މާސްކަކުން ކިތަންމެ ވަރަކަށް އަހަރެންގެ މޫނު ފޮރުވިޔަސް ހަގީގަތުގައި އޭނާ އަހަރެން ދުނިޔެއަށް ގިނަކޮށްލައިފިއެވެ.އަހަރެން މީ ސީދާ ކާކުކަން ނޭނގުނަސް އެތައް ބަޔަކަށް އަހަރެންގެ ހަށިގަނޑު ފެނި އަހަރެން މުޅިން އިޝްތިހާރު ވެއްޖެއެވެ. **** ’މިހްރާ…‘ ކީރާ އަނެއްކާވެސް ގޮވައިލިއެވެ.އަހަރެން ވަރަށް ހިތްވަރުކޮށްފައި އިސް އުފުލާ އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއިރު އަހަރެންގެ ޖަވާބަކަށް ކެތްމަދުވެފައި އިން ފަދަ ގޮތަކަށް ކީރާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. **** އެހެނަސް އަހަންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޅަ އަޑަކުން […]
އަހަންނަކީ ލ.ގަމަށް އުފަން ކުއްޖެކެވެ. އަދި މަންމަ އާއި ބައްޕަ އަށް ލިބުނު ދެކުދިންގެ ތެރެއިން ހުރި ހަމައެކަނި އަންހެން ކުއްޖާ ވެސް މެއެވެ. ދެން ހުންނާނީ ދޮށީ ބޭބެ ޒިޔަލްއެވެ. އޭނާ އަކީ މަންމަ އާއި ބައްޕަގެ “ރަން ދަރިފުޅު”އެވެ. އޭނާ ތަޢުލީމް ޙާޞިލު ކުރަން މާލެ ދިޔަ ގޮތަށް އަދިވެސް ދިރިއުޅެނީ ހަމަ މާލޭގައެވެ. އަހަންނަކީ ކޮންމެވެސް ސަބަބަކާ ހުރެ މުޅި އާއިލާގެ ރުޅިވެރިކަމާއި ނަފްރަތު ލިބި ބޮޑުވަމުން އައި ކުއްޖާއެވެ. އެއްމެ ކުޑައިރުއްސުރެ […]
އަހަރެން ގޮސް ކީރާގެ ގާތަށް ހުއްޓިފައި އެ އެނދާއި ދިމާލަށް ބަލައިލި ވަގުތު ލިބުނީ ދުވަހަކު ނުލިބޭ ވަރުގެ ޝޮކެކެވެ.ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެގެން ދެލޯ ބޮޑުކޮށްގެން ހުރެ އަހަންނަށް ދެން ބަލައިލެވުނީ ކީރާއާއި ދިމާލަށެވެ. **** އެ އެނދުގައި ކުރުގެޅިލައިގެން ކަހަލަ ގޮތަކަށް ނިދާފައި އޮތީ ފަސް ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.އަހަރެން ހައިރާންވީ އެ ކުއްޖާގެ މޫނު ފެނިފައެވެ.އެއީ ހަމަ އާރިންގެ ކާބަން ކޮޕީއެކެވެ.ހަމަ އެ މޫނުކޮޅެވެ.އެ އިސްތަށިގަނޑެވެ.ތަފާތެއްވެސް ނެތެވެ. **** ’ކީރާ…މި…މި؟‘ […]
އޭނާ ކުރި ކަމެއް އިހުސާސްވުމުން ލަދުވެތިކަމާއެކު އޭނާ ހިނގައިގަތެވެ.ކޮޓަރިން ނުކުތުމުގެ ކުރިން އޭނާ ބުނީ އެ ކިސް އަކީ އެކްސިޑެންޓަލް އެއްޗެއް ކަމަށެވެ.އަދި ރީޝާ ބުނީ އޯކޭ، އެކްސިޑެންޓްތައް ހިނގާކަމަށާއި އޭނާއަކީ އެހެން މީހުން ކަހަލަ މީހެއް ނޫންކަން ރީޝާއަށް އެނގެއެވެ. ދުރަށް ދިއުމުގެ ކުރިން އޭނާ ފުޅާ ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. ******** އިނާލް އާއި ޒީއާ ކިޔާ ރައްޓެހިންނާއެކު ހިނގާލަން ދާން ރައުޝަން ތައްޔާރުވާން ފެށިއެވެ. ހިގާލަން ދާއިރުލާން އޭނާނިންމީ ގަދަ ފެހި ކުލައިގެ ޝޯލްއަކާ […]
ވަރިހަމައޭ ހިތަށް އަރުވާލައިފައި ހިތްވަރު ދޫނުކުރަން ވެގެން ދެން އަހަރެން ވަންނަން ދިމާކުރީ އެ އަނދިރި ގޯޅިގަނޑަށެވެ.’ޝޯޓު ކަޓަކީ‘ އެއީ ކަމަށްވާތީއެވެ.މިއޮއް ވާރޭގައި ދެން މާ ދުރުން އެހެންތާކަށް ދާހާ އަހަރެން މުރާއްޔެއް ނޫނެވެ.ހިތަށް އެރިއެވެ.އެއީ ދެން އެންމެ ފަސޭހަ އޮޕްޝަންއެވެ.ހަމަ ކުޑަ ކުޑަ ހިތްވަރެކެވެ.އޭރުން މިރޭ ޔަގީނުންވެސް ރާމެން ކާން ލިބޭނެއެވެ. **** ފިހާރައިން ނުކުމެގެން އަހަރެން ގެއަށް ދާން ހިނގައިގަތީ ރާމެން ޕެކެޓްތައް ލާފައި އޮތް ކޮތަޅު ކޯޓުގެ ދަށަށް ލައި […]
