Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޔާރާ ފެނުނީމާ 11 (ފަހު ބައި)

Ali Alsham Level 110 Stories
April 8, 2022 6 Mins Read
0 Comments

ން!!! އަދި ނުވެޔޭ ދާކަށް. މަޑުކޮޑްބަ. ޕްލީޒް..” އަޔާންގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގަކަށް އެލީޝާ ބުނެލިއެވެ. ދެމީހުންވެސް ތިބީ ޒީނާގެ ގޭގައެވެ. އެކަހެރިކޮށް ބައްދަލުކުރެވޭނެ ފުރުސަތު ލިބުނު ތަނަކީ އެއީ ކަމަށްވާތީއެވެ.
“މިރޭ އަހަންނަކަށް ނެތް ވަގުތެއް ދޫކުރޭ!” އެލީޝާގެ އަތް ގަދަކަމަށް ނައްޓާލަމުން އަޔާން ބުނެލިއެވެ.
“އެހެންވިއްޔާ އަދި ހަގެއް ދީފަ ދެވޭނީ. އޯކޭނު.” އެލީޝާ އަޔާންގެ ގައިގަ ބައްދާލިއެވެ. ދެން ބުނެބައް. ކޮންއިރަކު ކައިރާ ޑިވޯސްކުރާނީ؟ މިހާރު ބައްޕަ ބުނީތީވެ މެރީވެސް ކުރެވިއްޖެއެއްނު. ދެން އަވަހަށް އެކަން ކުރަން އުޅޭ ޔާން! އެލީ މިހެން އިންތިޒާރުގަ ނުބަހައްޓާ. އައި ރިއަލީ ލަވް ޔޫ” އަޔާންގެ މޭގައި ބޯއަޅައިލައިގެން ހުރެ އެލީޝާ ވާހަކަދެއްކިއެވެ. އެލީޝާ ވާހަކަދައްކައި ނިމުމުން އަޔާން ހަމައެކަނި ހޫމް އަޅުވާލީއެވެ. އަދި އެލީޝާ އޭނާގެ ގަޔާއި ދުރުކޮށްލަމުން އެތަނުން ނުކުންނަން ހިނގައިގަތެވެ.
“ޔާން!” އަޔާން ނުކުތް ދިމާލަށް ބަލަންހުރެފައި އެލީޝާ ބުނެލިއެވެ. އޭރު ޒީނާވެސް ކޮޓަރިން ނުކުންނަނީއެވެ.
“ޒީ. ކިހިނެއް މިވަނީ؟ ޔާން އިޒް ސަޕޯސްޑް ޓޫ ޑޫ ވޯޓް އައި ސޭ ދޯ. ބަޓް އަނެއްކާ ޔާން ބަދަލުވާން ފަށައިފި. އޭގެ ބާރު ކެނޑުނީތަ؟ އެކަމު ހާދަ އަވަހަކަށް.” އެލީޝާ ސޯފާގައި އިށީނދެލަމުން ވާހަކަދެއްކިއެވެ.
“ވެދާނެ. އެދުވަހު އެލީ އަޔާންއަށް އެފެންފުޅި އެއްކޮށް ބޯން ނުދެވުނެއްނު. އަސްލުޖެހޭ ދޯ އެހުސްކުރަން. ނޭނގެ ދެން. ނަސީބެއްނު އެލީ ބުނީމަ މިތަނަށް އައިކަންވެސް. އަނެއްކާ ބޮޑުބެ ގާތަށް ދާންވީތަ؟” ޒީނާ އެލީޝާގާތު އިށީނދެލަމުން އަހައިލިއެވެ.
“ނޯ ނީޑް. އައި ނޯ ވޯޓް ޓޫ ޑޫ.” އެލީޝާ ފާޑަކަށް ހިނިތުންވެލަމުން ބުނެލިއެވެ.
“ވޯޓް؟ އާ ޔޫ ގޮއިންގް ޓޫ ކިލް ކައިރާ؟” ދެބުމަ އަރުވާލަމުން ޒީނާ ސުވާލުކޮށްލިއެވެ.
