Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 22

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 14, 2023 3 Mins Read
9 Comments

“އެއީ އަހަރެންގެ މައިންބަފައިން ކައިރިން ޒީންގެ މަންމަ އެދުނުގޮތް. އަހަރެން ބުނިނަމަ…. މިހާރު އަހަންނާ ޒީންގެ ގުޅުން އޮންނާނެ ގޮތެއްވެސް ނޭނގެ. އެހެންނޫނަސް އެވަރުގެ ވާހަކައެއް ދައްކާކަށް އަހަންނަކަށް ނުކެރޭނެ.” ނަތޫ ތަފްސީލުކޮށް ކިޔައިދިނެވެ.

“ދެން ކީއްވެ ތިވާހަކަތައް އަހަންނަށް ކިޔައިދިނީ.؟” އިޝާލް އޮޅުންފިލުވަން ބޭނުންވިއެވެ.

“އެއީ އިޝާލްގެ ހިތަށް ހަމަޖެހުމެއް ހޯދައިދޭން.” ނަތޫ ކުރު ޖަވާބަކުން ނިންމާލަމުން އަވަސް ހިނގުމެއްގައި ގޮސް ގެއަށް ވަނެވެ.

އިޝާލްއަށް ވިސްނިއްޖެއެވެ. ނަތޫ ދެއްކި ވާހަކަތަކާ ޒީން ފޮނުވާފައިވާ އިބާރާތްތަކުގައި ވަނީ ދާދި އެއްގޮތްކަމެވެ. ނަތޫ އިޝާލްއަށް ދޮގު ނުބުނާނެކަން އިޝާލް އަބަދުވެސް ޔަގީންކުރެއެވެ. ތެދެކެވެ. ޒީންއާއި ނަތޫގެ ގުޅުން ވަރުގަދަ ވާނީވެސް ޒީންއަށް އެކަންކަން ވަގުތު ޖެހެންދެން ސިއްރެއްގެ ގޮތުގައި ބާއްވައިގެންނެވެ.
ދެން އޮތީ އިޝާލް ގޮތް ދޫކުރަންވީ ވަގުތެވެ. އޮޔާއި ވަޔާއި އެއްކޮޅަށް ފަތަން ފަސޭހަވާނީ އެހާލަތުގައެވެ. މިވަގުތު އިޝާލްއަށް މިވާނީ ބޮޑު ދިޔައިގައިވެސް އޮޔާއި ދެކޮޅަށް ފަތަން ޖެހިފައެވެ.

ދުވަސްތައް ވޭތުވަމުން ގޮސް މިއަދަކީ ފަރީދާއި ނާސިފް ރަށަށް އައި ދުވަހެވެ. ހެނދުނު ހެނދުނާ ފަރީދު ގެއަށް އައުމުން އޭނާއަށް ފާރަލަނީ ޒީންއެވެ. އެއީ ކުރިން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބަށް އަލުން އިންތިޒާރު ކުރަމުންނެވެ. އެހެނަސް ތަގްދީރު ނިޔާކުރީ ވަރަށް ދެރަކޮށެވެ. ދުވަހުގެ ގިނަ ވަގުތު ފަރީދާއިއެކު ހޭދަކުރަނީ ނާސިފެވެ. ރޭގަނޑުގެ ވަގުތުގައިވެސް ވީއެވަރެވެ. ރޭގަނޑު ވުމުން ފަރީދު ކައިރި ގިނައިން ހުންނަނީ ޒީނިޔާއެވެ. އެހެންކަމުން މުޅިދުވަސް ނިމުނީ އެފަދަ ފޫހިގޮތެއްގައެވެ.

މިއަދަކީ ޒީންގެ އުފަން ދުވަހެވެ. ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހަކީ މިއަހަރު ޒީންގެ ހަޔާތަށް މާއުފާވެރި ދުވަހެއް ނޫނެވެ. ޒީންއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭން ހުރި ހަމައެކަނި ބައިވެރިޔާވެސް މިހާރު ޒީންގެ ހަޔާތަކު ނެތެވެ. ފަރީދާއި ޒީނިޔާވެސް އެފަދައެވެ. ދުވަހުގެ މުނާސަބަތު ނިމުމުގެ ކުރިން އުފާކޮށްލާނެ ހަމައެކަނި މީހަކީ ނަތޫއެވެ. ނިދި މޫނާއިއެކު އެނދުގައި އޮށޯއްވެ އޮތްއިރު އަހަންނަށް ވިސްނުނީ އަހަރެންގެ ބަދުނަސީބު ކަމުންނެވެ. އެއީ އަހަންނަށް ޔަގީން ކަމެކެވެ.

