Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 31

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 14, 2023 4 Mins Read
11 Comments

“ޒީން!….” ފަރީދު ބައްޕަ ގޮވާލިއަޑަށް ސިއްސައިންގޮސް އަހަރެން ބަލައިލީމެވެ.

“ދަރިފުޅު ނިދަން ނުދަނީތަ؟ އެންމެ ރަނގަޅު. ބައްޕަ ބޭނުން މަންމަ ބުނިހެން ބައެއް ވާހަކަތައް ދަރިފުޅަށް ކިޔައިދޭން. އެތެރެއަށް ވަދެލަންވީނު.” ފަރީދު ބައްޕަ އެހެން ބުނަމުން ހިނގައިގަތެވެ.

ލަސް ހިނގުމެއްގައިގޮސް އަހަރެން އިށީންދެލީ ފަރީދު ބައްޕަ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އަހަރެންގެ މޫނުމަތީގެ ތާޒާކަން ގެއްލިފައިވަނީ މަންމަ ދެކިލުމުގެ ފުރުސަތެއް ދެން އަނބުރާ އަހަންނަށް ނުލިބޭނެތީއެވެ. އަހަރެންގެ ހުރިހާ އުންމީދުތައް ގަދަ ކަނޑެއްގެ ތެރޭ އޮޔާދާން ދޫކޮށްލާފައި މަންމައާއި ބައްޕަ އަހަންނާ މުޅިން ވަކިވީއެވެ. ތަގްދީރުގެ ނިޔާއަކީ މީއެވެ. އަހަރެމެން އެކަން ގަބޫލު ކުރަންޖެހެއެވެ.

ކޮޓަރި ފާރުގައި ލެނގިލައިންހުރި ފަރީދު ބައްޕަގެ ހާލުވެސް ހަމަ އެފަދައެވެ. މަންމަ ނެތް ދުނިޔެއެއްގައި އަލުން އުޅެން ޖެހުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ފަރީދު ބައްޕަގެ މޫނުމަތިން ފެންނަ އަސަރުތަކާއި ކުލަތައް ތަފާތެވެ. އެއްވެސް އުންމީދެއްނެތި ގޮތް ހުސްވެފައިވާ މީހެއްފަދައިން ހުރެ ވާހަކަދައްކަން އަނގަ ހުޅުވާލިއެވެ.

“މިރަށުން އަހަރެން އެންމެ ލޯބިވީ ނަތޫގެ މަންމަ ނަޖުމާދެކެ. އެއީ މުޅި މިރަށުންވެސް އަހަރެން އެންމެ ބޭނުންވި އަންހެނަކީ. ނަޖުމާއާއެކު ދިރިއުޅުމެއް ފަށަން ބޭނުންވެގެން އެވާހަކަ ބުނަން އަހަރެން އެގެއަށް ދިޔަދުވަހު އެއީ ނަޖުމާ ރަންކީދުވަސް. އަހަންނަށް ދެވުނީވެސް ހެކިވެރިން އެކަމުގަ އުޅެނިކޮށް. އަހަރެން ވީ ދެރައިން އިރުކޮޅަކު އެތާ ހުރެލުމަށްފަހު ގެއަށް އައީ… އަހަރެންގެ ހުރިހާ އުންމީދެއް ގުޅިފައިވީ ނަޖުމާއާއެކު ދިރިއުޅުމެއްގެ މުސްތަގްބަލަކާ.. އަހަރެން އެންމެ ފަހުވަގުތާ ހަމައަށްވެސް ނަޖުމާއަށް އިންތިޒާރު ކުރިން.. ޒީން!… އަހަރެން ނަތޫދެކެ އެހާ ލޯބިވާ ސަބަބަކީވެސް އެއީ ނަޖުމާގެ ދަރިއަކަށް ވާތީ.. އެނޫން އެއްވެސް އިހްތިރާމެއް ނަތޫއަށްޓަކާ މިބައްޕަގެ ހިތަކު ނެތް.” ފަރީދު އިރުކޮޅަކަށް ވާހަކަ ދެއްކިން މަޑުޖައްސާލިއެވެ.

