ވީމޭ އިންތިޒާރުގައި – 1
އެއީ ހަމަ އެ ހިނިތުންވުމެވެ. އެ ރީތި ދެ ލޮލެވެ. ދުށުމަށް ބޭގަރާރު ވި އަންހެން ކުއްޖާއެވެ. ލައިގެން ހުރި ހުދު ހެދުމާއި އެއާއި ގުޅޭ މޭކަޕުން އެ އަންހެން ކުއްޖާގެ ރީތިކަން ހާމަވާން ހުއްޓެވެ. ވެޑިންގް ޑްރެސް އެއްގައި ހުއްޓިގެން ހުރި މީހަކާ އެކުއްޖާ ވާހަކަ ދައްކަން ހުރި އިރު އެމީހާއަށްޓަކައި އެކުއްޖާ އުފާވެފައި ވާވަރު އިނގުނެވެ. އެއީ މުޅި އުމުރު ހުސްކޮށްގެން ނަމަވެސް ހޯދަން އަޒުމު ކަނޑައަޅައިގެން އުޅުނު އަންހެން ކުއްޖާއެވެ. ކައިރީގައި ހުރި ފިރިހެނެއްގެ އަތުގައި ހިފައިގެން އެކުއްޖާ ހުރި އިރު އެއީ އެކުއްޖާގެ ލޯބިވެރިޔާކަން ރީހާންއަށް ބުނެދޭކަށް ނުޖެހުނެވެ. އެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ.
ރީހާންގެ ދެލޮލުން ކަރުނަ ފައިބަން ފެށީ ބުނެފައެއް ނޫނެވެ. އެއީ އެ އަންހެން ކުއްޖަކަށްޓަކައި އޭނާގެ މުޅި ދިރިއުޅުމުގެ މިސްރާބު ބަދަލު ކޮށްލި ކުއްޖާއެވެ. އެތަކެއް ރޭތަކެއް މަތިން އެކި ވައުދާއި އަހުދު ކުރި، ހަޔާތުގެ ބައިވެރިޔާ ކަމަށް ދެކުނު އަންހެން ކުއްޖާއެވެ. އާއިލާ އެންމެންދޫކޮށް އެތަކެއް ޤުރުބާނީތަކެއް ވެގެން ރީހާން އެ އައީ މިފަދަ މަންޒަރެއް ދެކެން ހެއްޔެވެ؟
“ލި..އީ..ޝް..” މަޑުމަޑުން ރީހާންގެ އަނގައިން ނިކުތީ އެ ރީތިކަން ހުސްކުރި ވެރިޔާގެ ނަމެވެ. ލަސްލަހުން ދެތިން ފިޔަވަޅު ފަހަތަށް އަޅާލާފައި ރީހާން އެނބުރި ހިނގައިގަތީ ހިތުގައިވާ އެއްޗެއް ދުލުން ބޭރުކުރަން ދަތިވާނެހެން ހީވުމުންނެވެ. އެ ހަފްލާ އޮތް ހޯލް އިން ނިކުތް ގޮތަށް ކުރިމަތީގައި އޮތް ރީހާންގެ ޕްރައިވެޓް ކާރަށް އަރާ ބާރަށް ދޮރު ޖެހިއެވެ. ދެތިން ފަހަރު ކާރުގައި ފައިން ޖަހާލާފައި ކުޑަ އިރުކޮޅަކު ވިސްނާލަން ރީހާން އިނެވެ. އެއްޗެއް ވިސްނުނުހެން މޫނުމައްޗަށް ހަރުކަށިކަން ގެންނަމުން ރީހާން ކާރު ދުވާލިއެވެ.
