ޔަމްހާ ނިޝްކާ ކައިރީގައި އެނދުގައި ބާއްވާފައި ނުކްޝާން ވެސް އެމީހުން ކައިރީގައި އޮށޯތެވެ. ވިސްނެންފެށީ ޔަމްހާ ދެއްކި ވާހަކަ ތަކެވެ. ނުކްޝާން ހީކޮށްގެން ހުރީ ޔަމްހާ ވަރަށް ރަނގަޅު ކަމަށެވެ. އެއްވެސް ގޯސް ކަމެއް ނުކުރޭ ކަމަށެވެ. ބައެއް ފަހަރު ހީކުރާހާ ކަމެއް ޔަޤީން ނުވެދާނެއެވެ. ޔަމްހާއާއި މެދުގައި ހިތްހަމަ ނުޖެހުނަސް އެ ހިތުގައި ޔަމްހާއަށްޓަކާ ވި ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ނުކްޝާންއަށް ނިދިފައި އޮތް ޔަމްހާ އާއި ދިމާއަށް ބަލާލެވުނެވެ. އެހާ ފުރިހަމަ ދެވަނަ ސޫރައެއް މި ދުނިޔޭން ވެސް ނުކްޝާން އަށް ފެނުމަކީ ނާދިރު ކަމެކެވެ. ނުވަތަ ފެނުނަސް ލޯބި ވުމަކީ ދުވަހަކު ވެސް ވާނޭ ކަމެއް ނޫނެވެ. ނުކްޝާން ބަލަން އޮއްވައި ޔަމްހާ މަޑުމަޑުން ދެލޯ ހުޅުވާލާފައި ބޮލުގައި އަތް އަޅާލިއެވެ. ޔަމްހާއަށް ވީ ގޮތް ފެނިފައި ނުކްޝާން އަށް ބަލަހައްޓައިގެން ހުރެވުނެވެ.”ނުކް..” ނުކްޝާން ފެނުމުން ޔަމްހާގެ ހަރަކާތްތައް ލަސްވިއެވެ.

**37 ވަނަ ޕާޓު**

ޔަމްހާދެކެ ހިތްހަމަ ނުޖެހިފައި ވާކަން ނުކްޝާން އަށް ހިތް ހަދާންކޮށްދިނުމުން ނުކްޝާން އަށް ބަހެއް ބުނެ ނުލާ ކޮޓަރިން ނިކުންނަން ދެވުނެވެ.”ނުކް ރުޅި އައިސްގެންތަ؟؟..” ނިކުންނަން ނެގި ފިޔަވަޅާއެކު ޔަމްހާ އަހާލިއެވެ. ބުނާނެ އެއްޗެއް ނުކްޝާންގެ ސިކުނޑި އަކަށް ނައެވެ. ފަހަތަށް ބަލާ ވެސް ނުލައި ނުކްޝާން ނުކުމެގެން ދިޔަ ގޮތުން ޔަމްހާއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ. އެވަގުތު ހަނދާންވީ ޔޫޝައުގެ އަތުގައި ހުރީ އޭނާގެ ފޮޓޯ ތަކެވެ. ޔޫޝައު ބޭނުންވާ ގޮތެއް ނުވިއްޔާ އެ ފޮޓޯތައްް ލީކް ކޮށްލާނަމޭ ބުނި އިރެވެ. ކުއްލިއަކަށް ތެދުވަން އުޅުން ގަޑީގައި ނިޝްކާ ޔަމްހާގެ އަތުގައި ހިފެހެއްޓިއެވެ.”މަންމި ނުދޭ.. ނިޝް އެކަނި ވާނެ.. ޝައު ދޮންބެ ނިޝް ގެންދާނެ.” ނިޝްކާ ރޮމުން ޔަމްހާ ކައިރީގައި އާދޭސް ކުރިއެވެ. ދޮރާއި ދިމާއަށް ބަލާލަމުން ޔަމްހާ ނިޝްކާ ކައިރީގައި އިށީނެވެ. ނިޝްކާ ގޮވައިގެން ޔޫޝައު ކައިރިއަށް ދާން ހިތަށްއެރި ނަމަވެސް ނިޝްކާ ރޯންފަށާނެތީ ޔަމްހާއަށް މަޖުބޫރުވީ މަޑުކުރަންށެވެ.

