Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތުގައި ވޭ ތިޔަ ނަން…2

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
July 30, 2022 5 Mins Read
0 Comments

 

މާލޭ ރާޅުގަނޑު ސަރަހައްދުގައި މާއިން އިން އިރު އޭނާގެ ނަޒަރު މޫދަށް ހުއްޓަސް އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔައީ މާ ކުރީގެ ހަނދާންތަކެކެވެ. އެ ހަނދާންތަށް އާވަމުން ދިޔަ ވަރަކަށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރުވާލައެވެ. ކޮންމެ ފަހަރަކުވެސް އޭނާ އަށް ސިފަ ވަނީ ކަރުނުން ފުރިފައި ވި ލޮލެކެވެ. އޭނާ އަންހެން ކުއްޖަކަށް އަނިޔާ ކުރާ ތަނެވެ. ކަންފަތުގައި ގުގުމަމުން ދަނީ އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑެވެ. އާދޭސް ތަކެވެ. އޭގެ ތެރެއިން ވެސް އޭނާ އަށް އެންމެ ފާހަގަ ކޮށް އިވެމުން ދިޔައީ އޭނާ އެ އަންހެން ކުއްޖާ އާއި ދިމާލަށް ކިޔަމުން ދިޔަ އެއްޗިސްއެވެ. ކުރަމުން ދިޔަ ތުހުމަތު ތަކެވެ. ދެމުން ދިޔަ އަނިޔާ އެވެ.

ހުރިހާ އެއްޗެއް ފްލެޝްބެކްސް ތަކެއް ހެން ހަނދާން ވަމުން ދިޔަ ވަރަކަށް އޭނާގެ ބޮލުގައި ރިއްސައިގަތެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ވެސް އިތުރު ވީ އެވެ. އެވަގުތު ވީ ބޯކޮށް ވާރޭވެސް ވެހިލި ގަޑި އަކަށެވެ. މާއިންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް އެ މޫނުގައި ބޮސްދީފައި ދަމުން ދިޔަ ވާރޭގެ ފެންތިކި ތަކާއި އެކުވެގެން ދިޔައެވެ. ބޮލަށް ބާރުކުރަމުން ދިޔަލެއް ބޮޑުކަމުން މާއިން އަށް ބޮލުގައި އަތް އަޅާ ބާރުކޮށްލެވުނެވެ. އެއާއި އެކު އޭނާ އަށް ރޮއެގަނެވުނެވެ.

” އައިމް ސޮރީ… އައިމް ރިއަލީ ސޮރީ… ނާއި ޕްލީޒް ފޮގިވް މީ…..”

_-_-_-_-_-_-_-_-_-

ކަޅު އަނދިރި ގޯޅި ގަނޑެއްގެ ތެރެއިން ހިނގާފައި ދިޔަ ނައިޝްގެ ދެލޯ ދިޔައީ އެކި ދިމަ ދިމާ ހޯދަމުންނެވެ. އެހިތުތެރޭގައި ބިރުވެރިކަން ވީއިރު ނައިޝް ހިނގަމުން ދިޔަ އިރުވެސް ދިޔައީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. އުމުރުން އަށާރަ އަހަރު ވީއިރު ވެސް އޭނާ އަނދިރި ގޯޅިތަކުން ދާން ބިރުގަނެއެވެ. ދެކޮޅު ބަލަމުން ލަސް ފިޔަވަޅު ތަކަކުން ނައިޝް ދިޔައީ ކޮލެޖުން މިއަދުގެ ސެޝަން ނިންމާ ގެއަށް ދާށެވެ.

ކަޅު އަނދިރި ގޯޅި ގަނޑުގެ ނިމޭ ހިސާބަށް ދެވުމުން ފުން ނޭވާ އެއް ނައިޝް އަށް ދޫކޮށްލެވުނެވެ. ކޮންމެ ދުވަހަކުހެން އެމަގުން އޭނާ އަށް ހިނގުނު ކަމުގައި ވިޔަސް އޭނާ އަށް އެ ގޯޅިގަނޑުން ހިނގުމަކީ މޭގަނޑު އަތަށް ލައިގެން އެތަނުން ހުރަސް ކުރުން ކަހަލަ ކަމެކެވެ.

