Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިނިތުންވެލާށޭ ކަލާ 9

Ave Level 210 Stories
April 8, 2022 4 Mins Read
1 Comment

ރަހޫލްގެ އިންތިޒާރަށް ނިމުމެއް އައީ ކެފޭތެރެއަށް ޒުވާނަކު އައިސް ވަދުމުންނެވެ. އިސްކޮޅުން ދިގުވެފައި ދޮނެވެ. ލައިގެންހުރި ކަޅުކުލައިގެ ގަމީސް އުޅަބޮއްޓާއި ހަމައަށް އޮޅާލައިފައިވުމުން ވަރަށްވެސް ފިރިހެންވަންތައެވެ. އޭނާ އަޅައިގެން ހުރި އަވިއައިނު ނަގައިފައި އައިސް ރަހޫލްގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރަހޫލްވެސް އަސަރެއް ނެތް ގޮތަކަށް ހިނިތުންވެލިއެވެ.

“ރަހޫލް..” އެ ޒުވާނާ ގޮވައިލިއެވެ.

“ޒަކްވާން… ލޯންގް ޓައިމް ނޯ ސީ…” ރަހޫލްގެ އަނގައިން ނިކުތް މި ބަސްކޮޅުންވެސް އެއީ ކުރިންވެސް އެނގިފައިވާ މީހެއްކަން ދޭހަވެއެވެ.

*****

“ޔެއަހް.. އަހަރެން ހީކުރީ ނުދަންނަ ކުއްޖަކަށްކަމަށް އަހަރެންގެ މެރިޖް އެރޭންޖް ވީ.. އެކަމަކު ދަންނަ ކުއްޖަކަށް ދޯ މި ވީ..” ޒަކްވާން ބުނެލިއެވެ.

“އަހަރެން ބުނަންތަ ވާހަކައެއް؟ އަހަރެން މި ކައިވެންޏަށް އެއްބަސްވީ ވާ ހިތަކުނެއް ނޫން.. އެން އަހަރެން މި އިންނަނީވެސް ޒަކްވާންދެކެ ލޯބިވާތީއެއް ނޫން.. އެއީ މަންމަ ކައިރީގައި އަހަރެން ކުރި ވަޢުދެއް ފުއްދުމަށް.. އަހަރެން ލޯބިވާ މީހަކު ހުރޭ. އަމް ސޮރީ.” ރަހޫލް އިސްޖަހައިލަމުން ބުނެލީ މަޑުމައިތިރި ކަމާއިއެކުއެވެ.

“އިޓްސް އޯކޭ.. އެން އައި ރެސްޕެކްޓް ދެޓް. އަހަރެންވެސް މި ކައިވެންނަށް އަންނަން އެކަނި އިސްކޫލުން ކެނޑުނީ. އަހަރެން ހިތަށް އަރަނީ ރައިއަށާ އިޒޫއަށް މިކަން އިނގުނީމަ ވާނެ ގޮތް..” ޒަކްވާން އިސްދަށަށް ޖަހައިލެވުނީ އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ.

“އޭތް! ޒަކޫ.. ޒަކޫ ރޮނީތަ؟” ޒަކްވާން އިސްޖެހިނަމަވެސް ރަހޫލްއަކަށް އޭނާގެ ކަރުނަތަކެއް ސިއްރެއް ނުވިއެވެ.

“އަހަރެންނަށް މާފުކުރޭ ރަހޫ… އަހަރެން ލޯބިވަނީ ރައިދެކެ. އަހަރެންނާއި ރަހޫ ގްރޭޑް ނުވައެއްގަ އުޅުނުއިރު ރަހޫމެންގެއަށް ގްރޫޕް ސްޓަޑީޒް ހަދަން ދިޔަ ދުވަހު ރައި ފެނުމުން ލޯބިވެވުނީ ނޭނގި ހުއްޓާ…” ޒަކްވާން ވޭނާއިއެކު ހާމަކޮށްލި ޙަޤީޤަތުން ރަހޫލްގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.

“ރައި.. ޒަކޫ ލޯބިވަނީ ރައިދެކެ؟” ރަހޫލްއަށް ބުނެވުނެވެ.

