Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 22

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
July 21, 2022 5 Mins Read
2 Comments

” މިޝް… ޔޫ އެންޑް މީ؟…” ވިޝާމް ދުރުގައި އެކަހެރިކޮށް ނައިރާ ކައިރި ހުރި މިޝްކާ އަށް ގޮވާ އޭނާ އާއި އެކޮށް ދާން އޯކޭ ހެއްޔޭ އަހާލިއެވެ. މިޝްކާގެ ހިތް އުފަލުން ނަށައިގަތީ ތިޔަހެންނެއް ބަލާފަކާއި އެއް ނޫނެވެ. އަވަހަށް ބޯ ޖަހާލެވުނީ އެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާތީ އެވެ. ނައިރާ އަށް ވެސް މިޝްކާ އަށް ބަލައިލެވުމަށް ފަހު ނުލަފާ ފާޑަކަށް ހީ ލެވުނެވެ. އެހެން މީހަކަށް ނުފެންނަ ގޮތަކަށް ގުޑް ލަކް އޭވެސް ބުނެލިއެވެ.

ވިޝާމްގެ މި އަމަލުން އެހެން އެންމެންނަށް ލިބުނީ ހައިރާން ކަމެކެވެ. ވަކިން ހާއްސަކޮށް ޒިވާ އަށެވެ. އޭނާ އަށް ކުރެވުނު ހާވެސް ކަމަކީ ވިޝާމް އަށް ސުވާލުވެރި ނަޒަރެއް ދިނުމެވެ. މިޝްކާ އައިސް ވިޝާމް ކައިރި ހުއްޓުމުން ޒިވާ އަށް ދުރަށް ބަލައިލެވުނެވެ. އޭރު އެ ދެލޮލުގައި ކަރުނަ ގިނަވެފައި ވިއެވެ. ޒިވާ އޭނާގެ ތުންފަތުގައި ދަތް އަޅާލުމަށް ފަހު އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. އެ ކަރުނަތަށް ހިންދާލުމުގެ ބޭނުމުގައެވެ.

” ޒިއްޕުޑިން އާދެ ދޮންބެ ކައިރިއަށް..” ޒިވާގެ ދެލޮލުގައި ބޮޑިވަމުން ދިޔަ ކަރުނަތަށް ފެނި އިޔާޝް އަށް ނުރުހުންތެރި ގޮތަކަށް ވިޝާމް އަށް ބަލާލަމުން ޒިވާ އާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. އޭނާ އަށް ޒިވާ ގެ ލޮލުން ކަރުނަ ފެނުމަކީ ބަލަން ކުޅަދާނަ މަންޒަރަކަށް ނުވެއެވެ. އެންމެ ކުޑައިރުއްސުރެން އޭނާ އެންމެ ލޯބިވީ ކޮއްކޮ އަކީ ޒިވާ އެވެ. އެންމެ ފުރަތަމަ އޭނާ އަށް އަންހެން ކޮއްކޮ އަކަށް ލިބުނީވެސް ޒިވާ އެވެ. އެހެން ކަމުން އޭނާ ޒިވާދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

ޒިވާ މަޑު ހިނގުމެއްގައި އިޔާޝް ކައިރިއަށް ދިޔަ މަންޒަރު ފެނުމުން ވިޝާމް އަށް ކުށެއް ކުރެވުނު ކަމުގެ އިހުސާސެއް ވިއެވެ. އެހެން ނަމަވެސް އެކަންތަށް އަޑިއަށް ހިންދާލަމުން އޭނާ އަވަހަށް ނުވާކަމަށް ހެދިލިއެވެ. ކައިރީގައި ހުރި މިޝްކާ އަށް ބަލައިލާފައި އަނެއްކާވެސް ކުރިއަށް ނަޒަރު ހުއްޓާލީ ނާއިފް ނައިރާ އަށް ގޮވާ އޭނާ ކައިރިއަށް އަންނަން ބުނުމުންނެވެ. ބާކީ ތިބީ ޒައިހާ، އިއަން މިޝަލް އަދި މަލަކާ އަށް ވުމުން އެ ހަތަރު މީހުން ވެސް ތިބީ ދާނީ ކާކާއި އެކު ކަން ނޭނގިފައެވެ. އިއަން މިޝަލް އަށް ފުރުސަތެއް ދީގެން ހުރުމަށް ފަހު ޒައިހާ އަށް އިޝާރާތުން އޭނާ ކައިރިއަށް އައުމަށް ބުންޏެވެ. އަދި އެހެން އެކަކަށް ނުފެންނާނެ ހެން މިޝަލް އަށް އެއްލޯ މަރާލިއެވެ.