 

ހަމަ ޖެހިލާފައި ނައިޝް އަވަސް ފިޔަވަޅު ތަކަކުން ނުކުންނަން ހިނގައި ގަތް ނަމަވެސް ހުއްޓެން މަޖުބޫރު ވީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. އޭނާ އަށް މަގު ބެދޭނެހެން ކުރިމައްޗަށް އައިސް އެ ހުއްޓުނީ މާއިން ނޫން ދެވަނަ މީހެއް ނޫނެވެ.

ދެމީހުން ރައްޓެހި ވިތާ ދެ މަސް ވާނީ ވީ އިރު މާއިންގެ އުޅުން ބަދަލު ވިކަން ނައިޝް އަށް ފާހަގަ ކުރެވުން ފެށުނެވެ.އެހެންނަމަވެސް ކުރިމަތިން ފެންނަމުން އެދަނީ ދުވަހަކުވެސް އޭނާ މާއިންގެ ކިބައިން ދެކެން ބޭނުންވި މަންޒަރެއް ނޫންވިއްޔާއެވެ. މީހާގެ ގައިން ނުބައި ވަހެއް އަރަމުން ދިޔައިރު ސިނގިރޭޓު ވަހާއި ދުން ވަހެއް މާއިންގެ ގައިން އަރަމުން ދިޔައެވެ. މީހާގެ ދެލޯ ހުޅުވިފައި ނެތް އިރު އިސްޖެހިފައި ހުރިގޮތުން މާއިން ހުރީ ހަމައިގައި ނޫންކަން ނައިޝްއަށް އެނގުނެވެ. ދެލޯ ބޮޑުކޮށްލައިގެން ގަބޫލުނުކުރެވިފައި ނައިޝް އަށް މާއިންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނު އިރު އޭނާގެ ހިތުތެރޭގައި ބިރުވެރިކަން އުފެދުނެވެ.

މާއިން ނައިޝް އާއި ދިމާލަށް ބަލަން ހުރުމަށް ފަހު ނައިޝް އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެއްޓިއެވެ. ހަމަ އެއާއިއެކު މާއިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ނައިޝް ވެސް ފަހަތަށް ފިޔަވަޅު ނަގައެވެ. ދިންފިޔަވަޅު ފަހަތަށް ނަގާލެވެން ވީއިރު ނައިޝް ގޮތް ފަހަތުގައި ހުރި ގޭގެ ފާރުގައި ޖެހުނެވެ. ހަމަ އެ ބާރުމިނުގައި އައިސް މާއިން ހުރީ އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. މާއިން އޭނާގެ ދެއަތް ފާރުގައި ވިއްދާލާފައި ނައިޝް އަށް ނުދެވޭނެހެން ހައްޔަރުކޮށްލިއެވެ.

މާއިން ކަންކުރި ގޮތުން ނައިޝްގެ ހިތުގެ ހިގުން އަވަސްވެ މީހާ މުޅިން ދާހިއްލާ ނޭވާ ކުރުވާން ފެއްޓިއެވެ. ލޮލުގައި ކަރުނަތަށް ބޮޑިވެގަތީ ބޯވިލާގަޑަކަށް ފެންތިކިތަށް ޖަމާ ވި ފަދައިންނެވެ.  ބިރުގަނެ، މުޅި މީހާ ތުރުތުރު އަޅާހާ ވަރު ވިއެވެ. ދެލޯ މަރާ ތަގުޅި ކޮށްލެވުނީ އެކަމުން ސަލާމަތްކޮށްދިނުމަށް އެދި ﷲ ހަޟްރަތުގައި ދުއާ ދަންނަވަމުންނެވެ.

