Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 30

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 11, 2023 4 Mins Read
10 Comments

“މަންމައަށް އެކަން އެނގުމާއެކު ކުއްލިޔަކަށް ހާރޓްއެޓޭކްއެއް ޖެހި ސިއްހީ މަރުކަޒުގަ އެނދުމަތިކުރީ. އޭގެ ފަހުން މަންމަމީ ހިތުގެ ބަލިމީހެއް.” ޒީނިޔާގެ ވާހަކަތައް އެހިސާބަށް ދިޔައިރު އޭނާގެ ހާލު ދަށްވާން ފަށައިފިއެވެ.

މޭގައި އަތްއަޅައިން އިނދެ ރޮމުން ގެންދިޔައީ އަޅަމުންދާ ވޭނަށް ކެތްކުރަން ދަތިހާލުގައެވެ. ޒީނިޔާގެ ވާހަކަތަށް ނުނިމުނަސް މިވަގުތު އެވާހަކަތައް ހުއްޓާލަން ޒީނިޔާއަށް މަޖުބޫރެވެ.

އަޑުއިވުނު ވާހަކަތަކަކީ އަހަންނަށް ހިޔާލުކޮށްލަންވެސް އުނދަގޫ ކަންކަމެވެ. އަހަރެންގެ ކަރުނަތައް ކޯތާފަތުގައި ފިރުމަމުން ދިޔައީ އަހަންނަށް ވޭންދެމުންނެވެ. އަހަންނަށްވުރެ ފަރީދު ބައްޕަގެ ހިތްވަރުގަދައެވެ. ދޮންބައްޕަ އެއްގެ ގޮތުގައި ފަރީދު އަހަރެންނަށް ދަރިކުލުނު ދިނަސް، އަހަރެން ގަބޫލުކުރާގޮތުގައި އެއީ އަހަރެންދެކެ ހަގީގީ ލޯބިވާ ބައްޕައެކެވެ. މަރާލެވިފައިވާ އަހަރެންގެ އަސްލު ބައްޕަގެ އޯގާތެރި ފިރުމުންތަށް އަހަންނަށް އިހްސާސްވީދުވަސް އެއީ އަހަންނަށް އެނގުނު އެއްޗެއްނޫނެވެ.

ފަރީދުގެ ހިތްވަރު ގަދަކަމުން ދެއަތް މައްޗަށް ޒީނިޔާ ލައިގެން ފައިވާނަށް ނާރާ ދުއްވައިގަތީ ސިއްހީ ފަރުވާދޭ މަރުކަޒަށެވެ. އެތާނގައި ޒީނިޔާ އެނދުމަތި ކުރެވުނު އިރުވެސް ޒީނިޔާގެ ހާލަތަށް އެދެވޭ ބަދަލެއް ނާދެއެވެ. ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމަށްޓަކާ ޒީނިޔާގެ ނަފްސު ހުށައެޅެނީއެވެ. ޒީނިޔާގެ ހާލަތުގެ ސަބަބުން ޒީންގެ ހިތަށް ހިތްދަތިކަމާއި ހިތާމަ ލިބެމުން ދިޔައެވެ. ޒީނިޔާގެ ފަހުވަގުތުތައް ގުނަމުން އެދަނީ ޒީން މިދުނިޔެއަށް ޔަތީމު މިސްކީނަކު ކަމުގައި ދޫކުރަމުންނެވެ.

މަރުކަޒުގައި ޒީނިޔާ އެނދުމަތި ކުރެވުނީއެވެ. ޑޮކްޓަރަކާއި ދެނަރުހުން ޒީނިޔާކައިރި ހޭލަމޭލައަށް އުޅެންފެށިއެވެ. ފަރުވާދިނުމުގައި އަތްމަތި އަވަސްކުރިޔަސް އާދައިގެ ރަށެއްގައި ޑަކްޓަރީ ވަސީލަތްތަކުގައިވަނީ ފަޅުކަމެވެ. ބައްޔަށް ލިބޭނެ އަވަސް ފަރުވާއެއް ނެތެވެ.

“ވީއެންމެ އަވަހަކަށް އަތޮޅު ހޮސްޕިޓަލަށް ގެންދަން ޑޮކްޓަރު ލަފާދެއްވަނީ. މިވަގު ފުރާ ދޯންޏެއް މިރަށުގަ އެބައޮތް. ބަލިމީހާ ގެންގޮސްދިނުމަށްޓަކާ ދޯނި މަޑުކޮށްލަދިނުމަށް އަޅުގަނޑުމެންނަށް އަންގާލަދެވިދާނެ. ކިހިނެއްތޯ ހަދަން ބޭނުންވަނީ؟ ގޮތް ނިންމާނީ އެހީތެރިން.” ނަރުސް ކުއްޖާގެ އަޑު ޒީންއަށް އިވުމާއެކު ޒީނިޔާއަށް ގޮވާލިއެވެ.

