ހިނިތުންވެލާށޭ ކަލާ 3
“ނޯ. ކީތްވެ އަހަރެން އިޒޫ ސްޓޯކްކުރާނީ؟ އަހަރެން ހިތްހަމަ ޖައްސައިލަން ބީޗަށް އައިތަނާ ފެނުނީ އިޒޫ މިތާ އިށީނދެއިން ތަން. އެހެންވެ އިޒޫ އެކަނި އިނީމަ މިތަނަށް އައީ.” ރުކައިން ‘އިޒޫ’ އޭ ކިޔައިގެން ވާހަކަދެއްކުމުން އިޒްހާއަށް ހެވުނެވެ.
“އެހެން؟ ސޯ.. ރުކައިން އަހަންނަށް އިޒޫ ކިޔަންޏާ އަހަރެން ދެން ރުކައިންއަށް ގޮވާނީ ރުކް އޭ ކިޔާފަ. އެންމެ ރަނގަޅުތަ…؟” އިޒްހާ ބުނެލިއެވެ.
“އިޒޫ ބޭނުންގޮތެއް. އެން ކީތްވެ އަހަރެން މިތަނަށް އައި އިރު އެހާ މޫޑީވެފަ އިނީ؟” ރުކައިން އެއްސެވެ.
އިޒްހާގެ އުފާވެރިކަން ވެރިވެފައިވާ މޫނު މިލާ މޯޅިވާން ނެގީ ހަމަ އެންމެ ދެތިން ސިކުންތެވެ.
*****
“ކިހިނެތްވީ އިޒޫ؟ އަހަން ނުވާ ސުވާލެއް އެހުނީތަ؟ އެހެންވިއްޔާ އޯކޭ ނުބުންޏަސް.” ރުކައިންއަށް އިޒްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ފެނުމާއިއެކު ބުންޏެވެ.
“ނޫން. އަހަން ބޭނުން ނުވާ ސުވާލެއް އެހުނީކީ ނޫން. އެކަމް.. އަހަރެންނަށް ރުކްއަށް ޓްރަސްޓް ނުކުރެވޭތީ.” އިޒްހާ އިސްޖަހައިލަމުން ބުންޏެވެ.
“އެންމެ ރަނގަޅު. އެ އޯކޭ ވާނެ. އިޒޫ ތި ވިސްނާހެން ހަމަ މީހަކު ފެންނަ އިރަކަށް ޓްރަސްޓްކުރާކަށް ނުވާނެ. ހެހެހެ.. ކޭން ވީ ބީ ފްރެންޑްސް؟” ރުކައިން ހީލަމުން ބުނެލިއެވެ.
“ޝުއަރ. އަޅޭ! ގަޑިން ކިހާވަރެއް ބާ މިހާރު؟” އިޒްހާ އެހެން ބުނުމަށްފަހު އަތުގައި އޮތް ފޯނު ހުޅުވައިލިއެވެ.
“ދިހަ ގަޑި ފަންސާސް؟!؟” އިޒްހާއަށް ކޮޅަށް ތެދުވެވުނެވެ.
އިޒްހާއަކީ ނުވަގަޑި ބައިގެ ފަހުން ދުވަހަކުވެސް ބޭރުގައި އުޅުނު ކުއްޖެއް ނޫނެވެ.
“ކިހިނެތްވީ އިޒޫ؟” ރުކައިންއަށްވެސް ތެދުވެވުނީ ކޮޅަށެވެ.
“ޝިޓް! ޝިޓް! ޝިޓް! ދޮންބެއަށް އަހަރެން ނުވަ ގަޑި ބައިގެ ފަހުން ބޭރުގަ އުޅޭކަން އެނގޭނަމަ މަންމަ ކައިރީގަ ބުނާކަށްވެސް ފަހެއް ނުޖެހޭނެ. އަމް ސޮރީ ރުކް. ބަޓް އައި ނީޑް ޓު ގޯ. ސޯ.. ސީ ޔޫ އެރައުންޑް. ބައީ…” އިޒްހާ އަވަސް އަވަހަށް އެހެން ބުނުމަށްފަހު ރުކައިންއަށް އެއްޗެކޭ ނުބުނެވެނީސް ދިޔައީއެވެ.
