ވައުދޭ ވެވޭ މީ… 19
“ޕުޑިން ބުނީ ޑާލިންގެ އުނގަށް އެރި އޮންނަން، މިހާރު މިއޮތީ އޮށޯވެގެން… ދެން އެއްޗެކޭ ކިޔާބަލަ… ” ލަދުން ވިރެމުންދިޔަ އީވާގެ މޫނުން އަތް ނަގަމުން އަޔާޝް ބުނެލިއެވެ. އެއާއި އެކު އެތަނުގައި އަނެއްކާވެސް ގުގުމައިގެން ދިޔައީ ދެންތިބި މީހުން ހޯބޯ ލެއްވުމުގެއަޑާއި އެކު، ޑާލިންއޭ ކިޔާ ގޮވައިގަތް އަޑެވެ. އީވާ އަށް އަޒްލީނާ އެވަގުތު ގޭގައި ނޫޅޭ ކަމަށް ހާސްފަށުން ހަމްދު ކުރެވުނެވެ.
އެންމެން އެކަމާ އެ ދެމީހުންނާއި ދިމާކުރަމުން ދިޔައިރު އެންމެންގެ ތެރެއިން އެކަމާ ގަޔާނުވެ ރުޅިމޫނު ހަދައިގެން ތިބީ މިޝްކާ އާއި ނައިރާއެވެ. މިޝްކާގެ ނަޒަރު ހުއްޓިފައި ވަނީ ޒިވާ އާއި ވިޝާމް އަށެވެ. ހަމަ އެފަދައިން ނައިރާގެ ނަޒަރުވަނީ އީވާގެ އުނގުގައި ބޯ އަޅާލައިގެން އޮތް އަޔާޝް އަށެވެ.
އެދެހިތުގައި އުތުރި އަރަމުން ދިޔައީ ނިމުމެއް ނުވާނޭ ނަފްރަތެވެ…
❁ ނަވާރަ ވަނަ ބައި ❁
އެންމެން ހަމަވެ ނިމުމާއި އެކު ޖަގަހައިގައި ބޭއްވެމުން ދިޔަ ބައްދަލުވުން ފެށިގެން ދިޔައެވެ. އަންނަ ހޮނިހިރު ދުވަހު އެންމެން އެއްކޮށް ކައިރި އޮތް ފަޅު ރަށަށް ދަތުރު ދާން ނިންމުނެވެ. އެ އެންމެންގެ އިތުރުން ޒައިހާ މާހީ އަދި ޒީހާން ގެންދަން ނިންމުނެވެ. ގްރޫޕް ބޮޑު ކުރުމުގެ ބޭނުމުގައެވެ.
ހުކުރު ދުވަހުގެ ހަވީރު ވުމުގެ ކުރިން ދާންވާ ތަނާއި ދާ ބަޔަކާއި ގެންދާނެ އެއްޗިސް ހަމަ ކުރުމަށް ބުނެ ނިންމުނެވެ. އެންމެން އެބައެއްގެ ގެއަށް ދާން ނުކުތީ ހުރިހާކަމެއް ނިންމުމަށް ފަހު އެވެ. އޭރު އިރުއޮއްސި މަޣްރިބް ނަމާދަށް ބަންގި ގޮވަނީއެވެ. އަޔާނީ ބައްޕަގެ ބޮޑު ވޭލަރުގައި ދާން ހުއްދަ ހޯދަން އީވާ އަޔާނީ އަށް ގޮވާފައި ބުންޏެވެ. ޒައްޔާން އަށް ވޭލަރު ދުއްވަން އިނގޭތީ އެހެން މީހެއްގެ އެހީ ހޯދާކަށް އެމީހުންނެއް ނޫޅުނެވެ.
އަޔާޝް އިޔާޝް އާއި އެކު ދާން ނުކުމެފައިވެސް އީވާގެ ފަހަތުން ވަރަށް ސިއްރުން ގޮސް ބައްދައި ގަތެވެ. އީވާ ހަޅޭއް ލަވައި ގަތުމުން އޭނާއަށް ބޭއިޚްތިޔާރުގައި އީވާގެ އަނގަމަތީ އަތް އަޅައި ލެވުނެވެ. ތަނަށް ވެރިވެފައި އޮތް އަނދިރިކަމުން އީވާއަށް އޭނާ ނުފެންނާނެ ކަން އަޔާޝް އަށް ޔަގީން ވިއެވެ.
