ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 38 (ފަހުބައި)
“ނިޝް ޑެޑީ މި ދަނީ އިނގޭ.. ދޫނި ދޭ ކޮޓަރިއަށް..” ޔަމްހާ އާއި ވަކިން ވާހަކަ ދައްކާލަން ނުކްޝާން ނިޝްކާ ކައިރީގައި ބުންޏެވެ. ހީލަމުން ނިޝްކާ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.”ޔަމް އައިމް ސޮރީ ވާހަކަ ނުދައްކައި ހުރެވުނީމަ..” ނުކްޝާން ޔަމްހާގެ އަތްތިލައިގައި ހިފާލިއެވެ.”އިޓްސް އޯކޭ ނުކް.. ވާހަކައެއް ބުނަންތަ؟؟..” ނުކްޝާން އައުމުން ޔަމްހާގެ ހިތް އުފަލުން ނަށާލިއެވެ.”ހޫމް ބުނެބަލަ..” ކެތްތެރިކަމާ އެކު ނުކްޝާން ޔަމްހާއަށް ބަލާލިއެވެ.”ޔޫޝައު އަތުގަ އޮންނާނެ މަގޭ ފޮޓޯތައް..ހެދުން..ނުލާ..” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޔަމްހާ ބުންޏެވެ.”ނުކްޝާން އަޅާލީހެންނެއް ހިއެއް ނުވެއެވެ.”ޔަމް ހަމަޖެހިބަލަ.. ކުރިން ދުވަހު މަށާ ލައްމުއާ ބަނދަރުމަތީގައި ތިއްބަ ޔޫޝައު އަތުން އޭނާގެ ފޯނު ވެއްޓުންކަން އިނގޭ.. އެތަން ފެނުން.. އެ ފޯނުގަދޯ ވީ ހުރިހާ ފޮޓޯއެއް..” ނުކްޝާން ހިނިތުންވިއެވެ. ޔަމްހާއަށް ވީ އުފަލުން ނުކްޝާންގެ ގައިގައި ބައްދާލެވުނެވެ. އެވަގުތު ކޮޓަރިން ނިޝްކާ ރޮއިގަތްއަޑު އިވުނެވެ.
**38 ވަނަ ޕާޓު**
ދެމީހުންނަށް އެކީ ކަހަލައިން ކޮޓަރިއަށް ދިޔައިރު ނިޝްކާ އޮތީ އެނދު ކައިރީގައި ވެއްޓިފައެވެ.”ދޫނީ..” ނުކްޝާން ދުވެފައިގޮސް ނިޝްކާ އުރާލިއިރުވެސް ރޮމުން ދިޔައެވެ. ކުރު އިސްތަށިކޮޅުގެ މަތިން ނިޝްކާގެ ބޮލުގައި ނުކްޝާން އަތް ކާއްތާލި އިރު ޔަމްހާ ކައިރީގައި ކަންބޮޑުވެފައި ހުއްޓެވެ.”ދޫނި ކައިރީ މަންމި ބުނަމެއްނު އެކަނި ބެޑްއަށް ނާރަށޭ..” ޔަމްހާ ހާސްވެފައި ބުންޏެވެ.”އެތެދެކޭ ނިޝް.. ދެން ހުއްޓާލާ.. އަނެއްކާ ހޮސްޕިޓަލަށް ދާން ޖެހިދާނެ..” ނިޝްކާ ހުއްޓުވާލުމުގެ ބޭނުމުގައި ނުކްޝާން ބުންޏެވެ.”އިންޗެގުޝަން ޖަހަންތަ؟؟..” ނިޝްކާ އަށް އިނގޭ ބަހަކުން އިންޖެކްޝަން އޭ ބުނީ ހުއްޓާލަމުންނެވެ.”ޖެހިދާނެ ޖަހަން ވެސް.. ރޯތީ ޑޮކްޓަރ ހީކުރާނީ ނިޝް ބަލިވީ ކަމަށްނު ދޯ..” އިތުރަށް ނިޝްކާ ހަމައަކަށް އެޅުވުމަށް ޔަމްހާ ވާހަކަ ދެއްކިއެވެ. އިންޖެކްޝަން ދެކެ ބިރުން ނިޝްކާ ރުއިން ހުއްޓާލިއެވެ.”ޑެޑީގެ ގުޑް ގާރލް ދޯ ދޫނި..” ލޯބިން ނިޝްކާގެ ކޮލުގައި ހިފާފައި ނުކްޝާން ކޮޓަރިން ނިކުތެވެ. ހިތްހަމަ ޖެހިފައި ޔަމްހާ ވެސް އެމީހުން ފަހަތުން ނިކުތެވެ.