“މަންމާ!… ހިނގާ އަތޮޅު ހޮސްޕިޓަލަށް ދާން. މަންމައަށް އަވަސް ފަރުވާއެއް ބޭނުންވޭ.” ޒީންއަށް އެހިސާބަށް ބުނެވުނުތަނާ މަންމަގެ އަތުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.

“އަހަ…އަހަރެން ބާއްވާ… އެއްވެސް ތާކުން ދެން…. އަހަންނަށް….ދެވޭނޭ ފަރު….ފަރުވާއެއް ނޯންނާނެ.” ޒީނިޔާ ބުނެލީ އެވަރަށެވެ. އިތުރު ފަރުވާއެއް ހޯދަން ރަށުން ބޭރަށްދާން ޒީނިޔާ ބޭނުމެއް ނުވިއެވެ.

ފަރީދުގެ ހިތް ރޯއަޑު ނީވުނަސް މިއީ ފަރީދަށް ނުހަނު ނާޒުކު ވަގުތުކޮޅެކެވެ. ވޭތުވެދިޔަ މާޒީގައި ޒީނިޔާ އެކަނިވެރި ނުކޮށް ބެލެހެއްޓީ ފަރީދެވެ. އެހެނަސް ފަރީދު މިއަދު އެކަނިވެރިކަމާ ކުރިމަތިލާން ޖެހެނީއެވެ. ޖަޒުބާތުގައި ޖެހިފައިވާ ފަރީދު ސިއްސައިން ދިޔައީ ޒީނިޔާގެ އަޑަށެވެ.

“ޒީން! ފަރީދު ބައްޕައަށް…… ހެޔޮކޮށް ހިތާތި. މަންމަ…. މަންމަ ދާންޖެހޭ…..ދާންޖެހޭ….. ވަގުތު ކައިރިވެއްޖެ.” ޒީން ނޫނެކޭ ބުނާފަދައިން ބޯހޫރަމުން، ރޮމުން ދިޔައީ ޒީނިޔާގެ އަތްތިލައިގާ ބާރަށް ހިފާލަމުންނެވެ.

“ފަރީދު!….. ބާކީ ވާހަކަތައް….. ޒީންއަށް ކި….ކިޔައިދޭތި… ޒީން އެކަނި…… ނުކުރައްޗެ. ވަ…..ވަޢުދުވޭ…” ޒީނިޔާގެ އަނެއް އަތުގައި ހިފާ ބޮލުގައި ފިރުމަމުން ފަރީދު އާނއެކޭ ބުނަމުން ދިޔައީ ބޮލުގެ އިޝާރާތުންނެވެ. ފަރީދުގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުން ދިޔައެވެ.

“އަހަރެން…އަ…ހަ” ޒީންގެ އަތުގައި ހިފާ ބާރުކޮށްލާފައިވާ ޒީނިޔާގެ އަތް އެއްވެސް ބާރެއްނެތި ކުއްލިޔަކަށް ވެއްޓުނެވެ. ފަރީދުގެ އަތުން ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށް ހިފަހައްޓާފައިވާ އަތްވެސް ދޫވެގެން ގޮސް ވެއްޓުނީއެވެ. ޒީނިޔާގެ ފަހުނޭވާ ދޫވެގެން ދިޔައީ އެހަށިގަނޑުން ގެއްލުނު ފުރާނައާވެސް އެކުގައެވެ.

“އޭތް!… އިޝާލް! އިޝާލް! އާދެބަލަ ވަރަށް އަވަހަށް. ވަރަށް ބޮޑު ކަމެއްވެއްޖެ.” ހާސްވެފައިހުރި ނަތޫ ދުރުގައި ހުރެ ގޮވަމުންދިޔައީ އިޝާލްއަށެވެ. އޭރު އިޝާލް ނާސިފްއާ ވާހަކަދައްކަން ދޯނިކައިރި މަޑުކޮށްލައިން ހުއްޓެވެ.