ބަދިގެއަށް ފެންޑާގެ ބޮކިތަށް ދިއްލަން ދާން ދިޔަ އީވާއަށް އޭނާގެ ފަހަތުން މީހަކު ބައްދައި ގަތުމުން ލިބުނު ސިހުމުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނެވެ. އެއާއިއެކު އެމީހަކު އޭނާގެ އަނގަމަތީ އަތް އެޅުމުން އޭނާގެ ހިތުގައި އުފެދިފައިވީ ބިރު އުތުރި އަރައިގަތެވެ. ސިޓިންގ ރޫމާއި ބަދިގެ ދުރުވުމުން އެހިސާބަށް ސިޓިންގ ރޫމުން އެޅިފައިވާ އަލި ނުފޯރައެވެ.
އެމީހަކު އީވާގެ ގައިގައި ހިފަހައްޓައިގެން ހުރި ގޮތުން އޭނާގެ އަތް ވަނީ ހައްޔަރު ވެފައެވެ. އޭނާގެ ކަނދުރާއަށް އަޔާޝްގެ ހޫނު ނޭވާގެ އަސަރުތަށް ފޯރަމުން ދާތީ އީވާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެން ނެވެ. ގައިން ހީބިގަނޑެއް ނަގައިގަނެގެން ދިއުމުން އީވާއަށް ތެޅިގަނެވުނު ނަމަވެސް އެމީހަކު މާ ބާރުގަދައެވެ.
އެމީހަކު އެހެން އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރުމުން އޭނާއަށް އުނދަގޫ ވަމުން ދިޔައެވެ. އިތުރުގޮތެއް ނެތި އޭނާ ވަރަށް ވިސްނަން ހުރެފައި ވަރަށް މަޑުމަޑުން ފައި ހިއްލަމުންގޮސް ކުއްލިއަކަށް ފައި ކުރުކޮށްލި ގޮތަށް ކުރިއަށް ގުދުވެލިއެވެ. އެއާއި އެކު އޭނާގެ ގައިން އެމީހަކު ދޫކޮށްލިއެވެ. އެހެންނަމަވެސް އެމީހަކު ހުރިތަނަށް ވެއްޓުމުން އޭނާއަށް ކުރެވުނު ކަންތަށް ރެއަކާލިއެވެ. ވެއްޓިފައި އޮތް މީހާއަށް އަނދިރި ގަނޑުން ދެލޯ ކުޑަކޮށްލައިގެން ބަލަން ހުރެފައި އީވާއަށް ތެޅިގަނެފައި ބޮކި ޖައްސާލެވުނީ އެމީހަކު ލައިގެން ހުރި ކަޅު ޓީޝާޓުގެ ފަހަތުގައި އިން ލަތްގަނޑު ފެނުމުންނެވެ.
ބޮކި ޖައްސާލާފައި އީވާ އެބުރުނު އިރު އަޔާޝް އުއްޑުން ތަޅުންގަނޑު މަތީ އޮތްއިރު އޭނާ އޮތީ ދެފައި ކުރުކޮށްލައިގެން ބަނޑުން ތިރީގައި އަތްއަޅައިގެންނެވެ. އެމީހަކީ އަޔާޝްކަން އެނގުނު ހިނދު އިވާއަށް ވީ ގޮތްވެސް ނޭނގުނެވެ. އަވަހަށް އައިސް އަޔާޝްގެ ކައިރި ކަކޫ ޖަހައިގެން އިށީންދެފައި އޯކޭ ހެއްޔޭ އަހާލިއެވެ.
” ޔާޝް، އޯ މައި ގޯޑް… އޯކޭތަ؟.. އައި ޑިޑްންޓް ނޯ އިޓް ވޯޒް ޔޫ… އައިމް ސޮރީ.. ބަޓް އާ ޔޫ އޯކޭ؟…” އީވާ އަށް ހާސް ވެފައި ހުރި ވަރުން ވާހަކަ ވެސް ދެއްކެމުން ދިޔައީ އަވަސް އަވަހަށް ނޭވާ ލަމުންނެވެ. އަޔާޝް މަޑު މަޑުން ބޯ ޖަހާލަމުން އޯކޭ އޭ ބުނެލިއެވެ. އެއާއި އެކު އޭނާ ކައިރި އަށް ކުޑަކޮށް ހިނިވެސް އައެވެ.
