Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 16

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
April 19, 2022 8 Mins Read
0 Comments

ވިޝާމް ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލާ ފޯނު ނަގާ އިންސްޓާ އަށް ވަދެލިއެވެ. ޒިވާ އޮންލައިންގައި އިނުމުން އޭނާ ޒިވާއަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅާލާފައި ނިދާފައި ކަމަށް ބަލާ ވިޝާމްވެސް އޮފްލައިން ވެލާފައި ނިދަން ދެލޯ މަރާލިއެވެ. މާކަށް ގިނަ އިރުތަކެއް ނުވެ ހަށިގަނޑަށް ވެރިވެފައި ހުރި ލޮޑުކަމުގެ ސަބަބުން ހުވަފެނީ އާލަމަށް ވިޝާމް ދަތުރު ފެއްޓިއެވެ.

 

✧ސޯޅަވަނަ ބައި ✧

 

އެނދުގެ ހެޑްބޯޑުގައި ލެނގިގަނެގެން އިން ޒިވާ ނަޒަރު ހުއްޓިފައި ވަނީ ރިންގުވަމުން ދިޔަ ފޯނަށެވެ. ނަގާހިތް ނުވެފައި އޭނާއަށް ހުރެވުނީއެވެ. ފޯނަށް ބަލަހއްޓައިގެންނެވެ. ހިތުގައި ޝަކުވާތަށް ފުނި ޖެހެމުން ދާ ހާލުއެވެ. އެ ޝަކުވާތަށް ކަރުނައިގެ ސިފައިގައި ބޭރުވެގެން ދާކަށް މާގިނަ އިރެއް ނުނެގިއެވެ.

ގިސްޖެހި އޭނާ އަށް ރޮވެން ފެއްޓުނެވެ. ބޭވަފާތެރިކަން އޭނާއަށް އިހުސާސް ކުރެވެން ފެއްޓުނެވެ. ލޯމަރާލައިފައި އޭނާ ވިޝާމް އަށް އިތުބާރުކޮށްފައި އެހިތް ހަވާލު ކުރީ އެއްވެސް ކުރުމަކާއި ނުލައެވެ. ނަމަވެސް އެތަކެއް ކޫރުމެއް އެހިތުގައި މިއަދު އެޅިއްޖެއެވެ. މޭގައި އަތްއަޅައިގެން ޒިވާ އެނދުގައި އެއިން ގޮތަށް ގުދުވެލިއެވެ. އެހިތުގައި އަޅަމުން ދިޔަ ވޭން ދިޔާ އިންތިހާ އަށް އިތުރުވަމުންނެވެ. ވިޝާމް އަށް ނޭގިވިޔަސް އޭނާއަށް ޒިވާ އަށް ވަރަށް ބޮޑު އަނިޔާއެއް ދެވިއްޖެ އެވެ. މުޅި ރޭ ޒިވާ އަށް ހޭދަކުރެވުނީ އެފަދަ ހާލެއްގައެވެ. ރުއިމާއި ހިތްދަތި ކަމުގައެވެ. ވިސްނުމާއި ފިކުރު ކުރުމުގައެވެ.

ފަތިސްނަމާދަށް ބަންގި ގޮވިއިރު ޒިވާ ފާހާނައިން ވުޟޫއު ކޮށްގެން ނުކުންނަނީ އެވެ. އަލަމާރިން މުސައަލަ ނަގައިގެން އައިސް ޒިވާ ނަމާދުކުރަން ފެއްޓިއެވެ. ސަލާމްދިނުމަށްފަހު ޒިވާ އޭނާގެ ދެއަތް ﷲ ހަޟްރަތަށް އުފުލައި އެހިތުގެ ދުއާ އިއްވެވިއެވެ. ދުލުން ނުކީ ކަމުގައި ވިޔަސް އެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އެހިތުގެ އަޑު އިއްވަވާ ކަހަލައެވެ. އެތަށް އިރަކު އެހެން އިނުމަށްފަހު ޒިވާ ތެދުވެ ފޮތްހަރުގަނޑުން މުޞްހަފް ނަގައިގެން އައިސް ޤުރްއާން ކިޔަވަން ފެއްޓިއެވެ.