“ހިއަރ އައި އޭމް..” ކާރު ގޮސް މަޑު ކޮށްލީ ބާރ އެއްގެ ކުރި މައްޗަށެވެ. ދެ ޖިންސުގެ މީހުން މަސްހުނިވެ ނަށަމުން ދިޔަ ރޮކް މިޔުޒިކްގެ މާޙައުލުން ހިތްހަމަ ޖެހުން ލިބި ގަތުމަށް ރާ ފުޅިއެއް ހިފައިގެން ރީހާން ޖައްސާލިއެވެ. އޭރު ކައިރީގައި ތިބި އޭނާގެ ‘ކުރީގެ’ އެކުވެރިން ފާޑަކަށް ބަލަން ތިއްބެވެ.”ކީއްވެ ތި ބަލަނީ؟ އިޒް ދިސް އަ މިސްޓޭކް ގާއިޒް؟..” ފުޅިން އެތިފޮދެއް ބޯލަމުން ރީހާން އެހިއެވެ.”އަނެއްކާ އަންނަން އިނގިއްޖެ ދޯ؟..” ރުޅިވެރި ފާޑަކަށް އެތަނުން އެކަކު ބުންޏެވެ. އެކަމަށް އަޅާ ނުލައި ރީހާން ބެލީ ބޯން އިން އެތި ބޮއި ނިންމޭތޯއެވެ.”ހެއި ހޭންސަމް.” ނިވާކަން ކުޑަ ހެދުމެއްގައި ހުރި ބޭރު އަންހެން ކުއްޖާ އައިސް ރީހާން ކައިރީގައި އިށީނެވެ. ރާއްޖެ އިން ބޭރަށް އައިސް މިއުޅުމާ ދުރުގައި ހުންނަން ކުރި މަސައްކަތް ހުއްޓާލީ ތިރީސް ވަރަކަށް މިނިޓް ކުރިން ފެނުނު ލިއީޝްގެ މަންޒަރުންނެވެ.
ރީހާންއަށް ދެލޯ ހުޅުވާލެވުނީ އިރު އެރި ފަހުންނެވެ. ދެތިން ތިކި އިން ފުޅި ބަހައްޓާފައި ރީހާން ތެދުވެ ހިންދެމިލިއެވެ.”އެންމެ ފަހުން އޭއްޗަކު ލަނޑު ދިނީމަ އަންނަން ދޯ ޖެހުނީ..” ފަހަތުން އިވުނު މީހެއްގެ އަޑުން ރީހާންގެ ހިތަށް ވެރިވީ ފޫހިކަމެވެ.”ލިއަމް ކީއްވެގެން ތިއުޅެނީ؟ މަށަށް މިތަނަށް އާދެވޭނެ ބޭނުން އިރަކު.. މި މަގޭ ބައްޕަގެ ތަނެއް..” ޖީބަށް އަތް ޖަހާލައިގެން ރީހާން ނިކުންނަންދާން ހިނގައިގަތެވެ.”ކަލޭ ބައްޕަ އަކަސް ދޮންބައްޕަ އަކަސް މަށަށް ކީއް؟؟ މަ ހިތްހަމަ އެއް ނުޖެހޭ ކަލޭ ދެން މިތަނަށް އަންނާކަށް.. ކަލޭ ބައްޕަ ވެސް ރުޅި އަންނާނެ!..” ލިއަމް ބުނި ޖުމްލައިން ރީހާންއަށް ފުން ނޭވާއެއް ލެވުނެވެ. އެބުނި ވެސް ދޮގެއް ނޫނެވެ.”ރުފިޔާ ދެންޏާ އެމީހާ އަށް ޖެހޭނީ ވައްދަން.. އެ ވެސް ރުފިޔާއަށް މޮޔަވެފަ ހުރި އިންސާނެއް.. އަދިވެސް އެއްފަހަރު ވިސްނާލާ.. މަގޭ އަތުގަ ކިހާވަރަކަށް ރުފިޔާ އެބަ ހުރިތޯ..” ރީހާން ލިއަމްއަށް ފާޑަކަށް ބަލާލިއެވެ.
★★★
މާލޭގެ ފެރީ ޓާމިނަލް ކައިރީގައި ފޫހިވެފައި ރީޝަމް ހުއްޓެވެ. ހުދު ކުލައިގެ ފަސްބަޔަށް ފުޅާ ކަކުލުން މައްޗަށް ހުރި އެ ހެދުމުގައި ރީޝަމް ފެންނަނީ ނުހަނު ހިތްގައިމު ކޮންނެވެ. ރީޝަމް ސިހުނީ ކަޅުކުލައިގެ ކުޑަ ބެކްޕެކްގައި އިން ފޯނު ރިންގް ވާން ފެށުމުންނެވެ. އެގަޑީގައި މީހުންތައް ބަލަން ފެށުމުން ރީޝަމްގެ މޫނު ރަތްވާ ގޮތްވިއެވެ. ނަމަވެސް ނޭނގޭ ކަމަށް ހަދާފައި ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލާލާފައި ފޯނު ނެގި އެވެ.