މާއިން ނައިޝްގެ މޫނާއި އެއްވަރަށް އޭނާގެ މޫނު ތިރިކޮށްލުމުން ނައިޝް އަށް މާއިންގެ ހޫނު ނޭވާ ތައް އިހުސާސު ވިއެވެ. ބާރުކުރެވިފައި ވި ދެލޮލުގެ ތެރެއިން ފުރޭނިގެން ކަރުނަތަށް ފައިބަގަތެވެ. ކުއްލިއަކަށް މާއިން އަށް ދެލޯ ހުޅުވާލެވުނީ މާއިންގެ އަތުގެ ބީހުމެއް އޭނާގެ ހެދުން ތެރެއިން އިހުސާސު ވުމުންނެވެ. ކުއްލި ހަރަކާތަކާއި އެކު މާއިންގެ އަތް ފޮޅުވާލާފައި ދުއްވައިގަނެވުނު ނަމަވެސް އޭނާ އަށް ދެތިން ފިޔަވަޅު ފިޔަވާ އިތުރަކަށް އެންމެ ފިޔަވަޅެއްވެސް އަޅާނެ ފުރުސަތެއް ނުލިބެއެވެ. މާއިން އޭނާގެ ހެދުމުގައި ހިފާ ލުމުން މީހާ ހުއްޓުނެވެ. ގަޔަށް ބާރު ލެވިފައި ވުމުންނާއި މާއިން އޭނާގެ ހެދުމުގައި ހިފަހައްޓާފައި ވުމުން އެ ހެދުން އިރައިގެން ދިޔައެވެ. އަދި ނައިޝް ބަނޑު ވަތަށް ވެއްޓުނެވެ. އެ ވެއްޓުނު ގޮތަކުން އަތް ވިދި ނުތެދުވެވިފައި އޭނާ އަށް އިނދެވުނީ ހުރެވުނު ތަނާއި އިނދެވުނު ހާލު ވެސް ހަނދާން ނެތިފައެވެ. އެހެން ނަމވެސް މާއިން އޭނާގެ ގައި މައްޗަށް ޖެހިގަތުމުން ނައިޝްގެ އަނގައިން ތޫލި ހަޅޭކަކާއި މަޑު ގިސްލުމަކުން ތިހެން ނަހަދާށޭ ބުނި އަޑު އިވުނެވެ.

ނައިޝްގެ ގައިގެ ބޮޑު ބައެއް ހާމަވެގެން ދިޔަ އިރު ފެންނަން ފެށި ވަނާ ތަކުގެ ސަބަބުން މާއިން އަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުން ވީ އުނދަގޫ ކަމަކަށެވެ. ހަމަބުއްދި ފިލާފައި ވީއިރު މާއިން އަށް ވެއްޓިފައި އޮތް ނައިޝްގެ ގައިމައްޗަށް ޖެހިގަނެވުނީ ކާއެއްޗަކަށް ދަހިވެތިވެފައިވީ ގަނަވާރެއް ފަދައިންނެވެ.

މާއިންގެ އަނިޔާ ތަކާއި ހަށިގަނޑުގެ އެކި ދިމަ ދިމާލުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ނައިޝް އަށް ގުޑިލުން ވީ އުނދަގޫ ކަމަކަށެވެ. ހުސް ކޮޓަރިގަނޑެއްގެ ތެރޭގައި މީހާ ވީއިރު ގައިގައި އެންމެ އަންނައުނެއްވެސް ނެތެވެ. އުނދަގުލާއި އެކު ފިރުކެމުން ކަހަލަ ގޮތަކަށް ނައިޝް އެ ކޮޓަރިގަނޑުގެ ދޮރާއި ހަމައަށް ދިޔައެވެ. އެއްވެސް އަލިކަމެއް ނުވާ އެ ކޮޓަރި ތެރެއިން އޭނާ އަށް އެއްވެސް ތަނެއް ފެންނަވަރެއް ނުވިއެވެ. އެހެންނަމަވެސް ފާރުތަކުގައި ހެދިފައިހުރި ބާގަނޑު ތަކުން ފޭދިގެން އަންނަ ކުދި އަލި ކޮޅު ތަކުން ހަމަ އެކަނި އެ ހިސާބުތަކަށް އެ އަލިކަން ހުރެއެވެ.