ކޮންމެ މީހަކު ވެސް އެމީހެއްގެ ‘ޕާރޓްނާރ’ އާ އެއްކޮށް ވަލުތެރެއަށް ވެދެގެން ހިނގައި ގަތެވެ. އެންމެ ކުރީގައި ތިބެ އީވާ އާއި އަޔާޝް މަގު ދައްކަމުން ދިޔަ އިރު ކޮންމެ ޖޯޑެއްވެސް ސަފަކަށް ވާހެން އެ ދެމީހުންގެ ފަހަތުން އެތުރިގެން ތިއްބެވެ. އެންމެ ފަހަތަށް ވާގޮތަށް އިޔާޝް އާއި ޒިވާ ތިބި އިރު ޒިވާ ދިޔައީ އެދެމީހުންގެ ކުރިމަތި ތިބެ ހިނގަމުން ދިޔަ މިޝްކާ އާއި ވިޝާމް އަށް ބަލަމުންނެވެ. އެހިތުތެރޭ މިޝްކާ އަށް އޮތް ނަފްރަތު އިތުރުވެގެން ދިޔަ ހިނދުން ވިޝާމް އަށް އޮތް ޝަކުވާ އިތުރުވިއެވެ.

ސިއްރުން ކަހަލަ ގޮތަކަށް ލޮލުން ވެއްޓޭ ކޮންމެ ކަރުނައެއް ފޮހެލި ނަމަވެސް ޖެހިގެން ހުރި އިޔާޝް އަށް އެކަން ކިތަންމެހާ ވެސް ރަނގަޅަށް އިނގެއެވެ. ޒިވާ އަށް ވަގުތު ދޭން ބޭނުން ވުމުން އެކަންތަށް ފާޅު ނުކޮށް ހުރީ އެވެ. އެހެން ނަމަވެސް އޭނާ ހުރީ ވިޝާމް ކަންތަށް ކުރި ހިތްހަމަ ނުޖެހިފައި ވީ ނަމަވެސް އެކަމަށް ވެސް ކޮންމެވެސް ސަބަބެއް ވާނެކަމަށް ލަފާ ކޮށް އެއްޗެއް ނުބުނާން ހުރީ އެވެ.

ކޮންމެ ގިތެއް ވިޔަސް މިޝްކާ އުޅެމުން ދިޔަ ގޮތުން އެ ދެމީހުންގެ ފަހަތުން ދާން ޒިވާ އަށް އުނދަގޫ ވިއެވެ. ތިރި ފައިވާނަކަށް އަރައިގެން ހުރި ނަމަވެސް ކޮންމެ ފަހަރަކުވެސް އަރި އަޅާ ގޮތް ވާކަމަށް ހެދި ވިޝާމް އާއި ދިމާލަށް ވެއްޓިގަނެއެވެ. އެހެން ހަދާ ކޮންމެ ފަހަރަކު ވިޝާމް މިށްކާ ހިފަހައްޓާ ގޮތާއި ހެވިފައި ބަލައިގެން އުޅުމަށް އެދި ބުނާތަން ފެނި ޒިވާގެ ހިތުގައި ރިހުމެއް އުފެދެއެވެ. މޭ ފިތޭ ގޮތްވެ ލޮލަށް ކަރުނަ ބޮޑިވެއެވެ.

” އޭ!! މިދިމާލުގަ ހުންނާނެ ދޯ ދަނބު ގަހެއް؟؟؟ ހިނގާބަ އެ ގަހުން ދަނބު ބިންނަން ދާން…” އަޔާނީ ވަކި ހިސާބަކުން އެންމެންނަށް އަޑު އިވޭ ވަރަށް ގޮވާލިއެވެ. އަދި އޭނާގެ އަތުން ޒައްޔާން އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ.

” މަގޭ ބޮލުގަތަ؟” އަޔާނީ އޭނާ އާއި ދިމާލަށް އަތް ދިއްކޮށްލުމުން ދެބުމަ ގޮއްޖަހާލަމުން ޒައްޔާން އަށް ބުނެވުނެވެ.

“އެހް ނޫން…. މިދިމާލުން އެތާ އެކޮޅުގަ އެހެރަ ބޯކެޔޮ ގަސްތަކުގެ އެކޮޅަށް….” އަޔާނީ ޒައްޔާންގެ މޫނަށް އަތް ފޮޅާލަމުން ޒައްޔާންގެ ފުރަގަހަތުން ފެންނަން ހުރި ބޯކެޔޮ ގަސްތަކަށް އިޝާރާތް ކޮށްފައި ބުނެލިއެވެ. ޒައިހާ އަދި އީވާ ވެސް އެކަމަށް އެއްބަސް ވުމުން އެންމެން އެ ގަސްދޮށަށް ދާން ނިންމިއެވެ.