“ޔެއަހް.. ސީ ޔޫ އެރައުންޑް.. ޔަޒްވާ..” ރުކައިން އެހެން ބުނެލިއިރު އެ ބަސްތަކުގައި ފުން މާނައެއްވާނެކަން އަޑު އިވޭ މީހަކަށް ނޭނގިއެއް ނުދާނެއެވެ.
ރުކައިން ދެން ކުއްލިއަކަށް ވައިގެ ތެރެއަށް ގެއްލިގެން ދިޔައީއެވެ. އިޒްހާ ގޭގެ ފަހަތަށްގޮސް ކުޑަދޮރު ކައިރިއަށް ދިޔައިރު އެ ދޮރު ލައްޕައިފައި ހުރުމުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިޒްހާ ދިޔައީ ކުޑަދޮރު ހުޅުވައިފައެވެ. ނަމަވެސް މިހާރު ލައްޕައިފައި ހުރުމުން އިޒްއާން އެ ކޮޓަރިއަށް ވަތްކަން ޔަޤީންވިއެވެ. އިޒްހާ ފުން ނޭވާއެއް ދޫކޮށްލަމުން ގޮސް މަޑުމަޑުން ގޭގެ ދޮރު ހުޅުވައިލިއެވެ. އޭނާއަށް ތިރީ ތުންފަތުގައި ދަތް އަޅައިލެވުނީ އިޒްއާން ސޯފާގައި އިށީނދެ އިނުމުންނެވެ. އިޒްއާންއަށް އިޒްހާ ފެނުމާއިއެކު ކޮޅަށް ތެދުވިއިރު އެދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ދޮ.. ދޮންބޭ.. އައި ކޭން އެކްސްޕްލެއިން.” އިޒްހާއަށް ބުނެވުނެވެ.
“އަހަރެން ވަރަށް ގިނައިން ބުނެފަ އޮންނާނެ އިޒްހާ ކައިރީ ނުވަ ގަޑި ބައިގެ ފަހުން ގެއިން ބޭރަށް ނުނިކުންނައްޗޭ. ޔޫ އާރ ލަކީ އަހަރެން އެޓްލީސްޓް އިޒްހާއަށް ކެއާރ ކުރާކަން. އަހަރެން އުންމީދުކުރަން ދެން ފަހަރަކުން އެކަން ރިޕީޓް ނުވާކަން.” އިޒްއާން ރުޅިއައިސްފައި ހުރި ނަމަވެސް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ.
“އައިމް ސޮރީ. އެން…” އިޒްއާން ކޮޓަރި އާއި ދިމާއަށް ގޮސްގޮސް ހުރެފައިވެސް ހުއްޓައިލީ އިޒްހާ ވާހަކަ ދައްކަން ފެށުމުންނެވެ.
“ތެންކްސް ފޯރ ސޭވިން މީ ދެޓް ޓައިމް.” އިޒްއާން އިޒްހާ އާއި ދިމާއަށް އެނބުރެލުމާއިއެކު އިޒްހާ އިސްޖަހައިލަމުން ބުންޏެވެ.
“އެނީ ޓައިމް ސިސް..” އިޒްއާންގެ އަގައިން އިވުނު ބަސްކޮޅާއިއެކު އިޒްހާއަށް ދެލޯ ބޮޑުކޮށްލަމުން އިސް އުފުއްލައިލެވުނެވެ.
