ޢެދެމޭ އުފާ…..(49 ފަހުބައި)
އަލްޔާގެ އިތުރުން އެގޭ އެއްމެން ވެސް ތިބީ ލައިޒާ ގޮވައިގެން މާކިން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން ކަމުން އެންމެން ވެސް އެކި އެކި ވާހަކާގައި ތިއްބެވެ. އިސާހިތަކު އެހެން އިތުރު އިންތިޒާރެއް ނުކޮށް ފަރުޖެހޭ ގޮތްވިއެވެ. މާކިން ލައިޒާ ގޮވައިގެން އައިސް ވަނީ އެވެ. “ލައީ!!” މާކިން ލައިޒާ ގޮވައިގެން އައިސް ވަނުމާއެކު ފުއްމާފަ ތެދުވަމުން އަލްޔާ ގޮވައިލިއެވެ. “ތިއްތާ ކިހިނެތްތަ؟” އަލްޔާ ގައިގަ ބާރަށް ބައްދާލަމުން ލައިޒާ އަހައިލިއެވެ. “ތިއްތަގެ ހާލު ރަނގަޅު! ލައި ކީއްވެ ހޮޅުދޫގަ އުޅެނީ؟” އުފަލުން ލޮލުން ފޭބި ކަރުނަ ފޮހެލަމުން އަލްޔާ އަހައިލިއެވެ. “ކިހިނެތް އެގޭގަ ހުންނާނީ؟ މަންމަގެ ހުރިހާވެސް ދަރިއަކީ އަޒުހަމް، އޭނަ ސަލާމަތް ކުރަންވެގެން ގެވެސް އަތުން ބީވެގެން އެދިޔައީ!” ލައިޒާ ބުނެލިއެވެ.
“ދެން ތިވާހަކަ ނުދައްކާ ވީކަމެއް ވެދިޔައީ އެއީ އަހަރުމެންގެ ވެސް ކޮއްކޮ އެހެންވީމަ އޭނަޔަށް ރަނގަޅު ގޮތެއް ވެއްޖެއްޔާ އަހަރުންނަށް ވެސް ރަނގަޅު… މިއަދު އޭނަޔަށްޓަކައި ހެޔޮދުވާ ކުރުމަކީ ދެމީހުން ވެސް ކުރަން ޖެހޭނެ ކަމެއް..” ލައިޒާޔަށް ހިތްވަރު ދެމުން އަލްޔާ ބުނެލިއެވެ. ލައިޒާ އިތުރު އެއްޗެއް ނުބުނެއެވެ. ހިތުތެރޭގައި ކިތަންމެ އުދާސް ތަކެއް ހުށްޓަކަސް ދަތްތަޔަށް ވީތީ އިތުރު އެއްޗެއް ނުބުނީއެވެ. “އޮހޯ!! ދެކުދިން އަދިވެސް ތޮޅެންވީތަ؟ ނިކަން ލޯބިން ވާހަކަ ދައްކަބަލަ..!!” ލައިޒާޔާ އަލްޔާ ވާހަކަ ދެއްކި ގޮތް އެހާ ހިތްހަމަ ނުޖެހިގެން ވިނާން ބުނެލިއެވެ. “އަހަރުން ނުތޮޅެމޭދޯ ތިއްތާ؟ ބަލާބަލަ އަހަރުން ކިހާލޯބި…” އަލްޔާގެ ކޮލުގައި ލައިޒާގެ ކޯ ޖައްސާފަ ދައްކާލަމުން ލައިޒާ ބުނެލިއެވެ. އަލްޔާ ވެސް ލޯބި ގޮތަކަށް އެއީ ތެދެކޭ ބުނެ ކޮޑަކޮށް ލައިޒާ ގައިގަ ބައްދާލިއެވެ.
“ބާބީ.. ކޮބާ މިހާރު ހެޕީތަ؟” ތަނަށް ހަމަހިމޭން ކަން ވެރި ވުމުން ހިމޭން ކަން މެދު ކަނޑަލަމުން މާކިން އަހައިލިއެވެ. “ހޫމް.. ވަރަށް ހެޕީ! އަދި ތޭންކޮސް ވެސް ނުބުނެވި މިހިރީ.. ބައިދަވޭ ތޭންކޮސް މާކް!!” ރީތި ހިނިތުން ވުމަކާއެކު މާކިން އަށް ޝުކުރު އަދާ ކުރަމުން އަލްޔާ ބުނެލިއެވެ. “ހެހެ.. އިޓްސް އޯކޭ.. އެއީ އެއްވެސް ކަމެއް ނޫނޭ” ލުއި ހިނިތުން ވުމާކާއެކު މާކިން އެހެން ބުނެލިއެވެ. “ދަރިފުޅާ އަދިވެސް ލައިއަށް އެއްޗެއް ނުދީ ބަނޑަށް ބަހަށްޓަންތަ ތިއުޅެނީ؟ ދެންވެސް ދޭބަލަ އޭނަޔަށް އެއްޗެއްދޭން..!” ލައިޒާ ދަތުރެއް ކޮށްފަ އައިމަ ހުންނާނީ ބަނޑުހައި ވެފަކަން އިނގޭތީ ނަސްމާ ބުނެލިއެވެ.
