Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 35

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 28, 2023 3 Mins Read
25 Comments

“ހެންވޭރު…..” ގެއަށް ދިއުމައްޓަކާ، ޖެހިލުމެއް ނެތި ޖަވާބުދޭން އަނގަހުޅުވާލީ އަހަންނެވެ. އަހަރެންގެ އަޑު އިވުމާއެކު އަހަރެން ބުނަން އުޅުނު އެޑްރެސް ބުނިޔަނުދީ ހުއްޓުވީ ނާސިފްއެވެ.

“އާރޓިފިޝަލް ބީޗް ސަރަހައްދަށް. އެދިމާލަށް މަޑުކޮށްލީމަ ރަނގަޅު ވާނެ.” ނާސިފް ބުނި ލޮކޭޝަން އަޑުއިވުމާއެކު ކުއްލިޔަކަށް ސިއްސައިންގޮސް އަހަންނަށް ބަލައިލެވުނީ ކުރީ ސީޓުގައި އިން ނާސިފްއާ ދިމާލަށެވެ.

“ކައިވެނި ހެދުމުގަ އާރޓިފިޝަލް ބީޗް ސަރަހައްދައްތޯ؟ އަޅުގަނޑަށް ގަބޫލުކުރަން ދަތިވީމަ އަހާލީ…. ހިތަށް މިއަރަނީ އެހެންވީމަ ހާދަހާ ކެތްގަދަ ދެކުދިންނޭތީ…. އާންމު ގޮތެއްގަ ކައިވެނި ނިންމާލާފަ އެއްވެސް ދެމަފިރިޔަކު ތިހެން ގޮސްދާނެހެން ހިއެއްނުވޭ. އަމުދުން މިހާ ދަންވެލީމަ އަޅުގަނޑު އެހެން މިބުނެލީ. ނޫނޭވާ ކެތްގަދަ…. އެކަމު ކޮށްކޮމެން ބޭނުންތާކަށް ގެންދަންވާނެތާ.” ކާރު ދުއްވަން އިން މީހާ ހައިރާން ވެފައި އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.

ކާރު ދުއްވާ މީހާ އެކުރަނީ ޝަކުވާއެއް ކަމެއް ނޫނީ އެއީ އަހަރެމެންނަށްދޭ ޚިޔާލެއް ކަމެއްވެސް އެނގޭނީ އެމީހާއަށެވެ. އެމީހާގެ ވާހަކަތަކުގައި މަލާމާތުގެ ރާގު އެކުލެވިފައިވިސް ނާސިފްއަށް ފަރުވާލެއް ނެތެވެ. އެކަން އެނގެނީ އެމިމީހާއަށް ރައްދު ދިނުމުގެ ގޮތުން އެއްވެސް އެއްޗެއް ނާސިފް ނުބުނީމައެވެ. އަހަރެންވެސް ބަދަލުގައި އެއްޗެއް ނުބުނީ ބުނާނެ އެއްޗެއް ނޭނގޭތީއެއް ނޫނެވެ. އަނެއްކާވެސް އަހަރެން ބުނެލާ ބަހަކަށް ފަސްދޮޅަސް ބަސް ނާސިފް ބުނެލަފާނެތީއެވެ.

އަމާން ރަށުތެރޭގައި ކަނުއަނދިރި ކަމެއް ވެއެވެ. ރޭގަނޑު އެގާރަ ޖެހިއިރު ނަތޫ އިނީ އެނދުގައެވެ. ނިދަން އެރިގޮތަށް ނުނިދިގެން އިރު އިރުކޮޅާ ތެދުވަނީއެވެ. ނަތޫގެ ވިސްނުމުގައި ވަނީ އެތައް ކަމެކެވެ. ޒީންއަށް ލިބުނު އާ ހަޔާތީ ދަތުރުގެ މިސްރާބު ހުންނާނެ މަންޒިލެއް ނޭނގިގެންނެވެ. ޒީންއާއެކު ނާސިފްވެސް އެފަދަ މަޖުބޫރީ ހާލަކަށް ވެއްޓެން އެއްބަސްވި ސަބަބު ނޭނގޭތީއެވެ. ޒީން ލޯބި ނުވާކަން އެނގޭއިރުވެސް ދެން ނާސިފްގެ ބޭނުމަކީ ފަހެ ކޮބައިހެއްޔެވެ؟ މިފަދަ ރެއެއްގައި އިޝާލްގެވެސް ހިތުގައި ހިނގާނެ އިހްސާސްތަކާއި ކެކުޅުންތައް އެނގެން ނަތޫ ބޭނުންވެއެވެ.