“އަމްއަމް… ދެޓް މޭބީ ޕްލޭން ބީ. ހެހެ” އެލީޝާ ހިތުން އޭނާ އެހެން ބުނެލީ ސަމާސާއަކަށެވެ.
***** ****
ހަމަ އެރޭގެ ވަގުތެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ. އަޔާން ގޭގެ ބޮޑު ދޮރު ހުޅުވާލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ވެރިވެފައިވާ ފަޑު އަލިކަމާއި ހަމަ ހިމޭންކަމުން އިތުރު މީހެއްގެ ހިލަމެއް ގޭތެރޭގައި ނުވާނެކަން ޔަޤީންކުރަމުން އަޔާން އެތެރެއަށް ފިޔަވަޅު އަޅާލިއެވެ. ދެކޮޅު ހޯދާ ބަލަމުން، މަޑުމަޑުން ފިޔަވަޅުތައް އަޅަމުން އޭނާ ދިޔައިރު ހީވަނީ ވަގަކު ވައްކަން ކުރަން އުޅޭއިރު މީހަކަށް ފެނިދާނެތީ އުޅޭހެންނެވެ. ބައްޕައަށް ފެނިދާނެތީ ހިތް ނުތަނަވަސްވަމުން ދިޔައީއެވެ. މިގަޑީގައި އޭނާ އެތާ އެގޮތަށް ހުއްޓާ މަންމަ ނޫނީ ބައްޕައަށް ފެނިއްޖެނަމަ ސުވާލުކުރާނެތީއެވެ.
އަޔާން ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށްވަނެވެ. އެނދުގައި ނިދާފައި އޮތް ކައިރާ އޭނާގެ ލޮލުގައި އަޅައިގަތުމުން އިސްޖަހާލެވުނެވެ. ހިތްހަމަނުޖެހުމުގެ ކުލަވަރުތައް މޫނުމަތީގައި ފެތުރިގަތީއެވެ. މިހާ އަވަހަށް މީހަކާ އިނުމަކީ އޭނާ ބޭނުންވިގޮތެއް ނޫނެވެ. އުމުރުން 20 އަހަރުވީ އަދިކިރިޔާއެވެ. އޭނާގެ ނަޒަރުގައި ޢުމުރުން ވިހީގެ އަހަރުތަކުގެ ކުރީކޮޅަކީ އުފަލާއި މަޖަލުގައި ހޭދަކޮށްލަން ޖެހޭ ދުވަސްވަރެކެވެ. މީހަކާ އިނދެގެން ޢާއިލާއެއް ބިނާކޮށް، ހަރަދު ބަރަދު ކުރާނެހާ ހަރުދަނާ ކަމެއް އަދި އޭނާގެ ނެތްކަން ޚުދު އޭނާ އަމިއްލައަށް ޤަބޫލުކުރެއެވެ. ނަމަވެސް ބައްޕަ އެކަމަށް އެދޭތީ ކައިވެނިކުރަން އޭނާއަށް މަޖުބޫރުވީއެވެ.
ޚިޔާލުތައް އެއްފަރާތް ކޮށްލަމުން އަޔާން ނިދިފައި އޮތް ކައިރާއަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ދުވެލިއެވެ. ކައިރާއަކީ ގޯސް ކުއްޖެއް ނޫނެވެ. އެއީ އަޚްލާޤު ރަނގަޅު ދީންވެރި ކުއްޖެއްކަން އޭނާވެސް ޤަބޫލުކުރެއެވެ. ބަލާލަން ހުތުރެއްވެސް ނޫނެވެ. ނުވިތާކަށް އެއީ ކުޑައިރުގެ އޭނާގެ ގާތް އެކުވެރިޔާއެވެ. ނަމަވެސް ކައިރާއާއެކު ހަޔާތެއް ފެށުމަށް އޭނާ ނޭދެއެވެ. އެހެންނަމަވެސް އަބަދުވެސް އޭނާ ކައިރާއަށް ހެޔޮ އެދެއެވެ. ކައިރާއަކީ ކިޔަމަންތެރި ކުއްޖެއްކަމުން ޢާއިލާގެ އެދުމުގައި ބޮލާލައި ނުޖަހަންވެގެން އޭނާއާ ކައިވެނިކުރީއެވެ. މިއީ އަޔާން ދެކޭ ގޮތެވެ. ނަަމަވެސް އޭނާއަށް ނޭނގުނުކަމަކީ އެންމެ ކުރީއްސުރެ ކައިރާގެ ހިތުގައި އޭނާގެ ނަން ފަވާލެވިފައިވާ ކަމެވެ. އެހިތުގައި އޭނާއަށްޓަކައި ލޯބި ނޫން އެއްޗެއް ނުވާކަމެވެ. އެހިތް އޭނާއަށް އެދޭ ވަރެވެ. އެލޯތްބާއި، އަޅާލުމާއި، ވަފާތެރިކަން ބޭނުންވާވަރެވެ. ނޭނގޭ ސަބަބަކާއި ހުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެލީޝާއާއި މެދު އަޔާންގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދިގަތީއެވެ. އޭނާއަށް އެލީޝާ ކަމުދާން ފެށީއެވެ.ފާޚާނާއަށް ވަދެ ފެންވަރާލުމަށްފަހު އަޔާން ނިދަން އަވަސްވެގަތެވެ. ވެފައިވާ ވަރުބަލީގެ އިތުރުން ބޮލުގައިވެސް ރިހުމެއް އުފެދިފައި ހުއްޓެވެ. ކައިރާ އޮތް ފަޅި ނޫން އެނދުގެ އަނެއް ފަޅިއަށް އޭނާ ބަލާލިއެވެ. މިރޭ އޭނާ އޮންނަން ޖެހޭނީ އެތާ ހެއްޔެވެ؟ ނޫނެކެވެ. ކައިރާގެ ގާތުގައި އޮށޯންނަން އޭނާއަށް ހަމަހިލާ ނުކެރޭނެއެވެ. ފާޑަކަށް ޖެހިލުންވެސް ވަނީއެވެ. ހިންދިރުވާލަމުން އޭނާ އަނެއްކާވެސް ނިދިފައި އޮތް ކައިރާގެ މޫނަށް ބަލާލިއެވެ. އެދިމާ ބިންމަތީގައި ކުޑަކަކޫ ޖައްސާލައިގެން އޭނާއަށް އިށީނދެލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައި ކަހަލައެވެ. ކައިރާގެ މޫނުމައްޗަށް ވެރިފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލުމަށް އޭނާގެ އަތް މަޑުމަޑުން ހަރަކާތް ކުރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއަތް މުއްކަވައިލަމުން ފަހަތަށް ގެންދިޔައީ އެކަން ކުރުމުގެ ހިތްވަރެއް ނުލިބުމުންނެވެ. ނޫނެކެވެ. އެހެން ހުރުމުން ކައިރާއަށް އުނދަގޫވެސް ވެދާނެއެވެ. ޚިޔާލު ބަދަލުވުމުން އަޔާން އެމޫނުމައްޗަށް ވެރިފައިވާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަ ދިނެވެ. އެއާއެކު ކައިރާގެ ތުންފަތްމަތީގައިވި ރީތި ހިނިތުންވުން އަޔާންއަށް ވަންހަނާއެއް ނުވިއެވެ. އެހާގާތުން ކައިރާގެ މޫނު ފެނުމުން ކުޑައިރުގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ދައުރުވާންފެށިއެވެ. ކައިރާއާއެކު ހޭދަކުރެވިފައިވާ ދުވަސްތައް ހަނދާނަށް އަންނަމުން ދިޔައެވެ. މިއިން ދުވަހެއްގެ ކޮޅުންވެސް އޭނާއަށް އެކަހަލަ ހަނދާނެއް ނުވެއެވެ. ނަމަވެސް މިރޭ ސިކުނޑި މާޒީގެ ސޮފްހާތަކާއި އެކުވެފައިވާ ދުވަސްތައް ހަނދާންކޮށް ދެމުން އެދަނީއެވެ.
އޭނާއަށް ސިހުމެއް ލިބުނީ ކައިރާ އެއަތުގައި ހިފާލުމުންނެވެ. ތެޅިގަނެފައި އަޔާންއަށް އޭނާގެ އަތަށް ބަލާލެވުނެވެ. އަދިވެސް އޭނާއަށް ހުރެވުނީ ކައިރާގެ ކަންފަތް ބުޑުގައި އަތް ޖައްސާލައިގެންކަން ރޭކާލީ ދެނެވެ. ކައިރާ އޭނާގެ ދެއަތުން އަޔާންގެ އަތުގައި ހިފައިލިއިރުވެސް އޭނާއަށް އޮތީ ނިދިފައެވެ. ނިދީގައި އޮވެގެން އަތުގައި ހިފީ ހެއްޔެވެ؟ އަޔާން އޭނާގެ އަތް މަޑުމަޑުން ދަމަން ފެށީ ކައިރާ ހޭލަފާނެކަމަށް ވިސްނައި އެކަމަށް ހުޝިޔާރު ވަމުންނެވެ. ނަމަވެސް ކައިރާ އެސްފިޔަތައް ތަޅުވާލަމުން އެއަށްވުރެ ބާރަށް ހިފަހައްޓާލިއެވެ. އެއާއެކު އަޔާން އެހަރަކާތް މަޑުޖައްސާލިއެވެ. ޗޮކެއް ކަނޑާލަމުން އޭނާއަށް އިސްޖަހާލެވުނީ އެކަން ނާކާމިޔާބު ވުމުންނެވެ. ކުޑައިރުކޮޅަކަށްފަހު އަޔާން އޭނާގެ އަތް ބާރަކަށް ދަމައިގަތެވެ. އެއާއެކު ކައިރާ ސިހިގަނެފައި ދެލޯ ހުޅުވާލަމުން ތެދުވިއެވެ. ކައިރީގައި ބިންމަތީގައި އިން އަޔާން ފެނުމުން އޭނާގެ ނިދިވެސް ފިލައިގެން ދިޔައެވެ. އެހާ ގާތުގައި އަޔާން ހުރުމުން ހިތުގައި އުފެދި ފުނިޖެހިގެން ދިޔަ ސުވާލުތައް ގިނަވިއެވެ.
ދެލޯ ބޮޑުކޮށްގެން އޭނާއާ ދިމާލަށް ކައިރާ ބަލަމުން ދިޔައީ ބިރުވެރި އެއްޗެއް ފެނުމުން ބަލާފަދަ ގޮތަކަށް ކަމުން އަޔާން ޖެހިލުންވާ ގޮތްވިއެވެ. ބޯކަހާލަމުން އަޔާން ކޮޅަށް ތެދުވީ ބުނާނެ އެއްޗަކާއިމެދު ވިސްނަމުންނެވެ. ހަމަ ތަނަކުން އިސްތަށްޓެއް ފެނުނަސް އެދުރުކުރަން އޭނާ އަތް ކޮށްޕަން ޖެހޭ ހެއްޔެވެ؟ މިއީ އަތް މުނިމުނި ކަވައިގެން އުޅުމުން ވީގޮތެކެވެ. ހައްތަހާވެސް އޭނާގެ މޮޔަކަމުން ކުރެވޭ ކަންތަކެވެ. އަމިއްލަ ނަފްސަށް އަޑުލަމުން އަޔާން ހަމަޖެހެން މަސައްކަތް ކުރިއެވެ.