އީވާއަށް އޭނާގެ ފަރާތުން އަޔާޝްއަށް އަނިޔާ ވިކަން އެނގުމުން އެކަމާ ކަންތައް ބޮޑުވެފައި ހުއްޓާ އަޔާޝް ހޭން ފެށުމުން އޭނާ ރުޅިވެސް ގަދަ ވާން ފެއްޓިއެވެ. ތަދުނުވާނެހެން އަޔާޝްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން އޭނާ ތެދުވެގެން ދުރަށް ހިނގައިގަތީ އަޔާޝް ދެކެ ކުޑަކޮށް ހިތްހަމަ ނުޖެހުމުންނެވެ.
އީވާ ތެދުވެގެން ދިޔުމުން އަޔާޝް ބަލާކަށް ނުހުރެ ތެދުވެގެން ގޮސް އީވާގެ ފުރަގަހަތުން ބައްދާލާ ނުދެވޭނެހެން އެ އަތުތެރޭ އީވާގެ ހަށިގަނޑު ހައްޔަރު ކޮށްލިއެވެ. ވީއްލިގަންނަން އީވާ ގަދަ ހެދިޔަކަސް އަޔާޝް އޭނާއަށް ވުރެން ބާރުގަދަ ވުމުން ދެއަތް އުރާލާފައި އީވާ މަޑުވެލިއެވެ. އީވާ މައިތިރި ވުމުން އަޔާޝް އީވާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. އަދި ވަރަށް ލޯބިން އީވާއާއި ވާހަކަ ދެއްކި އެވެ. އޭނާ އަށް ހެވުނީމަ ރުޅި އައީ ތޯ ސުވާލު ކުރިއެވެ.
” ޑާލިން ރުޅި އައީތަ؟..” ” ރުޅިވެސް ނާންނަ ވަރުތަ..؟ އަހަރެން އެހާ ހާސްވެފަ ހުއްޓާ ޔާޝް އަށްވެސް އިނގެނީ ހޭން ދެން އުޅި އަންނާނެ ދޯ..” ” އޯކެ އޯކެ ސޮރީ..” ” ކޯއްޗެއް ހަދަން ބަދިގެއަށް ދިޔައީ؟…” ” ބޮކިތަށް ދިއްލަން އައީ… އައިތަނާހެން ޔާޝް ވެއްޖެ ވިއްޔަ މޮޅެތި ކަންތަށް ކުރަން…” ” ސޮރީ… ކިހިނެއް އިނގޭނީ ޑަމީ އެގޮތަށް ރިއެކްޓް ކުރާނެ ކަމެއް…” ” ޑަމީ އޭ…؟” ” ޔެސް.. މަގޭ މިހިރަ ޑާލިން ތަންކޮޅެއް މޮޔަ ވީމަ.. އަސްލު ކިހިނެއް ޑަމީ އަށް އެނގުޏި އެއީ އަހަރެން ކަން..؟” ” އެއީ ތި ލައިގެން ހުރި ޓީޝާޓުން.. އެއްކަލަ ދުވަހު ބުލިޗު ޖެހުނު ތަންކޮޅު ފެނުނީ… އެހެންވެ އިނގުނީ… އައި ތޯޓް ޔާޝް ތީތި އެއްލައި ލާނީ ކަމަށް…” ” ނޫނޭ މީތި ބާއްވާންނ އުމުރު ދުވަހު ވެސް…”
ދުރުގައި ފާރެއްގެ ނިވަލަށް ވަދެ އެދެމިހުންގެ ހަރަކާތް ތަކަށް ބަލަން ހުރި ނައިރާ އަށް އަތުގައި އޮތް ފޯނަށް ބާރު ކުރެވުނީ ފެންނަމުން ދިޔަ މަންޒަރު ހަޖަމު ނުކުރެވުމުންނެވެ. އީވާ ކައިރިއަށް ގޭގެ ވައިފައި ޕާސްވޯޑު އަހަން ދިޔަ މީހާއަށް ފެނުނު މަންޒަރުން ކުރަން އައި ކަންތަށް ވެސް ހަނދާން ނެތުނު ފަދައެވެ. ތުން އަނބުރާލަމުން ނައިރާ އައިކޮޅަށް އެބުރި ހިނގައިގަތީ އެތާނގައި ހުންނަން ބޭނުން ނުވުމުންނެވެ.