ޤުރްއާން ކިޔަވަން ފެއްޓުމުން އެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސިކުނޑިއަށް ލުއިވެލިއެވެ. ހައެއް ޖަހަންދެން އެހެން އިނުމަށްފަހު ޒިވާ ތެދުވެ ލައިގެން ހުރި އެއްޗިސް އަވަހަށް ބަދަލުކޮށްލިއެވެ. މޫނު މަތީގައި ވަރުބަލިކަމާއި ރޭނުނިދާ ރޯން އިނުމުގެ ސަބަބުން ލޯ ކައިރި ކަޅު ސާލެއް ލާފައި ވީ ނަމަވެސް ޒިވާ އެކަމަށް ސަމާލުކަމެއް ނުދިނެވެ. މޭކަޕް ބޭނުންކޮށް އެ ފޮރުވާލާކަށްވެސް ހިތަކަށް ނާރައެވެ. ކުޑަމިނުން ފުށްވެސް ޖަހާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަމިއްލަ އަށް ލޯގަނޑު ކުރިމަތީ ހުރެ ހިނިތުންވެލިއެވެ. އަދި ފޯނު ހިފައިގެން ގެއިން ނުކުމެގެން އަތިރިއަށް މިސްރާބު ޖެއްސެވެ.

އިރު އަރަމުން ދާ ވަގުތުކަމުން އުޑުމަތިން ފެންނަމުން ދިޔަ އަނދިރިކަން ކެނޑެމުން ދިޔައެވެ. އަތިރިއަށް ދެވުމުން ގޮނޑުދޮށަށް ފައިބާ ޒިވާ ވެލިގަނޑު މަތީ ފޫ ޖައްސާލިއެވެ. އެއަށް ފަހު އުދަރެހަށް އަލިކުރަމުން ދިޔަ އިރަށް ބަލައިލިއެވެ. ސިކުނޑިއަށް އެކިހިޔާލުތަށް ވަންނަން ފެށުމުން ޒިވާ ވިސްނުންތަކަށް ފުރުސަތު ދިނެވެ. ވިޝާމްގެ ހިޔާލުތަކުން ސިކުނޑި ފުރުމުން ޒިވާގެ ލޮލުން ކަރުނަ ނިރާލިއެވެ. ފޯނު ހުޅުވާ ވައިބާ އަށް ވަދެލާ އޭނާ މެސެޖެއް ހުޅުވާލިއެވެ.

އާސަހަރާ މިސްކިތް ފާރުގައި ވިޝާމް ލެނގިލައިގެން ހުރިއިރު އެއަތުތެރޭ އަންހެން ކުއްޖަކު ވެއެވެ. ދެމީހުން ތިބިލެއް ކައިރި ކަމުން ޒިވާ އަށް އެ ފޮޓޯ އަށް ބަލަން އުނދަގޫ ވިއެވެ. ޒިވާ އެއާއި ޖެހިގެން އިން ފޮޓޯ އަށް ބަލާލިއެވެ. ދެމީހުން ހިނގާފައި ދިޔައިރު ވިޝާމްގެ އަތް އެކުއްޖާގެ އުނަގަނޑުގައި އެޅުވިފައި ވި އިރު މިފޮޓޮގަވެސް އެދެމީހުން ތިބިލެތް ވަރަށް ކައިރި އެވެ. ބަލައިލި މީހަކަށް ހީވާނީ އެއީ ހަމަ ދެ ލޯބިވެރިން ހެންނެވެ. އެހާވެސް އެދެމީހުން ތިބިލެތް ކައިރިއެވެ. އެގޮތަށް ޒިވާ އަށް ނުދަންނަ ނަމްބަރަކުން ފަސް ފޮޓޯ ފޮނުވާފައި ވިއެވެ. އެއާއި އެކު ފޮނުވާފައި ވި ބަސްކޮޅުގައި * ވިޝާމް އާއި މި އަންހެންކުއްޖާ އާއި އޮންނަނީ ކޮން ގުޅުމެއް؟* މިހެން އިބާރާތް ކުރެވިފައި ވިއެވެ.

ޒިވާ އެ ބަސްކޮޅާއި މެދު ވިސްނަން އިނދެފައި ފަހުން ވިޝާމް އާއި ސުވާލު ކުރަން ނިންމާ ފޯނު ނިއްވާލިއެވެ. އަރަމުން ދިޔަ އިރަށް ނަޒަރު ހުއްޓާލައިގެން އިނަސް ޒިވާގެ ލޮލުން އޭނާގެ އިޚްތިޔާރުން ބޭރުގައި ކަރުން ފައިބަމުން ދިޔައެވެ. އެކަރުނަތަށް ހުއްޓުވަން ބޭނުން ނުވެފައި ޒިވާ އިރަށް ބަލަން އިނެވެ. އެ ހިތުގައި އެތަށް ޝަކުވާ އެއް ވިއެވެ. ބޭވަފާތެރިކަމުގެ ހިތި ރަހަ އެ ކަރުބުޑު ލާން ފެށިހެން އޭނާ އަށް ހީވާން ފެއްޓިއެވެ.