ލައި.. އަސްލު ކީއްވެ މަންމަ ލައި ގެއިން ނެރުނީ؟!!” ލައިޒާއަށް ކާންހަދަމުން އަލްޔާ ޝައުޤުވެރިކަމާއެކު އަހައިލިއެވެ. “ނޭގެ! ތިއްތާ.. މަންމަ ގޭ ދައްކައިފަ ލޯނު ނެގީމަ އަހަރެން އެހެން ކިޔާތީ ރުޅި އައިސްގެން ނެރުނީ!! އެންމެ ބޮޑަށް މަންމަ ރުޅި އައީ ބައްޕާ ނިއާވި ދުވަހު އަހަރެން މާލެ އަންނަން އުޅުނީމަ..! އެރޭގަ ގެއިން ނެރުނީ!! އެރޭ ވެސް ވަރަށް ބެލިން މާލެ އާދެވޭތޯ އެކަމަކު ފެރީ އެއް ވެސް ނެތް! އެހެންވެ ނާދެވުނީ.. ތިއްތަގެ ނަންބަރު ވެސް އިނގެނީކީ ނޫން.. އެހެން ނަމަތާ އާދެވޭނީ؟!” ލައިޒާ ކިޔާދެމުން ދިޔައެވެ. “ދެން އެވާހަކަ ބާއްވާ.. އެހުރިހާ ކަމެއް ވެސް ނިމުނީ.. އިރާދަ ކުރެއްވިއްޔާ ތިއްތަޔާ ލައިއާ ވައްކެތް ނުވާނެ އަބަދުވެސް ދެން އުޅޭނީ އެއްކޮށް!!” ލައިޒާ އިނީ ދެރަވެފަކަން އިނގޭތީ އޭނަ ހިތްހަމަ ޖައްސަން ވެގެން އަލްޔާ ބުނެލިއެވެ. އެއީ މުޅި އެކު ހިތްހަމަ ޖައްސަން ވެސް ބުނި އެއްޗެއް ނޫނެވެ. އެއީ ހަޤީގަތްވެސް މެއެވެ. “ތޭންކޮސް ތިއްތާ.. ދެން ލައި އެއް ނުފޮނުވާނަންދޯ؟” އަލްޔާއަށް ޝުކުރު އަދާ ކުރަމުން ލައިޒާ އަހައިލިއެވެ. “ހޫމް.. ޔަޤީން ދެން ނުފޮނުވާނަން!!” ވަރަށް ޔަޤީން ކަމާއެކު އަލްޔާ ބުނެލިއެވެ.
“މަންމާ.. ކޮބައިތަ ވިނާ؟” ލައިޒާ ކައި ނިމުނީމަ އޭނަ ގޮވައިގެން ބޭރަށް ނިކުތް އިރު ވިނާން ނެތުމުން އަލްޔާ ނަސްމާ ގާތު އަހައިލިއެވެ. “ނޭގެ ދަރިފުޅާ.. މަންމަ އެތެރެއަށް ވަނދެފަ ނިކުތް އިރަކު ނެތް ވިނާން އެއް..!” ނަސްމާ ބުނެލާއެވެ. “ހަލޯ.. ވިނާ ކޮންތާކު؟ ހާދަ ހޯދައިފީމޭ!” ނަސްމާ އެހެން ބުނުމާއެކު ފޯނުނަގާ ވިނާންއަށް ގުޅައިފަ އަލްޔާ އަހައިލިއެވެ. “ކިހިނެތްވީތަ؟ކަމެއް ގޯސްވީތަ؟” ޖަވާބުގެ ބަދަލުގަ ވިނާން ކޮށްލީ ސުވާލެކެވެ. “ކަމެއް ވީކީ ނޫން.. ނުބުނެ ދިޔައިމަ ކޮބައިތޯ ބަލައިލީ” އަލްޔާ ބުނެލިއެވެ. “އެހެންތަ؟ މިދަނީ ގެއަށް.. ކުޑަ ކަމެއް ދިމާ ވެގެން ނިކުތީ އެހެންވެ ނުބުނެ ނިކުމެވުނީ..” ވިނާން ބުނެލިއެވެ. ވިނާން އަންނަނީ ކަމައް ބުނުމުން ފޯނު ބޭއްވުމަށް ފަހު ލައިޒާ ގޮވައިގެން އަލްޔާ ވަނީ އޭނަގެ ކޮޓަރިއަށެވެ.
