Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 17

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
May 16, 2022 6 Mins Read
0 Comments

ޒިވާވެސް ތައާރަފް ވެލާފައި މިޝްކާ އާއި ވާހަކަ އަޅުވާލާއިގެން ވިޝާމް އާއި އެއްހަމައެއްގައި ހިނގައި ގަތެވެ. މިޝްކާއަށް ރަށުގެ އެތަށް ބައެއްގެ ލޯ އަމާޒުވަމުން ދިޔައެވެ. ބޭރުގެ ފެޝަނަށް އަންނައުނު ލާފައި ވުމާއި އަދި ލާފައި ހުރި އެއްޗިހި ކުރުވެފައި ބާރުކަމުން ކިރިޔާ އަތަކަށް ހެލިލުމާއިއެކު ގައިފެނެއެވެ. އެހެން ވުމުން އަދި އަމުދުން ޒުވާން ފިރިހެން ކުދިންގެ އަމާޒުފައްގަނޑަކަށް ވެފައި ވަނީ އޭނާއެވެ. މިކަން މިޝްކާ އަށް ވީވެސް މަޖާ ކަމަކަށެވެ. އިތުރަށް ބުޑުގަނޑުން އަށްޑިހަ އަށެއް އަޅަމުން ހިނގައިގަތެވެ.

 

♥ ސަތާރަ ވަނަ ބައި ♥

 

ޒިވާ އަށް ރަށުތެރޭ ހޭލަމޭލަ ވަމުން ދިޔަ މުސްކުޅި ފުރައިގެ މީހުންނާއި ބޮޑެއްޗަށް ތިބޭ މީހުން މިޝްކާ ފެނުމާއި އެކު ދެން ޖެހިގެން ހުންނަ މީހާ ކައިރި އެއްޗެއް ބުނެލާ ތަން ފެންނަމުން ދިޔައެވެ. ޒުވާންފުރައިގެ ފިރިހެންނުންގެ ކަޅިއެޅުންތަށް މިޝްކާއަށް ހުއްޓެން ފެށުމުން ޒިވާއަށް އުނދަގޫ ވަމުން ދިޔައެވެ. ހީވާ ކަހަލަ އެވެ. އެމީހުން އެބަލަނީ އޭނާއަށެވެ. އެހެނީ ވިޝާމް އާއި ޒިވާގެ ގޅުމުގެ ވާހަކަ އަކީ އެންމެ އަވަސް ޚަބަރަކަށް ރަށުތެރޭ ފެތުރެމުން ދާ ޚަބަރެވެ. ކުއްލި ގޮތަކަށް ވިޝާމް އާއި އެކު އަންހެން ކުއްޖަކު ފެނުމުން މީހުން ކިޔާނެ އެއްޗިސް އާއި މެދު ޒިވާ އަށް ވިސްނެމުން ދިޔައެވެ. ހަމަ އެފަދައިން މިޝްކާގެ ސަބަބުން އެދެމީހުންގެ ގުޅުމަށް އެއްވެސް އަސަރެއް ކުރާކަށް ޒިވާ ނޭދެއެވެ.

އެތަށް ފަހަރަކު އެކި މީހުން އެއީ ކޮން ކުއްޖެއް ތޯ އަހާލައެވެ. އެއަށް ޖަވާބުދެނީ ކޮންމެ ފަހަރަކުވެސް ވިޝާމް އެވެ. ވިޝާމްގެ ގެއާއި ހަމައަށް އާދެވުމުން މިޝްކާގެ ކޮޓަރި މިޝްކާ އަށް ދައްކަން އޭނާގެ މަންމަ ކައިރި ބުނެފައި ވިޝާމް އޭނާގެ ބައްޕަގެ ސައިކަލުގައި ޒިވާ ގެއަށް ލައިދޭން ދިޔައެވެ.