އިރު އަރައި ދުނިޔެ މައްޗަށް އަލިކަން ފެތުރި އޭގެ ދިލަ އަވިން ހަންގަނޑު ފިހެން ފެށުމުން ޒިވާ އިންތަނުން ތެދުވެ،ގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ފުރާނަ ނެތް ހުސް ހަށިގަނޑެއް ފަދައިން ހިނގާފައި ގޮސް ޒިވާ ގެއަށް ވަދެ އޭނާގެ ކޮޓަރި އަށް ވަނެވެ. އެނދު މައްޗަށް ބަންޑުން ވެއްޓިގަންފައި ޒިވާ ބާލީހެއްގައި ބައްދައި ގަތެވެ.

ހެނދުނުގެ ސައި ހަދަން ނުކުތުމުގެ ކުރިން އަރާމުކޮށްލަން އޭނާ ބޭނުންވިއެވެ. ދެލޯ މަރާ ލާފައި އޭނާ އަރާމު ތަންމަތީގައި ހަމަޖެހިލިއެވެ. އެހެން ނަމަވެސް ސިކުނޑިއަށް ވެރިވި ހިޔާލަކުން އޭނާ އަށް ފުންމާއިގެން ތެދުވެވުނީ ގަޔަށް ހޫނުފެން އެޅުނުފަދައިންނެވެ.

“ވަޓް އިފް.. ވަޓް އިފް އެ އަންހެން ކުއްޖަކީ ވިޝާމްގެ ކަޒިން އެއް ނޫނީ ކޮއްކޮއެއް، ނޫނީ ދައްތައެއް… އާޣްޣްގް… ހަމަ އަހަރެން އެހާ ގަމާރީތަ.. އޭނަގެ ފަމިލޔ މީހަކަށްވެސް ވެދާނެ ދޯ… އަޅޭ…!!! ޔާ ﷲ މިއަޅާއަށް މާފް ކުރައްވާން ދޭވެ… ޝާމް ޕްލީޒް ފޮގިވް މީ އައި ސަސްޕެކްޓެޑް ޔޫ… އޮހް ލޯޑް… އަހަރެން މީ ކޮންކަހަލަ މީހެއް…” އެކަނި އެކަންޏަށް އަމިއްލަ މީހާ އާއި ވާހަކަ ދައްކަމުން ޒިވާ ކޮޓަރި ތެރޭ ދެކޮޅަށް ހިނގަން ފެއްޓިއެވެ. މޮޔައެއްހެން ދެކޮޅަށް ހިނގަމުން ވިޝާމް ނެތް ތަނުގައިވެސް އޭނާ އަށް މާފް ކުރުމަށް އެދުނެވެ. ހިތާއި ހިތުން ވިޝާމްގެ ކިބައިން މާފަށްއެދެމުން ދިޔައެވެ. ކޮޓަރި ތެރޭ ދެކޮޅަށް ހިނގަ ހިނގާ ހުރި ޒިވާ ހނގުން ހުއްޓާލީ އޭނާގެ ފޯނު ރިންގު ވާން ފެއްޓުމުންނެވެ. ސްކްރިނަށް ވިޝާމްގެ ނަން އަރަފައި އޮތުމުން އެހާ ހެނދުނާ ވިޝާމް ހޭލައިގެން ކީތް ކުރަނީ ބާވައޭ ހިތަށް އެރިއެވެ.

ފޯނުގެ ސްކްރީނަށް ބަލަހައްޓާއިގެން ޒިވާ އަށް ހުރެވުނެވެ. ނަގަން ނުކެރިފައެވެ. ފޯނު ނަގަން އަތް ހިންގާލަންވީ އިރު ފޯނު ކެނޑިއްޖެއެވެ. ދެވަނަ ފަހަރަށް ގުޅަން އުޅުމުން ބިޒީ ވީއެވެ. އިރުކޮޅަކު އަނެއްކާވެސް ހުރެލާފައި ޒިވާ ވިޝާމް ގުޅާތޯ ފޯނަށް ބަލާލިއެވެ. ހީވީ ރަނަގޅަށެވެ. ބަލާލަން ވީ އިރު ވިޝާމް ގުޅަން ފައްޓައިފިއެވެ. އެއްވެސް ވަގުތެއް ބޭކާރުކުރަން ނަހަދާ ވިޝާމްގެ ކޯލު އޭނާ ނެގިއެވެ. އަޑަށް ހަމަޖެހުން ވެރިކުރުވަމުން އޭނާ ހަލޯ އޭ ބުނެލިއެވެ.

