ވީމޭ އިންތިޒާރުގައި – 3
ހޫނު ކަރުނަތިކިތައް ފައިބަމުން ދިޔައިރު އެ ފުހެލަން ރީހާން މަސައްކަތެއް ނުކުރެއެވެ. އަނބުރާ ރާއްޖެ ދާންވީ ކަންނޭނގެއެވެ. ނަމަވެސް ލިއީޝްއަށް ކުރެވޭ އިންތިޒާރެއްގެ ބޮޑު ކަމުން ރީހާންއަށް އިތުރަށް ވިސްނާކަށް ނުކެރުނެވެ. އެވަގުތު އައި ކުއްލި ރުޅީގެ ހުރިހާ ވަރެއް ބޭލުނީ އޮށޯވެ އޮތް އެނދުގެ ބާލީސް ތަކަށެވެ.”ވައި ޑިޑް ޔޫ ޑޫ އިޓް ލިޝް.. އައި ޑިޑް މައި ބެސްޓް ޓު ފައިންޑް ޔޫ އެން ލުކް އެޓް ނައު.. އައި ކާންޓް ޓޭކް ދިސް ޝިޓް ލިޝް.. އައި ލަވް ޔޫ.. ލިޝް އަށް ދުވަހަކު ވެސް ނޯޅޭ އަހަރެން ލިޝް ދެކެ ވާ ލޯތްބެއް.. ދެން ކީއްވެ މިހާރު؟..” ރީހާން ގޮށްމުށުން ފާރުބިތުގައި ޖަހަންފެށިއެވެ.”މަންމާ..ރީޝް..އައިމް ސޯ ސޮރީ.. އައި ކުޑުންޓް ފައިންޑް ހާރ އިވެން އައި ހޭވް ގޯން ތްރޫ އޯލް ދީސް.” ރީހާން ބިތުގައި ޖެހުން ހުއްޓާލާފައި ފާރު ކައިރިއަށް ތިރިވެ ކަކޫ ގެނެސް މޭގައި ޖައްސާލިއެވެ. ހީވީ ހިތުތެތޭގައިވާ އުދާސްތަކުން ލިއުމެއް ތައްޔާރުކުރިހެންނެވެ. “ޕްލީޒް..ޑޯންޓް ހާރޓް މީ ދިސް މަޗް..” ރީހާން އަޑު ބެދުނެވެ.
**3 ވަނަ ޕާޓު**
ދެލޯ ހުޅުވާލަން މަޖުބޫރު ކުރުވި ހުއްޓުމެއްނެތި ރިންގްވަމުން ދިޔަ ފޯނު ނަގާ ރީހާން އަށް ފުރަތަމަވެސް ބެލުނީ ގަޑިއެވެ. ދަންވަރު ތިނެއް ޖަހާ ބޮޑުވީއެވެ. މިގަޑީގައި ގުޅާނީ ކާކުކަން ނޭނގި ހުރެ އެ ނުދަންނަ ނަންބަރުން އައި ކޯލަށް ޖަވާބު ދިނެވެ.”ލިއީޝް އާއި ޒާންގެ ދިރިއުޅުމާއި ދުރުގަ ހުރޭ! މީ އަހަރެން ދޭ އިންޒާރެއް!..” އެމީހާ ބުނާނެ އެއްޗެއް ބުނެފައި ޖަވާބު ދިނުމުގެ ކުރިން ފޯނު ކަނޑާލިއެވެ. ވާނުވާ އޮޅުންފިލުވަން އަލުން ރީހާން އެ ނަމްބަރަށް ގުޅަންފެށިއެވެ. ނަމަވެސް މިފަހަރު ބުނަންފެށީ އެ ފޯނު ވަނީ ގުޅޭ ސަރަހައްދުން ބޭރުގައި ކަމަށެވެ. އިތުރަށް ނުގުޅުމުން އެއީ އާދައިގެ ކަމަކަށް ހަދާފައި ރީހާން އެހާ އަޅައެއް ނުލިއެވެ. އެހެން ނޫނަސް އެމީހާ އެހެން ބުންޏެއްކަމަކު ރީހާން ލިއީޝް ދޫކޮށް ލާނެ ވަރަށްވުރެ ފިނޑިއެއް ނޫނެވެ.
