ގްރޭޑް ދިހައެއް ނިންމާފައި އަހަރެން ބޭނުންވީ މަތީ ސާނަވީ ތަޢުލީމު ހާސިލުކުރަން މާލެ ދާށެވެ.. އެހެންކަމުން އަހަރެން މާލެއަށް ކިޔެވުން ބަދަލު ކުރީމެވެ.. އަހަންނަކީ އެހާ ދީންވެރި ކުއްޖެއް ނޫނެވެ..ނަމަވެސް ބުރުގާ އަޅައި ބޮޑުހެދުންލައިގެން އުޅޭ ކުއްޖަކީމެވެ.. އަދި އަހަރެން ޤުރްއާން ކިޔަވައި ބަރާބަރަށް ނަމާދުކުރަމެވެ.. މަންމައާއި ބައްޕަ ފަޚުރުވެރިވާ ފަދަ ކުއްޖަކަށް ވުން އެއީ އަހަރެން ދެކެމުން އައި ހުވަފެނެވެ… ރަށުގެ މާހައުލާއި މާލޭގެ މާހައުލު ހާދަ ތަފާތެވެ.. މާލޭގައި މީހުން ގިނައޭ ކިޔާ އަޑު […]
އަހަރެން މެންދުރަށް ކާން ހަދައިގެން މޭޒުމަތީގައި ތަށިތައް އަތުރައިގެން އިނދެ އިނދެވެސް އާރިންއެއް ކާކަށް ނައެވެ.އެއީ މިވީހާތަނުގައި ކަން ހިނގި ގޮތެއް ނޫނެވެ.ކޮންމެ ތަނެއްގައި ހުރެފައިވެސް މެންދުރު ކާން ގެއަށް އައުމަކީ އޭނާގެ އާދައެކެވެ.ލަސްވިޔަސް ގުޅާފައި ނޫނީ މެސެޖް ކޮށްފައި އޭނާ އެވާހަކަ ބުނެއެވެ.ގުޅަން ހިތަށް އަރާފައިވެސް ފަސްޖެހެވުނީ އާރިންއަށް އުނދަގުލެއް ކުރެވިދާނެތީއެވެ.އެހެނަސް އަސުރުވެގެން ދިޔައިރުވެސް ޚަބަރެއް ނުވުމުން އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. **** އެންމެފަހުން ހިތަށް އުނދަގޫވެގެން ކާން ނާންނަނީތޯ އަހާފައި އަހަރެން އާރިންއަށް […]
ރައުޝަން އެނދުމަތީގައި އޮތީ އޭނާގެ ކުރީގެ ސްކޫލް ދައުރުގެ ފޮޓޯތައް ބަލަންށެވެ.އެހެން ބަލަނިކޮއް އޭނާ އައް ފެނުނީ އޭރުުގެ ނަމަ “ބެސްޓީއެވެ.”އެހެންނަމަވެސް މިހާރުނަމަ ރައުޝަން އައް ދޯކާދިން ރީޝާ އެވެ.ރީޝާ އާއެކު ބެންޗް އެއް ގައި އށީން ދެގެން ނަގާފައި ވި ފޮޓޯ ފެނު މުން ރައުޝަން އައް ހަމަ ރަނގަޅައް ވެސް ރޮވިއްޖެ އެވެ. ރީޝާ ރައުޝަންގެ ކަޒިން އަކާ ރައްޓެ ހި ވިފަހުން އޭނާގެ އެއޮއް އެންމެ އެކުވެރި ކަޒިން ވެސް ރީޝާ އައް […]
މާލޭގެ ފިރޯޒާ ފެންގަނޑުގެ މައްޗަށް އިރު އޮއްސިގެން ދިޔައިރު، އަލިފާންގަނޑުގެ އެކި ހިސާބުތަކުގައި ރަންކުލައިގެ އަލިތަކެއް އުފެދިގެން ދިޔައެވެ. ގޮނޑުދޮށުގައި ވޮލަންޓިއަރުން އެއްވެ، އަތުގައި ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ގޮނޑުދޮށް ސާފުކުރަން ތައްޔާރުވަމުން ދިޔައިރު، ވައި ވަނީ ލޮނާއި ހިނިތުންވުމުން ފުރިފައެވެ. އޭގެ ތެރޭގައި ޒުލަޚާ ވެސް ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ކަނދުފަތިތައް، ކުދިކުދި ބަކަރިއަކަށް ޖަމާވިއެވެ. އަދި އެކަމަނާގެ ދެލޯ ވަނީ ކުނިކޮށިތަކަކަށް ނޫނެވެ. އޭނާއަށް އޭނާ ފެނުނެވެ. އަމީނަކީ އިސްކޮޅުން ދިގު، އިރުގެ އަލިކަން ގަދަ، […]
