އާނީޔާ އަށް ވިސްނެމުން ދިޔައީ ދެންމެ ވީ ކަންތަކާއި މެދުއެވެ. ސިކުނޑި އަށް ބާރުވަމުން ދިޔަ އިރު އާނިޔާ ކަންބޮޑުވުމުން ދިޔައީ އެންމެ ކަމަކާ މެދުއެވެ. ރީޝަމްއަށް ކިހާ ސަމާލުކަން ދޭންޖެހޭނެކަން އާނިޔާ އޮޅިފައެއް ނެތެވެ.”ދައްތާ ކީއްވެ ރުޅި އައީ ދެންމެ..” އާނިޔާ ވިސްނަމުން ދަނިކޮށް ރީޝަމް ވާހަކަ ދެއްކިއެވެ.”ރީޝް އަށް ވެސް އިނގޭނެ ދައްތަ ރީޝް ދެކެ ކިހާ ލޯބިވާކަން.. ދައްތަ ރީޝްއަށް ގެއްލުމެއް ވާން ބޭނުން ނުވާނެކަން.. ނުދަންނަ މީހުންނާ ވާހަކަ ދެއްކުމަކީ ދައްތަ އެއްވެސް ގޮތަކަށް ހިތްހަމަ ޖެހޭނެ ކަމެއް ނޫން ރީޝް.. އަދި އެ ވެސް ފިރިހެން ކުއްޖަކާ..ރީޝް އިންނަން ބޭނުންވާ ކުއްޖަކު އެބަ ހުރިތަ އަނެއްކާ؟؟..” އާނީޔާ ވާހަކަ ދެއްކިއެވެ.”ލައްބަ އިނގޭ.. ނޫން އަދި ނެތް.. އެކަން މާއިލް އެހީ ހަމަ އެކަނި ފްރެންޑް އަކަށް ވާން.. ހިއެއް ނުވޭ އާއި ގޯސް ކުއްޖެއް ހެންނެއް..” ރީޝަމް އާނިޔާ އާއި ދިމަ ބަލާލިއެވެ.”ރީޝަމް ބަލައިގެން އުޅޭތި އެކުވެރިން ހޯދިޔަސް..” އާނިޔާ ލޯބިން އެހެން ބުނެލުމަށްފަހު ކުރިމަތީގައި ހުރި އޭނާގެ ގެއަށް ވަނެވެ. ރީޝަމް ވެސް އާނިޔާ ފަހަތުން ވަނެވެ.

 

**2 ވަނަ ޕާޓު**

 

މާހީއަށް ފިލާވަޅުތައް ހަދާގޮތް ކިޔާދީފައި ރީޝަމް ގޮނޑީގައި ހަމަޖެހިލިއެވެ. އޭރުވެސް އާނީޔާ ބުނި އެއްޗެހި މަތިން ހަނދާނެއް ނުނެތެއެވެ. ރީޝަމްގެ ހިތުގައި ސުވާލެއް އުފެދުނެވެ. އާނީޔާ މާ ވަރަކުން ރީޝަމް އަށް ސަމާލުކަން ދެނީ ކީއްވެބާއެވެ؟ ބޭރަށް ދިޔައަސް ދާތަނާއި އަންނަ ވަގުތާއި ކުރާ ކަންތައްތައް ވަރަށް ލޯބިން އަހާނެއެވެ. އަހާނީ ޖަވާބުދޭ ހިތްވާ އަދި ޖަވާބުދޭން ފަސޭހަ ގޮތަކަށެވެ. ރީޝަމްގެ އެކުވެރިންގެ ބެލެނިވެރިން ހެން ރުޅި އިސްކޮށް އަމުރު ކޮށްގެނެއް ނޫނެވެ. ރީޝަމްއަށް ވެސް އިނގެއެވެ. އެހެން ކަންތައް ކުރުމުން އެކުއްޖާ ޖަވާބުދޭ ހިތް ކެނޑި ރުޅި އިސްކުރާލެއް އަވަސް ވާނެކަމެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ގޭތެރެއިން އެއްޗެހިތަކެއް ވެރުނު އަޑަށެވެ. އެއާއި އެކީ ބޮޑު ފިރިހެނެއްގެ އަޑު ވެސް ރީޝަމްއަށް އިވުނެވެ. މާހީ ދެކަންފަތުގައި އަތް އަޅައިގެން ފެންކަޅިވެފައި އިންތަން ފެނުމުން ރީޝަމް ވެސް ދެރަވިއެވެ.