ނުކްޝާން ކުއްލިއަކަށް ހުރެފައި އެކަހަލަ ސުވާލެއް ކުރުމުން ނީކިޔާ އަށް ނުތަނަވަސްކަމެއް އިހުސާސް ކުރެވެން ފަށައިފިއެވެ. މާނު އަކީ ލަމާންއޭ ބުނެފިއްޔާ އަދި ނުކްޝާން ހިތަށް އަރާނީ ކީކޭ ބާއޭ ނީކިޔާ އަށް ވިސްނެން ފެށިއެވެ.”ނީކް.. ވާހަކައެއް ދައްކާލަން ބޭނުން..” ނުކްޝާން އެވަގުތު ކޮޓަރިއަށް ވަނެވެ.”ކޮން ވާހަކަ އެއްތަ؟؟..” ނުކްޝާން އަށް ބަލާ ވެސް ނުލައި ނީކިޔާ އެހިއެވެ.”ނީކް ތިކިޔާ މާނުއެއް ރަނގަޅު ނޫން ވީމަ މަ ބުނާ މީހަކާ މެރީ ކުރަން ކެރިދާނެތަ؟؟..” ނުކްޝާން ނުތަނަވަސްކަމާއި އެކު ނީކިޔާއަށް ބަލާލިއެވެ.”ބުނީމަ ދޯ އިނގޭނީ.. ކާކުތަ އަނެއްކާ..” ފޫހި ގޮތަކަށް ނީކިޔާ ބުންޏެވެ.”ލަ..ލަމާން..” ނުކްޝާން ހިތްވަރު ކޮށްފައި ބުނި ނަމުން ނީކިޔާ އަށް ހީވީ ދުނިޔެ އެކަށް ހުއްޓުނު ހެންނެވެ. ދެލޯ ބޮޑުވެ އަނގަ ކުޑަކޮށް ހުޅުވާލަމުން ނީކިޔާ ނުކްޝާން އާއި ދިމާއަށް ބަލާލިއެވެ.”ޖަވާބަކީ ނޫނެކޭ ވިޔަސް މަށަށް މައްސަލައެއް ނެތް.. އެކަމް ލަމާންއާ ބައްދަލު ކޮށްލެވިދާނެތަ؟؟..” ނުކްޝާން އެނބުރި ކޮޓަރިން ނިކުންނަމުން ބުންޏެވެ.”މިރޭ އަށެއް ޖަހާއިރު އޭނާ އަންނާނެ ބަލާ..” އެހެން ބުނެފައި އިތުރު އެއްޗެކޭ ނުބުނެ ނުކްޝާން ނުކުމެގެން ދިޔައެވެ. ނީކިޔާ އުފަލާއި އެއްވަރަށް އުނދަގޫ ވެސް ވިއެވެ.
“ލައްމު.. އޭނާ ބަލާ އަންނާތި އިނގޭ އަށެއްގެ..” ފޯނުން ލަމާން އަށް ގުޅާފައި ނުކްޝާން ބުންޏެވެ.”ހްމްމް.. ނުކް..” ލަމާން ނުގޮވަން ހުރެފައި ވެސް ގޮވާލިއެވެ.”ހްމްމް ވާހަކަ އެއް ބުނަން އޮތީތަ؟؟..” ނުކްޝާން އެއްބުމަ އަރުވާލިއެވެ.”ހްމްމް.. އަމް.. ނީކް.. ނީކް ލައިކް ވާ ކުއްޖާގެ ނަން ބުނެވިދާނެތަ؟؟..” ވަރަށް ނޫންކަމަށް ހަދާލަމުން ލަމާން އެހިއެވެ.”ކޮންމެވެސް މާނު އެކޭ ކިޔަނީ.. އަހާ އަހާ ވެސް އަސްލު ނަމެއް ނުބުނި..” ނުކްޝާން އަނގައަށް ގޮތެއް ހަދާލިއެވެ. ލަމާން ދެލޯ ބޮޑުވިއެވެ.”މާނުއޭ؟؟..” ލަމާން ހިތް ހީވީ ހުއްޓުން ހެންނެވެ.”ހްމްމް ދަންނަ ކުއްޖެއްތަ؟؟..” ހައިރާންވެފައި ނުކްޝާން އެހިއެވެ.”އެއީ މަށޭ.. ނީކް މަށަށް ކިޔަނީ މާނު..” ލަމާން ހިތް އަވަސް ވިއެވެ.”ވަޓް ދަ..” ލަމާން އެކޭ އެއްގޮތަށް ނުކްޝާން ވެސް ދެލޯ ބޮޑުވިއެވެ.”ދެން ކީއްވެބާ ނޯ އޭ އެ ބުނީ..” ނުކްޝާން ވިސްނާލިއެވެ.”ދަނީ އިނގޭ ރެޑީވާން..” ލަމާން އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ.