“ޝިހާބު!! ދަރިފުޅާ މަންމަ ކައިރި ނުވެސް ބުނެ..!!” ޝިހާބު ގޮވައިގެން ވިނާން އައިސް ވަނުމުން ނަސްމާ ހައިރާން ވެފަ ބުނެލިއެވެ. “ކީއްކުރަންތޯ ބުނަންވީ؟ ބުނި ނަމަ މަންމަ ތިހާ ސަޕުރައިޒެއް ނުވާނެ ނޫންތޯ؟” ވިނާން ބުނެލިއެވެ. “އެއީ ތެދެއް..! ނަސްމާ މިހާރު މާ ހެޕީއެއް ނޫން..؟!” ޝިހާބު ބުނެލިއެވެ. “މަންމަޔަށް އިނގޭތޯ އަސްލު ޝިހާބުބެ އަންނަން އޮތް ފުލައިޓު ލަސްވީއޭ އެހެން ނޫންނަމަ މާ ބޮޑަށް ސަޕުރައިޒު ވީސް..!” ވިނާން ބުނެލިއެވެ. “ކޮބައިތަ ޖޫދު؟ އެސޮރު ކޮންތާކަށް ދިޔައީ؟” ތަން ތަން ހޯދަމުން ޝިހާބު އަހައިލިއެވެ. އޭރު އިސާހިތަކު ގޭ އެންމެން އަޑު ގަދަ ވެގެން ސިޓިން ރޫމަށް ނިކުންނަނީއެވެ. “ހާދަ އަޑު ގަދަ ކޮއްލައިގެން މިއުޅެނީ؟!” ނަސްމާ އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސައުދު ނިކުމެ އަހައިލިއެވެ. “ލައްބަ ބައްޕާ.. އަޑު ގަދަ ވާނެ ނޫންތޯ؟ މިހިރީ ޝިހާބުބެއޭ..!!” ސައުދު އެހެން އެހުމުން ވިނާން ޝިހާބު ދައްކާލަމުން ބުނެލިއެވެ. “އެހެންތަ؟.. ދިވެހި އިނގޭތަ؟” ޝިހާބުއަށް ބަލައި ހީލަމުން ސައުދު އަހައިލިއެވެ. “ލައްބަ.. ދިވެހި އިނގޭ އެކަމަކު އެހާ ފަރިތައެއް ނޫން..” ޝިހާބު ބުނެލިއެވެ. އޭރު ޖޫދުވެސް އޭނަގެ ތިއްތަ، އަލްޔާ އާއިއެކު އައިސް ސިޓިން ރޫމަށް ނިކުތީއެވެ. “ބައްޕާ!!!” ޝިހާބު ފެނުމުން ޖޫދު ގޮވައިލިއެވެ. “އަހަ..!! ދަރިފުޅާ.. ބައްޕަ ދަރިފުޅު ހޯދައިފީމޭ..! ކިހިނެތްތަ ދަރިފުޅު؟” ޖޫދު ގަޔާ ކައިރި ކުރަމުން ޝިހާބު އަހައިލިއެވެ. “އަޅުގަނޑު ރަނގަޅު! ބައްޕަ ހާދަ ލަހުން ތިދުރުވީ؟” ހާލު ރަނގަޅު ކަމަށް ބުނެ ޖޫދު އަހައިލިއެވެ.
“ހެހެ.. ބައްޕަ މިއައީ އެއް ނޫން..؟ ދެން ނުދާނެމޭ ދަރިފުޅު ދޫކޮށްފަ!” ޝިހާބް ބުނެލިއެވެ. އޭރު ތަނަށް އޮތީ ހިމޭން ކަން ވެރިވެފައެވެ. “ބައްޕާ އެހުރީ އަޅުގަނޑުގެ ތިއްތަ.. ތިއްތަޔާ ފުރޭންޑް ވެބަލަ!” އަލްޔާ ދައްކަމުން ޖޫދު ބުނެލިއެވެ. އޭރު އެއްމެން ވެސް ތިބީ ޝިހާބުގެ ދެބަފައިން ގެ ކުޅިވަރު ބަލައިށެވެ. “ދަރިފުޅާ އަލްޔާ.. މިއީ ބައްޕަކަމަށް ދެކޭތި… މި ބައްޕަ ޖޫދުއެކޭ އެއްގޮތަށް ދަރިފުޅަށް ލޯބިދޭނަން..!” އަލްޔާ ކަރުނަވީ ލޮލަކުން ބަލަން ހުރުމުން ޝިހާބު ބުނެލިއެވެ. ހަޤީގަތުގައި ޝިހާބު އެބުނީ އޭނަ ދެން ކަންތައް ކުރަން ހިތުގަ އަޅައިގެން ހުރި ގޮތަށެވެ. “ޝުކުރިއްޔާ ބައްޕާ..! އެކަމަކު މަންމަ ކައިރި ނުވެސް ބުނެތޯ ތިދުރުވީ؟” ޝިހާބުއަށް ޝުކުރު އަދާ ކުރުމަށް ފަހު އަލްޔާ އަހައިލިއެވެ. “ދަރިފުޅާ ކިހިނެތްތަ ބުނާނީ؟ ދަރިފުޅުގެ ފިރިސޮރަކީ ވަރަށް ކުޅަދާނަ ސޮރެއް! ހަމަ ހިލާ އެއްބަހެއް ނުވި މަންމަ ކައިރީގަ ބުނާކަށް! ދެން ކިހިނެތް ބުނާނީ؟” ހެވިލައިފަ ޝިހާބު ބުނެލިއެވެ. އެގޮތަށް އެތައް ވާހަކައެއްގައި މުޅި އެދުވަސް ހޭދަވެގެން ދިޔައެވެ.
