ބާބު 2
[ކުރީގެ އަދަދާއި ގުޅޭ]

”ބާރަ ޖެހީ”
އައިވާގެ އަޑު އިވުމުން ފައިރީންވެސް އަވަސް ވެގަތީ ނިދުމަށެވެ. ދެކުދިން ކޮޓަރީގެ ބޮކި ނިއްވާލުމަށްފަހު އަވަހަށް ރަޖާ އަޅައިގެން ނިދުމަށްޓަކައި އޮށޯވެލިއެވެ. .
………
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އައިވާ އަށް ސިހިފައި ހޭލެވުނީ ފާހާނާއަކަށް ދާން ޖެހިގެންނެވެ. މީގެ ކުރިން ދަނވަރު ގަޑީގައި ފާހާނާއަށް އެހާ ގިނައިން ނުދާތީ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދުނެވެ. ބިރުވެރިންކަން އެއްފަރާތް ކޮށްލުމަށްފަހު އައިވާ އެނދުން ފައިބައިގެން މަޑު ހިނގުމެއްގައި ގޮސް ފާހާނާއަށް ވަނެއެވެ. އައިވާ ފާހަނަ ކޮށް ނިމިގެން ފާހާނާއިން ނިކުމެ ލާފައި ހުރީ ހެދުން ރީތި ކޮށްލިއެވެ. އަދި ފާހާނާ ދޮރު ލައްޕާލުމަށްފަހު އެނދާއި ދިމާލަށް ހިނގއިގަތެވެ.
ކުއްލިއަކަށް ވަރަށް ބާރު އަޑެއް އިވުނެވެ. ހީވީ ބަރު އެއްޗެއް ވައްޓާލި ހެންނެވެ. އެއާއެކުހެން އައިވާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. އޭނާގެ ނޭވާ އަވަސްވިއެވެ. އައިވާ އަވަސް އަވަހަށް ދޮރާއި ދިމާލަށް ބަލާލިއެވެ. އަނެއްކާވެސް އެހެން އަޑެއް އިވުނެވެ. މިފަހަރު ތަފާތެވެ. ގިނަ ދުވަހު ނުހުޅުވާ ހުރެފައި ހުޅުވާ ދޮރަކުން ކިޔާފަދަ ތޫނު އަޑެކެވެ.
އައިވާ ދުވެފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު އޭނާގެ މޭ ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. ”ފައި..ރީން.. ” އައިވާގެ އަޑު ކެޑިކެޑިގެން ނިކުތެވެ. މަޑުމަޑުންނެވެ. އެވަރަކުން އަދި ފައިރީންގެ ނިންޖަކަށް އަސަރެއް ނުކުރިއެވެ. އައިވާއަށް ދެވަނަ ފަހަރަށް ގޮވާަކަށް ނުކުރެނެވެ. އެހެންކަމުން މޫނާއި އެއްކޮށް ރަޖާ އަޅާއިގެން ނިދޭތޯ ބެލިއެވެ.
އޭގެ ފަހުން ތިރީހަކަށް މިނެޓް ވެދާނެއެވެ. އައިވާގެ ދެލޯ މަޑުމަޑުން މެރެން ފެށިއެވެ. ހީވާ ގޮތުން އައިވާއަށް ނިދެނީއެވެ. އައިވާ ލޯ މަރާލިއެވެ. އަނެއްކާވެސް ލޯ ހުޅުވާލުމަށްފަހު އެސްފިޔަ ތަޅުވާލިއެވެ. ހަމަ އެވަގުތެވެ. އަނެއްކާވެސް އެއްކަލަ ތޫނު އަޑު އިވެންފެށިއެވެ. އައިވާގެ ލޯލިތަށް ކޮޅަށް ޖެހުނެވެ. ތަންމިނަށް އޭނަގެ ލޯ ބޮޑުވެގެން ދިޔައެވެ.
ކުޑައިރުކޮޅަކު އެހެން އޮތުމަށްފަހު އައިވާ އެނދުން ތެދުވިއެވެ. ބިރުވެރިކަން ހިތުގެ ކަނެއްގައި އެއްފަރާތް ކޮށްލަމުން އައިވަ އެނދުން ފޭބިއެވެ. ހިންދިރުވާލަމުން މަޑުމަޑުން ދޮރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު އޭނާގެ އަތާއި ފައި ތުރުތުރު އަޅަމުން ދިޔައެވެ. މަޑުމަޑުން ގޮސް ދޮރު ކައިރީ ހުއްޓިލިއެވެ. ވަރަށް ހިތްވަރު ކޮށްލުމަށްފަހު ތަޅުގައި ހިފައި އަޑެއް ނީވޭނެހެން މަޑުމަޑުން ހުޅުވާލިއެވެ. އަދި ކިރިޔާ ފެންނަ ވަރަށް ދޮރު ހުޅުވާލުމަށްފަހު ބޯ ދިއްކޮށްލިއެވެ.
“ޑެޑީ؟”
އައިވާގެ ހައިރާންކަން ދެގުނައަށް އިތުރު ވިއެވެ. މިއޮއް ދަންވަރު ޖެކް އެކުރަނީ ކީއް ހެއްޔެވެ؟ އައިވާ މީހަކަށް އަޑު ނީވޭނެހެން ޖެކްއަށް ގޮވާލެވުނެވެ. ދެވަނަ ސިކުންތު އަވަސް އަވަހަށް ދޮރު ލައްޕާލުމަށްފަހު ދޮރުގައި ލެނގިލިއެވެ. ޖެކްއެއައީ ބޭރަށް ގޮސް ހެއްޔެވެ؟ މިއޮއް ދަންވަރު ކީއްކުރަން ހެއްޔެވެ؟ ގައިމު ފުރަތަމަ އެއިވުނު އަޑަކީ އެގޭގެ ދޮރަކުން މީގެ ކުރިން އައިވާ އަޑުއެހި އަޑެއް ނޫނެވެ! ވީއިރު އެއީ ކޮންއަޑެއް ހެއްޔެވެ؟ އައިވާގެ ހިތުގައި ހާސް ސުވާލު އުފެދެމުން ދިޔައެވެ.
