ނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 1
” ވިޝާން!.. ދެން އަހަންނަކަށް ނުހުރެވޭނެ ޝާން އެހެން އަންހެން ކުދިންނާ އެއްކޮށް އުޅޭތަން ބަލާކަށް. އައި ތޯޓް އައި ކުޑް ޓްރަސްޓް ޔޫ ސޯ އައި ގޭވް ޔޫ ދަ ޗާންސް. ސްޓިލް ޔޫ ކީޕް ޑުއިން ދިސް.. އައިމް ސޮރީ ބަޓް.. ލެޓްސް ބްރޭކް އަޕް؟.” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ކުރި މަތީ ހުރި ސޫރައަށް މިޝްޔަލް ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އެ ރަތްވެފައިވައި ދެ ލޮލުން ހިތާމަވެރިކަން ނޫން އެހެން ކަމެއް ނުދައްކުވައިދެއެވެ. ސިކުންތަކުން ސިކުންތެއް ހިނގަމުން ދިޔަ ވަރަކަށް އެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. ” މިޝް ޕްލީޒް ޤަބޫލު ކޮށްބަ. އައި އޮންލީ ލަވް ޔޫ.” ވިޝާން ވިސްނަދޭން އުޅުނެވެ. ” ކިހިނެއް ޤަބޫލު ކުރާނީ؟ އަހަރެން ކުރިމަތީ މިހާރު ކިތަންމެ ފަހަރަކު އެކްޓް ކޮށްފި. އެވަރުން ވެސް ޝާން ދެކެ ލޯބި ވާތީ އަހަރެން ކެތް ކުރީ. އެ ހުރިހާ ކަމެއް ނިޝްފާ ކުރާ އިރުވެސް ޝާން އަޅާ ވެސް ނުލާ. ދެން..” ހަމަ އެވަގުތު ނިޝްފާ ފަހަތުން އައިސް ވިޝާން ގައިގައި ބައްދާލިއެވެ. މިޝްޔަލްގެ ނޭވާ ތާށިވި ކަހަލައެވެ. ހިފެހެއްޓި ކަރުނަތައް އިޚްތިޔާރަކާއި ނުލައި ބަންޑުންވިއެވެ. ވިޝާން ޖެހި ބުދެއްހެން އެތާ ހުއްޓެވެ. ވާނުވާގައި ހުރެފާއި މިޝްޔަލް ގެއާއި ދިމާއަށް ދުއްވައިގަތެވެ. ގެއަށް ގޮސް ވަދެވުނު އިރު މީހާއަށް ގިސްލާ ރޮވިއްޖެއެވެ. ” އިލޫ މާދަމައަށް ކޮޓަރި ރެޑީ ކޮއްދެއްޗޭ.” އިތުރު ވާހަކައެއް ނުދައްކާ މިޝްޔަލް ފޯނު ކަނޑާލާފައި އެނދު މައްޗަށް ވެއްޓި ގަތެވެ.