އުނދަގުލުން ތެދުވި ރީހާން އަލުން ކައިރީގައި ހުރި އެނދަށް ވެއްޓުނީ ފަޔަށް އައްސިވެފައި ހުރި ކަމުގެ އިހުސާސް ވުމުންނެވެ. ރޭގައި ރޯން އިނދެ ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭނގެއެވެ. ކުއްލިއަކަށް ކާގެއާއި ދިމާއިން އެއްޗެއް ވެއްޓުނު އަޑަށް ރީހާން ދިޔައީ ސިއްސައިގެންނެވެ. ދޮރު ނުތަޅުލާ ނިދުންކަން ހަނދާންވެ ރީހާންގެ ދެލޯ ބޮޑުވިއެވެ.”ޔަޤީން މިހާރު ގޭތެރޭގަ ހަމަ އެކައްޗެއް ނުހުނާނެ..” ފަޔަށް އެރި އައްސި ހަނދާން ނައްތާލަމުން ދުވެފައި ކޮޓަރިން ނިކުމެ ބަލާލި އިރު ކާގެ ތެރެ އަނދިރި އެވެ. އުނދުނާ ދިމަ މަތީގައި ހުރި ފެންލައިޓުން އެޅޭ އަލިން އެއީ އަންހެން ކުއްޖެއްކަން އިނގޭ ވަރެވެ. އެންމެ އަވަހަށް އަތު ޖެހުނު ތަވާ އަތަށް ހެޔޮވަރު ކޮށްލަމުން ރީހާން އެކުއްޖާ އާއި ދިމާއަށް ދާން ފިޔަވަޅު ނަގަމުން ދިޔައެވެ. ކުއްލިއަކަށް މީހަކު އަންނަކަން އިނގި ފަހަތް ބަލާލަމުން އެކުއްޖާ ދުއްވައިގަތީ ނިކުންނަންށެވެ. އެހެނަސް ގޮނޑިއެއްގައި އަޅައިގަނެ އެކުއްޖާ ވެއްޓެން ދިޔަ މަންޒަރު އަނދިރިން ސިފަވުމުން ރީހާން އަށް އެދިމާއަށް ދެވުނެވެ. ނޭނގިގެން ނަމަވެސް އެއްޗެއްގައި ހިފޭތޯ ހަރަކާތް ކުރި އަތް ގޮސް ސްވިޗް ބޯޑު ގައި ޖެހި ދެބޮކި ދިއްލުނެވެ. އޭރު ރީހާންއަށް އެކުއްޖާ ހިފިއްޖެއެވެ.
“އެލީ؟؟..” ރީހާން ދެބުމަ ކައިރިކޮށްލަމުން ގޮވާލިއެވެ. ރީހާން އެހާ ކައިރިން ފެނުމުން އެލީޒާގެ ނޭވާ ކަރުތެރޭގައި ތާށިވެ މީހާ ހުއްޓުން އެރިއެވެ. އެ ފުންކަނޑެއްފަދަ ލޮލަށް ގެއްލިފައި އެލީޒާއަށް ހުރެވުނީ އާޝޯޚު ވެފަ އެވެ. ފިނި ރެއެއްގައި ރީހާންއާއި އެފަދަ ގޮތަކަށް ކައިރިވެވުމުން އަރާމު ހޫނެއް އިޙުސާސްވެ ލޯލިތައް ކޮޅަށް ޖެހުނެވެ. އަތްފައި ފިނިވެ ހިތުގެ ތެޅުން އަވަސްވިއެވެ. ސިކުނޑިއަށް އެއްފަހަރާ އެތަށް އެއްޗެއް އަރައިގެން ދިޔައެވެ.”އެލީ!..” ދެވަނަ ފަހަރަށް ރީހާން ގޮވާލުމުން ކުއްލިއަކަށް އެލީޒާ ރީހާންގެ އަތު ތެރެއިން ނިކުތެވެ.”ކޮން ދުނިޔެއަކަށް ގޮސް؟ މިހާ ދަންވަރު މިތާ ކީއްތިކުރަނީ؟ ކަމެއް ޖެހުނީތަ؟” އެލީޒާއަށް ވީގޮތުން ރީހާން ގާތަށް ލާނެއް ހިންޏެއް އައެވެ.”ނޫ..މި..އެ..އާ..ރީ..” އެލީޒާގެ އަނގަ އޮޅުނެވެ.”އޭ ހާދަ އަވަސް އަރުވާލައިގެން؟ ކޮންތާކަށް ނުދެވިގެން ތިއުޅެނީ؟؟..” ރީހާން ހެވިފައި އުނަގަނޑުގައި އަތް ވިއްދާލައިގެން ހުއްޓުނެވެ.”އަމް.. ދަންވަރު ހޭލެވުނީ ފެންބޮވައިގެން.. ފޫހިވާތީ ބޭރަށް ނިކުތް ގަޑީ ރީހާންގެ ގޭގެ ދޮރު ކުޑަކޮށް ހުޅުވިފަ ހުރިތަން ފެނިގެން ހިތަށް އެރީ.. ބަލާލާނީއޭ.. އަދި ކޮޓަރިއަށް ނުވެސް ދެވި އުޅެނިކޮށް ތި އައީ..” އެލީޒާ ހިތް ހަމައަކަށް އަޅުވާލިއެވެ.”ދެން އެކަމަކު ލަސްލަހުން ބުނިނަމަވެސް މަށަށް ގެޓުވާނެއޭ އެލީ..މަމީ އަރާ ކާ އެއްޗެއް ނޫނޭ ތިހާ ބިރު ގަންނާކަށް..” ރީހާން ހޭންފެށުމުން އެލީޒާގެ މޫނު އެކަށް ރަތްވިއެވެ.