ކާރުން ފާއިބައިން ހިނގަމުންދިޔަ ނާސިފްގެ މިސްރާބު ހުރީ އާޓިފިޝަލް ބީޗްގައި ރާނާފައިހުރި ގޮނޑިތަކުން ގޮނޑިޔަކަށެވެ. ހުދު ކުލައިގެ ބޮޑު ހެދުމާއެކު ނާސިފްގެ ފަހަތުން ހިނގަމުން ގޮސް އެގޮނޑީގެ އެއް ކޮޅުގައި އަހަރެން އިށީނީމެވެ. ޖެހެމުން ދިޔަ ވައިރޯޅީގެ ފިނިކަން ފިޔަވާ އަހަންނާ ނާސިފްއާ ދެމެދު ހުރަހެއް ނުވެއެވެ. އެމާހައުލުގައި އަހަރެން އިނީ ހަމަހިމޭނުންނެވެ. ތިން ވަރަކަށް މިިނެޓް ވީއިރުވެސް އަހަރެމެން ދެމީހުންގެ ދެމެދުގައި ވަނީ ފަޅުކަމެވެ. ބީރައްޓެހިކަމެވެ. އަހަރެން ހަމަ ގަސްތުގައިވެސް އަނގައިން ނުބުނެ އިނީއެވެ. މިތަނަށް އަންނަން ބޭނުންވީ ނާސިފެވެ. އެހެންވިއްޔާ މިތަނުން ދާނީވެސް ނާސިފް މިތަނަށް އައި މަގްސަދު ހާސިލްވުމުން ނޫންހެއްޔެވެ؟

“އަނގޮޓި ޕްލީޒް!” އަތްތިލަ ދިއްކޮށްލަމުން ނާސިފް ބުނެލި ވާހަކައިން އަހަރެން ސިއްސައިން ދިޔައެވެ.

އެވަގުތު ބޭއިހްތިޔާރުގައި އަހަންނަށް ބަލައިލެވުނީ ނާސިފްގެ ދެލޮލަށެވެ. އޭރު ނާސިފްވެސް އިނީ އަހަންނާ ހަތަރުކަޅި ހަމަކޮށް ގެންނެވެ. ދެން އަހަރެން ނާސިފް ދިއްކޮށްފައިވާ އަތްތިލައަށް ބަލައިލީމެވެ. އަހަންނަކީ ފަސްނުޖެހޭނެ މީހެއްކަން އަންގަން އަހަރެން ބޭނުމެވެ. ވަގުތުން އިނގިލީގައި އިން އަނގޮއްޓި ނަގާ ނާސިފްގެ އަތްތިލައަށް ވައްޓާލީމެވެ. އަވަސް ހަރަކާތަކާއެކު ނާސިފް މުށުތެރޭގައި އެ އަނގޮއްޓި ފޮރުވާލިއެވެ.

އަނގޮޓި ފޮރުވިޔަސް އަހަންނަށް ފަރުވާލެއް ނެތެވެ. އެއީ އަހަރެން މާބޭނުންވާ އެއްޗެއް ނޫނެވެ. އޭގައިވާ ރަނުގައި ބަރުދަނެއް ހުއްޓަސް އެއީ އަހަންނަށް އަގެއްހުރި އެއްޗެއް ނޫނެވެ. އެކަމަކު އަހަންނަށް ހިތާއި ހިތުން ސުވާލެއް ކޮށްލެވުނެވެ. ނާސިފް އެއަނގޮޓި އަހަރެން އަތުން އަތުލީބާއެވެ؟ ނޫނީ އަހަންނަށް ފަހުން ދޭގޮތަށް އިރުކޮޅަކަށް ހިފެހެއްޓީބާއެވެ؟ ކޮންމެ ގޮތެއްވިއަސް އަހަންނަށްހެވެ. އަހަރެން ކޮންމެހެން އެކަމާ ސުވާލެއް ކުރާކަށްވެސް ނުޖެހޭނޫންހެއްޔެވެ؟

“ކީއްކުރަން މިތަނަށް އައީ؟” އެންމެ ފަހުން އަހަންނަށް ކެތްނުވެގެން ވާހަކަ ދައްކަން ފެށީމެވެ.

“ހަމަ ވަގުތުން ގެއަށް ނުދާން. ބައްޕަމެންނަށްވެސް ވަގުތު ކޮޅެއްދޭން…. ވަގުތުން ގެއަށް ދިޔުމަކީ ޒީން ވަރަށް ނުތަނަވަސް ވާނެކަމެއްކަން އަހަންނަށް އެނގޭ… ބޭނުންވަނީ މި މާހައުލުން ޒީންއަށް ހިތްހަމަޖެހުން ހޯދައިދޭން. ޒީންގެ ތި ނުތަނަވަސްކަން ފިލުވަދީފަ އަހަރެން ގެއަށްދާން ބޭނުމީ.” ނާސިފްގެ އުދާސްތައް ބޭރުކޮށްލުމުގެ ގޮތުން ދުރުދުރުން ވާހަކަ ފެއްޓިއެވެ.