 

“މާހީ އާދެބަ ދޮންތިއާ އެއްކޮށް..” ގޭތެރޭގެ މަސްލަހަތު އެހާ އަވަހަށް ރަނގަޅު ވާނެހެން ހީނުވަތީ ރީޝަމް ދޮރުފޮތިގަނޑު އެއްފަރާތަކަށް ކަހާލިއެވެ. މާހީ ކައިރިއަށް އައުމުން ކުޑަދޮރުން ބޭރަށް ނިކުމެ ރީޝަމް ދިޔައީ ކައިރީގައި އޮތް ކުޑަ ޕާކަށެވެ. އެއީ އާނިޔާ އޭނަ ކައިރީ ހަދަން ބުނާ ގޮތެވެ.”މާހީ ކޮން އެއްޗެއް ކާ ހިތްވަނީ.. އަދި އެ ވީ އެއިޓް ތާރޓީ.. ޝޮޕްސް ހުންނާނީ ހުޅުވާފަ ދޯ..” ރީޝަމް މާހީ ހިތްހަމަ ޖައްސާލަން ބުންޏެވެ.”ދޮންތި… ޑެޑީ.. ކީއްވެ އެ..އައީ..” މާހީ ދެރަވެފައި އެހިއެވެ. ރީޝަމް ކުޑަ އިރުކޮޅަކަށް ހުއްޓުން އެރިއެވެ.”އަޅޭ ދޫނި.. ޑެޑީ އަންނާނެ ދޯ މަންމި އާ މާހީ އާ ދެކިލަން..” އެ ހިތަށް އުފާވެރިކަން ގެނެވޭތޯ ރީޝަމް ވާހަކަ ދެއްކިއެވެ. ހަޤީޤަތަކީ އާނިޔާ އާއި މާހީގެ ބައްޕަ، ހާނިމް ވަނީ މާހީއަށް ދެ އަހަރުގައި ވަރިވެފައެވެ. ދެފަހަރު މަތިން ޖަލަށް ގޮސްފައި ވާއިރު މަސްތުވާތަކެތީގެ ވިޔަފާރިކުރެއެވެ.

 

“ދެން ކީއްވެ ޑެޑީ މަންމިއަށް ތަދުކުރަނީ؟..” މާހީ އިނީ ނުލާހިކު ދެރަވެފައެވެ. ރީޝަމް ދެލޯ މަރާލިއެވެ.”އެއީ ޑެޑީ ކުޑަކޮށް ރުޅި ގަދަ ވީމަ ވާނެ ގޮތެއް ދޯ؟ މާހީ ވެސް ރުޅި އައިމަ ކުދިން ގައިގަ ޖެހެއެއްނު..” ބެންޗެއްގައި ރީޝަމް މާހީ ބޭންދިއެވެ. އަސްލު ހާނިމް މިގެއަށް އަންނަ ސަބަބަކީ މާހީ ބަލައެވެ. ރީޝަމް އަކަށް ވެސް އާނިޔާ އަކަށް ވެސް އެއީ މައްސަލަ އެއް ނޫނެވެ. ބައްޕަ ދަރިފުޅާއި ބައްދަލު ކުރެވެން ޖެހޭނެއެވެ. ނަމަވެސް ހާނިމްގެ ވިސްނުން ހުރި ގޮތުން މާހީ ދޭކަށް ލާހިކެއް ނޫނެވެ. މިދުވަސްވަރު އެމީހުންގެ ވިޔަފާރި ބަނގުރޫޓް ވާނެހެން ހީވާތީ ހާނިމް ވިސްނަނީ މާހީ ވިއްކާލަންށެވެ. އެއީ އަމިއްލަ ދަރިފުޅުކަން ހަނދާނެއް ނެތްފަދައެވެ. ދަރިފުޅު ނޫނަސް އެހެންވެސް އިންސާނަކަށް އެފަދަ ގޮތަކަށް ހިތެއް ހުރި މީހެއް ކަންތަކެއް ނުކުރާނެއެވެ. އެންމެ ފަސް އަހަރުގެ މާހީއަށް ވެސް ބައްޕަގެ ގޯސްކަން ވަނީ ލޮލުން ދެކެފައެވެ.

 