“ހަވީރު ދާނަން ދޯ ހިނގާލަން.. މިޝް ވެސް ގޮވައިގެން ދާނީ، އޭނަ އަށް ރަށުތެރެ ދައްކާލަންށާއި އެއްކޮށް.. އަހަރެން އަންނާނަން ބަލާ… ރެޑީވެގެން ހުންނައްޗޭ…” ޒިވާ ސައިކަލުން ފޭބުމުން ވިޝާމް ލޯބިން ޒިވާގެ އަތުގައި ހިފާލަމުން އަނެއްއަތުން ޒިވާގެ ކޮލާއި ދިމާލުން މޫނުގައި ހިފަހައްޓާލަމުން މަޑުމަޑުން ބުނެލިއެވެ. އެހެންނަމަވެސް މޮޝްކާ ގޮވައިގެން ދާން ބުނުމުން ޒިވާގެ ތުންފަތްމަތީގައި ވި ހިނިތުންވުން އެކީ އެކައްޗަކަށް ފިލައިގެން ދިޔައެވެ. މިޝްކާ އާއި ދެމެދު އެހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޯކޮށްލިއެވެ. އަސަރެއް ނެތް ގޮތަކަށް ޒިވާ ވިޝާމްގެ އަތުތެރެއިން އޭނާގެ އަތް ނަގަމުން ބޯޖަހާލިއެވެ. އަދި ވިޝާމް ބުނާ އެއްޗަކަށް ބެލުމެއްނެތި ދުވެފައި ގޭތެރެއަށް ވަދެ ކޮޓަރިއަށް ވަދެގެން ދިޔައެވެ.

ޒިވާ ކުއްލި ގޮތަކަށް ދުވެފައި ވަދެގެން ދިޔުމުން ވިޝާމް އަށް ހައިރާންކަމާއި އެކު މަތިން ފެންނަން އިން ޒިވާގެ ކޮޓަރި ދޮރާއި ދިމާލަށް ބަލާލެވުނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ވިޝާމް ގެއާއި ދިމާލަށް ދާން ސައިކަލު އަނބުރާލިއެވެ.

 

“ދޮންތާ!!! ފޯނޭއްއްއްތް!!!! ޔާނީ ދައްތަ ގުޅަނީ!!!” ގޯތިތެރޭ ބޯގަންވިލާ ގަސްޕޮޓެއްގެ ދޮށުގައި އޭގެން ކުރި ވަކިކުރަން އިން ޒިވާ ސިއްސައިގެން ދިޔައީ ޒައިހާގެ ކުއްލި ހަޅޭކުގެ އަޑަށެވެ. ފަސްއެނބުރި ބަލާލި އިރު ބަދިގެތެރޭ އޮތް އޭނާގެ ފޯނުހިފައިގެން ޒައިހާ އަނެއް އަތަށް ދޭފަތެއް ލައިގެން އާދެއެވެ. ފިވާ ފޯނު ނެގުމުން އަތުގައި އޮތް ދޭފަތް މޫނާއި ޖެހޭ ނުޖެހޭ ހަމަޔަށް ދަމާލަމުން ޒައިހާ ރަހަ ބަލާލަ ބަލާށޭ ބުނެލިއެވެ. ޒިވާ ޒައިހާ އާއި ދިމާލަށް ވައްތަރެއް ޖައްސާލަމުން ބަލައިލީ އެހާ ކައިރިއަށް ދޭފަތް ދަމާލުމުންނެވެ. ޝަހާދަތް އިނގިލިން ދޭފަތުގައި ހުރި ސޯސްކޮޅު ކަހާލަމުން އިނިގިލި އަނގަޔަށް ލާ ލޮވެލަމުން އިރުކޮޅަކު ހުރެފައި އަދި އެއް ގިތެޔޮ މިރުސް ލާށޭ ބުނެލިއެވެ. ޒިވާ ދިޔުމުން އުނގުގައި އޮތް ފޯނު ނަގާ މިސްވެފައި އިން އަޔާނީ ގެ ކޯލް ނޮޓިފިކޭށަން އަށް ފިއްތާލިއެވެ. އަޔާނީ ފޯނު ނެގުމުން ކަންފަތުގައި ޖެހުމާއިއެކުވެސް އަހަން ޖެހުނީ ހުރިހާ ޝަކުވާއެކެވެ.
“އަދި ކިރިޔާ ފޯނު ނަގަންވަނީ.. އެންމެ އިންޕޯޓެންޓް ގަޑިޔަށް ގުޅިމަ ނުނަގައްޗޭ އިނގޭ.. އެކަމަކު އޮޅިގެން ގުޅުނިއްޔާ ނަގަންވާނެ…” ” ކަމަނާފާނު ކިހިނެއްތޯ ވީ އަޅުގަނޑަށް ތި ގުޅުއްވީ..” ޒިވާ ވަރަށް އަދަބުވެރިކަމާއި އެކު އަޔާނީ އާއި ވާހަކަ ދެއްކިއެވެ.
” ހޫން ދެން ކޮންމެހެން މަ މަހާރާނީ އަށް ހަދާނެ ކަމެއް ނެތް… ވަރަށް އަވަހަށް އަހރުން ގެއަށް އާދެބަ.. އެބަތިބި މަލޫ މެންވެސް.. މަ ބޭނުން ވަރަށް ބޮޑޫ އެކްސް ޕާރތޭއްގެ އެހީ އެއް ޕްލިޒްޒްޒް.. ޒައި ގޮވައިގެން އަންނާނީ އިނގޭ މަ ބޭނުން އޭނަގެ އައިޑިޔާވެސް ދެން ގެނެވެންޏާ މާހީވެސް ޕްލީޒް…”