ނައިޝް އަށް ދޮރާއި ހަމަ އަށް ދެވުނު ނަމަވެސް ހިމޭންވާން މަޖުބޫރު ވީ އޭނާ އަށް ދޮރު ހުޅުވުމުގެ ކުރިން ބޭރުން މީހަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ކިޔާ އެއްޗެއް ސާފު ނުވި ނަމަވެސް ފަހަރަކަށް ވުރެން ފަހަރެއް އެ އަޑު ކައިރި ވަމުން އާދެއެވެ. ހިތަށް ވެރިވި ނުތަނަވަސް ކަމުން ނައިޝް ދޮރާއި ކައިރިން ތިރީ ފާރުގައި ލެނގިލައިގެން އިށީންނިއެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. މައިންބަފައިން މަތިން ހަނދާން ވުމާއި އެކު އޭނާ އަށް އިތުރަށް ރޮވުނެވެ. އެވަގުތަށް ވީ ބޭރުގައި ހުރި މީހަކުވެސް ދޮރު ހުޅުވާލި ވަގުތަށެވެ.

އެއްކޮށް ކަޅު ކުލައިގެ އެއްޗިސް ލައިގެން އެ ހުރި މީހަކީ ނައިޝް ދުވަހަކުވެސް ފެނުނު މީހެއް ނޫނެވެ. އެހެން ނަމަވެސް އެ މީހާގެ ލޮލުން ފެނުނު ކުލަވަރު ތަކުންނާއި ނައިޝް އާއި ދިމާލަށް ބަލައިލި ގޮތުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބިރުވެރިކަން އޭނާ ވަށާލިއެވެ. އެ ކޮޓަރި އަށް ވަން މީހާ އޭނާ އާއި ގާތް ވާން ފެށުމުން ނައިޝް އަށް ރޮވެން ފެށުނެވެ. އެހެން ނަމަވެސް އަމިއްލަ ސަލާމަތަށް އެދި ގޮވޭކަށް ނެތެވެ. އޭނާ ގެ ހަށިގަނޑުގައި އެހާވަރަށް ހަކަތަ އެއް ނެތެވެ.

އެމީހާ ނައިޝްގެ ގައިމައްޗަށް އަރައިގަތީ ވަގުބުޅަލެއް މަސްގަނޑަކަށް ފުންމައިގަންނަ ހެންނެވެ. ނައިޝްގެ ރުއިންތަކަށް ބީރު ކަންފަތެއް ދެމުން އެ މީހަކު އޭނާގެ އަމިއްލަ އެދުން ފުއްދުމާއިގެން އުޅެގަތެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ފުރުސަތު ނުލިބި އެހެން މީހަކު ނައިޝްގެ ގައިމަތިން އެ މީހަ ނެގި އެވެ. އަދި މޫނުމަތީގައި ގޮށް މުއްކަވާފައި ޖެހިއެވެ. އެދެމީހުން ވަރުގަދައަށް ތަޅާއިފޮޅައުގަންނަން ވީ ވަގުތު ނައިޝް އޭނާގެ ގައިގައި ހުރިއްޔާ ހުރި ހަކަތައެއް ލައިގެން ބޭރަށް ނުކުތެވެ. ހަދަން ފަށާފައި ވި އެ އިމާރާތުން ނުކުތުމަށް ނައިޝް އަށް ދަތި ތަކަކާއި ކުރި މަތިވިއެވެ.

ނައިޝް ނުކުތް ކޮޓަރިން އަދި އެހެން ކޮޓަރިއަކަށް ނުކުމެވުނެވެ. އެ ތަނުން ނުކުތުމުގެ ކުރިން، އޭނާ ކުރިން ނުކުތް ކޮޓަރިން ފިޔަވަޅު ތަކެއްގެ އަޑު އިވުމުން ނައިޝް އަށް އެތާނގައި ހުރި ސިމެންތި ބަސްތާ ތަކެއްގެ ނިވަލަށް ވަދެވުނެވެ. މަޑު މަޑުން ބޯ ދިއްކޮއްލާ ބަލައިލި ހިނދުން އޭނާ އަށް މާއިން ފެނުމުން މޫނުމައްޗަށް އަނދިރި ވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. އަމިއްލަ ނަފްސު ހަމަ އަކަށް އަޅުވަމުން ނައިޝް އެތާނގައި އަޑެއް ނުލައްވާ އިދެވޭތޯ ބެލިއެވެ. އެހެން އިން އިރު އޭނާ އަށް އެތާނގައި އޮތް ފޮތިގަނޑެއް ފެނުނެވެ. ހަޑިވެފައި ވި ނަމަވެސް ގައި ނިވާ ކުރެވޭ ވަރުގެ އެތިކޮޅަކަށް ވުމުން ނުފެންނަ ވަރަށް އޭނާގެ ހަށިގަނޑު ނިވާ ކޮށްލިއެވެ. އަނެއްކާ ވެސް ބޯ ދިއްކޮށް ބަލައިލުމާއި އެކު އޭނާ އަށް އެތާކުން އެކަކު ވެސް ނުފެނުނެވެ. އެހެން ކަމުން ދަނޑިވަޅަކަށް ބަލަބަލާ ހުރެފައި އޭނާ އެތަނުން ނުކުންނަން ހިނގައި ގަތެވެ. އެހެން ނަމަވެސް އެ ކޮޓަރިގަނޑުން ނުނުކުމެވެނީސް އޭނާގެ ކުރިމައްޗަށް މާއިން އެރިއެވެ.