އެންމެންނަށްވެސް އެ ގަސް ފެނުމުން ދެލޯ ތަންމިނަށް ހުޅުވި އަގައިން ސޮނި ވެއްޓޭ ވަރު ވިއެވެ. ގަހުގައި ދޮންވެ ފައްކާވެފައި ހުރި ދަނބު ވަކިތަށް ކޯނި ކޯންޏަށް ކުރި އިތު ކިރިޔާ އަތް ޖެހިލިޔަސް ހުރިހާ އެއްޗެއް ފައިބާ ހާ ވަރުގަ ތިބުމުން އެންމެންވެސް އެ ބިންނަން ފިރިހެން ވެރިން ކައިރި ގަހަށް އަރަން ބުންޏެވެ. ގަސް ކައިރިން ފަޅާފައި ހުރި ކުދި ތޫތު ގަސްތަށް ފެނުމުން އިވާ އާއި އަޔާނީ އެ އެއްޗިހި ބިންނަން މަލަކާ އަދި ޒައިހާ އަށް ގޮވިއެވެ. މާހީ ވެސް އައިސް ބައިވެރިވެ ކޮންމެ މީހަކުވެސް ހެދުމުން ގޮށި ހަދާ އޭގެ ތެރެއަށް ބިންނަ ހުރިހާ އެއްޗެއް އެޅިއެވެ.

ޒިވާ އެހެން އެންމެންނާއި ވަކިން ގޮސްދުރުގައި ވެއްޓިފައި އޮތް ރުއްބުޑެއްގެ މަތީ އިށީންނިއެވެ. އެހެންނަމަވެސް އޭނާ ހުރި ދިމާލުން ފަހަތަށް ހުރި މަގޫ ގަސްތަކުގެ ފުރަގަހަތުން ރާޅު ޖަހާ އަޑު އިވުމުން އެންމެންނަށް ސިއްރުން އޭނާ ހެޅިފަށަށް ނުކުތެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ ރާޅު ޖަހާ ހިސާބުން ހިނގަންފެށީ ހިތާއި ސިކުނޑި އަދި ނަފްސަށް ހަމަޖެހުން ގެނުވާށެވެ. ދުރުދުރުން ފެންނަން އޮތް ގުދުރަތުގެ ރީތިކަމަށް ނަޒަރު ހުއްޓާ ލައިގެން ހުރެ ޒިވާ މަޑު ފިޔަވަޅު ތަކެއްގައި އެންމެން ތިބި ތަނާއި ދުރަށް ހިނގައިގަތެވެ.

 

އެންމެންނަށް ވެސް ޒިވާ ނެތްކަން ފާހަގަ ވީ ދަނބު ގަހުން ދަނބު ބިދެގެން ފޭބި ނާއިފް ޒިވާ ކޮބައިތޯ އެހުމުންނެވެ. ޒިވާ އެހެން މީހުންނާއި ވަކިން އުޅުނުކަން އިޔާޝް އަށް އެނގުނު ނަމަވެސް އިޔާޝް އަށް ވެސް ނޭގުނު ކަމަކީ ޒިވާ ދިޔަ ތަނެކެވެ. ކުއްލިއަކަށް ގެއްލުމުން އޭނާ އަށް ޒިވާ ކައިރިން ދުރަށް ދެވުނު މޮޔަ ހިތަތަށް އެރުނެވެ. އެ ހިސާބު ގަނޑުން ވެސް ޒިވާ ފެންނަން ނެތުމުން އެންމެން ވެސް ނިންމީ ޒިވާ ދާނީ ގެގަނޑަށް ކަމަށެވެ.

 

ބޭރުގައި އުޅެފައި އެމީހުންގެ ރޭވުން ކާމިޔާބު ނުވަނީސް މި ދިމާވި ކަމަކުން ނައިރާ އަދި މިޝްކާގެ މުޑު ވެސް ވަނި ހަރާބު ވެފަ އެވެ. ނައިރާ އަށް ވުރެން ބޮޑަށް މިޝްކާގެ މޫޑު ގޯސް ވީ ވިޝާމް ޒިވާ ގެއްލިގެން ކަންބޮޑުވެގެން އުޅުނު ތަން ފެނުމުންނެވެ.

