Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 20

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
June 26, 2022 8 Mins Read
5 Comments

މި މަންޒަރު އީވާ އަށް ފެނުމުން ބަދިގެއިން ނުކުންނަން އަޅާލި ފިޔަވަޅު މަތީގައި މީހާ ގަނޑު ވިއެވެ. އަތުގައި އިން ފެންތައްޓަށް ބަލާލަމުން އިސްޖަހާލާފައި އެ ފެންތަށި މިޝަލް އަށް ދިއްކޮށްލިއެވެ. އެކަކަށް ވެސް އީވާ އަށް ވީ ގޮތް ނުފެނުނުކަމުގައި ވިޔަސް އަޔާޝް ކައިރީ ހުރި ނައިރާ އަށް މި މަންޒަރު ކިތަންމެ ހާވެސް ރީތިކޮށް ފެނުނެވެ. އެއާއި އެކު ނައިރާގެ ތުންފަތް މަތިން ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

 

❈ ވިހި ވަނަ ބައި ❈

އެންމެންވެސް ހަމަ ޖެހިލައިގެން އީވާމެން ގޭގައި ވާހަކައި ގައި ތިބި ވަގުތެވެ. އަޒްލީނާ ބަދިގޭގައި އޭނާގެ ފިރިމީހާ އަށް ކާން ހަދަން ހުރި އިރު އަތްގާތް ކޮށްދޭން ކައިރީގައި އަޔާނީ ހުއްޓެވެ. ކުޑައިރުއްސުރެން އެގޭގައި އުޅެ ބޮޑު ވުމުން އަޒްލީނާ ވެސް އަޔާނީ ދެކެނީ އޭނާގެ އަމިއްލަ ދަރި އެއް ފަދައިންނެވެ. އަދި އެއްވެސް ކަމަކަށް އެގޭގައި އަޔާނީއަށް މަނަލެއް ނުކުރެއެވެ. އީވާ އާއި އިއަން އެކޭ އެއްގޮތަށް އަޔާނީވެސް އެއީ އެމީހުންގެ ދަރިއެކެވެ.

މިޝްކާ ފާހާނާއަކަށް ދާން ބަހަނާގައި ނައިރާ އާއި ދެމީހުން ނައިރާގެ ކޮޓަރި އަށް ވަނެވެ. ފޫހި ވެފައި ވާ ގޮތަށް ފުން ނޭވާއެއް ބޭރުކޮށްލަމުން މިޝްކާ އަތުން މޫނަށް ފިނިކޮށްލިއެވެ. އޭސީ ސޯޅައިގައި ހުރި ކަމުގައި ވިޔަސް ދެމުންދިޔަ އަވީގެ ސަބަބުން ކޮޓަރިއަށްވެސް ހޫނުކަން ވެރިވެފައި ވެއެވެ. ނައިރާ ފަންކާ ޖައްސާލާފައި އައިސް އެނދުގައި އޮށޯވެލުމުން މިޝްކާ ދޮރު ތަޅުލާފައި އައިސް ފަންކާ ދަށުގައި ކޮޓަރީގަ ކުރި ގޮނޑި ހިފައިގެން އިށީންނިއެވެ.

ދެމީހުން ދޭތެރޭ ވެސް ދެކެވެމުން ދިޔައީ ނައިރާ އަޔާޝް ބޭނުން ވާ މިންވަރާއި ވިޝާމް ދެކެ މިޝްކާ ވާ ލޯބީގެ ވާހަކަ އެވެ. އަދި އެދެ އާއިލާގެ މުއްސަނދިކަމުގެ ވާހަކަ ދައްކަމުން ދިޔައިރު އެދެމީހުން ފާޑުކިޔަމުން ދިޔައީ އެ ހަތަރު އާއިލާގައި ވެސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެވެމުން ދާއިރު އޭގެން ފައިދާލިބުނު ކަމުގައި ވިޔަސް ރައްފުށުގެ އެ ކަޓު ދިރިއުޅުން އުޅެމުން ދާތި އެވެ. މާލޭގައި ވިޔަފާރީގެ ކަންތަށް ބަލަމުން މާ ހަމަޖެހިލައިގެން ވެސް އުޅެވޭނެ ކަމުގައި އެމީހުން ދެކުނެވެ. އެ ވާހަކައިގެ ތެރެއިންވެސް ނައިރާ އަށް ބޮޑަށް ދެކެވެމުން ދިޔައީ ބަދިގޭގައި ހުރި ވަގުތު އީވާގެ މޫނަށް އެރި ކުލަވަރެވެ. އޭނާގެ އަތުން އިޔާޝް ފެންތަށްޓެއް ނެގި ކަމަށްޓަކައި އެހާ ވަރު ވީ އޭ ކިޔާ އީވާގެ ފިޑީކަމަށް އެދެމީހުން ޖޯކު ޖަހަމުން ދިޔައެވެ.