އެއިރު އިޒްއާން ހިނިތުންވެލައިގެން ހުރިއިރު އިޒްހާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އިޒްއާން ދުވަހަކުވެސް އިޒްހާގެ ކުރިމަތީގައި ހިނިތުންވެފައި ނުވުމުން ކަންނޭނގެއެވެ. އިޒްއާން ދެން ކޮޓަރިއަށް ވަންނަމުން ދޮރު ލެއްޕީއެވެ. އިޒްހާ ދެފަހަރަކު ލޮލުގެ އެސްފިޔަތައް ތަޅުވައިލަމުން ލަސްވެފައިވުމާއިއެކު ކޮޓަރިއަށް ވަނީ ހިތްހަމަޖެހުމާއިއެކުއެވެ. ފަތިހު އިޒްހާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އިޒްހާ ތެދުވެ މޯޅިއަކަށް ދެމިލައި ފާހާނާއަށް ވަދެ ގައި ދޮވެލަމުން ރީތިވެލިއެވެ. އެއަށްފަހު ނަމާދުކޮށްލަމުން ބޭރަށް ނިކުމެ ގޭ ދޮރުމަތި ކުނި ކަހައިލިއެވެ. އެއިރު ހުރީ ހަތެއް ޖަހައިފައެވެ. އިޒްހާ އަވަހަށް ބަދިގެއަށް ވަދެ ރޮށި ފިހެ މަސް ރިހަ ކެއްކުމަށްފަހު އަނެއްކާވެސް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލިއެވެ. އެއަށްފަހު ކާގެއަށްވަދެ ތަށިތައް އަތުރައިލިއިރު އަށެއް ޖަހަން އެއް މިނެޓެވެ. ހަމަ އެއާއިއެކު އިޒްއާން އާއި ޒާކިންގެ އިތުރުން ކަޔާންވެސް ކޮޓަރިން ނިކުމެގެން އައިސް ކާގެއަށްވަނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު އިޒްއާން ކާގެއަށްވަނީ އިޒްހާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ. އިޒްހާއަށްވެސް ހީލެވުނީ އެހެންވެއެވެ.
“ހަލޯ!” އިޒްހާ ނަންބަރަކަށް ގުޅައިލުމާއިއެކު އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ.
“ހަލޯ! ޒަކްވާން.. އަހަރެންނަށް ކަމެއްކޮށްލަ ދެވިދާނެތަ؟” އިޒްހާ އެއްސެވެ.
“ކޮންކަމެއް؟ ބުނީމައެއްނު އިނގޭނީ؟” ޒަކްވާން ހީލަމުން ބުނެލިއެވެ.
“ފޯމެއް ނަގައިދީބަ..” އިޒްހާ އެހެން ބުނުމާއިއެކު ޒަކްވާންއަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާންކަމެކެވެ.
…..
“މި ބުނީއެއްނު ޖެހޭނީ އޭނާގެ ދުވަސް ދުއްވައިލާށޭ!” އެ އަނދިރި ކޮޓަރީގެ ތެރޭގައި ގުގުމައިލީ ޒުވާން ފިރިހެނެއްގެ އަޑެވެ.
އެއިރު އެ ޒުވާނާ ފުރަގަސް ދީގެންހުރިއިރު ޒުވާން އަންހެނެއްގެ އިތުރުން ޒުވާން ފިރިހެނެއްވެސް އެއްކަލަ ޒުވާނާގެ ފަހަތުގައި ތިއްބެވެ. އެ ޒުވާނާ އެހެން ބުނިއިރު ފަހަތުގައި ތިބި ދެމީހުންގެ މޫނު މަތިން ސިހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ.
“އަހަރެންގެ މަންމަގެ ރުފިޔާތައް ފޭރިގަނެގެން އެހެން އުފަލުގައެއް އޭނާއަކަށް ނޫޅެވޭނެ. އަހަރެން މަންމައަށްޓަކައި ނަމަވެސް ބަދަލު ހިފާނަން.” އެއްކަލަ ޒުވާނާ އެހެން ބުނެލިއިރު އޭނާގެ އަޑުގައި ވަނީ ސާބިތުކަމާއި ބަދަލު ހިފުމުގެ ރޫހެވެ.
…..
“ޑޭޑް! ވަރަށް އުފާވެރި ޚަބަރެއް!” ރުކައިން ގޭތެރެއަށް ވަތްއިރު އޭނާގެ ބައްޕަ ރަޝީދުގެ އިތުރުން އޭނާގެ ކޮއްކޮ، ލީހާވެސް ކާގޭގައި ކާންއިނެވެ.
“ކިހިނެތްވީ ދަރިފުޅާ؟” ރަޝީދު ހީލަމުން އެއްސެވެ.
“ޔަޒްވާ… އޭނާ ހެޔޮ ޙާލުގައި ދުނިޔޭގައި އެބަ ހުރި!” ރުކައިން އެހެން ބުނުމާއިއެކު ލޫހާއަށް އަދި ރަޝީދަށްވެސް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ.