“ދެން ސްޓޮޕް!..” އެލީޒާ ހަޅޭއްލަވައި ގަތް އިރު ވެސް އެފަކީރު ލަދުން ހަލާކު ނުވެ ހުރި ކިރިޔާއެވެ.”މަލާމާތް ނުކޮށް ރީހުގެ ހާލެއް ބަލާލަން އައި ކަމަށް ޝުކުރު ކުރޭ އިނގޭ ނުހީ..” އަމުރު ކުރާކަމަށް އެލީޒާ ހެދުނެވެ.”މަ ދެކެ އެލީ ބިރު ގަތުމަށްވުރެ ރަނގަޅޭ މަގޭ ހާލު ބަލާލަން ނަޔަސް..” ހިނިގަނޑު ހުއްޓާލަމުން ރީހާން އިށީންއިރު ވެސް ހިނިތުންވުމެއް އިނެވެ.”ރީހު ކީއްކުރަނީ މިހުރިހާ އިރު ނުނިދާ..” ރީހާން ހުނުން ހުއްޓާލުމުން އެލީޒާ ރީހާންގެ ކައިރީގައި އިށީނެވެ.”ނިދާފަ ދެންމެ ހޭލެވުނީ.. ” ރީހާން ދެލޯ މަރާލަމުން ނިއްކުރި މަތީގައި އަތް ބާއްވާލިއެވެ. އެހެން ރީހާން އޮތުމުން ރީތިވެގެން އެލީޒާއަށް ކަޅިޖަހާލަން ވެސް ހަނދާންނެތުނެވެ. އަމިއްލަ އަށްވެސް ހައިރާންވެ އެލީޒާ ރީހާންގެ ގައިން ނަޒަރު ވަކިކޮށްލީ ގަދަކަމުންނެވެ. ރީހާން ކޮންމެވެސް އެއްޗެހި ތަކެއް ކިޔާފައި އެލީޒާގެ ޚަބަރެއް ނުވެގެން ބަލާލި އިރު އެލީޒާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ.
“އޭ މަ މި ވާހަކަ ދައްކަނީ އެލީއާއޭ.. އަނެއްކާ ކޮން ދިމާއަކަށް ފުންމާލީ..” ބާރަށް އެހެނަސް ތަދު ނުވާނެ ވަރަށް އެލީޒާގެ ކޮނޑުގައި ރީހާން ޖެހިއެވެ. ހަމަ ބިމަށް އާދެވުމުން އެލީޒާ އިސްޖަހާލިއެވެ. ފަހަކަށް އައިސް މިވާ ގޮތުން އެލީޒާ އަށް އަމިއްލަ އަމިއްލައަށް ވެސް ރުޅި އާދެވެއެވެ. ގާތް އެކުވެރިޔާގެ މަޤާމުގައި ހުރި ރީހާން އާއި މެދު އެހެން ގޮތަކަށް ދެކެވެންފެށި ފަހުން އެލީޒާ ރީހާންގެ ކުރިމަތީގައި ލަދު ގަތުމަކީ އާދައަށް ވެއްޖެއެވެ.”އޯއިކޭ ރީހޫ..” ކުއްލިއަކަށް ސިއްސައިގެން ދިއުމުން އެލީޒާ ތުން އަނބުރާލިއެވެ.”ކޮންކަމަކާތަ ތި ވިސްނަނީ؟ ކަމެއް ވީތަ އަނެއްކާ؟ ބުނެބަލަ…” ރީހާން ސަކަރާތް ހުއްޓާލަފައި އެލީޒާއަށް ފަރުވާތެރިކަމާ އެކު ބަލާލިއެވެ.”ނޫނެކޭ.. ނިދި އައިސް މިހުރީ.. ދަނީ.. ގުޑް ނައިޓް..” ދެލޯ އަޅާލާފައި އެލީޒާ ނުކުމެގެން ދިޔައެވެ. ރީހާންއަށް އެ ދެއްކި ވާހަކަ ޤަބޫލު ކުރަން ދަތިވިއެވެ.”ބުނީމަ ދޯ އެހީވާން އިނގޭނީ ވެސް.. އެލީ ވެސް ގޮތްދޫ ކުރަން އުޅެބަލަ ދޯ..” ރީހާން ދެފަރާތަށް ބޯ ހޫރާލާފައި ގޮސް ކޮޓަރިއަށް ވަދެ ނިދޭތޯ އަވަސް ވިއެވެ.