ނުކްޝާން ބޭރަށް ނިކުތް އިރު ޔޫޝައު ގެއިން ނިކުންނަނީއެވެ. ނުކްޝާން ބަލާނުލި ތާނގައި ވާހަކަ އެއްވެސް ނުދެއްކިއެވެ. ފާޑަކަށް ބަލަމުން ޔޫޝައު ގެއިން ނުކުމެގެން ދިޔައެވެ. އެގަޑީގައި ހާސް ވެފައިވާވަރުން ލަމާންއަށް ގުޅަން ވެސް ނުކްޝާން ހަނދާން ނެތުނެވެ.”ނުކް ކޮބާ ނިޝް..” ނަވްޔާ ޒިއަން އުރައިގެން އައިސް އެ ގެއާއި އަރާ ހަމަކުރިއެވެ.”އެތެރޭގަ..” ނުކްޝާން ޖަވާބު ދިނީ ދުރަށް ނަޒަރު ހުއްޓާލަމުންނެވެ.”ކިހިނެއްވެފަ ތީނީ..” ޒިއަން ބިންމަތީގައި ބަހައްޓާލަމުން ނަވްޔާ ނުކްޝާންގެ ކައިރީގައި އިށީނެވެ.”ކަމެއް ނުވޭ..” ނުކްޝާން ކުރުކޮށް ޖަވާބު ދިނެވެ.”ބުނަން ބޭނުން ނުވަނީ ދޯ.. އެންމެ ރަނގަޅު..” ފުން ނޭވާއެއް ލާފައި ނަވްޔާ ގޭތެރެއަށް ވަނެވެ. ނީކިޔާ ނިކުތީ އެވަގުތެވެ.”ނުކް ކީއްވެ ޔަމް ދެކެ ރުޅި އައިސްގެން ތިއުޅެނީ..” ނުކްޝާން ފެނުމުން ނީކިޔާ ނުކްޝާން ކައިރީގައި އިށީނެވެ.”ކަމެއް ނުވެއޭ..” ފޫހި ރާގަކަށް ނުކްޝާން ޖަވާބު ދިނެވެ.

ނަވްޔާ މެން އައިސްފައި ދިއުމުން ނުކްޝާން އަލުން ކޮޓަރިއަށް ވަނެވެ.”ނުކް ވާހަކަ އެއް ބުނަންތަ؟؟..” ހިތްވަރު ކޮށްފައި ހަމަހިމޭންކަން ޔަމްހާ ނަގާލިއެވެ. ނުކްޝާން ބޯ ޖަހާލިއެވެ.”ޔޫ.. ޔޫޝައު ކޮބާ؟؟..” ޔަމްހާ އެހިއެވެ.”އޭނަ ގޮއްސި..” ނުކްޝާން ބުންޏެވެ.”ކޮން އިރަކު ދިޔައީ..؟؟..” ޔަމްހާ ދެލޯ ބޮޑުވިއެވެ.”އިރުކޮޅެއް ކުރިން ދިޔައީ..” ނުކްޝާން ޖަވާބު ދިނުމުން ޔަމްހާ މާޔޫސްވިއެވެ. އެ ފޮޓޯތައް މުޅި ދުނިޔެއަށް ޔޫޝައު ހާމަ ކުރާނެއެވެ. އޭރުން މީހުން އޭނާއަށް ހާދަ މަލާމާތެއް ކުރާނެއެވެ. އެކަމާ ހެދި ނުކްޝާން އޭނާއާއި ވަކި ވެއްޖެޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟

ލޯންޗަށް އަރަން އުޅެނިކޮށް ޔޫޝައުގެ އަތުން ފޯނު މޫދަށް ވެއްޓުނެވެ.”އޯހ ޝިޓް..” ޔޫޝައު ހާސްވިއެވެ. ޔަމްހާގެ ފޮޓޯތަކާއި އެހެނިހެން މުހިންމު އެއްޗެހި ވެސް އެ ފޯނުގައި ހުންނާނެއެވެ. ވިސްނާނުލެވެނީސް ލޯންޗް ނައްޓާލައިފިއެވެ.”މިޖެހުނީ އަނެއް ކަންތައް..” ބޮލުގައި އެއް އަތުން ޖަހާލަމުން ޔޫޝައު އިށީނެވެ. ބްލެކްމެއިލް ކުރާކަށް ވަކި ޚާއްސަ އެއްޗެއް ދެން ނެތެވެ. ހިތަށް އައިހާ ނުބައި އެއްޗެއް އަމިއްލަ ނަފްސަށް ކިޔަމުން ޔޫޝައު ދެލޯ މަރާލިއެވެ.