ރަށަކީ ވަލުތެރެއާއި ގަސްތަށް ގިން ސަރަހައްދު ތަށް ގިނަ ތަނަކަށް ވުމުން ކޮންމެ ދިމާލަކަށް ދިޔަޔަސް ގެއްލޭނެ ކަމުގެ ފުރުސަތު ބޮޑެވެ. އޭނާގެ އެކުވެރިން އޭނާ ނުފެނިގެން އުޅޭ ގޮތް ނޭނގޭ ހާލ ޒިވާ މަޑު ފިޔަވަޅު ތަކެއްގައި ގޮނޑުދޮށަށް އޭނާގެ ފިޔަވަޅުތަށް ދޫކުރަމުން ދިޔައިރު ސިނކުޑީގައި ވިސްނެމުން ދިޔައީ އެކި ފަހަރު މަތިން އޭނާ އަށް މިޝްކާ އަދި ވިޝާމް އެއްކޮށް ފެނިފައި ހުރި މަންޒަރު ތަކެވެ. ފޮޓޯ ތަކުގައި ދެމީހުންގެ ދެމެދުގައި ވި ޖާގަ އިންތިހާ އަށް ކުޑަ ވެފައި ދެމީހުން އެއްކޮށް މި ދަތުރުގައި އުޅެމުން އައިލެއް ގައިގޯޅި ކަމުން އެ ހިތުގައި ޝަކުވާ އާއި ނަފްރަތު އުފެދުނެވެ. ވިޝާމް އޭނާ އަށް ބޭވަފާ ތެރި ވާކަމުގެ ހިތި ރަހަ އޭނާގެ ކަރު ބުޑުން ލަމުން ދިޔަ އިރު އޭނާ އަށް ނޭގެނީ ވިޝާމް އެގޮތަށް ކަން ކުރަމުން ގެންދިޔަ ސަބަބެވެ.

 

އެންމެންވެސް އެ ގެއަށް އައި އިރު ގެއަށް ޒިވާ އައިސްފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އިއަން ޒިވާ އަދި ގެއަށް ނާދް އެއް ނޫން ހޭ ބުނުމުން އެންމެންވެސް ކަން ބޮޑު ވާން ފެށިއެވެ. ވާނީ ވެސް އެހެންނެއް ނޫން ހެއްޔެވެ. ކިތަންމެ ފަހަރަކު އެރަށަށް އައި ކަމުގައި ވިޔަސް ގަސް ބޯ ބޮޑު ޖަންގައްޔެއް ފަދަ އެ ތަނުން ނުކުތުމަކީ އުނދަގޫ ކަމެއް ވިއްޔާ އެވެ. ޒިވާ އަށް ކަމެއްވެ، ނުވަތަ އަނިޔާ އެއް ލިބުމުން ވާނެ ގޮތަކަށް ވިސްނައި ޒައްޔާން ތިން މިހުންގެ ފަސް ޓީމަށް އެ ފަނަރަ މީހުން ބަހާލިއެވެ. އެއް ގުރޫޕު ގައި އަންހެން ކުދިން އިތުރު ކޮށްފައި ގޭގައި މަޑު ކުރުމަށް ބުންޏެވެ. ޒިވާ ގެއަށް އަތުވެއްޖެ ނަމަ އެމީހުންނަށް ގުޅަން ބުންޏެވެ.

 

ބޭނުން ވާނެ ސާމާނުތަށް ހިފައިގެން ހަތަރު ޓީމު ރަށުގެ އެކި ހިސާބު ތަކަށް ބެހިލިއެވެ. އެހެން ނަމަވެސް ނަތީޖާ އަކަށް ވީ އެއްވެސް ބަޔަކަށް ޒިވާ ނުފެނުމެވެ.

ހަވީރު ވެއްޖެކަން އެނގުމުން ޒިވާ އޭނާ އިން ހިސާބުން ތެދުވިއެވެ. ބޮޑެތި ދިއްގާ ގަސްތަކެއްގެ ހިޔަލުގައި މަގޫ ގަސްތަކެއް ފަޅާފައި ވީ އިރު ދުރުން ބަލައިލި މިހަކަށް ޒިވާ އެތާނގައި އިންހެނެއް ހިޔެއް ނުވާނެ އެވެ. ޒިވާ އެތާނގައި އިށީންދެގެން އިދެފައި ތެދުވި އިރު މީހާގެ މުޅި މޫނު ވަނީ ރަތްވެފަ އެވެ. ދެލޮލުގެ ރަތްކަން އަދި ވަކިން އިތުރެވެ.

