ކާޅު ރާނީ 1
އެލީން ގެ އުމުރުން ދެ އަހަރުގައި އެލީން މަންމަ ވަނީ ނިޔާވެފައެވެ. އެލީން ގެ ބައްޕަވެސް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އެލީން ބަލާބޮޑު ކުރީ އޭނާގެ ދޮންތަ ޒުހުރާއެވެ. ގަޑިން ފަތިހު 5 ގަހަނީއެވެ. ޒުހުރާ ހުރީ ގޭދޮށް ކުނިކަހާށެވެ. ކުއްލިޔަކަށް ވަލުމަގު ފަޅިން ވަރަށް ބާރު އަޑެއް އިވުނެވެ. ޒުހުރާ ދިޔައީ ސިހިގެންނެވެ.”މިހާރު މިއިވެނީ ކޮން އަޑެއް؟” ޒުހުރާ މިހެން ބުނެފައި ވަލުމަގު ފަޅިއަށް ހިނގައިގަތެވެ. ފެނުން މަންޒަރު ތަކުން ޒުހުރާ ނުވެއްޓުނީ ކިރިޔާއެވެ. ޒުހުރާ އަކީ 22 އަހަރުގެ ޒުވާން ކުއްޖެކެވެ. ޒުހުރާ އަކީ ބަލާލަން ވަރަށް ރީތި ކުއްޖެކެވެ.”ކަލޭޭންނޭ އަރުކާން މީ ކޮން ކަމެއް ދެން” …. ވަޅު ކައިރިން ފެނުނު ޒުވާނާ ފެނިފައި ޒުހުރާ ހޭނުނެތުނީ ކިރިޔާ އެވެ. ބިރުން ހުރެ ހަޅޭއްލަވަން ފެށުނެވެ. ދޮންބެދައްތާ ހަޅޭއް ނުލަވަބަ ، އަހަރެންނޭ ނަސޫހް ،، ނަސޫހް މިހެންބުނެ މޫނުގައި ހުރި ދެލިތައް ފޮހެލިއެވެ. ” ކަލޭމެން ދެބެއިންގެ ކަންތައްތައް ތިދަނީ މާ މައްޗަށް މިހާރު ، ކުރިން ދުވަހު ގޭގައި އިން ޓީވީ ހަލާކުކޮށްލީ ، އޭގެ އަނެއް ދުވަހު އަހަރެންގެ ކޮޓަރީގައި އިން ބުކް ޝެލްފު ހަލާކުކޮށްލީ…. މިއަދު ތިޔަ މޯޓަރު ހަލާކުކޮށްލީ ޒުހުރާ ހުރިހާ ވާހަކަތަކެއް އަމުނާލިއެވެ.” ” މައި ސްވީޓް ވައިފް ޕްލީޒް ރުޅިނާ ދެބަލަ. ކާމް ޑައުން ބޭބީ. އައި ލަވް ޔޫ.” އަރުކާން އޭނާގެ އަބިމީހާ ހެއްވާލެވޭތޯ މަސައްކަތް ކުރިއެވެ. ” ރުޅި މަޑު ކުރެވޭނީ މޯޓަރު ހެދީމަ.” ޒުހުރާ މިހެން ބުނެފައި ގެއަށް ވަނެވެ. ޒުހުރާ ގެއަށް ވަދުމުން ނަސޫހް ވެސް ގެއަށް ވަންނަން ހިނގާގަތެވެ. ” ހޭ ވެއިޓް ، ޔޫ ހޭވް ޓު ގެޓް ދަ ސޭމް ޕަނިޝް ދެޓް އައި ގޮޓް ” އަރުކާން މިހެން ބުނެ ނަސޫހުގެ އަތުގައި ހިފާ ދަމާ ގެނަސް އޭނާ އަށް އެހީވާން އެދެނެވެ. މޯޓަރު ހެދުމުން ދެމީހުން ވެސް ގެއަށް ވަންނަން ހިނގާގަތެވެ.