“އެކަމަކު……… ދަރިފުޅާ! ޒީންގެ ތި މައްސަލައިގެ ތެރެއަށް މިބައްޕައަށް ވަންނަން މަޖުބޫރުވީ… އާދިލް މަރުވުމުގެ ދެރޭ ކުރިން އަހަރެން ނިދަން އޮތް ކޮޓަރިއަށް އައިސް ބުނީ….. އަހަރެން ނެތް ދުވަހަކުން ޒީނިޔާއާ ކައިވެނިކޮށް ކުޑަ ދަރިފުޅު ރަނގަޅަށް ބަލައިދެއްޗެއޭ…. އަދި ބުނި، ދުވަސްކޮޅެއް ވެއްޖެއޭ ފާޑެއްގެ ހުވަފެންތަކެއް ފެންނަތާ..” ފަރީދު ބައްޕަގެ ވާހަކަތައް އަޑު އިވުމުން އަހަރެން ހަމަހިމޭނުން އިނީއެވެ. ހައިރާން ވާންވީ އެއްވެސް ކަމެއް މިހާރު އޮންނާނެހެން އަހަންނަށް ހިއެއް ނުވެއެވެ. މާޔޫސްވުން ނޫންގޮތެއް ނެތީމައެވެ. ކޮންމެ އާވާހަކައަކުން ހިތަށް ލިބެނީ ހަންޖަރަކުން ދޭފަދަ ތޫނު އަނިޔާތަކެކެވެ.

“ޒީން! ދަރިފުޅުގެ…. ދަރިފުޅުގެ ދިރިއުޅުން… އެއީ ވަރަށް އެހެން ގޮތަކަށް ވީކަމެއް. މިވާހަކަތައް އަހަރެން ކިޔައިދޭން ބޭނުން….. ޒީނިޔާ ދަމުން އެންމެ ފަހުކަމަކަށް އަހަރެން ކައިރި ކޮށްދޭށޭ ބުނި ކަންތައްމީ… ދަރިފުޅާ! އާދިލް ތަކަންދޫއަށް ދިޔައީ އެއީ އޭނާގެ އެންމެ ފޯރުންތެރި ރައްޓެހި މީހާ ކައިރިއަށް. ޒީން ވިހައިގެން މާލީގޮތުން ދަތިވެދާނެތީ ލޯނެއްގެ ގޮތުގަ ފައިސާކޮޅެއް ބަލާ… އެމީހާ އެކަމަކު އާދިލްއަށް ޝަރުތު ކުރީ… އެއީ ވަރަށް ގިނަ ފައިސާވީމަ، އަނބުރާ އެފައިސާ ދައްކާގޮތަށް.. ނޫނީ އެފައިސާ ނުދެއްކިއްޖެއްޔާ ވިހައިގެން އުޅޭ އަންހެން ދަރީގެ ފަރާތުން އޭގެ ބަދަލު ބޭނުންވާކަމަށް… އެކަމަކު އަނބުރާ ފައިސާ ދެއްކޭނެކަމުގެ މާބޮޑު ޔަގީންކަމެއް ނެތޭ އެވަގުތު ވެސް އާދިލް ބުނީމޯ… އެއީ އާދިލްއާ ޒީނިޔާއަކީ ވަރަށް ހާލުގަ އުޅުނު ދެމީހުން ވީމަ. އެހެންވެ ކޮންމެހެންވެސް އެފައިސާގެ ބަދަލު ދޭންވާތީ….. އޭނާގެ ދަރިފުޅާ އާދިލްގެ ދަރިފުޅު ފިރިފުރާވަރަށް އަރާ ދުވަހަކުން ކައިވެނި ކުރުވާގޮތަށް ނިންމާފަ ފައިސާ ހިފައިން އައީ…” ފަރީދު ކިޔައިދިނީ އާދިލް ތަކަންދޫއިން އައިސް ޒީންއާ ފައިސާ ހަވާލުކުރަމުން އާދިލް ދެއްކި ވާހަކަތަކެވެ.

އަޑުއިވުނު ވާހަކަތަކުން އަހަރެން ހުރީ ހައިރާން ވެފައެވެ. އަހަރެންގެ ދިރިއުޅުން ވިއްކާލީ އަހަންނަށްޓަކާ ފައިސާގެ ބޭނުމުގައެވެ.
އަހަރެން ނުދަންނަ ދުވަހަކު ނުފެންނަ މީހަކަށް އަހަރެންގެ ދިރިއުޅުން ބައްޕަ ނީލަންކީއިރު އަހަރެންގެ މިނިވަންކަން ކޮބައިހެއްޔެވެ؟ އަހަރެންގެ ހައްގުތައް ކޮބައިހެއްޔެވެ؟ ނުވިތާކަށް އަހަރެންގެ އުފާތަކާ އިހްސާސްތައް ކޮބައިހެއްޔެވެ؟ މިހުރިހާކަމަކާއެކު އަހަރެން ވިޔަފާރި އުސޫލުން ބޭނުންކުރިއިރު ބައްޕައަށް މިއަދު ލިބުނު އުފަލަކީ ކޮބާހެއްޔެވެ؟ އަހަންނާއެކު އަހަރެންގެ ދިރިއުޅުން ބަލައިލާނެ ހަނި ފުރަސަތެއްވެސް އެބައްޕައަށް މިދުނިޔޭގައި ނުލިބުނެވެ. އަހަރެންގެ ވަލީވެރިއަކަށް ވުމުގެ ފުރުސަތުވެސާ ގެއްލުނީއެވެ. އަހަންނާއެކު ދުނިޔޭގައި އުފާކޮށް އުދުހިލާނެ ހަޔާތެއް ބައްޕައަކަށް ނުހޯދުނެއްނޫންހެއްޔެ؟ ވީއިރު އެފައިސާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