” އޭނ! ކައެ ކޮބާ؟” އަޅި ކުލައިގެ ޓީޝާޓެއް ލަމުން ފޯނު ސްޕީކަރަށް ލައިގެން ހުރެ މާއިން ވާހަކަ ދެއްކިއެވެ. ” ޕިސް މަ ކޮބާހޭ؟.. ކިހާއިރެއް ކައެން ގެ ދޮރުމަތީ ހުންނަތާ.. އަވަސްކޮށްބެ.” އަޔާޝް ފޫހި ރާގެއްގައި ހުރެ ފޯނު ކަނޑާލިއެވެ. މާއިން ނިކުތް އިރު އަޔާޝް ވަރަށް ހަމަ ޖެހިލާފަ ސައިކަލު މަޑި މަތީ ފޯނުން ވާހަކަ ދައްކަން އިނެވެ. ‘ ބިޓަށް ގުޅައިގެންބާ؟’ ހިތާ ހިތުން އަޔާޝްއަށް ޖެއްސުން ކުރަމުން ގޮސް ސައިކަލު ފަހަތަށް އެރިއެވެ. ” ކޮން ބިޓަކާ ވާހަކަ ދެއްކީ މާ ފޯރީގަ؟” ސައިކަލު ދުއްވާލުމުން މާއިން ދިމާކުރަން ފެށިއެވެ. ” ޕިސް ޕިސް ބިޓެއް ނޯނޭ.. އަޔާން މިއަދު ރަށަށް އަންނަނީ. އެ ގޮލައަށް ވެއްޖެ ރޫމްއެއް ރެޑީ ކުރަން.” އަޔާޝް ރެސްޓޯރެންޓެއްގެ ކުރި މައްޗަށް ސައިކަލު ޕާކު ކުރަމުން ދެމީހުން އެތެރެއަށް ވަންނަން ދިޔައެވެ. ” ކައެން ގޭގަ އިން ކޮޓަރި ރަނގަޅެއްނު؟” ކޮފީ އަކަށް އޯޑަރު ކޮށްފަ ދެމީހުން ހަމަޖެހިލިއެވެ. ” ހުމްމް.. އެކަމް އިލޫ ބުނެފި މިޝްޔަލް އަންނަ ވާހަކަ ވެސް.” އަޔާޝް ޖީބުން ފޯނު ނަގަމުން އައިލީންގެ ނަންބަރަށް ލިޔެވެ. ‘ މިޝްޔަލް ހުންނަނީ އަހަރުމެން ގޭގަތަ؟’ އެހެން ލިޔެފަ އައިލީންއަށް ވަކިން އެ މެސެޖް ފޮނުވާލިއެވެ. އައިލީންއަކީ އިޔާޝްގެ ޓްވިން ކޮއްކޮއެވެ. ” ދެން އޭނަތަ އެ ކޮޓަރި ހުންނަނީ؟” ކޮފީއިން ކޯވަރެއް ބޯލަމުން މާއިން އެހިއެވެ. ” ފަހަރެއްގައި..” ކުރު ޖަވާބެއް ދެމުން ފޯނަނަށް ނަޒަރު ހިންގާލިއެވެ. ހަމަ އެވަގުތު އައިލީންގެ ރިޕްލައި އައެވެ. ‘ ނޯ. އަފޫމެން ގޭގަ ހުންނަނީ. ކިހިނެއްވީ؟ ހިތް ކިޔައިގެންތަ އުޅެނީ؟އިފް ޔެސް ޔޫ އާރ ލަކީ.. ހަހަހަ ‘ ހިނިއައިސްފަ ހުންނަ އިމޯޖީ ތަކަކާ އެއްކޮށް އައިލީން ފޮނުވިއެވެ. ” އަޅެދޯ.. މިމީހުން ހާދަ މަށާ ޖެއްސެއޭ ” ކޮފީ ތަށި އެއްކޮށް ހުސްކޮށްލަމުން ބިލް ދައްކާފަ އަޔާޝް ނިކުންނަން ދިޔައެވެ. ” ޕިސް މި ކޮން ވައްތަރު.” މާއިން ބާރަށް ގޮސް އަޔާޝްއާއި އެއްވަރު ކުރިއެވެ. ” ކިހިނެއްވީ ކައެއަށް؟” ” ކަމެއްނުވޭ. ހާދަ ސީރިއަސް ވީ! މިޝްޔަލް އަފްޝާމެން ގޭގަ އޯ ހުންނަނީ.” އަޔާޝް މާއިން ގެއަށް ލާފަ އަޔާޝް ވެސް ގެއަށް ދިޔައެވެ.
