ވައުދޭ ވެވޭ މީ…23
އެންމެންވެސް އެ ގެއަށް އައި އިރު ގެއަށް ޒިވާ އައިސްފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އިއަން ޒިވާ އަދި ގެއަށް ނާދް އެއް ނޫން ހޭ ބުނުމުން އެންމެންވެސް ކަން ބޮޑު ވާން ފެށިއެވެ. ވާނީ ވެސް އެހެންނެއް ނޫން ހެއްޔެވެ. ކިތަންމެ ފަހަރަކު އެރަށަށް އައި ކަމުގައި ވިޔަސް ގަސް ބޯ ބޮޑު ޖަންގައްޔެއް ފަދަ އެ ތަނުން ނުކުތުމަކީ އުނދަގޫ ކަމެއް ވިއްޔާ އެވެ. ޒިވާ އަށް ކަމެއްވެ، ނުވަތަ އަނިޔާ އެއް ލިބުމުން ވާނެ ގޮތަކަށް ވިސްނައި ޒައްޔާން ތިން މިހުންގެ ފަސް ޓީމަށް އެ ފަނަރަ މީހުން ބަހާލިއެވެ. އެއް ގުރޫޕު ގައި އަންހެން ކުދިން އިތުރު ކޮށްފައި ގޭގައި މަޑު ކުރުމަށް ބުންޏެވެ. ޒިވާ ގެއަށް އަތުވެއްޖެ ނަމަ އެމީހުންނަށް ގުޅަން ބުންޏެވެ.
ބޭނުން ވާނެ ސާމާނުތަށް ހިފައިގެން ހަތަރު ޓީމު ރަށުގެ އެކި ހިސާބު ތަކަށް ބެހިލިއެވެ. އެހެން ނަމަވެސް ނަތީޖާ އަކަށް ވީ އެއްވެސް ބަޔަކަށް ޒިވާ ނުފެނުމެވެ.
ހަވީރު ވެއްޖެކަން އެނގުމުން ޒިވާ އޭނާ އިން ހިސާބުން ތެދުވިއެވެ. ބޮޑެތި ދިއްގާ ގަސްތަކެއްގެ ހިޔަލުގައި މަގޫ ގަސްތަކެއް ފަޅާފައި ވީ އިރު ދުރުން ބަލައިލި މިހަކަށް ޒިވާ އެތާނގައި އިންހެނެއް ހިޔެއް ނުވާނެ އެވެ. ޒިވާ އެތާނގައި އިށީންދެގެން އިދެފައި ތެދުވި އިރު މީހާގެ މުޅި މޫނު ވަނީ ރަތްވެފަ އެވެ. ދެލޮލުގެ ރަތްކަން އަދި ވަކިން އިތުރެވެ.
ޒިވާ ތެދުވި ތަނުން އޭނާގެ ފުރަގަހަތުން ގަސްތަކުގެ ތެރެއިން އެއްޗެއް ހެލިލި އަޑު އިވުނެވެ. ބިރުން ހުރެ ފަސް އެނބުރި ބަލައިލި އިރު އެކައްޗެއް ވެސް ފެންނަން ނެތުމުން އިތުރަށް ބިރު ގަތެވެ. ދެކޮޅު ހޯދާލާފައި ވެސް ޒިވާ ވަލުތެރެއަށް ވަންނަން ފަސްޖެހުނެވެ. ގެއާއި ހިސާބަށް ދާން ޖެހޭނީ ގޮނޑު ދޮށުން ކަން އެނގުމުން އަމިއްލަ ނަފްސަށް ކުދި ކިޔާލެވުނެވެ.
ކިތަންމެ ގިނަ އިރަކުން ނަމަވެސް އޭނާ ގެއަށް ދާން ބޭނުން ވިއެވެ. އެހެން ކަމުން ގެ އިންނާނެ ހިސާބެއް ލަފާކޮށް އޭނާ ހިނގައި ގަތެވެ. ރާޅު ޖަހާ ހިސާބުން ފައި ތެންމަމުން ޒިވާ ހިގައި ގަތް އިރު ފަހަތަށް ދޫވެގެން ދާ ކޮންމެ ފިޔަވަޅެއް ޖަހަމުން ދިޔަ ރާޅުތަށް ފޮހެލައެވެ. އިރު އޮއްސެން ކައިރި ވުމާއި އެކު ޒިވާ ބެލީ ވީހާވެސް އަވަހަށް ގެއަށް ދާށެވެ.