” ނައީ… ދެން ބުނެބަ މަ އެ ޒިވާ ގަނޑު ޖެލަސް ކުރާނެ ގޮތެއް… ވަރަށް ހީވޭ ތީނަގެ އެބޮތް ހެން ވަރަށް ޕްލޭންސް…” މިޝްކާ އޭނަ އިންތަނުން ތެދުވެގެން އައިސް އެނދުގައި ބަންޑުން އޮށޯވެލަމުން ނައިރާ އާއި ދިމާލަށް ބަލައިލި އެވެ. އޭރު ނައިރާ ނުސިޔާނު ގޮތަކަށް ހީގަނެގެން އިން އިރު އެ ސިކުނޑިއަށް ޝައިޠާނާ ވެރިވެފައި ވާ ވަރު ހާމަވެއެވެ. އިތުރަށް ދެލޯ ކުޑަކޮށްލަމުން ނައިރާ ބޯޖަހާލިއެވެ. އަދި މާދަމާއަށް ރޭވިފައި އޮތް ދަތުރުގައި ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރަން ނައިރާ އޭނާގެ ބޮލުގައި ވި މޮޅު ރޭވުންގަނޑު މިޝްކާއަށް ކިޔައިދިނެވެ.

 

އެދުވަހު އެންމެންވެސް ވެފައި ވީ ވަރުބައްޔާއި އެކު މާދަން އަލުން ދިމާވާން އެންމެން ވަކިވިއެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ ގެއަށް ދާން ދިޔުމުން އިއަންވެސް އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. ފަހަތުން ނާއިފްވެސް އިއަންގެ ފަހަތުން މައްޗަށް އަރަން ދިޔައެވެެ. މުޅި ގޭތެރެއިން މީހުން ހުސްވިއިރު އެތާނގައި ދެން ތިބި ބަޔަކަށް ވީ އީވާ، އަޔާޝް، ވިޝާމް، މިޝްކާ، ޒިވާ، އަދި ނައިރާއެވެ. އެތާނގައި ތިބި މަދު މީހުންގެ ތެރެއިން ވެސް މިޝްކާގެ ނަޒަރު ހުއްޓިފައި ވަނީ ޒިވާ އާއި ވިޝާމް އަށެވެ. ނައިރާއަށް ބަލާލާފައި ބައެއްފަހަރު މޫނަށް ފޫހި ވައްތަރެއްވެސް ޖައްސާލައެވެ. އީވާ އާއި ޒިވާ، އަޔާޝް އާއި ވިޝާމް އެމީހުން ބަލާއުޅޭ ކޮރެއާ ޑްރާމާ ތަކުގައި އުޅޭ ލޯބިވެރިން އުޅޭ ގޮތަށް އެ ދެމީހުންނަށް ޓްރީޓް ނުކުރެއޭ ކިޔައިގެން ކިޔަމުން ދިޔައެވެ. އެހެން އުޅެލާފައިވެސް އޭގެން ކޮންމެވެސް މީހަކަށް ކޮށްލެވޭ ކުޑަ ތައުރީފަކުންވެސް އަޔާޝް އާއި ވިޝާމް އަށް ވާ ގޮތް ތަކުން އެ ދެ އަންހެން ކުދިންނަށް ވަނީ މަޖާ ކަމަކަށެވެ.

ފޯނުން އެކަކު އަނެކަކާއި ވާހަކަ ދައްމުން ދިޔަ މިޝްކާ، ނައިރާ ކުރިން އީވާޔާ އެކީ ކުޅެލި ކުޅިގަނޑަށް ތައުރީފު ކުރަމުން ދިޔަ އިރު، ނައިރާ އެކަމާ ވަރަސް ފޮނިވެފައި އެއީ އޭނާ ކޮށްކޮށް ބާވެފައި އޮތް ކަމެއްކަމުގައި ބުންޏެވެ. އެއްޗެއް ހަނދާން ވުމުން މިޝްކާ ނައިރާއަށް ފޮޓޯ ކޮޅެއް ފޮނުވާލިއެވެ. އެއީ ނުދަންނަ ނަންބަރުން ޒިވާއަށް ވެސް އައިސްފައި ހުރި ފޮޓޯތަކެވެ.

އެ ފޮޓޯއަށް ފޮނުވާލުމަށް ފަހު އެއީ އޭނާ އެ ރަށަށް އައުމުގެ ކުރިން ޒިވާއަށް ފޮނުވި އެއްޗެއް ކަމުގައި ބުންޏެވެ. މީހަކު ލައްވާ އެ ފޮޓޯ ތަށް ނެގީ ވިޝާމް ލޯބިވެރިޔަކު ހުންނަ ވާހަކަ ބުނުމުން އެކަމުގައި ހަސަދަވެރިކަން އުފެދިގެން ކަމުގައި ކަމަށް ވެސް މިޝްކާ ނައިރާ ކައިރި ބުންޏެވެ. އަދި އެ ފޮޓޯތަށް ވިޝާމްގެ ފޯނުން ޒިވާގެ ނަންބަރު ނަގައިގެން ފޮނުވީ އެހެން ނަންބަރަކުން ކަމާއި، އެއީ ޒިވާގެ ހިތުގައި ވިޝާމް އަށް ޝައްކު އުފެއްދުމުގެ ނިޔަތުގައި ކަމަށް ވެސް ބުންޏެވެ.

