ހިތުގައި ވޭ ތިޔަ ނަން… 1
ގަޑިން އެގާރަ ގަޑި ފަންސާސް ހިނގާ ބާރަ ޖަހަނީ އެވެ. ދަންވަރުގެ ޝިފްޓަށް ޑިއުޓީ އަށް ދާން އިޒާ ގެއިން ނުކުމެގެން ޓްވިން ވެލީ ހޮސްޕިޓަލް އާއި ދިމާލަށް ހިނގައިގަތީ ބާރު ފިޔަވަޅު ތަކެއްގައެވެ. ހިނގަމުން ދިޔައިރު އިރު އިރުކޮޅާހެން އަތުގައި އޮތް ގަޑިއަށް ބަލާލެވެނީ ގަޑިޖެހުމުގެ ކުރިން އަވަހަށް ހޮސްޕިޓަލަށް ވަންނަން ބޭނުން ވާތީއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ޖެހިގެން އޮތް ގޯޅިއަށް އަޅާލުމާއި އެކު ހެން ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ އެ މަގުގައި އިން ހިމަ ގޯޅިގަނޑެއްގެ ތެރެއިން ނުކުތް މީހުންތަށް ފެނުމުންނެވެ. މޫނުމަތިން އިސާހިތަކު ހާސްކަމާއި ބިރުވެރިކަން ދައްކާލިއެވެ. ފަހަތަށް އެނބުރި ދުއްވައި ގަނެ ވުނީ އެމީހުންގެ ފޮށުންތަކާއި ކުރިމަތި ލާން ބޭނުން ނުވުމުންނެވެ.
މަސްތުގެ ހާލަތުގައި ގޯޅިގަނޑުން ނުކުމެގެން ހިނގައިގަތް މާއިން އަށް ހުއްޓުމެއް އައީ ކުރިމަތީ ހުރި ހޫރުޕަރީ އެއް ފަދަ އަންހެން ކުއްޖާ ފެނުމުންނެވެ. އަނދިރީގެ ތެރޭގައި އޭނާ އަށް ހުރެވުނަސް މަގުމަތީގައި އެވަގުތު ދިއްލާފައި ހުރި ހޮޅިދަނޑީގެ އަލި އެ ޕަރީ އެއް ފަދަ އަންހެން ކުއްޖާގެ މޫނަށް އެޅިފައި ވުމުން ކިތަންމެ ހާވެސް ރީއްޗަށް އޭނާ އަށް ފެނުނެވެ. ބިރުވެރިކަމާއި ހާސްކަން މޫނުމަތިން ފެންނަން ހުރިއިރު މަޑުމަޑުން ފަހަތަށް ފިޔަވަޅު ނަގަމުން ގޮސް ދުއްވައި ގަތުމާއި އެކު އޭޏާ އަށް ވެސް ބޭއިޚްތިޔާރުގައި އެ އަންހެން ކުއްޖާ ފަހަތުން ދުއްވައިގަނެވުނެވެ.
ދުވަމުން ދިޔަ އިޒާ އަށް ސިހުން ލިބުނީ މީހަކު އޭނާގެ ފަހަތުން އައިސް އަތުގައި ހިފާ ދަމައިގަންފައި ޕާކުކޮށްފައި އޮތް ކާރެއްގެ ފުރަގަހަތަށް ވައްދައި އޭނާ އޭގައި ތަތްކޮށްލުމުންނެވެ. ހިތުގައި އުފެދިފައި ވީ ބިރުވެރިކަން އިތުރުވެގެން ދިޔަ ހިނދުން އޭނާ އަށް ދެން ވާނެ ގޮތް ހިތަށް އަރުވާލެވުނެވެ. އެކި ހިޔާލުތަށް ސިކުނޑިއަށް ވެރިވެގަތުމާއި އެކު އޭނާ އަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެމީހެއްގެ ހޫނު ނޭވާތައް އޭނާގެ ކަރު ދަށަށް އެޅިގެން ދިޔަ ހިނދުން ހިތުގެ ތެޅުން އަވަސް ވެލައިގެން ދިޔައެވެ. އެ މީހެއްގެ އަތްދަށުން ސަލާމަތްވާން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވެގެން ދިޔައީ އެމީހަކު އޭނާގެ އަތުގައި ހިފަހައްޓާފައި ވިލެއް ބާރުކަމުންނެވެ. ދެލޮލުން ކަރުނަ އަންނަން ފެށުމާއި އެކު އިޒާ އަށް ގިސްލެވެން ފެށުނެވެ.
