Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 27

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 31, 2023 3 Mins Read
4 Comments

 

ޒީނިޔާ މިހާރު ވިސްނަމުންދަނީ ޒީންގެ ހަޔާތާއި ގުޅުންހުރި ބައެއް ވާހަކަތައް ޒީންއަށް ކިޔައިދިނުމަށެވެ.ފަރީދުގެ ހަގީގަތެވެ. ޒީނިޔާއަށް ކުރިމަތިވި ކަޅު ދުވަސްތަކުގެ ވާހަކަތަކެވެ . ނާސިފްއަކީ ކާކުކަމެވެ. ޒީންގެ އަސްލު ބައްޕައަކީ ކާކުކަމެވެ. ނަޖުމާގެ އިތުރުން ފަރީދު ނަތޫދެކެ އެވާލޯބީގެ ހަގީގަތެވެ. މިއިން ކޮންމެ މީހަކީވެސް ސިއްރެއް ފޮރުވިފައިވާ ބައެކެވެ. އަދި އެއިން ކޮންމެ މީހެއްގެ ހަޔާތުގައި ދިމާވެފައިވާ ހާއްސަ ކަންކަމުގެ ވާހަކައެވެ. އެހެނަސް ޒީނިޔާ ވިސްނަމުންދަނީ އާއިލާގެ މި ސިއްރުތައް ފަޅާއެރުމުން ޒީންއަށް ވާނެގޮތަކާމެދުގައެވެ. އެވާހަކަތަށް ކިޔައިދިނުމަކީ ޒީނިޔާއަށް ފަސޭހަކަމެއް ނޫނެވެ. ހިތަށް އަރައެވެ. ޒީންއަށް މި ހަގީގަތްތައް އެނގުމުން އެކަންކަން ގަބޫލުކުރަން ފަސޭހަވާނެބާއެވެ. ؟

ނުތަނަވަސްކަން ވެރިވެފައިވާ ހިތަކާއެކު ފަރީދު ގޮސް ޒީންގެ ކޮޓަރި ދޮރުގާ ޖަހާލިއެވެ. ވަގުތުން ޒީން ދޮރު ހުޅުވާލިއެވެ . އެޔާއެކު ކޮޓަރިއަށްވަދެ ޒީނިޔާ އެނދުގައި އިށީންދެލިއެވެ.

“ދަރިފުޅާ! ދެން މިވަގުތު މަންމަ އެދައްކަންއުޅޭ ވާހަކަ އަޑުއަހާލަން ވަގުތުކޮޅެއްދީ. އެކަމު އޭގެ ކުރިން ޒީން އާދެބަލަ ބައްޕައާ އެކީ ބޭރަށް.” ފަރީދު ބުނި ބަސްތައް އަޑުއަހަން ހުރު ޒީން ކުރިޔަށް ހިނގައިގަތެވެ. ފަރީދާއި ޒީން ކުޑަކޮށް ކޮޓަރިއާއި ދުރަށް ޖެހިލިއެވެ.

“ދަރިފުޅާ ޒީން! މަންމަ ކޮންމެ ވާހަކައެއް ދެއްކިޔަސް ދަރިފުޅުވާނެ އެވާހަކަތައް އަޑުއަހަން. ބޮޑަށް ރަނގަޅީ މަންމަ ދެރަވާކަހަލަ ވާހަކައެއް ދަރިފުޅު ނުބުނިއްޔާ. ބައްޕައަށް އެނގޭ….. ދަރިފުޅަށް އެވާހަކަތަށް ގަބޫލުކުރަން އުނދަގޫ ވާނެކަންވެސް. އެކަމު ޒީން ކިޔަވާނިމިފަ ހުރީމަ މިހާރުދެން މަންމަ ބޭނުންވަނީ އެއްކަލަ ވާހަކަތައް ޒީންއަށް ކިޔައިދޭން. ދެން ހިނގާ ދާން.” ފަރީދާއި ޒީން ކޮޓަރިއަށް ވަނެވެ.