ނީކިޔާ ރީތިވެގެން ނިކުތް އިރު ލަމާން އިންތިޒާރުގައި ހުއްޓެވެ. ކުރިއާ ޚިލާފަށް އެ މޫނު މަތީގައި ވަނީ ސީރިއަސް ކަމެވެ. އެއްޗެއް ނުބުނެ ލަމާން ސައިކަލާއި ދިމާއަށް ދާންފެށުމުން ބޭއިޚްތިޔާރުގައި ނީކިޔާއަށް ވެސް ފަހަތުން ދެވުނެވެ. ލަމާން ކުޑަކޮށް ހައިރާންވާގޮތް ވިއެވެ.”ސައިކަލަށް އަރާ..” ލަމާން އެދުނެވެ. ޝަކުވާއަކާ ނުލައި ނީކިޔާ ލަމާންގެ ފަހަތަށް އެރިއެވެ. ދެމީހުން ގޮސް ހުއްޓުނީ ލަމާން ރާއްޖެއިން ބޭރަށް ދިޔަ ފަހަރު އެންމެ ފަހުން ބައްދަލު ކުރި ޕާކް ކައިރީގައެވެ. ސައިކަލުން ފައިބައިގެން ލަމާން ހުއްޓުނީ ބެންޗެއްގެ ކައިރީގައެވެ.”ނީކް މިތަނަށް މި ގެނައީ ވާހަކަ އެއް އަހާލަން..” ޖީބަށް އަތް ޖަހާލަމުން ލަމާން ސީދާ ނީކިޔާގެ ދެލޮލަށް ބަލާލިއެވެ. ނީކިޔާގެ ހިތް އަވަސްވިއެވެ.”ކޮ..ކޮން ވާހަކައެއް..” ހިތްހަމަ ނުޖެހޭކަން މޫނުމަތިން ދައްކަމުން ނީކިޔާ ދުރު ބަލާލިއެވެ.”ނީކް މަ ދެކެ ލޯބިވާ އިރު ކީއްވެ އެދުވަހު ނޫނެކޭ ބުނީ؟؟..” ހިތްވަރު ކޮށްފައި ލަމާން ކުރި ސުވާލުން ނީކިޔާ އަނގައިގައި ތަޅެއް އެޅުވުނެވެ. ދެންވެސް ދެބުމަ ގޮށްޖަހާލާފައި ނީކިޔާ ދުރަށް މޫނު އަނބުރާލިއެވެ.
“ރުޅި އަންނަކަން ނުދެއްކިޔަސް މަށަށް އިނގޭ ނީކް ލޯބިވަނީ މަ ދެކެކަން.. ޖަވާބު ދީބަލަ.. ކީއްވެ އެދުވަހު ނޫނެކޭ ބުނީ..” ލަމާން ނީކީޔާގެ ދަތްދޮޅީގައި ހިފާ ހަތަރުކަޅި ހަމަކުރުވިއެވެ. ލަމާން އެހެން ހެދުމާއި އެކު އެހާ ގާތުގައި ހުންނަން ޖެހުމުން ނީކިޔާއަށް މާ މޮޅު ދޮގެއް ނޭނގުނެވެ. އެހެންކަމުން ހަނުހުންނަން ނީކިޔާ ނިންމިއެވެ.”ނީކް ޖަވާބު ދީ.. ވަރަށް އިންތިޒާރު ކުރެވިއްޖެ..” ލަމާން އަޑު ކުޑަކޮށް މަޑުވިއެވެ. ނީކިޔާ ކެތްތެރިކަން ކޮޅުންލިއެވެ. ރޮމުން ލަމާން ގައިގައި ބައްދާލި އިރު ހިތުން ބުނެދޭން ނޭނގޭ އެތަށް ވާހަކަ އެއް ނީކިޔާގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަ ތިކިތައް ލަމާންއަށް ބުނެދިނެވެ.”އަހަންނަށް ނުކެރުނު..ތިހާ ގޯސް މީހެއް ހަޔާތުގެ ބައިވެރިޔާ އަށް ހަދާކަށް..” ރޮމުން ނީކިޔާ ބުންޏެވެ. ލަމާން ހައިރާންވިއެވެ.”ގޯހޭ؟؟..” އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ލަމާންއަށް ހުރެވުނެވެ.”އާނ.. ލަމާން އަކީ އަންހެން ކުދިން ހޯދާ އެކުދިންގެ ނާޖާއިޒު ފައިދާ ނަގާ މީހެއް ނޫންތަ؟؟.. އެހެންވެ ލަމާން ކައިރީ ނޫނެކޭ ބުނީ..” ނީކިޔާ އަދިވެސް ލަމާން ގައިގައި ބައްދައިގެންނެވެ.”ނޯ ނީކް.. ތީ އަހަރެން އެއްގޮތަކަށްވެސް ކުރާ ކަމެއް ނޫން.. ދުވަހަކު ވެސް ނީންނާނެ އަންހެން ކުއްޖަކާ ރައްޓެހިވެފައެއް.. އަހަރެން ހަމައެކަނި ލޯބިވީވެސް ނީކިޔާ ދެކެ.. މެރީކުރަން އެހީވެސް ނީކިޔާ ކައިރީގަ.. ނީކް ކިހިނެއް ހިތުން ތި ހުރިހާ ނިންމުމެއް ނިންމީ އަހަރެން ކައިރީ ނުވެސް އަހާ؟؟..” ހައިރާންވެފައި ލަމާން އެހިއެވެ.
