Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިނިތުންވެލާށޭ ކަލާ 10

Ave Level 210 Stories
April 11, 2022 4 Mins Read
0 Comments

“ދޮންތަ؟ ރް.. ރަހޫލް؟؟؟” އިޒްއާންއަށް ލިބުނު ޝޮކާއިއެކު އޭނާގެ ތުންފަތުގައި ކުޅެލައިފައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

އިޒްއާންގެ ހަނދާނަށް އައީ ކަޔާން އާއި ރަހޫލްގެ ވާހަކަ ހިއްސާކުރި ދުވަހެވެ. އެ ދުވަހު އިޒްހާއަށް އަޑު އިވުނުހެން ކޮންމެވެސް ވަރަކަށް ހީވި ނަމަވެސް ޔަޤީނެއް ނުވެއެވެ. ނަމަވެސް ދެންމެ އިޒްހާ އެހެން ބުނުމާއިއެކު އެ ޝައްކު ހިތުގައި އުފެދެން ފަށައިފިއެވެ. އިޒްހާއަށް ރަހޫލް އާއި މެދު އިޒްއާންގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް އިނގުނީ ބާވައެވެ؟ މިކަހަލަ ސުވާލުތަކުން ހިތް ފުރިފައިވާ ހާލު އެހެން ދިމާއަކަށް ދެލޯ ބޮޑުކޮށްލައިގެންއިން އިޒްހާއަށް ބަލައިލެވުނެވެ.

“އިޒޫ! އިޒޫއަށް އިނގޭތަ؟”

*****

“އެ.. ނޫން.. ނޯ..” އިޒްހާ ވަގުތުން އެހެން ބުނުމުން އިޒްއާންގެ ޝައްކު އަދި އިތުރަށް ބޮޑުވިއެވެ.

“ނުބުނަމެއްނު ކޮންކަމެއް ކަމެއްވެސް؟”އިޒްއާން ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއިރު އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.

“ފައިން…! އޯކޭ.. އަހަރެންނަށް އިނގޭ ދޮންބެ ދޮންތަދެކެ ލޯބިވާކަން. އަހަރެންނަށް އަޑުއިވުނު އެހެން ދޮންބެ ކަޔާން ކައިރީގައި ބުނި އަޑު. އެކަމަކު އަހަރެން ބޭނުންނުވީ ދޮންބެ އަދި އަހަރެން ކައިރީގަ އެވާހަކަ ބުނަން ނުވިސްނައި ހުރީތީ އެވާހަކަ ބުނަން. އަމް ސޮރީ..” އިޒްހާ އެންމެ ފަހުން ގޮތް ދޫކޮށް ހުރިހާ ވާހަކައެއް ބޭރުކޮށްލިއެވެ.

“އިޓްސް އޯކޭ.. އެއީ އިޒޫގެ ސަބަބުންވީ ކަމެއް ނޫނެއްނު. އެ ވާހަކަ އެހަށް ބާއްވާ.. ކޮބާ ޔާން؟” އިޒްއާން ދެފަރާތް ބަލައިލަމުން އެއްސެވެ.

“އާނ ، ކަޔާން ގޮއްސި މިސްކިތަށް. ނަމާދަށް. އަދި.. މިހުރީ އިނގޭ ދޮންބެ ކާން ގެނައްސަހުރި ފްރައިޑް ނޫޑްލްސް. ރެސްޓޯރެންޓަކުން.” އިޒްހާ ތެދުވެ ގޮސް ކަޔާން ގެނައި ކޮތަޅު ހުޅުވައިލައި އެތެރޭގައި އޮތް ޕާރުސަލް ނަގައި އިޒްއާން އަތަށް ދިނެވެ.

އިޒްއާން ޝުކުރުއަދާކޮށް ޕާރުސަލް ހުޅުވައިލައި ކާން ފެށިއެވެ. އަނެއް ދުވަހުގެ މެންދުރުގެ ވަގުތެވެ. ގޭގެ ދޮރު ހުޅުވައިލައި ވަނީ އިޒްހާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ ފަހަތުން އިޒްއާންގެ އިތުރުން ކަޔާންވެސް ވަދެ ގޮސް ކަންނެތްކަމާއިއެކު ސޯފާއަށް ވެއްޓިގަތެވެ. އިޒްހާ އެއްބުމަ މައްޗަށް ހިއްލައިލައި ހަރަމް ބަނެލިގޮތުން އިޒްއާންއަށާއި ކަޔާންއަށް ބޭއިޚްތިޔާރުގައި ހީގަނެވުނެވެ.