” ހޭ ލަވް، ސޮރީ، އިއްޔެ ވެސް ކުރިން ދުވަހު ވެސް ނުގުޅަން ދޯ އަހަންނެއް ލަވް އަކަށް، އައިމް ސޮރި… އެކަމް ރޭގަ އަހަރެން ގުޅީމަ ފޮނެއް ނުނަގަ، އަހަރެން ދެން ނިދީ ކަމަށް ހީކޮށްފަ އަޅާ ނުލީ… ލަވް ކިހިނެއްތަ؟” ވިޝާމް ޒިވާ ހަލޯ އޭ ބުނުމާއި އެކު ވާހަކަ ދައްކަން ފެއްޓިއެވެ. އެއް ފައްޗަކަށް އޭނާ ބުނަން ބޭނުންވި ވާހަކަ ތަށް އަމުނާލަމުން އޭނާ ޒިވާގެ ހާލު އަހުވާލު އަހާލަމުން ސުވާލު ކޮށްލިއެވެ. ޒިވަ ވެސް އެއްވެސް ގޮތަކަށް ވިޝާމް އަށް ޝައްކު ވިޔަ ނުދޭން ހަމަޖެހިލަމުން ވިޝާމް އާއި ވާހަކަ ދައްކަން ފެއްތިއެވެ. އެތަށް އިރަކު އެހެން ތިބުމަށް ފަހު ވިޝާމް ބުނެލި ވާހަކަ އަކުން ޒިވާ ސުވާލު މާކެއްގެ ތެރެއަށް ގަންބައިލިއެވެ.

” ލަވް އަންނައްޗޭ އަހަރެން ބަލާ މިއަދު ފެރީ ދޮށަށް، ދާނަން އެގާރައިގެ ފެރީ އިން، އެން އައިވް ގޮޓް ސަމްވަން ޓު އިންޓްރޮޑިއުސް ޓު ޔޫ… އެހެންވީމަ އަންނާނަން ދޯ؟…” ޒިވާ ވިސްނުމެއްގައި ހުރުމުން ވިޝާމް ބުނެލި އެއްޗިސް އޭނާ ސިކުނޑި ތެރޭ ގުގުމައި ގަތެވެ. އޭނާ އަށް ތާއަރަފް ކޮށްދޭން މީހަކު ހުރި ވާހަކަ ބުނުމުން އެ މިހަކަށް ވާނީ ކާކު ބާވައޭ ޒިވާ ގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ އެއީ އެ ފޮޓޯގަ ހުރި އަންހެން ކުއްޖާ ހެއްޔެވެ.

” އަ، އާން.. ހްމްމް ދާނަން…” ޒިވާ މަޑުމައިތިރި ކަމާއި އެކު ޖަވާބު ދިނެވެ. އެހެން ނޫނީ އެކަހަލަ އެއްޗެއް ބުނަން ވާއިރަށް ޒިވާ އެއީ ކާކުތޯ ނޫނީ ވިޝާމް އާއި އެމީހަކާ އޮންނަނީ ކޮންގުލުމެއްތޯ ސުވާލު ކުރާނެއެވެ. އެހެން ނަމަވެސް އެފަދަ އެފަދަ އެހެންނިހެން ސުވާލެއް ނުކުރާތީ ޒިވާ ކައިރި އަހަން އުޅެފައި ވެސް އެހޭ ގޮތް ނުވީ ޒިވާ ޒިޔާނާ ގޮވާ ކަމަށް ބުނެ ފޯނު ކަޑާލުމުންނެވެ. އެންމެ ކުޑަމިނުން ‘ލަވް ޔޫ’ ނޫނީ ‘ބައި’ އޭ ބުންލާފައި ނޫނި ކަޑާ ނުލާ މީހާ މިއަދު އެފަދަ އެއްވެސް އެއްޗެއް ނުބުނުމުން ހައިރާން ވިއެވެ. އެހެންނަމަވެސް ކުޑަކޮށް މުޑު ޚަރާބު ވީ ކަމަށް ބަލާފައި އޭނާ އެކަމަކާއި އެހައި އަޅައެއް ނުލިއެވެ.

ފޯނު އެނދުމައްޗަށް އެއްލައިލަމުން ވިޝާމް އޭނާގެ ދަބަސް ނަގާ ގެނައި އެއްޗިސް އހަމަކުރެވޭތޮ ބެލިއެވެ. އެނދުމަތި ފަތްޖަހާފައި ހުރި އަންނައުނުތައް ދަބަހަށް އަޅާ ފާހާނައިން ބުރުސް ހިފައިގެން އައިސް އެ އެއްޗިސްވެސް ދަބަހަށް ލާފައި އޭނާ ފެންވަރަން ވަނެވެ. ފެރީ އަށް ދާން އަދި ކިތަންމެ ވަގުތެއް އޮތް ކަމުގައި ވިޔަސް އޭނާ ތަނަކަށް ދާން ޖެހޭތީ އެކަމަށާއި އެއްކޮށް ނުކުންނަން ނިންމިއެވެ.