” ރެސްޓޯރެންޓް ހަމަޖައްސައިފިން. މަށާ ޔަޝްއާއި ދާނަން ހަވީރު އެތަން ރެޑީ ކުރަން. ކައެން ދޭ އެމީހުން ބަލާ. އޯކޭ؟ ” ޔައިޝްއާއި ޔަޝްފާ ގެއަށް އައިސް ވަންއިރު އެންމެން އެތާ ތިއްބެވެ. އެދެމީހުންނަކީ އެއްބަނޑުއެއްބަފާ ދެ ކުދިންނެވެ. މާއިން ދެލޯ އަމާޒު ވެފައިވަނީ ޔަޝްފާއަށެވެ. ޔަޝްފާއަށް ވެސް ކަޅި ނުޖަހާލާއި މާއިންގެ މޫނަށް ބަލަން އިނދެވުނެވެ. އެއްލި ކަޅިއަކުން ޔައިޝްއަށް މިމަންޒަރު ފެނުނެވެ. ” އަހްމް.. މިހާރު މިތާ ކޮން ކަމެއް މި ވަނީ؟” ކަރުކެހިލަމުން ޔައިޝް ދެމީހުނަށް ބަލާލިއެވެ. މާއިން ނުވާ ކަމަށް ހަދާލާފައި ކާގެއާއި ދިމާލަށް ހިނގައިގަތެވެ. ޔައިޝް ލާނަތް ގޮތަކަށް ހީލިއެވެ. ” ޔަޝް އާދެބަ ކޭކު ޑެކަރޭޓް ކުރަން.” އައިލީން ޔަޝްފާއަށް ގޮވާފައި ދިޔައެވެ. ހުމް ލައްވާލަމުން ޔަޝްފާ ތެދުވިއެވެ. ފޯނަށް ބަލަމުން ގޮސް ވަން ޔަޝްފާ ޖެހުނީ މާއިންގެ މޭމަތީގައެވެ. ވަގުތުން ޔަޝްފާގެ ދެކޯ ރަތްވިއެވެ. މިފަހަރު ވެސް ޔައިޝްއަށް ފެނުނެވެ. މާއިންއަށް ޔައިޝް ބަލަން ހުރި ގޮތް ފެނުމުން ޔަޝްފާ ދުރުކޮށްފަ ދިޔައެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ގަޑިން ހަތަރުގަޑި ބައި ވަނީއެވެ. ޑްރެސިން ޓޭބަލް ދޮށުގައި އިން އައިލީން ދިޔައީ މިޝްޔަލް ބަލާ ދިޔުމުގެ ނިޔަތުގައި ތައްޔާރު ވާށެވެ. ލައިގެން ހުރި ޕީޗް ކުލައިގެ ޓޮޕް ކޮޅާއި ގަދަ ނޫކުލައިގެ ސްކިނީ އޭނާއާއި ވަރަށް ގުޅެއެވެ. އެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ވައިގެތެރެއަށް ހުރަހަކާނުލައި ވިހުރެން ދޫކޮށްލާފައި ވާއިރު އައިލީން ކިތަންމެ ހާވެސް ރީއްޗެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޯސް ޖައްސާލާފައި އެންމެ ފަހު ފަހަރަށް ލޯގަނޑުން ބަލާލާފައި ނިކުތެވެ.
ގެއިން ނިކުމެ އައިލީންގެ މިސްރާބު ހުރީ އަފްޝާމެން ގެއާއި ދިމާއަށެވެ. މަޑު ހިނގުމެއްގައި ގެއާއި ހިސާބަށް ފޯރިއިރު އަފްޝާއަށް ނިކުމެވުނީ އައިލީން ކުރި މައްޗަށެވެ. ” ކޮބާ ލީންގެ ދޮންބެ؟ ދިޔައީތަ؟” އަފްޝާ ލައިގެން ހުރީ ނޫކުލައިގެ ގަމީސް ފޮތީގެ ހެދުމާއިއެކު އަޅާފައި ގަދަ ފެހި ކުލައިގެ ޝޯލްއިން އޭނާގެ ފުރިހަމަހަން ކިތަންމެހާ ވެސް ރަނގަޅަކަށް ދައްކުވައިދެއެވެ. އެ މޫނުމަތީގެ ރީތި ހިނިތުންވުން ފެންނަ ކޮންމެ ފިރިހެން ކުއްޖަކު ވެސް ހިތްކިޔާނެ ކަން ކަށަވަރެވެ.
” ދޮންބެ ކޮބާތޯއެއް ނުބަލަން. އައި ތިންކް ހީ ލެފްޓް ވިތް މާއިން. ” އައިލީން އެހެން ބުނުމުން އަފްޝާ މަޑު ހުމްއެއް ލައްވާލިއެވެ. ” ހިނގާ އައިސްކްރީމް ގަނެގެން އެތަނުން ބެންޗްއަކަށް. ” އައިލީން އެހެން ބުނެފައި ގޯޅިއެއްގެ ކަންމައްޗަށް ވާގޮތަށް ހުރި ފިހާރައަކަށް ޔަޝްފާއާއިއެކު ވަނެވެ.