ފަތިސް ނަމާދަށް ބަންގި ގޮވަމުންދިޔައެވެ. އޭރު އިޝާލް އިނީ އޭނާގެ އަރާމު ނިދި ނަގާލައިން ޒީންއަށް ހަދިޔާއެއް ތައްޔާރު ކުރާށެވެ. އެއީ އިޝާލްއަތުން ދެވޭނެ އެންމެ ފަހުގެ ހަދިޔާ ކަމުގައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން، ޒީންގެ މަޖްބޫރީ ހާލަތަށް ޖަވާބެއް ދިނުމަކީ މިއަދު އިޝާލްގެ އަޒުމެކެވެ. ރިހި ކުލައިގެ އޮފު ކަރުދާހަކުން ބަންދުކޮށްލާފައިވާ ޕާރުސަލް އިޝާލް ބައިންދާލީ ކޮޓަރީ ކަނެއްގައި ހުރި މޭޒުމަތީގައިމެވެ. އެއާއިއެކު އިޝާލް އަވަސްވެގަތީ މިސްކިތައް ދިޔުމަށެވެ.

މެންދުރުގެ ވަގުތެވެ. ޒީންގެ އުފަންދުވަސް ހާއްސަވެގެން އުޅޭ ހަމައެކަނި މީހަކީ އިޝާލްއެއް ނޫނެވެ. ދުވަހުގެ މުނާސަބާތުގައި ހާއްސަ ހަދިޔާއެއް ދިނުމަށް ނާސިފްވަނީ މާކުރިންވެސް ތައްޔާރުވެފައެވެ. އެހަދިޔާއަކީ މުޅިން އަލަށް ނާސިފްގެ ދެއަތުން ޒީންއަށް ހަދިޔާކުރަންއުޅޭ އެއްޗެކެވެ. ނާސިފް އެހަދިޔާ ގެނައިއީ ހަމަ މިއަދު އެރަށަށް އައި ލޯންޗަކުންނެވެ.

ފެހި ކުލައިގެ ދިގު ތަނޑީގެ އެކި ހިސާބުގައި މަދުމަދުން ނަމަވެސް ތޫނުކަށިތަކާއި ރީތި ފަތްތަކެއްވާ އެފިނިފެން މަލަކީ ހަމަޔަގީނުންވެސް ޒީންއަށް އުފާވެރިކަން ގެނެސްދޭނެ މަލެކެވެ. އެރީތި ފިނިފެންމާ ތަފާތު ކޮށްލުމުގެ ގޮތުން ނާސިފް އެމަލުގެ ތަނޑީގެ ވަކި ހިސާބެއްގައި ޕާރުސަލް ނަރުކޮޅެއް އޮޅާލީ ހިނިތުން ވަމުންނެވެ.

އިޝާލް ގެއިން ބޭރަށް ނުކުތީ ތައްޔާރުކޮށްފައިވާ ޕާރުސަލް ޒީންއަށް ގެންގޮސްދޭނެ ކުއްޖަކު ހޯދުމުގެ ނިޔަތުގައެވެ. ކޮންމެ ގޮތެއްގައި ވިޔަސް ޒީންއަށް އިޝާލްގެ އަތުން އެ ޕާރުސަލް ދިނުމަކީ މިހާރު ފަސޭހަކަމެއް ނޫންކަން އިޝާލްއަށް އެނގެއެވެ. އެހެންވެ، އިޝާލް ބޭނުންވަނީ އެކަން ކޮށްދޭވަރުގެ ކުޑަކުއްޖެއް ނަމަވެސް ހޯދާށެވެ.

