހަކަ ކިޔަން ފަށައިފިއެވެ. ނަމަވެސް އެކުއްޖާ އެކަން ހުއްޓާކަށް ނޫޅެއެވެ. އެކުއްޖާގެ ސަބަބުން ނިފްޝާ އިނީ ނުކިޔެވޭ ގޮތްވެފައިއެވެ. މީގެ ކުރިން ވެސް ކުދިން ކުލާހަށް އާދެއެވެ. މި ނޫނިއްޔާ ކުއްޖެއް މި ގޮތަކަށް އުޅެފައެއް ނެތެވެ. ސުކޫލު ނިންމައިފައި ގެއަށް ދިޔަ މަގުމަތީގައި ވެސް ނިފްޝާއަށް ދިޔައީ އެކުއްޖާގެ ސަބަބުން އުނދަގޫވަމުންނެވެ. ނަމަވެސް ކެތްތެރިވެލައިގެން ހުރީއެވެ. ************* ހަވީރުގެ ހިތްގައިމު ވަގުތުގައި ނިފްޝާއިނީ ގޭގެ އިންނަ ބޭރު ޖޯލީގައި ފޮތެއް ހިިފައިގެން ކިޔާށެވެ. ނިފްޝާއަކީ ސުކޫލުގައި ނަގައިދޭފިލާވަޅުތައް ދުވަހުން ދުވަހަށް ދަސްކުރާ ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން ނިފްޝާވަނީ ބެސްޓު އޯލް ރައުންޑުގައި ހިމެނި މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިއެވެ. ”ދޮންތާ ހިނގާބަ ބޭރަށް ނިކުމެލަން…. ވަރަށް ފޫހިވޭ އެބަ… ނެތް ކުރާނި ކަމެއްވެސް..” މީޝާ ފޫހިވެފައި ކަހަލަ ގޮތަކަށް އައިސް ނިފްޝާ ގާތު ބުނެލިއެވެ. ”ނުދެވޭނެ…. މިގަޑީ މިއޮތީ ފޮތް ކިޔަން…. މީޝާ ވެސް ދޭބަލަ ފޮތެއް ހިފައިގެން އަންނަން…. މީޝާ އަށޭ ހަމަ ފައިދާ ވާނީ…”ނިފްޝާ އެގަޑީ ތަނަކަށް ދާހިތް ނުވުމުން މީޝާ ކައިރީ ބުނެލިއެވެ. ”އަހަރެން ނެތް ފޮތް ކިޔާ ހިތެއް…. ކޮބާ މަންމަ؟؟” މީޝާ އަށް މަންމަ ނުފެނުމުން އަހާލިއެވެ. ”ރިޔާ ލާން ދިޔައީ ޤުރްއާން ކުލާހަށް… އިރުކޮޅަކުން އަންނާނެ ހެން ހީވަނި…” ނިފްޝާ ބުނެލިއެވެ. ރިޔާޝާ އަކީ އިނާޝާގެ އެންމެ ހަގު ދަރިއެވެ. ރިޔާޝާ އަކީވެސް މީޝާ ކަހަލަ އަނގަ ގަދަ ކިއްޖެކެވެ. ނަމަވެސް އެހައިމެ ރުޅިވެސް ގަދައެވެ. ”އޯކޭ…. އޮވޭ ތިތާ އަހަރެން މަންމަ އައީމަ މަންމައާއި އެކު ދާނީބޭރަށް….. އިނޭ ތިތާ… އަދި ބުނަންތަ ވާހަކައެއް؟؟”މީޝާ ބުނެލިއެވެ. ”ހޫމް… ބުނެބަލަ..” ނިފްޝާ ވަރަށް ހަމަޖެހިލައިފައި މީޝާ ބުނަން އުޅޭ ވާހަކައެއް އަޑު އަހަން ތައްޔާރުވެލިއެވެ. ”ނޫން ނުބުނާނަން…… މާ އަޑު އަހާ ހިތް ވީމަ…ހައްހައްހާ…” މީޝާ ވަރަށް މަޖާވެލައިފައި ބުނެލިއެވެ. ”ހުއް.. ވަރަށް ފޫހިވޭ… އަބަދުވެސް ސަކަރާތް ޖަހަން އުޅޭނި…. އަދި ދޮންތަ ހީކުރީ ތި ބުނަން އުޅޭ ވާހަކަ ބޮޑުކަމުން ނުވެސް އުފުލޭނެ ކަމަށް….. އެކަމުވެސް ދެން ހެޔޮ އެހައި އަޑު އަހާ ހިތެއް ނުވެސް ނެތް….. ދެން ދޭ މިތަނުން ފޮތް ކިޔަން ވެއްޖެ….” ނިފްޝާ ފޫހިވެލައިފައި މީޝާ އަށް ކުދި ކިޔައިފައި އެތަނުން މީޝާ ފޮނުވާލީއެވެ. މީޝާ އެތައި ހުރެއްޖެނަމަ ނިފްޝާ އަށް ފޮތް ނުކިޔޭނެތީއެވެ. ”މަންމާ ކާން ހަދައިދީބަލަ… ވަރަށް ބަޑު ހައި ވެއްޖެ..”