“އެކަމް.. ސުދާ ބުނީ ލަމާން އުޅެނީ އެހެންނޭ.. ހެކި ވެސް ފެނުން ލަމާން މަންމަ ޑޮކްޓަރ އަށް ދައްކަން ގޮސް އުޅެނިކޮށް ތިގޭގައި އުޅޭ އަންހެން ކުއްޖާ އާއި އެކީ..ލަ.. ލަމާން..” ނީކިޔާ ދައްކަން އުޅުން ވާހަކަ ލަމާންއަށް އިނގުމުން ލަމާން ނީކީޔާގެ ގައިގައި ބައްދައިގެން ހުރި އަތަށް ވާން ކޮށްލިއެވެ. އޭރު ލަމާން ވެސް ހުރީ ފެންކަޅިވެފައެވެ.”ނޫން ނީކިޔާ.. ތީ ހުސް ކުށްހީ.. އޭނަ އުޅެނީ އަހަރެން ފަހަތުން ނެއްޓެން ނޭނގިގެން.. ޕްލީޒް ޤަބޫލު ކުރޭ އައިމް ޕްރޮމިސިންގް ޔޫ..” ލަމާން ދެރަވެފައި ނީކިޔާ ގަޔާއި ދުރުކޮށްލަމުން ނީކިޔާގެ މޫނަށް ބަލާލިއެވެ.”ދެ..ދެން ސުދާ އެބުނީ ދޮގެއްތަ؟؟..” ނީކިޔާ މޫނުމަތިން ހައިރާންކަން ފެނުނެވެ.”އޭނަ ކިޔާނެތަ ދުވަހަކު ވެސް ރަނގަޅު އެއްޗެއް.. ސުދާ ނަވްޔާއާ ޒާއިފް ވެސް ދުރުކުރަން އުޅެފިނޫންތަ.. ޔަމްހާއާ ނުކް ވެސް.. ނީކް ތިހެން ހަދާތީ އެމީހުން ބޭނުންވާ ކަންތައް އެ ކާމިޔާބު ވަނީ.. އެމީހުން ބޭނުންވެގެން އުޅެނީ އަހަރެމެން އެންމެން ދުރުކުރަން.. ޕްލީޒް މަ ދައްކާ ވާހަކަ ޤަބޫލު ކުރޭ.. ނުކް ކައިރީ ވެސް އަހާ.. އޭނައަށް މަށާ ބެހޭގޮތުން ނޭނގޭނެ ސިއްރެއް ނޯންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ..” ލަމާން ބެލީ ނީކިޔާއަށް ވިސްނައިދެވޭތޯއެވެ.