އައިސްކްރީމް ގަނެގެން މަގުމައްޗަށް ނުބަލާ ނިކުތް އައިލީންމެން ގޮސް ކުރިމަތިން އައި ސައިކަލުގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. ދުއްވަން އިން ޒުވާނާ ފަސްނުޖެހި އަވަހަށް ސައިކަލު ނުހުއްޓިނަމަ ދެން ވާނޭ ގޮތެއް ވެސް ބުނެދޭން ނޭނގޭ ކަހަލައެވެ. ސިއްސައިގެން ގޮސް ތެޅި ތެޅި އޮތް ހިތަކާއިއެކު އައިލީންއާއި އަފްޝާއަށް އެއްފަހަރާ ސައިކަލަށް ބަލާލެވުނެވެ. އެއީ މާއިންއާއި އަޔާޝްއެވެ.
ގޯޅި ގޯޅި ކަންމަތިންނެ ފެނިލުމުން ކަލާ
މޯޅިކަން ހިތުން ފިލާދަނިއްޔެ އަޑު އަހާ
ކޯޅި ކޯޅި މާތަކުން ވެދުން ކުރަން މިތާ
ރޯޅި ފިނިހިތައް ލިބޭނެ ރާގަކީ ކަލާ
ފަހަތުގައި އިނދެގެން އަޔާޝް ލަވަ ކިޔަމުން ގެންދިޔައެވެ. މާއިން ހީލަމުން ގޮސް ސައިކަލު ފިހާރަ ކައިރިން ޕާކު ކޮށްފަ އައިރު އަޔާޝްމެން އަދި މާދުރުގައި ހުރި ބެންޗްއަކާއި ދިމާލަށް ދަނީއެވެ. ޗޮކެއް ކަނޑާލާފައި އަލުން ގޮސް ސައިކަލަށް އަރައިގެން އެދިމާއަށް ދުއްވާލިއެވެ.
” ތި ދެމީހުން ކޯއްޗެކޭ ހިތަށް އަރައިގެންތަ ޕައް ކިޔާފަ ފިހާރައިން ނިކުންނަނީ؟ ” އަޔާޝް ނުރުހިފައި އަހާލިއެވެ. ” އެއްޗެކޭ ހިތަށް އަރައިގެނެއް ނޫނޭ. ސޮރީ ދޮންބޭ.. ވޯންޓް ހެޕެން އަގެއިން. ” އައިލީން އައިސްކްރީމް އިން އެތިކޮޅެއް ބޯލަމުން އަފްޝާ ކައިރި އިށީނނެވެ. އަނެއްކޮޅުން އަޔާޝް އޭނާ ކޮއްކޮ ކައިރި އިށީނިއިރު މާއިން މަޑު ކުރީ ސައިކަލުގައެވެ. ” އެއްޗެކޭ ހިތަށް ނޭރީ ސިކުނޑިއެއް ނެތީމަތަ؟” އަޔާޝް ފާޑަކަށް އައިލީންއަށް ބަލާލިއެވެ. ” ދެން ދޮންބޭ…” އިތުރަށް އެއްޗެކޭ ބުންޏަސް އެ އަނގައިން ނާރާނެއޭ ހިތަށް އެރުމުން އެއްޗެކޭ ނުބުނެ އައިލީން މަޑުން އިނެވެ.
” ހިނގާ ދެން ދަމާ. މިހާރު ލޯންޗް ލަފާފާނެ. ” އިރުކޮޅެއް ވަންދެން ސަކަރާތުގައި ތިބެފައި އަފްޝާ ގަޑި ބަލާލިއެވެ. އަދި އައިލީން އަތުގައި ހިފާ ނަގަމުން ހިނގައިގަތެވެ. އަޔާޝްމެން ވެސް ސައިކަލުގައި ނައްޓާލިއެވެ.
ފަސް ވަރަކަށް މިނެޓަށް ފަހު ލޯންޗް ޖެޓީއާއި ކައިރިކޮށްފިއެވެ. ފަހަރަކު މީހެއް ފައިބަމުން ދިޔައެވެ. އައިލީން އިންތިޒާރު ކުރަމުން އައީ މިޝްޔަލް ފައިބާނެ އިރަކަށެވެ. ނަަމަވެސް ލޮލުގައި އަޅައިގެން ޒުވާނާ ފެނިފައި އޭނާގެ ލޯ އަމާޒުވީ އެ ޒުވާނާގެ މޫނަށެވެ. ނޫކުލައިގެ އަތްދިގު ޓީޝާޓެއް ލާފަހުރި އިރު އަތްކުރި ވަނީ އުޅަބޮށްޓާ ހިސާބަށް އޮޅާލެވިފައެވެ. އެ ފިރިހެންވަންތަ މޫނުމައްޗަށް ބޯ އިސްތަށިގަނޑުން އިސްތަށި ކޮޅެއް އޮތީ ވެއްޓިފައެވެ. ލޮލުގައި އަވި އައިނެއް އަޅާފައި ވާއިރު އެޒުވާނާގެ ފުރިހަމަކަން އައިލީން ދިޔައީ އެކި ގޮތް ގޮތަށް ތަޢުރީފު ކުރަމުންނެވެ.