ތައްޔާރު ކޮށްފައިވާ ފިނިފެންމާ ހިފައިން ނާސިފް އޭނާގެ ކޮޓަރިން ނުކުތީ އިޝާލްގެ ކޮޓަރިއަށް ދިޔުމަށްޓަކައެވެ. ފިނިފެންމަލުގެ އިތުރުން ނާސިފްގެ އަތުގައިވަނީ ފެންވަރައިގެން ލާން ތައްޔާރުކޮށްފައިވާ ގަމީހާއި ފަޓްލޫނެވެ. އެއްކޮނޑު މައްޗަށް ތުވާލި އެއްލައިގެން ގޮސް އިޝާލްގެ ކޮޓަރިއަށް ނާސިފްވަނީ ފެންވާރާލުމުގެ ނިޔަތުގައެވެ. ޒީންއާ ކުރިމަތި ލުމުގެ ކުރިން ތާޒާވެލުމުގެ އެދުމުގައެވެ.

ނާސިފް އުޅޭ ކޮޓަރީގައި ފާހާނާއެއް ނެތުމުގެ ސަބަބުން ކޮންމެ ފަހަރަކު ނާސިފް ބޭނުން ކުރަން ޖެހެނީ އިޝާލްގެ ފާހާނާއެވެ. އެހެންކަމުން، ނާސިފްގެ އަތުގައިވާ ފިނިފެންމާ ގެންގޮސް ބާއްވާލީ މޭޒުމަތީ ބައިންދާފައި އިން ރީތި ޕާރުސަލްއާ ދާދި ގާތުގައެވެ. އެއަށްފަހު ނާސިފް ވަނީ ފެންވަރާލާށެވެ.

“ކޮއްކޮ ދެން އަވަހަށްދޭ…. ގޮސް އިޝާލްބެ މިބުނިގޮތަށް މޭޒުމަތީ އިން ޕާރސަލް ގެންގޮސް ޒީން ދައްތައަށް ދީފަ އަވަހަށް އާދޭ އެގެއިން ނުކުމެގެން.” އިޝާލްގެ މާނަވީ އިރުޝާދުތައް އަށް އަހަރުގެ އެކުޑަ ފިރިހެން ކުއްޖާއަށް ދިނެވެ.

“ޒީން ދައްތަ ކައިރި ކީކޭ ބުނަންވީ؟” އެކުއްޖާ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

“އެއްވެސް އެއްޗެއް ބުނާނެކަމެއް ނެތް. ހަމަ ދީފަ އަވަހަށް ވީއެންމެ ބާރަކަށް އަންނާނީ… އިނގޭ.” އިޝާލް އެކުއްޖާގެ ބޮލުގެ އިސްތަށިކޮޅު ތެރޭ އިނގިލިތައް ވިނުވާލާ ފިރުމާލަމުން ބުނެލިއެވެ.

“ނޫން. ބާރަށް ދެން އިޝާލްބެ ކައިރިއަކަށް ނާދޭވޭނެ. އެދީފަ ދާގޮތަށް އެހެންތާކަށް ކޮއްކޮ ދާންޖެހޭނީ މަންމައާއެކީ. މިހާރުވެސް ކޮއްކޮއަށް އެބަ ލަސްވޭ… ކީއްވެ އިޝާލްބެ އެހަދިޔާ ދޭން ނުދަނީ.” އެކުއްޖާ އަނެއްކާ ސުވާލު ކޮށްލިއެވެ.

“އެއީ އިޝާލްބެއަށް ވުރެން މާބާރަށްދޯ ކޮއްކޮ ދުވަނީ. އަނެއްކާ ތިހުރީ އެހާ ރީތިވެލައިގެން. ހީވަނީ އަޝާލްބެ ބުނެގެން ހަމަ މިގަޑިޔަށް ރީތިވެލާފަހުރި ކުއްޖެއްހެން. ޒީންދައްތަ ބޭނުންވާނީ ވަރަށް ރީތިކޮށްއުޅޭ ބަސްއަހާ ކުދިން. އެހެންވީމަ… ދެން އެހާގިނަ ސުވާލުނުކޮށް އަވަހަށް ދުވެލާ.” އިޝާލް ބޭނުންވާނީ އަވަސް ކުރާށެވެ.

އާދައިގެމަތިން ޒީނިޔާއާއި ފަރީދުވީ ބޭރަށް ގޮހެވެ. ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ދިޔައީ ކަމަށްވެދާނެއެވެ. އެހެން ނުކުންނަ ވަގުތެއްގައި ނަމަ ގިނަފަހަރަށް އެމީހުން ގެޔަށް އަންނާނީ ތަންކޮޅެއް ލަހުންނެވެ.