މާލޭގެ ކާރުބާރު މަގުތަކުގައި ވިޝާމް ހިނގާފައި ދިޔަ އިރުވެސް އޭނާއަށް ދިޔައީ މަގުތަކަށް ނުކުންނަމުން ދިޔަ އަންހެން ކުދިންގެ ނަޒަރުތަށް ހުއްޓެމުންނެވެ. އޭނާ އަށް ދިޔައީ އެ ނަޒަރުތަކުން ކިތަންމެ އުނދަގުލެއް ކުރަމުންނެވެ. އެހެންނަމަވެސް އެކަމަށް އާދަވާހާވަރު އޭނާއަށް ވެއްޖެއެވެ. ރާއްޖެއިން ބޭރުގައި އުޅުނުއިރުވެސް އޭނާ އުޅުނީ އެފަދަ ހާލެއްގައެވެ. އިތުރު އެހެން ކަމަކަށް ނަހަދާ ވިޝާމް އޭނާގެ ދެލޯ ރޭބަން އައިނަކުން ފޮރުވާލިއެވެ. އެއާއިއެކު ވިޝާމްގެ ފިރިހެން ވަންތަކަން އިތުރު ވި ފަދައެވެ. އެ އަސަރުގަދަ ދެލޯ ފެންނަން ނެތަސް އެ އައިނުގެ ސަބަބުން އޭނާ އަށް އަމާޒުވަމުން ދިޔަ ލޯތަށް ވެސް އިތުރު ވީ ފަދައެވެ. އެ ބާރު ހުރި އަސަރުގަދަ ދެލޯ ދެކިލަން ބޭނުންވާ މީހުންވެސް ގިނަވީމައި ކަންނޭގެއެވެ.

އަވަސް ހިނގުމެއްގައި ހިނގާލާފައި ވިޝާމް ގޮސް މާލޭގެ ނަން މަޝްހޫރު ރަން ރިހި ވިއްކާ ފިހާރައެއް ކަމަށްވާ ‘ޓްރައި ވަންސް ޖެމްސް އެންޑް ޖްވެލެރީ’ އަށް ވަނެވެ. ރަށަށް ދަމުން ޒިވާ އަށް ހަދިޔާއެއް ގެންދިޔުމުގެ ބޭނުމުގައެވެ.

 

*****

” ޔާން އާރ ޔޫ ޝުއާރ؟ އަހަންނަށް ހީވަނީ އަދި މާ އަވަސް ހެން”

“ދެން ޔާނީ ބުނެބަ އަހަރެން ބޭނުމެއްނޫން އެހާ ގިނަދުވަހު މިގުޅުން ސިއްރުކުރާކަށް މަންމަ މެންނަކަށް… ގޭންގް އެންމެންނަށް އިނގޭ މިހާރު… އަނެއްކާ ރަށުތެރޭވެސް ވާހަކަ ފެތުރޭއެބަ އަހަރުން ދެމީހުންނޭ ކިޔައިގެން… ކުރިން ދުވަހުވެސް މަ ކޮޓަރީގަ އޮއްވާ ބައްޕަ އަޑުގެ ނެތްތަނަށް ގޮވާއަޑަށް ނުކުތީ… ނުކުތް އިރު ހުރި ރުޅި އައިއްސަ… މަ ހީކުރީ ރަށުތެރޭ މިވާހަކަ ފެތުރޭތީ އެކަމާ ހިތްހަމަ ނުޖެހިފަ ކަމަށް އެކަމަކު އެއީ، މަގޭ ކައިރި ވަޅު ދިޔަހިއްކަން ބުނީމަ އެކަން ހަނދާން ނެތި ނުކުރެވި އޮވެގެން އެލީ ބޮމެއް…”

” ހެހެހެހެ… ހަމަ ހުވާ؟… އަސްލު ހަގީގަތުގަ ބުނަންޏާ އަހަރެންވެސް ބޭނުން މަންމަމެން ކައިރީ އަވަހަށް ބުނަން، އެކަމަކު، ނުކެރެނީ… ބިރުގަނޭ މަންމަމެން ނުރުހިދާނެތީ…”

“މަންމަމެން އެއްބަސް ވެދާނެއެއްނުން… ދެން އެހާވަރަށް ނުވިސްނާ… މިހާރު ތި ތުންކޮޅު ވެސް ހީވަނި ގޮސް އޮތީ މެލޭޝިޔާގަ ހެން… އަޅެ މާކަނައެއްގެ ތުމަށްވުރެން ދިގޭ..” ގޮނޑުގޮށަށް ވެއްޓިފަ އޮތް ރުކެއްގެ މަތީ ތިބި ޒައްޔާން އާއި އަޔާނީ މަޝްވަރާ ކުރަމުން ދިޔައީ އެދެމީހުންގެ ގުޅުމުގެ ވާހަކަ ދެމިހުންގެ މައިންބަފައިންނާއި ހަމައަށް ގެންދިޔުމާއި ބެހޭ ގޮތުންނެވެ. އެކި ގޮތް ގޮތަށް މަޝްވަރާ ކުރެވިގެން ގޮސް ނިމުން އިރު އަޔާނީގެ ތުންކޮޅު މާ ދިގުވެފަ އިންނަ ހެން ހިވެގެން ޒައްޔާން އަޔާނީ ގެ ތުމުގައި ކޮއްޓާލަމުން ޖެއްސުމަށް އެއްޗެއް ބުނެލިއެވެ. އެއާއިއެކު އެއަށްވުރެން އަޔާނީގެ ތުންކޮޅު ދިގުވެލިހެން ހީވިއެވެ.