މާހީ ރޯން ފެށުމުން ރީޝަމް ފުން ނޭވާއެއް ލިއެވެ.”ހިނގާ އަވަހަށް ޝޮޕްއަށް ދާން ދޯ؟..” ރީޝަމް ހިނިތުންވެލަމުން ފަހަތް ބަލާލި އިރު މާހީ ދުވެފައި ގެއަށް ދަނީއެވެ. ހާސްވެފައި ރީޝަމް ވެސް މާހީ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް މާހީ މާ ކުރިން ގޮސް ގެއަށް ވަދެފިއެވެ. ކުޑަދޮރުން ނުވަދެވުނީތީ ގެއަށް ވަންނަ ދޮރުންނެވެ. އޭރު އާނިޔާ ފެންނާކަށް ނެތެވެ. ހާނިމް އާނިޔާގެ ކޮޓަރިން ނިކުންނަނީއެވެ.”އެހެރީ ދޯ މަގޭ ދަރި..” ހާނިމް މާހީ އަށް ބަލާލިއެވެ. މާހީ ބިރުން ރީޝަމްގެ ފަހަތަށް ވަނެވެ.”ހާނިމް! މާހީ އާ ކައިރި ވެގެން ނުވާނެ!..” އެތެރޭގައި އޮތް އާނިޔާއަށް އެހެން ބުނި އަޑު އިވުމުން ބަލި އަޑަކުން ހަޅޭއްލަވައި ގަތެވެ.”ކައިރި ވާނަން.. ކީއް ކުރެވޭނީ ކަލެއަށް..” ހާނިމް ބާރުބާރަށް މާހީ އާއި ދިމާއަށް ހިނގައިގަތެވެ.”ތި ހުރިތާ ހުއްޓޭ.. ހަމަ މިހާރު..” ރީޝަމް ވެސް ހަޅޭއްލެވިއެވެ.”މީ ކާކުތަ އަދި މާ މޮޅުވެގެން އުޅެން.. ބަސްއަހައިގެން މާހީ މަށާ ހަވާލު ކުރޭ..” ހާނިމް ދެލޯ ރަތަށް އެރިއެވެ.”ނުދޭނަން! ހަމަ މިހާރު ނުކުމެގެން ދާންވީ! ފުލުހުންނަށް ގުޅާނަން..” ރީޝަމް ގޮތެއް ދުލެއް ނުކުރިއެވެ.”އަޅެ ކަލޭގެ މަޤާމު ހަނދާން ކޮށްބަލަ މަށަށް ހަޅޭއްނުލަވާ.. މިގެއިން ޖާގައެއް ނެތްއިރު އުޅެވޭތީ ޝުކުރު ކުރާކަށް ނޭނގޭ ދޯ.. ކުޑަ މިނުން އަރާމުގަ މާހީ ގޮވައިގެން އޮންނައިރު އެ އާނިޔާ ގަނޑު ވެސް ޖެހޭ މިނުލަފާ މީހާ ބުނާގޮތް ހަދަން..” ހާނިމް ރީޝަމް އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށް އެއްޗެހި ކިޔެވެ.

 

ރީޝަމްގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ވާނުވާ ރަނގަޅަށް ރީޝަމް އަކަށް ނޭނގެއެވެ. އިނގޭނަމަ އޭނަ އާނިޔާ ދައްތަ އަށް އުނދަގޫ ނުކޮށް އުޅޭނެއެވެ.”އަ.. އަހަރެންގެ މަޤާމު އަހަރެންނަށް އިނގޭ..” މާހީ އަށާއި އާނިޔާ އަށްޓަކައި ރީޝަމް ދެންވެސް ބެލީ ވާހަކަ ދެއްކޭތޯ އެވެ. މިފަހަރު ހާނިމް ވާހަކަ ނުދައްކާ އިސްކުރީ ރުޅިއެވެ. އެދިޔަ ގޮތަށް ގޮސް ރީޝަމްގެ މޫނު މަތީގައި ޖެހިއެވެ. ބޭރު ދޮރު ކައިރީގައި ހުރުމުން ރީޝަމް ބޭރަށް ވެއްޓެން ނެގީ އެންމެ ސިކުންތެކެވެ. މާހީ ރޮއިގަންނަމުން ރީޝަމް ހިފަހައްޓަން އުޅުނެވެ.”މަގޭ އެންމެ ހަމަލާ އަކުން ބިމާއި ހަމަވާ މީހެކޭ މިއުޅެނީ..” ހާނިމް މަލާމާތަށް ހޭންފެށިއެވެ. އަދި ރީޝަމްގެ ބަނޑުގައި ފައިން ޖަހަންފެށިއެވެ. ރީޝަމް ދެންވެސް ބެލީ ހިތްވަރު ކުރެވޭތޯއެވެ. އުނދަގުލުން ކޮޅަށް ތެދުވެ މާހީ ގޮވައިގެން ދުރަށް ހިނގައިގަތް އިރު ދެލޮލުގައި ގިނަ ވެފައި ހުރި ކަރުނަތައް ފައިބަން ފަށައިފިއެވެ.