އަޔާޝް ފެނުނުތާ އަދި އެންމެ ސައުވީސް ގަޑިއިރު ހަމަ ނުވާއިރު އެހާ އަވަހަށް ނައިރާ އަށް އަޔާޝް ދެކެ ލޯބި ވެވުނީ ބާވައެވެ؟؟؟….. އަޔާޝް އާއި އީވާގެ ގުޅުމަށް މިކަމުން ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟؟؟….. ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް ނައިރާ އަށް އަޔާޝް އާއި އީވާ ދުރުކުރެވޭނެ ބާވައެވެ؟؟؟……
ހުކުރު ދުވަހު ހުކުރުން ފައިބައިގެން މެންދުރުގެ ކެއުން ނިންމާލާފައި އަންހެން ވެރިން ދަތުރަށް ދާން އެއްޗިހި ހަމަ ކުރަން ލިޔެފައި ދިން ލިސްޓުތަށް ހިފައިގެން ފިރިހެންވެރިން ސައިކަލު ތަކުގައި ނުކުތީ ޝޮޕިން އަށެވެ. އީވާ، މަލަކާ، ޒައިހާ އެންމެން ގެނައި ސްލީޕިންގ ބޭގްސް ތަކާއި އެއްޗިހި ހަމަ ކުރެވޭ ތޮ ބަލަމުން ދިޔައިރު މާހީ، ޒިވާ، އަޔާނީ އާއި ތިން މީހުން ތިން ދަބަސް ހިފައިގެން ގެއަށް ވަންނަނީއެވެ. ރޭ ކުރަން ދާ ދަތުރަކަށް ވުމުން އެ ތިން މިހުން އެއައީ ޒީހާން، ވިޝާމް އަދި ޒައްޔާންގެ އެއްޗިހި ޕެކު ކޮށްގެންނެވެ. ދެން ތިބި ފިރިހެނުން އެމީހުންގެ އެއްޗިހި ޕެކުކޮށް އެގެއަށް ލާފައި ވުމުން އެ މަސައްކަތް އެހެން މީހުން ކުރާކަށް ނުޖެހުނެވެ. ނައިރާ އާއި މިޝްކާ އެއްވެސް ދިމާލަކުން ފެންނަން ނެތުމުން އަޔާނީ އީވާ އާއި ސުވާލުކޮށްލިއެވެ.
” އޭ އިވް ކޮބާ އިއްޔެ މިގެއަށް އައި މަންޖެ؟… ވިޝާމް އާއި އެއްކޮށް އުޅޭ މަނޖެވެސް ކުރިން އުޅުނު މިހާރު ކޮބާ؟…” ” އޭ ތެދެކޭ… ކޮބާތަ މިޝްކާ؟.. ނައިރާ ދިޔައީ ކޮޓަރިއަށް އޭނަގެ އެއްޗިހި ހަމަކޮށްލަންށޯ ކިޔާފަ..” އީވާ ޒިވާ އާއި ދިމަލަށް ބަލާ ލަމުން އަޔާނީ ކުރި ސުވާލު އަނެއްކާވެސް ކޮށްލިއެވެ.
” މަށަށްތަ އިނގެނީ؟.. ކުޑަކުއްޖެއް ނޫން ވިއްޔަ ދެން އެއީ… ހިޔަނި ހެން ފަސް ފަހަތު ލައިގެންނެއް ދެން މަށަކަށްވެސް ނޫޅެވޭނެ… ޝާމް އެހެން ބުންޏަސް މަވެސް އަދި ކުރަން ހުރި ކަންތަށް އެބަހުއްޓޭ…” ފަރުވާ ކުޑަ ގޮތަކަށް ޖަވާބު ދިނުމަށް ފަހު ދުރުގައި ހުރި ފޮށިގަނޑަކުން ކުދި ބާލީސްތަކެއް ނަގަން ޒިވާ ހިނގައިގަތެވެ.
ކުއްލިއަކަށް ޒިވާ އަށް މި އައި ބަދަލުން ދެން ތިބި މީހުންނަށްވެސް ހައިރާން ކަމެއް ލިބުނެވެ. އެއީ ކުރިން ޒިވާ އުލުނު ގޮތެއް ނޫން ވިއްޔާއެވެ. ރުޅި އަޔަސް ރީތިކޮށް ވާހަކަ ދައްކާނެއެވެ. އެހެންނަމަވެސް އެވީ ގޮތުން ޚުދު ޒައިހާއަށްވެސް ހުރެވުނީ ޒިވާ އާއި ދިމާލަށް ބަލާށެވެ. ކުދި ކިޔާ ރާގަކަށް އެއްޗިހި ކިޔަމުން އޭރުވެސް ޒިވާ މިޝްކާ އޭ ކިޔައިގެން އެއްޗިހި ކިޔަމުން ދޔައެވެ.