ނައިރާ މިޝްކާގެ މަސައްކަތަށް ސާބަސް ކިޔެވެ. އަދި އެކަން ވެގެން ދާނީ އެމީހުންގެ މަސައްކަތަށް ފަސޭހަޔަކަށޭވެސް ބުނެލިއެވެ. ދެމީހުންގެ ޕްލޭނަކީވެސް އެކަކު އަނެކަކު ދެކެ ލޯބިވާ، ލޯބިވެރިންގ ދެ ޖޯޑު ބައި ބައި ކުރުމެވެ. މިކަން އެދެމީހުންނަށް ކާމިޔާބު ވާނެ ހެއްޔެވެ؟ މިޝްކާއަށް ވިޝާމް އޭނާގެ މިލްކަކަށް ހެދޭނެ ހެއްޔެވެ؟ ނައިރާ އަށް އަޔާޝްގެ ހިތުން އީވާގެ ނަން ފޮހެލެވޭނެ ހެއްޔެވެ؟ މި ދެ އަންހެން ކުދިންގެ މޮޅު ރޭވުން ދާނީ ކިހިނަކުން ހެއްޔެވެ؟

ފަތިހު ފަސްގަޑި ބައި ވާން ވީ އިރު އެންމެންވެސް ބަނދަރަށް ހާޒިރު ވިއެވެ. ފިރިހެން ވެރިން ވޭލަރަށް އެއްޗިސް ލަމުން ދިޔަ އިރު އަތްގާތް ކޮށްދޭން ޒިވާ ހުއްޓެވެ. ވިޝާމް އޭރުވެސް ދިޔައީ ޒިވާ ބަރު އެއްޗެއް އުފުލާތީ އެއްޗިސް ކިޔަމުންނެވެ. އަންހެނެއްގެ ސިފައިގައި ހުއްޓެއް ކަމަކު ޒިވާ އަކީ ފިރިހެނެކޭ ޒީހާން ބުނުމުން ވިޝާމް އަށް އޭގެން ނެގުނީ ނުބައި މާނައެކެވެ. އަނގަ ވަށްކޮށްލައިގެން ދެލޯ ބޮޑުކޮށްލިގޮތުން ޒިވާ އަށް ވީ ގޮތް ނަގައި ގަނެވުމުން ވިޝާމްގެ ގައިގައި ތަޅައިގަތެވެ. މާހީ ވަގުތުން ފޯނު ނަގާ އެމަންޒަރު ވީޑިއޯ ކުރަން ޖެއްސި އެވެ.

” ދެން ޝާމް ގަނޑާ!!.. ހަމަ އެނގި ހުރެޔޭ!!.. ވަރުގަދަ ސިކުނޑިއެއްނޫން ތަ ތި ގެންގުޅެނީ…” ވިޝާމް ގެ ގައިގައި ތަޅަމުން ދިޔަ އިރު ވެސް ޒިވާ ދިޔައީ އެއްޗިސް ކިޔަމުންނެވެ. ސައިކަލުގައި އެތަނަށް އައި ނާއިފް އަށާއި ނައިރާ އަށް ވީ ކީތްކަމެއް ނޭނގުމުން ދެން ތިބި މީހުން ކައިރި އަހާލިއެވެ.

ސައިކަލުން ފޭބެވުމާއި އެކު ނައިރާ ވަގުތުން ގޮސް ހުއްޓިލީ އަޔާޝް ގެ ފަހަތުގައި މޫނު ހަދައިގެން ހުރި މިޝްކާގެ ކައިރީގައެވެ. ނާއިފް އިއަންގެ ކައިރިއަށް ގޮސް މިއުޅެނީ ކިހިނެއް ވެގެން ހެއްޔޭ އަހާލި އެވެ. އިއަން ޖަވާބުގައި ވެގެން އުޅޭ ގޮތް ބުނުމުން ނާއިފް އަށް ޒިވާ އާއި ދިމާލަށް ބަލާލެވުނެވެ. އެހެންނަމަވެސް ޒިވާ ވިޝާމް އާއި އެކު ޖަހަމުން ދިޔަ ސަކަރާތް ފެނުމުން އޭނާ އަށް އުނދަގޫ ގޮތެއް ވެގެން ދިޔައެވެ. އޭނާ އަށް ދުރުބަލާލެވުނީ ވަމުން ދިޔަ އުނދަގުލުންނެވެ. ހިތްމަތީ ގާ ގަނޑެއް ބާއްވައިގެންނެވެ. ޒިވާ އެހެން ފިރިހެނަކާއި އެކު ވުމުން އެހިތަށް އުނދަގޫ ވަނީ ކީތްވެގެން ހެއްޔެވެ؟

ނައިރާ މިޝްކާ އާއި ދިމާލަށް ބަލާލާފައި ބުމަ އަރުވާ ލުމުން މިޝްކާ މޫނު މަތީގެ ކުލަވަރުތަށް އެކީ އެކައްޗަކަށް ހެން ބަދަލު ކޮށްލިއެވެ. އަދި ނުލަފާ ގޮތަކަށް ވިޝާމްގެ ފަހަތުން ދުވަމުން ދިޔަ ޒިވާ އަށް ބަލައިލިއެވެ.