“އަދި ހޭނެ ތިބެގެން. ތި އައީ ހޮސްޕިޓަލުންނޭ! ތި ފެންވަރައި އެއްޗެހި ބަދަލުކުރަން ދޭބަލަ ކަންނެތްވެގެން ނޯވެ.” އިޒްހާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“އޭޒް ޔޫ ސޭ މަންމާ!” ކަޔާން ލާނެތްކަމާއިއެކު އެއް ލޯ މަރައިލަމުންގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

އިޒްއާންވެސް ބޯ ހޫރުވައިލަމުން އިޒްހާއަށް ބަލައިލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އިޒްހާ ނިތްކުރީގައި ހުރި ދާތައް އަތުން ފުހެލަމުންގޮސް ކޮޓަރިއަށް ވަދެ ލަސްކުރަން ނުހަދައި ފާޚާނާއަށްވަނެވެ. އޭނާ ފަނަރަ މިނެޓު ތެރޭގައި ކޮޓަރިން ނިކުތީ ފެންވަރައި އެއްޗެހި ބަދަލުކޮށް ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުންނެވެ. އޭނާ ދެން ގޮސް ވަނީ ބަދިގެއަށެވެ. އަވަސް އަވަހަށް ފްރައިޑް ރައިސްކޮޅެއް ކައްކައިލުމަށްފަހު ސިޓިންރޫމަށް ދިޔައިރު ސޯފާ މަތީގައި އޮތް އިޒްއާން އިއްޔެ ލައިގެން ހުރި އެއްޗެހިތައް އަޅައިފައިއޮތް ކަޔާންގެ ދަބަސް ފެނުމުން ވަރަށް ބާރަށް ޕިސް ޕިސް ކިޔުނެވެ.

“މީ ހަމަ އެކަތީގެ ދެމީހުން. ކަންނެތޭ ބުންޏަސް ކަންނެތް. އެއްޗެއް ބާއްވައިފައި އޮތް ތާކު ވިއްޔާ އެ އޮންނަނީ. ކީކޭ ދެން ބުނާނީ؟” އިޒްހާ ކުދިކިޔަމުން ދަބަސް ނަގައި އޭގައި އޮތް އިޒްއާންގެ ހެދުންތައް ނަގައި މެޝިނަށްލުމަށްފަހު ގޮސް ކަޔާންގެ ކޮޓަރީގައި ތަކި ޖެއްސެވެ.

“ހޫނ ކީކޭ؟” ކަޔާން ފޯނާއި ކުޅެންހުރެ ދޮރު ހުޅުވައިލުމަށްފަހު ކުރިމަތީގައިހުރި މީހާއަށް ބަލައިލުމެއްނެތި އެއްސެވެ.

“އަން. މި ކަޔާންގެ އެއްނު. އާދޭ ކާން. ހުންނާނެ ކާން ހަދާފަ.” އިޒްހާ ފޯނު މައްޗަށް ދަބަސް އެއްލައިލަމުން ދިޔައީއެވެ.

ކަޔާން ކަޅި އަނބުރައިލަމުން ދަބަސް އެނދުމައްޗަށް އެއްލައިލުމަށްފަހު ގޮސް ކާގެއަށް ވަތްއިރު އިޒްއާންވެސް ގޮނޑީގައި އިށީނދެއިނެވެ. އިޒްހާ ކަޔާންގެ ތަށި އެތާ ބަހައްޓާފައި ދިއުމުގެ ކުރިން ކަޔާން އިޒްހާގެ އަތުގައި ހިފިއެވެ.

“ނުކަންތަ؟ އާދެ ކާން.. އަނެއްކާ ތިހެން ނުކައި އުޅެނިކޮށް އާންއަށް ވީ ގޮތަށް ވާނީ.” ކަޔާން އެހެން ބުނުމާއިއެކު އިޒްހާ އެއްޗެކޭ ބުނުމެއްނެތި ބަދިގެން ތައްޓެއް ހިފައިގެން އައިސް އިޒްއާންގެ ކައިރީގައި އިށީނެވެ.