” ޕްލީޒް އަހަރެން ދޫކޮށްލާ!!.. އަހަންނަށް ތިހެން ނަހަދާ..” އިޒާ އެހެން ބުނެލުމާއި އެކު އެމީހަކު އިޒާގެ ގައިން ދޫކޮށްލުމުން ހައިރާންކަން އިޒާ ވަށާލިއެވެ. އެމީހެއްގެ މޫނަށް އިޒާ އަށް ބަލާލެވުނީ ބޭއިޚްތިޔާރުގަ އެވެ. އެ މީހަކު އޭރު ވެސް ހުރީ އޭނާ އާއި ދިމާލަށް ބަލާށެވެ. މާނަފުން ބެލުމަކުން އިޒާ އޭނާގެ ކުރިމަތީ ހުރި މީހާ އަށް ބަލާލިއެވެ.
ގަޔަށް ދޫ ކަޅު ޓީޝާޓް އަކާއި ކަޅު ޖިންސެއް ލައިގެން ހުރި އިރު ޖިންސު ކަށްގަނޑު ކަކުލާ ހަމައަށް އަރައެވެ. ޓީޝާޓުގެ ބޮޑުކަމުން ގައިގެ އެއްވެސް ދިމާލެއްގައި ނުޖެހޭނެކަން ގައިމެވެ. ކަރާއި ވީ ދިމާލުން ބާހެދިފައި ވެސް ހުއްޓެވެ. ދެ އަތުގައިވެސް ޕެކިނާއި ޗެއިނު އަޅާފައި ވީ އިރު ކަރުގައި ވެސް ދެ ފަށް އަޅާފައި އޮތެވެ. އޭނާ އަށް އާންމުކޮށް އެ ގޯޅިގަނޑުން ފެންނަ މީހުންނާއި ހިލާފަށް ކުރިމަތިން ފެންނަން ހުރި މީހާގެ އިސްތަށިގަނޑު ކުރެވެ. އަދި ބަލާބެލުމަށް އާ ޅަ ވައްތަރު ވެސް ޖަހައެވެ.
ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތަކަށް ފަހު އިޒާ އެމީހެއްގެ ނަޒަރުން ސަލާމަތް ވާން އަވަސް އަވަހަށް އޭނާގެ އަތްދަށުން ނުކުމެގެން ކުރިއަށް ދުއްވައިގަތެވެ. އެހެންނަމަވެސް އެމީހަކު އޭނާގެ އަތުގައި ހިފުމުން އޭނާ ހުއްޓުނެވެ. ހިތުގައި އުފެދިފައިވީ ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ހޮސްޕިޓަލަށް ދާން ގަޑިވެސް ޖެހިއްޖެ އޭ ހިތަށް އެރުމުންނެވެ. އޭނާގެ ކުރިމައްޗަށް އެމީހަކު އެރުމުން އިޒާ އަށް އިސްޖަހާލެވުނީ އެމީހަކާއި ދިމާލަށް ބަލަން ކުޅަދާނަ ނުވުމުންނެވެ.