“އޭތް! ފުރަން އައިސް ހުރިއްޔާ އަވަހަށް ދޯންޏަށްއަރާ.. އެޔޮށް ދޯނި ސްޓާރޓްކުރީ. ނައްޓާލަން ވެއްޖެ.” ހަމަ އެވަގުތު ދޯނީގެ ފިޅުވެރިޔަކު ނާސިފްއާ ދިމާލަށް ބާރަށް ބުނެލިއެވެ.

“އޯކޭ… އަހަރެން ދޯންޏަށްއަރަނީ… މަ ހިއެއް ނުކުރަން އިޝާލް މަފުރާތަނަށް އަންނާނެ ކަމަށްވެސް. ދެން އަވަހަށްދޭ. އެހެރަ އަންހެންކުއްޖާ ހީވަނީ އެހެން ކަމެއްހެން އިޝާލްއަށް ގޮވާއިރު…… އަނެއްކާ ލޯބިވެރިޔާތަ؟” ހިނިތުން ވެލަމުން ނާސިފް ސަމާސާކޮށްލީ އިޝާލްއާއެވެ.

“އުނހު…. އެއީ މަގޭ އެއްނޫން. އެކަމު އެމަންޖެ އުޅެނީ ނާސިފް ރީތިވެގެން.” އިޝާލް ހިނގައިގަތެވެ. އިޝާލް ބޭނުންވީ ނާސިފް ހެއްވާލާށެވެ. ނާސިފް ހިނިއައިސްފައި ހުރެ ދެއަތަށް ބޯހޫރާލަމުން ދޯންޏަށްއެރިއެވެ.

ޖަނާޒާގެ ކަންކަން ކުރިޔަށްދިޔައިރު ގަބުރުސްތާނުގެ ފާރުގައި އަތް އަޅުވާލައިން އަހަރެން ހުރީ ގަބުވެފައެވެ. ހުއްޓުން އަރާފައިހުރި އަހަރެންގެ ލޮލުން އިހްތިޔާރަކާނުލާ ކަރުނަ ފައިބަމުން ދިޔައެވެ. އަހަންނަށް ހިތްވަރުދޭ މީހުން ހިއްވަރު ދެމުން ދިޔައެވެ. ދުރުންނާ ކައިރިންނެވެ. ޖަނާޒާގެ ކަންކަން ވީއެންމެ އަވަހަކަށް ނިންމައި ދިނުމަށް ފަރީދު އެދިފައިވާތީ އެކަންކަން ދާދި އަވަހަށް ކުރިޔަށް ދިޔައެވެ.

“ޒީން! ދެން ހުއްޓާލާ… މިހާރު ކިހާއިރެއް ތިހެން ރޯތާ؟ މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްނު… ހުއްޓާލާ.!” އަހަރެން ފަސް އެނބުރި ބަލައިލީ އަހަރެންގެ ކޮނޑު އަނބުރާލަމުން ވާހަކަދެއްކި ނަތޫގެ އަޑަށެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަހަރެން ނަތޫއާ ދިމާލަށް ބަލަހައްޓައިން ހުރީމެވެ. އިރުކޮޅަކަށް އަހަރެންގެ ނަޒަރު ނަތޫއަށް ހުއްޓާލައިންް ހުރުމުން ނަތޫއަށް އުނދަގޫވީ ކަންނޭނގެއެވެ.

“ކިހިނެއްވީ؟ ވާހަކައެއް ބުނަން ބޭނުން ވަނީތަ؟” ނަތޫއަށް އަބަދުވެސް ވިސްނޭގޮތް އެއީ ގިނަފަހަރަށް ވާގޮތެވެ.

ތެދެކެވެ. އަހަރެން ހުރީ ވާހަކަދައްކަން ބޭނުންވެފައެވެ. އެކަމަކު އެންމެ ވާހަކައެއް ނޫނެވެ. އަހަރެންގެ ބަދުނަސީބު މާޒީއާއި މުސްތަޤްބަލު އަހަރެން ނަތޫއަށް ކިޔައިދޭން ބޭނުމެވެ. އަހަންނަށް ޔަގީނެވެ. އެއީ ނަތޫއަށް މުޅިން އާ ވާހަކަތަކަކަށް ވާނެއެވެ. އެކަމަކު މިވަގުތަކު ނޫނެވެ. ކަރުނަ ފޮހެލަމުން ނަތޫގެ ސުވާލަށް އަހަރެން ޖަވާބު ދިނީ ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލަމުންނެވެ.