“އާނ! އެންޑް ޕްލީޒް.. ރުޅިނާންނައްޗޭ..” ޒަކްވާން އަތުގެ ނުފުށުން ކަރުނަތަށް ފުހެލަމުން ރަހޫލްއަށް ބަލައިލިއެވެ.

“ކީތްވެ އަހަރެން ރުޅި އަންނާންވީ؟ އަހަރެން އަސްލަށްވެސް ވަރަށް އުފާވޭ ޒަކޫ ކަހަލަ މީހަކު އަހަރެންގެ ކޮއްކޮދެކެ ލޯބިވާތީ.. އަހަރެން އެކަމަކު ކޮންމެވެސް ގޮތަކުން ބަލާނަން މި ކައިވެނި ހުއްޓުވޭތޯ..” ރަހޫލް ހީލަމުން ބުނެލިއެވެ.

“ތެންކިއު ރަހޫ.. އަދި އެއްކަމެއް.. އަހަރެން ރައިދެކެ ލޯބިވާ ވާހަކަ ރައި ކައިރީގަ ނުބުނެ ސިއްރުކޮށްދީ..” ޒަކްވާންވެސް ހީލަމުން އެދުނެވެ.

ރަހޫލް ބޯ ޖަހައިލީ އެކަމާއި އެއްބަސްވުމުގެ ގޮތުންނެވެ. ދެމީހުންވެސް އެތާ ވާހަކަ ދައްކަން ތިބެތިބެފައި މާލަސްވާން ފެށުމާއިއެކު ދިޔައީއެވެ.

…..

“ޕޭޝަންޓް އިރާދަކުރެއްވީތީ ރަނގަޅު. މާ ގިނައިރު ނުކައި އުޅުމުގެ ސަބަބުންނާއި މާ ބޮޑަށް ސްޓްރެސްވެފަ ހުރުމުގެ ސަބަބުން އަސްލު ހޭނެތުނީ. އެހެން އެއްވެސްކަމެއް ނެތް. މިއޮތީ ބޭސް ސިޓީ.. އިންޝާﷲ މާދަމާ ޕޭޝަންޓް ޑިސްޗާރޖް ކުރެވޭނެ.” އިޒްއާން ބާއްވައިފައިއޮތް އެނދު ކައިރީގައިހުރެ ނަރުސް ކުއްޖާ އެހެން ބުނެލަމުން ކަޔާން އަތަށް ބޭސް ސިޓީ ދިނުމަށްފަހު އެ ޕްރައިވެޓް ރޫމްއިން ނިކުމެގެން ދިޔައެވެ.

ނަރުސް ކުއްޖާ ދިއުމާއިއެކު ދެން އިޒްހާ ބަލައިލީ އަރާމު ނިންޖަކުން ނިދައިލައިފައިވާ އޭނާގެ ދޮންބެއަށެވެ. ކައިރީގައިގޮސް ހުއްޓިލަމުން އެ މޫނަށް ބަލައިލިއެވެ. މޫނު މަތި އެކަށް މިލައިފައިއިވީއިރު ލޯ ކައިރި ކުޑަކޮށް ކަޅުވެފައި ހުރުމުން އެ މޫނުގެ ތާޒާކަން ވަނީ ކެނޑިފައެވެ.

އިޒްއާން އޮތް މި ހާލު ފެނި އިޒްހާއަށް އަނގަމަތީގައި އަތް އެޅުނުތަނާ ރޮވެން ފެށުނެވެ. ކަޔާންއަށްވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ އޮތް ހާލު ފެނިފައި ދެރަވި ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ގިސްލަ ގިސްލައިފައި ރޮމުން ދިޔަ އިޒްހާއަށެވެ. ކަޔާން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ގޮސް އިޒްހާގެ ކޮނޑުގައި އަތް ބާއްވައިލައި އިޒްއާން ރަނގަޅުވާނޭކަމަށް މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. އިޒްހާވެސް ކަރުނަވީ ދެލޮލަކުން ކަޔާންއަށް ބަލައި ބޯ ޖަހައިލަމުން އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ.

“އިޒްހާ.. މެންދުރު ކައިފިންތަ؟” އިޒްހާ ހަމައަކަށް އެޅުމާއިއެކު ކަޔާން އަހައިލިއެވެ.