“އިޝާލް! މިރޭ މާގިނައިރު މިތާ ކީއްވެފަ؟ އަހަރެން ތަންކޮޅެއް ކުރިން މިމަގުން ދިޔައިރުވެސް އިޝާލް ހުރީ މިތާ.. އަދިވެސް މިތާ.. ކިހިނެއްވީ؟ ހާދަ ދެރަވެފަ؟” އިޖޫ ވާހަކަދެއްކީ އިޝާލްގެ މަޑުމައިތިރިކަން ފެނިފައެވެ.

“ގެއަށް ވަނީމަ އެހާ ހަމަޖެހުމެއް ނުލިބެ. މިތާ ހުރީމަ މާހިތްހަމަޖެހޭ.” އިޝާލް ބުނެލީ ހަމައެކަނި އެވަރަށެވެ.

“ކިހިނެއްވީ؟ އަނެއްކާ ގޭން ނެރުނީތަ މަންމަ؟” އިޝާލްގެ ނުސީދާ ޖަވާބުން އިޖޫއަށް މާނަނެގުނީ އެކަހަލަ ގޮތަކަށެވެ.

“އިޖޫ!…. އިޝާލް!…. ދެމީހުން މިތާ ކީއްވެފަ؟” ނަތޫ އެމީހުން ކައިރިއަށް މަޑުކޮށްލަމުން އަހާލިއެވެ.

“އަހަރުމެން މިތާ ހަމަ ތިބީ.. ނަތޫ ކޮންތާކަށް ތިދަނީ” އިޖޫ ސުވާލުކުރިއެވެ.

“މިދަނީ އަސްލު….” ނަތޫގެ ވާހަކަ މެދުކަނޑުނީ އިޝާލް އާދަޔާޚިލާފު ހަރަކާތުގެ ސަބަބުންނެވެ.

އިޝާލް ކުއްލިޔަކަށް ނަތޫގެ އަތުގައި ހިފައިން ހިނގައިގަންނަން މަސައްކަތްކުރިއެވެ. ޒީންގެ ގެޔާ އިދިކޮޅަށެވެ. ހަމަ އެވަގުތު ނަތޫގެ އަނެއް އަތުގައި އިޖޫ ހިފެއްޓީ މަޑުކުރާށޭ ބުނާފަދަ ގޮތަކަށެވެ. ނަތޫއަށް ދާންވީ މިސްރާބު އޮޅުނީއެވެ.

“ދޫކޮށްލާ ނަތޫ އަތުން.. އަހަރެން މިބުނީނު… އިޖޫ!… ދޫކޮށްބަލަ
ނަތޫގެ އަތުން.” އިޝާލްގެ އާދޭހުގެ ރާގުގައި ވަނީ ހިތާމައެވެ. އެއަޑުގެ މައުސޫމު ކަމުން އިޖޫ ވަގުތުން ނަތޫގެ އަތް ދޫކޮށްލިއެވެ.

“ދަރިފުޅާ! ބައްޕަ މަރުވީމަ ދަރަނި އޮތްކަން އެނގިގެން ކޮންމެސް ގޮތަކުން ހޯދައިން ވަހީދަށް މަންމަ ގުޅީ.. ވަހީދު ހުރީ ދަރަނި މައާފް ކޮށްދޭ ގޮތަކަށް ނޫން. ދެން މަންމަ ކައިރި ވަހީދު ބުނީ ޒީން ކިޔަވާނިމެން ކައިރިވީ ދުވަހަކުން ގުޅާށޭ… އެހެންވެ ފަހުން މަންމައާ ބައްޕަ އެވަރަކަށް އޭރު ފޯނުކުރަން ދިޔައީ ވަހީދުއާ އޭނާގެ ފިރިހެން ދަރިފުޅަށް. އެއީ ޒީންއަށް ނޭނގިގެން އުޅުނަސް، އޭރު ސިއްރުން ގުޅާމީހުންނަކީ.” ފަރީދު ބައްޕަ ކިޔާދިނުމުން އަހަރެން އެހަނދާންތައް އާވިއެވެ.