“އެހެންވިމަ މަ ބުނަންވި ދޯ މަންމައާއި ބައްޕަ ކައިރި މިރެޔަށް ރެޑީ ވާށޭ… ބައިޓްސް އަށް ދޯ ދާނީ…” އަޔާނީ ޒައްޔާން އާއި ދިމާލަށް ބަލާލަމުން ދާނެ ތަނަކަށް ރެސްޓޯރެންޓެއްގެ ނަން ބުނެލިއެވެ. ޒައްޔާންވެސް އޯކޭ އޭ ބުނެލާފައި އަޔާނީގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އަޔާނީ ޒައްޔާން އަށް ގޮވާލުމުން ވެސް ހަމަ އެ އިން ގޮތަށް އެ އިސްތަށިގަނޑާއި ކުޅެލަ ކުޅެލަ އިނެވެ. އެއްވެސް ފޫހިކަމެއް ނެތިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރިން އަޔާނީގެ އޮންނަ ޕްލަމް ކުލައިގެ އިސްތަށިގަނޑުވެސް މަޑު މުށިކުލައަކަށް ބަދަލު ކުރީ ޒައްޔާންގެ އެދުމަކަށެވެ. އޭގެންވެސް އަޔާނީ ޒައްޔާންދެކެ ވާ ލޯބި ހާމަވެއެވެ.

އަޔާނީ އަށް ޖެއްސުމެއް ކޮށްލާނަމޭ ހިތާ ޒައްޔާން އައްސާފައި އޮތް އިސްތަށިގަނޑުގައި އިން ސްކްރަންޗީ ދަމައިގަތެވެ. އަދި ވިއްސުނު އިސްތށިގަނޑު އަޔާނީގެ މޫނުމައްޗައް ވައްޓާލާފައި އަޔާނީ އާއި ދުރަށް ދުއްވައި ގަތެވެ. އަޔާނީ ވެސް ބަލާކަށް ނުހުރެ ޒައްޔާނގެ ފަހަތުން ދުއްވައިގަތެވެ. ދެމީހުން އެކަކު އަނެކަކު ފަހާ ދުވިއިރު އެ މަންޒަރު ކިތަންމެހާވެސް ލޯތްބެވެ.

***

ވިޝާމްގެ ބުނުމަށް އަތިރިއަށް ގޮސް ހުރި ޒިވާގެ އިންތިޒާރު ނިމުމަކަށްވީ ދުރުން އައިސް ރަށުގެ ނެރުން ވަތް ލޯންޗު ފެނުމުންނެވެ. އެހެންނަމަވެސް ވާޓަރާއި ކައިރި ނުވާން އޭނާ ހުރީ އެ ލޯންޗުން މީހުން ފައިބާއިރުވެސް އެހާ މީހުން ގިނަވާނެ ތީއެވެ. އެހެންކަމުން އޭނާ އިން ބުރުގައި އިށީންދެލައިގެން ލޯންޗާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އޭނާއިނެވެ. ވިޝާމް ލޯންޗުން އެންމެ ފަހުން ފޭބުމުން ރުޅިއައިސްގެން ޒިވާ އެދިމާލަށް ހިނގައި ގަތީ ބުރުމަތީ އިނދެ އިނދެ ކެތްތެރިކަން ކޮޅުން ލީމައެވެ. އޭރުވެސް ވަކި މީހުން މަދެއް ނޫނެވެ. ވާޓަރުމައްޗަށް އަރާފައި ވިޝާމް އަށް ގޮވަން ހަދާލި ޒިވާ އަށް އަނގައިން ބަހެއް ބޭރު ނުވަނީސް ހަޅޭއްލަވައި ގަނެވުނީ އޭނާ މީހަކު ކޮނޑުގައި އަޅައިގެން ހުރި ދަބަހެއްގައި އޭނާ ޖެހި ވާޓަރުން ބޭރަށް މުދާއި ދިމާލަށް ވެއްޓެން ދާން ފެށުމުންނެވެ…

 

 