“ނޫން.” އިޒްހާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

“އަހްމްމްމް… އަހަރެން އެބަ އަންނަން އިނގޭ ކާއެއްޗެހި ގަނެގެން. މިހާރު އެ ހަވީރުވީ. އާންއަށް ބޭސްވެސް ނަގައިގެން އަންނާތީ ލަސްވެދާނެ.” އިޒްހާ ބޯ ޖަހައިލުމާއިއެކު ކަޔާން އެ ރޫމްއިން ނިކުމެގެން ދިޔައެވެ.

އިޒްހާ ގޮސް އިށީނީ އިޒްއާން ކައިރީގައިއިން ގޮނޑީގައެވެ. ނަމަވެސް އިރުކޮޅެއްނުވެ މީހަކު ގުޅަން ފެށިއެވެ. ކޯލް އައިޑީއަށް ބަލައިލިއިރު ރަހޫލްގެ ނަން އަރައިފައިވުމުން އަވަސް އަވަހަށް ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ.

“ހަލޯ.. އިޒޫ ކިހިނެތް؟” ފޯނުނެގުމާއިއެކު ރަހޫލް އަހައިލިއެވެ.

“އާނ، އަހަރެން ހަމަ ރަނގަޅު. ދޮންތަ ކިހިނެތް؟” އިޒްހާ ރަނގަޅަށް ގޮނޑީގައި ލެނގިލަމުން އަހައިލިއެވެ.

“ދޮންތަވެސް ހަމަ ރަނގަޅު. ކޮންތާކުތަ ތި އުޅެނީ؟ މެންދުރުވެސް ހަފަހަރު ގުޅިން. ފޯނެއް ނުނަގާ.” ރަހޫލް ދެން އަމާޒުކޮށްލި ސުވާލާއިއެކު އިޒްހާއަށް އިޒްއާން އާއި ދިމާއަށް ބަލައިލެވުނެވެ.

“މި.. ދޮންބެ ހޮސްޕިޓަލުގަ ބާއްވައިގެން މި އުޅެނީ. އެހެންވެ އެ ގަޑީގަ ފޯނު  ނުނެގުނި.” އިޒްހާ އެހެން ބުނެލުމާއިއެކު ރަހޫލް ވަރަށް ކަންބޮޑުވިއެވެ.

“އޭނ؟ އަސްލު؟ އާން ކިހިނެތް މިހާރު؟ ރަނގަޅުތަ؟ ކިހިނެތްވެގެން ހޮސްޕިޓަލުގަ ބޭއްވީ؟” ރަހޫލް ހާސްވެފައި ހުރި ވަރުން އެއްފަހަރާ ތިން ހަތަރު ސުވާލުކޮށްލެވުނެވެ.

“މިހާރު އަނެއްހެން ރަނގަޅު. ނުކައި ހުރީމަ ހޭނެތުނީ އަސްލު. މާ ސްޓްރެސްވެފަ ހުރީމަޔާ އެއްކޮށް. އެކަމަކު މި ގަޑީގަ އަދި އޮތީ ނިދާފަ.” އިޒްހާ ބުންޏެވެ.

“އޮހް. ތިހެންވިއްޔާ ބާއްވަނީ އިނގޭ. ފަހުން ގުޅާނަން.” ރަހޫލް އެހެން ބުނެފައި ފޯނު ބޭއްވީއެވެ.

އެ ވަގުތަކީ ކަޔާން އައިސް ވަތް ވަގުތެވެ. އޭނާގެ އަތުގައި ބޭސް ކޮތަޅަކާއި ކާއެއްޗެހި އަޅައިފައި އޮތް ތިން ކޮތަޅުއޮތެވެ.

“އަން. މިއީ އިޒްހާއަށް. ދެން މި ހުރީ އާންއަށާ އަހަރެންނަށާ..” ކަޔާން އެހެން ބުނެ ކޮތަޅެއް ދިގުކޮށްލިއެވެ.

އިޒްހާ އެ ކޮތަޅުގައި ހިފުމާއިއެކު ކަޔާން އިޒްއާން ބާއްވައިފައި އޮތް އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި އެއްކޮތަޅާއި ބޭސް ކޮތަޅު ބަހައްޓައިފައިގޮސް އެތާ ހުރި ސޯފާގައި އިށީއެވެ. އިޒްހާ ކޮތަޅު ހުޅުވައިލުމާއިއެކު ދެ ބާރގާރއަކާއިއެކު ފްރެންޗް ފްރައިޒްކޮޅެއް ފެނުނެވެ. ބަނޑުހައިވެފައި ހުރުމާއިއެކު އެއްވެސް އެއްޗެކޭ ބުނުމެއްނެތި ކާން ފެށިއެވެ. ކަޔާންވެސް ކާން ފެށިއެވެ.