 

ހާނިމް ގާތަށް ރުޅި އައިސްގެން ޖަހަން ހިއްލާލި އަތް ހުއްޓުނީ ބާރުގަދަ އަތަކުން ހާނިމްގެ އަތް ހިފެހެއްޓުމުންނެވެ. ހާނިމް ޖަހާނެކަން އިނގިގެން ލޯމަރައިގެން ހުރި ރީޝަމް ލޯ ހުޅުވަލާ ފަހަތް ބަލާލި ވަގުތު ދެލޯ ބޮޑުވިއެވެ. އެތާ ހުރީ މާއިލް ނޫން ދެވަނަ މީހެއް ނޫނެވެ. މާއިލްގެ ލޮލުގައިވި ރުޅިވެރިކަމުން ރީޝަމް ވެސް ޖެހިލުންވިއެވެ.”ވަޓް އާރ ޔޫ ގޮއިން ޓު ޑޫ؟؟..” މާއިލް ދަތްކުނޑި ވިކާލިއެވެ.”އަނެއްކާ އަނެކަކު އައީ ދޯ؟؟ ކަލެއާ ބެހޭ ކަމެއް ވެސް ނޫނެއްނު މީ؟؟..” ހާނިމް މާއިލްގެ އަތް ފޮޅުވާލިއެވެ. އޭރު މާހީ އާއި ރީޝަމްގެ ހާލެއް ބަލަން ދޮރު ކައިރިއަށް އައި އާނިޔާ ވެސް ހުރީ ހުއްޓުން އަރާފައެވެ.”މަށާ ބެހޭނެ..” ބަލަހައްޓައިގެން ހުރި ނަޒަރުން މާއިލް ފަހެއް ނުޖެހޭނެ ކަން ރީޝަމްއަށް ކަށަވަރު ވިއެވެ. އާނިޔާ އާއި ދިމާއަށް ހާނިމްއަށް ބަލާލެވުނީ ފުލުހުންގެ ޖިޕް އަންނަތަން ފެނުމުންނެވެ. އޭރު އާނިޔާ ހުރީ ފޯނު ހިފަހައްޓައިގެން ރުޅިވެރި ނަޒަރަކުން ބަލަންށެވެ.”ޔޫ ލިޓްލް….” ހާނިމް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން ހާނިމް ފިލަން ދުއްވައިގަތެވެ. ފުލުހުން ވެސް ހާނިމް ފަހަތުން ދިޔައެވެ.

 

“ރީޝް.. އާރ ޔޫ އޯކޭ؟..” ހާނިމް ދިޔަތަން ބަލާފައި މާއިލް ރީޝަމް ކައިރިއަށް ދިޔައެވެ. ރީޝަމްގެ ފެންކަޅިވެފައި ހުރި ދެލޯ ގޮސް ހުއްޓުނީ މާއިލްގެ ދެލޮލަށެވެ.”ތެންކްޔޫ މާއިލް..” ބުނާނެ އެއްޗެއް ނޭނގުމުން ރީޝަމް ބުންޏެވެ.”އިޓްސް އޯކޭ..” ރީޝަމްގެ ފަހަތުގައި ފިލާ ހުރި މާހީއަށް މާއިލް ބަލާލިއެވެ. މާއިލްގެ ނަޒަރު މާހީއަށް ހުއްޓުމުން މާހީ އިތުރަށް ފޮރުވެން އުޅުނެވެ.”މިއީ ދޯ މާހީ އަކީ..” މާއިލް ހިނިތުންވެލިއެވެ. ރީޝަމް ބޯ ޖަހާލިއެވެ. އިތުރަށް އެތާ ހުންނަން ބޭނުން ނުވުމުން މާހީ އާނިޔާ ކައިރިއަށް ގޮސް އާނިޔާ އާއި އެކި އެތެރެއަށް ވަނެވެ.”އަމް.. ރީޝް.. އިފް ޔޫ ޑޯންޓް މައިންޑް ސުވާލެއް އަހާލަންތަ؟..” މާއިލް ރީޝަމްއަށް ބަލާލިއެވެ.”ބަޓް އެހަށް އާދެބަލަ އެސުވާލަށް ޖަވާބުދޭން ފަސޭހަ ތަނަކަށް..” މާއިލް ވިސްނާލާފައި ރީޝަމް ގޮވައިގެން ދިޔައީ އެއްކަލަ ކުޑަ ޕާކަށެވެ.”ދެން އަހަން ވީ އެއްނު ތި ސުވާލެއް..” ރީޝަމް އިށީންދެލިއެވެ.

 