މާއިން އެ އަންހެން ކުއްޖާގެ ނަން ހޯދަން ޝައުގުވެރި ވުމުން އެ އަންހެން ކުއްޖާ އޭނާގެ ލޯމަތިން ދިއުމުގެ ކުރިން އަތުގައި ހިފާ ހުއްޓުވި އެވެ. މަޑު ފިޔަވަޅު ތަކެއްގައި އޭނާ އެ އަންހެން ކުއްޖާގެ ކުރިމައްޗަށް އަރާ އިސްޖެހިފައި ވީ އެމޫނުގެ އިސް އުފުއްލުވާލިއެވެ. އެ ކުރަނގި ދެލޮލުގެ ތެރޭގައި ކަރުނަތަށް ބޮނޑިވެފައި ވީ ކަރުނަތަށް ތިބީ ފައިބަން ތައްޔާރަށެވެ. އެ މަންޒަރު ދެކުން ވީ މާއިން އަށް ބަރުދާސްތު ކުރަން ދަތި ކަމަކަށެވެ. އެ އަންހެން ކުއްޖާގެ ގައިން ދޫކޮށްލާފައި އޭނާ ދުރަށް ހިނގައިގަތެވެ. އޭރު އޭނާގެ ސިކުނޑިތެރޭގައި އަމިއްލަ ނަފްސާއި ހަނދާންތަކާއި ދެމެދު ހަނގުރާމައެއް ކުރެވެމުން ދިޔައެވެ.
އިޒާ އަށް އެމީހަކު އޭނާ އާއި ދުރަށް ހިނގައިގަތުމުން ފުން ނޭވާ އެއް ދޫކޮށްލެވުނެވެ. އެކިފަހަރު މަތިން އެ ގޭނގުގެ މީހުން އޭނާ އާއި އެވަގުތު ފޮށުނު ކަމުގައި ވިޔަސް އޭނާ އެގޮތަށް ދޫކޮށްލާފަކާ އެއް ނުވެއެވެ. ލިބިފައި ހުރި ހައިރާންކަމުގެ ބޮޑުކަމުން އޭނާއަށް ޑިއުޓީ އަށް ދާން ގަޑި ޖެހުނުކަންވެސް ހަނދާން ނެތް ފަދައެވެ. މަގުކޮޅހުން އެމީހާ އޮބާލަންދެން އޭނާ އަށް ބަލަހައްޓައިގެން ހުރެވުނެވެ.
” އަހް.. ޔެސް، ނޫން.. ސޮރީ ކުޑަ ކަމެއް ދިމާވެގެން… މަގުމަތީ،… ޔެސް… މިދަނީ މިހާރު…” ފޯނުގެ ރިންގްގެ އަޑަށް ސިހިފައި އިޒާ އަށް ފޯނަށް ބަލައިލެވުނެވެ. ގުޅަނީ އޭނާ ޝިފްޓަށް ނައިސް ލަސްވެގެންނެވެ. ލަސްވުމުން ޑިއުޓީ އަށް މިރޭ ނާރަނީ ތޯ އެހުމުން އޭނާ އަވަހަށް މިދަނީ އޭ ބުނެ ފޯނު ކަނޑާލިއެވެ. އަދިވެސް އެއްފަހަރު މަގަށް ބަލައިލަމުން އޭނާ ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ.
” ހެއި… ހާދަ ވަރެއް ވެފަ؟؟… ކިހިނެއް ވީ؟؟؟…” އީނާޝް އަހާލުމާއި އެކު އިޒާ އަށް އީނާޝް އަށް ބަލާލެވުނެވެ. އޭނާ ހޮސްޕިޓަލަށް އެ ވަނީ ދެންމެގަ ވިއްޔާއެވެ. 9 ވަނަ ފްލޯގެ ރެސެޕްޝަން ޓޭބަލް އާ އޭނަ ކައިރިވެލީ ސައިން އިން ވެލާށެވެ. އީނާޝް އެހެން ބުނުމުން އިޒާ އަށް އަމިއްލަ ނަފްސަށް ދަބަހުގައި އޮތް ފުއްދަޅުގެ ލޯގަނޑުން ބަލައިލެވުނެވެ.