ހަވީރު ގަޑީގައި ނުކްޝާން ޔަމްހާ ނުލައި ބޭރަށް ނިކުތެވެ. އޭރު ލަމާން ބޭރުގައި އިނެވެ. މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެންމެ ނީކީޔާ ނުކުމެގެން އޭނައަށް ބަލާ ވެސް ނުލާ ދިޔުމުން ލަމާން ދެރަވިއެވެ.”ކޮންކަމެއް ލައިގަތީ މިހާރު؟؟..” ލަމާން އިންގޮތް ފެނިފައި ނުކްޝާން އެއްބުމަ އަރުވާލިއެވެ.”ކީއްވެ އޭނަ މަ ދެކެ ހިތްހަމަ ނުޖެހެނީ؟؟..” ޚިޔާލަކަށް ގެއްލިފައި އިނދެ ލަމާންއަށް ނޭނގިގެން އެހުނެވެ.”ކޮންޗެކޭ..” ނުކްޝާން އަށް ކިޔާއެއްޗެއް ނޭނގުނެވެ.”އޭނަ މަ ދެކެ ރުޅި އާދޭ ދޯ.. އަހަރެން ކީއްކުރީތަ އޭނާ ރުޅި އަންނަން.. އެއްވެސް ކުށެއް ނުކުރަން އަދި އިނގިގެންނެއް..” ފެންކަޅި ވަމުން ލަމާން ކިޔަންފެށިއެވެ.”އޭ ހަމައިގަތަ ތީނީ؟؟..” ނުކްޝާން ދެލޯ ހަނިކޮށްލަމުން ލަމާން ކޮނޑުގައި ޖެހިއެވެ.”ކީކޭ ނުކް؟؟..” ދެފަހަރަކު ލޯ މަރާލާފައި ހުޅުވާލަމުން ލަމާން ނުކްޝާން އާއި ދިމަ ބަލާލިއެވެ.”ކާކު ވާހަކަ އެއް ތި ދެއްކީ؟؟.. މަށަށް ކަމެއް ފޮރުވަން ދޯ އެބަ؟..” ނުކްޝާން އެހިއެވެ.”މަ ކީކޭތަ ކީ؟؟..” ލަމާން ބޯ ކަހާލިއެވެ.”ކޮންމެސް މީހަކު ލައްމު ދެކެ ރުޅި އަންނަނީއޯ ހިތްހަމަ ނުޖެހެއޯ ކޮން ކުށެއް ކުރީ ހެއްޔޯ ކިޔައިގެން ތި ކީނުން.. ކާކުތަ އަނެއްކާ؟؟..” ނުކްޝާން ބުންޏެވެ. ވަގުތުން ލަމާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

“ކަމެއް ނުފޯރުވާ ކިޔާދީބަލަ..” ލަމާން ދެރަވުމުން ނުކްޝާން ސީރިއަސްކަމާއެކީ އެދުނެވެ.”އެ ދެން އަޅާ ނުލާ.. ކީއްކުރަންތަ އަސްލު މިތަނަށް މި އައީ..” ލަމާން ހިންދިރުވާލިއެވެ.”ބުނެބަލަ ލައްމު.. މަށަށް ފޮރުވަން އެހާ ބޮޑު ކަމެއް އޮތީތަ ހަމަ؟؟..” ނުކްޝާން އަނެއްކާ ވެސް އެދުނެވެ. ފުން ނޭވާއެއް ލާފައި ލަމާން ދުރަށް ނަޒަރު ހުއްޓާލިއެވެ.”ނުކްޝާން ޕްރޮމިސް ކުރޭ ހަމަ އެކަކު ކައިރީ ނުބުނާނެ ކަމަށް..” ލަމާންގެ އަޑު މަޑުވިއެވެ.”ހްމްމް ޕްރޮމިސްއޭ.. ދެން ބުނެބަލަ..” ޝައުގުވެރިވާންފެށުމުން ނުކްޝާން ކެތްތެރިކަން ކުޑަވިއެވެ.”އަހަރެން.. ކުއްޖަކު ކައިރީ މެރީކުރަން އެހީން މީގެ ތިން އަހަރު ކުރިން..” ލަމާން ދަތްޕިލަ ފިއްތާ ބާރުކޮށްލިއެވެ.”އޯހ މައި ގޯޑް.. ނުވެސް ބުނަމެއްނު.. ކާކުތަ އެއީ؟؟ ކީއްވެ ނުބުނީ؟؟ އަންހެން ކުއްޖެއް ނުގެންގުޅެމޭ ކިޔައިގެން ގަތް ގަނޑު ބަލާބަލަ.. އަދިވެސް މެރީ ނުކުރަންތަ؟؟.. ބުނެބަލަ އެއީ ކާކު؟؟..” ނުކްޝާން ދެލޯ ބޮޑުވިއެވެ.”ހަމަޖެހިބަލަ ނުކްޝާން.. އޭނަ ނޯއޭ ބުނީ..” އެވަގުތު ނީކިޔާ އޭނަ ބޮލުގައި އެޅުވި ދޮގު އިލްޒާމްތައް ހަނދާންވިއެވެ. ލަމާން ދެލޯ މަރާލީ ރޮވެން އުޅޭހެން ހީވުމުންނެވެ.