ވާޓަރުން ބޭރަށް މުދަށް ވެއްޓެން ދިޔަ އަންހެން ކުއްޖާގެ އަތުގައި ހިފާލާފައި އޭނާގެ ގަޔާއި ދިމާލަށް ދަމާލަމުން ނާއިފް އޭނާގެ ހަށިގަނޑު ބެލެންސްކޮށްލިއެވެ. އެއާއިއެކު އެ އަންހެން ކުއްޖާ އޭނާގެ ގައިގާ ތަތްވެލިއެވެ. ކަރަންޓުގެ އޮއެވަރެއް ހަށިގަނޑުގައި ދައުރުކޮށްލިފަދަ އިހުސާސެއް ނާއިފްއަށް އެވަގުތު ކުރެވިގެން ދިޔައެވެ. އެހެން ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ އެ އަންހެން ކުއްޖާ އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި އެ މޫނަށް ކުޑަކޮށް ގުދުވެލަމުން ބަލާލިއެވެ. އޭރުވެސް އެ އަންހެން ކުއްޖާ ދެލޯ މަރާ ތަގުޅިކޮށްލައިގެން ހުރުމުން ނާއިފް ކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް އެ ހިނިގަނޑޫ މައިތިރިކޮށްލަމުން ނާއިފް އެ އަންހެން ކުއްޖާގެ ގައިގާ ކޮށްޓާލާފައި އޯކޭ ހެއްޔޭ އަހާލިއެވެ.

ހަމަހޭވެރިކަން ވީ ފަދައިން ޒިވާ ދެކޮޅު ބަލާލާފައި އާ އެކޭ ބުނެލުމުގެ ގޮތުން ބޯޖަހާލިއެވެ. ހިނގައި ދިޔަ ކަމަކުން އޭނާއަށް ވަނީ ވާހަކަ ދައްކަން ނުކުޅެދިފައެވެ. އޭނާ އަށް ވަނީ ސިހުމެއް ލިބިފައެވެ. އޭރު އޭނާއަށް ބަލަހައްޓާއިގެން ނާއިފަ އަށް ހުރެވުނީ އެފަދަ ދެވަނަ ހޫރެއް މިދުނިޔެ މަތިން ފެނިފައި ނުވާ މީހެއް ފަދައިންނެވެ. ކަޅި ޖަހާ ނުލާ ޒިވާ އަށް ބަލަހައްޓައިގެން ހުރެވުނު ގޮތް ވެސް އޭނާއަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާއަށް ހަމައަކަށް އެޅިލެވުނީ އޭނާގެ އެކުވެރިޔާ އިއަން ޒިވާ އާއި ވާހަކަ ދައްކަން ފެއްޓި އަޑަށެވެ.

” ޒިވާ.. އާރ ޔޫ އޯކޭ…؟ އޯކޭ ތަ؟ ޔަގީން…؟ ކީތް އެހެން ނޫނަސް މިތާ ތި ކުރަނީ ދެންމެވެސް ކިރިޔާ ދޯ ސަލާމަތް ވިކަން… ނާއި ނެތް ނަމަ އެމަންޖެ މިހާރު ލޮނުބޮވިގެން މަރުވާހާ ވަރުވީ….” އިއަން ޒިވާގެ ކޮނޑުގައި އަތް އަޅުާލައިގެން ހުރެ ޒިވާ އާއި ސުވާލު ކުރަމުން ދިޔައެވެ. އިވާގެ ގާތް ރައްތެއްސަކަށް ވެފައި ވިޝާމްގެ ‘ލޯބިވެރިޔާ’ އަށް ވުމުން އޭނާ އަށް ޒިވާ ދެކެވެނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. ފަހު ޖުމުލަ އިއަން ބުނެލީ އޭނާގެ ފަހަތުގައި ވިޝާމް ހުރިކަން ނޭނގޭ ހާލުއެވެ.

” މަވެސް މިހިރީ ދޯ، މަދެން ހުއްޓާ އޭނަ އަށް އެހާވަރު ވިޔަކައެއް ނުދޭނެއެއްނުން..” އިއަން ސިހިފައި ފަސް އެނބުރި ބަލައިލީ ވިޝާމްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭރު ލާނެތް ހިނިތުންވުމަކާއި އެކު ވިޝާމް އިއަން އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އިއަން ދޫނުކުރާން ޚިޔާލުކޮށްފައިވެސް ވިޝާމް އަށް ދޫ ދިނީ އިރުގެ ހޫނުގަދަ އަވިން ހަންގަނޑު ފިހި ޓޭން ވާން ފެށުމުންނެވެ. އޭރުވެސް އޭނާ ލައިގެން ހުރި ޓީޝާޓް ފޯ ވާން ފަށާފައި ވުމުން ނާއިފްގެ ކޮނޑުގައި ޖަހާލަމުން ދުރަށް ހިނގައި ގަތެވެ.