“ޒީން!… އެނގޭތަ އެއީ ކާކުކަން؟ ޒީންގެ ކައިވެނި ކުރަން ނިންމާފައޮތީ….؟ އެއީ…. އެއީ މިގެއަށް އެއަންނަ ނާސިފް.” ފަރީދު ބައްޕަގެ އަޑުގައި ވަނީ ތުރުތުރެވެ. އެބައްޕަގެ ބެލުމުގައި ވަނީ ލޮލުގެ ހަނިކޮޅުން އަހަންނަށް ދީފައިވާ ކަތި ނަޒަރެވެ.

“ކީކޭ…؟ ނޫން… ނޫން…. އެއީ އަހަންނަށް ވުރެ މާބޮޑު މީހެއް. އަހަރެން ނޫޅެން…. ނޫޅެން ތިކަމާ އެއްބަސްވާކަށް… އަހަރެން ނާސިފް ބޭނުމެއްނޫން…. އަހަރެން ނާސިފްދެކެ ލޯތްބެއް ނުވޭ…….. އިޝާލްގެ ލޯބި ނޫން ލޯތްބެއް އަހަރެން ބޭނުމެއް ނޫން…. އަހަރެން މޮޔަވެދާނެ….” ޒީންއަށް ރޮމުން ގިސްލަމުން އާދޭސްކުރެވުނެވެ. ތަގުދީރުގެ ނިޔާ ބަދަލުކުރެވޭތޯއެވެ.

“ނަތޫ! ޒީން އެހުންނަނީ ހާދަ ދެރަވެފައޭ…. ޒީންގެ މަންމަ ނިޔާވީމަ ޒީން ކިހާ އެކަނިވެރިވާނެ.. މިރޭވެސް އިނީ ގިނައިރު ބޭރު އުނދޯލީގަ. އަހަންނަށް ޒީންފެނިފަ ހަމަ ކިރިޔާ ދުރުގަ ހުރެވެނީ. ޒީންގެ ލޮލުން ކަރުނަ ފައިބާއިރު ބަލަން ހުންނަން އަހަންނަށް ކެތެއްނުވޭ ނަތޫ….. ނަތޫ! ޒީންއާ ނުލާ އަހަރެން މޮޔަވެދާނެ.” ނަތޫގެ ދެކޮނޑުގައި ހިފާ ބާރަށް ތަޅުވާލަމުން އިޝާލްއަށް ކިޔުނު އެއްޗެއް ކިޔާލިއެވެ.

އިޝާލްގެ ލޮލުން ކަރުނަ ފައިބާތަން ނަތޫއަށް މިފެނުނީ އަލަށެވެ. ލޯތްބަށްޓަކައެވެ. ލޯތަބަކީ ކިހާ ބާރުގަދައެއްޗެއް ހެއްޔެވެ؟ ދެމީހުން އެކަކުއަނެކަކަށް ލޯބީގައި ދީވާނާ ވަނީއެވެ. އެކަމަށްޓަކާ އަނެކަކު ފިދާވަނީއެވެ. ލޯތްބަކީ މިވަރުގެ ކަމެއްކަން ނަތޫއަށްވެސް މިއެނގެނީ އަލަށެވެ. ދެރައީ ދެމީހުންގެ ދެމެދުގާ ލޯބި ހިނގަހިނގާ ހުންނައިރު އެލޯބީގައި ގައިދުވެވެން ނެތްކަމެވެ. އިޝާލްއާ ޒީންގެ ލޯބި އިމްތިހާންގެ ނަތީޖާ ބަލަން ނަތޫއަށްވެސް ކުޅަދާނައެއް ނޫނެވެ. ނަތޫއަކީ ދެމެދުގައި ދެމޭ ކަނދުފައްޗެއް ކަމަކު، މިހާރު މިކަމުން ނަތޫއަށްވެސް ލިބެނީ ހިތާމައެވެ. ނަތޫއަށް ކުރެވޭނެ ކަމެއްނެތީމައެވެ. އެލޯތްބައް ހައްލެއް ހޯދައިދެވޭނީ ކިހިނެއްހެއްޔެވެ؟