އެލީޒާ ގެއަށް ގޮސް އެނދަށް ފުންމާލީ ބަންޑުންނެވެ.”މަށަށް ކިހިނެއްބާ މި ވަނީ؟.. ރީހާން..” އެލީޒާގެ ބޯ ހާސްވާގޮތްވިއެވެ. މުޅިން އާ ކަންތަކެވެ. މުޅިން އާ އިޙުސާސް ތަކެވެ. ދުވަހަކު ވެސް ޖަހާފައި ނުވާ އާދަޔާ ޚިލާފު ވިންދެކެވެ. އަދި އެއީ ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ކިޔާފައި ހުރި ވާހަކަ ތަކުންނާއި ބަލާ ފިލްމް ތަކުންނަމަ މިއީ ލޯތްބެވެ. ކުއްލިއަކަށް އެލީޒާ ދެލޯ ބޮޑުވިއެވެ.”ނޯ ނޯ.. އެއީ ލޯތްބެއް ނޫން..” އެލީޒާ ދެއަތުން އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ކިތަންމެ ވަރެއް ވިޔަސް އޭނަ ޤަބޫލެއް ނުކުރާނެއެވެ. އެއީ ލޯތްބެއް ނޫނެވެ. އެކުވެރިކަމުގެ އިޙުސާސް އަކަށް ވެދާނެ އެވެ.”ހަހަ ރިލެކްސް އެލީޒާ.. އެއީ ލޯތްބެއް ނޫން..ޑޯންޓް ލެޓް ޔުއަރ ސެލްފް އެންޑް ހާރޓް ފޫލް ޔޫ.. ކިހިނެއްތަ މަށަށް ރީހު ދެކެ ލޯބި ވެވެންވީ؟.. އެންމެނަށް އިނގޭނެ ވީ އާރ ބެސްޓް ފްރެންޑްސް ކަން.. ފިލްމު އާ ވާހަކަ ތަކުން ފެންނަ އެއްޗެހި ޤަބޫލު ކުރާކަށް ނުވާނެ..” އަމިއްލައަށް އެލީޒާ ވިސްނައިދިނެވެ. މާދަމާއިން ފެށިގެން ތަފާތު އުޅުން ދޫކޮށްލާ، ކުރީގެ ކެރޭ އެލީޒާއަށް ވާން ނިންމިއެވެ. އެ ދަނޑިވަޅުގައި އެލީޒާ އަށް ނުވިސްނުނީ އެލީޒާ އަމިއްލައަށް އެ “ފޫލް” ކުރަނީ އޭނާގެ ނަފްސާއި ހިތް ކަމެވެ. އެކަން ދެނެގަނެވޭ ވަރަށް އެލީޒާއަށް ވިސްނަން ނުކެރުނީ އޭނަގެ ކޮޅު ބަލިވެދާނެ ތީއެވެ. އަމިއްލަ ހިތް ހައްލާލައިގެން އެލީޒާ ހިތްހަމަ ޖައްސާލާފައި ނިދަން ދެލޯ މަރާލިއެވެ.
ހެނދުނު ހޭލައިގެން ރީހާންއަށް ގެއިން ނިކުމެވުނީ އެލީޒާ ކުރިމައްޗަށެވެ. ދެލޯ އަޅައިގެން ހުރި ގޮތުން ރީހާން ފެށީ ހޭށެވެ.”ކޮންތާކަށް ދާނަމޭ ހިތާ ތިއުޅެނީ؟ މަ ނުލައެއް ނުދެވޭނެ އިނގޭ ފިލަން އުޅުނަސް..” އެލީޒާ ތުން އޫ ކޮށްލިއެވެ. އެއާއި އެކީ ރީހާންގެ ހިތަށް ކުޑަ ވަރެއްގެ ނުތަނަވަސް ކަމެއް ވެރިވިއެވެ. އޭނަ އަދަނީ ލިއަމް އޭނަ ބުނެގެން ދިން ރާފުޅިތަކެއް ބަލާކަން ބުނެފިއްޔާ އެލީޒާ ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. އެލީޒާ އަކީ މުސްލިމަކަށް ވެފައި ރީހާން ދެކެ ހިތްހަމަ ނުޖެހިދާނެތީއެވެ.”އޫޕްސް.. ސޮރީ ޑިއަރ އެކަމް ނެތޭ ބުނެވޭކަށް..” ޒާތަކަށް ހީލާފައި އެލީޒާ އާއި ދިމަ ރީހާން ބަލާލީ މަޖާ ނަޒަރަކުން އެވެ.”ނުދެވޭނެ ތިހާ ފަސޭހައިންނެއް.. ބުނޭ! ބުނީމަ ދެވޭނީ..” އެލީޒާއަށް ގޮތް ދޫ ކުރާކަށް ނޭނގުނެވެ. އެންމެފަހުން އެލީޒާ އާއި ދިމާއަށް ވައްތަރެއް ޖައްސާފައި ތބަލާ ދާނެކަމާއި ދަމުން ހަބަރެއް ވާނެ ކަމަށް މެސެޖްގެ ޒަރިއްޔާއިން އެންގިއެވެ.