“އިޒޫވެސް ހާދަ ބިރުގަނެޔޭ ދޯ އެބަ ދޮންބެއަށް ވީ ގޮތަށް ވެދާނެތީ؟” އިޒްހާގެ އަމަލުތަކަށް ބަލަން އިން އިޒްއާން ހޭން ފެށިއެވެ.

އިޒްހާ އަޅައިލުމެއްނެތި ކެއުމާއިގެން ކުރިއަށް ދިޔައެވެ. ހަވީރުގެ ވަގުތެވެ. އިޒްހާ ރީތިވެލައިގެން ބޭރަށް ނިކުމެލީ އަބަދު ގޭތެރޭގައި އިންނަން ފޫހިވާތީއެވެ. އޭނާ ދިޔައީ އަތިރިމައްޗަށެވެ. އަދި ގޮސް އެތާ ހުރި ހުސް ޖޯއްޔެއްގައި އިށީނެވެ. ރަނގަޅަށް ހަމަ ނުޖެހެނިސް އޭނާ ސިހުނީ ފަސް ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އައިސް އޭނާގެ ގާތުގައި ހުއްޓުމުންނެވެ. ދެ ކުދިން ތަންކޮޅެއް ދަންނަ ވައްތަރު ޖެހިޔަސް އެއީ ކޮން ބައެއްކަމެއް ވިސްނާވިސްނާ ނޭނގުނެވެ.

“ބަލާ ކައި ، އެއިނީ އާންޓީ..” ފިރިހެން ކުއްޖާ އިޒްހާއަށް އިޝާރާތްކުރަމުން ރީތި ހިނިތުންވުމަކާއިއެކު ބުންޏެވެ.

“އާނ ދޯ ، ހައި އާންޓީ..” އަންހެން ކުއްޖާ އައިސް އިޒްހާގެ އުނގުތެރެއަށްވަނެވެ.

“ކައި؟ ކައިލީ އެން ކަހިލް؟” އިޒްހާ ހަނދާންވިއެވެ.

އެ ދެކުދިންނަކީ ތިން ދުވަސްކުރިން ރިލީފް ގަޑިއަކަށް އެލްކޭޖީ ކުލާހަކަށް ދިޔައިރު ދިމާވި ދެ ކުދިންނެވެ. އެ ދެކުދިންގެ ތެރެއިން ކަހިލް އިޒްހާއަށް ފެނުނީ އެހެން ފިރިހެން ކުއްޖެއްގެ ކޮލުގައި ޖަހަނިކޮށެވެ. ވީ ގޮތް އޮޅުން ފިލުވުމުން އިނގުނީ ކަހިލް އެ ފިރިހެން ކުއްޖާގެ ގައިގައި ޖެހީ ކައިލީ އާއި ދިމާއަށް އެއްޗެހި ކިޔުމުން ކަމެވެ.

“ލައްބަ އާންޓީ! އާންޓީ ކީތްކޮށްލަނީ މިތާ؟” ކައިލީ އޭނާގެ ލޯބިލޯބި އަޑުން އަހައިލިއެވެ.

“އާންޓީ ހަމަ މި އައީ ފޫހިވެގެން މިތަނަށް. ދެކުދިން ކީތްކޮށްލަނީ؟ ކާކާއި އެއްކޮށް އައީ؟” ކަހިލް އިޒްހާގެ ކައިރީގައިއިން ޖޯލީގައި އިށީނުމާއިއެކު އިޒްހާ ހިނިތުންވެލިއެވެ.

“ކަހިލް އާ ކައިވެސް މިތަނަށް އައީ ފޫހި ވާތީ.. ކަހިލްމެން އައީ..” ކަހިލްއަށް ބުނެވުނީ މިހިސާބަށެވެ.

“ކަހިލް!” ފަހަތުން ޒުވާނަކު އައިސް ކަހިލް އުރައިލިއެވެ.

އެ ޒުވާނާގެ މޫނު ފެނުމާއިއެކު އިޒްހާއަށްވެސް ކައިލީ އުރައިލަމުން ކޮޅަށް ތެދުވެވުނެވެ. އެއީ ދެވަނަ އެހެން މީހަކު ނޫނެވެ. ކަޔާންއެވެ!

“ކަޔާން؟” “އިޒްހާ؟” ދެމީހުނަށް އެކުއެކީ ކަހަލަ ގޮތަކަށް ބުނެވުނެވެ.