ވިސްނަން ހުރުމަށްފަހު އައިވާ ނިންމާ މާދަމަ ފައިރީންގެ ގާތުގައި ބުނުމަށެވެ. އެހެންކަމުން އަވަސްއަވަހަށް ރަޖާލައިގެން ނިދަން އޮށޯތެވެ. ނަސީބަކުން މާގިނައިރެއް ނުވެ، އައިވާއަށް ނިދިއްޖެއެވެ.
……
“އައިވް! އައިވޫވޫވޫ…” ފައިރީން އައިވާގެ ނަމުގެ ފަހަތަށް ދަމާލާފައި އައިވާއަށް ގޮވަމުން ދިޔައެވެ. “އިޓްސް ޓެން ނައު.. ވޭކް އަޕްޕްޕް..” ފައިރީން އައިވާގެ ގައިގައި ހިފައި ތަޅުވަމުން ދިޔައެވެ. އައިވާ ލޯ އުނގުޅަމުން ތެދުވެ އެނދުގައި އިށީނދެލިއެވެ. ރަނގަޅަށް ސިކުނޑި ހަމައެކަށް އަޅުވާލިއެވެ. އެވަގުތު ކުރިމަތީގައި ކުޅެލި ފިލްމެއް ފަދައިން ރޭގެ ހާދިޘާ އޭނަގެ ހަނދާނަށް އައެވެ.
“ވެއިޓް ރީން.. ވާހަކައެއް ބުނަންވެފަ އެބޮތް..” ކޮޓަރިން ނިކުންނަން ދޮރު ހުޅުވާލި ފައިރީނަ ްްމަޑު ޖެހުނީ އައިވާ ގޮވާލުމުންނެވެ. “ވަޓް؟” ތަޅުގައި ހިފަހައްޓައިލައިގެން ހުރެ ފައިރީން ބުނެލިއެވެ. “ދޮރު ލައްޕާފަ އާދެބަލަ؟” އައިވާ މަޑުމަޑުން ބުނެލިއެވެ. ފައިރީން ސުވާލު އުފެދިފައި ހުރެ ދޮރު ލައްޕާލުމަށްފަހު ގޮސް އައިވާގެ އެނދުގައި އިށީނެވެ. “ވަޓް ހެޕެން؟” އައިވާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ރޭގެ ވާހަކަ އަލިފުން ޔާއަށް ފައިރިންއަށް ކިޔައިދިނެވެ. ފައިރީން އިނީ ވަރަށް ސަމާލުކަންދީގެންނެވެ.
“މަންމަ ކައިރީގަ ނުބުނެ ހިނގާ މިރޭ ސްޕައި ކުރަން..” ފައިރީން ހިޔާލު ފާޅު ކުރިއެވެ. “އަމްމްމް.. ރަނގަޅު ހިޔާލެއް.. ޓުނައިޓް..؟؟” އައިވާ ދަތްދޮޅީގައި އަތް ވިއްދާލަމުން ބުނެލިއެވެ. “ޔެސް.. ޓައިމް ޓު ފައިންޑް އައުޓް ޑޭޑްސް ސީކްރެޓް.” އަތް މުށްކަވާލަމުން ލާނެތް ހިނިތުންވުމަކާއިއެކު ފައިރިން ބުނެލިއެވެ.
“އޯކޭ.. އެހެންވީމާ މިދަނީ ފާހާނައަށް.. ފައިރިން ދޭ ބޭރަށް..” އައިވާ ފާހަނާއަށް ވަންނަމުން ބުނެލިއެވެ. ފައިރިން ކޮޓަރިން ނިކުމެގެން ގޮސް ވަނީ ސިޓިން ރޫމަށެވެ. އޭރު އެތާނގައި ޖެކް ފޯނެއްގައި އިނެވެ. ފައިރީން ދިރާސާ ކުރާ ފަދައަކުން ޖެކްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޖެކްއަށް ފައިރިން އެތަނަށް އައިކަމެއް ނޭންގެއެވެ. ފައިރިން އަޑުއަހަމުން ދިޔައީ ޖެކް ދައްކަމުން ދިޔަ ވާހަކައެވެ.
“އައިމް ވޯކިން އޮން ދެމް.. ދަ ޕޯޝަން އިޒް ރެޑީ..!” ހިނިތުންވުމަކާއިއެކު ޖެކް ބުނެލިއެވެ. “ޕޯޝަން؟” ފައިރީންއަށް ލިބުނީ ހައިރާންކަމެކެވެ. މީގެ ކުރިން އޭނާ ޕޯޝަން އޭ ކިޔާ އަޑު އަހަނީ ކާޓޫން ތަކުންނެވެ. އެއީ ކޮން އެއްޗެއް ކަން ނޭނގުނަސް އެއީ އާދައިގެ އެއްޗެއް ނޫންކަން ފައިރީންއަށް ޔަގީނެވެ.
=ނުނިމޭ=
ނޯޓް: މިވާހަކައިގައި އަސްލާ ނުގުޅޭ އެތައް ވާހަކައެއް ހިމެނިފައި ވާނެއެވެ. އަދި މިވާހަކައިގައި ކެލިފޯރނިއާވެސް ތަފަާތުވާނެއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!