ވިޝާމް އަށް ޒިވާ ދެރަކޮށްލެވުމުން ހިތުގައި ޖެހުނެވެ. މުޅި ރަށުތެރެ ހެން ބަލާ ފާސް ކުރެވުނު އިރުވެސް ޒިވާގެ ހިލަމެއް ނުވިއެވެ. ގެއަށް ވެސް އެކި ފަހަރުމަތިން ގުޅި އިރުވެސް ލިބެމުން ދިޔައީ ހަމަ އެއް ޖަވާބެކެވެ. އަމިއްލަ އަށް ބުއި ބޮޑި އެއް ކަމުން ވިޝާމް އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔައެވެ. މިޝްކާ ނެގި އިރުވެސް ޒިވާ އަށް ކުރާނެ އަސަރަކަށް ނުވިސްނުމުން އޭނާ ދެރަވިއެވެ. ޒިވާ ނުފެނުމުން އަމިއްލާ މީ އޭނާ އަށް ހައްގު ގޮތުގައި ޒިވާ އަދަބު ދެނީ އޭ ވެސް ހީކުރެވުނެވެ.
ވަލު ތެރެއިން ބޭރަށް ނުކުމެވެސް އިން މަގަކުން ވިޝާމް ގޮނޑުދޮށަށް ފޭބިއެވެ. ފަހަތުން އަޔާޝް ނުކުތުމުން ދެމީހުން ޒައްޔާން އަށް ގޮވާލިއެވެ. ގޮނޑުދޮށް ނުބެލި އޮތުމުން އެހެން ލާފަ އަނެއްކާ ވެސް ވަލުތެރެއަށް ވަންނާށެވެ. ވަކި ހިސާބަކަށް ދެވުމުން އެމީހުންނަށް މޫދާއި ދިމާލަށް ދާގޮތަށް ހުރި ފިޔަވަޅުތަކެއް ހުއްޓެވެ. އެހެންނަމަވެސް ރާޅުޖަހާ ހިސާބުން އެ ފިޔަޅުތަށް ވަނީ ގެއްލިފައެވެ. އުންމީދުގެ ހުޅުކޮޅު ރޯވެފައި ވެސް ނިވުނީ އެވެ.
އެތިންމީހުންވެސް އިރުއޮއްސެން ކައިރި ވުމުން ޒިވާ ދާނީ ގެއަށް ކަމަށް ވިސްނައި، ގެ އިން ދިމާލަށް ހިނގައި ގަތެވެ. އެ ތިންމީހުންނަށް ނޭގުނު ކަމުގައި ވިޔަސް ޒިވާ މާ ދުރު ނޫން ހިސާބަކުން ފެންނަން ހުއްޓެވެ. އެމީހުންނަށް ގެއާއި ދިމާލަށް ހިނގައި ގަނެވުނު ޒިވާ އަށް ދެވުނީ ނުބައި ކޮޅަކަށެވެ. އިރުއޮސެން ވާއިރަށް ޒިވާ އަށް ގެއަށް ލައްވާލުން ވާނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް، ސުވާލަކީ، ޒިވާ އަށް އެކަން ކާމިޔާބު ވާނެ ހެއްޔެވެ؟ ވިޝާމް، އަޔާޝް، ޒައްޔާން އަށް ޒިވާ ނުފެނުނަސް އެހެން ބަޔަކަށް އޭނާ ފެނިދާނެ ބާވައެވެ؟ ނޫނީ އިރުއޮއްސެން ވާއިރު ވެސް ޒިވާ އަށް ގެއާއި ހަމައަށް ނުފޯރި ކަނު އަނދިރީގައި އެ ބޮޑު ފަޅުރަށުގައި އޭނާ ގެއްލޭނީ ހެއްޔެވެ؟
