އަސަދު ﷲ އަކީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އެއީ މަންމަ އާއި ބައްޕަގެ ހުރި އެންމެ ކުޑަ ކުއްޖާއެވެ. އާއިލާގެ ތަރުތީބުން ނަމަ 4 ވަނަ ދަރިފުޅެވެ. އަސަދު ﷲ ގެ އެންމެ ބޮޑު އުންމީދަކީ މަންމަ އާއި ބައްޕަގެ ބަސްއަހައިގެން ކިޔަވާ މޮޅު ކުއްޖަކަށް ވުމެވެ. އެއްދުވަހަކު އަސަދު ﷲ އޭނާގެ ބައްޕަ އާއި އެކު ކާން އިށީނެވެ. ކެއުމުގެ ވަގުތެއްގައި ބައްޕަ ކަނީ މަންމަގެ އިތުރުން ހުރިހާ ކުދިންނާއި ވެސް އެކީ ގޭގައެވެ. […]
’އައި ޑޯންޓް ހޭވް ޓު އެކްސްޕްލެއިން އެނީތިން ޓު ޔޫ…ޔޫ ވަރ ޖަސްޓް… ވަންސް މައި ފޭވް އިން ބެޑް…ނަތިން މޯ…އައި ނެވަރ ލަވްޑް ޔޫ…ތި ޑެލުލޫ ސިކުނޑިއަށް ވިސްނިގެން އުޅޭ ގޮތް ތީ…ނައު ދެޓް އައި ހޭވް އަ ނިއު ފޭވް…އައި ޑޯންޓް ރިއަލީ ނީޑް ޔޫ ނޯޔާ…‘ އާރިންގެ ދުލުން ބޭރުވި ބަސްތައް ނޯޔާގެ ކަންފަތް ބުޑުގައި ގޮއްވައިލި ބޮމެއް ފަދައެވެ. **** ’ވަޓް ދި ފަކް! އާރ ޔޫ ފަކިން ސީރިޔަސް ރައިޓް […]
ހިތަށް އެރިއެވެ.އަހަންނަށް މި ހާލު ޖައްސަން އާރިންއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ލޯބިވާކަމަށް ހެދިގެން އޭނާ އެ ކުޅެލީ އެ އަހަރެންގެ މުޅި ދިރިއުޅުމާއެވެ.އަހަންނަށް އެހެން ހަދަން އަޅެ އަހަރެން އޭނާއަށް ކުރީ ކީއް ހެއްޔެވެ؟އާރިން އެ ފާޑަށް އެ މުޑުދާރު ދިރިއުޅުން އުޅެން ބޭނުންވާއިރު ކޮންމެހެން ގުރުއާން މުދައްރިސަކަށް އޭނާ ވުމުގެ ބޭނުމަކީ އޭނާގެ އެ އަނދިރި ފަރާތުގެ ނިވާފަތްގަނޑަކަށް އެކަން ހެދުން ހެއްޔެވެ؟އަހަންނަށް އެކަން އިހުސާސްވީ ދީނަށްވެސް އާރިން ކުރި މަލާމާތެއްގެ ގޮތުގައެވެ. **** […]
ގްރޭޑް 4 ގެ ކްލާހަށް އެކްލާހުގެ މުދައްރިސް ވަނީ އެންމެ ފަހުގަޑި ކިޔަވައި ދިނުމަށެވެ. އެއީ އެކްލާހުގެ ދިވެހި ގަޑިއެވެ. އެދުވަހަކީ ދިވެހި މާއްދާއަށް ބޭނުންވާ ބައެއް ތަކެތި ކްލާހަށް ގެންނަން ބުނެފައިވާ ދުވަހެވެ. ގައުމީ ނުވަތަ ޘަގާފީ ހެދުމެއް ތައްޔާރު ކުރުމަށްޓަކައި އެދުވަހު ވަރަށް ގިނަކުދިން އެތަކެތި ހޯދައިގެން ގެނައެވެ. ޝާމް އަކީ ކުލާހުގައި އެންމެ މަޑުން އިންނަ ކުއްޖާއެވެ. ކްލާހުގައި ޝާމް އެހާ މަޑުން ބަސްއަހައިން އިންނާތީ އެކްލާހުގެ ކުދިން ޝާމްއާ ވަރަށް ދިމާކުރެއެވެ. […]
މިއަދު ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ހަގީގަތް ދުނިޔެއަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން ގެންދަނީ ނޫސްވެރިންނެވެ. އެތައް ނުރައްކަލެއް ކުރިމަތިވަމުން ދިޔަ ނަމަވެސް، އެ ބިމުގައި ހިނގަމުންދާ ހަނގުރާމައިގެ ހަގީގަތް ދުނިޔެއަށް ހާމަކޮށްދިނުމުގައި އެ ނޫސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. ނޫސްވެރިންގެ މުހިންމުކަން: ޣައްޒާގެ ނޫސްވެރިންނަކީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދޭ ބައެއް ނޫނެވެ. އެއީ ހަގީގަތުގެ އަޑެވެ. އިންސާނިއްޔަތުކަމުގެ އަޑެވެ. އަނިޔާވެރިކަމާއި އިހާނެތިކަމުގެ ހެކިންނެވެ. އެ ނޫސްވެރިންގެ ފަރާތުން ލިބޭ މަޢުލޫމާތަކީ ދުނިޔޭގެ […]