“އޭގެ މާނަ އަކީ ލައްމު އަދިވެސް މަ ދެކެ ލޯބިވެއޭތަ؟؟.. ހިތުގައި ޖެހިފައި ނީކިޔާ އަށް އެހުނެވެ.”އާނ ނީކް.. އަހަރެން ނީކް ދެކެ ލޯބިވިން ވަރަށް ކުރިއްސުރެ.. ތި ނޫން އަންހެން ކުއްޖަކު އަހަރެންގެ ދިރިއުޅުމަށް ގެންނަން ހިތަށް ނުވެސް އަރުވަން..” ނީކިޔާ އާއި ދިމާއަށް ލަމާން ބަލާލިއެވެ.”އައި ލަވް ޔޫ ނީކް.. އައި ލަވް ޔޫ މޯރ ދެން އެނީތިންގް..” ލޯބިން ފުރިގެންވީ އަޑަކުން ލަމާން ބުންޏެވެ. ރޮމުން އަނެއްކާ ވެސް ނީކިޔާ ލަމާންގެ ގައިގައި އޮޅުލައިގަތެވެ.”އައި ލަވް ޔޫ ޓޫ..” ނީކިޔާ ތުރުތުރު ލަމުން ދިޔަ އަޑަކުން ލަމާން ކަންފަތް ކައިރީގައި އިއްވާލިއެވެ. ނީކިޔާ ހިތަށް އަރާ ފައިބަމުން ހާހެއްހާ ބަސްތައް ދިޔައެވެ. ނީކިޔާއާއި ހެދި ލަމާން ހާދަ ހިތާމައެއް ކުރާނެއެވެ. އެވަރަށް އިތުބާރު ކޮށްފައި ރައްކާތެރިކަމާއި އެކީ ބަލަން ދިން ހިތް އޭނާއަށް އޮޅުމަކުން ނަމަވެސް ހަލާކުކޮށް ކުދިކުރެވިއްޖެއެވެ. ލަމާންގެ ހިތުގެ ހާލު މިހާރު ނީކިޔާއަށް ފެންނަމުންދާ ކަހަލައެވެ.”އައިމް ސޮރީ..” ނީކިޔާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.”އިޓްސް އޯކޭ..” ލަމާންއަށް ހުރީ އުފަލުން ރޮވިފައެވެ. ދުވަހަކު ވެސް މި ދުވަސް އަންނާނެތަން ހުވަފެނުންވެސް ދެކިފައެއް ނުވެއެވެ. ﷲގެ ކުޅަދުންވަންތަކަމުން ލަމާން އިންތިޒާރުކުރި ލޯބި އޭނަގެ ގާތަށް އަތުވެއްޖެއެވެ.”އަލްހަމްދުﷲ..” ނީކިޔާ ލަމާންގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ.
“ނުކްޝާން ސުވާލެއް އަހާލަންތަ؟؟..” އިސްދަށަށް ޖަހާލަމުން ޔަމްހާ އެހިއެވެ.”ހްމްމް އަހާބަލަ.. ބޭނުން އެއްޗެއް އެހިދާނެއޭ ޔަމް ހުއްދަ ނުހޯދިޔަސް..” ނިޝްކާގެ ބޮލުގައި ނުކްޝާން ދަތްދޮޅި ޖައްސާލިއެވެ.”ނުކް އަހަރެންނަށް އިތުބާރު ކުރަންތަ؟؟..” ޔަމްހާ އެ ސުވާލު އެހި އިރު އިނީ ނުތަނަވަސް ވެފައިކަން ނުކްޝާން އަށް އިނގުނެވެ.”ހްމްމް ކުރަމޭ.. ދެން ނާންނާނަން ރުޅިއެއް ޔަމް ދެކެއެއް..” ހިނިތުންވަމުން ނުކްޝާން ޔަމްހާ އަތުގައި ހިފާލިއެވެ.”ޔަޤީންތަ؟؟ ހަމަ އައިސްދާނެ ދޯ.. ނޭނގޭނެ ނުން..” ޔަމްހާ ބުނަން އުޅުން އެތި ނުކްޝާން ހުއްޓުވިއެވެ.”ފުރަތަމަ ޔަމް ކަންނޭނގެ މަށަށް ޓްރަސްޓް ކުރަންވީ ދޯ..ހެހެ..” ނުކްޝާން ބުންޏެވެ. ޔަމްހާ އަދިވެސް އިނީ އެކަމާއި މެދު ހާސްވެފައެވެ.
” ޔަމް..ލޯތްބަކީ ކޮން އެއްޗެއްކަމާއި ކިހާ އުފާވެރި އަދި ހިތާމަވެރި އެއްޗެއްކަން އަހަންނަށް ދަސްކޮށްދިނީ ޔަމްހާ. މާޒީގައި ވެދިޔަ ކަންތަކާ މެދު ވިސްނުމުގެ ބޭނުމެއް ނެތް. އަބަދުވެސް ވިސްނަންވީ މުސްތަޤްބަލަށް. ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ. އެކިމީހުންގެ މާޒީ ތަފާތު ވާނެކަން އިނގޭ. އެއްބައިމީހުންގެ މާޒީ އުފާ އިރު އަނެއްބައި މީހުން ހިތާމަވެރި ވޭ. އޭގެ މާނަ އަކީ ވަކި މީހަކު ތަފާތު ކުރާށެކޭ ނޫން. ރަނގަޅާއި ނުބައި ވަކި ކުރަން ނޭނގުނަސް އަދި އިރާދަކުރެއްވީތީ ވަގުތު އެބަ އޮތް. ނަސީބު ރަނގަޅު ކަމުން ޔަމްހާއަށް ވިސްނިއްޖެ. ތީ ކުރީގެ ޔަމްހާއެއް ނޫން. އިރާދަކުރެއްވިޔާ އަހަރެން އަބަދުވެސް ޔަމްހާއާއި އެކު ވާނަން.. އިތުބާރު ވެސް ކުރާނަން..ދެން ޔަމްހާ ނުބައި މަގަކުން ދިޔަކަ ނުދޭނަން އިންޝާ ﷲ. ” ނުކްޝާން ފުން ހިނިތުންވުމެއްގައި ހުރެ ޔަމްހާގެ އަތް ނަގާ ތުންފަތް ޖައްސާލިއެވެ. އުފަލުން ފެންކަޅިވެފައި ޔަމްހާ ނުކްޝާންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އޭރުވެސް ނިޝްކާ ވަރުދައްކާލާފައި ގޭމް ކުޅެނީއެވެ. އެވަގުތު ނީކިޔާ އާއި ލަމާން ވަދެގެން އައެވެ. އެދެމީހުން ގެއަށް ވަތް އިރު އަތުގުޅާލައިގެން ހުރުމުން ހުރިހާކަމެއް ރަނގަޅަށް ދިޔައީކަން ނުކްޝާން އަށް އިނގުނެވެ.”ވެލްކަމް ޓު އަވާ ފެމިލީ..” ނުކްޝާން ލާނެއް ގޮތަކަށް ލަމާން އާއި ސަލާމް ކޮށްލިއެވެ. ރަކި ވެގެން ލަމާން ނީކިޔާއަށް ބަލާލާފައި ބޯ ކަހާލިއެވެ.