“މިތާ ތިބުމުގެ ބޭނުމެއްނެތް. މިރޭ ބައްޕަވެސް ފުރާނެ. އަހަރެން ބޭނުމީ ގެއަށްދާން. އެހެން ނޫނަސް އަހަންނަކީ އެއްވެސް އިރެއްގަ މާހިތްހަމަ ޖެހިގެން އުޅޭ މީހެއްނޫން. މަންމަ ދުނިޔޭގަ ހުރިއިރުވެސް، އަހަންނަށް އޮތީ ތިބުނާ ހިތްހަމަޖެހުން ނުލިބިފަ. އެހެންވީމަ މަންމައަށް ހޯދައިނުދެވުނު ހިތްހަމަޖެހުމެއް ވަކި ނާސިފަކަށްވެސް ހޯދައެއް ނުދެވޭނެ.” ލުއި އަޑަކުން ވާހަކަދެއްކަމުންވެސް އަހަރެން ބޭނުންވީ ނާސިފްގެ ހިތުގައި ޖައްސާށެވެ.

“އެނގޭ…. އެކަމަކު އަހަރެން އުންމީދުކުރީ އެގޮތަށް. އެހެންވެ އެހެން މިބުނީ.. އަސްލު އަހަންނަށްވެސް އެނގޭ މީކީ މާއުފާވެރި ރެއެއް ނޫންކަން. މާހާއްސަ ރެއެއްވެސް ނޫން. އަހަންނަށްވުރެ ބޮޑަށް ޒީން އެކަން ގަބޫލު ކުރާނީވެސް. އެކަމަކު މިއީ ތަގްދީރު… ތަގްދީރުން މިހެންވީމަ މިކަން ޖެހޭނީ ގަބޫލުކުރަން.” އަނގޮޓިއަށް ބަލަން އިނދެ ނާސިފް ވާހަކަދެއްކިއެވެ.

ނާސިފް އެއްގޮތަކަށް އަހަންނަށް ބަލައިވެސް ނުލައެވެ. ނާސިފް ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ދިޔައީ ލޮލުގެ ހަނިކޮޅުން ބަލަމުންނެވެ. ނާސިފް ގެންގުޅެމުންދާ އަނގޮއްޓިއަށެވެ. ނާސިފް ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑުގައި ތަފާތު އަސަރެއް އެކުލެވިފައިވެއެވެ. ހިތާމައިގެ އަސަރެވެ. ހިތްދަތި ވެފައިވާކަމުގެ އަސަރެވެ. އަހަންނަށް ހަމަ ރަނގަޅަށްވެސް މިރޭ އެކަން އިހްސާސްވެއެވެ. އެހެންނަމަވެސް އަހަރެން ގޮތްދޫކުރަން ބޭނުންނުވީއެވެ. ސަބަބެއް އޮވެގެންނެވެ. އަހަރެން ޔަގީންކުރަން ބޭނުންވީ ނާސިފްގެ އެހިތާމައިގެ އަސްލަކީ ކޮބައިކަމެވެ.