ރީޝަމްގެ ޚަރަކާތްތައް ބަލަން ހުރި ޒުވާނާ ހިނިތުންވެލިއެވެ. އޭނާ ހުރީ ވެސް މީހެއްގެ ލޮލުގައި އަޅައި ނުގަންނަ ކަހަލަ ތަނަކުއެވެ.” އައިޝަތު ރީޝަމް..” އެ ޒުވާން މަޑުމަޑުން އެނަން ކިޔާލިއެވެ. އެވަގުތު ބަނަވެފައި އޮތް ވިލާތަކުން ވާރޭ އޮއްސައިލީ ހަމަ ކުއްލިއަކަށެވެ. ތެޅިގަނެފައި ރީޝަމް އަށް ވަދެވުނީ އެޒުވާނާ ހުރި ތަނަށެވެ. އެހާ ގާތުން ރީޝަމް ފެނުމުން އޭނާގެ ހިނިތުންވުން ފުންވިހެން ހީވިއެވެ.”އަމް..ސްކިއުޒް.. އެތެރެއަށް ޖެހިލަން ވީއެއްނު.. ތި ތެމެނީ..” ޚިޔާލަކަށް ގެއްލިފައި ހުރި އެ ޒުވާނާ ސިހުނީ ރީޝަމްގެ ރީތި އަޑު އިވުމުންނެވެ. ބަލާލި އިރު އެބުނި ތެދެކެވެ.”އަހ ޔެސް.. ތެންކިއު..” ހިތް އަވަސް ވެފައި އޭނާ އެތެރެއަށް ވަދުނެވެ.
★★★
ރީހާން ކާރުން ފޭބިއިރު ތުނިކޮށް ސްނޯ ވެހެނީ އެވެ. ޖީންސުގެ ޖީބަށް ދެއަތް ލާ ފޮރުވާފައި ރީހާން ދުވެފައި ގެއަށް ވަނެވެ. އޭރު ޖެހިގެން ހުރި ގޭގައި އުޅޭ އެލީޒާ ރީހާންގެ ގޭގައި އިނެވެ. “ރީހާން.. ހާދަ ލަހުން ތި އައީ..” އެލީޒާ އިނގިރޭސިން ބުންޏެވެ.”ހްމްމް.. ރޭގަ ހިނގަނިކޮށް ކޮންމެވެސް ވެޑިންގް އަކަށް ވަދެވުނީ.. އެހެންވެ ކަންނޭގެ..” ރީހާން ފާޑަކަށް ބުންޏެވެ.”އޯހ އޯކޭ.. ހަމަ ހިތަށް އެރީ ވަދެލާނީއޭ.. ރޭގަ ކާން ވެސް ނައިސް މިއަދު ހެނދުނު ސަޔަށް ވެސް ނައިމަ..” އެލީޒާ ކޮޅަށް ތެދުވިއެވެ. ރީހާންގެ ކެއުން ހަމަ ޖެހިފައިވަނީ އެލީޒާގެ ގެއިންނެވެ.”ހެހެ.. އޯކޭ މި ދަނީ ނިދާލަން..” ރީހާންގެ ލޮލުން ވަރުބަލިކަން ފެންނަން ހުރުމުން އެލީޒާވެސް އިތުރު އެއްޗެކޭ ނުބުނެ ގެއިން ނުކުމެގެން ދިޔައެވެ.