“މީ. މީމީ އެ މީ މިހިރަ ފެންފުޅި ނަގަން.. ވެ.ގެން.” ވާހަކަދެއްކިއިރު އަނގައޮޅޭގޮތްވެސް ވިއެވެ. އަވަސްއަވަހަށް އެތާ ކައިރީގައި ހުރި ފެންފުޅި ނަގަމުން ހިނގައިގަތެވެ. އެތާ ފެންފުޅިއެއް ހުރުމުން އެއީވެސް ނަސީބެކޭ އަޔާންގެ ހިތަށް އެރިއެވެ.
ތަނަށް ވަރިވެގެން ދިޔައީ މަރުފަދަ ހަމަހިމޭންކަމެކެވެ. ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑީގެ ކަށީގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އަޔާން އެނދުމަތިން ބާލިހެއް ނަގައި ކިހީލީގައި ޖަހާލަމުން ކޮޓަރީގައި ހުރި ބޮޑު ސޯފާއާއި ދިމާލަށް ހިނގައިގަތެވެ. މަންޒަރު ބަލަން ކައިރާ އިނީ އެއްޗެއް ބުނާނަމޭ ހިތާއެވެ. އޭނާގާތު އަޔާން އޮތަސް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެނީ އަޔާންއަކީ މިހާރު އޭނާގެ ޙަލާލު ފިރިމީހާއެވެ. ނަމަވެސް އަޔާން ދެވަނަ ފަހަރަށް އޭނާއާ ދިމާލަށް ބަލާލުމެއްނެތި އެތާ އޮށޯވެ ހަމަޖެހިލިއެވެ. އަނެއް ފަރާތަށް މޫނު އަނބުރާލަމުން ކައިރާއަށް ދެލޯ މަރާލެވިއްޖެއެވެ. އެއާއެކު ކަރުނައިގެ ރޮނގެއް ލޮލުން ފެށިގެން އޭނާގެ މޫނުމަތީގައި ފަވާލެވިއްޖެއެވެ. ގިސްލެވިދާނެތީ އޭނާއަށް ދެތުންފަތުގައި ދަތް އަޅާ ބާރުކޮށްލެވުނެވެ. ރޯން ބޭނުންނުވިޔަސް ރޮވެނީއެވެ. ހިތަށް އަސަރު ކުރަނީއެވެ. އަޔާން ފެންނަ ކޮންމެ ފަހަރަކު އެހިތަށް ހާދަ އަސަރުކުރެއެވެ. އަބަދުވެސް ހީވަނީ އަޔާން އޭނާއާ ދުރުން އުޅެން މަސައްކަތް ކުރާހެނެވެ. އޭނާ އަޔާންދެކެ ލޯބިވާ ވާހަކަ އަޔާންގާތު ބުނަން ހިތް އެދުނެވެ. ނަމަވެސް އެކަމާމެދު އަޔާން ދެކޭގޮތެއް ނޭނގޭތީ ފަސްޖެހެވެނީއެވެ. ކޮންމެގޮތެއްވިޔަސް އޭނާ ވަގުތު ޖެހުމުން އެކަން އަންގާނެއެވެ. އަދި އެލޯބި ލިބޭތޯ މަސައްކަތްކުރާނެއެވެ. ފިރިމީހާގެ ލޯތްބާއި އަޅާލުން ދެއްވުން އެދި ހެއްދެވި ފަރާތަށް ހިތާއި ހިތުން އޭނާއަށް ދުޢާ ކޮށްލެވުނެވެ.
****** ***
“މަންމާ! ދެއަހަރު ދުވަހު. ދެއަހަރު ދުވަހު. ” ދުންޔާގެ އުނގުގައި ބޯއަޅައިގެން އޮވެ ނާއިކް އަތުން ދެއިނގިލި ދައްކައިލަމުން ވާހަކަދެއްކިއިރު ހުރީ ރޮވިފައެވެ.