“ކީއްވެ؟؟.. ކާކުތަ އެއީ؟؟..” ނުކްޝާން އަޑުގައި ހުރީ ފޯރި ނެތިދިޔައެވެ.”ނޭނގެ ކީއްވެ ކަމެއް.. އެއީ އަދި މިހާތަނަށް އެންމެ ލޯބިވި ކުއްޖާ.. މަށަކަށް ނޭނގެ ކީއްވެ ކެމެއް އެއްބަސް ނުވީކީ.. އަހަރެމެން ދެމީހުން ކުރީގަ ވެސް ވަރަށް ގާތްކޮށް އުޅުން.. އޭނަ އުޅޭ ގޮތުން ހީވޭ އޭނާވެސް މަ ދެކެ ލައިކް ވާހެން.. އެކަމް މިހާރު އިނގޭ އެއީ ހުސް ކުށްހީކަން.. ކުރިމަތިން ދާއިރުވެސް ބަލާ ނުލާ ދަނީ..” ލަމާން ފެންކަޅިވިއެވެ.”ކީއްވެ މަ ކައިރީ ނުބުނެ ހުރީ.. ބުނި ނަމަ ހެލްޕެއް ވެސް ވާން އިނގޭނީ.. އެކުއްޖާގެ ނަން ބުނެބަލަ..” ނުކްޝާން އެކުވެރިޔާއަށްޓަކައި ހިތާމަކުރިއެވެ.”ޔަޤީން ރުޅި ނާންނާނެ ކަމަށް؟؟..” ލަމާން ކުރެހިފައި ވާ އަޑަކުން އެހިއެވެ.”ހްމްމް ޔަޤީން ކުރޭ..” އަލަށް ލަމާން ރޮވެން ކައިރިވެފައި ހުރިތަން ފެނުމުން ނުކްޝާން ހިތަށް ވެސް އަސަރު ކުރިއެވެ.”ނީ..ނީކިޔާ..” ލަމާންގެ ޖަވާބުން ނުކްޝާން އަނގަ ހުޅުވުނެވެ.”އޯހ.. ކީއްވެ ރުޅި އަންނަންވީ.. ލޯތްބަކީ ގަސްތުގައި ވެވޭ އެއްޗެއް ނޫނެއްނު.. އެއީ ވަކި ލަމާންގެ ކުށެއް ނޫނޭ.. މަ ވާހަކަ ދައްކާނަން ނީކްއާ.. ލައްމު ހާސް ނުވާތި..” ނުކްޝާން ހިނިތުންވަމުން ލަމާންގެ ކޮނޑުގައި ޖަހާލިއެވެ. ނުކްޝާން ކައިރީ ބުނެވުންކަން އެއީ ނަސީބެކޭ އެވަގުތު ލަމާން ހިތަށް އެރިއެވެ.

އެރޭ ނުކްޝާން އިނީ ނީކިޔާގެ އިންތިޒާރުގައެވެ.”ނީކް.. ވާހަކަ އެއް އަހާލިޔަސް އެންމެ ރަނގަޅުތަ؟..” ނީކިޔާ ގެއަށް ވަނުމާއިއެކު ނުކްޝާން އެހިއެވެ. އާނއެކޭ ބުނެފައި ނުކްޝާން ކައިރީގައި ނީކިޔާ އެހިއެވެ.”ހޫ އިޒް ޔުއަރ ކްރަޝް..” ނުކްޝާން ސީދާ ނީކީޔާގެ މޫނަށް ބަލަން ހުރެ އެހިއެވެ. އެ ސުވާލު އެހިކަމެއް ނޭނގި ނީކިޔާގެ ހިތަށް އައީ ލަމާންގެ ސޫރައެވެ.”އޫހ ނުހުރޭ ކްރަޝް އެއް..” އިރުކޮޅަކު ވިސްނަން އިނދެފައި ނީކިޔާ ޖަވާބުދިނެވެ.”ހުސް ދޮގު.. ކޮބާ އެއްކަލަ މާނު.. އޭނަ އެއީ ނީކްގެ ކްރަޝްއޭ ބުނި ހަނދާނެއްވޭ އެބަ..” ނުކްޝާން ދެލޯ ހަނިކޮށްލިއެވެ. ނީކިޔާގެ އަނގައިގައި ތަޅެއް އެޅުވުނު ފަދައެވެ. ދޮގު ފޫބައްދަން އިތުރު މޮޅު ދޮގެއް ނީކިޔާ ސިކުނޑި އަކަށް ނައެވެ.”ފައިން.. އެއީ އަހަރެންގެ ކްރަޝް އަކީ..” މޫނު ކުނިކޮށްލަމުން ނީކިޔާ ދުރު ބަލާލިއެވެ.”ދެން ކީއްވެ އޭނައާ ރައްޓެހި ނުވަނީ؟؟..” ނުކްޝާން ވިސްނަމުން އެހިއެވެ.”އޭނައަކީ ވަރަށް ގޯސް މީހެކޭ ކުއްޖަކު ބުނީ.. އެކަމުގެ ދެތިން ހެއްކެއް ވެސް ފެނުން.. އެހެންވެ..” ދެން ދޮގު ހަދާކަށް ނީކިޔާ ނޫޅުނެވެ.”އޭނަ އަންހެން ކުދިން ގެންގުޅެނީ ކުޅޭ ކުޅޭ އެއްޗެއްގެ ގޮތުގަ.. އެހެންވެ ފާޅުގައި އިންކާރުކުރީ..” ނުކްޝާން ބަލަން އިނުމުން ނީކިޔާ އިތުރަށް ކިޔާދިނެވެ. ނުކްޝާން މާޔޫސް ވާގޮތް ވިއެވެ. ލަމާން އަކީ އެކަހަލަ މީހެއް ނޫނެވެ. އުމުރުގެ މިހާތަނަށް އައި އިރުވެސް ލޯބިވި ކުއްޖަކީ ނުވަތަ ރައްޓެހިވާން އެހި މީހަކީ ނީކިޔާ އެކަންޏެވެ. އެހެންކަމުން އެ ބުނާ މާނު އަކީ ލަމާން އަށް ނުވެދާނެ ކަމުގެ ބިރު ނުކްޝާންގެ ހިތުގައި ބޮޑުވަމުން ދިޔައެވެ.