އަހަރެން ކޮޓަރިއަށް ވަނުމާއި އެކު މަންމަ އައިސް އަހަރެންގެ ގައިގާ ބައްދާލިއެވެ. އަހަރެންގެ ބުރަކަށީގައި މަންމަގެ ދެއަތުން ފިރުމަމުން ދިޔައީ އަހަރެންގެ ލަކުނުތަކަށް ފަރުވާދެމުންނެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. މީގެ ކުރިން މަންމަގެ ދެއަތުތެރޭގައި އަހަރެން ހިމާޔަތްކުރި ހަނދާނެއް އަހަރެން ނުވެއެވެ. މަންމަގެ އެފިރުމުންތަކަކީ އެހާ އަރާމު އިހްސާސެއްކަން މީގެ ކުރިން އަހަންނަކަށް ނޭނގެއެވެ. އެވަގުތު ބައްޕަ އަހަންނާ ދިމާލަށް ބަލަމުން ދިޔައީ އުފާވެރިކަމުގެ ހިނިތުން ވުމަކާއެކުގައެވެ. އެމަދު ސިކުންތު ކޮޅުގައި އަހަންނަށް އިހްސާސްވީ މައިވަންތަ ލޯބީގެ ގުދުރަތީ ބާރެވެ.
އަހަންނަށް ހިތާއި ހިތުން ބުނެލެވުނެވެ. “މަންމާއެވެ! ދެން އަހަރެން އެކަނި ނުކުރާށެވެ. ތިއަތުތެރޭން ލޫދިގެން ދާން އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫނެވެ.” އަހަރެންގެ ދެއަތުން މަންމަގެ މުޅި ހަށިގަނޑު ވެސް ވަށާލީމެވެ. ނުހަނު ބާރަށެވެ. އަހަރެންވެސް މަންމަދެކެވާ ލޯބި ނިހާޔަތަށް އިހްސާސްކޮށްދޭން ބޭނުންވީ ފަހި ފުރުސަތެއް ލިބުމުންނެވެ.

“ދަރިފުޅާ! އާދޭ އިށީންނަން.” އަހަރެންނާ އެކު މަންމަ އިށީނެވެ. މަންމަ އިނީ މެދުގައެވެ. ބައްޕަ އާއި އަހަރެން މަންމަގެ ދެފަރާތުގައި ހަމަޖެހިލައިން އަށީންދެލީމެވެ.

“ދަރިފުޅާ! މަންމައަށް މާފްކުރޭ. މިވާހަކަތައް ކިޔައިދިނަސް ޒީން މަންމަދެކެ ރުޅި ނާންނައްޗެ….. މަންމައަށް މިވާހަކަތައް މިހާގިނަ ދުވަހު ސިއްރުކުރެވުނީވެސް ޒީން މަންމަދެކެ ހިތްހަމަ ނުޖެހިދާނެތީ. ދަރިފުޅާ! ވަރަށް ގިނަ ވާހަކަތައް ކިޔައިދޭން އެބަހުރި…… ފުރަތަމަ ފަށަންވީ ކޮން ވާހަކައެއް ކަންވެސް ނޭނގޭ.. ޒީން! ޒީންއަށް ކޮންމެ ވާހަކައެއް އަޑުއިވުނަސް…… ހިތްވަރުކުރެވޭނެތަ؟” މަންމަ ދައްކަމުން ދިޔަ ވާހަކަތަކަށް އަހަރެން ޝައުގުވެރި ވިއެވެ. އެއީ މީގެކުރިންވެސް އަހަރެން އަޑުއަން ބޭނުންވެފައި ހުރި ސިއްރު ވާހަކަތަކެކެވެ.

“މަންމާ! އަހަރެންގެ ހިތްވަރު ހުންނާނެ. އިޝާލްދެކެ ލޯބިވީމަ އެކަންވެސް ވާކަށް ނެތް. އެއީ ކަންނޭނގެ އަހަންނަށް އެންމެ ދެރަވާނެ ކަމަކަށް އޮންނާނީ. އެނޫނީ، ދެން ހިއެއް ނުވެ އަހަރެން މިދުނިޔެ މަތިން ފޫހިވެ ދެރަވާނެ އެހެން ކަމެއް އޮންނާނެހެން. އެކަމު ބައްޕައަށް ނޭނގުނަސް އަހަރެން އެކަމަށްވެސް އެބަހިތްވަރުކުރަން. ދެންވެސް އަހަންނަށް ކެތްވާނެ. މަންމަގެ ވާހަކަތައް ކުރިޔަށް ގެންދޭ… އަހަރެން އަޑުއަހާނަން.” އަހަރެން ދައްކަމުންދިޔަ ވާހަކަތަކާމެދު ވިސްނާނުލިޔަސް ބުނަމުން ދިޔައީ ހަގީގަތަށެވެ.