” އާން އެއީ ބޭރު ވަރަށް ވައި ގަދަ އެއްނުން… އެހެންވެ ކުޑަކޮށް ހަޑިވެފަ… ދެން އަންނަނިކޮށް މީހެއްގެ ގައިގަ ޖެހުނީ… އެ ޖެހުނުގޮތަށް ވެއްޓުނީމަ ބެގީ، ނެއްޓުނީ ކަމަށް ވާނީ…” ތުރު ތުރު އަޅާ ކަހަލަ އަޑަކުން އިޒާ އަށް ޖަވާބު ދެވުނެވެ. ދޮގު ހަދަން ވުމުން އޭނާ އަށް އުނދަގޫ ވީއެވެ. އެހެން ނަމަވެސް އޭނާ ބެލީ ވީހާވެސް އަސްލާއި ގުޅުވޭ ގޮތަށް އެއްޗެއް ބުނާށެވެ. ކަންދިމާކުރި ގޮތުން އޭރު ބޭރުތެރޭގައި ވަނީ ފިނި ހިފާލާފައެވެ. ވައިވެސް ބާރުވެފައި ވުމުން އިޒާ އަށް ދޮގު ހެދުން މާކަށް އުނަގޫ ކަމަކަށް ނުވިއެވެ. އެހެން ބުނެލުމަށް ފަހު އަނެއްކާވެސް އިޒާ އޭނާގެ މޫނަށް ލޯގަޑުން ބަލާލިއެވެ. ދަންވަރު ގަޑި ވުމުން މަދު ބަޔަކު ފިޔަވާ ހަރަކާތްތެރިވެ އުޅޭ އެކަކުވެސް ފެންނާކަށް ނެތެވެ.
އިސްތަށިގަނޑު ހޭވިފައި ވީ އިރުލައިގެން ހުރި ބެލްސް އާއި ޓީޝާޓްއާ އެކު ކޮށްފައި ވި ބެގީ ވެސް ވަނީ ނެއްޓިފައެވެ. މަޑު މުށިކުލައިގެ އިސްތަށިގަނޑަށް ޖަހާފައި ވީ ކަޅު ކުލައިގެ ކްލޯވ ކްލިޕް ނައްޓާލާފައި އިސްތަށި ގަނޑު ވިއްސާލަމުން އިޒާ އޭނާ ލައިގެން ހުރި އަޅި ބްލޭޒާރ ބޭލިއެވެ. އެއްކޮށް ބެގީ ނައްޓާލާފައި ދަބަހާއި ބްލޭޒަރ ހިފައިގެން ފާހާނަ އަށް އިޒާ ދިޔައީ ރީތި ވެލާށެވެ.
އިޒާ އަކީ ޓްވިން ވެލީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ވިހި އަހަރުގެ ހީވާގި ނަރުހެކެވެ. ކޮންމެ ދުވަހަކު ދެ ޝިފްޓަށް ހޮސްޕިޓަލަށް އިޒާ ދާންޖެހޭ އިރު، އިޒާ އަކީ މަސައްކަތަށް ފަރުވާ ބަހައްޓާ، ކުރަން ހުންނަ މަސައްކަތްތަށް އެންމެ ފުރިހަމައަށް ނިންމާ އެ ހޮސްޕިޓަލުގެ އެހެން މުވައްޒަފުންގެ ލޯބި ހޯދާފައިވާ ނަރުހެކެވެ. އޭލެވެލް ނިންމާ ނާރސިންގ ކޯހެއް ހެދީ އެއީ އޭނާ އެންމެ ގަޔާވާ މަސައްކަތަށް ވުމުންނެވެ. ކުޑައިރުއްސުރެން ނަރުހަކަށް ވުމުގެ ހުވަފެން ދެކެމުން އައިސް އެ ހުވަފެން ތަކުގައި ކުލަ ޖައްސަމުން އެދަނީ އޭނާގެ މުސްތަގްބަލް ކުރިއަރުވާށެވެ. އެ ހޮސްޕިޓަލުގައި އޭނާ މަސައްކަތް ކުރަން ފެށިތާ އަދި އަހަރު ދުވަސް ހަމަ ނުވާއިރު އޭނާ އަށް ދަނީ އެކި ޑޮކްޓަރުންނާއި އެހެންނިހެން މުވައްޒަފުންގެ ތައުރީފް ލިބެމުންނެވެ.