“ކާކު ބުނީ އެއީ ގޯސް މީހެކޭ..” ނުކްޝާން ސުވާލު ކޮށްލިއެވެ.”ސުދާ.. އޭނަ ބުންޏަސް ތެދު ވާނީ ތެދަށް.. ކަލޭމެން އެންމެން ހީކުރަނީ ސުދާ ދައްކާނީ ދޮގު ވާހަކަ ތަކޭ ދޯ.. އެކަމް ސުދާ އެއް ނޫނޭ މިފަހަރު އެޑިޓް ކޮށްގެން މަގޭ ކުރިމަތީ ދެއްކީއެއް.. ހަމަ ސީދާ އެކުއްޖާ.. އޭނައާ ވީޑިއޯ ކޯލް ކޮށްގެން ހުއްޓާ ވެސް އެކަހަލަ ކަމަކަށް ޝައްކުވި.. އަނެއްކޮޅުން އޭނަ ކޮއްކޮ ވެސް ބުނި އަންހެން ކުދިން އުޑުން އޮހެއޭ.. ދެން އަހަރެން ކީއްވެ ޤަބޫލު ނުކޮށް ހުންނަންވީ؟؟..” ނީކިޔާ އަށް ރޮވުނެވެ. ނުކްޝާން މާޔޫސްވިއެވެ. އެ ކިޔާ ހަމަ އެއްސިފައެއް ލަމާން ކިބަޔަކު ނުހުންނާނެއެވެ.”ނީކް ދެން އަޅާ ނުލާބަލަ.. މަ ހަމައެކަނި އަހާލީއޭ..” ނުކްޝާން ނީކިޔާ ހިތްހަމަ ޖައްސާލަން ބުންޏެވެ.”ކީއްކުރަން އެހީ؟؟..” ތުން ދަމާލާފައި ނީކިޔާ ކޮޓަރިއަށް ވަނެވެ. އެހެންވީމާ އެއީ ލަމާންއެއް ނޫންތާއެވެ. ލަމާން ކައިރީ މިވާހަކަ ބުނުމުން ވާނެ ގޮތަކާއި މެދު ނުކްޝާން ވިސްނެން ފެށިއެވެ. ކޮންމެ ގޮތެއް ވިޔަސް ލަމާން އެހާ ދެރަ ވާނީ ސަބަބަކާ ނުލައެއް ނޫނެވެ. އޭގެން ވެސް ނީކިޔާދެކެ ވާ ލޯބި ނުކްޝާންއަށް އިހުސާސް ކުރެވެން ފެށިއެވެ.

އަނެއް ދުވަހު ނުކްޝާން ލަމާން އާއި ކުރިމަތިލާން ދިޔައީ މާޔޫސް ވެގެންނެވެ.”ލައްމު އައި ޓްރައިޑް.. އޭނަ ލައިކް ވާ ކުއްޖާ ހުންނަ ސިފަތަކަކީ ލައްމުގެ ކިބައިން ދުވަހަކު ވެސް ނުފެންނާނެ ކަހަލަ ސިފަތަކެއް.. ވަރަށް ބޮޑަށް ސޮރީ.. އިންޝާ ﷲ އަދި ރަނގަޅު ކުއްޖަކު ލައްމު ދިރިއުޅުމަށް އަންނާނެ..” ނުކްޝާން ލަމާންގެ ކޮނޑުގައި ޖަހާލިއެވެ.”އެ އޯކޭ ވާނެ.. އޭނައަށް ވެސް ރަނގަޅު ކުއްޖަކު ލިބޭނެ.. މަށަށް ވުރެ ބޮޑަށް ލޯބިވާނެ މީހަކު ވާނެ.. އިރާދަކުރެއްވިޔާ ނީކިޔާ ކުރިއަށް އޮތް ތަނުގައި އުޅޭނީ އުފަލުގައި.. ނީކިޔާ އުފަލުގައި ހުރިއްޔާ މަށަށް މައްސަލައެއް ނެތް..” ކައިރީގައި މާތަކާއި ކުޅެން އިން ނިޝްކާގެ ކޮލުގައި ލަމާން ހިފާލިއެވެ.”ހޫމް ދެން އޯކޭ.. ކޮބާތަ ޔަމް.. އޭނަ ހާދަ ނުފެނެއޭ..” ލަމާން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.”ގޭގަ ދޯ ވާނީ.. އެ ނުން ކޮންތާކު..” ނުކްޝާން ޖަވާބު ދިނެވެ.”އިނގެއޭ ތިކަން.. މިބުނީ ޔަމް ނުލާ ބޭރަށް ފިޔަވަޅެއް އަޅާނުލާ މީހެކޭ ތީ މިހާރު ނިޝް އެކަނި ގޮވައިގެން ތި އުޅެނީ..” ލަމާން ނިޝްކާ އާއި ދިމަ ބަލާލިއެވެ. ލަމާން ބުނި އެތި ނިޝްކާގެ ކުޑަ ސިކުނޑިއަށް ކުޑަކޮށް ނަގައިގަނެވުނެވެ.