“ތެންކިއު ކަޔާން.. ފޯރ އެވްރީތިންގް..” ކުޑަ އިރުކޮޅެއްގެ ހިމޭނަކަމަކަށްފަހު އިޒްހާ އެހެން ބުނި އަޑަށް ކަޔާންއަށް އިޒްހާއަށް ބަލައިލެވުނެވެ.

“ނޯ ނީޑް ޓު.. އަހަރެންގެ ވެސް އެންމެ ގާތް އެކުވެރިޔާ ވީމަ އަހަރެންވެސް އާން އާއިމެދު ކަންބޮޑުވޭ. ތީ އާންގެ ކޮއްކޮއަށްވީމަވެސް ހަމަ އެފަދައިން އިޒްހާ އާއިމެދު ކަންބޮޑުވަން.” ކަޔާންއަށް ބޭއިޚްތިޔާއުގައި ބުނެވުނު އެއްޗަކާއިމެދު އިޒްހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

މިކަމާއިމެދު ހައިރާންވީ ހަމައެކަނި އިޒްހާއެއް ނޫނެވެ. ކަޔާންއަށްވެސް އިނދެވުނީ އޭނާއަށް ބުނެވުނު އެއްޗާއިމެދު ގަބޫލުނުކުރެވިފައެވެ. އެންމެ ރުޅިއަންނަން ޖެހޭ މީހާއާއި ދިމާއަށް އެފަދަ އެއްޗެކޭ ބުނެވުމުން އަމިއްލަ ނަފްސަށް ކުދި ކިޔުނެވެ. ދެންވެސް އެ ދެމެދުގައި ވަށައިލީ ހިމޭންކަމެވެ. ކައި ނިމުމާއިއެކު ބަންގި ގޮވަން ފެށި އަޑަށް އިޒްހާ ކަޔާންއަށް ބަލައިލިއެވެ.

“ކަޔާން ދާންވީއެއްނު މިސްކިތަށް ، އަހަރެން ދޮންބެ ކައިރީގައި މަޑުކޮށްލާނަން.” އިޒްހާ އިސްޖަހައިލަމުން ބުނެލިއެވެ.

ކަޔާން ވިސްނައިލައިފައި އާއެކޭ ބުނެ އެ ރޫމްއިން ނިކުމެގެން ދިޔައެވެ. އިޒްހާވެސް ފަހުން ނަމާދުކުރާނީ އޭ ހިތައި އެނދުގައި އޮތް ހުސްތަންކޮޅެއްގައި ބޯ އަޅައިލިއެވެ. ވަރިބަލިވެފައި ހުރުމާއިއެކު ނިދުނީ ބަސްބުނާހާ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިރުކޮޅެއްނުވެ އިޒްއާންގެ މެރިފައިވާ ދެލޯ ހުޅުވުނީ ކުއްލިއަކަށެވެ. ހުދު ކުލައިގެ ސީލިންގް ފެނުމާއިއެކު މި އޮވެވެނީ ގޭގައި ނޫންކަން ވަގުތުން ދެނެގަނެވުނެވެ. ދެކޮޅު ބަލައިލިތަނާ އެނދުގައި ބޯ އަޅައިލައިގެން އޮތް އިޒްހާ ފެނުނެވެ. އަރާމުކޮށް ނިދައިލެވިފައިވާ އިޒްހާގެ އިސްތަށިގަނޑުގައި އޭނާގެ އަތުން މަޑުމަޑުން ފިރުމައިލަމުން ހިނިތުންވެލިއެވެ.

“ދޮންބޭ!” އިޒްހާއަށް ލޯ ހުޅުވައިލެވުނީ ކުއްލިއަކަށެވެ.