“ޒީން! ޒީން ވަރަށް ހިތްވަރު ކުރާނެކަމަށް މަންމަ އުންމީދުކުރަން. ޒީން…. މިތާ މިއިނީ….. މީ ޒީންގެ…… ޒީންގެ އަސްލު ބައްޕައެއް ނޫން.” ފަރީދުގެ އަތްތިލައިގާ ހިފާ ބާރުކޮށްލަމުން އުނދަގުލާއެކު ޒީނިޔާ ބުނެލިއެވެ .

ކުއްލިޔަކަށް އަހަރެން ސިއްސައިންގޮސް މަންމަގެ މޫނަށް ބަލައިލީމެވެ. އަދި ބައްޕައެއް ކަމުގައި ދެކެމުން އައި ފަރީދުގެ މޫނަށް އަހަރެން ބަލައިލީ ހައިރާންވެ ހުރެއެވެ. އަހަރެންގެ ލޮލުގައި ހުރި މަދު ފެންކޮޅު ކުއްލިޔަކަށް ގިނަވާން ފެށިއެވެ. ކަރުނަތަކުގެ ތެރެއިން ފުސް ލޮލަކާއިއެކު އަހަރެންގެ ނަޒަރު ހުއްޓާލައިން އިނީ މިއޮއްހާ ދުވަހު ބައްޕައޭ ކިޔަމުންއައި ފަރީދަށެވެ. ކުއްލިޔަކަށް އަހަރެން ކަމެއް ހަނދާންވިއެވެ.

“ކީކޭ؟… ހުސްދޮގު… ހަމަ ހުސްދޮގު….. ދެން އެހެންވިއްޔާ…. އެހެންވިއްޔާ ކޮބާ އަހަރެންގެ ބައްޕަ؟ އެހެންވިއްޔާ…… އެހެންވިއްޔާ އަހަންނާ އިޝާލްގެ ގުޅުމަށް ދެކޮޅު……” އަހަރެން ވާހަކަ ދައްކަމުން މަޑުމަޑުން އެނދުން ތެދުވެ މަންމަގެ ކުރިމަތީ ހުއްޓިލީމެވެ.

“ދަރިފުޅާ ޒީން! ތިބުނީ ތެދެއް…… އިޝާލްއާ ތިދެކުދިންގެ ގުޅުމުގެ ހުރަހަކީ އަހަންނެއް ނޫން. ޒީންގެ އަސްލު ބައްޕަ…. އަހަންނަށް އެނގޭ އެދުވަހު އެހެން ބުނީމަ އަހަރެން ކަމަށް ހީކޮށް ޒީން މިބައްޕަދެކެ ހިތްހަމަ ނުޖެހުނުކަންވެސް.. އެވާހަކަ އަހަން އެކިއެކި ފުރުސަތު ހޯދަން އުޅުނުކަންވެސް. ދަރިފުޅާ އިހަށް މިވާހަކަތައް އަޑުއަހާލަން އިށީންދެބަލަ.” ބައްޕަ ފަރީދު ތެދުވެ އަހަރެން ބައިންދަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ފަރީދު އަހަރެންގެ ކޮނޑުގައި އަތް ލުމުންވެސް އަހަރެން އޭނާގެ ދެއަތް ފޮޅުވާލީމެވެ.

“އެބުނީ ދަރިފުޅާއޭ… އަޑުއިވޭތަ މަންމާ؟ ކޮންމެ ފަހަރަކުވެސް އަހަންނަށް ގޮވާލާނީ ދަރިފުޅާއޭ ކިޔާފަ. މަންމައަށް ވުރެ މާގިނައިން އެހެން ކިޔާނެ. މަންމައަށްވުރެ މާބޮޑަށް އަހަރެންދެކެ ލޯބިވާކަމަށް އަހަރެން ގަބޫލުކުރަން. އަހަރެންގެ އަސްލު ބައްޕަކަމަށް އަހަރެން އުމުރުގަވެސް ގަބޫލުކުރާނީ މިބައްޕަ. އަހަރެންގެ އިތުރު ބައްޕައެއް ނުހުންނާނެ…….. ތިބުނާ ބައްޕައަކީ…… އަހަންނާ އިޝާލް ދުރުކުރަން ނިންމާފަހުރި މީހާ.” އަހަރެންގެ ބަސްނާހާ ދޫ ހަރަކާތްތެރިވީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގުނެވެ. އެއީ މީގެ ކުރިން އަހަރެންގެ ފަރާތުން މައިން ބަފައިންގެ ކުރިމަތި ފެންނަ ކަންކަމެއް ނޫނެވެ. އަހަންނަށް ކުރި އަސަރުން އަހަރެން ރޮމުން ދިޔައީމެވެ.