މިޝްޔަލް ފޭބިކަން އެނގުމުން އަފްޝާ މިޝްޔަލްއަށް އަތުން އިޝާރާތް ކޮށްލީ އެތާ މާ މީހުން ގިނަކަމުންނެވެ. މިޝްޔަލްއަށް އަފްޝާ ފެނުމުން އެ އުސް ޖެޓީއިން ފައިބަން ދިޔައެވެ. ނަަމަވެސް ފައިތިރި ކޮށްލަން އެޅި ފިޔަވަޅު އެތަނުން ހުރަސްކޮށްލި މީހެއްގެ ދަބަހުން ޖެހިފައި ވެއްޓެން ދިޔައެވެ. މިޝްޔަލް ދެ ލޯ ފިއްތާ ބާރު ކޮށްލިއެވެ. ނަަމަވެސް ދެވަނަ ސިކުންތުގައި ބާރުގަދަ އަތަކުން މިޝްޔަލް އުނަގަނޑުގައި ހިފެހެޓިއެވެ. ދެން މިޝްޔަލް ވެއްޓުނީ އެމީހެއްގެ ގައި މައްޗަށެވެ.
އެމަންޒަރު އެތާ ތިބި އެންމެންގެ ލޮލުގައި އަޅައިގަތެވެ. އައިލީންއާއި އަފްޝާ ތިބީ ހިނިގަނޑު ހިފަހައްޓަލައިގެނެވެ. އެއާއި އިދިކޮޅަށް އަޔާންއާއި މާއިން ތިބީ ހޭށެވެ. މިޝްޔަލް އަވަސް އަވަހަށް ތެދުވެ ގައިން ވެލި ފޮޅާލިއެވެ. އަދި ރަނގަޅަށް އެ މީހެއްގެ މޫނަށް ބަލާލިއެވެ. ” އަޔާޝް؟” މިޝްޔަލް ހުރީ ހައިރާން ވެފައެވެ. ” ޔެސް؟” އަޔާޝް ތެދުވެ މިޝްޔަލްގެ މޫނަށް ބަލާލިއެވެ. ” އަމް.. ސޮރީ” މިޝްޔަލް ހުރީ ލަދުން ގޮސް މަރުވާ ވަރު ވެފައެވެ. ” އިޓްސް އޯކޭ. ހެހެހެ.” މިޝްޔަލް ތެންކްސް އޭ ބުނެފަ ވާހަކަ ދިގު ނުކޮށް ދިޔައެވެ. އޭރު ވެސް ހުރީ ވިރޭ ވަރު ވެފައެވެ.
” ވާވް.. ދެޓް ވޯޒް ސަޗް އަ ސްކީން. ހަމަ ހީވަނީ ލޯބީގެ ފިލްމެއް ހެން. އައި ވިޝް އައި ވޮޒް ޔޫ.. ” އައިލީން މިޝްޔަލް އިތުރަށް ލަދުގަންނަވާލަން އެހެން ބުނެލިއެވެ. ” ހޫނ! ދެން ހެވޭ ފަތިވަރު ނުދެމިއަކަސް. ބައިދަވޭ ޔުއާރ ބްރޯ ލުކްސް ސޯ ހެންޑްސަމް ނައު. ” އެކި ސަކަރާތުގައި ގެއާ ދިމާލަށް ހިނގައިގަތެވެ.