ނިދަން އަރާ އޮތް މިފްޒާލް ގެ ތުންފަތް މަތީގައި ވަނީ ހިނިތުން ވުމެކެވެ. ނިތްކުރި މަތީ އަތްބާއްވާލައިގެން އޮތް އިރު އަނެއް އަތް ވަނީ ބަނޑު މަތީގައި ބާއްވާލެވިފައެވެ. ހިޔާލު ތަކުގައި އޭނާ އޮޔާ ދަމުން ދިޔައިރު ކުރެވެމުން ދިޔައީ އަޒްހާގެ ހިޔާލު ތަކެކެވެ. އަޒްހާގެ ލޯބި މޫނު ކޮޅު ސިފަވާހިނދުން މިފްޒާލްގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވެއެވެ. ހަމަ އެއާއެކު އަޒްހާގެ ކޮންމެ އާދައެއް އެ ސިނކުނޑީގައި ހަރުލާފައި ވުމުން އެ ހުރިހާ ކަމެއް އޭނާ އަށް ދަނީ އަވާމެންދުރެއް ފަދައިން ކުރިމަތީ ކުޅެވެމުންނެވެ. ބައެއް ފަހަރު މިފްޒާލްގެ ދެ ކޯތާފަތްވެސް ރަތް ވެލާ ފަހަރު ވެސް އާދެއެވެ.
ފޯނަށް މެސެޖެއް އައި އަޑަށް ސިހިފައި މިފްޒާލް އަށް ފޯނާއި ދިމާލަށް ބަލާލެވުނެވެ. ސައިޑް ކަބަޑު މަތީގައި އޮތް ފޯނު ނަގާ އޭނާ އަށް ނޮޓިފިކޭޝަންސް ބަލާލެވުނެވެ. މެސެޖު އައިސްފައި ވަނީ އަޒްހާ ގެ ފަރާތުންނެވެ. * ތެންކްސް… އައި އެޕްރިޝިއޭޓް އިޓް.. ގުޑް ނައިޓް…* ކުރު ގޮތަކަށް އޭޏާ މިއަދު އެންމެ ފަހުން ކޮށްފައި ވި މެސެޖަށް ރިޕްލައި ދެމުން އަޒްހާ ބުނެލާފައި އިން މެސެޖު ފެނުމުން މިފްޒާލްގެ ތުންފަތްމައްޗަށް ހިނިތުން ވުމެއް ވެރި ވިއެވެ. އަޒްހާ އަށް ވެސް ގުޑް ނައިޓް މެސެޖެއް ފޮނުވާލުމަށް ފަހު އޭނާ ވެސް ނިދަން އޮށޯތެވެ. ކައިރީގައި އިތް ބާލީހުގައި ބައްދާލައިގެން މިފްޒާލް ދެލޯ މަރާލީ އަޒްހާގެ ސޫރަ ލޯ ކުރިމައްޗަށް ސިފަ ކުރަމުންނެވެ. މާ ގިނަ އިރުތަކެއް ނުވެ މިފްޒާލްގެ ލޮލަށް ނިދި ސަވާރުވެ ހުވަފެނީ އާލަމަށް ދަތުރު ފެއްޓި އެވެ.