ހޫނުފެނުން ފެންވަރާލައިގެން ބޯ ޓީޝާޓަކާއި ސްވެޓް ޕޭންޓް އެއް ލައިގެން ރީހާން އެނދުމައްޗަށް ވެއްޓިގަތެވެ. ލަންޑަނަށް ރީހާން އައިތާ މިވީ ފަސް އަހަރެވެ. އަށާރަ އަހަރު ފުރުން އިރަށް އާއިލާ އާއި އުފަން ޤައުމު ދޫކޮށް ލަންޑަނަށް ބަދަލުވީ އެންމެ މަޤްސަދަކަށެވެ. ކާމިޔާބު ވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް….
ރޭ ދިހަގަޑި ތޭރަ ހާއިރު އެ ހޯލަށް ވަދެވުނު ވަގުތު ފެނުން މަންޒަރަކުން ދެކުނު ހުވަފެން ވިއްސިވިހާލިވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހެން ވާންވީ ކީއްވެކަމެއް ރީހާންއަކަށް ނޭނގުނެވެ. ދެމީހުން އެކީގައި އުޅުން އިރު އެހެން މީހަކު ނުދޭހާ ވަރަށް ރީހާން ލިއީޝްއަށް ލޯބިދިނެވެ. ލިއީޝްގެ މަންމަ އާއި ބައްޕަ ވަނީ ވަރިވެފައެވެ. ކުޑައިރުއްސުރެ ގޭތެރޭގެ މަސްލަހަތު އޮންނަ ގޮތުން ލިއީޝް އަށް ވަނީ ނަފްސާނީ ގޮތުން އެތަށް ގެއްލުމެއް ލިބިފައެވެ. އެހުރިހާ ކަމަކުން އަރައިގަންނަން އެންމެ ގާތުން އެހީވިމީހަކަށް ރީހާން ވާނެކަމަކީ އެއްވެސް ޝައްކެއް ނޫނެވެ.
ނުވެސް ވިސްނާ ހުއްޓާ ބޯމަތިވި ކޮޅިގަނޑުގެ ސަބަބުން ރީހާން އަށް ބަލިކަށިކަން އިހުސާސް ކުރެވުނެވެ. މިހުރިހާ ދުވަހު މިކުރީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމެކޭ ހިތަށް އެރިއެވެ. ދޮރުފޮތިގަނޑު އެއްފަރާތަކަށް ކެހިފައި ވުމުން ބޭރުން ފައިބަމުން ދިޔަ ސްނޯތައް ފުސްވެފައިވާ ބިއްލޫރިތަކުން ފެނެއެވެ. އެ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އިން އިރު ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ރީހާންގެ އާއިލާގައި ހުންނަނީ މަންމަ އަކާއި ދޮންބައްޕައެއްގެ އިތުރުން ދެ އަހަރު ކުޑަ އަންހެން ކޮއްކޮއެކެވެ. ރީހާން އާއި ރީހާންގެ ކޮއްކޮ އުފަންވުމުގެ ކުރިން ލިބެން އުޅުނު ދައްތަ މަންމަގެ ބަނޑުގައި އޮއްވައި މަރުވީ ކަމަށް މަންމަ ބުންޏެވެ. ޚިޔާލުތަކެއްގައި ގެނބެމުން ދަނިކޮށް ރީހާންއަށް ނިދުނީ ވެފައިވާ ވަރުބަލިންނެވެ.
“ރީހާން!!..” ރީހާންއަށް ލޯ ހުޅުވާލެވުނީ އެލީޒާ ގޮވާއަޑަށެވެ. ރަނގަޅަށް ބަލާލި އިރު ކުޑަދޮރު ކައިރީގައި ހުރެގެން އެލީޒާ ވަރަކަށް ގޮވަނީއެވެ. ލާނެއް ހިންޏެއް އައިސްފައި ރީހާން އޮތީ އޮތް ތަނުގައެވެ.”ދެން ހެވޭ ރީހާން ހުޅުވަންވީ މިހާރު!..” ހިތްހަމަ ނުޖެހިފައި އެލީޒާ ހަޅޭއްލަވައި ގަތެވެ. ހެވިފައި ރީހާން ގޮސް ކުޑަދޮރު ހުޅުވާފައި އެލީޒާ ވެއްދިއެވެ.”ރީހާންއަށްވާ ސާބަސް.. އަހަރެން ކިހާ އިރެއް ވެއްޖެ މިތާ ހުންނަތާ..” އެލީޒާ ހުރީ ފިނިވެފައެވެ.”އޭ އެހެން ދޯ ވަރަށް ބޮޑަށް ސޮރީ..” ރީހާން މަޢާފަށް އެދިފައި ކުޑަދޮރު ލައްޕާލިއެވެ.”އެލީ މަޑުކޮށްލާތި އިނގޭ.. މިހާރު ހަވީރު ވަނީ.. ބޭރަށް ދާން މި އަންނަނީ ރެޑީ ވެގެން..” ރީހާން ޓީޝާޓު ބާލާފައި ބުންޏެވެ. އެލީޒާ ލަދުން ދުރު ބަލާލިއެވެ.”ހޫމް..” އެލީޒާއަށް ވީގޮތުން ރީހާން ހިނިގަނޑު ކޮންޓްރޯލް ކޮށްފައި ފާޚާނާއަށް ވަނެވެ. ސިއްރު ސިއްރުން އެލީޒާއަށް ހިނިތުންވެވުނެވެ.