“އަސްލު ކީއްވެ އެމީހާ އެހެން އެ ހެދީ؟؟ އެން އޭނަ އެއީ ކާކުކަން ބުނެދެވިދާނެ؟..” ނާހަން ހުރެފައި ވެސް ރީޝަމް ކައިރީގައި މާއިލް އެހިއެވެ.”އޭނަ އަކީ މާހީގެ ބައްޕަ ހާނިމް.. އަސްލު މާހީ ހޯދަން ވެގެން ގެއަށް އަންނަނީ..” ރީޝަމް ދުރަށް ބަލާލިއެވެ.”އޯހ..” މާއިލް ދެބުމަ ކައިރިކޮށްލިއެވެ.”ހްމްމް.. ދައްތަ އާއި ހާނިމް ވަކިވީ މާހީއަށް ދެއަހަރުގަ..” ކުޑަކޮށް ކިޔައިދެވޭތޯ ރީޝަމް ބެލިއެވެ.”ތިހެން ވީއިރު ބައްޕައަށް ދަރިފުޅު ބައްދަލު ކުރެވެން ޖެހޭނެ ދޯ؟..” މާއިލް ދެކޭގޮތް ބުންޏެވެ.”ނޯ ވޭ.. ހާނިމް މާހީ ބަލާ އަންނަނީ ރަނގަޅު ނިޔަތަކު ނޫނޭ.. މާއިލް އަށް ވެސް އިނގޭނެ ދޯ ލޯބިވާނަމަ އަނިޔާއެއް ނުކުރާނެ ދައްތަ އަކަށް ވެސް އަހަރެން…އައި މީން މާހީ އަކަށް ވެސް..” ރީޝަމް އަށް ރޮވެން އުޅުނެވެ.”އަހަރެންނަކަށް އަސްލު މި ވާނުވާއެއް ނޭނގޭ.. އެހެންނަމަ ދޯ އުފާވެރި ދިރިއުޅުމެއް އުޅޭނީވެސް..” ރީޝަމް ތުންފަތުގައި ދަތް އަޅާފައި ކަރުނަތައް ހިންދާލިއެވެ.”ތިބުނީ؟؟..” މާއިލް އަށް ރީޝަމް ކީ އެއްޗެހި ސާފެއް ނުވިއެވެ.”މިބުނީ މަންމައެއް ވެސް ބައްޕަ އެއް ވެސް އަދި ޢާއިލާގެ އިތުރު މީހަކު ހުންނަ ކަމެއް ނުވަތަ ނެތް ކަމެއް ވެސް އަހަރެންނަކަށް ނޭނގެއޭ..” ރީޝަމް މާއިލްއަށް ބަލާލިއެވެ.

 

★★★

 

“ވަރަށް ހީވޭ ރީޝް ވެސް އަހަރެންގެ މަތިން ހަނދާން ވާނޭހެން..” ރީހާން އެލީޒާއަށް ބަލާލީ އުންމީދާއި އެކު ހިނިތުންވެފައެވެ.”އައި ހޯޕް ޓޫ..” ރީހާންގެ މޫނުމަތީގައި ވި ހިނިތުންވުމުން އެލީޒާއަށް ވެސް ހީލެވުނެވެ.”އަހާލެވިދާނެތަ ސުވާލެއް؟..” އެލީޒާ ރީހާންއަށް ބަލާލިއެވެ. މަޑުމަޑުން ރީހާން ބޯ ޖަހާލިއެވެ.”މިހާރު ކޮބާ ރީޝަމް؟..” އެސުވާލު އެހުމާއެކު ރީހާން މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިދިޔައެވެ.”ނެ..ނޭނގެ..” އަޅައިގަންނަމުން ރީހާން ބުންޏެވެ. އިތުރަށް ސުވާލު ކުރާކަށް އެލީޒާއަށް ނުކެރުނެވެ. ރީހާން ފުންނޭވާއެއްލާފައި ކާރު ދުއްވާލިއެވެ.

 

އެލީޒާ އެ ސުވާލު ކުރުމުން ރީހާންގެ މުޅި މޫޑު ޚަރާބު ވިއެވެ. އެގަޑީގައި ކޮންމެ އަކަސް ރީހާން ދިނީ ތެދު ޖަވާބެކެވެ. މަންމަ، އަދި ރީޝަމް ވީތަނެއް އެއްގޮތަށް ވެސް ރީހާންއަށް އިނގިފައެއް ނެތެވެ. ދޮންބައްޕަ އުޅެނީ އޭނައާއި އެކީ ލަންޑަންގައެވެ. ނަމަވެސް ރީހާން ކުރި ކަމަކަށްފަހު އޭނަގެ ދޮންބައްޕަ، ލިހުވާން ވެސް ރީހާން ދެކެ ހިތްހަމަ ނުޖެހެއެވެ.

