Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 24

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 21, 2023 4 Mins Read
6 Comments

 

“ތިހެން ނުބުނޭ ފަރީދު… އަހަރެން މި ފުރުސަތުގަ ބޭނުން ހިފާނަން. އަހަންނަށް އިތުބާރުކޮށްބަލަ….. މިހަފްތާތެރޭ ޒީންއަށް ޖީސީއީގެ ނަތީޖާވެސް ލިބޭނެ. އޭރުން އަހަރެން އޭނައާ ވާހަކަ ދައްކާނަން. އަހަންނަށް އިތުބާރުކޮށްފަ ކުޑަ ވަގުތުކޮޅެއް ދޭންވީނު؟ އާދޭސް ކުރަން.” ފެންކަޅިވެފައި އިނދެ ޒީނިޔާ އާދޭސްކުރަމުން ދިޔައީ ފަރީދު ދީފައިވާ މުހުލަތުގެ ފަހު ފުރުސަތު ގެއްލިދާނެތީއެވެ.

ރިހި ކުލައިގެ ކަރުދާހުން ބަންދުކޮށްފައިވާ އެ ޕާރސަލްގައި ރީތި ކަމާއި އޮމާންކަމެއް ވެއެވެ. ޕާރސަލް ކެނޑުމުގެ ކުރިން އަހަރެން އެފޮށި ކުޑަކޮށް ތަޅުވާލީ އެފޮށި ލުއިކަމުންނެވެ. އުނގުމަތީގައި ޕާރސަލް ބައިންދާލަމުން އޭގައިވާ ޓޭޕްތައް އަހަރެން މަޑުމަޑުން ނައްޓާލީ ކަރުދާސް ގަނޑާއިވެސް އެކުގައެވެ. ފޮށި ހުޅުވާލުމާއެކު އަހަންނަށް ފެނުނީ ފަތްޖަހާލާފައިވާ ގަނޑެކެވެ. އެގަނޑު ނަގަމުން ދިޔަވަގުތު އަހަރެންގެ އަތުން ލޫދިގެން ފައިދަށަށް ވެއްޓުނު އެއްޗެއް ނަގާ ބަލައިލުމަށް އަހަރެން އަވަސްވެގަތީމެވެ.

ގުދުވެލާފައި އަހަރެން ނެގީ އިޝާލް އަހަންނަށް ދިން ފޮޓޯއެވެ. އެކަމަކު އެފޮޓޯ އެއީ އަހަރެން އެންމެ ފަހުން އިޝާލްއަށް އޭނާގެ އުފަންދުވަހު އަނބުރާ ދިން ފޮޓޯއެވެ. އަނެއްކާވެސް އެފޮޓޯ ދެވަނަ ފަހަރަށް އަހަންނަށް ދިން ބޭނުމެއް އަހަންނަކަށް ނުވިސްނުނެވެ. ފޮޓޯގެ ނުފުށުގައި ވަނީ އަހަރެން ލިޔެފައި ދިން އިބާރާތްތަކެވެ. އެ އިބާރާތްތަކަށް އެއްވެސް އުނިއިތުރެއް ގެނެސްފައެއްނުވެއެވެ.

އަހަރެންގެ އަތުގެ އިނގިލިތައް ދެން އެންމެ އަވަހަށް ހަރަކާތްތެރިވެލީ ފަތްޖަހާލާފައިވާ ގަނޑުގައި ލިޔެފައިވަނީ ކޮންއެއްޗެއްތޯ ބަލައިލުމަށެވެ. އަހަރެން އެ ކަރުދާސް ހުޅުވާލި ވަގުތު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ސިއްސައިން ދިޔަވަގުތު އަހަރެންގެ ހަރަކާތްތައް ކުއްލިޔަކަށް އަވަސް އަވަސް ކޮށްލީ ލިބިފައިވާ ހަދިޔާތައް އެހެން މީހަކަށް ފެނުނަނުދީ ފޮރުވާލުމަށެވެ.

“ޒީން! ޒީން!” މަންމަ އަހަންނަށް ގޮވަމުންދިޔަ އަޑަށް އަހަރެން ދޮރު ހުޅުވީމެވެ.

“ޒީން! މަންމަ ވާހަކައެއް ދައްކަންވެފަ އޮތީމަ…. މިވަގުތު އެތެރެއަށް ވަދެލިޔަސް އެންމެ ރަނގަޅުތަ؟” މަންމަ ބުނެލިއެވެ.

