ސުކޫލު ނިމުމާއެކު ރަނގަބީލުގެ އަނޑު މުޅި ޖަމާލުއްދީނުގެ ތެރެއަށް އިވިގެން ދިޔައެވެ. ހުރިހާ ކުދިން އަވަސް ވެގަތީ ސުކޫލުން ނިކުމެ ދިރިއުޅުމުގެ އެހެނިހެން ކަންތައްތަ އަަވަހަށް ފައްޓާށެވެ. ނަމަވެސް ރޮޒޭ ސުކޫލު ނިމުމުން އެންމެ އުފާވީ އޭނަގެ ބެސްޓީ ޖަންކޫކް އާއެކު ހިނގާފަ ގެއަށް ދެވޭތީއެވެ. ރޮޒޭ ޖަންކޫކް އަންނަން ދެން މަޑުކޮށްލައިގެން ހުރީ އެތާކައިރީ ހުރި ނިކަ ގަހެއްގެ ދަށުގައެވެ. ރޮޒޭ އެތާ ހުރިތާ 15 ވަރަކަށް މިނިޓު ފަހުން ޖަންކޫކް އެތަނަށް އައެވެ. “ގަޑި […]
ތިމާވެށި ހިމާޔަތްކުރުމަކީ މިއަދު ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެވެސް އެންމެ ބޮޑު އެއް އިސްކަމެވެ. ތިމާވެށި ހިމާޔަތް ނުކުރެވިއްޖެނަމަ، އިންސާނުންނަށް ދިރިއުޅެން ދަތިވެ، ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް: މިހާރު ދުނިޔޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކެވެ. މީގެ ސަބަބުން މޫދުގެ ލޮނުގަނޑު އުފުލި، ގިރުމުގެ މައްސަލަ އިތުރުވެ، ފެންބޮޑުވުމާއި ވިއްސާރައިގެ […]
ޝާއީ ބުނެލި ޖުމްލައިން އަހަންނަށް ޝޮކެއް ލިބުނު ނަމަވެސް، އޭނާ ރޯ ވަރުން އަހަންނަށް އެ ވަގުތު މާގިނައިން ސުވާލު ކުރާކަށްވެސް ނުކެރުނެވެ. **** ’ޝާއީ ހިނގާބަލަ އަހަންނާ އެކީ ޖޯލި ފައްޗަށް ޕްލީޒް‘ ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން އެންމެ ފަހުން ބުނެލީމެވެ. **** އަހަރެން އޭނާއާއި ތަންކޮޅެއް ގާތަށް ޖެހިލީ އެ ދެލޯ ފުހެދީ، ގެނެސް މޭގައި ފޮރުވާލަން އަހަރެންގެ ހިތް އެދުނު ވަރުންނެވެ.އެހެނަސް އެފަދަ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. **** ޝާއީ އަހަރެންގެ […]
އަދާރާ‘ ކިފްލުގެ މަސްތީ އަޑު އަދާރާގެ ކަންފަތުގައި ޖެހިލުމުން ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކިފްލުގެ ހޫނު ނޭވާތައް އޭނާގެ މޫނުގައި ބީހޭހާ ކިފްލުގެ މޫނު ކައިރިކޮށްލުމުން އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ ހިތާއިއެކު އަދާރާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. **** ’އަދާރާއަށް އެނގޭތަ އަދާރާ ތިހެން އަހަރެންގެ ހިތް އަތުލައިގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަން؟‘ ކިފްލު ވަރަށް ސީރިއަސް ރާގެއްގައި އަހައިލިއެވެ. **** ކިފްލުގެ އެ ޖުމްލައާއިއެކު އަދާރާއަށް މަޑު މަޑުން […]