” ޒިވާ… ވަރަށް ގިނަ ދުވަހު ތިހެން އުޅެވިއްޖެ އެއްނުން؟.. ދެން އޮތީ މަގޭ ބުރު.. ދެން ބަލަން ހުރޭ އަހަރެން ތި ޒިވާގެ އަތުން ވިޝާމް ޖަހައިގަންނަ ގޮތް… ތި ކުޑަކުޑަ މުސަޅުގެ އަތުން އަހަރެން ވިޝާމް ޖަހައިގަންނާނީ މިނިކާވަގެއް މަސްގަނޑަކަށް ޖަހައިގަންނަ ހެން..” އެއްމިޔަ ކަނިން ހީ ގަނެގެން ހުރި މިޝްކާ ހިތާ ހިތުން ކިޔާލިއެވެ.

އޭރު ދުރުގައި އީވާ ޒައިހާ މަލަކާ އަދި އަޔާނީ ނައިރާ އާއި މިޝްކާ އަށް ބަލަ ބަލާފައި ހޭން ތިއްބެވެ. ލާފައި ވި އެއްޗިހިންނާއި މޫނުމަތީގައި ކޮށްފައި ވި މޭކަޕުންނެވެ.

” އޭ ޔާނީ ދައްތާ އަހަރުން މިދަނީ އެ ރަށުގައި އޮތް ގާލާ ޕާޓީ އަކަށް ދޯ؟..” އަޔާނީގެ ކަންފަތް ބުޑުގައި ކައިރި ތިބި އެހެން މީހުންނަށް ނީވޭ ވަރަށް ޒައިހާ ބުނެލި ނަމަވެސް އޭނާ އަށް ހެވޭ ގޮތް ވުމުން އެއަޑު ވަރަށް ސާފުކޮށް ކައިރީގައި ތިބި އީވާ އަށާއި މަލަކާއަށް އަޑު އިވުނެވެ. އަދި އެތަނަށް އައި މާހީ އަށްވެސް ޒައިހާ ބުނެލި އެތި އަޑު އިވުމުން އިސް އުފުލާލާފައި ދުރުގައި ތިބި މިޝްކާ އާއި ނައިރާ އަށް ބަލާލިއެވެ. އޭނާ އަށްވެސް ޒައިހާ ބުނެލި އެތި ފަހުމުވުމުން ހެވޭ ގޮތް ވިއެވެ.

” ނޫނޭ، ގާލާ އެއް އެކަންޏެއް ނޫން ފެޝަން ޝޯ އެއްވެސް އެތާ އެބޮތް.. ތީމް އަކީ ‘ހައު ފޮރެއިން ޕީޕަލް ޑްރެސް އިން މޯލްޑިވްސް’… ހަހަހަ…” އަޔާނީ ޒައުހާ ބުނެލި ބަހަށް ރައްދު ދެމުން ބުނެލި އެވެ. ފަހު ޖުމުލަ ބުނެލަމުން ދެއަތުން “ކޮމާކޯޅި” ހަދާލިއެވެ. އެއާއި އެކު އެ ފަސް ކުދިންގެ ހުނުމުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ.

“އެމީހުންވެސް އެއަށްވުރެން ރީތިކޮށް ހެދުން އަޅާނެ… ބާލާބަ އެހެރަ އައުޓްފިޓްތަކެއް… ޕިސް ޕިސް ބޯހަލާކު..” އީވާ ވެސް ވަރަށް ނުވާކަމަށް ހަދާފައި އެއްޗެއް ބުނެލިއެވެ. އެއާއި އެކު އަނެއްކާ ވެސް އެ ފަސް އަންހެން ކުދިންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމާލި އެވެ.

” އޭ މަ ވާދަ ކުރަންޏާ އެމީހުން ލާފަ ހުރިހެން ސްވިމިންސޫޓާއި އެއްކޮށް ސޯޓު ލާފަ ފޭއްޔެއް ނޫނޭ އަނދެލާނީ.. ސީދާ ގެސްޓް ގައުން އެއް ލާނީ… ހަހަހަ…” މަލަކާވެސް އެމީހުންނާއި ބައިވެލިއެވެ. ގެސްޓް ގައުން އެކޭ ބުނެލި ވަގުތު އޭނާގެ އިސްތަށިގަނޑު ކުރިއަށް ގެންސްލާފައި ވަރަށް ތުއިކޮށް ފަހަތަށް އެއްލާލި އެވެ. އެންމެސް ހެން އެކަމަށް އެއްބަސް ވިއެވެ. އަދި އިތުރަށް އެދެމީހުންނާއި ދިމާކުރަން ފެއްޓިއެވެ.