ނީޝާ އޭނާގެ ޕްލޭން ކާމިޔާބު ނުވެގެން އެކަމާ ވަރުއަރައިގެން އެދުވަހުން އެދުވަހަށް ސްރީލަންކާއަށް ފުރިއެވެ. ސުދާ ވެސް އޭނާގެ މަންމަ ބުނެގެން އަނބުރާ މާލެ ދިޔައީ ހަމްނާ ބާކީ ކޮށްލާފަ އެވެ. ނީޝާގެ ބޭނުން އިނގުމުން ހަމްނާ އާއި ސުދާ ނީޝާ ދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަމްނާ ނުކްޝާންގެ ކިބައިން މަޢާފަށް އެދިފައި ހުރިހާ ވާހަކައެއް ކިޔާދިނުމުން އުފަލާއި އެކު ނުކްޝާން ހަމްނާއަށް މަޢާފު ކުރިއެވެ. ޔަމްހާ ނުކްޝާން އަށް ޝައްކު ނުކުރާތީ ހަމްނާ ހިނިތުންވިއެވެ. ލޯތްބަކީ އޭގެ ޒާތުގައި ކިހާ އުފާވެރި އެއްޗެއްކަން ހަމްނާއަށް އިހުސާސް ކުރުވިއެވެ. ގަދަކަމުން ހޯދާ ލޯތްބަކީ އެއްވެސް އުފާވެރިކަމެއް ނެތް އަދި ހަމަނުޖެހުން އުފެދޭނެ އެއްޗެއްކަން އެދުވަހު ހަމްނާއަށް އިނގިއްޖެއެވެ.
“އޭ އެންމެން ހަމަ ދޯ.. ދޯނި ނައްޓާލަނީއޭ..” ނުކްޝާން ކޮޅަށް ތެދުވަމުން އެހިއެވެ. ލިބުނު ޗުއްޓީގައި ނުކްޝާންމެން ދަތުރެއް ރޭވީއެވެ. ފުރަތަމަ ފަހަރަށް އާއިލާ އާއި އެކުވެރިންނާއެކު ހިތްހަމަޖެހޭ ދަތުރެއް ރާވާލެވުމުން އެންމެންގެ ހިތްތަކުގައި ވެސް ވަނީ އުފާވެރިކަމެވެ.”އާނ ހަމައޭ.. އަވަހަށް ނައްޓާލެވޭތޯ އުޅެބަލަ..” ހަމްނާގެ ލޯބިވެރިޔާ ރިޔާން ބުންޏެވެ. މީހުން ގިނަ ކަމުންނާއި ގެންދާ މުދާތަކާއި ހެދި އެ ދޯނި ވަނީ ފުރިފައެވެ. ނުކްޝާން އާއި ޔަމްހާ އަދި ނިޝްކާ އެވެ. ޒާއިފް އާއި ނަވްޔާ އަދި ޒިއަން އެވެ. ނީކިޔާ އާއި ލަމާން އެވެ. ހުޝާން އާއި ލަަހުޝާއެވެ. ހަމްނާ އާއި ރިޔާން އެވެ.