“ޔާންބެއަށް އިނގޭތަ އާންޓީ؟” ކަހިލް ކަޔާންއަށް ހައިރާންކަމާއިއެކު ބަލައިލަމުން އެއްސެވެ.

“އެ.. އަމް.. ޔެސް.. ފްރެންޑްސް..” ކަޔާން ދެވަނަ ސިކުންތުގައި ހިނިތުންވެލައި އެހެން ބުނުމާއިއެކު ކައިލީ އާއި ކަހިލްއަށް އެއްފަހަރާ ގޮތަކަށް ހިނިތުންވެވުނެވެ.

ކަޔާން އާއި އިޒްހާ ކަހިލް އާއި ކައިލީ ތިރީގައި ބެހެއްޓުމާއިއެކު ވެއްޓިފައި އޮތް ބޯޅައެއް ހިފައިގެން ތަންކޮޅެއް ދުރަށް އެހެނަސް ފެންނަ ހިސާބެއްގައި ކުޅެން ފެށިއެވެ. އިޒްހާ އާއި ކަޔާން އެކަކު އަނެކަކާއި ދިމާއަށް ބަލައިލުމަށްފަހު ޖޯލީގައި އެކުދިންނަށް ނަޒަރު ހުއްޓުވައިލަމުން އިށީނެވެ.

“އާންޓީ؟” ކަޔާން އިޒްހާއަށް ބަލައިލީ އޮޅުންފިލުވަދޭށޭ ބުނާފަދަ ގޮތަކަށެވެ.

އިޒްހާ އެއްވެސް ވަރަކަށް ފޮރުވުމެއްނެތި ތެދުވެރިކަމާއިއެކު ދިމާވީ ގޮތުގެ ވާހަކަ ކިޔައިދިނެވެ. ކަޔާން ބޯ ޖަހައިލަ ޖަހައިލަ އިނެވެ.

“އެއީ ކަޔާންގެ ފެމެލީ ކުދިންތަކެއްތަ؟” އިޒްހާ އިރުކޮޅެއް ކޮށްލައިފައި އެއްސެވެ.

“އާނ ، އަހަރެންގެ ދައްތައެއް މިކޮޅުގަ އުޅޭނެ. އޭނާގެ ދެ ދަރިން އެއީ. ޓްވިންސް.” ކަޔާން ޖަވާބުދިނެވެ.

އިޒްހާ ހަމައެކަނި ‘އޮހް’ އަކުން ފުއްދައިލީއެވެ. ދެންވެސް އެ ދެމެދުގައި ވަށައިލީ ހިމޭންކަމެވެ. ކަހިލް އާއި ކައިލީގެ ލޯބިވެތި ހަރަކާތްތަކުގައި އިން ދެ މީހުންގެވެސް ސިކުނޑީގައި އެތައް ހާސްކަމެއް އަރައި ފައިބަމުން ދިޔައިރު ހަމަ ބިމަށް އާދެވުނީ ބަންގި ގޮވާ އަޑު އިވުމުންނެވެ.

…..

“ޔެސް. ވީ އެންމެ އަވަހަކަށް މާލެ ދާން ޓިކެޓު ހަމަ ޖައްސަދީ.” އިޒްއާން އޭނާގެ ކެބިންގައި އިނދެ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ.

“މާދަމާއަށް ލިބުނީ؟ މާދަން އެގާރަ ގަޑި ބަޔަށް؟ އާނ ، އޯކޭ.” އިޒްއާން ކަންފަތާއި ފޯނު ދުރުކޮށްލަމުން މޭޒުމަތީގައި ބޭންދިއެވެ.

“ރަހޫ… އައިމް ކަމިން ފޯރ ޔޫ ވެރީ ސޫން…!” އިޒްއާން ހިތާހިތުން ބުނެލިއެވެ.

…..

“ޝިޓް! އެ ބަންގި ގޮވީ ކައިމެން ގެއަށް ނުލަނިސް. ޔަގީނޭ ކުޑާ މިހާރު އުޅޭނެ ލަސްވެގެން. ކައި ، ކަހިލް! އާދެ ދާން. ބަންގި ގޮވީ.” އިޒްއާން ކޮޅަށް ތެދުވެ ގޮވައިލިއެވެ.