’އާރިންއަކީ ކަލޭ ތި ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން…‘ އެ މެސެޖުގައި އޮތެވެ.އަހަރެންގެ ހިތް އޮބި ނޯންނަހާ ބާރަށް ތެޅިގަތެވެ.މިހާރު މި ކޮންކަމެއް ހެއްޔެވެ؟ **** ހަމަ ގައިމުވެސް އެއީ އާރިންއަކީ ކާކުކަން ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ.އަދި އެ މީހަކަށް އަހަންނަކީ އޭނާގެ އަނބިމީހާކަންވެސް އެނގެއެވެ.އެހެންވީމާ އެ ފާޑަށް އެމީހަކު އަހަންނަށް މެސެޖް ކުރުމުގެ ބޭނުމަކީ އާރިންއާއި މެދު އަހަރެންގެ ހިތުގައި ޝައްކު އުފައްދަައި، އަހަރެމެން ދެމީހުންގެ ދޭތެރޭގައި މައްސަލަގަނޑެއް ހިލުވައިލުން ހެއްޔެވެ؟ އާޚިރު […]
އެ އާއިލާގައި ތިބެނީ އިހާންއާއި ހައިދިން އެކަންޏެވެ.ވަރަށް ކުޑައިރު އެ ދެމީހުންގެ މައިންބަފައިން ވަނީ ނިޔާވެފައެވެ.ބަލާ ބޮޑުކުރީ މައި ފުށުގެ ބޮޑުދައިތައެކެވެ.އެހެނަސް ބޮޑުދައިތަވެސް މިހާރު ވަނީ ނިޔާވެފައެވެ.ދެމީހުންގެ ނަންމަތީގައި މައިންބަފައިންގެ ފަރާތުން ވާރުތަވި ގޯއްޗެއް އޮތްއިރު އެ ގެ ވަނީ ހަމައަށް މީހަކަށް ފަސް ފުލޯގެ މަގުން ބަހައިފައެވެ.ދެބެން ހިއްސާ ވެގެން ހިންގާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްވެސް އޮވެއެވެ. **** ހައިދިންގެ ބެލުންތަކުން އަހަންނަށް އެހާ އުނދަގޫވެފައި އިންދާ އާއިލާގެ މެންބަރުން ކިޔައިދެމުން ގޮސް ބައްޕަ އަހަންނާއި […]
ފަލަސްޠީނުގެ މައްސަލައަކީ މިއަދު ދުނިޔޭގެ އެންމެ ބޮޑު އިންސާނީ އަނިޔާވެރިކަމުގެ މައްސަލައެވެ. މިއީ ހަމައެކަނި ސަރަޙައްދީ ޚިލާފެއް ނޫނެވެ. މިއީ އިންސާނިއްޔަތުކަމާއި، އިންސާފާއި، ޙައްޤުތަކުގެ މައްސަލައެކެވެ. ފަލަސްޠީނާއެކު ތެދުވެ ހުރުމަކީ އިންސާނީ ޒަމީރު ގޮވައިލާ ނިދާއަކަށް އިޖާބަދިނުމެވެ. އިންސާފުގެ ދަޢުވަތު: އިންސާފަކީ އިންސާނީ ދިރިއުޅުމުގެ އަސާސެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި، އިންސާނީ ޙައްޤުތަކުގެ ނިގުޅައިގަތުމާއި، އަސާސީ މިނިވަންކަން ގެއްލިގެން ދިއުމަކީ އިންސާފުގެ ހަމަތަކާ ޚިލާފު ކަންކަމެވެ. އެހެންކަމުން، ފަލަސްޠީނާއެކު ތެދުވެ ހުރުމަކީ އިންސާފަށް ތެދުވެ ހުރުމެވެ. […]
ޒައިނާއަކީ ގްރޭޑް 9 ގައި ކިޔަވާ ހިތްވަރުގަދަ އަދި ވިސްނުންތޫނު ދަރިވަރެކެވެ. ނަމަވެސް ސްކޫލުގައި އޭނާ ދުވަހަކުވެސް ހިތްހަމަޖެހިގެން ނޫޅެއެވެ. ސަބަބަކީ ބައެއް ކުދިން އޭނާއަށް ފުރައްސާރަކޮށް، އޭނާގެ ހެދުމަށާއި، ވާހަކަދެއްކޭ ގޮތަށް ދިމާކުރާތީއެވެ. މިކަމުގެ ސަބަބުން ޒައިނާ ގިނަ ދުވަސްތަކެއް ވަންދެން ހަމަ ހިމޭނުން އިނދެ، އެއްވެސް މީހަކާ ވާހަކަ ނުދައްކައެވެ. އެއްދުވަހު ޒައިނާގެ ދިވެހި ޓީޗަރު، ޒައިނާއަށް ގޮވާލައި، އޭނާގެ ހާލު އޮޅުން ފިލުވިއެވެ. އަދި ޒައިނާއަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމުގެ ވާހަކަ އެނގުމުން، ޓީޗަރު […]