“ހާދަ ވަރަކަށޭ ތި ހެނީ އެލީ..” ފާޚާނާއިން ނިކުތް އިރު ވެސް އެލީޒާއަށް ހުރެވުނީ ހިނިތުންވެފައެވެ.”އޭ އާނ.. ހެވޭނެ ދޯ ރީހު އުޅޭ ގޮތުން..” އެލީޒާ އަވަސް އަވަހަށް ބުންޏެވެ.”ރީހު ކިހިނެއް އުޅެނީ؟؟..” ރީހާން ބުމަ އަރުވާލިއެވެ. އެލީޒާ އަށް އިރުކޮޅަކު ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ.”އަމް.. ދެން ރީހާން.. އަވަސް ކޮށްގެން އަންނަން ވީ..” ތުން އަނބުރާލާފައި އެލީޒާ ކޮޓަރިން ނިކުންނަން ދިޔައެވެ.”އައްދެ . އެލީ ހާދަ ލޯތްބޭ ދޯ ތިހެން ހަދާއިރު..” އެލީޒާ ރަކި ކުރުވާ ހިތުން ރީހާން އިތުރަށް ކިޔެވެ.
އެލީޒާ އަކީ ވެސް ބަލާލަން ހުތުރު ކުއްޖެއް ނޫނެވެ. ކުރު ފަން އިސްތަށިގަނޑު ބްލޯންޑްކޮށް ހުރެފައި އިސްކޮޅުން ކުރުކޮށް ހުންނަ އިރު އެލީޒާ އަކީ ފަލަ މީހަކޭ ވެސް ހިކި މީހެކޭ ވެސް ނުކިޔޭނެއެވެ. ހަށިގަނޑު ހުންނަނީ އާދައިގެ ވަރެއްގައެވެ. ރީހާން ހުންނަނީ އެލީޒާ އާއި އިދިކޮޅެވެ. ހިކިކޮށް ދިގުކޮށް ހުންނަ އިރު ކަޅުކުލައިގެ ރާޅުބާނީ އިސްތަށިގަނޑު އޮންނަނީ ކާރާ ހިސާބަށް ދިގުކޮށްފައެވެ. ހިކިކޮށް ހުއްޓަސް ރީހާން އަކީ ފުދޭވަރަކަށް ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އެކުވެރިން ބައެއްފަހަރު ގުޅެއޭ ކިޔައިގެން އަޅުވާ ކިޔާ ވެސް ހަދައެވެ.