*ފަސްމަސް ފަސް*
“ދަރިފުޅާ ހާދަ ވަރަކަށޭ އެސޮރު އެރޮނީ؟ ކިހިނެތްވީތަ؟” އާވީ މާބާރަކަށް ރޯތީ އަލްޔާގެ ކޮޓަރި ދޮރުމައްޗަށް އަރަމުން އަފީފާ އަހައިލިއެވެ. “ފެންވެރުވީމަ އެރޮނީ… މަންމާ ލައި އެބައުޅޭތަ؟ ބުނި މިއަދު އަންނާނަމޯ..” އަފީފާއަށް ޖަވާބު ދިނުމަށް ފަހު އަލްޔާ އަހައިލިއެވެ. “ނާދޭ އަދިއެއް! ދަރިފުޅު މިއަދު ގުޅިންތަ މަންމަމެންނަށް؟ އެމީހުންގެ ހާލަކީ ކޮބައި؟ މަންމައަށް ވެސް މިދެތިން ދުވަހަކު ގުޅާވެސް ނުލެވޭ. “އާވީގެ ކޮލުގަ ކޮއްޓާލެމުން އަފީފާ އަހައިލިއެވެ. “މަންމަމެން ރަނގަޅު..! މަންމަ ބުނުއްވި މިހާރު ބައްޕަ އުޅުއްވަނީ ވިނާމެންގެ އޮފީހުގައޭ..” އަލްޔާ ބުނެލިއެވެ. “އެހެންތަ؟! އެހެންވީމަ ރަނގަޅެއް ނޫން މިހާރު؟! ދެން އިތުރު ދައްޗެއް ވެސް ނޯންނާނެއްނޫން؟ އަސްލު މަންމަ ހިތްހަމަ ޖެހެނީ ދަރިފުޅުގެ މަންމަމެން ވެސް މިގޭގަ އުޅެން.. އެކަމަކު އެމީހުން ބޭނުމެއް ނުވި މިގޭގަ އުޅޭކަށް” އަފީފާ ދެރަ ވެފަ ބުނެލިއެވެ. “މަންމާ އެއީ މައްސަލައެއް ނޫނޭ.. ލައިޒާވެސް އުޅެނީ މިގޭގަ.. އެންމެން ކިހިނެތް އެއްތާކު އުޅޭނީވެސް؟! މިހާރު މާ ރަނގަޅުވާނެ.. އަޅުގަނޑުމެންނަށް ވެސް އެގެއަށް ދެވޭނެނޫން؟ މަންމަމެން ވެސް މިގެއަށް އާދޭ މިގޮތަށް ކަން އޮތީމަ އާއިލާ ގުޅުން މާވަރުގަދަ ވާނެޔޭ މަންމާ!” އެއް ނޭވައިން އަލްޔާ ބުނެލިއެވެ. “ހެހެ.. ދަރިފުޅު ވިހީމަ ހާދަ ބުއްދިވެރި ވާހަކަ ވެސް ދައްކަން ދަސް ވެއްޖެޔޭދޯ؟” ހެމުން އަފީފާ ބުނެލިއެވެ.
“އަލް ވަރަށް އަވަހަށް އާ ސަހަރާޔަށް އާދެބަލަ!!!” އަލްޔާ ފޯނު ނެގުމާއެކު ވިނާން ބުނެލިއެވެ. “ކިހިނެތްވީ؟!!” ހައިރާންވެފަ އަލްޔާ އަހައިލިއެވެ. “މަށަށް ވެސް ދެންމެ އެނގުނީ.. އަލްގެ ދޮންމަންމަ ބަދޫރާ މަރުވެގެން އުޅެނީ!! އަންނަ އިރު ލައި ގޮވައިގެން އަންނާތި..!” އެއްނޭވައިން ވާހަކަ ދައްކަމުން ވިނާން ބުނެލިއެވެ. “އެހެންތަ؟!! މިއަންނަނީ..!!” އެހެން ބުނެފަ އަލްޔާ ފޯނު ބޭއްވިއެވެ. އަދި ބަދޫރާޔާ ދޭތެރޭ އަލްޔާއަށް ވިސްނާ ލެވުނެވެ. ކިތަންމެ އިހާ ނެތިކޮށް ކަންތައް ކޮށްފަ ހުށްޓަސް މިއަދު އަލްޔާގެ ހިތުގަ އޭގެ އެއްވެސް ކަމެއް ނެތެވެ.
ބަދޫރާ ހޮސްޕިޓަލުގަ އެތައް ދުވަހަކު ހޭނާރާ އޮތުމަށް ފަހު މިއަދު ދުނިޔެއާ އެވަކިވީއެވެ. އޭނަޔަށް މިދުނިޔެއިން ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟. ލިބުނު ދެދަރިން ވެސް އޭނަގެ ހަޔާތުގެ އެންމެ ފަހު ވަގުތު އޭނަކައިރިޔަކު ނެތެވެ. ދެން އޭނަޔަށް އޮތީ ކޮން އުފަލެއް ހެއްޔެވެ؟. ގެދޮރާ މުދަލާ ހެދި މޮޔަ ވެގެން އުޅުނު އިންސާނާވެސް މިއަދު އެނެތި ދިޔައީ ހުސްއަތާއެވެ. މިއީ ދުނިޔޭގެ އާދައެވެ.