“ޒީން!” އަހަންނަށް އެގޮވާލީ އަހަރެން އެންމެ އަޑުއަހާލަން ބޭނުންވާ މީހާއެވެ. އަހަރެން ފަސްއެނބުރި ބަލައިވެސް ނުލީ އަމުދުން މިވަގުތު އަހަންނަށް އިޝާލްއާ ކުރިމަތިލާން ނުކެރޭނެތީއެވެ. އަހަރެންގެ ދެލޯ އިތުރަށް ފެންކަޅިވިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުންދިޔައީ އަހަންނަށް ނުހުއްޓުވޭހާ ބާރުމިނުގައެވެ. އަހަރެން މަޑުމަޑުން ދަތްޕިލާ ޖައްސާ ބާރުކޮށްލަމުން ލޯމަރާލީމެވެ. އެވަގުތު އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައެވެ.

“ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެ. އަހަރުމެން އެންމެ ބޭނުންވާގޮތަށް ކަންކަން ނުނިމެނީ. ކޮންމެ ކަމެއްވެސް ދެނެވޮޑިގެންވަނީ ﷲ… އަހަރެން ކަށުނަމާދު ކޮށްދޭނަން. އަބަދުވެސް އަހަރެންގެ ހެޔޮދުޢާ” އިޝާލް އަހަރެންނަށް ފަސްދީދިޔަ ފިޔަވަޅުގެ އަޑަށް އަހަރެން ފަސްއެނބުރި ބަލައިލީމެވެ. އާނއެކެވެ. އިޝާލްގެ މާނަފުން ކުރު އިބާރާތްތަކުން އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ. އަހަންނާ ދިމާލަށް ނަތޫ ބަލައިލީ ހިތާމަކުރަމުންވެސް ހިނިތުންވެފައިވާ މޫނަކުންނެވެ. އެއީ އިޝާލްއާ ނަތޫގެ ފަރާތުން އަހަންނަށް މިވަގުތުކޮޅު ލިބުނު އަގުބޮޑު ހިތްވަރެވެ.

ޢިޝާ ނަމާދު ކޮށްލައިން އަހަރެން އުނދޯއްޔަށް ނުކުމެލީ ފަރީދު ބައްޕައާ ވާހަކަ ދައްކާލަން ބޭނުންވާތީއެވެ. ފަރީދު ބައްޕަގެ އިންތިޒާރުގައި އަހަރެން ވަގުތުތައް ގުނަން ޖެހުނީ މަދު ވަގުތުކޮޅަކަށެވެ. އަހަރެންގެ ކުރިމަތިން ގެއަށް އައިސް ވަންނަން އަޅާލި ފިޔަވަޅާއިއެކު ފަރީދު ބައްޕައަށް ހުއްޓުންއެރިއެވެ. އަހަރެންގެ މަޑުމައިތިރި އަޑުގައި އެކުލެވިފައިވާ ވާހަކައިގެ އަސަރުންނެވެ.

“ބައްޕާ! ކާފަދެންލީ ޖަލަށްދޯ؟ އެކަމަކު އަހަރެންގެ އާދިލް ބައްޕައަށް…… އަހަންނަށް މިހެން ހަދަން ކެރުނީ ކީއްވެ؟ އަހަރެން ކައިވެނި ކުރަންޖެހެނީ ކޮންތަނެއްގެ މީހަކާ؟ އަހަންނަށް ކިޔައިދީބަލަ..” އާދޭހުގެ ރާގެއްގައި އަހަރެން ވާހަކަދައްކަމުން ދިޔައީ އިތުރަށް އޮޅުންފިލުވަން ބޭނުންވާތީއެވެ.

“ދަރިފުޅާ!…..ޒީން!…. ދަރިފުޅު ހުންނާނީ މިހާރު ވަރަށް ވަރުބަލިވެފަ. ބައްޕައަށް ހީވަނީ ދަރިފުޅުގެ ސިކުނޑި އަދި މާބޮޑަށް ވަރުބަލިވާނެހެން. ކޮންމެސް ވަރަކަށް އަރާމު ކޮށްލަންދޭ.. ބައްޕަވެސް ބޭނުން އޮށޯއްވެލަން. ވާހަކަ ދައްކާނީ ފަހުން.” ފަރީދު ބައްޕަ ބޭނުންވާގޮތް ހާމަކުރަމުން ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ބައިގަޑިއިރު ފާއިތު ވީއިރުވެސް އަހަރެން އިނީ އުނދޯލީގައެވެ. ފަރީދު ބައްޕަގެ އިންތިޒާރުގައި އެހެން އިންއިރު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ގެޔާދިމާލަށް މާދުރުގައި ބަލަން ހުރި އިޝާލެވެ.
އިޝާލްއަށް އަހަރެން ފެންނާނެކަން އަހަންނަށް ޔަގީނެއްނޫނެވެ. އެކަމަކު އިޝާލް ފެނުމުން މިއަދު އަހަންނަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ ގައިމުވެސް އަހަރެންގެ މިހިތާމައިގައި ދުރުގައި ހުރެ އިޝާލް ބައިވެރިވަނީކަން އަހަންނަށް އެނގެއެވެ.