އައިޒަން ކުޅެގެން އައިސް ފެންވަރާލައިގެން ނިކުމެ ހައި ވެފައި ހުރިވަރުން މަންމަ ގާތު ކާން ހަދައިދޭށޭ ބުނެލިއެވެ. ”ދަރިފުޅާ އާދެ ކާން.. މިހުރީ ކާން ހެދިފައި…” އައިޒަން ގެ މަންމަ އުސްވާ ކާން ހަދައިފައި އައިޒަންއަށް ގޮވިއެވެ. ކާން އިނެގެން އައިޒަން ދިޔައީ އޭނާގެ މަންމައާ ތަފާތު އެކި ވާހަކަ ދައްކަމުންނެވެ. ދެމީހުންގެ ވާހަކަ ހުއްޓާލަން ޖެހުނީ އެތަނަށް އައިޒަންގެ ކޮއްކޮ މާޔާ އައުމުންނެވެ. އައިޒަންގެ ހަގަށް ދެ އަންހެން ކުދިން ތިބެއެވެ. މާޔާއަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ކުއެޖެެކެވެ.ނަމަވެސް މާޔާގެ ހަގަށް ހުންނަ މައިހާ އަކީ އޭގެ އިދިކޮޅެވެ. ހޭކުނި އަނގަގަދަ މައިހާ އެކޭ ފިރިހެން ކުއްޖެކޭ އެއްފަދައެވެ. އެހާވެސް ހޭކުނިއެވެ. ”މަންމާ ކޮއްކޮ ބުނީ އަންނާށޯ…”މާޔާ އައިސް ބުނެލިއެވެ. ”އާން މިދަނީ…” އުސްވާ ގޮޑިން ތެދުވެލަމުން ބުނެލިއެވެ. އައިޒަން ވެސް ކައި ނިމިފައި އިނުމުން އަތް ދޮވެލައިގެން ދެން ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނެފައި އެނދުގައި ޖައްސާލީ ވެފައިހުރި ވަރުބަލިއެއްގެ ސަބަބުންނެވެ. ނަމަވެސް އައިޒަންއަކަށް ނިދޭ ގޮތެއް ނުވިއެވެ. ނިފްޝާގެ މަތިން ހަނދަވާވަރުންނެވެ. ނިދޭތޯ މޫނުމަތީގައި ބާލީސް އަޅައިގެން ވެސް އޮވެއްޖެއެވެ. މާދަމާއަކީ ވެސް ސުކޫލަށް ދާ ދުވަހެއްކަމުން އައިޒަން އެހާ ވަރެއްކޮށް ނިދަން އެއުޅެނީ އެހެންވެއެވެ. ނިދޭތޯ ލޯމަރައިލައިގެން އޮތް އައިޒަންގެ ލޮލަށް ނިދި ސަވާރުވީ ބަސް ބުނާހާ އަވަހަށެވެ. ސުކޫލު ހުޅުވުނިތާ ހަފްތާއެއް ވަނީއެވެ. ނަމަވެސް ނިފްޝާގެ ކުލާހުގައި އިންނަ ކުއްޖާގެ ކަންތައްތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންނެވެ. އެކުއްޖާގެ ސަބަބުން ނިފްޝާއާ ފިރިހެން ކުދިން ނުބެހޭ ދުވަހެއް ނުދެއެވެ. ސުޕަވައިޒަރުންގެ ގާތު އެވާހަކަ ނިފްޝާ ނުބުނެ އެހުންނަނީ ، އަދި އެއީ އެކުއްޖާއަށް ނުވިސްނޭތީ ކުރާކަމެއްކަން އެނގުމުންނެވެ. އެއީ ގޯސް ކަމެއްކަން ނޭނގި އެކުއްޖާ ކުރާ ކަމަކަށް ވީމައެވެ. ”އަހަރެންވެސް ދޯ…. ކުއްޖަކު ބަލާތީއޭ ކިޔައިފަ ކުލާހުގަ ނުކިޔަވަން ވީތަ… އެކުއްޖާ އިނދެގެން އަހަރެންނާ ދިމާލަށް ބެލީމަ އަހަރެންނަކަށް ނޫނެއްނު ގެއްލުން ވާނީ…. އެހެންވީމާ ރީތި ކޮށް އިނެގެން ކިޔަވާލަ….’ މީ ކޮންމެ ދުވަހަކުވެސް ނިފްޝާ އަމިއްލަ ސިކުޑިއަށް ވިސްނައިދޭ ގޮތެވެ. ”ނިފޫ! އަޑުއެހީމޭ ވާހަކައެއް….ހަނާން ސުކޫލުން ނިކުމި އިރަށް ނިފްޝާއާ ދިމާވުމުން ވާހަކަ ދެއްކިއެވެ. ”އަނެއްކާ ކޮން ވާހަކައެއްތަ އަޑު އެހީ؟؟” ނިފްޝާ ވެސް ކޮށްލީ ސުވާލެކެވެ. ”ތި ކުލާހުގަ އިންނަ އިހްސާން ގެ ވާހަކަ… ނިފޫ އާ ދިމާއަށް ވަރަށް ބަލާ ކުއްޖެކޯ އެއީ… އަހަރެންނަށް އަޑު އިވުނި އެގޮތަށް… ތެދެއްތަ؟” ހަނާން ދެއްކި ވާހަކައަކުން ނިފްޝާ ވީ ފޫއްސެއް ބުނަން ވެސް ނޭނގެއެވެ. ”ހުމް… އަބަދުވެސް އިންނަނި އަހަރެންނާ ދިމާއަށް ބަލަން… އެހެން ދިމާލަކަށް ނުބަލާ… ވަރަށް އުނދަގޫ ވޭ އެ އިހްސާންގެ ސަބަބުން އެކަމުވެސް ދެން ޖެހޭނީ ހަމަ އެއް ކުލާހެއްގަ އިންނަން ދޯ..” ފޫހިކަމާއިއެކު ނިފްޝާ ވާހަކަދެއްކިއެވެ. ”ޕޮއް” ދެމީހުން ސިއްސައިގެން ދިޔައީ އައިޒަން އައިސް ކުރިކަމުންނެވެ. ނިފްޝާއަށް ކުޑަކޮށް ހަޅޭވެސް ލަވައިގަނެވުނެވެ. ހަނާންއަށާއި ނިފްޝާއަށް ވީ ގޮތުން އައިޒަން ބަޑުގައި އަތް އަޅައިގެން ހުރެގެން ހެނީއެވެ. ނިފްޝާގެ ދެ ކޮލަށް ޖަންބު ކުލަ އަރައިގެން ދިޔަ އީ ހަނާން ވެސް އައިޒަން އާ އެއްބައިވެލައިގެން ހޭން ފެށީމައެވެ. އަދި އައިޒަންގެ ކުރިމަތީގައި ހަޅޭލަވައި ގެނެވުމުންނެވެ. ހަނާން އާއި އައިޒަން ބޮޑު ވާހަަކައިގައި ދިޔަ އިރު ނިފްޝާ ހުރި ވާހަކަވެސް ނުދައްކައެވެ. ނަމަވެސް ބައެއް ފަހަރު އައިޒަން ބުނެލާ ޖުމްލަ ޖުމްލައިން ހޭން ފަށައެވެ. ************* ”މަންމާ ކޮބައި މިގޭގައި އުޅޭ ތަތް ކަމަނާތައް؟؟؟ އަދިވެސް ރެޑީ ނުވެ ދޯ ހުރީ….. ގައިމު މީގެ 3 ގަޑި އިރު ކުރިން ގުޅައިފައި ބުނިން ދާނަމޭ ބަލާ ރެޑީ ވެގެން ހުންނާށޭ…..” ނިފްޝާގެ ދޮންބެެ ނިޔާޝް އައިސް ކަމުގެ ހަގީގަތް ނުބަލައި ވާހަކަދައްކަން ފެށިއެވެ. ”ދޮންބޭ…. ހީވޭތަ އަހަރެން ދޮންބެ މެން އަންނަން ވާއިރަށް ރެޑީ ނުވެ ހުރެ ދާނެހެން…. ތީއެއްނު މިގޭގައި އުޅޭ އެންމެ ތަތް