ޒިވާ ހޯދަން ނުކުމެ އުޅުމުގެ ތެރެއިން ނާއިފް އަށް މޫގަނޑެއްގައި އަޅައިގަނެ އަލަ އޮޅަކަށް ވެއްޓުނެވެ. އޭގެ ނަތީޖާ އަކަށް ވީ މުޅި ގައިގައި ޗަކަ އުނގުޅި ހިނގަން އުނދަގޫ ވުމެވެ. އަޔާޝް އާއި އީވާ އޭނާ އަށް ވުރެން ފަހަތުގައި ވުމުން އެދެމީހުން އަންނަން ވީ އިރު އޭނާ ހުރީ ތެދުވެ އެވެ. ލައިގެން ހުރި އެއްޗިހީގައިވެސް ޗަކަ ހުރުމުން ގޮތް ހުސްވެފައި ނާއިފް އަށް ހުރެވުނީ އެހިސާބަށް ނުކުތް އިވާ އާއި އަޔާޝް އަށް ބަލާށެވެ. އެދެމީހުންނަށްވެސް ނާއިފް ފެނުމުން ވެރިވެފައި ވީ ސީރިއަސް ކަމުގެ ތެރެއިންވެސް ހެވުނެވެ. އިރު އޮއްސެން ކައިރި ވެފައި ވުމުންނާއި އެކު މުޅި ގައިގައި ކަޅު ކުލައަކަށް ދާ ކުލަ އެއްގެ ޗަކަ ހުރުމުން ބިރުވެރި އެއްޗަކާވެސް ނާއިފް ވައްތަރެވެ. ނާއިފް އިސްކޮޅުންވެސް ދިގު ވުމުން އިތުރަށް ބިރުވެރި ވައްތަރު ޖަހައެވެ.
” މިހާރު ނާއި ހީވަނީ އިފުރީތެއްހެން… ދެން އަދި ތިހެން ހުއްޓާ އެހެން މީހަކަ ފެނިއްޖެއްޔާ މަޖާ ވާނީ.. ބިރުން ގޮސް ގަޔަށް ހީސް ކަންނޭގެ ލެވޭނީ… ހަހަހަހަ…..” އިވާ އޭނަގެ ފޯނުން ނާއިފްގެ ފޮޓޮއެއް ނަގާލާފައި އެޔަށް ބަލާލަމުން ބުނެލިއެވެ.
“ހަހަހަ… އާން… އޮޅު ޖިންނި… ފަޅު ރަށުން އެރީ… ދެން އަހަރުން އެންމެންވެސް ކާލާނީ ކަންނޭގެ…” އަޔާޝް ވެސް އީވާ އާއި ބައިވެލަމުން ބުނެލިއެވެ.
” އޭ ދެން މަށަކަށް ނުހުރެވޭނެ މިހެންނެއް ގައި ކަހައޭ…” ދެފައި ތަޅާލާފައި ކުޑަކުއްޖެއްހެން އެހެން ބުނެލިއިރު އީވާ ހުރީވެސް ފޯނުން ވީޑިއޯ ކުރާށެވެ. އަޔާޝް ގަސްތަކުގެ ފަހަތުން މޫދަށް އެރި އެ ޗަކަތަށް ފިލުވާލާށޭ ބުނުމުން ނާއިފް ގަސްތަށް ފޭކޮށްލާ ޖާގަ ހަދާލިއެވެ. ދުއްވައިގަންނަން ރެޑީވެލަމުންނެވެ. ހަމަ އެއާއި އެކު އީވާވެސް އޭނާގެ ފޯނުގެ ކެމެރާ އިހަށް ވުރެން ރަނގަޅު ކޮށްލިއެވެ.