 

އެންމެން ވޭލަރަށް އަރާ ހަމަޖެހުމުން ވޭލަރު ކައިރީގައި އޮތް ފަޅުރަށަށް ދާން ނައްޓާލިއެވެ. ޒިވާ އާއި ވިޝާމް ކައިރި ކައިރީގައި ތިބެފައި އެއާއި ޖެހިގެން އަޔާނީ އާއި މަލަކާ އަދި އީވާއެވެ. ކޮންމެ ގޮތެއް ވިޔަސް އަޔާޝް އީވާ އާއި ޖެހިގެން ކަނާތްފަޅިއަށް ހިޔަނިހެން އީވާގެ ގައިގައި ތަތްވެގަނެގެން އިނެވެ. އިއަން، މިޝަލް، ނާއިފް ތިބެފައި ދެން ތިބީ ނައިރާ އާއި މިޝްކާއެވެ. ވޭލަރު ދުއްވަން އިން ޒައްޔާންގެ ކައިރީގައި އިޔާޝް އިނެވެ. ވޭލަރު ދިރުނބާ ކޮޅުގައި ޒީހާން މާހީ އާއި ޒައިހާ ގޮވައިގެން އިނެވެ. ޒައިހާ އެތަނގައި އިނުމުން ފާޑަކަށް ޒީހާންގެ މޫޑު ވެސް ހުރީ ހަރާބު ވެފައެވެ.

ދޯނީގައި ތިބިއިރު އަޔާނީ ކައިރީގައި އިން މަލަކާ އަށް ވަގުވަގަށް ދިޔައީ މިޝަލް އަށް ބެލެމުންނެވެ. ފާއިތުވި ދެތިން ދުވަހު އެއްކޮށް އުޅެވުނެއް ކަމަކު ދެމީހުން އެކަކު އަނެކަކާ ވާހަކަ ދެއްކިފައެއް ނެތެވެ. ހިތް މަތީ ގާ ގަނޑެއް ބާއްވައިގެން މަލަކާވެސް އުޅެނީ އެހިތަށްވެސް ފަސޭހަ ވެގެންނެއް ނުނެވެ. އަދިވެސް އެ ހިތުގައި ރަން އަކުރުން ފެވިފައި ވަނީ މިޝަލްގެ ނަމެވެ. ދުވަހަކު ފަނޑުވެގެން ނުދާނެ ގޮތަށެވެ.

 

ވިހި ވަރަކަށް މިނިޓުތެރޭގައި އެކުދިންގެ ދަތުރުގެ މަންޒިލަށް ވާސިލް ވިއެވެ. އިޔާޝް ނަގިލި މޯދުގެ ފުން ހިފާބަކަށް އެއްލައި ލުމުން ފިރިހެން ވެރިންގެ ދެބައި ކުޅަ އެއްބައި މޫދަށް ފުންމާލިއެވެ. އަދި ދެން ތިބި މީހުން ކައިރި އެއްޗިހި ތަށް ބާލަން ބުންޏެވެ. އަންހެން ވެރިންގެ ކަމަކަށްވީ މަޑުން ތިބުމެވެ. އެހެންނަމަވެސް ޒިވާ އަށް އެކަން ކުރުން ވީ އުނދަގޫ ކަމަކަށެވެ.

” މަގޭ ހިތަށް އަރާ ޒިވްކޮ ކިހިނެއްވެފަ ބާވައޭ ހުންނަނީ.. ޒައިއާ ދެމީހުން ތީ ގައިމު ސިބްލިންގްސް އެކަމަކު ޒައި ނޫޅޭ ތިހެންނެއް، ދެފަޔަށް ހިނި އަރައިގެން އެއްތާކު މަޑުން ނީނދެވިގެން ތިއުޅެނީ…” ދޯނިން ބާލަން ފޮށިގަނޑެއް ހިފައިގެން ދަމުން އިޔާޝް، ޒިވާ އެދިމާލަށް އަންނަ ތަން ފެނުމުން ބުނެލިއެވެ.

” މަ މީ ޒައިހާ އެއް ނޫނޭ… ދެން ދޮންބެއަށް ވެސް އިނގޭނެ އޭނަ ގޭގަ އުޅޭ ގޮތް.. ބޭރުތެރޭ މާ މަޑުން އުޅުނަކަސް…” ޒިވާ ޒައިހާ އަށް ބަލއިލަމުން ޒައިހާ އަށް އަޑު އިއްވަން ބުނެލިއެވެ.

” އޭ!!!… ” ” ހޫން ދެން ފައްޓާނީ ކީ އެއް ނޫން…!!!!!!!” ވަގުތުން ޒައިހާ ރައްދު ދޭން އުޅުމުން އިޔާޝް އެދެމެދަށް ވަދެ ހަޅޭއް ލަވައި ގަތެވެ. ޒައިހާ މައިތިރި ވުމުން ޒިވާ ދޫނެރެލިއެވެ. އެހެން ނަމަވެސް އިޔާޝް ބަލައިލުމުން ނުވާކަމަށް ހެދިފައި ދުރު ބަލައިލީ ނެރެގެން ހުރި ދުލުގައި ދަތް އަޅާލަމުންނެވެ.