އަޔާޝްއަށް ވެސް ވީ ހަމަ އެވަރެވެ. އެކުވެރިންގެ ފާޑު ފާޑުގެ ދިމާކުރުންތައް ރައްދުވަމުން ދިޔައެވެ. އެމީހުން ދިޔައީ އަޝްފާމެންގެ ފަހަތުންނެވެ. ” އޭނ މޭން. އެއްޗެކޭ ނުބުނާނަންތަ؟ ” އަޔާންއަށް އަޔާޝް އެއްޗެކޭ ނުބުނެ ހުންނާތީ އުދަނގޫވިއެވެ. ” މިޝްޔަލް އަންނަކަން އެނގިގެން އެހުރީ މިޔަދު އެކަށް މޫޑު ކަޓާފަ. މަށާ އަނގައިންވެސް ނުބުނެ.” މާއިން އަޔާންއަށް ނިތްއަރުވާލިއެވެ. ” ތެދެއް. ހިތްކިޔައިގެންތަ އުޅެނީ؟” އަޔާން އަހާލި އެއްޗަކުން އަޔާޝް ސިހުނެވެ. ” ހާދަހާ ކަންތައް ބޮޑު ބައެކޭ ދޯ. އަޖައިބެއްނުން. މަ ނޫޅެމޭ މީހަކާ ހިތް ކިޔައިގެނެތް.” އަޔާޝް ހުރީ އެހާ އެ ވާހަކަ ދައްކާ ހިތަކުން ނޫނެވެ. ” އެހެރީ ޕީޗް ކުލައިގެ ހެދުމުގަ ކޮން ކުއްޖެއްތަ؟” އަޔާންއަށް އެހުނެވެ. އަޔާޝްއަށް ފާނޑަކަށް އޭނާއަށް ބަލާލެވުނެވެ. ” ހަމަ ނޭނގިގެންތަ ތި އަހަނީ؟ އެ މައެ ކޮއްކޮ.” ” ސޯ ޝީޒް އައިލީން؟ ” އަޔާން ހުރީ ސީރިއަސް ވެފައެވެ. އެވަގުތު މާއިން ހުމް ލައްވާލިއެވެ.
އައިލީން ހެމުން ހެމުން ފަހަތް ބަލާލި ވަގުތު ސިހުނެވެ. ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނަަމަވެސް އެ ހިތް އުފަލުން ތެޅިލިއެވެ. އަޔާޝް މެނާ އެއްކޮށް އެހުރީ ލޯންޗް އިން ފެނުނު ޒުވާނާއެވެ. އެއީ އަޔާން ބާއެވެ؟ އެއީ އަޔާން ނަމަ އޭނަ ހުންނާނީ އައިލީންމެން ގޭގައެވެ. އެއްގެއެއްގައި އުޅެންޏާ އޭނައަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އައިލީންއަށް ނޭނގި ނަމަވެސް އަޔާންގެ ފުރަތަމަ ނަޒަރުން ވަނީ އެ ހިތާ ކުޅެލާފައެވެ. އެތައް ޚިޔާލު ތަކެއްގައި ހުއްޓާ އަފްޝާމެން ގެއާ ހަމަވުމުން އެކުވެރިންނާ ވަކިވާން ޖެހުނެވެ.
( ނުނިމޭ )
ނޯޓް: މިއީ އަޅުގަނޑު އެސްފިޔައަށްލާ ފުރަތަަމަ ވާހަކަ ކަމުން ކިޔުންތެރިންގެ ސަޕޯޓް ލިބޭނެ ކަމަށް އުންމީދު ކުރަން. ކިޔުންތެރިންގެ ޚިޔާލު ލިބޭނަމަ އެއީ އަޅުގަނޑުގަށް ލިބޭނެ ހިތްވަރެއް. ހުރިހާ ކިޔުންތެރީއަށް ވެސް މި ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


Mi vaahaka vvvvvvvvvvv reethi
Unmeedh kuran mivaahaka ehkoh liye ninmaane kamah
Dhn in part vrh avahah kiyaalan libey ne camah unmeed kuran
Alhey can’t wait dhen in part avahah up kohla dhehchey
Thank u Hudhakko
Iraadha kureviyya mi vhk ehkoh kiyaalan libeyne
Yes veehaa avahakah up kohladheveytho balaanan ☺️
Masha Allah vrh reethi mi stry ?
Feshun vrh hiegaaamu?
Vhk vrh reethi vaane hen heevany ?
Waitting for the next part ?
Stay safe and tvgc?
Thank u ☺️❤️
woww nice story ??keep it up❤️❤️❤️
Thank u widhaadhaa ismail
Thank u widhaadhaa ismail
anytime ❤️❤️❤️
Thank u ☺️❤️
@firewolf queen where you from and how old are you
Umm.. Sorry can’t tell u that. Hehe
Ekam school ga adhi ulhenee ?