“ތަގްދީރު…. ތަގްދީރުދޯ؟ ހެހެ… ތަގްދީރުން އަހަރެން ބޭނުންވި ގޮތަށް އެއްކަމެއްވެސް ނުނިމުނު. އެންމެ ކުރިން އަހަރެންގެ ކާފަ… ކާފަ ފަރާތުން ނަފްރަތު ނޫންއެއްޗެއް އަހަންނަކަށް ނުލިބުނު. ދެން އަހަރެންގެ ބައްޕަ… އެބައްޕަގެ ލޯތްބާ ފިރުމުންތައް އަހަންނަކަށް ނުލިބުނު. ދެން އަހަރެންގެ މަންމަ…. މަންމަގެ އޯގާތެރިކަމާ ގާތްކަން އަހަންނަކަށް ނުލިބުނު. ދެން… ދެން އަހަރެންވީ އަލަތު ލޯބި…. އެތެދުވެރި ލޯބިން ހިތާމަ ނޫންއެއްޗެއް އަހަންނަކަށް ނުލިބުނު. ދެން މީ… މީ މިހާރު އަހަރެންގެ މުސްތަގްބަލާ ގުޅިފަވާ ނިންމުމެއް ….. އެކަމު މިކައިވެނިންވެސް އަހަންނަށް އަހަރެންގެ އުފާވެރި ދުނިޔެއެއް ނުލިބުނު. އެހެންވީމަ އަހަރެން ބޭނުންވީ ގޮތަށް ތަގްދީރު އަހަންނަށް އެއްވެސް ކަމެއް ނިންމާދީފިތަ؟ އެކަމަކުވެސް….. އަހަރެންގެ މި ޝަކުވާތަކާއެކުވެސް އަހަންނަށްވީ މަޖްބޫރަކުން އަހަރެން ނާސިފްގެ ކުރިމައްޗަށް އައިސްފިން… ތަގްދީރަށްޓަކާ ނާސިފް އަހަރެންދެކެ ލޯބިވެގެން ކައިވެނި ކުރިޔަސް އަހަރެން އުފަލެއް ނުވޭ…. ނާސިފްއަށް ދުވަހަކުވެސް އަހަރެންގެ ލޯތްބެއް ނުލިބޭނެ… ދުވަހަކުވެސް… އަހަރެން ދުޢާވެސް ކުރާނަން… އަދި މިހެން ކައިވެނި ކޮށްލެވުނަސް ނާސިފް ނެތް ދުވަހަކުންވެސް އަހަރެން ނާސިފްމަތިން ހަނދާނެއް ނުވާނެ….. ތީ އެވަރުގެ މީހެއްނޫން. ތީ އަހަރެންގެ ހަޔާތަށް އައި ޒަހަރެއް.” ޒީން ވާހަކަ ހުއްޓާލީ ރޮވޭގޮތް ވުމުންނެވެ.

އެނދުގައި އޮށޯއްވެލީ އިޝާލްގެ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުމުންނެވެ. ނާސިފްއާ ކައިވެނި ކުރިކަމުގައި ވިޔަސް ޒީންއަށް ދުވަހަކުވެސް އިޝާލްމަތިން ހަނދާން ނައްތާ ނުލެވޭނޭކަން ދެންމެ އިޝާލްއަށް ޔަގީންވިއެވެ. ކުރަމުންދިޔަ ހިތާމަތަކަށް ފަރުވާއެއް ދިނުމުގެ ގޮތުން އިޝާލް އޭނާގެ އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

ވިސްނަމުންދިޔަ ހުރިހާ ތަގައްޔަރު ވިސްނުންތަކަކުން ދުރަށް ދިޔުމުގެ ފުރިހަމަ ޖޯޝާއެކު އިޝާލް ލޯމަރާލީ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުންނެވެ. ހިތްވަރު ކުރުމުގެ އަޒުމާއެކު އަމިއްލަ ސިކުނޑިޔާ ހަނގުރާމަ ކުރުމަށް ތައްޔާރު ވަމުންނެވެ. ޒީންއާ ހަނގުރާމަ ކުރަން އިޝާލް ތައްޔާރު ވަނީއެވެ. މިކަމުގައި ނާސިފްއާ ހަނގުރާމަ ކުރުމަކީ އިޝާލް ބޭނުންވާ ގޮތެއް ނޫނެވެ. އަނެއްކާވެސް ހިނިތުންވުމުގެ އިޝާރާތެއް އިޝާލް އޭނާގެ ތުންފަތަށް ދެމުންދިޔައީ ލޯމަރާލައިން އޮވެއެވެ.

-ނުނިމޭ-

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޯބިވެވުނީ 10

Next

ދިރުމެއްނެތް ދިރިއުޅުން 36

Next
October 2, 2023

ދިރުމެއްނެތް ދިރިއުޅުން 36

Previews
September 27, 2023

ލޯބިވެވުނީ 10

25 Comments!

  1. Lily says:
    September 28, 2023 at 7:04 am

    Miadhu first dhww😂

    1. Anonymous says:
      September 28, 2023 at 7:09 am

      Yea your are the first

    2. love imko 💕💕 says:
      September 28, 2023 at 7:10 am

      Yea your are the first time

    3. Shaleen says:
      September 28, 2023 at 2:43 pm

      Hi
      Lily
      Miadhuge first libunee…

  2. love imko 💕💕 says:
    September 28, 2023 at 7:08 am

    Varha reethi mi part vex
    Shaleen ge vaahaka libuneema varha ufaaveje
    Next part kiyaalan libeeney kama unmeedhu kuran
    Once again varha reethi mi part vex
    I love you so much shaleen
    Thankolheh avaha genes dheeba shaleen