މާލޭ ރާޅުގަނޑު ސަރަހައްދުގައި މާއިން އިން އިރު އޭނާގެ ނަޒަރު މޫދަށް ހުއްޓަސް އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔައީ މާ ކުރީގެ ހަނދާންތަކެކެވެ. އެ ހަނދާންތަށް އާވަމުން ދިޔަ ވަރަކަށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރުވާލައެވެ. ކޮންމެ ފަހަރަކުވެސް އޭނާ އަށް ސިފަ ވަނީ ކަރުނުން ފުރިފައި ވި ލޮލެކެވެ. އޭނާ އަންހެން ކުއްޖަކަށް އަނިޔާ ކުރާ ތަނެވެ. ކަންފަތުގައި ގުގުމަމުން ދަނީ އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑެވެ. އާދޭސް ތަކެވެ. އޭގެ ތެރެއިން ވެސް އޭނާ އަށް އެންމެ ފާހަގަ ކޮށް އިވެމުން ދިޔައީ އޭނާ އެ އަންހެން ކުއްޖާ އާއި ދިމާލަށް ކިޔަމުން ދިޔަ އެއްޗިސްއެވެ. ކުރަމުން ދިޔަ ތުހުމަތު ތަކެވެ. ދެމުން ދިޔަ އަނިޔާ އެވެ.
ހުރިހާ އެއްޗެއް ފްލެޝްބެކްސް ތަކެއް ހެން ހަނދާން ވަމުން ދިޔަ ވަރަކަށް އޭނާގެ ބޮލުގައި ރިއްސައިގަތެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ވެސް އިތުރު ވީ އެވެ. އެވަގުތު ވީ ބޯކޮށް ވާރޭވެސް ވެހިލި ގަޑި އަކަށެވެ. މާއިންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް އެ މޫނުގައި ބޮސްދީފައި ދަމުން ދިޔަ ވާރޭގެ ފެންތިކި ތަކާއި އެކުވެގެން ދިޔައެވެ. ބޮލަށް ބާރުކުރަމުން ދިޔަލެއް ބޮޑުކަމުން މާއިން އަށް ބޮލުގައި އަތް އަޅާ ބާރުކޮށްލެވުނެވެ. އެއާއި އެކު ޭނާ އަށް ރޮއެގަނެވުނެވެ.
” އައިމް ސޮރީ… އައިމް ރިއަލީ ސޮރީ… ނާއި ޕްލީޒް ފޮގިވް މީ…..”
~ނުނިމޭ~
އުންމީދު ކުރަން ހުރިހާ ކިޔުންތެރިން ނަށް ހިތުގައި ވޭ ތިޔަ ނަން، މި ވާހަކައިގެ ފުރަތަމަ އެޕިސޯޑް ކަމުދާނެ ކަމަށް… އިންޝާ ﷲ ދެން އޮތް ބަޔާއިއެކު ވަރަށް އަވަހަށް ބައްދަލް ކޮށްލާނަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




brw furatahama bai vx hama habeys ingey.. vrh salhi aslahvx.. heevey mee vrh interesting story akh vaane hen..
ey btw ma buny cover ga mifzal ey jahaafa in than fenuneema magey hinigandu dhiyaee falhaigen.. klw gayaa.. ekkala kanthah mathin handhaan v.. lmaooo
ey arn dhn okey ingey.. dhany ey.. adhi maghrib namaadhu nukoh mi ulheny.. bye
waiting for the nxt prt..