އަޔާނީ ޒިވާ ކައިރި އެގެއަށް އަންނަމުން މާހީ އާއި ޒައިހާ ގޮވައިގެން އަންނަން ބުނި ސަބަބު ނޭގުނު ކަމުގައި ވިޔަސް އޯކޭ އޭ ބުނެ އިންތަނުން ތެދުވެ ކަނޑާފައި ހުރި ކުރިތަށް އެއްކޮށްލާފައި ފޮތިކޮޅަކުން އައްސާލަމުން ބަދިގެއާއި ދިމާލަށް ހިނގައި ގަތެވެ. ޒައިހާ ކައިރި އަޔާނީ މެން ގެއަށް ދާން ރެޑި ވާން ބުނެފައި މާހީ އަށްވެސް ގުޅާލާން ބުނެލިއެވެ. ޒައިހާ މާހީ ވި ޒީހާންއާއި އެކު އެ ކޮޓަރީގައޭ ބުނުމުން ޒިވާ ޖަނބުރޯލު ގަސް ބުޑުގައި ހުރި ހުސް ޕޮޓަކަށް ހުރިހާ ކުރިކޮޅެއް ކާފައި ޒީހާންގެ ކޮޓަރި އާއި ދިމާލަށް ހިނގައި ގަތެވެ.

ޓަކި ޖަހާލާފައި ދޮރު ހުޅުވާ ކޮޓަރިތެރެއަށް ބޮދިއްކޮއްލި ޒިވާ އަށް ފެނުނީ ކަނު އަނދިރި ކަމެވެ. އެހެންނަމަވެސް އެދުމަތީ ލެޕްޓޮޕަކުން ފިލްމެއް ބަލަން ތިބި މާހީ އާއި ޒީހާން ފެނި ލާނެއް ހިންޏެއް ޒިވާ ކައިރިއަށް އައެވެ. އެއްފަހަރާ ކޮޓަރީގައި އިން ހަތަރު ބޮކި ދިއްލާލިއެވެ. ދެލޯ ތަރަތަރަ ޖަހައިގެން ދާހާ ހުދު އަލިން މުޅި ކޮތަރި އަލިވެގެން ދިޔައިރު ފިލްމްބަލަން އަނދިރިއަށް ލޯ ހާނައިގެން ތިބި މާހި އާއި ޒީހާން ތިބީ ދެލޮލުގައި އަތް އަޅައިގެންނެވެ.
” މާހީ، ލޯބީ.. ހިނގާބަ ދޮންތަ އާ އެއްކޮށް ތަނަކަށް ދާން.. އެންމެ ހިނދުކޮޅަކަށް ޒީހާން އާއި ދުރަށް ޖެހިލުމަކުން ގެއްލުމެއް ނެތެންނުން… ދޯ.. ހިނގާބަ، ޕްލީޒް.. އާދޭ އިނގޭ ދޮންތަ ކޮޓަރި އަށް..” ޒިވާ މަލާމާތުގެ ރާގަކަށް ވަރަށް އަވަސް އަވަހަށް އެހެން ބުނެލަމުން އެކޮޓަރިން ނުކުމެގެން ދިޔައެވެ. ޒީހާން ލޮލުގެ ހިމަކޮޅުން މާހީ އާއި ދިމާލަށް ބަލައިލި އެވެ. މޫނު ކުނިކޮށްގެން މާހީ އޭރުވެސް އިނީ އެކޮޓަރި ދޮރާއި ދިމާލަށް ބަލާށެވެ.