ފޯނުބޭއްވުމަށްފަހު އަލްޔާ ހިނގައިގަތީ އަވަހަށް ސަހަރާއަށް ދިއުމަށެވެ.
ނަމަވެސް އެވަގުތު ލައިޒާ މަތިން ހަނދާން ވުމާއެކު އަަވަސް އަވަހަށް ފޯނުނަގާ އޭނަޔަށް ގުޅައިލިއެވެ. ކޮންމެގޮތަކަށް ކަންވެނިމިފަ އޮތަކަސް އޭގެ އެއްވެސް ކަމެއް ހިތުގަލައިގެން އުޅޭކަށް އަލްޔާ ބޭނުމެއް ނޫނެވެ. “ލައި ވަރަށް އަވަހަށް އާސަހަރާއަށް ދޭބަލަ! ތިއްތަވެސް މިދަނީ..” ލައިޒާ ކީއްވީތޯ އެހުމުންވެސް ޖަވާބު ނުދީ ފޯނު ކަނޑާލުމަށްފަހު އަލްޔާ ހިނގައިގަތެވެ. “ދަރިފުޅު ހާދަ އަވަސް އަރުވާލައިފަަ ތިއުޅެނީ.. ކިހިނެތްވީތަ؟ ކަމެއް ގޯސްވީތަ؟ އަލްޔާގެ ހަރަކާތްތައް އަވަސް ކަމުން ބުނަން އައި ވާހަކަ މަތިން ވެސް ހަނދާން ނެތި ހައިރާން ވެފަ އަފީފާ އަހައިލިއެވެ. ވެގެން އުޅޭގޮތް ކިޔާދިނުމަށް ފަހު އަލްޔާ އެދުނީ އޭނަޔާ އެކު ސަހަރާއަށް ދިއުމަށެވެ. “އިންނާލިﷲ ވައިންނާއިލައެހި ރާޖިއޫން!!! ދަރިފުޅުގެ މަންމައަށް އިނގޭތަތިކަން؟!” ނުތަނަވަސްކަމާއެކު އަަފީފާ އަހައިލިއެވެ. “އަދި އަޅުގަނޑު ނުބުނަން ލައިއަށް އެކަނި މިގުޅީ..” އަލްޔާބުނެލިއެވެ. “އެހެންވިއްޔާ.. ދަރިފުޅުދޭ މޫނުދޮވެ ފުރެޝްވެލައިގެން އަންނަން… މަންމަ އެހެން މީހުނަށް ގުޅައިފަ ޙަބަރު ދޭނަން..!” އަފީފާ އެހެންބުނުން އަލްޔާ އަވަހަށް ދިޔައީ ތާޒާވެލަންށެވެ. އަލްޔާ ފާޙާނަޔަށް ވަނުމުން ކުޑަކުޑަ އާވީ އާއި ލޯބި ކޮއްލަމުން އަފީފާ އެއްމެންނަށް ގުޅާ ބަދޫރާގެ މަރުގެ ޙަބަރުދިނެވެ.
”ދަރިފުޅާ ކެތްކުރަންވާނެ! މިއީ ކޮންމެ އިންސާނަކު ވެސް ކުރިމަތިލާން ޖެހޭވަގުތެއް..!” އަލްޔާ ރޯވަރުން އޭނަޔަށް ހިތްވަރު ދެމުން ނަސްމާ ބުނެލިއެވެ. ހަޤީގަތުގައި ވެސް އަލްޔާ އެރޮނީ ހަމަ ދެެރަ ވެގެންނެވެ. އޭނަޔާ ދޭތެރޭ ކިތަންމެ ނިކަމެތިކޮށް ކަންތައް ވެފަ އޮތަސް އޭގެ އެއްވެސް ކަމެއް އަލްޔާގެ ހިތަކު ނެތެވެ. އެއީ ހަމަ އޭނާގެ ތަބީއަތުގައި ހުންނަ ރީތި ސިފައެކެވެ. ”މަންމާ އަޅުގަނޑަށް ވެސް އިނގެޔޭ ތިކަން.. އެކަމަކު.. ކޮންމެ ގޮތަކަށް ވިޔަސް އަޅުގަނޑު ބަލާބޮޑު ކުރި މީހާ އެއީ..!!” އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން އަލްޔާ ބުނެލިއެވެ. އަލްޔާ އެހެން ބުނުމުން ނަސްމާ ކުތްވެރިއެއް ހެން އިސްޖެހިއެވެ. އެކަމުގަ ވަކި އޭނަ ބުނާނީ ވެސް ކީކޭޭ ހެއްޔެެވެ؟. ނަސީބު ދެރަކަމުން ދަރިފުޅު ބެލުމުގެ ނަސީބު ނުލިބުމަކީ އޭނާގެ ކުށެއް ނޫނެވެ.