“ޔަލާ… ހަމަ އޭނާގެ ދަރި ޔަޒްވާތަ؟” ރަޝީދަށް އެހެން ބުނެވުނީ ދެލޮލުން ކަރުނަ ފައިބަފައިބަ ހުރި ޙާލުގައެވެ.
ރުކައިންވެސް އުފާވެރިކަމުގެ ކަރުނަ ލޮލުން ފައިބާ ޙާލު ބޯ ޖަހައިލިއިރު ލީހާވެސް ރޮމުން ރޮމުން އައިސް ރުކައިންގެ ގައިގައި ބައްދައިލިއެވެ.
…..
ދެހަފްތާ ފާއިތުވެގެން ދިޔައިރު އިޒްހާމެންގެ ގޭތެރޭގެ ކަންކަން ހަމައަކަށް އެޅިފައިވާއިރު އޭނާ އެންމެ އުފާވެފައި ހުންނަނީ އިޒްއާން ކުރިއާއި ޚިލާފަށް އިޒްހާ އާއި ވާހަކަ ދައްކައި އަޅައިލާތީއެވެ. އިޒްހާ މިހާރު އިސްކޫލުގައި ހިސާބު ޓީޗަރަކަށް އުޅުމާއިއެކު ފޫހިވެސް ފިލަން ފަށައިފައިވެއެވެ. ޒާކިންވެސް އިޒްހާ ދެކެނީ އިޒްއާން ފަދައިން އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. ނަމަވެސް ކަޔާން އަދިވެސް އުޅެމުން ދަނީ ބީރައްޓެހިކޮށެވެ.
ހެނދުނު ހަގަޑި ބައި ވެއްޖެއެވެ. އިޒްހާ ރީތިވެގެން ކޮޓަރިން ނިކުތީ އަވަސް އަރުވައިލައިގެންނެވެ. ހެނދުނު ލަހުން ހޭލެވުމުގެ ސަބަބުން އޭނާއަށް ސައި ހަދައި ރީތިވެވުނީވެސް ވަރަށް ލަހުންނެވެ. އޭނާ ނިކުތްއިރު އިޒްއާން އާއި ޒާކިން ގެއަކުނެތެވެ. ކަޔާން ގޮތެއް ނޭނގެއެވެ. އެހެން ކަމުން އޭނާއަށް ލޯ މަރައިލެވުނީ މިއަދު ގަޑި ޖެހިގެން ދެވޭނެކަމަށް ހީކޮށެވެ. އޭނާ އަދި ނިންމައިގެން ހުރީ އިސްކޫލު ދުރުގައި ހުންނާތީ އިޒްއާން އާއިއެކު ސައިކަލުގައި ދިއުމަށެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގެއިން ނިކުތް ތަނުން ސިހުނީ ގޭގެ ކުރިމައްޗަށް ކަޔާންގެ ސައިކަލު މަޑުކޮށްލުމުންނެވެ.”
ހާދަ ލަހުން މިއަދު؟ އޯވާރ ސްލެޕްޓް؟” ކަޔާން މަލާމާތުގެ ރާގަކަށް އެއްސެވެ.
އިޒްހާ ލޯ އަޅައިލީ ކަޔާން އާއި ބެހެވޭ ކަމެއް ނޫނޭ ބުނާ ފަދަ ގޮތަކަށެވެ. އަދި އެތަނުން ދާން އުޅުނު ތަނާ ސިހުނީ ކަޔާން އަނެއްކާވެސް ސައިކަލުގައި އައިސް އިޒްހާގެ ކުރިމައްޗަށް މަޑުކުރުމުންނެވެ.
“ދުރުވެބަލަ ކަޔާން! އަހަރެން ގަޑި ޖެހެނިއްޔޭ!” އިޒްހާއަށް ރުޅިއާދެވުނެވެ.
“އަރާ!” އިޒްހާ ކަޔާންއަށް ބަލައިލީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ.
“ލަސްވެގެނެއްނު ތި އުޅެނީ؟ ދެންވެސް އަރާބަލަ އަވަސްކުރަން ބޭނުމިއްޔާ.” ކަޔާން އެހާ ސީރިއަސްކޮށް އެހެން ބުނުމާއިއެކު އިޒްހާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


when will be next part ❤️?
Insha allah.. Maadhan kiyaalan libeyne.. ??