nd also waiting for the nxt prt of vaudhey vevey mee
loabi vey vrh bodah
miss vx vey hama ehaa varah <3
eyyyyyy laaaaa kalooooo….. ma hama huvaa ingey manje handhaan gadha eyy dhw… betrayers dhww foobudun nunettey adhives ingeytha,…
yes yes intresting vx vedhaane hmm hmm lesseeee
isa isa yeas dhen oii bai liyefa fohely kamunudhiyaima 4 ah gossa 2 badhal kohhlanee mi mihaaru
hee hee
okk okk me is go byeeeeee
im in a middle of a conver eyy
this is naayoo ge cmnt ge reply ingeyyyyyyyyy
Hahahaha arn ekeyyy.. how can I forget those fake ppl who betrayed yuh in the name of friendship? Honestly everything was well deserved for them..they say it right..karma will get to you some day dhw..haha.. mihaaru dhn gotheh nethigen dhw manje foobuduga mi enbureny..pss pss..varegge baekey..magey kurimahchah aissiyyaa hama bavaa alhaayaanee
Oooo okii..dhn inthizaaru kurevey eba
Klw gayaaa hiyeh nuvey aadhaige conversation eh henneh ??..anekka kaaku baa? Angaalaigen ulhehchey ingey ???
dhen fake wumaa nuvumaa eii emeehunge kamehnun dhww…. not mine… heheh friendship dhwww… hmm mihaaru i have specialised… lolll ?????
well emeehunnah deserve vaan vee kanthah deserve vee… IDC igns
well karma dhw.. in good way or negative wayyy???? NGL i take karma as a b**ch????
hiyanihenney hama foobuduga.. ma baehfaharu landu vx dhen gothakah… dhen bandhuveleema ma mionnanee geyga ekam konme dhuvahaku dhan moodhah…. jetty kolhun funmman dhanee and yes varah vissara so boamathin raalhu naganee like its so fun… ?????
manje thee dhen evaruge meeheh yageenehhnun manje kurimahhchahh aissiyya bavaalaanekan eyah vurenvx boduvaru thoahcheh…???????????
angaalaigenneyyy nooney hama aadhaige conver eh eyna ma reply nukohhgen span kurn feshyy… hahhaa????????
Well yea..karma definitely is a b****
Klw ey arn ma vx mi onnany geyga..ekm hithah araa moodhah dheveyne nama ey..manma aa bappa aa noolhey rashaku..dhn bappa buny ekani nuvaaneyoa evvx thaakah gosgen.. especially moodhu..vrh foohivey
Eyyy alhe manje thihn dhaa iru ma vx govaigen dheybala dhw ??..haadha majaa vaaney bandharun funman..adhi vissaara iru..??..heyo nuvaane arn
Ey thi Kolhah vx vrh vissaara dhw..mikolhah vx mi dhe dhuvahu vrh vissaara..
Manje thy abadhu vx meehaku rpl nukohfiyyaa thi kan kuraa meehennu.. I’m not even surprised at this point..kanbulo haas nuvebala thi soru annaaney manje unguga onnan adhi ?????
ye ofcrs karma is a b****
aaekey kalo v vissara aharun thihtha mengey furalhu vettigen ebaulhey… reyfathihu vehunu vissaraiga….???
dhen manje aima dhw gendheveynee.. kalo bandhu feshunee ey meehunthah annan feshyma bodu grp ga dhaanee vx manje manje dhahikohhfa…..??????????? vrh majaa ingeytha… raalahh funmaaleema dhaanee oyaaa ekam ingeytha varah majaa rah beyrah vx dhaa faharu vaane….
miaaru masheh nun mi goas vee.. dhen mashah ingey ma dhw enme ginain spam kuranee butttttt ummm.. eyna eyy spam uree efaharu ma avahah dhaan vegen nney dhen eii…. ????????
kamanaaaaaaa…… ma vx mi unmeedhu kuraneee thi dhuvahakah.. eba hithah araa bunan vxx lolllllll………??
V salhi mi part Vs masha Allah ❤️ ❤️ ❤️ ❤️ Mee v reethi vaahaka akah vaanehen hen heevanee v kiyaahithun huttaa e nimunee v avahah gensdheeba next episode
Waiting for the next part
in reply to princess…
thank you @Princess
i hope meethi kiyunthrinnah reethi vun…
yeah maadhamaa i thnk submit kohhleveyne hen…
isa libeyne dhen oii bai v avahah kiyaalan