” ދެ އަހަރު ދުވަހު އަހަރެން ކައިރާއާ އެއްކޮށް އުޅެފިން. އެކުވެރިއެއްގެ ގޮތުގަ. ނަމަވެސް އޭނާއާ ދިމާވި އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް އޭނާދެކެ ލޯބިވެވުނު. އެކަމު މީހުން ބުނެއުޅޭ ފުރަތަމަ ނަޒަރުން ލޯބިނުވެ ވޭނެއޭ. ހިތުގައި އުފެދެނީ އެމީހާއާމެދު ޝައުޤުވެރިކަމެކޭ. އަސްލު މީހަކުދެކެ ލޯބިވެވޭނީ އެމީހާ ދެކިފެނި އޭނާގެ މިޒާޖު އެނގުނީމައޭ. އޭގެ ކުރިން އެވަނީ “ލައިކް” އެކޭ..އަސްލު އަހަ…. ” ނާއިކްއަށް ވާހަކަ ފުރިހަމަ ނުކުރެވުނީ ދުންޔާ ހުއްޓާލުމަށް ބުނުމުންނެވެ. މާ ލޯބި އެނގޭ މީހަކަށް ހެދިގެން ނާއިކް ވާހަކަދައްކަމުން ދާތީ ދުންޔާގާތަށް ރުޅި އަންނަ ގޮތްވިއެވެ. ނަމަވެސް އެކަން ނުދައްކާވޭތޯ ބެލީ ނާއިކްގެ ޙާލަށް ވިސްނާފައެވެ.” ހުއްޓާލާ ނާއިކް! އެއީ ކިރިޔާވެސް ނާއިކްއާމެދު ހިތުގައި ލޯބީގެ ޒައްރެއްގެ މިންވަރު ވިޔަސް ހުރި އަންހެން ކުއްޖެއްނަމަ ނާއިކްއަށް ތިހެން ނުހަދާނެ. ނާއިކް ދޫކޮށް ގޮސް އެހެން މީހަކާ ނީންނާނެ. ކީއްވެތަ ދަރިފުޅަށް ނުވިސްނެނީ؟ އެކަހަލަ ބޭވަފާތެރިންގެ މަތިން ހަނދާން ނައްތާލުމަކީ އެންމެ ބުއްދިވެރިގޮތް. ”
ދުންޔާ ބެލީ ނާއިކްއަށް ވިސްނައިދެވޭތޯއެވެ. ކައިރާއާމެދު ނާއިކްގެ ހިތުގައި ރުޅިވެރިކަން އުފެއްދޭތޯއެވެ. އަމިއްލަ ދަރިފުޅަށް އިހާނެތިކޮށް ހިތުމުން އެކަމުގެ ބަދަލު އޭނާއަށް ލިބެމުން މިދަނީ ކޮންފަދައަކުން ހެއްޔެވެ؟ އެއްދަރިއަކު އަނެއް ދަރިއަކަށް އިޝްޤީ ލޯބިވަނީއެވެ. އޭނާގެ ފިރިހެންދަރި އެކަމުގައި ޖެހި ދީވާނާ ވަނީއެވެ. ހުސް ކައިރާގެ ސުންޕާކަމުން ދިމާވާ ކަންތަކެވެ. އަމިއްލަ ކުށް އޮތްކަން އެނގުނަސް ކުށްވެރިކަމުގެ އިނގިލި އޭނާ ދިއްކުރަން ބޭނުންވީ ކައިރާއަށެވެ. ޙަޤީޤަތް ނާއިކް ކައިރީ ބުނެފިނަމަ ނާއިކް އޭނާއަށް ނަފްރަތުކުރާނެއެވެ. ކުރިން އެއްބަނޑު ދައްތައެއް ހުންނަ ވާހަކަ ސިއްރުކުރީ ކީއްވެތޯ އަހައި ޝަކުވާ ކުރާނެއެވެ. ނޫނެކެވެ. އޭނާއަކީ އެހާ ފަސޭހައިން ބަލި ޤަބޫލުކުރާނެ މީހެއް ނޫނެވެ. އޭނާގެ ގޮތުގައި ނުހިފަހައްޓައިފިނަމަ އަމިއްލަ ނަފްސުވެސް އޭނާއަށް މަލާމާތް ކުރާނެއެވެ. ޙަޤީޤަތް ޖެހޭނީ ނާއިކްއަށް ވަންހަނާ ކުރާށެވެ.