“އޭ ޒިއާ މޫދަށް ވެއްޓި ދާނެ އެކުއްޖާ ލާބަލަ ކުރިއަށް..” ހުޝާން ބުންޏެވެ.”ވެއްޓޭނެނުންތަ.. މި ނަވްޔާގެ ބަނޑާ ހެދިވެސް ތަންކޮޅެއް ނެތޭ..” ޒާއިފް ހޭންފެށިއެވެ. އަތް ދަމާލާފައި ނަވްޔާ ޒާއިފްގެ މޫނުގައި ޖެހީ ތުން ދަމާލަމުންނެވެ. ނަވްޔާގެ ހަ މަހަށް ދާ ބަނޑަށް ޒާއިފް މަލާމާތް ކުރުމުންނެވެ.”އަނެއްކާ ޒާއިފް ވައްޓާ ނުލާތި..” ނުކްޝާން ވެސް އެ ސަމާސާގައި ބައިވެރިވިއެވެ. ނީކިޔާ އާއި ލަމާން ސިއްރު ސިއްރުން ކައިރިއަށް ޖެހެމުން ދަނިކޮށް ނަވްޔާ ލޮލުގައި އަޅައިގަތެވެ.”އޭ މެރީ ކޮށްގެން މެރީ ކޮށްގެން.. މެރީ ނުކޮށް ތިހާ ކައިރިވާކަށް ނުވާނެ..” އެންމެން ކުރިމަތީ ނީކިޔާ އާއި ލަމާން ލަދުގަންނުވާލަން ނަވްޔާ އަޑު ބާރުކޮށްލިއެވެ. އެއާއި އެކު އެންމެންގެ ދިމާކުރުން ތައް އެ ދެ މީހުންނަށް އަމާޒުވިއެވެ. ދަތުރު މަތީގައި ފޫހިފިލުވަން އެމީހުން ކުޅެންފެށީ ޓްރުތް އޯރ ޑެއަރ އެވެ.
އެނބުރެމުން ދިޔަ ފުޅި ހުއްޓުނީ ނުކްޝާން އާއި ދިމާއަށެވެ. ހިފަހައްޓައިގެން ތިބި ނޭވާ އެންމެންނަށްވެސް ދޫކޮށްލެވުނެވެ.”ޑެއަރ..” ފޫހި ފާޑަކަށް ނުކްޝާން ބުންޏެވެ.”ހާނ ޔަމްއަށް ލޯބީގެ ލަވައެއް ކިޔާދޭންވީ.. އަވަސް އަވަސް ކޮޅަށް ތެދުވޭ..” ލަމާން ނުކްޝާންގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. ޔަމްހާ ލަދުން އިސްޖަހާލައިގެން އިންދައި ނުކްޝާން އައިސް އަތް ދިއްކޮށްލިއެވެ. އެންމެން ކުރިމަތީ އެހެން ހެދުމުން ޔަމްހާ މޫނު ރަތްވިއެވެ. މީހުން މާ ވަރަކަށް ބަލަން ފެށުމުން ނިޝްކާ ނީކިޔާ އަތަށް ދީފައި ނުކްޝާން އަތުގައި ހިފައިގެން ކޮޅަށް ތެދުވިއެވެ.”ލޯބީގެ ލަވައެއް ކިޔަން ހަމަ މަޖުބޫރުތަ ދެން؟؟..” ނުކްޝާން ވެސް ފާޑަކަށް ރަކިވިއެވެ.”އާނ އަމިއްލައަށް ދޯ ޑެއަރ ނެގީ..” ލަމާން ބުންޏެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި ނުކްޝާން ލަވަ ކިޔަން ފެށިއެވެ.
“ހިތް ދެވިއްޖޭ ކަލާޔަށް ހުވާ ، މްމްމް ހިތް ދެވިއްޖޭ ކަލާޔަށް ހުވާ
ތީ ފުރާނައިގެ ދިރުމޭ މަގޭ ، ލޯބިވާ
ވިންދު ގައި ވެސް ތި ލޯތްބޭ ވަނީ ، ހަމަ ހުވާ….”
ނުކްޝާން ހުއްޓާލިއެވެ.”އޭ ޔަމް އަނެއްބައި ކިޔާ..” ނަވްޔާ ހެމުން ބުންޏެވެ.
“މަސްތު ވެއްޖޭ ކަލާ ފެނި ހުވާ ، ތިޔަ ހަނދާން ތަކުގައޭ ނިމިދަނީ ރޭދުވާ
ވިންދުގައި ވެސް ތި ލޯތްބޭ ވަނީ ހަމަ ހުވާ….”
ޔަމްހާ ލަދުރަކި ކަމާއެކު ކިޔާލިއެވެ. ފުރަތަމަ ފަހަރަށް ޔަމްހާ ލަވަކިޔާ އަޑު އިވުމުން ނުކްޝާން އެ ޖާދޫގައި ޖެހުނެވެ. މީހަކު ނުވެސް ބުނަނިސް އަނެއްބައި ކިޔެން ފެށުނެވެ.
