Skip to content
އެސްފިޔަ

އެ ޖަންގަލީގެ ތެރެއިން… ޓްރެއިލާރ

ހައިކާއަކީ އަށާރަ އަހަރު ފުރިފައިވާ މެލޭޝިޔާގެ ފެންވަރު ރަނގަޅު ކޮލެޖެއްގައި ތަޢުލީމު އަދާކުރަމުން ދާ ޒުވާން ޖިންސުއްލަތީފެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ބަދަލުވެގެން ދަނީ ހީވެސް ނުކުރާހާ ގޮތަކަށެވެ. އޭނާގެ ލޯބިވެރިޔާ އައުލް އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔޫލީ އޭނާ އާއި ބޭވަފާތެރިވެއެވެ. ހީވެސް ނުކުރާހާ ގޮތަކަށް ބޮޑެތި ދޮގު އިލްޒާމުތަކެއް އޭނާގެ ބޮލުގައި އަޅުވައެވެ. އޭނާ އާއި ދެން ދިމާވަނީ އާދައާއި ޚިލާފު ޒުވާން ފިރިހެން ކުއްޖެކެވެ. އެ ޒުވާނަކީ ކާކުބާވައެވެ؟ އެ ޒުވާނާ އާއި ހައިކާ އާއި ދެމެދުގައި ވާ ގުޅުމަކީ ކޮބައިބާވައެވެ؟

 

 

ސަލާމް… ޒެލީގެ މި ލިޔާ ފުރަތަމަ ވާހަކައަށް ކިޔުންތެރިންގެ ސަޕޯރޓް ލިބިގެންދާނެ ކަމަށް އުންމީދުކުރަން. ޒެލީގެ ފުރަތަމަ ވާހަކަކަމުން މި ވާހަކައިގައި ކުއްތައް ހުރުން އެކަށީގެންވޭ.. އިންޝާﷲ ކޮންމެ ހަފްތާއެއްގަވެސް ދެދުވަހުން އެއްދުވަހު ވާހަކަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭތޯ ޒެލީ މަސައްކަތް ކުރާނަން.. ޝުކުރިއްޔާ!

Comments (2)

  1. Nayaa

    Reethi vaanehen heevey.. Gud luck dear 😊♥️

  2. Aminath Raayaa

    Beautiful ❣️

Comments are closed.