އިސްޖަހައިގެން ހުރެ ހިނގަމުން ދިޔަ ޒިވާ އަށް ގަސްތަކާއި ދިމާލަށް ބަލައިލެވުނީ އަންހެނަކު ހޭ އަޑު އިވުމުންނެވެ. އެ އަޑު އީވާގެ އަޑާއި ވައްތަރުހެން ވެސް ޒިވާ އަށް ހީވިއެވެ. ސިކުނޑީގައި ސުވާލު މާކު ޖަހައިގެން ޒިވާ އަށް ގަސްތަކާއި ދިމާލަށް ބަލަން ހުއްޓާ ގަސްތަކުގެ ތެރެއިން ކަޅުކުލައިގެ ދިގު ބިރުވެރި ފާޑު ޖަހާ އެއްޗެއް ނުކުމެގެން ބާރު ދުވުމެއްގައި އޭނާ އާއި ދިމާލަށް އައުމުން ޒިވާ އަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އަޑު ނެތްތަނަށް ހަޅޭއްލަވައިގަންނަން ވީ އިރު ޒިވާ އަށް އޮވެވުނީ އޭނާ އާއި ދިމާލަށް އައި އެއްޗަކާ އެއްކޮށް މޫދުގައެވެ. ކިތަންމެ އެއްގަމާއި ކައިރިވިޔަސް ފުން ހިސާބަކަށް ވެފައި ޒިވާ ގެ ފައި ނުޖެހުމުން އޭނާ ގެނބެން ފެއްޓިއެވެ.
ނާއިފް ގަސްތަކުގެ ތެރޭ ހުރެ ރެޑީ ވަމުން ދިޔައީ ދުވެފައި ގޮސް ‘ލޮންސި’ ޖަހާ މޫދަށް ފުންމާލާށެވެ. ގައިގައި ތަތްވެފައި ހުރި ޗަކަތަކާއި އެކުވެސް ގަޔަށް ލެވުނު ބާރެއް ލާފައިދުއްވައި ގަތް ނަމަވެސް ކުރިމަތީ ޒިވާ ހުރުމުން އަމިއްލަ ހަށިގަނޑު ހުއްޓުވަން އުޅުމުން އެކަން ނާކާމިޔާބުވެ، ބެލެންސް ނުކުރެވި ޒިވާ އާއި އެކު މޫދަށް އޭނާ ވެއްޓުނެވެ. އޭނާގެ އިސްކޮޅު އެތާނގައި ހުރި ކަމުގައި ވިޔަސް މައްޗަށް ބޯ ހިއްލައިލުމާއި އެކު ނާއިފްގެ ލޮލުގައި އަޅައިގަތީ އޭނާ އަށް ވުރެން ދެ ފިޔަވަޅު ދުރުގައި އޮތް ޒިވާ އެވެ. ފައި ނުޖެހުމުގެ ސަބަބުންނައި ފަތަން ނޭގުމުން ޒިވާ ދިޔައީ އަމިއްލަ ސަލާމަތަށް މަތީގައި އޮވެވޭތޯ މަސައްކަތް ކުރާށެވެ. ދެ އަތުން ބަކަތަޅަމުން ދިޔައިރު ޒިވާ އަށް ނޭވާ ލުން ވީ އުނދަގޫ ކަމަކަށެވެ. ޒިވާ މި ހާލުގައި ފެނުމުން ނާއިފް އަށް ހީވީ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ހެންނެވެ.
އަވަހަށް ނާއިފް ބެލީ ޒިވާ އޭނާގެ ގާތަށް ދަމާލާށެވެ. އެހެންނަމަވެސް ޒިވާ ދެއަތުން ލޮނުގަނޑުގައި ތަޅަމުން ދިޔަ ގޮތުން ނާއިފްގެ މޫނަށް ލޮނު ބުރާ އެކަން ކުރުމަށް ހުރަހަކަށް ވެގެން ދިޔައެވެ. އެންމެފަހުން ނުހުރެވިގެން ނާއިފް ޒިވާގެ އެއް އަތުގައި ހިފާލުމަށްފަހު އޭނާގެ އަނެއް އަތުން ޒިވާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އިތުރު ވަގުތުތަކެއް ބޭކާރު ކުރަން ނަހަދާ ނާއިފް ޒިވާ އޭނާގެ ކައިރިއަށް ދަމާލިއެވެ. އެއާއި އެކު ޒިވާ ކުޑަކުއްޖެއް ފަދައިން އޭނާގެ އުރަށް އެރިއެވެ.