މީހަ..” ނިފްޝާވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ. ނިޔާޝްއަށް ނިފްޝާ ފެނިއްޖާ އެންމެ ފަހަރަކުވެސް ނުބެހިލަ ނުހުރެވޭނެއެވެ. ރަތް ކުލައިގެ ޝޯލް އަކާއިއެކު ކަޅު ބަޓަފުލައި އަބާޔާ ލައިގެން ހުރި ނިފްޝާގެ ރީތިކަން އިންތިހާއެވެ. މޭކަޕް ނުކޮށް ހުންނައިރު ވެސް ހާދަ ރީއްޗެވެ. ނިފްޝާގެ އެއް އަތުގައި ވަނީ ނިޔާޝް އާއި ނިޔާޝްގެ އަންހެނުން ޒީނާ ، ނިފްޝާ މުޅި ރާއްޖޭން އެއްވަނަ ލިބުމުން ދިން ފޯނެެވެ. ”ނިފޫ! ކޮބާ އަނެއް ކަމަނަ؟ އެ ކަމަނަ ކާރީވެސް ބުނިން ރެޑީ ވާށޭ..” ނިޔާޝް ބުނެލިއެވެ. ”މިހިރީނުން..” މީޝާ ، ނިޔާޝްގެ ފަހަތުގައި ހުރުމުން ނިޔާޝް ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނެވެ. މަޑު ނޫކުލައިގެ ޝޯލްއަކާއި ފިޔާތޮށިކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަންނަ ބަޓަފުލައި އަބާޔާއުއެކު ކަޅު ޖިންސު ލައިގެން ހުރި މީޝާ ނުހަނު ޗާލެވެ. ރިޔާޝާވެސް ހުރީ ހަމަ މީޝާ ހުރި ގޮތަށެވެ. އެއްވެސް ތަފާތެއްނެތެވެ. އެންމެން ހަމަވުމުން އެންމެން އެއްކޮށް ދެން ދިޔައީ ހިނގާލާށެވެ. ނިޔާޝްގެ ހަގަށް ހުންނަ ލިމްޝާ ވީ މާލޭގައިއެވެ. ނިޔާޝްގެ ބައްޕަ ވެސް ވީ މަހަށް ގޮސް ކަމުގައި ވުމުން އަދި އާއިލާގައިދެމީހުން މަދެވެ. ސުޖާއު އާއި އިނާޝާގެ މުޅި ޖުމުލަ ފަސް ދަރިން ތިބެއެވެ. އެންމެން ދިޔައީ ތަފާތުއެކި ވާހަކަ ތަކުގައި ތިބެ މަޖާކުރަމުންނެވެ. ނިފްޝާވެސް ދިޔައީ އެކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ. އެއީވެސް ނިޔާޝްގެ ސަބަބުންނެވެ. އެންމެ ފަހަރަކުވެސް ނިފްޝާއާ ނުބެހިލަ ނުހުރެވެއެވެ. މިހާރު އެއްފަހަރު އިނާޝާވެސް ނިޔާޝް އަށް ގޮވައިލައިފިއެވެ. އެކި ވާހަކަތަކުގައި ހުރި ނިފްޝާއަށް ސިހުން ލިބުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އެހެންނަމަވެސް ނުދަންނަ ނަމްބަރެއް ކަމުން ނިފްޝާ ފޯނު ނަގާ ހިޔާލެއް ނުކުރެއެވެ. ދެ ފަހަރަކު ގުޅައިފައި އޭގެ ފަހުން ދެން ނުގުޅައެވެ. އެހެންކަމުން އަނެއްކާވެސް އަލުން އަބުރައި ސަކަރާތް ޖެހުމުގެ މަސައްކަތަށް ނިފްޝާ ރުޖޫޢަވިއެވެ. ހިނގާލައިގެން އައިސް ނިފްޝާ ކޮޓަރިއަށްވަނެ އިރުކޮޅެއްނުވަނީހެން އަނެއްކާވެސް އެ ނަމްބަރުން ގުޅަން ފެށިއެވެ. ނިފްޝާ ފޯނު ނަގައި ހިޔާލެއް ނުކުރެއެވެ. ނަަމަވެސް އެ ގުޅާ މީހަކަު އެކަން ހުއްޓާކަށް