ޒިވާ ތެދުވި ތަނުން އޭނާގެ ފުރަގަހަތުން ގަސްތަކުގެ ތެރެއިން އެއްޗެއް ހެލިލި އަޑު އިވުނެވެ. ބިރުން ހުެ ފަސް އެނބުރި ބަލައިލި އިރު އެކައްޗެއް ވެސް ފެންނަން ނެތުމުން އިތުރަށް ބިރު ގަތެވެ.

 

~ނުނިމޭ~

 

ހުރިހާ ކިޔުންތެރިންނަށް ވެސް އެންމެ ފުރަތަމަ ބުނެލަން ބޭނުން ވަނީ ވައުދޭ ވެވޭ މީ އަދި  އަޅުގަނޑުގެ ދެވަނަ ވާހަކަ ހިތުގައި ވޭ ތުޔަ ނަން އެސްފިޔަ އަށް އަޕ ނުކުރެވި ދިޔަ ސަބަބަކަށް ވީ އަޅުގަނޑަށް މި ވެބްސައިޓް އަށް ލޮގް އިން ވުމުގައި ދަތިތަކަކާއި ކުރިމަތި ވެ އެރޯރް އަރާ ކަންތަށް ވުމުން އަދ ހަމަ އެއާއި އެކު އަޅުގަނޑަށް އެހެން ވާހަކަ ތަކަށް ވެސް ނުވަދެވޭ މިހެން ކަންތަށް ވުމުން ވަރަށް ގިނަ ދުވަހު މި ވެބަސައިތް އަށް ނުވަދެ ހުރެ މި ވަދެލީ ކުޑަޮށް ނަމަވެސް ރަނގަޅު ވެފައި ވުމުން އަވަހަށް ކިޔުންތެރިންނަށް ވާހަކަ އަޕް ކޮށްލަދޭން ބޭޏުން ވުމުން މި އަޕްކޮށްލަ ދެނީ ހުރިހާ ކިޔުންތެރިންނަށ ވެސް ކަމުދާނެ ކަމަސް އުންމީދު ކުރަން

ތި ދެއްވާ ސަޕޯޓަށް ހުރިހާ ކިޔުންތެރިންނަށް ޝުޚުރިއްޔާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

އެދުވަހު ލޯބިން 4

Next

އަބަދަށް އެކުގައި 30

Next
July 21, 2022

އަބަދަށް އެކުގައި 30

Previews
July 21, 2022

އެދުވަހު ލޯބިން 4

2 Comments!

  1. Nayaa Nayaa says:
    July 21, 2022 at 1:32 pm

    Yoooo mah broooooooooo
    How’s yuh???
    Miss viyey hes kiyaaha ♥️
    Mi prt vx hama vrh obi ey buneveyny as always ♥️
    Klw hama huvaa mi buny e mishka aa naira ge angaiga huri dhaiy kolhu ufuraalaanan..alhe ekm vishaal keehvethr ehn e hedhy..? Ekamuge fahathuga knms sababeh onnaaney magey hiy eba buney..
    Ey dhn nethey maa dhigu cmnt eh kureveykah..
    Byeeeeeeeee ♥️♥️♥️
    Waiting for the next prt ♥️♥️
    Lwbi vey sooooooooooooo freaking muchhhhh 😩😩♥️♥️♥️

  2. lau.laala786@gmail.com lau laalu says:
    July 22, 2022 at 12:29 am

    yeahhhh mah mannnnnn!!!!!!
    im hama habeyyyyyysssss ekam ethereyn hiyy uheny varah dhathi haaluga…..💖💖💔💔💔😂😁 how abt you babe????
    maes miss veyey loabi gandu mathinnn… ma dhen kaaku mathin tha handhaan kuraanee manje mathin handhaan nukoh ma hessa loabi veyey manje dheke…..????
    eyyyy manjeyy mashah varah rangalhu manje emeehunge dhaikolhu eufuraaliyya… 😆😆😆 eyyn hoon dhen onnane thaa dhw konmeves sababehhh lollls🤣🤣😁😁😁😎
    eyy dhen ma dhanee ingey neii maa dhiguukohh liyevey kahhh
    byeee love you too my darling loabi yannuuuuuuu….. so freaking muchh ❤😍😍❣❣❣💞💞💞💓💓💘💘💘💝💝💝💗💗💗💖💖💖😍😍😍❤❤❤💞💞💞💞

Comments are closed.

Next Episodeވައުދޭ ވެވޭ މީ…23←


All Right Reserved!