އާރިން ދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ.އަދިވެސް ލޯބިވޭ މެއެވެ.އެހެނަސް އޭނާއަށް އަހަރެންގެ ލޯބި ހައްގު ނުވާ ވަރު ކީރާގެ ސަބަބުން އަހަންނަށް މިރޭ އެނގިގެން ގޮސްފިއެވެ.އޭނާ މިރޭ އަހަރެންގެ ފަހަތުން ނައިނަމަ އަހަރެން އަދިވެސް ހުރީހީ ކަނު އަނދިރީގައެވެ.އާރިންގެ މަތި އޮމާން ކަމުން އަހަންނަށް ޝައްކެއްވީ ފަހަރަކުވިއްޔާވެސް އޭނާ އޮތީ ނިކަން މޮޅަށް ވާހަކަ ހަމަޖައްސައިފައެވެ. **** އަހަރެން ދެން އަވަސްވެގަތީ އާރިން ހަރުކޮށްފައި ހުރި ކެމެރާތައް ހޯދާށެވެ.އަހަރެންގެ ވީޑިއޯ ނަގާފައި ހުރި އޭންގަލްތަކުން އެއީ އެންމެ […]
އިރުއޮއްސޭ މަންޒަރު ބަލަން ދޮންވެލިގަނޑުގައި އިށީނދެލައިގެން އިން ބާވީސް އަހަރުގެ މައިލާގެ ކުޑަ ތުންފަތުގައި ކުރަހައިލެވިފައިވަނީ ލުއި ހިނިތުންވުމެކެވެ. ރަތް ވިލާތަކުގެ ތެރެއިން އިރު ފެނިގެން ދަނީ އޮރެންޖް އަލިފާން ބޯޅައެއްގެ ސިފައިގައެވެ. އުޑުމަތީގައި ވިލާތަށް ކުދިކުދި ކަފަކޮޅުތަކެއް ފަދައިން އުދުހެމުން ދިޔައެވެ. އިރުގެ ރަން އަލި މައިލާގެ މޫނަށް އެޅިފައިވީއިރު އޭނަގެ އޮޅަލި ކުލައިގެ ހަންގަނޑު ވިދަމުން ދިޔަ ފަދައެވެ. އިރުގެ އަލީގެ ސަބަބުން އޭނަގެ ކޮފީކުލަޔަށްދާ ކަޅިވަނީ މަޑު ޗޮކްލެޓްކުލައަކަށް ބަދަލުވެފައެވެ. ނޫ ކުލައިގެ ޝޯލްއަކާއި […]
ލުބާއަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލުބާގެ އުމުރަކީ 7 އަހަރެވެ. މަންމަ އާއި ބައްޕަ ލުބާދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ. ލުބާ ކުރަންޖެހޭ ކަމަކީ ހަމައެކަނި މަންމަ އާއި ބައްޕަގެ ބަސްއެހުމެވެ. ގޯސް ކަންތައްތައް ނުކޮށް މަންމަމެން އުފާވާ ގޮތަށް އުޅުމެވެ. އޭރުން މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ މީހުންނާއި ރައްޓެހިންވެސް ބަސްއަހާ ކޮންމެ ކުއްޖެއްދެކެވެސް ލޯބި ވާނެތީއެވެ. އެއްދުވަހަކު ލުބާ އޭނާގެ ގެކައިރީގައި އުޅޭ ރައްޓެހި ކުދިންނާއެކު ކުޅެލަން ބޭރަށް […]
އެތާނގައި މަދު ސިކުންތުކޮޅެއް ވަންދެން މަޑުކުރުމަށްފަހު އޭނާ އެތަނުންދިޔައެވެ. ރައުޝާން ފަހަތަށް ބަލާލީ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. ރީޝާ އެމީހުންނާ ދުރަށް ގޮސް ރޮމުން ދިޔަތަން ފެނުމުން ރައުޝަންގެ ހިތް ވަރަށް ބޮޑަށް ދެރަވިއެވެ. ދެން ރައުޝަން އިނާލް އާއި ޒީއާއަށް ބުނީ އޭނާ ގެއަށް ދާން އުޅޭ ކަމަށެވެ.ނަމަވެސް ރީޝާ ރޮމުން ދިޔަ މަގުން އޭނާ ހިނގައިގަތެވެ.އަދި ރީޝާގެ ބުރަކަށިގައި ކޮއްޓާލިއެވެ.އޭނާގެ ފަހަތުން ކޮއްޓާލި ހެންހީވެގެން އޭނާ ފަސްއެނބުރި ބަލާލިއެވެ. ރައުޝަން ފެނުމުން އޭނާ އިތުރަށް […]