“މަންމާ! އަހަރެން ދުރުގަ އުޅެވޭތޯ މަސައްކަތް ކުރީމޭ! އެކަމު ހަމަ ދެރަވަނީ. ” ނާއިކް ގިސްލަމުން ބުނެލިއެވެ. މަންމަގެ ގާތުގައި ހިތުގައިވާހާ ޝަކުވާތަކެއް ބަންޑުން ކުރަމުން ދިޔައީ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ.
“ދަރިފުޅާ! މަންމަގެ ދޫންޏާ! ދެން ތިކަން ހަނދާން ނައްތާލަބަލަ. ” ނިކަން ލޯބިން ނާއިކްއަށް ގޮވައިލަމުން މޮޅިވެރި އަޑަކުން ދުންޔާ ބުންޏެވެ.
” މަންމައަށްޓަކާ. މަންމައަށްޓަކައި ވިޔަސް ހުއްޓާލަބަލަ. ނާއިކް ތިހެން ކުޑަކުއްޖެއްހެން ރޯތީ މަންމަގެ ހިތަށް ހާދަ އަސަރުކުރެއޭ. ” ނާއިކްގެ ބޮލުގައި ފިރުމާލަމުން ދުންޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އިރުކޮޅެއް ވަންދެން ނާއިކް އެއްޗެއް ނުބުނެ ހުރުމަށްފަހު ވާހަކަދެއްކިއެވެ.
” އާ. އާ. އަހަރެން ހަނދާން ނައްތައިފިން. އޭނާގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުކުރާނަން. އޭނާއަށް ނަފްރަތުވެސް ކުރާނަން. ” ނާއިކް އެންމެފަހުން ގޮތެއް ނިންމާލި ކަހަލައެވެ. ހިތާއި ދެކޮޅަށެވެ. މަންމަގެ އުނގުމަތިން ބޯ ނަގާލަމުން މަންމަގެ މޫނަށް ބަލާލިއެވެ.
” މަންމައަށް އެނގޭ ނާއިކްއަށް ތިހާވަރު ތިވީ މިއަދު ކައިރާ މީހަކާ އިންކަން އެނގުމުންކަން. ދެން އިތުރަށް އެކަމާއި ވިސްނާ ހިތާމަ ނުކުރައްޗޭ….. ޢިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ވާނީ ރަނގަޅަކަށް. ” ދުންޔާ އޯގާތެރިކަމާއެކު ނާއިކްއާ ވާހަކަދެއްކިއެވެ. ނާއިކް އެންމެ ފަހުން ދެއްކި ވާހަކަ އަޑުއަހާފައި އޭނާގެ ހިތް އުފަލުން ނަށަނީއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތްމަތީގައި ދުވެލިއެވެ.
***** ****
ފަތިހުގެ ހަމަހިމޭން ވަގުތެވެ. ފަތިސް ނަމާދު އަދާކުރުމަށްފަހު މުސައްލަ މަތީގައި ޒިކުރު ތަސްބީޙަ ކިޔަން އިންދާ ކައިރާއަށް އޭނާގެ ފޯނު ރިންގްވާ އަޑުއިވުނެވެ. އެއަޑާއެކު ނިދާފައި އޮތް އަޔާން އަތަކަށް ފުރޮޅިލުމުން ކައިރާ އަވަސްއަވަހަށް ގޮސް ފޯނު ނަގާލިއެވެ. ގުޅަމުން ދިޔައީ އޭނާގެ މާމައެވެ.
“ކައިރާ. ނަމާދުކޮށްފިންތަ؟ ” ފުރަތަަވެސް ފަރީދާ ބެލީ އޭނާ ނަމާދުކުރިތޯއެވެ. ކައިރާ ހޫމް އަޅުވާލިއެވެ.