“ތަނަކަށް ދާން ނުވެސް އުޅެން ދެން.. އެލީ ބޭނުންތަ ދާން ތަނަކަށް؟..” ރީހާން އެއްބުމަ އަރުވާލިއެވެ.”ނޭނގެ އަހަންނަކަށް..” އެލީޒާ ހުރީ އަދިވެސް ކުނިމޫނު ހަދައިގެން އެވެ.”އައްދޭ.. ރޭގަ އެކަމް ގެޔަކަށް ވަގަށް ވަންނަން އުޅުނު ވާހަކަ އަޑު އެހީން …ދޮރު ހުޅުވާފަ ހުއްޓަސް ހުއްދަ ހޯދަން ޖެހޭނެ..” އެލީޒާ އާއި ދިމާއަށް ރީހާން ބަލާލާފައި ހިނިގަނޑެއް ޖަހާލިއެވެ. އެއާއި އެކު އެލީޒާގެ ރުޅިވެރިކަން ގެއްލިދިޔަ ތަނެއް ވެސް ނޭނގުނެވެ. ހަނދާންވީ ރީހާންގެ އަތު ތެރޭގައި އޮވެ އެ ދެލޮލުގެ ތެރެއަށް ފީނައިގެންނަން އުޅެވުނު ހަނދާނެވެ. އެއާއި އެކީ އެލީޒާގެ މޫނު މައްޗަށް ރަތްކުލަ ފާއްދާލިއެވެ.”އޭއި އަނެއްކާ ޑްރީމް ވޯރލްޑްގަ ދޯ؟ މިހިރަ ފެންނަ އަންހެނެއް! ބުނެވެސް ނުލައޭ ފިރިހެން ކުދިންގެ ޚިޔާލު ކުރަނީ..” ނުލަފާ ފާޑަކަށް ހެވިފައި ރީހާން ހުރީ ދިމާކުރަން ނޫން އިތުރު ކަމެއް ކުރާކަށް ނޫނެވެ. ދެލޯ ބޮޑުކޮށްލަމުން އެލީޒާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
“އޭ މިހިރަ ފިރިހެނަކާ ހެދި މަށަށް ޚިޔާލެއް ކޮށްލެވޭ ކަމަކަށް ނުވާނެ.. ކިރިޔާ ވިސްނާލިޔަސް ފިރިހެން ކުއްޖެއް ކަމަށްތަ ހީކުރަނީ؟؟..” ރީހާންގެ މޫނަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އެލީޒާ ހަޅޭއްލަވައި ގަތެވެ. ނަމަވެސް ރީހާންގެ ލޮލާއި ލޯ ހަމަކުރަން ޖެހިލުންވީ ކީއްވެ ކަމެއް ނޭނގުނެވެ.”އާނ.. މޫނުގަ ރަތްކުލަ ޖައްސައިގެން ހެވިފަ އިންނަ އިރު ވެސް ބުނާތި ތިމަންނަ އޭއްޗެކޭ ތިމަންނަ މިއްޗެކޭ..” އިތުރަށް ރުޅި އަރުވާލަން ވެގެން ރީހާން އެލީޒާގެ ކޮލުގައި ހިފާ ދަމާލަމުން ހަތަރުކަޅި ހަމަ ކުރުވިއެވެ. ހީކުރި ގޮތާ ޚިލާފަށް ދެން ވެރިވީ އާދަޔާ ޚިލާފު ހިމޭންކަމެވެ. އެވަރަށް ރުޅި އައިސް ހަލޭއްލަވަމުން ދިޔަ ކުއްޖާގެ އަޑު ކެނޑުމުން ހިތުގެ ކަނަކުން އިންޒާރު ދޭން ފެށިއެވެ. އެ ދެލޮލުން ބުނެދޭން ނޭނގޭ އަސަރެއް ފެނުމުން ރީހާން ހިތުގައި ފާޑަކަށް ނުތަނަވަސްކަމެއް އުފެދުނެވެ.”ހާދަ ޕީސްފުލްއޭ.. ކޮމްލީޓް ސައިލެންސް.. ފައިނަލީ..” އެހުރިހާ ކަމެއް ހިތު ތެރޭގައި ފަސްއަޅާ ވަޅުލާފައި ރީހާން ދެންވެސް ޖެއްސުމަށް ބުންޏެވެ. އެލީޒާ މިފަހަރުވެސް ނަފްސުގެ މައްޗަށް ކުރި ހޯދައި ތުން އަނބުރާލާފައި ކަޅި އަޅާލިއެވެ. އެވަގުތު އެލީޒާގެ ކޮއްކޮއެއް އައިސް މަންމަ އެބަ ގޮވައޭ ބުނެ ގޮވައިގެން ދިއުމުން ރީހާން ފުން ނޭވާއެއް ލިއެވެ. މިދަނީ ކަމަށް ބުނެ ލިއަމްއަށް މެސެޖް ކޮށްލުމަށްފަހު ކާރަށް އަރާ ދުއްވާލިއެވެ.
“ކައެއަށް އަންނަން އިނގިއްޖެ ދޯ..” ލިއަމް ރުޅިވެރި ނަޒަރަކުން ރީހާން އަށް ބަލާލިއެވެ.”މަ ބުނަމެއްނު މަށަށް ބޭނުން ގަޑިއަކު ލިބެން ޖެހޭނެއޭ މަ ބޭނުން އެއްޗެއް؟ އަނގަ ލައްޕައިގެން ހުރޭ..” ރީހާން ލިއަމްއަށް ބަލާ ވެސް ނުލާ އެ ފުޅިތަށް ކާރަށް އެރުވިއެވެ. އެއާއި އެކީ ލިއަމްގެ ލޭ ކެކެން ފެށިއެވެ.”ބަލާއެއްނު ރީހާން! ރުފިޔާ ކޮބާ؟ މިހާ ގިނަ ފުޅި ގެންދާއިރު ވެސް މަށަށް ފައިސާ އެއް ނުދޭނަންތަ؟!..” ކަޅި އަޅާލާފައި ރީހާންގެ މޫނުމަތީގައި ލިއަމް ޖެހިއެވެ.”ބޮޑު ބައްޔެއްތަ އަޅެ މީ؟ މަށަށް ނުޖެހޭނެ ތީނަ ބުނާހާ ވަރަކަށް ފައިސާ ދޭކަށް..ލިހުވާން ކައިރީ ބުނެފިއްޔާ މާ ތާހިރެއް ނުވާނެކަން އިނގޭ ދޯ؟..” ރީހާން ރުޅި އިސްކުރަން ނޫޅެ ވާހަކަ ދެއްކާފައި ލިއަމްއަށް އެއްޗެއް ބުނެވުމުގެ ކުރިން ކާރަށް އަރާ ދޮރު ޖެހިއެވެ. އެއާއި އެކީ ހަޑި އެއްޗެހި ގޮވައިގަންނަމުން ލިއަމް އަނބުރާ ހިނގައިގަތެވެ.