“ފެންނަ ހިނދު ތިޔަ ނަޒަރު ، ހިތް ޒަޚަމް ކޮށްލައޭ
ކޮންމެ ހަރަކާތަކުން ވެސް އަސަރު ކުރުވައޭ
މްމްމް ފެންނަ ހިނދު ތިޔަ ނަޒަރު ، ހިތް ޒަޚަމް ކޮށްލައޭ
ކޮންމެ ހަރަކާތަކުން ވެސް އަސަރު ކުރުވައޭ..”
“ނަން ތި ހިތުގާ މިލިޔެވިއްޖެޔޭ ، މަންޒިލޭތީ ހިތް އެދޭ ހިތް މަގޭ ، ލޯބިވާ…”
ޔަމްހާ ހުއްޓާލި ވަގުތު ލަމާން ކަރުކެހިލިއެވެ. ދެމީހުންނަށް ވެސް ހަމަބިމަށް އާދެވުނެވެ. ނޭނގޭ ކަމަށް ހަދާފައި ނުކްޝާން ކުރިން އިންތަނުގައި އިށީނެވެ.”މަ ނުވެސް ބުނަނިސް އެހެރަ ލަވަ ކުރިއަށް ގެންދަނީ.. އެހެންނޭ ވާނީ އިޝްގުގައި ޖެހިފަ އިންނަންޏާ.. ކީކޭ ބުނާނީ ވެސް..” ލަމާން ދިމާ ކުރަން ފެށިއެވެ. ލަދުން އުދުހިގެން މައްޗަށް ދާން ވެސް ޔަމްހާ ހިތަށް އެރިއެވެ.”އާނ އޯކޭ މިހާރު ކުއްޖަކު ލަދުން ރަތް ވަނީ ބަލާބަލަ..” ނީކިޔާ އަށް ޔަމްހާ މޫނު ރަތްވާތަން ފެނިގެން ބުންޏެވެ.”އަސްލު ވެސް ހާދަ ރީއްޗޭ ޔަމް ލަވަ ކިޔާ އަޑު..” ނުކްޝާން އަދިވެސް އިނީ ޔަމްހާއަށް ބަލަހައްޓައިގެންނެވެ.”ކަލޭނޭ.. ހިއެއް ނުވޭ އަވަސް މުސްތަގުބަލެއްގައި މީނަ ހަމަހެއަށް އަންނާނެހެނެއް..” ރިޔާން ނުކްޝާންގެ މޫނު ކުރިމަތީގައި އަތް ހޫރާލިއެވެ. ދޯނީގައި ތިބި އެންމެން ހޭންފެށިއެވެ. ނުކްޝާން ނޫން ކަމަށް ހަދާލާފައި ދުރުބަލާލިއެވެ.”ހަޤީގަތުގައި ވެސް އަހަރެންގެ ހިތް ޔަމްހާއަށް ދެވިއްޖެ…” ނުކްޝާން ހިތުގެ އަޑިން ބުންޏެވެ. އަދި ފުންކޮށް ހިނިތުންވެލިއެވެ.
– ނިމުނީ –
?ސަލާމް، ކިޔުންތެރިން
ވާހަކަ ފެށެމުން ނިމެންދެން ވާހަކަ ކިޔާ އަދި ހިތްވަރުދިން ހުރިހާ ކިޔުންތެރިންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން. އުންމީދު ކުރަނީ މި ވާހަކަ އަކީ ވެސް ކިޔުންތެރިންނަށް ކަމުދިޔަ ވާހަކަ އަކަށް ވާނެކަމަށް. ދެން އަޅުގަނޑު ގެނެސްދޭން ޚިޔާލު ކޮށްފައިވާ ވާހަކަ އަކީ ލޯބީގެ ވާހަކައެއް، “ވީމޭ އިންތިޒާރުގައި”.
ޝުކުރިއްޔާ ހުރިހާ ރީޑަރސް?
tgc all!?✨
4 Comments!
Comments are closed.



Vaahaka varah reethi maasha Allah ?
S2 vx varah kiyaa hih vey
S2 liyan adhi nuvisnan ?? BTW thanks hamsha ?
Alhey alhey alheyyyyyyyyyyyyyyy nimunythaaaa ??????
ALHE DHNNNN
vrh mishhhhh vaane mi story mathin
komme episode akah comment nukuriyas baraabarah kiyan ingey mi story
varah varah varah rythi vaahaka eh
gonna miss this soooooooooooooooooo muchhhhhhhh
dhn aneh story ah wait kuraanan ingey
lysm tvgc
and all tha best
Labba hama nimuny dhw??
It’s alr.. Comment nukoh vx kiyaafa story like vaakan ingunyma vrh ufaa vejje ?
Keep waitin patiently ingeii amaana.. In sha Allah u don’t have to wait that much longer ?❣️