 

“އޭ ރީހު.. ހިނގާ ބަލަ ކޮންމެވެސް ކަމެއް ކުރަން..”އެލީޒާގެ އަޑަށް ރީހާން ބަލާލިއެވެ. އޭރު ލިއީޝް އާއި އޭނާގެ ލޯބިވެރިޔާ ޒާން އަތުގުޅާލައިގެން އަންނަނީއެވެ. އޭނާގެ ހިތުގައި ވަކި އަޅައިގަތް ހެން ހީވިއެވެ. އެލީޒާ ބަލަ ބަލަ އިންދާއި ރީހާން ތެދުވެގެންގޮސް ގޮސް ލިއީޝް ކުރިމަތީގައި ހުއްޓުނެވެ.”ހެއި..” އަސަރެއް ނެތް ގޮތަކަށް ރީހާން ގޮވާލިއެވެ.”ހައި؟..” ސުވާލެއް ގޮތަށް ލިއީޝް ވެސް ގޮވާލިއެވެ.”ޑޯންޓް ޔޫ ރިމެމްބަރ މީ ލިއީޝް..” ދެންވެސް ރީހާން ބުނީ ހަމަ އެ ރާގުގައެވެ.”އަމް ސޮރީ.. ނޭނގުން ތީ ކާކު ކަމެއް..” ލިއީޝް ޒާންގެ އަތަށް ބާރުކޮށްލިއެވެ. ރީހާންގެ ހިތް ރޮއްވާލި އެވެ. ނަމަވެސް މޫނުމަތިން ފެނުނީ ހައިރާންކަމެވެ.”ތީ ކާކުތަ؟..” ޒާން ވެސް ނުހުރެވިގެން އެހިވެ.”ލިޝް.. ހަމަ އަސްލަށް ވެސް ހަނދާން ނެތުނީތަ..” އެ ހައިރާންކަން މަތީ ހުރެ ރީހާން އެހިއެވެ.”އަހަރެން ނުދަންނަ މީހުންނާ ވާހަކަ އެއް ނުދައްކަން.. ސޯ ޕްލީޒް ޑޯންޓް ޓޯކް ޓު މީ..” ހިތްހަމަ ނުޖެހިފައި ލިއީޝް އިއްވާލިއެވެ. ގަދަކަމުން ރީހާން ހިންދިންރުވާލިއެވެ.”ސްޓޮޕް ލައިންގް ލިޝް.. އަހަރެންނަށް އަންގާ ވެސް ނުލާ މީހަކާ ރައްޓެހި ވެސް ވީދޯ.. ބުނެވެސް ނުލާ.. އެ ކީއްވެތަ ލިޝް..” ރީހާން އަޑު ކުރެހުނެވެ.

 

“އަހަރެންނަކަށް ނޭނގެ ތީނަ ތި ކިޔާ އެއްޗެއް..” ލިއީޝް އެހެން ބުނެފައި ޒާން އަތުގައި ހިފައިގެން ހިނގައިގަތެވެ. ރީހާންގެ ދެލޯ ފެންކަޅިވާން ނެގީ ސިކުންތެކެވެ. އޭނަ ލިއީޝް އާއި ހަމައަށް ވާޞިލްވުމަށް ނުފުރޮޅާ އެންމެ ގަލެއް ވެސް ނީންނާނެ ކަން ކަށަވެރެވެ. އެވަރު ވެސް ލިއީޝް އަށް ނޭނގުނީ ހެއްޔެވެ؟ އެހެން ވާހަކަ ދައްކާ އިރު ރީހާންގެ ހިތަށް ކުރާނެހާ އަސަރު ހަމަ ނޭނގެނީ ހެއްޔެވެ؟ އެލީޒާ ގޮވާލި އަޑަށް މޫނު ފުހެލާފައި ރީހާން ހީލަމުން ފަހަތް ބަލާލި އެވެ.”ހިނގާ ބަލަ އެއްޗެއް ކައިލަން..” އެލީޒާ ވިސްނާލަމުން ބުންޏެވެ.

 

“ލިއީޝް.. އެކާކުތަ؟؟ އަނެއްކާ ލިއީޝްގެ ލޯބިވެރިއެއް ހުންނަނީތަ؟ ކީއްވެ ނުބުނީ؟..” ޒާން ސުވާލުތައް ކުރިއެވެ.”ނޫނެކޭ ޒާން.. އަހަންނަކަށް ނޭނގެ އޭނާ އެހެން ކީ ކީއްވެ ކަމެއް.. އަމުދުން އޭނައަށް މަގޭ ނަން އިނގިއްޖެ.. އަހަރެންގެ ބޯއި ފްރެންޑް އަކީ ޒާން ކަން އިނގިއްޖެ.. އަޅެ އޭނާ އަހަރެމެންނަށް ފާރަ ލަނީތަ؟..” ލިއީޝް ހިތުގައި ބިރުވެރިކަން އުފެދުނެވެ.”ވެދާނެ..” ޒާން އަލުން ރީހާންއަށް ބަލާލި އިރު އަންހެން ކުއްޖަކާ އެއްކޮށް ހެމުން އެތާ ހުރި ފިހާރަ އަކަށް ވަންނަނީއެވެ. ޒާން ކަޅި އަޅާލާފައި ފުން ނޭވާއެއް ލިއެވެ.