އިވާމެން ގެއިން ނައިރާ އަށް ލިބުނު ކޮޓަރީ ގައި މިޝްކާ އާއި ނައިރާ ތިބިއިރު ދެމީހުންވެސް ތިބީ ދަތުރުދާން އެއްޗިހި ޕެކު ކުރާށެވެ. ނައިރާ އޭނާގެ ފޮށިން އެއްޗިހި ކުޑަ ދަބަހަކަށް އަޅަން ހުރިއިރު މިޝްކާ ކައިރީގައި އިދެގެން ކުދިކިޔަމުން ދިޔައީ މި ޒަމާނުގައި ފަޅުރަށަށް ދަތުރު ދަނީ ކީތްކުރަން ހެއްޔޭ ކިޔާފައެވެ. ރިސޯޓުތަށް އެމިހުންގެ ނަންމަތީ އޮތްއިރު އޭގެން ރިސޯޓަކަށް ދިޔުންވެސް ރަނގަޅު ވާނެ އޭ ކިޔަމުން ދިޔައިރު ނައިރާ ދިޔައީ މިޝްކާގެ ކޮންމެ ބަހަކަށް އާ ބަސް ދެމުންނެވެ. ރަށްފުށު ދިރިއުޅުމާއި މާލޭގެ އުޅުމާއި ދެމެދުގެ ފަރަޤު ކިޔަން ދެމީހުންވެސް ތިބެފައި އެ ދެމިހުންނަށް ނޭގިގެންވެސް ދިމާމި ވީ އެކަކު އަނެކަކާ ‘ވައިބް’ ވާ މީހަކާއި އެވެ.
އެހެން ގޮސް އެދެމިހުންނަށް ވިޝާމް އާއި ޒިވާގެ ވާހަކައިން އަޔާޝް އާއި އީވާގެ ވާހަކަ އަށްވެސް ދެކެވުނެވެ. ވިޝާމް ކަހަލަ ރީތި ފިރިހެނަކަށް ޒިވާ ފަދަ ރަށްފުށު ގޮތްގޮތަށް އުޅޭ މީހަކު ނުގުޅެ އޭ ކިޔަމުން މިޝްކާ ނައިރާ ކައިރި ޝަކުވާ ކުރަމުން ދިޔައެވެ. ހަމަ އެފަދައިން ނައިރާ އަށް ދެކެވެމުން ދިޔައީ އީވާ އާއި އަޔާޝް އާއި ނުގުޅޭނޭ ސަބަބު ތަކެވެ.
ޒިވާ އަށް އައި ބަދަލުން އޭނާގެ މޫޑު ކަޓުވަން ބޭނުން ނުވާތީ މަލަކާ ވަރަށް ވިސްނާލާފައި މައުޟޫއު ބަދަލުކޮށްލީ އަޔާނީ އާއި ޒައްޔާންގެ ކައިވެންޏަށެވެ. އެހެންނަމަވެސް އެ މައުޟުއަށް އެއްޗެއް ނުބުނެވެނީސް ފިރިހެންވެރީން ބާޒާރުކޮށް ނިމިގެން އައިސް ގެއަށް ވަން އަޑު ހީވީ ހަނގުރާމާއިގެ މައިދާނަށް ކުއްލިއަކަށް ޓެލެޕޯޓު ވެވުނީ ހެންނެވެ.
ކޮންމެ މީހެއްގެ އަތުގައި ތިން ހަތަރު ކޮތަޅު އޮތް އިރު އެ އެންމެން ލައިގެން ތިބި އެއްޗިސް ވެސް ހުރީ ދަލުން ފޯވެފައެވެ. މެންދުރު ފަސް ކަމުގައި ވިޔަސް ދެމުން ދިޔަ އަވިން ކެކޭ ހާ ވެޔޭ ކިޔަމުން ބަދިގެ ފަރާތަށް އެއްޗިހި ތަށް ލާން އެންމެން ހިނގައި ގަތެވެ.