“ޑެޑީ މަންމި އާ ޓޯކް ނުކުރެ މިހާރު.. މަންމި އަބަދު ދެރަ ވެފަ އިންނަނީ.. މަންމި ތޯކް ކުރިޔަސް ޑެޑީ ނުކުރެ.. އެހެންވެ މަންމި ރޮނީ..ޑެ..” ނިޝްކާ ކިޔާދޭން ފެށުމުން ނުކްޝާން ނިޝްކާ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.”އެ ދޮގު ދޯ ދޫނި..” ނުކްޝާން ނިޝްކާގެ ނޭފަތުގައި ކޮއްޓާލިއެވެ.”ނޯ ޑެޑީ ދޮގު ހަދަނި..” ނިޝްކާ ދެރަވިއެވެ.”ނުކް މޮޔަ ވާހަކަ ނުދައްކާ.. އެކުއްޖާއަށް އަދި ދޮގު ހަދާކަށް ނޭނގޭނެއޭ.. ކީއްވެ ޔަމްއާ ވާހަކަ ނުދައްކަނީ..” ނުކްޝާން އާއި ދިމާއަށް ލަމާން ބަލާލިއެވެ.”ކަމެއް ނުވޭ..” ނުކްޝާންގެ ޖަވާބު ލަމާން އަށް ކަމަކު ނުދިޔަ އެވެ.”ތި ސިކުނޑި މޮޔަ ވީ ދޯ މިހާރު.. ނުކް ބުނެބަލަ.. ކަމެއް ގޯސްކޮށް ދިޔަޔަސް އަނގައިން ނުބުނެ ހުރެގެން އެކަން ހައްލެއް ނުވާނެ..” ލަމާން ނުކްޝާންގެ ކޮނޑުގައި ޖަހާލިއެވެ.”ލައްމުއަށް އިނގޭދޯ މަ އޭނަދެކެ ލޯބިވީއިރުވެސް އިތުބާރު ކުރާ ވަރު.. އެކަމް ނިޝް ކިޑްނެޕް ކޮށްގެން ގެންދިޔަ ފަހުން އިނގުނީ ޔަމްހާ އަކީ ކިހާ ނުލަފާ މީހެއްކަން.. އޭނަ މާޒީގަ ކޮށްފަ ހުރި ކަންތަކުން މަ އޭނާ ދެކެ ފޫހިވެއްޖެ.. ލޯބި ވެސް ވޭ..” ނުކްޝާންގެ އިޙްސާސް ތައް ނުހިފެއްޓުނެވެ.