“ރީހާން އެ ފެށުނީ އޭ .. ރެޑީ ވެވޭތޯ ބަލަންވީ..” މޫނު ރަތްވާނެކަން އިނގި ހުރެ ވެސް އެލީޒާ ފަހަތަށް އެނބުރުނެވެ.”ރެޑީވެ ނިމިގެންނޭ މިހުރީ..” ހިނިތުންވަމުން ރީހާން އެލީޒާ އާއި އެކީ ކޮޓަރިން ނިކުންނަން ދިޔައެވެ.”ހިތަށް އަރާ މި ރީހާން ސަކަރާތް ހުއްޓާނީ ކޮން ދުވަހަކުން ބާއޭ..” އެލީޒާ އެހެން ބުނިވަގުތު ރީހާން ހައިރާންވެފައި ބަލާލިއެވެ.”އެލީ؟؟..” އެލީޒާ އާއި ދިމާއަށް ރީހާން ބަލަން ފެށިއެވެ.”އެހެން ބުނީމަ ބޮޑަށް ފެށީ ދޯ މިހާރު..” ރީހާންގެ މޫނުމަތީގައި ވި ސީރިއަސްކަން ނޭނގިހުރެ އެލީޒާ ހޭންފެށިއެވެ.”ހޫމް.. ހިނގަދާން..” އިރުކޮޅަކު ބަލަން ހުރެފައި ރީހާން އެލީޒާއަށް ވުރެ ކުރިން ނިކުތެވެ. ރީހާންއަށް އައި ބަދަލު މިފަހަރު އެލީޒާއަށް ފާހަގަ ވިއެވެ.”އެއްޗެއް ނުބުނެ ރީހާން ފަހަތުން ދިޔައީ އެހެންވެ އެވެ.
“ރީހާން ކީއްވެގެންތަ މާ މަޑުން ތި ހުންނަނީ..” ހިމޭންކަމުން އެލީޒާއަށް އުނދަގޫ ވާގޮތް ވިއެވެ.”ނޭނގެ..” ޚިޔާލަކަށް ގެއްލިފައި އިނދެ ރީހާން ކާރަށް އެރިއެވެ.”ދެން ޕްލީޒް ބުނެބާ ރީހޫ..” އެލީޒާ އާދޭސް ކުރަން ފެށިއެވެ.”އޯކޭ ފައިން.. އެކީ ދެންމެ ތި ބުނީ އެއްނު އަހަރެން ސަކަރާތް ހުއްޓާނީ ކޮން ދުވަހަކުން ބާއޭ..” މަޑު މަޑުން ރީހާން އެހިއެވެ.”ހްމްމް.. އެހެން ބުނެގެން ނުވަނީދޯ؟؟ ވަރަށް ބޮޑަށް ސޮރީ..” އެލީޒާ އިސްޖަހާލިއެވެ.”ނޯ ހެހެ.. މިހުރީނު ދޯ ކުއްޖެއް..” އަލުން އިސްއުފުލާ ބަލާލަން އެލީޒާއަށް މަޖުބޫރުވީ ރީހާން ދެއްކި ފޮޓޯ އަކުންނެވެ. އެ ފޮޓޯގައި ރީހާން އާއި އެހެން އަންހެން ކުއްޖެއް ހުއްޓެވެ. ހުއްޓިގެން ހުރި ގޮތުން އެހުރީ ފޮޓޯޝޫޓަކަށްކަން އިނގެއެވެ. ދެމީހުން ތިބީ ރާއްޖޭގެ ހިތްފަސޭހަ ބީޗެއްގައެވެ. ރީހާން ހުރީ އެކުއްޖާގެ އަތް ރީހާންގެ އަތު ތެރެއަށް ލައިގެން ނިކަން ލޯބިން އެކުއްޖާ އާއި ދިމަ ބަލަންށެވެ. އެކުއްޖާގެ މޫނުމަތިން ފެންނަނީ ހިނިގަނޑު ހިފަހައްޓައިގެން ހުންނަ ކަހަލަ މަންޒަރެކެވެ.