“ދަރިފުޅާ ޒީން! މިބައްޕަގެ އަސްލު ދަރިއެއްގެ ގޮތުގަ ޒީން ހުންނަން ބައްޕަވެސް ބޭނުމީ. ވަރަށް ވަރަށް ބޭނުން. އަހަންނަކީ ދަރިއެއްނެތް މީހެއް. އެކަމަކު ޒީން….. ހަގީގަތެއްނަމަ އެކަމެއްޖެހޭނީ ގަބޫލުކުރަން. އެއީ އިލާހީ ބާރުން އެކަން ނިންމެވިގޮތް. ދެން އޭގަ އަހަރުމެންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތް.” ފަރީދު ބައްޕަ ބެލީ އަހަންނަށް ވިސްނައިދެވޭތޯއެވެ.

“އެހެންވިއްޔާ….. ދެން ކޮބާ އަހަރެންގެ އަސްލު ބައްޕަ؟” ދެލޯ ފޮހެލަމުން އަހަރެން ސުވާލުކުރީ ދުވަހަކު ފެނިފައިނެތް މީހަކަށް ބައްޕަ އެއްގެ މަގާމު ދޭން ޖެހުމުންނެވެ.

“ޒީން….. ދަރިފުޅާ! ޒީންގެ އަސްލު ބައްޕަ ވީ….. ރަހުމު ކުޑަގޮތަކަށް……މަރާލާ..ފަ…” ޒީނިޔާގެ ނޭވާ ކަރުބުޑުގައި ތާށިވިކަހަލައެވެ.

މަންމައަށް ބާރަށް ރޮއިގަނެވުނެވެ. އަހަންނަށްވުރެ ބާރަށް މަންމަ ރޯއަޑު އިވުމުން އަހަރެންގެ އިހްސާސްތައް ހިފަހައްޓާލަން މަސައްކަތްކުރީމެވެ. މަންމަގެ ބާރު ރުއިމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު މަޑުމައިތިރިވީ ބޭއިޚްތިޔާރުގައެވެ. އެއްވެސް ދަރިޔަކަށް މަންމައަކު ނަސްލީ އޮޅުވާލުމެއް އޮޅުވާލާނެބާއެވެ.؟ ދޮން ބައްޕަ އެއްކަން އެނގިހުރެ ފަރީދު އަހަންނަށް އެކަން ސިއްރުކޮށް އެވަރުގެ ހިމާޔަތެއް ހޯދާދިނީ ކީއްވެބާއެވެ؟ މިއޮއްހާ ދުވަހު އަހަންނަށް ގަބޫލުކުރެވުނީ އަހަރެންގެ ގައިގާ ހިނގަނީ ފަރީދުގެ ސާފު ޠާހިރު ލޭކަމަށެވެ.

“މަންމާ! ހުއްޓާލާ…. އަހަންނަށް މާފްކުރޭ. އަހަރެން ފަހަރެއްގަ ވެސް ހިއެއް ނުކުރަން….ބައްޕަ…. ގަތުލްވީ ކަމަކަށް. މަންމާ އަޅެ ހުއްޓާލާ.” ރޮމުން ރޮމުން އަހަރެން އާދޭސްކުރީ ގަބޫލުކުރަން ދަތިވިޔަސް އެވާހަކަތައް ގަބޫލުކުރަމުންނެވެ.

“…ޒީން ޒީންގެ ބައްޕަ އާދިލް…..އާދިލްގެ ގާތިލަކީ…….”

– ނުނިމެ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ތަޤްދީރު 13 ވަނަ ބައި

Next

ޔާރާ އަހާށޭ 8

Next
August 31, 2023

ޔާރާ އަހާށޭ 8

Previews
August 30, 2023

ތަޤްދީރު 13 ވަނަ ބައި

4 Comments!

  1. love imko 💖💕 says:
    August 31, 2023 at 6:40 am

    When Is next part
    I love this story 😍

    1. Shaleen says:
      August 31, 2023 at 7:11 am

      Thanks imko
      Next part next Monday GA
      In sha allan

  2. love imko 💖❤️ says:
    August 31, 2023 at 1:48 pm

    Shaleen I am not free
    Because I am playing hand ball
    So I am not free but
    I will try read your story
    I love you so ❤️

    1. Shaleen says:
      September 1, 2023 at 1:27 pm

      Thanks imko

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 28←


All Right Reserved!