ކަށުކަމާކެމީގެ ކަންތަތްތައް ނިމުމުން އެންމެން ހިނގައިގަތީ ގެއާ ދިމާލަށެވެ. އޭރު އަޒުހަމް އެތަނަށް ގެނެސް ހުރީތީ އަލްޔާ ބޭނުންވީ އަދިވެސް ނަސޭހަތް ދީގެން އޭނަ އިސްލާހު ވޭތޯ ވާހަކަ ދައްކާލަންށެވެ. އެހެން ކަމުން އާވީ އަފީފާގެ އަތަށް ދިނުމަށްފަހު އަލްޔާ މިސްރާބު ޖެހީ ކަރެކްޝަން މީހުން ކައިރީގަ ހުރި އަޒުހަމްގެ ގާތަށެވެ
އޭރު އަޒުހަމް ޖިޕަށް ލުމަށްޓަކައި ކަރެކްޝަންގެ ބޭފުޅުން އުޅެނީއެވެ. ”އަޒުހަމް!!!” ތަންކޮޅެއް ބާރަށް އަލްޔާ ގޮވައިލިއެވެ. އެއަޑަށް ކަރެކްޝަންގެ ބޭފުޅުން އެބުރިލިއެވެ. އޭރު ބާރު ބާރަށް އަލްޔާ އެމީހުންނާ އަރާ ހަމަ ކޮށްފިއެވެ. އެވަގުތު މަޑުގިސްލުމަކާއެކު އަޒުހަމް އަލްޔާ ގައިގަ ބައްދާލިއެވެ. ބައްދާލުމާއެކު އެފަކީރު އިތުރަށް ދިޔައީ ފަޅައިގެެނެވެ. އޭރު ވިނާން އާއި އާއިލާ އެންމެން މަޑުކޮށްލައިގެން ތިއްބެވެ. ވަގުތުގެ ނާޒުކު ކަމުން ކަމަށް ވެސް ވެދާނެއެވެ. ކަރެކަޝަން މީހުން އިތުރު އެއްޗެއް ނުބުނެ އެދެބެއިންނަށް ވަގުތުދީގެން ތިއްބެވެ. ”ތިއްތާ.. އަހަންނަށް މާފް ކުރޭ! މި ހުރިހާ ކަމެއްވެސް މިވީ އަހަރެންގެ ސަބަބުން!!” އަޒުހަން ބާރު ބާރަށް ރޮމުން އާދޭސް ކުރަމުން ދިޔައެވެ. ”ދެން ތިވާހަކަ ހުއްޓާލާ..! މިހުރިހާ ކަމެއް މިއޮތީ ވެނިމިފަ.. ދެންވެސް ރަނގަޅު މީހަކަށްވެ މުޖުތަމައުއަށް ނިކުމެވޭތޯ މަސައްކަތް ކޮތްބަލަ..! ތިއްތަ އަބަދުވެސް އަޒުހަމްއަށް ހިތްވަރު ދޭނަން.. އެހީވާނަން!” އަޒުހަމްގެ ބުރަކަށީގަ ފިރުމައިލަމުން އަލްޔާ ބުނެލިއެވެ.
”ކަލޭދެން އިތުރަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ! ކަަަލެއަށް ދެރަވާން ވެސް އިނގޭތަ؟! ކަލޭގެ ގޮތްގަޑު މިތާ މިތިބަ މީހުންނަށް އާވެދާނެ..!! އެކަމަކު އަހަންނަކަށް އަލެއް ނޫން!! ކަލެއާހެދި މިއަދު ވަންނާނެ ތަނެއް ވެސް ނެތް..!!!” އެހިސާބަށް ބުނެވުނުތަނާ ލައިޒާއަށް ރޮވޭތީ ކުރިއަށް ނުދެވިގެން ހުއްޓާލިއެވެ. ހަޤީޤަތުގައި ވެސް މިއަދު އޭނާ އެހުރީ ރުޅިއާއެއްވަރަށް ދެރަވެސް ވެފައެވެ. ނުވާންވީ ސަބަބެއް ވެސް ނެތެވެެެ. އެންމެ ކުޑައިރުން ފެށިގެން ވެސް މަންމަޔާ ބައްޕަގެ ރަން ދަރިއަކީ އަޒުހަމް އެވެ. އޭރު އެތާތިބި އެންމެން ވެސް ތިބީ އެތިންބެއިންނާ ދިމާލަށް ކަޅި ހުއްޓައިގެނެވެ. އެމަންްޒަރު ބަލަން ދަތިވުމުން ނަސްމާ ތަން ކޮޅެއް ދުުރުގަ ހުރެފައި އެދިމާލަށް ހިނގައިގަތެވެ.