މާހީ އަށް ޒީހާން އޭނާއާއި ދިމާލަން ބަލަން ހުރި ކަމެއް ނޭނގެއެވެ. އަނގަ ހަދައިގެން ދެބުމަ ގޮށްޖަހައިގެން އިން އިރު ޒީހާންގެ ހިތް ފުރިގެން ބަންޑުން ވަމުން ދިޔައެވެ. އެ މައުސޫމް ކަމުން އޭނާ އަށް ހަމަޖެހުން ގެނުވައެވެ. ބުރުގާ ނަގައިގެން އިނުމުން ޒީހާން އަށް މާހީގެ ކަނދުރާއިން މަތި ވަނީ ހާމަވެފައެވެ. ބުޅި އިސްތަށިގަނޑު ވިއްސާލާފައި ވީ އިރު ފަށް ބޯ އިސްތަށިކޮޅުތަށް ބުޅި ކަމުން އިތުރަށް އެ އިސްތަށިގަނޑު ބޯ ކަމަށް ދައްކައެވެ.

އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ފުންނޭވާއެއް ދޫކޮށްލާފައި ބަލާލި މާހީ އަށް ޒިހާން ގެ ނަޒަރު އޭނާއަށް ހުއްޓިފައި ވިތަން ފެނުމުން ލަދުން އިސްޖަހާލެވުނެވެ. މަޑު ރަތްކުލައެއް އެ ކޯތާފަތަށް ފާޅުވެގެން ދިޔަ ކަން ކޮޓަރިއަށް  ވެރިވެފައި ވި އަލިން ޒީހާން އަށް ކިތަންމެ ހާވެސް ރީތިކޮށް ފާހަނގަ ވިއެވެ. ޒީހާންގެ ނަޒަރުން ސަލާމަތް ވާން މާހީ އަށް ކުރެވުނު ހާވެސް ކަމަކީ އަވަހަށް ހެޑް ބޯޑުގެ ކަނުގައި އަޅުވާފައި އޮތް ކަން ބުރުގައި ބޮލަށް މަހާލަމުން އެކޮޓަރިން ނުކުންނަން ދުއްވައި ގަތުމެވެ.

މާހީ ދިޔަ ދިމަލަށް ބަލަން އިނދެފައި ޒީހާން އިތަށިގަނޑު ތެރެއަށް އަތް މަހާލަމުން އެދުގައި ހަމަޖެހިލާފައި ބަލަން އިން ފިލްމު ޕްލޭ ކޮށްލިއެވެ.