ބިރުން ރޫރޫ އަޅައިގަތީ މާއިންގެ މޫނުމަތިން ފެނުނު ރުޅި ވެރި ކަމުންނެވެ. މާއިން ކުރިއަށް ފިޔަވަޅެއް އަޅާލާ ނައިޝްގެ ކޮނޑުގައި ހިފައިގަތެވެ. ހަރަކާތެއް ގެންނަން ނޭނގި ގަނބުކައިފައި ނައިޝް އަށް ހުރެވުނެވެ. މާއިން އޭނާގެ މެއާއި ދިމާލަށް ގުދުވެލާ އޭނާގެ ގައިން ވަސް ގަންނަން ފެށުމުން އަނެއްކާވެސް ސަލާމަތެއް ނެތޭ ހިތަށް އެރުމުން އެ ލޮލުން ކަރުނަ ފައިބައިގަތެވެ.

މާއިންގެ އިސްތަށިގަނޑުން ދުވި ވަހުން ނައިޝް އަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. ގައިގައި ނެތް ހިތްވަރު ލައިގެން އޭނާ މާއިން ކޮއްޕާލިއެވެ. އަދި ބޭރަށް ދާން ދުއްވައި ގަތެވެ. ފަހަތުން މާއިން އަށް އަށް ވެސް ދުއްވައި ގަނެވުނެވެ. ނައިޝް އަށް އެތަނުން ސަލާމަތް ވެވިއްޖެ ނަމަ އޭނާ އަށް ސަލާމޔތެއް ނޯންނާނެ ކަން އިނގޭތީއެވެ.

ދުވަމުން ދިޔަ އިރު ފަހަތުން މާއިން އާދޭތޯ ބަލާލަންވެގެން ފަސް އެބުރިފައި ކުރިމައްޗަށް ބަލާލި ނައިޝްގެ ދުވުން ހުއްޓުނެވެ. ދެލޯ ބޮޑުވެފައި ވީ އިރު މަޑުމަޑުން އޭނާ އަށް ތިރިއަށް ބަލާލެވުނެވެ. ރަތްވެފައި ވި އެ ދެލޮލުން ކަރުނަތަށް އޮހިގަތެވެ. ހަރަކާތެއް ގެންނަން ނޭގިފައި ނައިޝް އަށް ތިރިއަށް ބަލަހައްޓައިގެން އޭނާގެ ބަނޑުގައި އަތް އަޅައިގެން ހުރެވުނެވެ. ފަހަތުން ދުވަމުން އައި މާއިން އއަށް ވެސް މި މަންޒަރު ފެނުމުން ނައިޝްގެ ދެލޯ ހުއްޓިފައި ވީ ދިމަލަށް ބަލާލެވުނެވެ. އޭނާ އަށް ވި ވެސް އެވަރެވެ. ދެލޯ ބޮޑު ވިއެވެ. އަދި މަޑު މަޑުން ނައިޝް އާއި ކައިރިއަށް ޖެހިލެވުނެވެ.

 

~ނުނިމޭ~

ދެން އޮތް ބަޔަށް އިންތިޒާރުކޮށްލައްވާ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ވައުދޭ ވެވޭ މީ…23

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 11

Next
July 30, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 11

Previews
July 30, 2022

ވައުދޭ ވެވޭ މީ…23



All Right Reserved!