ހުރިހާ އެއްޗެއް ދޯނިން ބޭލެވުމުން ހުރިހާ އަންހެން ކުދިންތަށް ބާލުވަން ފިރިހެން ވެރިން ވޭލަރު ކައރިއަށް ޖެހިލިއެވެ. ވޭލަރުގައި ތިބި ފިރިހެނުންވެސް މޫދަށް ފުންމާލިއެވެ. އެމީހުންގެ ފައިގެ ކަކުލާއި ހަމައަށް މޫދުގެ ލޮނުގަނޑު އަރާ ވަރަށް ހުރުމުން ކޮންމެ އަންހެން ކުއްޖަކު އޭގެން މީހެއްގެ އަތްދަޑި މައްޗަށް ލައިގެން ނުތެންމާ އެއްގަމަށް ގެންދެވޭނެ އެވެ.

ވޭލަރުން ފައިބަން ވީ ވަގުތު އައީ ކަން ރެއަކާ ލުމުން ނައިރާ އަވަސް އަވަހަށް މިޝްކާގެ އަތުގައި ޖަހާލުމާއި އެކު ފޫކޮޅަށް ކައްޓެއް ހެރުނު ފަދައިން މިޝްކާ އޭނާގެ ހޭންޑްބޭގް ހިފައިގެން ވިޝާމް ހުރި ދިމާލަށް ހިނގައި ގަތެވެ. އޭރު ޒިވާ ވެސް އެދިމާލަށް ދާން ތެދުވަނީ އެވެ. މިޝްކާ ވިޝާމްގެ ކައިރިއަށް ޖެހިލުމުން ވިޝާމް ފުންމާލާށޭ ބުނެލިއެވެ. ތެމިދާނެ ކަމަށް ބިރުން ހުރެ ނަމަވެސް ފަސް އެބުރި ބަލާލިއިރު ޒިވާ އަންނަން އުޅޭ ތަން ފެނުމުން މިޝްކާ ފުންމާލިއެވެ. ފެނުގައި ޖެހުމުގެ ކުރިން ވިޝާމް މިޝްކާގެ ގައިގައި ހިފާ އޭނާގެ އަތްދަޑި މައްޗަށް އުފުއްލައިގެން އެއްގަމަށް ދާން ހިނގައިގަތެވެ. މި މަންޒަރު ފެނުނީ ވޭލަރުން ފައިބަން ދިޔަ ޒިވާ އަށެވެ. ހިތުގައި ރިހުމެއް އުފެދިގެން ދިޔައެވެ. އަދި ހަމަ އެއާއި އެކު މިޝްކާ އަށް އެހިތުގައި އުފެދިފައި އޮތް ނަފްރަތުގެ ހުޅުކޮޅަށް ތެޔޮ އެޅިގެން ދިޔައެވެ.

” ޒިވާ ނުފައިބަންތަ؟ ވިޝާމް އަށް ގޮވަން ވީ ދޯ މީނަ ބަލާ އަންނަން..” ” އުހުން މަޑެއް.. މަނަގާތި ފެނުގަ ޖެހުމުގެ ކުރިން..!!” ނައިރާ ފައިބަން އަންނަންދެން ހުރި ނާއިފް ޒިވާ ކުރެން އަހާލިއެވެ. ވިޝާމް އަށް ގޮވަން ފަސް އެބުރުނު ތަނާހެން ޒިވާ މަޑުކުރަނ ބުނެފައި ފުންމާލަން އުޅުމުން އޭނާ ޒިވާ ހިފަން ތައްޔާރު ވެލި އެވެ. އަނގައިން ތޫލި ހަޅޭއްކަކާއި އެކު ޒިވާ ތިމަންނާ ހިފާށޭ ބުނެ ވޭލަރުން ފުންމާލި އެވެ.

ދެލޯ މަރާ ފިއްތާ ބާރުކޮށްގެން އޭނާގެ އަތްދަނޑި މަތީގައި އޮތް ޒިވާ އަށް ނާއިފް އަށް ބަލައިލެވުނެވެ. އެއްވެސް މޭކަޕަކާއި ނުލައިވެސް އެއީ ރީތިކަން ހުސްކޮށްލައިގެން އޮތް ހޫރުޕަރީ އެއް ފަދަ އަންހެން ކުއްޖެކެވެ. ދެލޯ މަރާލައިގެން އޮތްގޮތުން ޒިވާގެ މޫނުމަތިން ފެންނަ މައުސޫމުކަން އިތުރު ވެއެވެ. ލުއި ލުއިކޮށް ނާއިފް ހީލަމުން ޒިވާ ގޮވައިގެން އެއްގަމަށް ދާން ހިނގައި ގަތެވެ.