 

ބޭރުގައި ރޭގަނޑު ހޭދަ ކޮށްފައި ރީހާން ގެއަށް ދިޔައިރު ހުރީ ވަރުބަލިވެފައެވެ. ދޮރު ލައްޕާފައި ދިޔަ ގޮތަށް ގޮސް އެނދަށް ވެއްޓިގަތް ގޮތަށް ރީހާން ދެލޯ މަރާލިއެވެ. އަނެއްކާ ވެސް ލިއީޝް ކަންތައް ކުރިގޮތް ހަނދާންވާން ފެށިއެވެ. އުންމީދު ނުކޮށް ހުއްޓާ ރީހާންގެ ދެލޯ ތެމުނެވެ. “ކީއްވެ ލިޝް؟ އަހަރެން ކޮން ކުށެއް ކުރީ؟ އަހަރެން ލިޝް އަށްޓަކާ ނުކުރާ ކޮން ކަމެއް އޮތީ.. އައި މިސް ޔޫ ލިޝް..” ރީހާން އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ރީހާންއަށް އެންމެ ބޮޑު މައްސަލަ އަކަށްވީ މީހަކާ ރައްޓެހިވުމަށްފަހު އޭނާއަކީ ކާކުކަން ނޭނގޭކަމަށް ހެދީމައެވެ. ރީއްޗަށް ތިމަންނަ ބޭނުމީ ގުޅުން ކަނޑާލަންށޭ ބުނިނަމަ އަމިއްލަ އުފާ ޤުރުބާންކޮށް ލިއީޝްއާއި ގުޅުން ކަނޑާލީމުހެވެ.

 

ކުޑައިރު ދެމީހުން ދިމާވީ ޕްރީ ސްކޫލުންނެވެ. ލިއީޝް ކުޑައިރު ވެސް އެހުންނަ ލޯބިކަމުން ކްލާހުގެ ކުދިން ހަސަދަވެރިވެގެން ގިނައިން އިންނަނީ ބާކީ ކޮށްލާފައެވެ. އެކަން ރީހާން އަށް ފާހަގަ ވެގެން ލިއީޝް އާއި އެކުވެރިވާން ނިންމިއެވެ. އެކުވެރިއެއް ލިބުމުން ލިއީޝް ވެސް ވަރަށް އުފާވިއެވެ. އަދި ގޭތެރެގެ ކަންތައް ލިއީޝްއަށް އިނގޭ ގޮތަކަށް ކިޔައިދިނެވެ. މަންމަ އާއި ބައްޕަގެ ވާހަކަ އެވެ. ގޭތެރޭގައި އެ ކުޑަ ކުޑަ ލިއީޝް އާއި ދިމާއަށް ހަޅޭއްލަވާ ވާހަކައެވެ. އަނެއްކޮޅުން ސްކޫލަށް އައިސް ވެސް ބާކީ ވެފައި އިންނާތީ ދެރަވާ ވާހަކައެވެ. އެހުރިހާ ވާހަކަ އެއްވެސް ރީހާން ކަނުލާ އަޑު އެހީ އަހާ ހިތުން އެވެ. ބޮޑުވަމުން އައި ވަރަކަށް ދެ ހިތުގައި ވެސް ޖަހަމުން ދިޔަ އެކުވެރި ކަމުގެ ވިންދު ތަފާތުވަމުން ދިޔައީ ބުނެލުމެއް ނެތިއެވެ. ދެމީހުންނަށް ވެސް އެކަން ރޭކާލީ އުމުރުން ސާދަ އަހަރު ވަނިކޮށްނެވެ. އެއޮށް ކުޑައިރު ދެމީހުން ލޯބިވުމުން އެމީހުންނަށް އެކަންވީ މަޖާ ކަމަކަށްވެ. އަދި ލޯބީގެ ގުޅުމެއް ފެށީ އެންމެނަށް ސިއްރުންނެވެ.ރީހާންގެ ގެއަށް އައުމުގެ ތެރޭގައި ރީޝަމް އާއި ވެސް ލިއީޝް އެކުވެރިވިއެވެ. ރީހާން ފިރިހެން ކުއްޖަކަށް ވުމުން ޙިއްސާ ނުކުރެވޭ ވާހަކަތައް ރީޝަމް ޙިއްސާ ކުރަނީ ލިއީޝް އާއި އެވެ. ކަމެއް ޖެހުނަސް ލިއީޝްގެ ފުރިހަމަ އެހީތެރިކަން ރީޝަމް އަށް ލިބެއެވެ.