“މިވަގުތުތަ؟….. މިވަގުތު މިއުޅެނީ ކުޑަ ކަމެއްގަ. އަހަރެން ހަމަޖެހިލައިން ވާހަކަ ދައްކާލަން ދާނަން.” އަހަރެން ދޮރު ލައްޕާ ތަޅުލީމެވެ. މަންމައަށް ވަގުތު ދިނުމަށްވުރެ ބޮޑަށް އަހަރެން ބޭނުންވީ އިޝާލްގެ އިހްސާސްތައް ދެނެގަންނާށެވެ. ގިނަފަހަރަށް މަންމަވެސް އަހަންނަށްދޭ ސަމާލުކަން ކުޑައެވެ. އެހެންވެ އެކަމަށް އަހަރެން ވަނީ އާދަވެފައެވެ.

އަލަމާރީގެ ދޮރު ހުޅުވާލުމަށްފަހު އަހަރެން ބަލައިލީ އެ ރީތި ރަތްކުލައިގެ ބޮޑު ފިނިފެންމަލަށެވެ. އަހަންނަށް ހިނިތުން ވެވުނީ އިޝާލް އަހަރެންދެކެ ލޯބިވާ މިންވަރު އިހްސާސް ވުމުންނެވެ. ހަމަ ގައިމުވެސް އެ މަލަކީ އިޝާލް އަހަރެންދެކެ ވާލޯބީގެ ފުރިހަމަ ރަމްޒެކެވެ. އިރުކޮޅަކު ހުރުމަށްފަހު އަލަމާރީގެ ދޮރު އަހަރެން ލައްޕާލީ ހިތަށް ވެރިވި ނުތަނަވަސް ކަމަކުންނެވެ. މަލެއް ފަތެއް އަލަމާރީގައި ފޮރުވާފައި ބައިންދާލަން ލިބުމަކީ އުފަލެއް ނޫނެވެ. އަހަރެންގެ ހަގީގީ އުފަލަކީ އަހަރެންގެ ހިތާއި ހަޔާތުގައި މުޅި ޢުމުރަށް އިޝާލް ފޮރުވާލަން ލިބުމެވެ.

“މިހުޅުވަނީ…” ކޮޓަރި ދޮރުގައި ޓަކިޖަހާލި އަޑަށް ނާސިފް ދޮރު ހުޅުވާލިއެވެ.

“ނާސިފް! ވަރަށް ދެރަގޮތެއް މިވީ.. އެ ކުޑަކުއްޖާ ހޯދަން ގޮސްފަ މިއައީ. އެކަމު ދިމަލެއްނުވި. ދެން އެކުއްޖާކައިރި ނުވެސް އެހޭނެ.” ހާސްވެފައި ހުރެ އިޝާލް ވާހަކަ ދައްކަމުން ދިޔައީ ނާސިފްގެ ފިނިފެންމާ ގެއްލުމުން އެކަމާ ކަންބޮޑުވެގެންނެވެ.

“ދެން ދިމާވީމަ އަހާނީ…….” މާޔޫސްވެފައިވާ ނާސިފް ދިނީ ކުރު ޖަވާބެކެވެ.

“ދެން ނޭނގެ ދިމާވާނެ ދުވަހެއްވެސް. އަހަރެން އެގޭދޮށަށް ދިޔައިމަ އެގޭކައިރި މީހަކު ބުނީ މިއަދު ހެނދުނު މިރަށަށް މާލެއިން އަޔޯ ލޯންޗެއް. އެލޯންޗް އައީ އެގޭ މީހުންބަލަޔޯ. އެމީހުން އެކުއްޖާގެ ބައްޕަ ރަށަށް އެއްކޮށް ބަދަލުވީޔޯ. އަދި ނުފުރާނެޔޭ ބުނީމަ މަދިޔައިން ލޯންޗް ކައިރިއަށްވެސް. އެތެދެކޭ… މަވެސް އެހެން ބުނީމަ ހަނދާންވީ….. އެކުއްޖާ ބުނިވެސްމެ، މަންމައާއެކު ތާކަށް ދާންނޭ މިދަނީ. އެއީތާ އެހެންވީމަ އެކުއްޖާ އެބުނި ވާހަކައަކީ. އެކަމު މަށަށް ދެވުނުއިރު އެ ލޯންޗް ފުރައިން ދަނީ.” ކަން ހިނގާ ދިޔަގޮތް އިޝާލް ތަފްސީލުކޮށް އޮޅުންފިލުވައިދިނެވެ.