’ޝާއީ އާރ ޔޫ ޝުއަރ؟ އާރ ޔޫ ރިއަލީ އޯކޭ؟‘ އަހަންނަށް ފެނުނު އެއްޗެއްގެ ސަބަބުން އަހަރެން ދެވަނަ ފަހަރަކަށްވެސްް އަހައިލީމެވެ. ޝާއީ ނޭފަތް ދަމަމުން ބޯ ޖަހައިލިއެވެ. ޝާއީ ތެދަށް ނުބުނާނެކަން އެނގުމުން އަހަންނަށް ފާޑަކަށް ރުޅި އާދެވުނެވެ. **** ’އެހެންވިއްޔާ ހައު އާރ ޔޫ ގޮނަ އެކްސްޕްލެއިން ދޯޒް ބްރޫޒަސް އޮން ޔޯރ ރިސްޓްސް؟ ހާނ؟!‘ ދެ ދަތްޕިލަ ޖައްސައިގެން ހުރެ އަހަރެން ބުނެލީމެވެ. **** ބިރެއް ފެނިގެން ބަލައިލިހެން ޝާއީ އެއް ފަހަރު […]
އަހަރެމެން ދެމީހުން އައުން ލަސްވެގެން ނަޔާން ނުކުތުމުން ދެން އިތުރަށް އެ މައުޟޫއަށް ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. އޭރު އޭނާ ހުރީ މަސްދަތުރު މަޝްވަރާގެ ފޯރިގަނޑު އަރައިފައެވެ. **** މަސް ދަތުރު ހަމަ ޖެހުނީ ޖެހިގެން އައި ދުވަހުގެ ހަވީރު ފުރައި، ރޭގަނޑު އަށެއް ޖަހާކަށްހާއިރު އެނބުރި ރަށަށް ލަފާ ގޮތަށެވެ. ގިނަ ވޯޓު ލިބުނީ އެނބުރި އައިސް ބާބެކިއު ވެސް ޖައްސާ ގޮތަށެވެ. **** ބައްދަލުވުން ނިމުނުއިރު ބާރަ ޖަހާކަށް މާގިނަ އިރެއް ނެތެވެ. […]
ކިފްލުގެ މެސެޖު ކިޔާފައި އަދާރާގެ އަނގަ ހުޅުވުނެވެ. ކިފްލު ހާދަ ކެރިގެން ބުނަން ބޭނުން އެއެއްޗެއް ބުނެލައޭ އަދާރާގެ ހިތަށް އެރިއެވެ. މިހާ އަވަހަށް ކިފްލު ފާޅުގައި، އޭނާއާއި ’ފްލާޓް‘ ކުރަންވެސް ފެށީ ހެއްޔެވެ؟ އަދާރާއަށް ވީ ގޮތް ފެނި ކިފްލު ގާތަށް އައީ ލާނެތް ހިންޏެކެވެ. **** އަދާރާ ބުނާނެ އެއްޗެއް ނޭނގިފައި އިންނަން ފެށުމުން ކިފްލު އަނެއްކާވެސް މެސެޖެއް ލިޔަން ފެށިއެވެ. ’ދެން ހަމަ ނުދޭނަންތަ؟‘ ފަހަތަށް ’ޕަޕީ ފޭސް އިމޯޖީއެއް‘ ލަފާއި ކިފްލު […]
ލަޔާލީ އެނބުރި އައިސް އިށީނީ އަހަރެމެން އެންމެންގެ މޫނުތައް ސުވާލު މާކު ތަކުން ފުރައިފައެވެ. އެންމެންވެސް ހީކުރީ ލަޔާލީ އުޅުނީ އެ ޒުވާނާ އަހަރެމެންނަށް ތައާރަފު ކޮށްދޭން ކަމަށެވެ.އެކަމަކު އޭނާ ހަމަ ގަސްދުގައި އަހަރެމެން އެންމެންގެ ހިތް ތަޅުވައިލީއެވެ.އެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ލާނެތް ހިނިތުންވުން އެކަމަށް ހެކި ދިނެވެ. **** އެ ޒުވާނާ ހެލޯއޭ ބުނެލާފައި ގޮސް ތަންކޮޅެއް ދުރުގައި ހުރި ހުސް މޭޒެއްގެ ކައިރީ ހުރި ގޮނޑިއެއް ހިފައިގެން އައިސް ޝާއީއާއި ޖެހި […]
މައިންބަފައިން މި ދުވަސް ދެކެން ތިބިނަމަ ހާދަ އުފާވާނޭ ހިތަށް އެރިޔަސް މިހިތް ހާސް މަރުން މަރުވެއެވެ. އެހެން ކުދިންގެ މަންމަ އާއި ބައްޕަ ހަފްލާގައި އުފަލުގައި ބައިވެރިވަމުން ދިޔައެވެ. އެމަންޒަރުން މި ދެލޯ ތެއްމަމުން ދިޔައެވެ. ނުރޯން ވަރަށް ހިތްވަރުކުރީމެވެ. އެހެނަސް ސަބުނަމުގެ ތިކިތަށް އޮއްސާލައިފި އެވެ. “މޭކަޕް” ހަޑި ވެއްޖެއެވެ. ލޯ ރަތްވެއްޖެއެވެ. އަދި ހަނދާނީ ފިލާއާއި ހަވާލުވާން ޖެހެއެވެ. ޖަލްސާ ކުރިއަށް އޮތީ އެވެ. އަޝްބާއަށް ހަނދާނެ ގޮތް ހުސްވެއްޖެ އެވެ. ހަމަ […]