“މީނަ ވެސް ވަރަށް ގިނައިން ކިޔާނެ ތިހެން..” ވޭނެއް އެކުލެވިގެންވީ އަޑަކުން ރީހާން ބުންޏެވެ. އެލީޒާގެ ހިތަށް ހީވީ ގުޑުމެއް އައިހެންނެވެ.”ވަރަށް ލޯބިވާނެ މަ ދެކެ.. އެއީ އޭނާގެ ސާދަ ވަނަ އުފަންދުވަސް..” ފޮޓޯއަށް ބަލަން އިނދެ ރީހާން ހީނލިއެވެ. ދެން ސްކްރޯލް ކޮށްލާފައި ދެއްކީ އެ ފޮޓޯ އަށްވުރެ މާ ފުރިހަމަ ފޮޓޯ އެކެވެ. ކުރިއާ ޚިލާފަށް މިފަހަރު އެކުއްޖާ ހުރީ ރީތި ހިނިތުންވުމެއްގައެވެ. ރީހާން ހުރީ ހަމަ ކުރިއެކޭ އެއްގޮތަށް ލޯބިން ބަލަންށެވެ. މިފަހަރު ރީހާން އެކުއްޖާގެ އަތުގައި ހިފަން އަތް ދިއްކޮށްލައިގެންނެވެ. ފަހަތުގައި އޮތް އަތުގައި ކުޑަ ވަރެއްގެ ގިފްޓް ފޮއްޓެއް އޮތެވެ. އޭގެ ބޭރުގައި ޖަހާފައި ވަނީ “ހެޕީ ބާރތްޑޭ ރީއްކޮ ލަވް” އެވެ. އެލީޒާގެ ހިތް ހީވީ މީހަކު ކޮށާ ކުދިކޮށްލިހެންނެވެ.”ޝީ އިޒް މައި ލިލް ސިސް..” ރީހާން ބުންޏެވެ. އެއާއިއެކު އެލީޒާ ސިހިފައި ލަދުގަތެވެ.”އޯހ ހީކުރި ރީހު ލޯބިވެރިޔާ ކަމަށް.” އެލީޒާ ބޯ ކަހާލިއެވެ.”ނޯ ހަހަ މީހުން ކިޔާނެ މީ ކަޕްލް އޭ ވެސް ބަޓް އެ ފޮނި އައިޝަތު ރީޝަމް އަކީ މަގޭ މޮޔަ ކޮއްކޮގަނޑު..”
★★★
ރީޝަމް އިނީ ޚިޔާލަކަށް ގެއްލިފައިވެ.”ހާއި..” ސިހިފައި ރީޝަމް ބަލާލީ ކުރިމަތިން އިވުނު އަޑަށެވެ.”ހެއި؟؟..” ރީޝަމް ބަލާލި އިރު ކުރިމަތީގައި ހުރީ އެއްކަލަ ދުވަހު ވިއްސާރަ ވެހުން ގަޑީ ދިމާވި ޒުވާނާއެވެ.”ކޮންކަމަކާ ތި ވިސްނަނީ؟؟..” އެޒުވާނާ ރީޝަމް ކައިރީގައި އިށީނެވެ. އޭރު ޕާކް ތެރޭގައި އެކި އުމުރުގެ ކުދިން ދުވާތަން ފެނެއެވެ.”ވިސްނާނެ ކަންތައް ހުންނާނެތާ ދޯ..” ހީލަމުން ރީޝަމް ޖަވާބު ދިނެވެ.”އޯހ ބައި ދަ ވޭ އައިމް މާއިލް.. ކީއްކޮށްލަނީ މިތާ؟؟..” މާއިލް އެއްސެވެ.”އޯހ.. ރީޝަމް ކިޔަނީ.. ކޮއްކޮއެއް ގޮވައިގެން މިތަނަށް އައިސް މީނީ..” ރީޝަމް މާއިލް އާއި ދިމަ ބަލާލިއެވެ.”އޯހ އޯކޭ.. ފްރެންޑްސް؟؟..” މާއިލް ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ.”ރީޝަމް!..” ރީޝަމް ސިހުނީ މީހަކު ގޮވާލުމުންނެވެ.”ދައްތަ ބުނަމެއްނު ނުދަންނަ މީހުންނާ ވާހަކަ ނުދައްކާށޭ ރީޝް.. މާހީ.. އާދޭ ގެއަށް ދާން..” އެމީހާ ރީޝަމް އާއި ދިމާއަށް ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނެފައި ކުޅެން ތިބި ކުދިންތަކު ތެރެއިން ކުއްޖަކާ މުޚާތަބު ކުރިއެވެ.”ދައްތާ..” ރީޝަމް ކޮޅަށް ތެދުވި އެވެ. މާއިލް ހިތްހަމަ ނުޖެހިފައި އެމީހާއަށް ބަލާލިއެވެ.”އެ ކާކު ރީޝް..” މާއިލްއަށް ފާޑަކަށް ބަލަން ހުރެފައި އާނިޔާ ރީޝަމް ކައިރި އަހާލިއެވެ.”ދައްތާ އެއީ މާއިލް..” ރީޝަމް ހިނިތުންވަމުން ޖަވާބު ދިނެވެ.”އެހެންތަ..” އާނީޔާ އިރުކޮޅަކު ބަލަން ހުރެފައި ހިނިތުންވެލިއެވެ.”ހިނގާ ގެއަށް ދާން..” މާހީގެ އަތުގައި ހިފައިގެން އާނީޔާ ހިނގައިގަތެވެ. ބޯ ޖަހާލާފައި ރީޝަމް ހިނގައި ގަތެވެ.