 

ނަމަވެސް ކަންތައްތައް ބަދަލުވާން ފެށީ ރީހާން ގްރޭޑް ދިހައެއްގެ ފަހު ޓާރމްގައެވެ. އެ ޗުއްޓީއަށް ލިހުވާން ބޭނުންވީ ރީހާން އެކަނި ގޮވައިގެން ޗުއްޓީގައި ލަންޑަނަށް ދާންށެވެ. ރީޝަމް ރީހާން ކައިރީގައި ޝަކުވާ ކުރި ނަމަވެސް ލިހުވާންގެ ގޮތް އިނގޭތީ އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ރީހާން ލަންޑަނުގައި ހޭދަވި ދެތިން ދުވަހު ލިއީޝްގެ ފޯނު ކޯލް ތަކާއި މެސެޖްތައް ބަރާބަރަށް ލިބެއެވެ. އެހެންނަމަވެސް އެ ހަތަރުވަނަ ދުވަހުން ފަށައިގެން ކޯލެއްގެ އިތުރުން މެސެޖެއް ވެސް ރީހާން އަކަށް ނުލިބެއެވެ. ރީޝަމްއަށް ގުޅާފައި އެހުމުން ރީޝަމް ބުނީ ލިއީޝް ރާއްޖެ އިން ބޭރަށް ފުރައިފިކަމެވެ. އޭނާގެ އާއިލާ ވެސް ދިޔައެވެ. އިތުރު މަޢުލޫމާތު ރީޝަމްއަކަށް ވެސް ނޭނގެއެވެ.

އެ ޗުއްޓީ ވެގެން ދިޔައީ ރީހާންއަށް ވޭންދެނިވި ދުވަސްތަކަކަށެވެ. އަނބުރާ ރާއްޖެ އައިސް ވެސް ލިއީޝް ހޯދި އިރު އެންމެން ބުނަނީ ރާއްޖޭގައި ނެތް ކަމަށެވެ. ރީހާން ހިތަށް ތަދުނުވާ ދުވަހެއް ނުދެއެވެ. އެ ހާލުގައި އުޅެފައި އަށާރަ އަހަރު ފުރުމުން ރީހާން ލަންޑަނަށް ބަދަލުވީ ލިއީޝް ހޯދުމުގެ މަޤްސަދުގައެވެ.

 

ހޫނު ކަރުނަތިކިތައް ފައިބަމުން ދިޔައިރު އެ ފުހެލަން ރީހާން މަސައްކަތެއް ނުކުރެއެވެ. އަނބުރާ ރާއްޖެ ދާންވީ ކަންނޭނގެއެވެ. ނަމަވެސް ލިއީޝްއަށް ކުރެވޭ އިންތިޒާރެއްގެ ބޮޑު ކަމުން ރީހާންއަށް އިތުރަށް ވިސްނާކަށް ނުކެރުނެވެ. އެވަގުތު އައި ކުއްލި ރުޅީގެ ހުރިހާ ވަރެއް ބޭލުނީ އޮށޯވެ އޮތް އެނދުގެ ބާލީސް ތަކަށެވެ.”ވައި ޑިޑް ޔޫ ޑޫ އިޓް ލިޝް.. އައި ޑިޑް މައި ބެސްޓް ޓު ފައިންޑް ޔޫ އެން ލުކް އެޓް ނައު.. އައި ކާންޓް ޓޭކް ދިސް ޝިޓް ލިޝް.. އައި ލަވް ޔޫ.. ލިޝް އަށް ދުވަހަކު ވެސް ނޯޅޭ އަހަރެން ލިޝް ދެކެ ވާ ލޯތްބެއް.. ދެން ކީއްވެ މިހާރު؟..” ރީހާން ގޮށްމުށުން ފާރުބިތުގައި ޖަހަންފެށިއެވެ.”މަންމާ..ރީޝް..އައިމް ސޯ ސޮރީ.. އައި ކުޑުންޓް ފައިންޑް ހާރ އިވެން އައި ހޭވް ގޯން ތްރޫ އޯލް ދީސް.” ރީހާން ބިތުގައި ޖެހުން ހުއްޓާލާފައި ފާރު ކައިރިއަށް ތިރިވެ ކަކޫ ގެނެސް މޭގައި ޖައްސާލިއެވެ. ހީވީ ހިތުތެތޭގައިވާ އުދާސްތަކުން ލިއުމެއް ތައްޔާރުކުރިހެންނެވެ. “ޕްލީޒް..ޑޯންޓް ހާރޓް މީ ދިސް މަޗް..” ރީހާން އަޑު ބެދުނެވެ.

– ނުނިމޭ –

13

2 Comments

  1. Ave

    January 11, 2022 at 1:28 pm

    Alheyy.. Haaadha sad eyy Reehaan ah V goih. 😪 anyways.. This prt was also awesome.. Lysssssssssssssm sissyyy.. Mish u 😷😶🤗💋💞💞💖

    • Baby Devil

      January 11, 2022 at 10:59 pm

      i hope reehan gets a happy life too dhw ave? thankiu sm! meant a lot!!! <33

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!