ވެސް ނޫޅެއެވެ. އެންމެ ފަހުން ދެ ހިޔާލެއްގަ މަތީގައި ހުރެނިފްޝާ ފޯނު ނެގިއެވެ. އެ ގުޅަނީ ހަނާން ކަމަށް ވެސް ވެދާނެތީއެވެ. ފޯނު ނަގައިފައި ނިފްޝާ ވާހަކަ ނުދައްކާ ހުރީ އެކޮޅުން ޖަވާބެއް ލިބެންދެންނެވެ. ފަަނަރަ ވަރަކަށް ސިކުންތު ފަހުން އެކޮޅުން އިވުނު އަޑުގެ ސަބަބުން ނިފްޝާ ދިޔައީ ސިއްސައިގެންނެވެ. (ނުނިމޭ)
އިރުއޮއްސުމުގެ ރީތި ކުލަވަރު އުޑުމަތިން ފެންނަން ފަށާފައިވާއިރު އެއީ ގުދުރަތް ތެރިކަމުގެ ދެވަނައެއް ނުވާ ފަދަ މިސާލެކެވެ. މާތް ﷲގެ ކުޅަދުންވަންތަކަން ބަލާލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައެވެ. އިރު އެރުމުގެ ވަގުތުން ފެށިގެން ހުއްޓާނުލާ ރަށުގެ އެކި ހިސާބުތަކުގައި ތުންބުން ފުމެމުން ދިޔަ ދޫނިތަށްވެސް ބޮޑެތި ޖަމާޢަތް ތަކުގައި ހާލިތަކަށް ވަންނަން ފެށިއެވެ. ރޭގަނޑުގެ އަނދިރިކަމާއި ފިނިން ރައްކާތެރިވުމަށްޓަކައެވެ. ނިދާފައި ތިބޭ އިންސާނުންނަށް އުނދަގުލަކަށް ނުވުމަށްޓަކައެވެ. ގުދުރަތީކަމުގެ މަންޒަރަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހިނގަމުން […]
އަޔާންވެސް ހުރީ ނުހާއަށް ބަލާށެވެ. މަލަކާ ބަލާކަށް ނުހުރެ ނުހާ އަތުގައި އޮތް ފޮޓޯގަނޑު ނަގައި ބަލާލިއެވެ. “މީ މީތޫގެ ފޮޓޯއެއްނު. އަޔާން އަތުގައި މިފޮޓޯ މިއޮތީ ކީއްވެ؟” އެންމެންގެ ނަޒަރު އަޔާން އަށް ހުއްޓިފައިވާ އިރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. “މީ މީތޫގެ ފޮޓޯއެއްނު. އަޔާން އަތުގައި މިފޮޓޯ މިއޮތީ ކީއްވެ؟” އެންމެންގެ ނަޒަރު އަޔާން އަށް ހުއްޓިފައިވާ އިރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. ނިއްކުރިން އޮށްދާ ހިއްލަމުން ދިޔައިރުވެސް […]
އެއްޗެއްގައި އަޅައިގަނެފައި ވެއްޓެން ދިޔަ އަވްލީންގެ ހަޅޭކުގެ އަޑަށް ދޯނީގައި ތިބި އެންމެން އެދިމާލަށް ބަލައިލިއެވެ. އަވްލީންގެ އަތުގައި ހިފޭތޯ ދުއްވައިގަން ރާދިން އަށް އަވްލީން އާއި ހިސާބަށް ދެވުމުކުރިން ދޯނިން ބޭރަށް އަވްލީން ވެއްޓުނެވެ. ހަތަރު އުދަރެެސް ފެނުޖެހިފައިހުރި މީހެއް ފަދައިން ރާދިން އަށް ކުޑައިރުކޮޅަކު ގަބުވެފައިހުރެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ރޯޅުތަކުގެ ޝިކާރައަކަށް ވަމުން ދިޔަ އަވްލީން ސަލާމަތްކުރުމަށް ފުންމާލީ އޭނާގެ ފުރާނައަށް ބެލުމެއްނެތިއެވެ. ބިޔަ ކަނޑުގެ ރާޅުތަކުގެ ތެރޭގައި ރާދިން އަވްލީން ސަލާމަތްކުރެވޭތޯ […]
އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ. ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން […]
ވީ ހުރިހާ ކަމެއް ސާފުވުމުން އަލްޔާން އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ބުނަން އުޅުނު ވާހަކަތަށް ގިނަކަމުން އަލްޔާން އަށް އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ. ރޮވެމުންދިޔަ އީން ގެ މޫނުގައި ހުރި ކަރުނަތަށް ފޮހެމުން އަވަސް ހަރަކާތްތަކާއެކު އީން ގެ މޫނުގެ އެތަން މިތަނުގާ އަލްޔާން ބޮސްދޭންފެށީ ގިސްލެވޭ ހާލުގައެވެ. “އައިމް ސޮރީ އީން!!!” ދެއަތަށްލެވުނުހާބާރެއްލާފައި އީން އެންމެ ފުރަތަމަވެސް އަލްޔާން ގެ މޭގާ އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. އެއާ އެކު ފަހަތަށް ވިއްސި އަލްޔާން […]
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ސިޓިންގްރޫމު ސޯފާގައި އިން އާލާ އިނީ ނުތަނަވަސްވެފައެވެ. ދާނިޔަލް ގެއަށް އައުން ލަސްވީވަރަކަށް އޭނާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ކިތަންމެ ނުވިސްނަން އުޅުނަސް އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ދާނިޔަލްގެ ޚިޔާލުތަކެވެ. މިހާރު އެތަށް ފަހަރެއް މަތިން ދާނިޔަލްއަށް ގުޅިއްޖެއެވެ. އަދިވެސް ޚަބަރެއް ނުވެއެވެ. އަނެއްކާ ދާނިޔަލްއަށް ބޮޑުކަމެއް ވީބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް މިއަދު އޭނާ ގައިގައި ހޮސްޕިޓަލަށް ދާނެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ހޮސްޕިޓަލަށް ގުޅުމަށްފަހު އޭނާ މިއަދު […]
ބޮޑު ކޮޓަރިއަށް ނިކުތް ތޫގާއަށް ގޭގެ މައިދޮރު ކުރިމަތީ ހުރި ރުކާން ފެނުމާއެކު އޭނައަށް ލިބިގެން ދިޔައީ ހާސްކަމެވެ. ދެންމެ އޭނައާއި މާއީއާ ދެމެދު ކުރެވުނު ޒުވާބުގެ އަޑު ރުކާންއަށް އިވުނުބާއޭ ހިތަށް އެރުމާއެކު މުޅި ހަށިގަނޑުގައި ދުވެލީ ބިރުވެރިކަމުގެ ބާނީތަކެކެވެ. ހިތުގެ ތެޅުން ވެސް އަވަސްވީނުން ނިތުގައި ދަލުގެ އަސަރުވެސް އެކުލެވިގެން ދިޔަ އެވެ. ހިންދިރުވާލެވުނީ ދެންވެދާނެ ގޮތަކާ މެދު ވިސްނާލެވުމުންވެ. އޭނަގެ އަނދިރި ފަރާތް އެއްވެސް ހާލެއްގައި ރުކާންއަށް ބޭޒާރުވާކަށް އޭނަ ބޭނުމެއް ނޫނެވެ. […]