އިރުއަރާ އޮއްސެމުން ދިޔައީ އެތައް ދުވަހެއް ދުނިޔެއާ އަލްވަދާއު ކިޔަމުންނެވެ. އެއްބަޔަކު ރޮއްވަމުން އަނެއްބަޔަކު ހެއްވަމުންނެވެ. ރައްޓެހިން ބީރައްޓެހިންނަށްވަމުންނެވެ. މިތުރުން ހަތުރުންނަށް ވަމުންނެވެ. ލޯބީގައި ގޮށްޖެހިގެންދާ އެތައް ޖޯޑެއް ވަފާތެރިކަމުގައި ދުވަސްތައް ގުނަމުން ދަނީއެވެ. ލޯބީގައި މަޖްބޫރުވެފައިވާ ބައެއް މީހުން ހިތާއި ދެކޮޅަށް ދުނިޔެ އާރާސްތު ކުރެވޭތޯ ބަލަނީއެވެ. ބަދަލު ވަމުންދާ ލޯބީގެ އެކި މަންޒަރުތަކުގައި ތަފާތު ކުލަތައް ޖެހެމުން އަހަރުތައް ނިމިދަނީއެވެ. ނުހަނު ބާރަށެވެ. އެހެނަސް އިންތިޒާރު ކުރަމުންދާ ހިތްތަކަށް އެއީ ވޭންދޭހާ ދިގު މުއްދަތެކެވެ. އެފަދަ ބަޔަކުވެސް ދުނިޔޭގެ ކޮންމެސް ހިސާބެއްގައި ވާނެއެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޔާރާ އަހާށޭ 13

Next

ޔާރާ އަހާށޭ 14

Next
September 14, 2023

ޔާރާ އަހާށޭ 14

Previews
September 12, 2023

ޔާރާ އަހާށޭ 13

11 Comments!

  1. Ifoo says:
    September 14, 2023 at 9:35 am

    Vv reethi Mi part vs.. When next part 😊

    1. Shaleen says:
      September 14, 2023 at 9:38 am

      My ifoo!
      Thank you so much 😊❤️
      Next part will be on Monday in sha Allah.

  2. Lily says:
    September 14, 2023 at 11:30 am

    Masha allah
    Varah reeeethi❤️
    Second dhw mi libuny😂

    1. Shaleen says:
      September 14, 2023 at 11:55 am

      Hi Lily
      Thanks a lot ingey …
      Aslu Hama first libuney Lily ah. Part 30 ah comment kollaafa inee hama dhanvaru gadeega.
      Vhk ge inthizaaruga oveove vhk kiyaalan nulibuneema.
      Egadeega comment GA othee loabi shakuvaaeh kollaafa. 🤗
      Ehenveema aslu v ufaavi.
      Egadeegaves vhk ah inthizaaru kureema.
      Ekam v sorry e vee gothakun. Ekamves again thanks for the comment ingey.

  3. Lily says:
    September 14, 2023 at 11:34 am

    Shafakallah my dear shaleeen
    It’s okay ehenvx vaane
    Tbh egady hama first hoadhan vegen alarm kohgen heyly😂
    Eyrun school ah dhaan vaairah kudakoh foeh vx kiyaaleveynen ekam vahaka up vefa nethyma egady nidhy😭😭😂

    1. Shaleen says:
      September 14, 2023 at 12:00 pm

      In sha Allah
      Thanks ingey.
      Ohhh… Ok . Ehenveema ufaavejje mi comment ves kiyaalaafa. ❤️

  4. love imko 💕💕 says:
    September 14, 2023 at 4:59 pm

    Lily is first comment
    I am so sorry
    I don’t see you story
    I am not free
    That why I didn’t see your story

    1. Shaleen says:
      September 14, 2023 at 5:18 pm

      Hi imko
      Alright 👍 sometimes ehenvaane.
      It doesn’t matter.
      Thanks for the comments dear

    2. Lily says:
      September 14, 2023 at 7:29 pm

      Ahahhah i got the second😭😭
      shaleen sis buni ehcheh eii
      Let’s see who gets the first dhen faharakun😂

  5. love imko 💕💕 says:
    September 15, 2023 at 7:57 am

    Let’s see who is the first
    I love this story 😍
    But I am not free
    I am participating hand ball
    So I am not free
    But until I will read your story
    Shaleen

    1. Shaleen says:
      September 15, 2023 at 12:51 pm

      Thanks imko…
      Bz koh ulhunas time eh nagaigen vaahaka kiyaalaane kamah ummeedh kuran.🤗

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 32←


All Right Reserved!