’ކިހިނެއްވީ؟‘ އަހަރެންގެ މޫނަށް ގެނެވުނު އެ ކުޑަ ހަރަކާތްވެސް އާރިންގެ ލޮލުގައި އަޅައިގަތެވެ.އެއްޗެކޭ ބުނުމުގެ ބަދަލުގައި އަހަރެން ކަމެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރައިލީމެވެ.ނަސީބަކުން އާރިންވެސް މާ ބޮޑު ކަމަކަށް ނުހަދާ ކިރު ތަށްޓެއް އަޅާފައި އަހަންނަށް ދިއްކޮށްލިއެވެ.ކިރު ތަށި ފެނިފައިވެސް އަހަރެން މޭ ބޮޑު ކުރަން ފެށިއެވެ. **** ކިރު ތަށި ހަމަ ބޮއެ ހުސްކޮށްލެވުނު ތަނަކާއިހެން އަހަރެން އޯކަށް ދެމިގަތެވެ.ތެދުވެގެން ދުވެފައި ފާޚާނާާއާއި ދިމާލަށް ދުއްވައި ގަތުމުން ކަންބޮޑުވެފައި އަހަންނަށް ގޮވަމުން […]
އާދައިގެ މަތިން އެއް ދުވަހަކު ބިލާލް ސްކޫލަށް ދިޔައެވެ. ބިލާލްގެ ސްކޫލް ހުންނަނީ ހުޅުމާލޭގައެވެ. އެއީ ބިލާލް ވަރަށް ލޯބިވާ ސްކޫލެކެވެ. ކޮންމެ ދުވަހަކުވެސް ކްލާސް ކުދިންނާ، ޓީޗަރުންގެ އިތުރުން އެކިއެކި ރައްޓެހިން ދިމާވާތީ ބިލާލް ކޮންމެ ދުވަހަކުވެސް ސްކޫލަށް ދާހިތްވެއެވެ. އެގޮތުން މިއަދުވެސް ބިލާލް ސްކޫލަށް ދިޔައީ ވަރަށް ބަސްއަހައިގެންނެވެ. ވަރަށް ދާހިތުންނެވެ. އެއީ މިއަދަކީ ފުޓްބޯޅަ ކުޅެން ބޭރަށް ނުކުމެވޭ ދުވަސްވީމައެވެ. ކުޅެލާނެ ފުރުސަތެއް ލިބޭތީ ކޮންމެ ކުއްޖަކުވެސް ވަރަށް އުފާވިއެވެ. ހަމަ އެގޮތަށް […]
އެތަކެއް ދުވަހެއް އައިހަމް އާއި ޒަކުވާން ދިމާ ނުވެ ހުރުމުން 2 މީހުން ދޭތެރޭ ގައި ސިއްރު ކުރެވިފައި ވާ ވާހަކަ ތަކެކެވެ . މާޒީގެ ވާހަކަ ތަކެއެވެ . ޒަކުވާން އަކީ ވެސް ބަލައިލަން ރީތި ކުއްޖެކެވެ . އަންހެން ކުދިންގެ ހިތް ފަތަހަ ކުރަމުން އަންނަ ޒުވާނެކެވެ . ނަމަވެސް އެ އަންހެން ކުދިންނަށް ޒަކުވާން ނޫން ބަސް ބުނަމުން ގެންދަނީ ޒަކުވާން ހިތް އެދޭ ކުއްޖެއް ހުރުމުންނެއެވެ . އަދި އެ ހިތް […]
ފަތިހުގެ ވައިގައި އުފާވެރިކަން އުފެދުނެވެ. އާންމުގޮތެއްގައި ހަމަހިމޭންކަމާއި މަރުޙަބާ ކިޔަމުން އަންނަ ކަނޑު، މިއަދު ފެންނަމުން ދިޔައީ ހިތާމަވެރި ކަމަކަށެވެ. ބޯޓުގެ ކުރިމަތީގައި އާފިޔާ އިށީނދެ، އޭނާގެ ވެޓްސޫޓް ސެކިއުރިޓީކޮށް، ޑައިވިން ސާމާނު ވަރަށް ރަނގަޅަށް އިންސްޕެކްޓް ކުރި އެވެ. ރިހާން އޭނާގެ ކައިރީގައި މަޑުމައިތިރިކަމާއި ސަމާލުކަން ދެމުން ދިޔައިރު ޒަޔާން ހުރީ ހިކިފައި ހުރި އަނބުގެ ބައިތަކަށް ކަންބޮޑުވެފައެވެ. “އަހަރެން ކޮންމެވެސް ތަނަކުން ކިޔަނީ ޝާކްތަކަށް ބިރުވެރިކަމުގެ ވަސް ދުވޭހެން” ޒަޔާން ބާރު ބާރަށް ހަޅޭއްލަވައިގަތެވެ. […]
އަހަރެން ދެކެ އިންތިހާ އަށް ނަފުރަތު ކުރި މީހުން ވެސް ގިނަ ވެގެން ދިޔައެވެ . އެތަކެއް މަލާމާތެއް ކުރަމުން ގެންދިޔައެވެ . އަހަރެން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދިޔައީ އަހަރެންގެ ލޮލުގެ ނޫރު ، އަހަރެންގެ ލޮލުގެ ކޮއެއް ފަދަ ދަރިންގެ ހައްޤުގައެވެ . އަހަރެންނަށް ބައެއްފަހަރު ރޮވޭ ފަހަރު ވެސް އާދެއެވެ . ނަމަވެސް އަހަރެންގެ ރުޔުމުގެ އަޑު އިވޭނީ ވަކި ކާކައް ހެއްޔެވެ . އަޑު އަހަން އުރީ ވަކި ކާކު […]