ދޮވެފައިވާ އަންނައުނުތައް ގޯތިތެރޭ އެލުވާފައިހުރި ރޯނުގައި އަހަރެން އަޅުވަމުންދިޔައީމެވެ. ގަދަ އަވީގައި ހުރެގެން އެއްޗިހި އަޅުވަމުންދިޔައިރު އަހަރެން ހުރީ ހިސާބަކަށް ދާހިއްލާފައެވެ. އެއްޗިހި އަޅުވާ ނިމިގެން ގޭތެރެއަށް ވަންނަން އެނބުރިލި ވަގުތެވެ. ކުޑަވަރެއްގެ ކުއްޖަކު އަހަންނާ ދާދި ގާތުގައި ހުއްޓާ އަހަންނަށް ފެނުނެވެ. އެކުއްޖާގެ އަތުގައިވާ ޕާރސަލާއި ފިނިފެންމާ އަހަންނަށް ދިއްކޮށްލީ ހިނިތުންވަމުންނެވެ.

“ކާކު ދިން އެއްޗެއް؟” އަހަރެން އޭގައި ހިފަމުން ސުވާލުކޮށްލީމެވެ. ހައިރާން ވެފައިހުރެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ދިނުމަކާ ނުލާ އެކުއްޖާ އެދިޔަ ބާރުމިނުގައި ދުވެގޮސްފިއެވެ. އޭރުވެސް އަހަރެން ހައިރާން ވެފައިހުރެ އެއްފަހަރު އަތުގައިވާ ތަކެއްޗަށް، އަނެއްފަހަރު އެކުއްޖާ ދުވެފައި ދިޔަ ދިމާލަށް ބަލައިލީމެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ވިންދޭ ތީ މަގޭ-7

Next

ތަޤްދީރު 09 ވަނަ ބައި

Next
August 16, 2023

ތަޤްދީރު 09 ވަނަ ބައި

Previews
August 14, 2023

ވިންދޭ ތީ މަގޭ-7

9 Comments!

  1. Uknown says:
    August 14, 2023 at 8:47 am

    Asluga maa kuree part thah genesdheyleh

    1. Shaleen says:
      August 14, 2023 at 1:04 pm

      Yeah. Shaleenves thikan gaboolu kuran.
      Aslu vaagothakee ekkoh liye nimifa in vaahakaeh noonveema vaagothei.
      Shaleen ves aslu v bz schedule GA ulhemun Komme dhuvahakah vaahaka ready kollan jeheny.
      Also Phn use koggen liyaatheeves undhagoo.
      Ehenveema aslu kurukoh liyeveneeves.

      Vaahaka kurukoh genesdheythee baeh kiyuntheringe edhumuge mathin shaleen visnee week Aku 2 dhuvahu vhk genesdheyn.

      Shaleen balaanan liyeveyvarakun publish kureveytho.

  2. love imko 💝💖 says:
    August 14, 2023 at 2:35 pm

    I love this story
    When Is Next part 💕💗

    1. Shaleen says:
      August 14, 2023 at 2:56 pm

      Hi imko.
      Thanks
      Next part dhen next Thursday GA in sha Allah

  3. love imko 💝💖 says:
    August 14, 2023 at 5:34 pm

    I will waiting for Thursday

    1. Shaleen says:
      August 14, 2023 at 6:38 pm

      Thank you the biggest fan imko 🤗

  4. love imko 💖❤️ says:
    August 14, 2023 at 9:09 pm

    You welcome

  5. Mal says:
    August 15, 2023 at 7:36 am

    Masha Allah
    Story is beeeeeaaaaauuuuutiiiifuuuuul!!
    Keeeep goingg
    Waiting for the next
    And I’m so sorry for the late comment

    1. Shaleen says:
      August 15, 2023 at 9:09 am

      Hi Mal
      Thanks v v v bodah vaahaka reethikamah buneleema.
      Ufaavey 🤗
      And thanks for waiting
      Next part dhen Thursday GA in sha Allah.
      It’s okay Mal ah hama time veema comment kolleema hunnaanee rangalhah.
      Once again thanks dear

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 23←


All Right Reserved!