 

 

ބޮޑުމަގު ކޮޅުގައި ހުރި ކަންމަތީ ފިހާރައިން ނުކުތް އިއަން އާއި ނާއިފް ތިބީ އޮލަ ވާހަކައެއްގައި ޖެހިފައެވެ. އެހެން ކަމުން އެގޯޅިން ނުކުތް ޒިވާ، މާހީ އަދި ޒައިހާ އެއް އެ ދެމީހުންނަކަށްވެސް ނުފެނެއެވެ. ފަސް އެބުރި ބަލާލާފައި ކުރިއަށް ބަލާލި ނާއިފް ސިހިގެން ދިޔައީ އޭނާގެ ގައިގައި ކުއްޖަކު ޖެހިފައި ވެއްޓުމުންނެވެ. ދެލޯ ބޮޑު ކޮށްލައިގެން އޭނާ އަށް އެ ކުއްޖާ އަށް ބަލަން ހުރެވުނީއެވެ. އެއީ މިއަދުގެ ހެނދުނުގެ ވަގުތު ވާޓަރުން ވެއްޓެން ދިޔަ ކުއްޖާއެވެ. އަޑުގެ ނެތް ތަނަށް އެ އަންހެން ކުއްޖާ ހަޅޭއްލަވައިގަތި ވެއްތުމުން ކަމެއް ނޫނީ އެހެން ކަމެއް ވެގެން ކަމެއް އޭނާ އަކަށް ނޭގުނެވެ. އެހެން ކަމުން ހަރަކާތެއް ނުގެނެސް ނާއިފް ހުރިގޮތަށް ހުރީއެވެ.

ވިޝާމް އަށް މެސެޖު ކުރަމުން އައި ޒިވާއަށް ތެޅުގަނެވުނީ ޖެހިގެން އޮތް ގޯޅިން ނުކުން މީހާގެ ގައިގައި ޖެހިފައި އޭނާ ވެއްޓުމުންނެވެ. ފޫދަށުގައި ވަޅުޖެގިފައި އޮތް ގާގަނޑެއްގެ މައްޗަށް އޭނާ ވެއްޓުނުއިރު ވެގެން ދިޔަ ތަދުންވެސް ޒިވާ އަށް އަޑުގެ ނެތް ތަނަށް ހަޅޭއް ލަވައި ގަނެވުނެވެ. އޭރު އެތަނުގައި ދެން ހިނގައި ދިޔަ ކަމެއް އެކަކަށްވެސް ނުފެންނަ ފަދައެވެ. އިއަކް އާއި ޒައިހާ އެކަކު އަނެކަކު ގައިގައި ޖެހިފައި ‘ކްރޭޝް’ ވި ގޮތަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ. މާހި އަށް ވެސް އެ މަންޒަރު ފެންނަގޮތް ނުވީ އޭނާ އެވަގުތު ޒިވާ އަށް ތެދުވަން އެހި ވަމުން ދިޔުމުންނެވެ.

އުނަގަނޑުގައި އަތް އަޅައިގެން ތެދުވި ޒިވާ އަށް ފޫދަށަށް ބަލާލެވުނީ އޭނާ ވެއްޓުނީ ހަމަ ގާގަނޑެއްގެ މައްޗަށް ތޯ ޔަގީން ކުރާށެވެ. ކޮޅަށް ތޫނުކޮށް އިން އެ ގާގަނޑު ފެނި ޒިވާގެ ދެލޯ ތަނމިނަށް ހުޅުވިގެން ދިޔައެވެ. ފާޑަކަށް ރުޅި ގަދަވެގެން ދިޔައީ މާހި ދެން ބުނެލި އެއްޗަކުންނެވެ.

” ދޮންތަ ހާދަ ބަރޭ.. މަގޭ އުނަގަނޑު ބިނދިއްޖެ ދޮންތަ ނަގަންހަދައިގެން.. އާހް…” ފަހަތަށް ވާގޮތަށް ކުޑަކޮށް ގުދުވެލަމުން މާހީ ބުނެލުމުން ޒިވާ އަށް ބަލައިލެވުނީ ކުރިމަތީ ހުރި ނާއިފް އަށެވެ.