އާނީޔާ އަށް ވިސްނެމުން ދިޔައީ ދެންމެ ވީ ކަންތަކާއި މެދުއެވެ. ސިކުނޑި އަށް ބާރުވަމުން ދިޔަ އިރު އާނިޔާ ކަންބޮޑުވުމުން ދިޔައީ އެންމެ ކަމަކާ މެދުއެވެ. ރީޝަމްއަށް ކިހާ ސަމާލުކަން ދޭންޖެހޭނެކަން އާނިޔާ އޮޅިފައެއް ނެތެވެ.”ދައްތާ ކީއްވެ ރުޅި އައީ ދެންމެ..” އާނިޔާ ވިސްނަމުން ދަނިކޮށް ރީޝަމް ވާހަކަ ދެއްކިއެވެ.”ރީޝް އަށް ވެސް އިނގޭނެ ދައްތަ ރީޝް ދެކެ ކިހާ ލޯބިވާކަން.. ދައްތަ ރީޝްއަށް ގެއްލުމެއް ވާން ބޭނުން ނުވާނެކަން.. ނުދަންނަ މީހުންނާ ވާހަކަ ދެއްކުމަކީ ދައްތަ އެއްވެސް ގޮތަކަށް ހިތްހަމަ ޖެހޭނެ ކަމެއް ނޫން ރީޝް.. އަދި އެ ވެސް ފިރިހެން ކުއްޖަކާ..ރީޝް އިންނަން ބޭނުންވާ ކުއްޖަކު އެބަ ހުރިތަ އަނެއްކާ؟؟..” އާނީޔާ ވާހަކަ ދެއްކިއެވެ.”ލައްބަ އިނގޭ.. ނޫން އަދި ނެތް.. އެކަން މާއިލް އެހީ ހަމަ އެކަނި ފްރެންޑް އަކަށް ވާން.. ހިއެއް ނުވޭ އާއި ގޯސް ކުއްޖެއް ހެންނެއް..” ރީޝަމް އާނިޔާ އާއި ދިމަ ބަލާލިއެވެ.”ރީޝަމް ބަލައިގެން އުޅޭތި އެކުވެރިން ހޯދިޔަސް..” އާނިޔާ ލޯބިން އެހެން ބުނެލުމަށްފަހު ކުރިމަތީގައި ހުރި އޭނާގެ ގެއަށް ވަނެވެ. ރީޝަމް ވެސް އާނިޔާ ފަހަތުން ވަނެވެ.
– ނުނިމޭ –
6 Comments!
Comments are closed.
alheyyyy……..
ITS FINALLLLYYYYYYYYY HEREEEEEEEEEE…..
im so exxcited ….
vrh vrh vrh vrh vrh ryyyyytttthiiiiiiiiiiiiiiiiiiiiiiiiiiiiiiiii
cant wait to read the next part
kon irakun up kohdheyny ?????
i will be waiting ingey
lysm..tvgc
Masha Allah ❤️❤️❤️
Hey sis, mi prt vxx hama vv rythi, V thafaathu… When’s the nxt? ☺️???
Lysssssssm.. Miss u ? ???
wowww❤️❤️❤️❤️v reethi mi prt❤️keep it up ❤️when will be next part released ❤️
can you tell which days story will be released ?
Mi vaahaka vrh reethi vaane hen heevey next part kiyaalan lipeyni konirakun ba
????