“އޭނަ ކީއްކުރީ؟؟..” ލަމާން ޝައުޤުވެރިވިއެވެ.”މިގެއަށް އައި ޔޫޝައު އަސްލު އުޅެނީ ބަދަލު ހިފަން ވެގެން ޔަމްހާގެ ކިބައިން.. އެހެންވެ ނިޝްކާ ފޮރުވީ ވެސް.. ޔަމްހާ އޭނަގެ ބޭބެ މަރުވާން އުޅެނިކޮށް ވެސް ބަލަން ހުރީ އިތުރު ކަމެއް ނުކޮށް.. އޭނަގެ އަންހެން ކޮއްކޮ ބޮޑު ފިރިހެނުންތަކެއްގެ ތެރެއަށް ރޭޕް ކުރަން ދޫކޮށްފަ އެވަރުން ނުފުދިގެން އެކުއްޖާ ފުރި ފްލައިޓް ގޮށްވާލާ އެކުއްޖާ މަރާލީ.. ޔޫޝައުމެން އާއިލާ ވަކި ވެސް ކުރި.. އޭނަ މަންމަ ވީތަނެއް ނޭނގޭ އަދި ހަމަ އެކަކަށް..” ޔަމްހާ ކިޔައިދިން ވާހަކަތައް ނުކްޝާން ލަމާންއަށް ކިޔާދިނެވެ.”ސުބުހާނަﷲ….” ލަމާން އަނގަ ހުޅުވުނެވެ.”އިނގެއޭ.. އޭނަ ކިޔާ މިހާރު އެކަމާ ހިތާމަ ކުރެއޭވެސް.. މަ ޤަބޫލެއް ނުކުރާނަން..” ނުކްޝާން އަތް މުއްކަވާލިއެވެ.”ހަމަ ޖެހިބަލަ ނުކް.. އޭނަ ދެރަވެއޭ ބުނީއެއްނު އެ.. އޭނަ ނުލަފާ ވިއްޔަ މިހާރު އަމިއްލަ ދަރިއާ ނުކް ވެސް މަރާލީހެއްނު..” އެ ގުޅުން ރަނގަޅު ކުރުމަށް ލަމާން ވިސްނުނު އެއްޗެއް ބުންޏެވެ. ނުކްޝާން އެއްޗެއް ނުބުނެ އިނެވެ. ފެށުން އިރު ހުރި ދުރުމިން އަނެއްކާ ވެސް ޔަމްހާ އާއި ދެމެދު ހުންނަން ޖެހުމުން ނުކްޝާންގެ ހިތަށް ބައެއްފަހަރު އުނދަގޫ ވެއެވެ.

“ނުކް ވިސްނާލަބަލަ.. އޭނަ އެ ކިޔާދިނީ ރަނގަޅު ވީމައެއްނޫންތަ.. އެހެން ނޫންނަމަ އޭނަ އަދިވެސް އެކަން ސިއްރު ކޮށްގެން އުޅުނީހެއްނު.. ޔަމް ދުވަހަކު ވެސް ނުކް ދެކެ ރުޅި އައިސްގެން ނުބަލާ.. ހަމްނާ އެހެން ހަދައިގެން އުޅުނީމަ ވެސް ޔަމްހާ ނުކްއަށް އިތުބާރު ކުރިނޫންތަ؟؟..” ހީވާ ހީވުމެއް ލަމާން ބުންޏެވެ. ނުކްޝާން އަށް ނޭނގޭ ސަބަބަކާހުރެ ލަމާން ދެއްކި ވާހަކަތައް ޤަބޫލު ކުރެވުނެވެ.”އެނީވޭސް މަށަށް ވަރަށް ޝައްކު ހަމްނާ އާ ސުދާ އާ އެއްގޮތަކަށް އުޅޭތީ.. ހަމްނާ އެ އުޅެނީ ސުދާ ވެސް ނުކްޝާން ގަޔަށް ނޭރިގެން އުޅޭ ގޮތަށް..” ލަމާން ދެންވެސް ވާހަކަ ދެއްކިއެވެ.”މަ މިހާރު ހަމްނާއާ ވާހަކައެއް ނުދައްކަން.. ތިބުނާހެން ހަމްނާ އަބަދު މަގޭ ގައިގަ އަތް ނުލެވިގެން އުޅެނީ..” ނުކްޝާން ރަނގަޅަށް ވިސްނާލިއެވެ.”ޑެޑީ ހިނގާ ގެއަށް..” ނިޝްކާ ގޮވާލުމުން ލަމާންމެންނަށް އިރުއޮއްސޭ ކަން އިނގުނެވެ.”މާދަމާ އަންނާތި އިނގޭ.. މާދަމާ ރޭގަނޑު ފްރީއެއް ނުވާނެ އެކްސްޓްރާ ކްލާސްތައް އޮންނާނެ..” ލަމާން ތެދުވެ ޖީބަށް އަތް ޖަހާލިއެވެ.”ހަވީރު އަންނާނީ..” ނުކްޝާން ނިޝްކާ އުރާލައިގެން ހިނގައިގަތެވެ.