” އިޝާލް… ހާދަވަރަކަށޭ ތިއަނގަ ގަދަވީ… ތިވަރަށް ނުކިޔައިދިނަސް ރަނގަޅުވާނެ. ދެން އަޅާނުލާ.. ދޭން ބޭނުންވި ކުއްޖާއަށް އެފިނިފެންމާ ނުދެވި އުޅެނިކޮށް އެވެސް އެގެއްލުނީ. ދެން މަ އެހެން ގޮތެއް ހަދަންޖެހޭނީ. މިރަށަކުން އެކަހަލަ އޮރިޖިނަލް ފިނިފެންމަލެއް ނުލިބޭނެ. އިޝާލް ދެން އެކަމާ އަޅާނުލާ. އެހެން ވާނެކަން ކިހިނެއްދޯ އަހަރުމެންނަށް އިނގޭނީ.” އިޝާލްގެ ކޮނޑުގައި ޖަހާލަމުން ނާސިފް ބުނެލިއެވެ.

“އެކަމު މަ ވަރަށް ދެރަވެއްޖެ. ގައިމުވެސް ކޮންމެސް އަންހެން ކުއްޖަކަށް ދޭން ގެނައި އެއްޗަކަށް ތިވާނީ. އަނެއްކާ ހިތްރުހޭ ކުއްޖަކު މިރަށުގަ އުޅެނީތަ؟” އިޝާލް މަޖާގޮތަކަށް ނާސިފްއާ ސުވާލުކޮށްލިއެވެ.

“ހެހެ… ކަލޭ ދައްކާވާހަކަ. ރައްޓެއްސަކަށް ދޭންވެސް އެވަރު އެއްޗެއް ގެނެސްފާނެދޯ. ތިބުނާކަހަލަ ހާއްސަ ކުދިން އުޅޭރަށެއްތަމީ؟ ހެހެހެ” ނާސިފްގެ ދުލުން އިޝާލްއަށް ހަގީގަތެއް ނުހޯދުނެވެ.

“ހެހެހެ. ތިކަމަށް އެއްޗެއް ބުނާކަށް އަހަރެން ނެތީން. އޭތް!! ދެން ކޮންއިރަކު ފަރީދުބެމެންގެ ގެއަށް ދަނީ؟ ނާސިފް މިއަދު އެގެއަށް ދިޔަހެން ހިޔެއްނުވެ. އެހެންވެ މިއަހާލީ!” އާދައިގެމަތިން ނާސިފް އެގެއަށް ދާތީ އިޝާލް ސުވާލުކޮށްލިއެވެ.

“ހުމމމ… ދާންވެގެން އުޅުނީ… އެކަމަކު ދެން އަނެއްކާވެސް ދެވޭނީ ތަންކޮޅެއް ފަހުން ކަންނޭނގެ. ފަރީދުބެ ރޭގަވެސް ބުނެފައޮތީ
މިއަދު ޒީނިޔާ ގޮވައިން ތަންކޮޅެއް ގިނަވަގުތު ބޭރުގަ އުޅެލާނެ ވާހަކަ. އެހެންވީމަ ރަނގަޅުވާނީ އެމީހުން އުޅޭ ގަޑިއެއްގަ މަވެސް ދިޔައިމަ..” ނާސިފް ބުނެލިއެވެ.

ނާސިފް ދެއްކި ވާހަކައިން އިޝާލް ހިތްހަމަ ޖެހުނެވެ. ޒީންއަށް ހަދިޔާ ދިންކަން ޒީންގެ މައިންބަފައިންނަށް ސިއްރުވެފައި އޮންނާނެކަމާމެދު އިޝާލް ޔަގީން ކުރިއެވެ. ޒީންއަށް ހަމަޖެހިލައިން އެ އިބާރާތްކޮޅު ކިޔާލަން އިންނަން ފުރުސަތު ލިބޭނެކަން ޔަގީން ވިއެވެ.
އިޝާލްގެ އެންމެ ބޮޑު އެދުމަކަށްވީ އޭނާ ދިން ޕާރސަލް އެއްވެސް މީހަކަށް ނުފެނި ޒީންއަށް ލިބުމެވެ. އެހެންކަމުން ނާސިފްގެ ވާހަކައިން ޖުމްލަގޮތެއްގައި އިޝާލްއަށް މާނަ ނެގުނީވެސް އެގޮތަށެވެ.