”މަންމަ ތިކުދިންނަށް ހެޔޮނަސޭހަތެއް ދެންތަ؟” އެމީހުން ތިބި ހިސާބަަށް ހުއްޓިލައިފަ ނަސްމާ އަހައިލިއެވެ. ނަސްމާ އެހެން ބުނުމުން އަލްޔާގެ ތިންބެއިން އާއެކޭ ބުނާ ފަދަގޮތަކަށް ބޯޖަހައިލިއެވެ. ”މަންމަޔަށް އިނގޭ ދަރިފުޅުމެން ވާނެދެރަޔާ ކުރާނެ އަސަރު؛ އެހެންނަމަ ވެސް މިވަގުތަކީ އެއްވެސް ކުއްޖަކު އަޑުލައި ޒުވާބު ކުރަންވީ ވަގުތެއް ނޫން އެފުރާނަޔަށް ރަހުމަށް ލެއްވުމަށް އެދި ﷲގެ ހަޒުރަތުގައި އަތް އުފުލާ ދުޢާކުރަން ވީވަގުތު..!!” ނަސްމާ ނަސޭހަތާއު ހިތްވަރު ދެމުން ދިޔައެވެ. އޭނަގެ މުޅި ދިރިއުޅުން ނަރަކަޔަށް ހެދީ ބަދޫރާއެވެ. އެހެން ނަމަވެސް އޭގެ އެއްވެސް ކަމެއް ހިތުލައިގެން ހުންނާކަށް ނަސްމާ ބޭނުމެއްނޫނެވެ. އަަދި އޭނަގެ ދަރިންނަށް ވެސް ހިތްނުބައެއް ނޫނެވެ. އެކަހަލަ މާތް އިންސާނަކަށް ލިބޭނީވެސް އެކަހަލަ ހެޔޮލަފާދަރިންނެވެ. އަލްޔާ އަކީއޭގެ މިސާލެކެވެ.
“ދޮންތާ!. ހުވާކޮށްފަ މިބުނީ ދެން ދުވަހަކުވެސް އެކަހަލަ ވިޔާނުދާ އެއްވެސް ކަމެއް ނުކުރާނަން؛ އަހަރެންނަށް ވެސް މިހާރު ވިސްނިއްޖެ އެއީކުރަން ހެޔޮވާވަރު ކަމެއް ނޫންކަން!” އަޒުހަމް ދިޔައީ އޭނަގެ ދައްތަމެން ގާތު ރޮއެ އާދޭާސް ކުރަމުންނެވެ. އަޒުހަމްގެ ގިސްލުމުގެ އަޑުން ތަން އޮތީ ގުގުމާފައެވެ. އޭރު އަލްޔާ އާ ލައިޒާ ތިބީ އެއްޗެއް ނުބުނެ އޭނަޔާ ދިމާލަށް ބަލަހައްޓައިގެން އިތުރުއެއްޗެއް ނުބުނެއެވެ. ”ތުއްތަބޭ އިތުބާރު ކުރަން އަޒުހަމްއަށް އެހެންވީމަ ހުކުމްތަންފީޒުކޮށް ނިމުނީމަ އެއްމެން ފަޙުރުވެރިވާ މީހަކަށް ވެގެން އާދޭ..! ތުއްތަބެއަށް މިހާރުވެސް އަޒުހަމް ސަލާމަތް ކުރެވިދާނެ.. އެކަމަކު ކުށެއް ކޮށްފި ނަބަ އޭގެ ހައްޤު އަދަބު ލިބެން ޖެހޭނެ، އެއީ ތުއްތަބެ ދެކޭގޮތަކީà އުއްމީދު ކުރަން އަޒުހަމްއަށް ވިސްނޭނެ ކަމަށް؛ އަދި އެއްވާހަކަ.. ރަޝުގައި ހުރި ގެ.. މިހާރު ހުންނާނީ ބޭންކަށް ދައްކަން ޖެހޭ އެއްޗެއް ދައްކާ ނިންމައިފަ މިހާރު އެގެއަކީ އަޒުހަމްމެންގެ ގެ!!” ވިނާންގެ ހެޔޮކަން ހިތަށް އަރާ ލައިޒާއާ އަޒުހަމްއަށް ހިތާހިތުން ޝުކުރު އަދާކުރެވުނެވެ.
އަޒުހަން ވެހިކަލަށް އަރުވާގެން ދިއުމުން އެއްމެންވެސް ހިނގައިގަތީ ގެއަށަ ދިއުމަށްޓަކައި ބޭރަށް ނިކުތުމަށެވެ. އޭރު އެހެންމީހަކުވެސް ނިޔާ ވެގެން އުޅޭތީ އޭނާގެ އާއިލާމީހުން ވެސް ވަޅުލައި ނިމުނީތީ އަލްޔާ މެންނާ އެއްކޮށް ގޮތައް ހިނގައިގަތެވެ.