ޒިވާ އަށް އޭނާ މީހެއްގެ ހިޔާމަޔަތުގެ ދަށަށް ގެނެވުމުން ކާކުތޯވެސް ބަލާލެވުމެއް ނެތި އެމިހެއްގެ އުނަގަނޑުގައި އޭނަގެ ދެފައި އަޅުވާލިއެވެ. އަދި މެރިފައިވީ ދެލޯ ހުޅުވާލުމެއްވެސް ނެތި އެމީހެއްގެ ކަރުގައި އޭނާގެ ދެ އަތް ވަށާލިއެވެ. އެމިހެއްގެ ކޮނޑުގައި ބޯ އަޅާލެވުނީ ވެފައިހުރި ވަރުބައްޔަކުންނެވެ.
” ސާބަސް ޒިއްޕުޑިން އަށް… ފަތަން ނޭނގުނަސް ތިވާ ދެން ބޮޑުވަރު…” ނާއިފް ޒިވާ ގޮވައިގެން އެއްގަމަށް އެރުމާއި އެކު އަޔާޝް އައިސް ޒިވާ އާއި ދިމާކުރަން ފެއްޓިއެވެ. އެހެންނަމަވެސް ޒިވާ އެއިން ކަމަކަށް އަޅާ ނުލާ ހުރީ އެވަގުތު ޒުވާބު ކުރަން ބޭނުން ނުވުމުންނެވެ.
ޒިވާ އޭނާގެ އުރުން ފައިބަން އެއްބަސް ނުވުމުން ނާއިފް އަށް ޖެހުނީ އެ ހުރިގޮތަށް ޒިވާ ގޮވައިގެން ގެއާއި ހަމައަށް ދާށެވެ. ދިޔަ މަގުމަތީގައި އީވާ ޒިވާގެ ‘ތަލާއްސޯފޯބިއާ’ ހުންނަކަން ހާމަ ކުރިއެވެ. އެންމެ ފުރަތަމަވެސް ނާއިފް އަށް ކުރެވުނު ސުވާލަކަށް ވި އެއީ ކޮން ފޯބިއާ އެއް ހެއްޔެވެ.
ޒިވާ އަކީ އެންމެ ކުޑައިރުއްސުރެންވެސް ފުން ތަންތަންދެކެ ބިރުގަންނަ ކުއްޖެކެވެ. އެތަކެއް ފަހަރުމަތިން މޫދުގައި ފައިނުޖެހޭ ހިސާބުގައި ގެނބި، ގޭގަ ހުންނަ ވަޅަށްވެއްޓި، ކަންތަށް ވުމުން ޒިވާ ފެނުގެ ފުން ހިސާބުތަށް ދެކެ ބިރުގަނެއެވެ.
ހިނގާފައި ގެއާއި ހަމައަށް އާދެވުނު އިރު އެންމެންވެސް އައިސް ގޭގައި ތިއްބެވެ. ޒިވާ ފެނުނު ވާހަކަ ބުނުމުން ބޭރަށް ގޮސް ތިބި އެންމެންވެސް ގެއަށް އައީއެވެ. އެއްބަޔަކު ފެންވަރާ ހަދަން ދިޔައިރު ގޭގައި ތިބި އަންހެން ވެރީން ބެލީ ކާއެއްޗެއް ތައްޔާރު ކުރެވޭތޯ އެވެ. ޒިވާ ގޮވައިގެން ނާއިފް އައިސް ގެއަށް ވަން ގޮތް ފެނުމުން ނައިރާ އަދި ވިޝާމް އަށްވެސް ސޯފާގައި ތިބެފައި ތެދުވެނީ ފޫކޮޅަށް ކައްޓެއް ހެރުނު ފަދައިންނެވެ.