ދުވަހަށް މަސައްކަތް ނިންމާލީ މާދަމާ ހެނދުނު ފުރަން ވާއިރަށް ގެންދަން ވާ އެއްޗިހި ހަމަ ވެއްޖެ ކަމަށް ބުނަމުންނެވެ. ދަތުރަށް އެއްޗިހި ހަމަ ވުމުން އެންމެންނަށް ދެން ހަމަޖެހުނު މަސައްކަތަކަށް ވީ ބޭނުން ވާނެ އެއްޗިހި ގެންދިއުމެވެ. އެހެންނަމަވެސް އެ އެއްޗިސް އަކީ ޒަރޫރީ އެއްޗިސް އަށް ވަން ޖެހޭނެ އެއްޗެއް ކަމަށް އިޔާޝް ހަނދާން ކޮށްލަ ދިނެވެ.
ޒިވާ ދެ ފެންފުޅި ހިފައިގެން އައިސް އެކަތި ވިޝާމް އަށް ދީފައި އަޔާޝް އަށް ދޭން ދިއްކޮށްލާފައި ވެސް އެ ފެންފުޅީ ދިއްކޮށްލީ އަޔާޝް އާއި ޖެހިގެން ހުރި އިޔާޝް އަށެވެ. ވަގުތުން އަޔާޝް އެކަމާ ހިފައިގަންނަން ޒިވާ އާއި ދިމާލަށް އެއްޗެއް ބުނެވުމުގެ ކުރިން ނައިރާ އައިސް ނާއިފް އަށާއި އޭނާ އަށް ދެ ފެންތަށި ދިއްކޮށްލުމުން ނައިރާ އަށް ބަލާލާފައި ޒިވާ އަށް ވުރެން ނައިރާ ވެސް މާ ރަނގަޅު ކަމުގައި ބުންޏެވެ.
މި މަންޒަރު އިވާ އަށް ފެނުމުން ބަދިގެއިން ނުކުންނަން އަޅާލި ފިޔަވަޅު މަތީގައި މީހާ ގަނޑު ވިއެވެ. އަތުގައި އިން ފެންތައްޓަށް ބަލާލާފައި އިސް ޖަހާލަމުން އެ ފެންތަށި މިޝަލް އަށް ދިއްކޮށްލި އެވެ. އެކަކަށް އީވާއަށް ވީ ގޮތް ނުފެނުނުކަމުގައި ވިޔަސް އަޔާޝް ކައިރި ހުރި ނައިރާ އަށް އީވާގެ މޫނުމަތިން ފެނުނު ކުލަވަރުތަށް ވަރަށް ސާފުކޮށް ފެނުނެވެ. އެއާއި އެކު ނައިރާގެ ތުންފަތް މަތިން ދުވެލީ ކާމިޔާބީގެ ހިނިތުން ވުމެކެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Huvaa mi buny mi lau gandu vx part ninmaalaany enme salhi thankolhun?????..ehn nuhadhaasheyyy?..magey hithah nikan thadhu veyeyyy??..
Ey ma buny as always mi prt hama habeys ingey..alheyyy eyoh eevaa aa ayaash ge scene eh dhwww..damnnn?♥️♥️..dude my single heart really hurts yk???..lol but alheyyyy vrh lwbi ingey e couple..8 yrs ekkoh.. alheyyy wowww♥️♥️..nd zivaa nd eevaa vx jls vany dhww.. ye it’s kinda cute but plz don’t let that mishka steal vishaam nd naira steal ayaash..yo naira nd mishka..the feeling of going to an uninhabited Island for picnic cannot even be compared to going to a resort.. it’s wayyyy funn♥️♥️???..arn dhn kae mn maaley fen boegen ulhey kudhinnakah neyngeyne viyya aharun rah fushuge meehunge dhiriulhumeh..huh?..dude they just get on my nerves!!! Ey btw zaiha nd ian ge story fesheny dhn kn irakunnoa? Waiting for that as well inge
Ey lapputyyy next prt avas kohbalaaaaaaa
Ma mi hury mihaaru kiyaa hithun keh nulavaaha..nd ik exam season v ma vrh bxy vaane kan so it’s ok ingey..hana free velaafa liyelaa..
Hoan dhn dhany filaavalhu kiyan..baaaaaaaiii
Lwbi vey sooooooooooooo freaking muchhhhh???♥️♥️♥️?????
Miss u vrhhhh bodahhh?♥️?