”ދަރިފުޅާ ހާދަ އަވަސް ކޮއްލައިގެންނޭ ތިއުޅެނީ… ތިވަރުން ނުއުޅުނަކަސް ގަޑި އަށްދެވޭނެޔޭ!” އަލްޔާގެ ހަލުވި ކަމުން އަފީފާ ބުނެލިއެވެ. ”ދވޭނެޔޭ މަންމާ.. އެކަމަކު އާވީގެ ހަލަނިކަން އިނގެއެއް ނޫން މިހާރުވެސް މި އެއްޗެހި އަލަމާރިއަށް ލެވުނުއަދަދު ނޭގެ!” މުށިގަނޑު މަތީގައި ހުރި އެއްޗެހިތައް ނަގައި އަލަމާރިއަށް ލަމުން އަލްޔާ ބުނެލިއެވެ. ”ތިއީހަމަ އެސޮރުގެ ބައްޕަވެސް ކުޑައިރު އުޅޭގޮތް!!” އަފީފާ ބުނެލިއެވެ. އަލްޔާ ހުރީ އަފީފާ އެހެން ބުނީމަ ހެވިފައެވެ. ހެވޭނެ ތާއެވެ. ވިނާން އަބަދުވެސް އޭނަޔާ ވައްތަރޭ ކިޔާ ވިއްޔާއެވެ. ”ދަރިފު ލައި އިންނަނީ ރަށު ކުއްޖަކާތަ؟ މަންމަ އަދި އެސޮރު ނުވެސް ދެކެމޭ..!” އަފީފާ އަހައިލިއެވެ. އޭރު ގޭ އެއްމެން ތިބީ ލައިޒާގެ ޕާޓީ ބާއްވަން ހަމަ ޖެހިފަ އޮތްތަނަށް ދާން ރެޑީވެގެންނެވެ. ”ނޫނޭ މަންމާ.. ނަހީޒު އަކީ މާލޭ ކުއްޖެއް!” އެހެން ބުނަމުން ޒަވީ އުރާލަމުން އަލްޔާ ނިކުތީ ބޭރަށެވެ. އޭރު އަވަސް ކުރާށޭ ކިޔައި ސައުދު ދެކޮޅަށް ހިނގަނީއެވެ. އަލްޔާގެ ފަަަހަތުން އަފީފާވެސް ވަރުގެ ކޮޅަށް ރީތި ވެލައިގެންނިކުތް އިރު ހީވަނީ އެހެން ކަމެއް ހެނެވެ. ސައުދު ހިނިއައެއް ކަމަކު ހިންދާލލައިގެންގޮސް ކާރަށް އަރައި އިށީނެވެ.
ލައިޒާއާ ނަހީޒުގެ ކައިވެނި ވަރަށް ވެސް ފުރިހަމަކޮށް ނިއްމާލީ ދެފަރާތުގެ އާއިލާވެސް ބޭނުންވިހެން ކުލަގަދަކޮށެވެ. ޕާރޓީގެ އެންމެ ޙާއްސަ ކަމަކީ ލައިޒާގެ ބައްޕަ ދުނިޔޭގައި ނެތީތީ އޭނަގެ ވަލީ ވެެެރިއަކަށް އަޒުހަމްއަށްވެ އެންމެންވެސް ރުހި ބަލައިގަންނަ މީހެއްގޮތުގައި ހުރުމެވެ. މިހާރު އަޒުހަމް އަކީ އިސްލާމްދީނަށް ލޯބި ޖެހި މަސްތުގެ ވަބާއިން ސަލާމަށް ވެފަ ހުރި ޒުވާނެކެވެ. ލައިޒާއަށް ވެސް ރަނގަޅު ދިރިއުޅުމެއް ލިބުނީއެވެ. އަޒުހަމްވެސް ރަނގަޅު މީހަކަށް ހަދާ މުޖުތަމައަށް ނެރެވުނީ އެވެ. އަދި އޭނަ ދެކެ ނަފުރަތު ކުރި އެންމެންގެ ހިތުން ނިމުމެއް ނުވާ ލޯބިވެސް ލިބުނީއެވެ. ބައްޕަގެ އެންމެފަހުގެ ވަސިއްޔަތް ވެސް ފުރިހަމަ ވެވުނީއެވެ. އަލްޔާ އަކީ ކިހާ ނަސީބުގަދަ ކުއްޖެއް ހެއްޔެވެ. ހަޔާތުގެ ކުރީކޮޅު ކޮންމެ ހާލެއްގައި އުޅުނެއް ކަމަކު މިއަދު އެއީ ދުނިޔޭގައި ހުރި އެންމެ އުފާވެެރި މީހާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއަދު އެހެރީ ލޯބިވާ މަންމަގެ ހުސްވުމެއް ނެތް ލޯބި ލިބިލިބިއެވެ. މިދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިއެއް އެވަނީ އޭނާޔަށް ލިބިފައެވެ. އަލްޔާ ޤަބޫލު ކުރާ ގޮތުގައި މިހުރިހާ އުފަލެއް އޭނާޔަށް މިލިބުނީ ވިނާންގެ އިތުރުން ހެޔޮއެދޭ ރައްޓެހިންގެ ރަނގަޅު ކަމުންނެވެ. އެވަގުތުގެ ޖަޒުބާތުގައި ޖެހުނުލެއް ބޮޑު ކަމުން ވިނާންގެ ގައިގަ އަލްޔާއަށް ބައްދާލެވުނީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ.
……ނިމުނީ….
9 Comments
Comments are closed.
Hope U all enjoyed my story… Nd thankew for being in this journey with me…?
Wow nice ending ???
Thankew riyaa♥
Story varah salhi nimun ves salhi
v v gina duvas kohlaafaves up kohleema v v v ufaaveje…. nice ending keep it uup love ☺???????????
Dhippi ge 2 story ge ves nimun v salhi kamah faahaga vey keep it up dear
Vvv baivaru dhuvas veema heekuree dhn up nukuraane kamah
Anyways stry ehkoh ves v reethi
Thnks up kolleema
Aaw thankew sama ♥♥
Haadha reethi story