ދިޔައިރު ނަސީބަކުން އެލީޒާ ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ކާރު ވައްދައި އޭގައި ހުރި ފޮށިގަނޑުތައް ހިފައިގެން އެތާ ހުރި ކުޑަ ވަރެއްގެ ގުދަނަށް ވަނެވެ. އެ ގުދަން ފުރިފައި ވަނީ އެކަހަލަ އެއްޗެހިންނެވެ. މަސްތުވާތަކެތީގެ ވަސް ވެސް ވަރަށް ގަދަޔަށް ދުވަމުން ދިޔައެވެ. އަވަސް އަވަހަށް އެ ގުދަނުން ނިކުމެ ތަޅު ލާފައި ރީހާން ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.”އަހެމް..މަ ވެސް އެބަ ހުރީމޭ.. ގޮވައިގެން ދޭ..” އެލީޒާގެ އަޑު ކުއްލިއަކަށް ރީހާންގެ ކަންފަތުގައި ޖެހުމުން އެއްލިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.”ދެން؟ މަ ވީ އެކީ ގޮވައިގެން ގޮސް ފާޚާނާއަށް ވެސް ވަންނަން؟ މި އަންހެނާގެ އުނދަގޫ ބޮޑުކަމުން މަށަށް އެވަރުގެ މިނިވަންކަން ވެސް ނޯންނަނީތަ؟..” ރީހާން ރުޅިއަންނަކަމަށް ހެދުނެވެ.”ތިހެނެއް ނުބުނަން..” އެލީޒާ ދުރަށް މޫނު އަނބުރާލިއެވެ.”މަށެއް ވެސް ނޫޅެމެއްނު އެލީ ފަހަތުން ފާރަލާކަށް؟؟..” ރީހާން ދޫ ނެރެލާފައި ކޮޓަރިއަށް ވަނެވެ.”މަޑުކުރޭ!..” ހަޅޭއްލަވައި ގަންނަމުން އެލީޒާ ރީހާންގެ ފަހަތުން ދުވެފައި ކޮޓަރިއަށް ވަތް އިރު ކަނު އަނދިރިކަން ފިޔަވައި އިތުރު އެއްޗެއް ނުފެނެއެވެ. ކުއްލިއަކަށް ނުހަނު ކައިރިން އެއްޗެއް ވެއްޓުނު އަޑަށް ބިރުން ހަޅޭއްލަވައި ގަނެވުނެވެ.
ބިރުވެރިކަން ވެރިވެފައިވާ ހިތަށް އިތުރު ސިހުމެއް ލިބުނީ އިރުކޮޅެއް ފަހުން ކޮންމެވެސް މީހަކު އެލީޒާގެ ހަށިގަނޑުގައި ހިފާ އެމީހެއްގެ ކައިރިއަށް ދަމާލުމުންނެވެ.”އެލީ ތިހާ ވަރަށް މަށަށް ފާރަލަންޏާ މަ ފެންވެސް ވަރަންވީ އެލީ ގޮވައިގެން ދޯ؟؟” ނުހަނު ކައިރިން އިވުނު ރީހާންގެ ހިތްގައިމު އަޑުން އެލީޒާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ދުރުވާން ހަރަކާތް ކޮށްލި އަތް ގޮސް ރީހާންގެ ޓީޝާޓެއް ނެތް ހަށިގަނޑުގައި ނޭނގިގެން ބީހިލުމުން ކަރަންޓް ޖެހުންހެން ދަމައިގަތެވެ. އެވަރުން ވެސް ލައިޓް ދިއްލާކަށް ރީހާން ނޫޅުނެވެ. އެހުރި ގޮތަށް އެލީޒާގެ ހަށިގަނޑުގައި ނުދެވޭނެ ވަރަށް ނަމަވެސް ކުޑަކޮށް ބައްދާލައިގެން ހުރީއެވެ. އެންމެފަހުން ރީހާން ލައިޓް ޖެއްސީ އެލީޒާގެ ގައިގައި އަޅަމުންދިޔަ މަޑު ތުރުތުރުގެ ސަބަބުންނެވެ.”ހާދަ އަވަހަކަށް އެލީ ތި ބިރުގަތީ..” އެލީޒާގެ ގައިން ދޫކޮށްލަމުން ރީހާން ބުންޏެވެ. ކައިރީގައި ހަމައެކަނި ތުވާއްޔެއް އުނަގަނޑުގައި އޮޅާލައިގެން ހުރި ރީހާން ފެނި އެލީޒާގެ ހިތުގެ ތެޅުން ކުރިއަށް ވުރެ އަވަސްވިހެން ހީވިއެވެ. މޫނަށް ބަލާނުލައި ދުވެފައި ދިޔަގޮތަށް އެލީޒާގެ ގެއަށް ދިޔައީއެވެ.