ދެލޯ ހުޅުވައިލައި ހިނިތުންވެލައިގެން އިޒްހާއާއި ދިމާއަށް ބަލަންއިން އިޒްއާން ފެނުމާއިއެކު އޭނާއަށް ލިބުނީ ބުނަން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ. އިޒްހާވެސް އުފަލުން ހިނިތުންވެލައި އިޒްއާންގެ އަތުގައި ހިފައިލިއެވެ.

“ޔޫ ނޯ ދޮންބޭ.. އައި ވޮޒް ވޮރިޑް ސިކް. ދޮންބެ ކޮޓަރީގަ ހޭނެތިފަ އޮތްތަން ފެނުނީމަ ވަރަށް ހާސްވި. ކަޔާންގެ އެހީ ނުލިބުނުނަމަ ހޮސްޕިޓަލަށްވެސް ދޮންބެ ނުގެނެވުނިސް ކަންނޭނގެ.” އިޒްހާ ހީލަމުން ބުނެލިއެވެ.

“ހަހަހަ.. ހަމަ އެހާ ހާސްވިތަ؟ އެން ފައިނަލީ.. ކަލޭމެން ދެމީހުން އެކުއެކީގަ ކަމެއްވެސް ކުރެވިއްޖެދޯ؟” އިޒްއާން ޖަހައިލި ހިނިގަނޑާއިއެކު އިޒްހާއަށް ލޯ އަޅައިލެވުނެވެ.

“ދެން ހަމަ..! މިހާރު އަޅުވައިވެސް ކިޔަން ފެށީތަ؟ ދޮންބެވެސް ވަކި މޮޅެއް ނޫނޭ ތިހެން ކިޔާކަށް. ދޮންތަވެސް…” އިޒްހާއަށް ބުނެވެން އުޅޭ އެތި ރޭކައިލުމާއިއެކު ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތް އެޅުނެވެ.

“ދޮންތަ؟ ރް.. ރަހޫލް؟؟؟” އިޒްއާންއަށް ލިބުނު ޝޮކާއިއެކު އޭނާގެ ތުންފަތުގައި ކުޅެލައިފައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

އިޒްއާންގެ ހަނދާނަށް އައީ ކަޔާން އާއި ރަހޫލްގެ ވާހަކަ ހިއްސާކުރި ދުވަހެވެ. އެ ދުވަހު އިޒްހާއަށް އަޑު އިވުނުހެން ކޮންމެވެސް ވަރަކަށް ހީވި ނަމަވެސް ޔަޤީނެއް ނުވެއެވެ. ނަމަވެސް ދެންމެ އިޒްހާ އެހެން ބުނުމާއިއެކު އެ ޝައްކު ހިތުގައި އުފެދެން ފަށައިފިއެވެ. އިޒްހާއަށް ރަހޫލް އާއި މެދު އިޒްއާންގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް އިނގުނީ ބާވައެވެ؟ މިކަހަލަ ސުވާލުތަކުން ހިތް ފުރިފައިވާ ހާލު އެހެން ދިމާއަކަށް ދެލޯ ބޮޑުކޮށްލައިގެންއިން އިޒްހާއަށް ބަލައިލެވުނެވެ.

“އިޒޫ! އިޒޫއަށް އިނގޭތަ؟”

– ނުނިމޭ –

ކިޔުންތެރީންގެ ސަމާލުކަމަށް:- މިހާ ގިނަ ދުވަސްވަންދެން ވާހަކަ އަޕް ނުކުރެވުނުކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން. އެ ދުވަސްކޮޅު ވާހަކަ އަޕް ނުކުރެވުނީ ތަންކޮޅެއް ބިޒީކޮށް އުޅުމުގެ ސަބަބުން. އިންޝާﷲ މިއަދުން ފެށިގެން މެދުކެނޑުމެއްނެތި ވާހަކަ ކުރިއަށްގެންދެވޭތޯ ބަލާނަން. މި ވާހަކަ ކިޔަމުން ދާ އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.. ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ave

Level 210 Stories

Follow me on insta: averix05

Other Articles

Previous

ހިރާސްް 40 & 41

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (53)

Next
April 8, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (53)

Previews
April 8, 2022

ހިރާސްް 40 & 41

One Comment

  1. Ryyn says:
    April 9, 2022 at 8:38 pm

    ???

Comments are closed.

Next Episodeހިނިތުންވެލާށޭ ކަލާ 10←


All Right Reserved!