މިޝްކާ އެއްގަމަށް ލާފައި ޒިވާ ބަލާ ދާން އެނބުރުނު ވިޝާމް އަށް ފެނުނު މަންޒަރާއި އިވުނު އަޑު ގަބޫލު ނުކުރެވުނެވެ. ނާއިފް އޭނާ އަށް ގޮވަން ހެދުމުން ޒިވާ ނާއިފް ހުއްޓުވާފައި ނާއިފްގެ އަތުތެރެއަށް ފުންމާލި ގޮތް އޭނާ އަށް ތިން ފަހަރު ތަކުރާރުކޮށް ފެނުނެވެ. ހިތުތެރެއަށް ބިރުވެރިކަމުގެ ރާޅެއް ބިންދާލިއެވެ. ނާއިފް ޒިވާ ގޮވައިގެން އައިސް އޭނާ ކައިރި ބެހެއްޓުމުން ގަބޫލު ނުކުރެވޭ ފާޑަކަށް ބަލަން ހުރެފައި ދުރަށް ހިނގައި ގަނެވުނު އިރު ފާހަގަ ވި ދެވަނަ ކަމަކަށް ވީ އެ ހުރިހާ އިރު ޒިވާ އޭނާ އަށް ބަލާ ނުލިކަމެވެ.

—–

ޒައިހާ ޒީހާން އަންނަންދެން ހުރެ ހުރެވެސް މާހީ ގޮވައިގެން ދިޔަ މީހާ އެނބުރި ނައުމުން ބޭރަށް ދެފައި ލައިގެން ވޭލަރު މަތީގައި އިށީންދެލިއެވެ. އެހެން އިންދާ ކައިރިން ފިރިހެންވަންތަ އަޑެއް އިވުމުން ބަލައިލި ހިނދު ކައިރީގައި އިއަން ހުރިތަން ފެނުމުން ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ތިޔަހެންނެއް ބަލާފަކާ އެއް ނޫނެވެ. ހީވީ ދެންމެ ދެންމެ މޭފަޅާފައި ނުކުމެދާނެ ހެންނެވެ.

” ނުފައިބަންތަ؟..” ” ނޫން..” ” ފުންމާލާ… އޭރުން ހިފާނަން..” ” ކޮބާ އޮތް ޔަގީން ކަމަކީ..” ޒައިހާ ނުފައިބާ އިންތަން ފެނުމުން ޒީހާންއަށް ބަލާލައިފައި އެސޮރު ދެން ނާންނާނެ އޭ ހިތަށް އަރުވާލާފައި ޒައިހާ އާއި ދިމާލަށް ހިނގައި ގަތުމާއި އެކު ހިތުގެ ތެޅުން އަވަސްވެލުމުން ޒީހާން އާއި ދިމާލަށް ކުދި ކިޔައިގަނެވުނެވެ. އެހެންނަމަވެސް ހައިރާން ވީ ޒައިހާ ފެނުމުން އޭނާއަށް ފަހަކަށް އައިސް މިވާ ގޮތް ހިތަށް އަރުވާލާފައިވެސް އެ ހިޔާލުތަށް ނަގާ މޫދަށް އެއްލާ ލާފައި ޒައިހާ ކައިރިއަށް ޖެހިލާ ނުފައިބާންނަ ތޯ ސުވާލު ކުރިއެވެ. އޭނާ ބުނާ ކޮންމެ އެއްޗަކަށް ރައްދުކޮށް އެއްޗެއް ބުނުމުން ބޯ ހޫރުވާލާފައި އިއަން އަނެއްކާވެސް ބުނެލިއެވެ.

” ފުންމާލިމަ އެނގިދާނެ އެއްނުން..” ” އާރ ޔޫ، އާރ ޔޫ ފްލާޓިން؟…” އެއްބުމަ އަރުވާލާފައި އިއަން ބުނެލި ގޮތުން އޭނާގެ ހިތުގެ ތެޅުން އިހުނަށް ވުރެން އަވަސްކޮށްލިއެވެ. “ނުފައިބާނަން ދޯ.. އޯކެ ދަނީ..” އިއަން އަށް ޒައިހާގެ އަނގައިން އެރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގުމުން ދާން ހިނގައި ގަތެވެ. އެހެން ނަމަވެސް ހުއްޓެން މަޖުބޫރު ވީ ޒައިހާ މި ފުންމާލަނީ އޭ ބުނުމުންނެވެ. ޒައިހާ ފުންމާލުމާއި އެކު ވަގުތުން ހިފާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން އިއަން އެއްގަމަށް ހިނގައި ގަތީ ޒައިހާގެ މޫނަށް ނުބަލާން ހުވާ ކުރަމުންނެވެ.

އެއާއި އިދިކޮޅަށް ޒައިހާގެ ނަޒަރު އިއަންގެ މޫނުން ނުނެއްޓެއެވެ. އެއްގަމާއި ހަމަ އަށް ދެވުނު އިރުވެސް އޭނާ އަށް ރެއަކާ ނުލައެވެ. އިއަން އޭނާ އަށް ބަލާލުމުން ޒައިހާ އަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. ލަދުން މުޅި މޫނު ރަތް ވާހާ ވަރު ވުމުން އިއަންގެ އަތްދަނޑި މަތިން ފައިބާ އޭނާ އެއްގަމަށް އަރައިގެން ޒިވާ ކައިރިއަށް ހިނގަިއ ގަތެވެ.