އެދިޔަ ގޮތަށް އަނެއް ދުވަސް ވީއިރު ވެސް އެލީޒާގެ ޚަބަރެއް ނުވުމުން ރީހާން ކަންބޮޑުވިއެވެ. އެލީޒާއަށް ގޮވާލަން އެގެއަށް ދިޔުމުން އޭނާގެ މަންމަ ބުނި އެލީޒާ އޮތީ ހުންއައިސްގެން އެނދުން ނުތެދުވެވޭ ވަރު ވެފައި ކަމެވެ. ޑޮކްޓަރަށް ދައްކައިގެން މިހާރު ފުދޭވަރަކަށް ރަނގަޅެވެ.”ބަލަބަލަ އަހަރެންނަށް ގޮވާލަން ވެސް ނާދޭ އިއްޔަ.. ބަލިވެ އުޅޭއިރު ކެއަރ ވެސް ނުކުރޭ.. ހަމަ މިހާރު ގިފްޓް ދޭންވީ!..” ރީހާން ފެނުމުން އެލީޒާ ޝަކުވާ ފޮށިން ދެތިން ޝަކުވާއެއް ކޮށްލިއެވެ.”ހަމަޖެހޭ.. މި އައި އެއްނު.. އިއްޔަ ނޭނގޭ ވިއްޔަ ބަލި ކަމެއް.. އެންޑް ގިފްޓް އެއް ނުގެނެވޭ ވަރަށް ސޮރީ..” ރީހާން ބުންޏެވެ. މޫނު ހަދާފައި އެލީޒާ އަލުން އޮށޯތެވެ.
ރީހާން ވަރަށް އިރު ކާރު ދުއްވުމަށް ފަހު ކެފޭ އެއް ކައިރީ ކާރު މަޑުކޮށްލިއެވެ. ސްނޯ ވެހޭތީ ހަށިގަނޑު ހޫނުކޮށްލަން ހިތް އެދުމުން ކަރު ޕާކް ކޮށްފައި އެ ކެފޭ ތެރެއަށް ވަދެގެން ދިޔައެވެ. އަދި ވަކިން ދުރުގައި އިން މޭޒެއްގައި އިށީނދެ ހަމަޖެހިލިއެވެ. ކައިރީގައި ހުރި ކުޑަ ދޮރުން ސާފުކޮށް މަގުމަތި ފެންނަމުން ދިޔައެވެ. މަގުމަތީގައި ހިނގަމުން ދިޔަ ކަންތައްތަކަށް ގެއްލިފައި އިންދައި ވެއިޓަރ އައެވެ.”ކޮފީއެއް..” ރީހާން ކުޑަ ހިނިތުންވުމަކާ އެކު ބުނުމުން އެމީހާ ދިޔައެވެ. ފުންނޭވާއެއްލާފައި ބޯ ޖެކެޓްގެ ޖީބުން އަތް ނެރެ ދެލޯ މަރާލީ ލެނގިލަމުންނެވެ. އޭރުވެސް ހިތާއި ސިކުނޑީގައި ވަނީ ލިއީޝްގެ ސޫރައެވެ. އަދިވެސް ލިއީޝް އާއި އެކީ ލޯބިން އުޅުން ދުވަސް އިއްޔަވީ ކަމެއްހެން ހަނދާން އެބަ ހުއްޓެވެ. ކޮފީ ގެނަސް އެމީހާ ދިއުމުން ރީހާން މޭޒުގައި ބޯ ޖަހާލިއެވެ. އެއާއި އެކީ ރީޝަމް އާއި މަންމަގެ ޚިޔާލުތައް ވެސް ހިތަށް އުނދަގޫ ކުރަން ފެށިއެވެ.
★★★
“ވަޓް؟؟؟..” މާއިލްއަށް އަހާލެވުނެވެ.”ޔެސް.. ދެން ހިނގާ އެ ވާހަކަ ބާއްވަމާ..” ރީޝަމް ދުރަށް ބަލަން ފެށިއެވެ.”ގެއަށް ދާން ބޭނުން؟ މިހާރު ދައްތަ ވެސް މާހީ ވެސް ތިބޭނެ ކަންނޭގެ ލަސްވެފަ..” ކޮޅަށް ތެދުވަމުން މާއިލް ހިނގައިގަތެވެ. އޭރު މާއިލްގެ މޫނުމަތިން ފެނުނު ހިނިތުންވުން ރީޝަމްއަކަށް ފާހަގަ އެއް ނުވިއެވެ. ހަޤީޤަތުގައި ވެސް ރީޝަމް އާއި ވާހަކަ ދައްކާލެވުމުން މާއިލް ވަނީ އިންތިހާއަށް ހިތްހަމަ ޖެހިފައެވެ. ރީޝަމްގެ ހިތްތިރި ކަމާއި މަޑުމައިތިރި ކަމުން އިތުރަށް ރީޝަމްއަށްޓަކައި ހިތް ސާފުވީއެވެ.”އެންޑް..އަމް.. ކަމެއް ޖެހިއްޖެޔާ ނުބުނެ ނުހުންނައްޗޭ އިނގޭ..” ރީޝަމް އާއި އެއްވަރު ކުރަމުން މާއިލް ބުންޏެވެ.”ލައްބަ..” ރީޝަމް ހިނިތުންވިއެވެ.