“އާދެ އަހަރެންނާއެކު. އާން އެއްވެސް މިހާރު ނޫޅޭނެ ގެއަކު. އޭނާ ވީ އޮފީހަށްގޮސް ވަރަށް މުހިންމު މަސައްކަތެއް ކުރަން.” ކަޔާން ޖޯލީގައި އިން އިޒްހާއަށް ބަލައިލަމުން ބުންޏެވެ.

އިޒްހާ ބޯ ޖަހައިލަމުން ތެދުވުމާއިއެކު ކައިލީ ބޯޅަ އުރައް ޖަހައިގެންހުރެ އައިސް އޭނާގެ ކަނާ އަތުގައި ހިފައި ހީލިއެވެ. އޭނާވެސް ހިނިތުންވެލަމުން ކަހިލްގެ އަތުގައި ހިފައިގެން ހިގައިގަތް ކަޔާންއަށް ބަލައިލިއެވެ.

އިރު އޮއްސެމުން ދިޔަ މި ވަގުތުގައި ކަޔާންގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުވެފައި ވާހެން ހީވެއެވެ. ކަޅު އަތްކުރު ގަމީހަކާއިއެކު ލައިފައިހުރި ކަޅު ޖިންސުގެ ޖީބަށް ހުސްކޮށްއިން އަތް ޖަހައިލައި ކަހިލްއަށް ހިނިތުންވެލައިފައި ހުރުމުން ވަރަށްވެސް ހިތްގައިމެވެ.އި ޒްހާ ކައިލީ އާއިއެކު ކުޑަކޮށް ދުވެލައިފައި ގޮސް އެއްވަރު ކޮށްލިއެވެ. އެއާއިއެކު ކައިލީ ކަހިލްގެ ހުސްކޮށް އޮތް އަތުގައި ހިފައިލިއެވެ. މިހާރު ބަލައިލާ ކޮންމެ މީހަކަށްވެސް ހީވާނީ އެއީ ކުޑަ ކުޑަ އާއިލާއެއް ހެންނެވެ. އެހާވެސް އެ ހަތަރު މީހުން ގުޅެއެވެ.

“މިޔޯ؟” ކަޔާން ގޮސް ހުއްޓުނު ދެ ބުރިއަށް ނަގައިފައިހުރި ގެ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އެހުނެވެ.

“މި ދެކުދިން ލައިފައެއްނު ގެއަށް ދެވޭނީ؟” ކަޔާން އެހެން ބުނަމުން އިޒްހާ ކައިރީގައި އޭނާ އާއިއެކު އައުމަށް އިޝާރާތްކޮށްލިއެވެ.

“ޕިސް ޕިސް މިހާރު ކިހާ އިރެއްތަ އެ؟ ހުވާ މި ބުނީ ދެން..” ގޭތެރެއަށް ވަނުމާއިއެކު ސޯފާގައި އިށީނދެއިން ތިރީސް ވަރަކަށް އަހަރުގެ އަންހެން މީހާ ކިޔަން ފެށި އެއްޗެހި ހުއްޓައިލި ކަޔާންގެ ފަހަތުން ވަތް އިޒްހާ ފެނުމުންނެވެ.

“މީ ކާކު؟ ޔާންގެ ލޯބިވެރިޔާތަ؟” ކައިލީ އާއި ކަހިލް ދުވެފައިގޮސް ކޮޓަރިއަކަށް ވަނުމާއިއެކު އެ އަންހެން މީހާ ތެދުވެ އަހައިލިއެވެ.

“އެހ.. ނު.. ނޫން! އެއީ އާންގެ ކޮއްކޮ ، އިޒްހާ..” ކަޔާން ކުޑަކޮށް ނުތަނަވަސްވެހުރެ ބުންޏެވެ.

“އިޒްހާ؟” އެ އަންހެން މީހާ ޝައްކުގެ ނަޒަރަކުން އިޒްހާއަށް ބަލައިލުމުން ކަޔާންއަށް ހިންދިރުވައިލެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ave

Level 210 Stories

Follow me on insta: averix05

Other Articles

Previous

ލޯބި ވެވުމުން 23

Next

އިޙްސާސް 1

Next
April 11, 2022

އިޙްސާސް 1

Previews
April 11, 2022

ލޯބި ވެވުމުން 23



All Right Reserved!