” މިހާރު މަ ދޯ މި ބަރު ވީ.. ދެން މިހިރަ މީހާ ކައިރި މަ ނަގާ ދޭށޭ ބުނިނަމަ އެއްނުން ކޮންމެހެން މަ ބަރު ވީ އޭ ކިޔަގެން އެއްޗިސް ކިޔާނެ ކަމެއް ނެތް.. ކަލޯ މަގޭ ބުރީގަ އެބަ ރިއްސައޭ…” ” މަށަށް ކެރޭތަ އޭނަ ކައިރި ބުނަން އެހެރީ ވިއްޔަ ތެދު އަލިފެއްހެން ދެލޯ ކާއްޓަކަށް ހަދައިގެން ބަލަން.. ދެން ތިހާ ވަރަށް ފިރިހެނަކު ލައްވާ ނަގުވަން ބޭނުން ކަމުގަ ވަނީ ނަމަ ކީތްތަ ވާނީ ވިޝާމްބެ އަށް ގުޅިއްޔާ…” ޒިވާ ރައްދުގައި ބުނެލި ބަހާއި ވިއްދާލާފައި މާހިވެސް ބުނެލި އތި ނިންމާލީ ލާނެއްކަން އެކުލެވިފައި ވީ ޖުމުލަ އަކާއި އެކުއެވެ. ތުން އޫކޮށްލައިގެން ޒިވާ އަށް ބުމަ އަރުވާލީ އޭނަ އާއި ދިމާލަށް ޒިވާ ބަލައި ލުމުންނެވެ.

” މިތިބަ ދެމީހުން މިތިބީ ކިހިނެއް ވެފަ؟..” އެކަކު އަނެކަކާއި ވާހަކަ ދައްކަމުން ދިޔަ ޒިވާ އާއި މާހީ އަށް އިއަން އާއި ޒައިހާ އާ ދިމާލަށް ބަލާލެވުނީ ނާއިފް އެދެމީހުންނަށް ނިސްބަތް ކޮށް އެހެން ބުނެލުމުންނެވެ. އެކަކު އަނެކަކަށް ގެއްލިފައި އެވީ ހުރިހާ އިރު އެދެމީހުން ތިބީ ވަށައިގެން ވީ މާހައުލުގައި ވަމުން ދިޔަ ކަންތަށް ނޭނގޭ ހާލުއެވެ. އިތުރަށް ބަހެއް ބުނެނުލާ ޒިވާ ވަރަށް ހާލުން އޭނަގެ ފައިވާން ބާލާފައި ޒިވާގެ ފޫކޮޅުގައި އޭގެން ބޮޑިއެއް ވިއްލާލިއެވެ.

ޒިވާ އަޅާލި ބޮޑިއާއި އެކު ޒައިހާ އަށް ވި ތަދުން ހަޅޭއްލަވައިގަންފައި އިއަން އާއި ދުރުވެވުނީ ކިހިނެތް ކަމެއް ވެސް ނޭނގުނެވެ. ފޫކޮޅުގައި އަތް އަޅައިގެން ޒައިހާ ކުރިއަށް ހިނގައި ގަތީ އިތުރަށް އެތާ ހުންނަން ނުކެރުމުންނެވެ. ގަތް ލަދުން އިއަންގެ ކުރިމަތީ ހުންނަންވެސް އޭނާއަށް ނުކުޅެދުނެވެ.

ޒިވާވެސް ޒައިހާގެ ފަހަތުން ހިނގައިގަތީ ޒައިހާ ހިނގަމުން ދިޔަ ގޮތަށެވެ. މާހިއަށް މި މަނޒަރު ފެނި ހިނިގަނޑޫ ކޮންޓްރޯލް ކުރުން ވީ އުނދަގޫ ކަމަކަށެވެ. ވަރަށް ސިއްރުން ‘ވަޓް އަ ސްޓްރޭންޖް ބޮންޑް’ ޖަހާފައި އެދެމީހުންގެ ސްނެޕް އެއް ނަގާލިއެވެ. އަދި ޒީހާން އަށް ފޮނުވާފައި އޭތި އޭނާގެ ސްނެޕްޗެޓް ސްޓޯރީ އަށްވެސް ލިއެވެ.