މިޝްކާ އާއި ނައިރާ ރުޅިވެރިގޮތަކަށް ޒިވާ އާއި ދިމާލަށް ބަލާލާފައި ކޮޓަރިއަށް ދާން ހިނގައި ގަތެވެ. ވިޝާމްއަށް ޒިވާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުން ނޫން ކަމެއް ނުކުރެވުނެވެ. އެހިތުގައި ވޭން އުފެދިގެން ދިޔައެވެ. އިތުރަށް އެތާނގައި މަޑުކުރަން ނަހަދާ ވިޝާމް ޒިވާ ފެންނަ ކަމަށް ހަދާ ނުލާ އަނެއްފަޅީގައި ހުރި ބެލްކަނި އަށް ދިޔައެވެ.
އެންމެން ހަމަ ވުމުން ރޭގަނޑުގެ ކެއުމުން ސުފުރާމަތި ފަޅުފިލުވާލިއެވެ. ވޭލަރުގައި އައި އިރު ބޭނުނު ފަރުމަސް ފިހެފައި ވީ އިރު ބަތާއި އެކު ދިވެހި ކޭމުން ފެންނާނެ އެހެން ސާމާނުތަކުގެ އިތުރުން ދެން ހުރީ ޕާސްތާއެވެ.
ކައި ނިމުމުން އެކަކުވެސް ނިދަން ދާކަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން ޒައިހާ ގޭމެއް ކުޅެން އެންގިއެވެ. އަދި އެ ގޭމު ކުޅޭނެ ގޮތް ކިޔައިދޭން ފެއްޓިއެވެ.
” މިހާރު.. ދެން ދޮނބެ ތި ފުޅި ބޮއެ ނިންމަބަލަ ތަންކޮޅެއް ފާސްޓުކޮށް…” ޒައިހާ ވާހަކަ ދައްކަން ފައްޓާފަވެސް ޒީހާން އާއި ދިމާލަށް ހަޅޭއްލަވައިގަތީ ޒީހާން ބޯން އިން ހޮލްސްޓެން ފުޅި ހުސް ނުކޮށްގެންނެވެ. އެންމެނެސް ހޭން ފެށުމުން ޒީހާން މި ނިމުނީ އޭ ބުނެ އަނެއްކާވެސް އޭނާ ބޯން އިން ފުޅީގައި ތުން ޖަހާ އޭގައި ހުރި އެއްޗިހި އެއްފަހަރުން ހުސްކޮށްލިއެވެ.
” ދެން ފަހަރި ދަގަ މިތި ދޮވެގެން އަންނަން…” ދަތްޕިލަ ދައްކާލުމަށް ފަހު ހީލާފައި ޒައިހާ މާހި އަތަށް އެ ފުޅު ދެމުން ބުނެލިއެވެ. އަނެއްކާވެސް އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މާހީ ފުޅި ދޮންނަން ދިޔުމުން ޒައިހާ ގޭމުގައި ކަން ކުރަން ވީ ގޮތުގެ އިރުޝާދު ދޭން ފެއްޓިއެވެ.
“މީގަ ވާނެ ގޮތަކީ މި ފުޅި އަނބުރައިގެން އޭގެ ތުން ހުއްޓޭ މީހަކު ކިޔަން ޖެހޭނީ ލަވައެއް… އެ ލަވަ އެއްކޮށް ކިޔާ ނިންމަން ޖެހޭނެ… ނޫނީ ޕެނަލްޓީ ދައްކާފަ ލަވައެއްގެ މައިގަނޑު ނޫނީ ކަޑިއެއް… ދެން ޕެނަލްޓީ އަންނާނީ އެކި ގޮތްގޮތަށް ސޯ… ލެޓްސް ސްޓާރޓް…”
އެންމެ ފުރަތަމަ ވެސް ފުޅި އަނބުރައިގެން ޖެހުނީ އަޔާނީ އަށެވެ. ވަރަށް ވިސްނާލާފައި އަޔާނީ ޒައްޔާން އަށް ބަލާލުމަށް ފަހު އޭނާގެ ލަވަ ކިޔަން ފެއްޓިއެވެ.
.•♫•♬•.•♬•♫•.