“ހެއި ޔަމް.. ކޮބާތަ ޔޫޝައު..” ޔަމްހާ ނުކްޝާންމެންގެ އިންތިޒާރުގައި ހުއްޓާ ނީޝާ ގުޅިއެވެ.”ގޮސްފި ގެއިން.. ކީއްވެ ޔޫޝައު ހޯދަނީ..” ޔަމްހާ އެހިއެވެ.”ކޮންތާކަށް ދިޔައީ..” ނީޝާ ރުޅި އަންނަން ފެށިއެވެ.”ނޭނގެ..” ހައިރާންވެފައި ޔަމްހާ ބުންޏެވެ.”ގުޅަ ގުޅަ ފޯނެއް ނުނަގާ.. ޕިސް..” ނީޝާ ދަތްކުނޑި ވިކާލިއެވެ.”ނީޝާ؟؟..” ހާސްވެފައި ޔަމްހާ ގޮވާލިއެވެ.”ޔޫޝައު ވީތަން އިނގޭނެ.. ހަމަ ނުބުނަން ތިއުޅެނީ.. ބުނޭ ކޮންތާކު ވީ..” ނީޝާ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ނީޝާ އަކީ ކުދި ކުދި ކަންތަކާ ރުޅި އަންނަ ކުއްޖަކަށް ވާތީ ޔަމްހާއަށް އެކަންވީ އާދައިގެ ކަމަކަށެވެ.”ނީޝާ..އަ..” “ހުއްޓާބަލަ..ކޮބާ ހަމްނާމެން.. އެމީހުން ވެސް ކުޑަމިނުން ފޯނެއް ނުނަގައޭ.. ” ނީޝާ އަށް ހުރިހާ ވަރެއް ބޭލެނީ ޔަމްހާއަށެވެ. އެވަގުތު ނުކްޝާން ނިޝްކާ ގޮވައިގެން ވަދެގެން އައެވެ.”ބާއްވަނީ އިނގޭ..” ނުކްޝާން އާއި ވާހަކަ ދައްކާލަން ފުރުސަތެއް ހޯދަން ޔަމްހާ ބުންޏެވެ.”ނޯ..” ހަޅޭއްލަވައި ވަތްކެއް ބާރުކަމުން ނީޝާގެ އަޑު ފޯނުން ބޭރަށް ވެސް ދިޔައެވެ. ނުކްޝާން އިޝާރާތުން ކާކުހޭ އަހާލިއެވެ.”ނީ..ނީޝާ..” ފޯނު ކަނޑާލާފައި ޔަމްހާ ޖަވާބު ދިނެވެ.”ކީއްކުރަން އޭނަ ގުޅަނީ..” ނުކްޝާން އަށް ޔަމްހާ އާއި ވާހަކަ ދެއްކުނެވެ. ޔަމްހާ ހައިރާންވެފައި ނުކްޝާން އަށް ބަލާލިއެވެ.”ނޭނގެ..” އިސްދަށަށް ޖަހާލަމުން ޔަމްހާ ޖަވާބު ދިނެވެ.

“ނިޝް ޑެޑީ މި ދަނީ އިނގޭ.. ދޫނި ދޭ ކޮޓަރިއަށް..” ޔަމްހާ އާއި ވަކިން ވާހަކަ ދައްކާލަން ނުކްޝާން ނިޝްކާ ކައިރީގައި ބުންޏެވެ. ހީލަމުން ނިޝްކާ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.”ޔަމް އައިމް ސޮރީ ވާހަކަ ނުދައްކައި ހުރެވުނީމަ..” ނުކްޝާން ޔަމްހާގެ އަތްތިލައިގައި ހިފާލިއެވެ.”އިޓްސް އޯކޭ ނުކް.. ވާހަކައެއް ބުނަންތަ؟؟..” ނުކްޝާން އައުމުން ޔަމްހާގެ ހިތް އުފަލުން ނަށާލިއެވެ.”ހޫމް ބުނެބަލަ..” ކެތްތެރިކަމާ އެކު ނުކްޝާން ޔަމްހާއަށް ބަލާލިއެވެ.”ޔޫޝައު އަތުގަ އޮންނާނެ މަގޭ ފޮޓޯތައް..ހެދުން..ނުލާ..” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޔަމްހާ ބުންޏެވެ.”ނުކްޝާން އަޅާލީހެންނެއް ހިއެއް ނުވެއެވެ.”ޔަމް ހަމަޖެހިބަލަ.. ކުރިން ދުވަހު މަށާ ލައްމުއާ ބަނދަރުމަތީގައި ތިއްބަ ޔޫޝައު އަތުން އޭނާގެ ފޯނު ވެއްޓުންކަން އިނގޭ.. އެތަން ފެނުން.. އެ ފޯނުގަދޯ ވީ ހުރިހާ ފޮޓޯއެއް..” ނުކްޝާން ހިނިތުންވިއެވެ. ޔަމްހާއަށް ވީ އުފަލުން ނުކްޝާންގެ ގައިގައި ބައްދާލެވުނެވެ. އެވަގުތު ކޮޓަރިން ނިޝްކާ ރޮއިގަތްއަޑު އިވުނެވެ.
– ނުނިމޭ –

61

3 Comments

  1. Baby Devil

    November 30, 2021 at 12:38 pm

    Dear readers..
    Sorry for late uploading. Next is last part, nd sha Allah will upload soon! Hopefully day after tomorrow (Thursday/02 dec)
    <33

  2. Maisam Abdul Majeed

    November 30, 2021 at 4:06 pm

    luv all the parts of the story…. so realistic<333

  3. Eevss

    November 30, 2021 at 8:51 pm

    its ok baby devil .evess vedhaane kameh nun .waiting for the next part??soo curios😓

Comments are closed.