” ދެން ނަމާދަށް އަރާފަ ނިދަން ނޯންނައްޗޭ! ބަދިގެއަށްވެސް ވަންނަން ޖެހޭނެ. ތިއީ މިހާރު ހަމަ ކައިރާގެވެސް ގެ. މީހަކު ނުބުންޏަސް އަމިއްލައަށް ފެނިގެން ކަންތައް ކުރަންވާނެ. އަޔާންގެ މައިންބަފައިން ވެސް ކައިރާއަށް ގޯހެއް ނުވާނެ…. ފިރިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރާތި ބަރާބަރަށް. މިހެން ބުނާއިރުވެސް އެނގޭ ކައިރާ އެގޮތަށް ކަންތައް ކުރާނެކަން..”
މާމަ ވާހަކަދައްކައި ފޯނު ބޭއްވުމުން ކައިރާ މުސައްލަމަތީގައި އިށީނދެލަމުން ޒިކުރު ތަސްބީޙަ ކިޔައި ދުޢާވެސް ކިޔައި ނިންމާލިއެވެ. ނަމާދު ދޮޅި ބާލައި މުސައްލަ ފަތްޖަހާލުމަށްފަހު އަލަމާރިއަށް ލިއެވެ. ނިދާފައި އޮތް އަޔާންއަށް އޭނާ ބަލަމުން ގެންދިޔައީ ދެފިކުރެއްގައި ހުރެއެވެ. ނަމާދުކުރަން ތެދުކުރުމަށް ގޮވާނީ ހެއްޔެވެ؟ ނަމަވެސް އެގޮތަށް ކަންތައް ކުރުމަށް އޭނާއަށް ނުކެރުނެވެ.
ކޮޓަރިން ނުކުންނަން ތައްޔާރުވުމަށްފަހު ގަޑި ބަލާލިއެވެ. ގަޑިން ފަސްގަޑި ބައިވީއެވެ. ދެއަތް ދެއަތާ މޮޑެލަމުން އޭނާ ކުޑަކޮށް ޖެހިލުންވެފައި ހުރެ ކޮޓަރިން ނުކުތެވެ. އޭރު ގޭތެރެއިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އަދި ނުހޭލަނީ ކަންނޭނގެއެވެ. ކައިރާއަށް އެނގިފައިވާ ގޮތުން އެގޭގައި އުޅެނީ އަޔާންގެ އިތުރުން އޭނާގެ މައިންބަފައިންނާއި ގޭގައި ގެންގުޅޭ ބޭރުމީހެކެވެ. އޭނާގެ މިސްރާބު ހުރީ ސިޓިންރޫމައާއި ވަކިން ތަންކޮޅެއް ދުރުގައި ހުރި ބަދިގެއާއި ދިމާލަށެވެ. އެގޭގެ ކޮޓަރިތައް ހުންނަނީ މަތީގައެވެ. ސިޓިންރޫމަށާއި ބަދިގެފަރާތް ހުންނަނީ ތިރީގައެވެ. ދެމެދުގައި ކުޑަ ސިޑިއެއް ހުރެއެވެ.
ކުއްލިއަކަށް ކައިރާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ގޭގެ ބޮޑު ދޮރު ހުޅުވާލައިފައި މީހަކު ވަނުމުންނެވެ.

(ދެވަނަ ބާބު އަށް އިންތިޒާރު ކޮށްލައްވާ!)

ނުނިމޭ…

Share Article

Follow Me Written By

Ali Alsham

Level 110 Stories

Other Articles

Previous

ވިންދު 3

Next

ސަލްމާން ފާރިސީ 1

Next
April 8, 2022

ސަލްމާން ފާރިސީ 1

Previews
April 8, 2022

ވިންދު 3



All Right Reserved!