އަޔާނީމެންގެ ގެއަށް ވަން ޒައިހާ އަށް އެތާނގައި އީވާ އިންތަން ފެނުމުން އިތުރަށް ލަދު ގަތެވެ. އިސްޖަހާލާފައި އޭނާ ގޮސް މަލަކާ ކައިރި އިށީންދެލިއެވެ. ޒިވާ އަށް ފޫކޮޅުގައި ރިއްސަމުން ދިޔަލެއް ބޮޑުކަމުން އިށިންނަކަށް ނުކެރުނެވެ. މާހީވެސް އިށީންނުމުން އަޔަނީ ޒިވާ ކައިރީ ކިހިނެއްތޯ ވީ އެހުމުން އެއަށް ޖަވާބު ދިނީ މާހީއެވެ.

” އެއުޅެނީ އިއަންބެ އާ އެއްކޮށް ހުރި ކޮންމެވެސް ފިރިހެނެއްގެ ގައިގަ ޖެހިފަ ވެއްޓުން ގޮތަށް ފޫކޮޅަށް ގަލެއް ހެރިގެން…” މާހީ އެހެން ބުނެލިކަމެއް ނޭގެއެވެ. މުޅި އެތާނގައި ގުގުމައިގެން ދިޔައީ ޒިވާ ފިޔަވާ އެތާނގައި ތިބި އެންމެންގެ ހުނުމުގެ އަޑެވެ.

އެންމެންވެސް ހީ ނިމުމުން އަޔާނީ އެންމެން އެތަނަށް ގެނައި ސަބަބު ބުނެދިނެވެ. އަދި އޭނާއަށް އެކަމުގައި ކުޑަކޮށް އެހީއެއް ވެދޭން ބުނެލިއެވެ. ޒައްޔާންގެ މައިންބަފައިންގެ ކުރިމައްޗަށް ދާން އޭނާ ނުތަނަވަސް ވަމުން ދާތީ އޭނަގެ އެންމެ ގާތް މިތުރުންނާއި އެކަމުގައި އޭނާއަށް އެހީ ވެވޭނެ މީހުން އެއް ކުރީއެވެ. އެކި މީހުންނަށް އެކި ކަންތަށް ބަހާލިއެވެ. އަދި ކޮންމެ މީހަކުވެސް މިރެއަށް ވާން ވާއިރަށް އެންމެ ފުރިހަމައަށް ރެޑި ވެވެން އޮތް ވަރަކަށް ރެޑީ ވުމަށް ބުންޏެވެ.

 

~ނުނިމޭ~

އައްސަލާމް އަލައިކުން ހުރިހާ ކިޔުންތެރިންނަށްވެސް އަނެއްކާވެސް މަރުހަބާ.. މިއޮތީ ވައުދޭ ވެވޭ މީގެ 17 ވަނަ އެޕިސޯޑް.. އުންމީދު ކުރަން ކަމުދާނެ ކަމަށް… އެންޑް ހޯޕް ޔޫ އޯލް ވިލް ލައިކް ދިސް ޓޫ… ބައެއް ކިޔުންތެރިންނަށް ނޭނގުނު ކަމުގަިއ ވިޔަސް އަޅުގަނޑޫ އީދު ހަދިޔާއެއްގެ ގޮތުގައި 16 ވަނަ ބައި ވާނީ އަޕް ކުރެވިފަ.. އެންޑް މިވާހަކަ މި ބުނެލީ އެ އެޕިސޯޑް އަޕްވެފަ އިނީ ކުޑަ ގްލިޗް އަކާއި އެކު ކަމުގައި ވުމުން… ?

މިއަދަށް ފަހު އިންޝާ ﷲ ދެން އެއްވެސް ހުއްޓުމެއް ނެތި ވާހަކައިގެ ބައިތަށް އަޕްކުރެވިގެން ދާނެ.. ތެންކިޔު އޯލް ފޯ ޔުއާރ ސަޕޯޓް… ??

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

މަންޒިލް ތިޔޭ – ހަވަނަ ބައި

Next

އަބަދަށް އެކުގައި 23

Next
May 16, 2022

އަބަދަށް އެކުގައި 23

Previews
May 15, 2022

މަންޒިލް ތިޔޭ – ހަވަނަ ބައި



All Right Reserved!