ގެއާއި އަރާ ހަމަވިއިރު އާނިޔާ ހުރީ ރީޝަމްގެ އިންތިޒާރުގައެވެ. ރީޝަމް ހިނިތުންވުމަކުން ވަކިވެ އާނިޔާ އާއި ވާހަކަ ދައްކަމުން ގޭތެރެއަށް ވަނެވެ. އިރުކޮޅަކު ހުރެފައި މާއިލް ދިޔައެވެ.”ކޮންތާކަށް ގޮސް ތިއައީ މާއިލް އާ އެކީ؟..” އާނިޔާ ކަންބޮޑުވުމާއެކު ސުވާލު ކޮށްލިއެވެ. ހިނގާލަން ގޮސް ކުޑަކޮށް ވާހަކަ ދައްކާލީ..އޭނަ ބޭނުންވީ އަޅުގަނޑު އުފާކޮށްލަދޭން އެވަގުތު ދެރަވެފަ ހުރެވުނީމަ..” ރީޝަމް އާނިޔާގެ ސުވާލަށް ޖަވާބު ދިނެވެ.”އެންމެ ރަނގަޅު.. އަވަހަށް ދޭ ނިދަން އޮށޯންނަން..މާހީ ވެސް ނިދައިފި ރީޝް އަންނަންދެން އިންތިޒާރު ކުރަން އިންދަ..” އާނިޔާ ކޮޓަރިއަށް ވަނެވެ. ރީޝަމް ވަތް އިރު މާހީ އޮތީ ނިދާފައެވެ. ވަރުބަލި ވެފައި ހުރުމުން ކުޑަކޮށް ފެންވަރާލައިގެން އައިސް ނިދަން އޮށޯތެވެ.
ހުކުރު ދުވަސް ކަމުން ހޭލައިގެން ކުރާނެ ކަމެއް ނޯންނާނެތީ މާހީ ރީޝަމްއަށް އުނދަގޫ ކޮށްފައި އަލުން އާނިޔާ ކޮޓަރިއަށް ގޮސް ނިދީއެވެ. ފެންވަރާލައިގެން ރީޝަމް އުޅުނީ ކޮޓަރިތެރެ ސާފު ކޮށްލަންށެވެ. ކިޔެވުމުގައި ބިޒީ ވުމުން މިހާރަކަށް އައިސް ރީޝަމް އަށް އެކަމުގައި އުޅެވޭނީ މަދު ފަހަރަކުއެވެ. ކޮޓަރިތެރޭގައި އޮތް ކުޅޭ އެއްޗެހިތައް ނެގުމަށްފަހު ބިތުގައި މަދު މަދުން ހުރި ކިލާތައް ފޮޅާ ސާފު ކުރިއެވެ. ދޮންނަން ވެފައި ހުރި އަންނައުނުތައް ވަށިގަނޑަކަށް އަޅައިގެން ދޮރު ކައިރީގައި ބަހައްޓާފައި އަލަމާރި ތެރެ ތަރުތީބު ކުރަން އުޅުނެވެ. ރީޝަމް އާއި މާހީ އެއް ކޮޓަރިއެއްގައި އުޅޭތީ މާހީގެ ހެދުންތައް ވެސް އެއްފަޅީގައި ހުއްޓެވެ. މާހީގެ ޖީންސްތަކާއި ހެދުންތައް އަދި ޓީޝާޓުތައް ފަތްޖަހާ ތަރުތީބު ކުރަމުން ދިޔައިރު ކޮޓަރިތެރޭގައި އިވެމުން ދިޔައީ އައިޕެޑްއިން ޖަހާފައި އިން ލަވައެއްގެ އަޑެވެ. ކޮޓަރީގައި ހުރި ދެ ލޯގަނޑު ކުޑަ ފޮތިކޮޅަކުން ފުހެ ސާފު ކޮށްލާފައި ދެ އެނދުގެ ބެޑްޝީޓްތައް އާ ކޮށްލިއެވެ. ކޮޓަރިއާއި ފާޚާނާ ސާފުކޮށް ނިމުމުން ހީވަނީ ހަމަ އާ ކޮޓަރިއެއް ހެންނެވެ. އޭރު ރީޝަމް ހުރީ ދާ ހިތްލާ ފޯވެފައެވެ. ކުއްލިއަކަށް ހަނދާންވީ ޑްރެސިންގް ޓޭބަލްގެ ކައިރީގައި ހުންނަ ވަތްގަނޑު ތައް ސާފު ނުކުރެވޭ ކަމެވެ. ކިނބިހި އަޅަމުން އެންމެ ތިރީގައި އިން ވަތްގަނޑު ރީޝަމް އަށް ހުޅުވާލެވުނެވެ. އެވަގުތު ބަންޑުން އޮތް ފޮޓޯ ފްރޭމް އެއް ރީޝަމްގެ ލޮލުގައި އަޅައިގަތެވެ. އެ ފްރޭމް ކައިރީގައި ކުޑަ ކީޗެއިން އެއްގައި އިން ހިތެއްގެ ތެރޭގައި ”ރީއްކޮ“ އަތު ލިޔުމުން ލިޔެފައި އިނެވެ. އެ މީހަކު އެ ލިޔެފައި އިނީ ވަރަށް ފަރުވާތެރިކަމާއި އެކުއެވެ. ރީޝަމްގެ ހިތް ތެޅިގަތެވެ.
– ނުނިމޭ
3 Comments!
Comments are closed.
Mi prt vxx hama v reeethi ingeyy sis.. Really hope to c u soon nxt week… Lysm.. ??❤️??
awwwwwnnnn…… mi part vexx vrh vrh vrh rythi
hen next dear ????
lyyyyyysm tvgc
nice ❤️❤️