ޒީން!….” ފަރީދު ބައްޕަ ގޮވާލިއަޑަށް ސިއްސައިންގޮސް އަހަރެން ބަލައިލީމެވެ.

“ދަރިފުޅު އަދިވެސް ނިދަން ނުދަނީތަ؟ އެންމެ ރަނގަޅު….. ބައްޕަ ބޭނުން މަންމަ ބުނިހެން ބައެއް ވާހަކަތައް ދަރިފުޅަށް ކިޔައިދޭން. އެތެރެއަށް ވަދެލަންވީނު.” ފަރީދު ބައްޕަ އެހެން ބުނަމުން ހިނގައިގަތެވެ.

ނުނިމެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޔާރާ އަހާށޭ 12

Next

ފެށި ލޯބި އޮޔާ ދިޔުމުން -1

Next
September 11, 2023

ފެށި ލޯބި އޮޔާ ދިޔުމުން -1

Previews
September 10, 2023

ޔާރާ އަހާށޭ 12

10 Comments!

  1. love imko 💕💕 says:
    September 11, 2023 at 6:59 am

    Wow so lovely this story
    When Is next part 💕

    1. Shaleen says:
      September 11, 2023 at 7:54 am

      Thanks imko…
      Hama emme furathama comment kuraa kujjaa as usual…
      Ufaavey story reehchey buneleema.
      Adhi Hama v v tricky parts kuriyah huree..

      Next part will be on Monday
      In sha allah

  2. Lily says:
    September 11, 2023 at 9:55 am

    Mi part vx Varah reethi reeethi❤️
    Next time ga alhugandu balaanan first ah veveythw😂
    Alhey thursdayga part eh kiyaalan nulibenytha?😭😭

    1. Shaleen says:
      September 11, 2023 at 12:54 pm

      Hi my dear Lily
      Thanks for the comment ingey. V ufaavejje vhk reethi kamah buneleema. 👍,❤️❤️❤️
      Let’s see dho next part ga first comment libenee kon reader ge faraathuntho.
      Next part dhen kiyaalan libeynee Thursday GA in sha Allah.

    2. Lily says:
      September 11, 2023 at 7:34 pm

      I’ll try my best inge😭😂
      imko ge cmnt reply ga iny monday ga ey ehenve i wasss soo sadd egady😭😭
      So, that was a mistake
      Right?

  3. Ifoo says:
    September 11, 2023 at 11:10 am

    Vvv reethi Mi part vs 😊

    1. Shaleen says:
      September 11, 2023 at 12:57 pm

      My ifoo..
      Thank you soooooooo muchhhh!❤️👍
      Next part ah inthizaaru kollamaa !
      Shaleen v try kuranee Hama vaahaka fonuvaalaa dhuvahuge 00:00 ge fahun / nooni fathihah namaves vaahaka kiyaalan readers ah libeyvaru veytho..
      So pls wait kollaa hurihaa readers ves 🕛

  4. Anonymous says:
    September 11, 2023 at 10:06 pm

    Yes Lily
    Shaleen ah olhigen ehen bunevunee aslu
    Thursday GA next part in sha allah

  5. Lily says:
    September 14, 2023 at 3:51 am

    Kobaa miadhuge partt😭😭
    Dhen nidhan miulheny ehn v ma mi buru first eh nulibeyne kanneynge😢
    Mi balany konmes dhuvahakun first ga adhi lahvaalaane kamah😭

    1. Shaleen says:
      September 14, 2023 at 9:09 am

      Ooops my dear Lily…
      Shaleen kudakoh balivey…ehenve reyga beyskaigen hureema v avahah nidhi aee…
      Ok ok Hama mihaaru mi e part post kollanee.

      V bodah sorry.. baliveema mi part post kuran late veema.

      First libunas nulibunas Hama shaleen v happy thihen comment kollaathee ..

      Lysm ❤️

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 31←


All Right Reserved!