 

 

~ނުނިމޭ~

މިބައި ލަސްވި ކަމައްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބަިއން މާފަށް އެދެން… ކިޔުންތެރިންނަށްވެސް އެނގޭނެ ފަދައިން ފާއިތުވެގެން ދިޔައީ އެގްޒާމް ދުވަސްކޮޅު… އެހެން ކަމުން ވާހަކަ އަޕް ކުރުން މެދުކަނޑާލާފައި އަޅުގަނޑު ކިޔެވުމަށް ފޯކަސް ކޮށްލީ… އަނެއްކާވެސް ވައުދޭ ވެވޭ މީގެ އެހެން އެޕިސޯޑެއް މި ކިޔުންތެރިންނަށް ނެރެލަދެނީ… އުންމީދުކުރަނީ މި ވާހަކަ އަކީ ތި ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާ ޝައުގުވެރި ވާހަކަ އަކަށް ވާނެ ކަމަށް… އަދި ތިޔަ ކިޔުންތެރިން ތި ދެއްވާ ސަޕޯޓާއި ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭނެ ކުރިއެރުމެއް…

ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން….

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ތީ އޭ ހަނދަކީ 11

Next

ޑައިރީ (ދެވަނަ ބައި)

Next
June 26, 2022

ޑައިރީ (ދެވަނަ ބައި)

Previews
June 26, 2022

ތީ އޭ ހަނދަކީ 11

5 Comments!

  1. lau.laala786@gmail.com lau laalu says:
    June 26, 2022 at 8:34 pm

    reply to Watwr in the previous part…

    thank you unmeedhu kuran kuriah oiyy baithah vx reethi vaane kamah….

    1. lau.laala786@gmail.com lau laalu says:
      June 26, 2022 at 8:48 pm

      sorry 12 vana bai…

  2. lau.laala786@gmail.com lau laalu says:
    June 26, 2022 at 8:43 pm

    reply to nayaa in the previous part.
    manje bunyas ma ninmaamee hama curious kohhfa ingeyy eyrun dho dhen kiyaa hiyyvaanee vx… ??
    manje hithha thadhuviys ma kuran hithulaafa oii gothah kan kuraane ekam aslu neyge manje hithah thadhu vaane kameh so.. sorry ehen veema…
    eyyy dhonaa theenage single hithah thadhu vaa vhk nubuneyyy magey hithuga vx riheyne yey thihen bunyma i cant see my sis in pain dhw…??? dhen unmeedhakee ehen… in reality ah vx… ????
    DHWWW male fen boegen ulhey meehunnnah neygeyne eyy aharun rahhfushu kudin ulhey goii.. yxxx falhurashahkah gos ulhun DAMN my best of the best experience… ????
    and yes inthizaaru kureyy zaiha aa ian gulheyne dhuvahakah manje ahaa varun ekan mention kohhfa othyma mibaiga edhemeehunge bai vx leee… ehen noon nama nulaanan…
    and i love you tooooo❤❤❤?????????❤❤❤❤ okokokk dhanee byeeeeee miss you alotttttt

    1. Nayaa Nayaa says:
      June 26, 2022 at 9:49 pm

      Awwwwn lau gandaaaaaaaaaaaaaa
      Hehe yhhh readers curious kohlaafa ninmaalumaky assu writer egge enme molhu eh ukulhu
      Hehe dhn magey hithah thadhu viyas keeh dhw kuraany..vaan huri kameh vaanethaa
      Aaekey klw aaekey..falhu rashakah gos adhi eves overnight akh…damnnn..hama enme besttttttt♥️♥️♥️
      Alheyyyyyy thankiu dhoonyyy mibaiga e couples vx leema ingey..vrh vrh vrh reethi mi prt vx hama ♥️♥️vvvvvv proud vey ehaa talented kujjeh dhonaa kiyaathy..vrh ufaa vey thikahala molhu kokki eh libuneema..love you kokki gandaaaaa ???♥️♥️♥️♥️♥️
      Stay safe nd take care loabiiii♥️♥️♥️
      Miss vey bodu kon ?
      Curiously waiting for the next part inge..keep up the gud work ?♥️♥️♥️
      (Btw ekkala soru kobaatha mihaaru? Keun dhey vareh nuveythr adhi vx??????)

  3. lau.laala786@gmail.com lau laalu says:
    June 26, 2022 at 10:38 pm

    ohh my…
    dhaan vee kanne mi bandhuga vx goslan…should go tell my parents..??.
    eyy dhen ma ladhu ganeyyyyy….. dhen ekm varah foni vejjeain manje magey molhuvaahaka bunyma….?????
    i love you tooo dhonaaaaaaaaaaa…????❤❤❤❤?????????????????????????????????
    dhen alheyyyyyyyyyy yannugandaaaaaaa theena kamakee magey kairi esoruge vhk ehundhw….
    e vhk nudhahhka ma eynayaa vhk vx nudhahhka hurin 15 vrkh dhuvas vandhen well he didnt even text or call me …. and miadhu haveeru konmves iraku huri msg fasheh kohhfa… aishhhhh dhera vx vey ekam hama eyna ignore kuraanee dhen… eyna vx ma ignore kuree viyya… ????? adhivx eynage text thakah reply eh nudhen…???
    ok bye bye

Comments are closed.

Next Episodeވައުދޭ ވެވޭ މީ…21←


All Right Reserved!