ފެނިލުމުން ހިތް ފުރިގެން ދޭ…
ބެހިގެން އޮޔާ އެކު ވިންދު ދޭ…
އަތުގާ ހިފާލާށޭ..، ދޫކޮށް ނުމެލާނަމޭ… ހްމް..
އެދިގެން ހުވާ މަ ކުރާނަމޭ ހުންނަން ގާތުގާ ވައުދު ވަމޭ…
ހިތާއޭ މަގޭ، ނިދިވެސް ގެއްލުވާލައިފިޔޭ…
ހުވަފެންތަކުން ތިޔަ ނޫން މޫނެއް ނުފެނޭ…
ކަޅިހުއްޓިފާ ބަލަން ހުރީ ހިތް ހުއްޓިދާ ވަރު ކޮށްލައޭ ކަލާ… ހްމްމްމް…
- ♬•.•♬•
ހިތް އަވަސް ވެޔޭ ހިތް ބިރުގަނޭ…
އެކުގާ ވެލަން ކެތްމަދު ވިއޭ…
އުމުރަށް އެކީ އުޅެން މި ހިތް އެދޭ…
ތިޔައީ އުންމީދޭ މަގޭ…
ފަހު ނޭވަޔާ ޖެހެންދެން މުޅި ހިތް މަދީ ލޯބިވާނަމޭ…
ހިތާއޭ މަގޭ، ނިދިވެސް ގެއްލުވާލައިފިޔޭ…
ހުވަފެންތަކުން ތިޔަ ނޫން މޫނެއް ނުފެނޭ…
ކަޅިހުއްޓިފާ ބަލަން ހުރިން ހިތް ހުއްޓިދާ ވަރު ކޮށްލައޭ ކަލާ… ހްމްމްމް…
- ♬•.•♬•
ހްމްމް… އެދިގެން ހުވާ މަ ކުރާނަމޭ ހުންނަން ގާތުގާ ވައުދު ވަމޭ…
ހިތާއޭ މަގޭ، ނިދިވެސް ގެއްލުވާލައިފިޔޭ…
ހުވަފެންތަކުން ތިޔަ ނޫން މޫނެއް ނުފެނޭ…
ކަޅިހުއްޓިފާ ބަލަން ހުރިން ހިތް ހުއްޓިދާ ވަރު ކޮށްލައޭ ކަލާ… ހްމްމްމްމްމްމް…
.•♫•♬•.•♬•♫•.
އަޔާނީގެ ލަވަ ނިމުމާއި އެކު ޒައްޔާން އަށް އަޔާނީގެ ގައިގައި ބައްދާއި ގަނެވުނެވެ. ދެން މާކަށް ގިނަ ދުވަހެއް ނެތި އޭނާ އަށް އަޔާނީ އަށް ދުރަށް ދާން ޖެހޭނެ އެވެ. ޓްރެއިނިންގ އަށެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Reethi kamun gos hama bunaane ehcheh vx neyngifa mi hury.. masha Allah..haadha rythi stry ekey ♥️♥️
Vrh lwbi ingey mi story..dhn neiy migady maa dhigu koh cmnt kureveykah..adhi kiriyaa mi aee heylaigen..lol.. me is banduhai 😂😂
Byeeeeeeeee
Tvgc darlinggggggggggg♥️♥️
Lhiyanbe ah magey salaam😂😂
Waiting curiously for da nxt prt ♥️♥️♥️
hehehehehe ty ty darlz.. dhen stry reethi vumakee magey massaleh noon dhw…😁😁😁🤭 eii magey talent eyyy😁😁😂😂😂
dhen manje mashah vuren thankolheh rangalhu… ma dhenme mi heylee… seedhaa bangi ah.. rey ehkoh nunidhaey ma hureee…. 😂😂😂
hoooaaaaan feshunee dhw hmm bunaanan… yxxx dhen dhaga kaan… ma neii kaa hitheh dhanvee foiy thakuga cellofin laan…
you two take care loveee…..❤❤
isa tuesday nooni wednesday ga balaanan submit kohlleveytho….