އިޝާލްގެ ސިކުނޑިއަށް ކުއްލިޔަކަށް ވެރިވީ އާދަޔާ ހިލާފު ހިޔާލެކެވެ. “އެކުއްޖާ އެ ޕާރސަލް ގެންދިޔައިއިރު……. އޯހ ނޯ!!!އަނެއްކާ އެ ފިނިފެންމާވީ ޒީންއަތުގަބާ؟ އެކަމަކު ނާސިފް…… އަނެއްކާ އެއީ ކާކަށް ގެނައި އެއްޗެއްބާ؟ މިއަދު ޒީންގެ އުފަންދުވަސް. ފަރީދުބެއާ ނާސިފްއާ އެހާ ރައްޓެހިވީމަ އަނެއްކާ ޒީންއަށް ދޭން ނާސިފްގެނައި އެއްޗެއްބާ؟ ސުބްހާނަ ﷲ !! މިވީގޮތް ބަލަންވީ.” އިޝާލްގެ ހަރަކާތްތައް އަވަސްކޮށްލަމުން ބާރު ހިނގުމެއްގައި ގެއިން ނުކުމެއްޖެއެވެ.

“ހާދަ ލަހުންނޭ ތިދޮރު ހުޅުވީ. އުފަންދުވަހު މީހުން އުޅޭނެތަ ގިނަވަގުތު ކޮޓަރީގަ؟ ތަންކޮޅެއް ކުރިންވެސް އައިސްފަ މަމިދިޔައީ. މިގެއަށް ވަންނަނިކޮށް ޒީން މަންމަ ބުނި ޒީން ބުންޏޯ ހަމަޖެހިލައިން ދޮރު ހުޅުވާނަމޭ. އެހެންވެ އުނދަގޫ ނުކޮށް ދިޔައީ. އަނެއްކާ މިހާރުވެސް ހަމަ ކޮޓަރީގަ. އަދި އެހާލަހުން ދޮރުވެސް ތިހުޅުވީ…. ޕިސްޕިސް.” ނަތޫ އަތުގައިވާ ޕާރސަލް އަހަންނަށް ދިއްކޮށްލަމުން ހާސަރު ދެމިއެވެ. އެއަށްފަހު ދެމީހުންވެސް އެނދުގައި އިށީންދެލިމެވެ.

“އާނ… މަންމަމެންވެސް ވަރަށް ގިނަވަގުތު މިއަދު ބޭރުގަ އުޅުނީ. އެހެންވެ އަހަރެންވެސް ކޮޓަރީގަ މިއުޅެނީ. ދެން އަހަރެން ގެންގުޅުނު އެއްޗިހިތަކެއް ފޮރުވާލާފަ ދޮރު ހުޅުވަން ލަސްވީ.” އަހަރެން ތެދަށް ބުނީމެވެ.

“އެހެންތަ؟ އެވަރުގެ ކޮން އެއްޗިހިތަކެއް؟ އަހަރެން މިކޮޓަރިއަށް ވަނީއްސުރެ މިބަލަނީ އެކިދިމަދިމާ. އެކަމަކު އަހަރެން ހޯދަން ބޭނުންވި އެއްޗެއް ހަމަގައިމުވެސް އަހަންނަށް ފެންނާކަށްނެތް. ޒީން…… މިއަދު އަސްލު ޒީން ވަރަށް ތަފާތު. ކިހިނެއްވެފަ ތިހިރީ؟” ހައިރާން ވެފައިހުރެ ނަތޫ އަހާލިއެވެ.

“ކަމެއްނުވެ. ނަތޫ ކޯއްޗެއް މިތަނުން ތިހޯދަނީ؟ އަދި ބުނެފި އަހަރެން ތަފާތޭ. ކޮން ގޮތަކުންތަ އަހަރެން ތަފާތީ؟” އަހަރެން ނަތޫއާ ސުވާލުކޮށްލީ ނަތޫ ދިން ޕާރސަލް ކަނޑަމުންނެވެ.