ޒިވާގެ ކައިރިއަށް ޖެހިލަމުން ވިޝާމް އެ އަތުގައި ހިފާލިއެވެ. ޒިވާ އަށް ސިހިފައި ބަލައިލެވުނެވެ. އޭރު ވިޝާމްގެ ފަހަތުގައި އަންހެން ކުއްޖަކު ހުއްޓިލައިގެން ފޯނަށް ނަޒަރު ދީގެން ހުރި ތަން ފެނުނެވެ. ފުރަތަމަ ނަޒަރުން ވެސް ޒިވާ އަށް އެއީ ވިޝާމް އާއި އެކީ އެއްކަލަ ފޮޓޯގައި ހުރި ކުއްޖާ ކަން ނަގައިގަނެވުނެވެ. ލާފައި ހުރި އެއްޗިހިން ޒިވާ ލަދުގަތް ނަމަވެސް ވިޝާމް އަށް ބަލައިލެވުނީ އެއީ ކާކު ހެއްޔޭ އަހާލާފަދަ ގޮތަކަށެވެ.

” މިޝް އާދެ ދާން…! ޒިވާގެ އަތުގައި ހިފާލައިގެން މިޝްކާ އަށް ގޮވާލާފައި ވިޝާމް ގެއަށް ދާން މިސްރާބު ޖެހިއެވެ. އޭރު އެހިސާބުގައި މަސްދޯނި ތަކުގައި އުޅޭ މީހުން ފިޔަވާ އެހެން ބަޔަކު ނޫޅެއެވެ.

“މީ ދޯ ޒިވް އަކީ… ވިޝްގެ ގާލްފްރެންޑް.. ނައިސް ޓު މީޓް ޔޫ… އައިމް މިޝްކާ… ވިޝްގެ ކޮލީގެއް ޔޫ.އެސް ގަ އުޅުނުއިރު…” ޒިވާގެ އަނެއް ފަރާތަށް އަރާލަމުން މިޝްކާ އަމިއްލަ އަށް ތައާރަފް ވެލިއެވެ.

ޒިވާވެސް ތައާރަފް ވެލާފައި މިޝްކާ އާއި ވާހަކަ އަޅުވާލާއިގެން ވިޝާމް އާއި އެއްހަމައެއްގައި ހިނގައި ގަތެވެ. މިޝްކާއަށް ރަށުގެ އެތަށް ބައެއްގެ ލޯ އަމާޒުވަމުން ދިޔައެވެ. ބޭރުގެ ފެޝަނަށް އަންނައުނު ލާފައި ވުމާއި އަދި ލާފައި ހުރި އެއްޗިހި ކުރުވެފައި ބާރުކަމުން ކިރިޔާ އަތަކަށް ހެލިލުމާއިއެކު ގައިފެނެއެވެ. އެހެން ވުމުން އަދި އަމުދުން ޒުވާން ފިރިހެން ކުދިންގެ އަމާޒުފައްގަނޑަކަށް ވެފައި ވަނީ އޭނާއެވެ. މިކަން މިޝްކާ އަށް ވީވެސް މަޖާ ކަމަކަށެވެ.

 

~ނުނިމޭ~

އުންމީދުކުރަން މިބައި ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް… އީދް ހަދިޔާ އަކަށް މިބައި ކިޔުންތެރިންނަށް އަޕްލޯޑް ކޮށްލަ ދެނީ… އިންޝާ ﷲ ދެން ދިމަ ވާނީ އަޅުގަނޑުގެ ޓެސްޓް ނިމުނީމަ….??

ހުރިހާ ކިޔުންތެރިންނަށް ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ އަރިސް ކުރަން… ހަމަ އެކަނި މި ވާހަކައިގެ ކިޔުންތެރިންނެއް ނުން އިނގޭ…. ? އެސްފިޔައިގެ އެހެން ވާހަކަ ތަށް ކިޔާ ކިޔުންތެރިންނަށް ވެސް….???

އަޅުގަނޑުގެ ކުޑަ ރިކުއެސްޓެއް… ކޮމެންޓްގަ އަޅުގަނޑު ޕާސަނަލް އިންފޯ އެހާ ޝެއާ ކުރާކަށް ބޭނުމެއް ނޫން އެހެން ވިމަ ޕްލިޒް މެއިލް އިން އަޅުގަނޑާއި ވާހަކަ ދެކެވޭނެ
އަޅުގަނޑުގެ މެއިލް:-
[email protected]

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ވައުދޭ ވެވޭ މީ ކިޔުންތެރިންގެ ސަމާލު ކަމަށް…

Next

ވީމޭ އިންތިޒާރުގައި – 34 (ފަހުބައި)

Next
April 20, 2022

ވީމޭ އިންތިޒާރުގައި – 34 (ފަހުބައި)

Previews
April 18, 2022

ވައުދޭ ވެވޭ މީ ކިޔުންތެރިންގެ ސަމާލު ކަމަށް…



All Right Reserved!