“އެހެންޏާ އަހަރެން ޕާރސަލް ދިނީމަ ވަރަށް އުފަލުން ކަނޑާނީ. މިއަދު އެކަމު ޒީންގެ މޫނުން އުފާވެރިކަމެއް ނުފެނެ. ކޮންމެ އަހަރަކު އަހަންނާ އިޝާލްއާ ދޯ ހަދިޔާ ދެނީ.. އަސްލު ބުނެބަލަ ކިހިނެއްތަވީ؟ އޭނަ މިފަހަރު އެއްވެސް އެއްޗެއް ނުދެނީތަ؟ އިޝާލް ހަދިޔާއެއް ދީފައިންތޯ އަހަރެން އަސްލު މިބަލަނީ.” ނަތޫ ސުވާލުކޮށްލީ ދެރަވެފައި އިނދެއެވެ. އެކަމަކު ނަތޫގެ ސުވާލުގައި ވަނީ ތަހްގީގުގެ އަސަރުތަކެވެ.

“އެއްޗެއް ލިބުނު. އެކަމަކު އެއީ ކޯއްޗެއްކަން އަހަންނަށް ރަނގަޅަށް އަދި ބަލައެއް ނުލެވެ. އަހަރެން އުންމީދު ކުރަނީ އެއީ އިޝާލްގެ ފަރާތުން ލިބުނު އެއްޗެއްކަމަށް. އެގެނެސްދިނީ ކުޑަކުއްޖެއް. އެކުއްޖަވެސް ނުބުނެ އެދިން މީހެއްގެ ނަމެއް” ރަކި ހިނިތުންވުމެއް ނަތޫއަށް ހަދިޔާކުރަމުން އަހަރެން ބުނެލީމެވެ.

“އެހެންތަ؟ ދެން ރަނގަޅުތާ. އެހެންވިއްޔާ ދެންދޭ އެބަލަން. ލިބުނު އެއްޗެއް ބުނެލައްޗެވެ. ހެހެ. މަށާހެދި އެނުބެލިގެންދޯ ދޮރުތިހުޅުވީ؟ އަދިކިރިޔާ މިއެނގުނީ.” ނަތޫ ސަކަ ގޮތަކަށް ހީލީ އިޝާލްގެ ހަދިޔާ ޒީންއަށް ލިބުނުކަން ޔަގީން ވުމުންނެވެ..

“ހެހެހެހެ… ނަތޫކުރާ “ގެސް” އާންމުކޮށް ވަރަށް މޮޅުވާނެ. އަސްލު ވެސް އެޔޭ ވީގޮތަކީ……… ވާވް!!! ވަރަށް ރީތި ކެވެލިކޮޅެއް. ތޭންކްސް ނަތޫ.” ނަތޫ ކޮޓަރިން ނުކުންނަނިކޮށް އަހަރެން ޝުކުރު އަދާކުރީމެވެ.

ކޮޓަރިއަށްވަދެ ދޮރު ތަޅުލުމަށްފަހު ވަތްގަނޑެއްގެ ތެރޭގައި ކެވެލިކޮޅު ފޮރުވާލީމެވެ. އެއަށްފަހު އަހަރެން އަވަސްވެގަތީ ލިބިފައިވާ ގަނޑުގައި ލިޔެފައިވާ އެއްޗެއް ކިޔާލުމަށެވެ. ކަރުދާސް ގަނޑުނަގާ އަހަރެން ހުޅުވާލީމެވެ.

-ނުނިމޭ-

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޔާރާ އަހާށޭ 4

Next

ތަޤްދީރު 11 ވަނަ ބައި

Next
August 23, 2023

ތަޤްދީރު 11 ވަނަ ބައި

Previews
August 20, 2023

ޔާރާ އަހާށޭ 4

6 Comments!

  1. love imko 💖💕 says:
    August 21, 2023 at 5:54 am

    I love this story 😍
    But I am going to school
    When Is next part

    1. Shaleen says:
      August 21, 2023 at 6:29 am

      Thanks imko
      Next part innaanee next Thursday in sha allah

  2. love imko 💝💖 says:
    August 21, 2023 at 7:26 am

    I am sick and cold 🤢🤧

    1. Shaleen says:
      August 21, 2023 at 10:34 am

      Avas shifa akah edhen

  3. love imko 💝💖 says:
    August 22, 2023 at 5:53 am

    I am okay now
    I love you so much shaleen
    I will waiting for your next part 💕
    I am so happy. but my boyfriend wife is pregnant
    But I never think that was lying or not
    I am waiting for next part
    @shaleen

    1. Shaleen says:
      August 22, 2023 at 7:12 pm

      Thanks imko
      Yes plz …
      Next part ah wait kollaa

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 25←


All Right Reserved!