    1. Shaleen says:
      September 28, 2023 at 2:51 pm

      Hi imko
      V v bodah thanks..
      Shaleen try kuraanan Hama mondayga next part up kolleveytho.
      Ufaa vejje shaleen ves

  3. Lily says:
    September 28, 2023 at 7:31 am

    Naseebennu avahah nukiyaa comment eh kurevunkan😂
    Ehen nooonihya imko ah first libunyhy😅
    Anyways story is amazingg..❤️ Masha Allah💗
    Btw ishaal ah adu ivunytha zeeen dhehki vaahaka tah??😕
    Mi vahja kuriyah midhaa gothakunneh neynge zeen libeyny ishaal ah kameh naasif ah kameh😭
    Baeh faharu heeeve naasif vx varah bodu majboory eh oegeny mi ulheny😬
    Dhennn neynge hama kiyaa varaakh ithurah shauguverivun nooon kameh nuvey😭😭
    Ekam alhugandu beynumeh nooon zeeen naasif dheke loabi vaakah😩
    Zeeen eii ishaal ge haggeh😊😀
    Dhenn othy story ge name “dhirumehneh dhiriulhun” meege namakun vxx baeh faharu hiyeh nuve nimey iru vxx zeen ah ufaleh libidhaane ekey😭😂
    Curiously waiting for the next part,!❤️❤️😭

    1. love imko 💕💕 says:
      September 28, 2023 at 10:47 am

      Lily I am so happy
      Because your are the first
      That I was want
      Next time I will be first

    2. Lily says:
      September 28, 2023 at 1:23 pm

      Don’t be sadd my dear
      Next time u can try to get the first!!

    3. Shaleen says:
      September 28, 2023 at 3:01 pm

      My Lily…….
      ,😍😍😍😍😍😍😍😍😍😍😍😍
      Haadha dhigu comment ekey..
      Comment ge SALHI kamakee vhk ah base kollaafa comment koffa ineema.
      Dhen let’s c dho …
      Ishaal ah adu ivuneetho? Nooni ishaal ah mi vee kihineitho?
      Mi story kihineitho kuriyah dhaanee..
      Nasif Vs ishaal
      Kihinei baa ey vaanee… ?
      Dhwwwwwwwwww

      Hama v ves ufaavejje migothah mi vhk shauguverikamaaeku kiyaalaathee.
      N this dhevvaa support ah baru baru koh SHUKURU …
      😄

    4. Lily says:
      September 28, 2023 at 10:52 pm

      Lily ah thankolheh barukoh dhw cment kurwvuny😂
      My dearr sisterr!!
      Jumala thakuge ibaaraih thah fashuvi vefa, kiyaalan faseyha vefa, sifa kurunthakueg furihama kamun lolah manzaru sifa vefa, gavaidhun bunaadhuvahu bunaa gadiah ah upload kohdheny vihya abadhu vx hama mi shauguveri kanmathy vahaka kiyaane alhugandu noonas huriha kudhin vx…

  4. Ifoo says:
    September 28, 2023 at 2:38 pm

    Aww.. Vv reethi mi part vs Maasha Allah😊❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Shaleen says:
      September 28, 2023 at 3:04 pm

      Hey dear
      Vhk reethi kamah bunelaafa ineema ufaavejje.
      🤗 Next part ves Hama shaleen ah vee emme avahakah balaanan up kolleveytho
      In sha Allah
      Thi dhevvaa support ah v ves shukuru

  5. Anonymous says:
    September 28, 2023 at 5:51 pm

    Very nice story I love the story 😊

    1. Shaleen says:
      September 28, 2023 at 6:09 pm

      ❤️ Shukuriyyaa 🤗

  6. Shaleen says:
    September 29, 2023 at 11:26 am

    Awww!!! Thanks Lily
    Shaleen Hama ummeedhu kuranee adhi masakkaives mi kuranee kiyuntheringe samaalukan hoadhan.
    Also liyuntheri kamah judge kollaafa thi dhevva comments akee shaleen emme beynunvaa kahala comment akee 👍👍👍

    1. Lily says:
      September 29, 2023 at 12:55 pm

      Hey my dear!!
      Lily ge vrh bodu request eh eba oeh😭
      Mi vaahaka nimunyma lily dhen kiyaalan beynumy shaleen ge third view in liyaa thankolheh mi zamaanaa ehgoeh vahaka ej😑😬
      Heenukurahchey i dont like mi kahala vahaka ey😭😂
      I guess u will know that i like this type of story too cuz mi vaahka hadi nama why should I comment on this story everyday??🙃

  7. Vempire girl says:
    September 29, 2023 at 12:55 pm

    Maasha Allah… Varah Varah reethi. Mi vaahaka up vey thw konme dhuvahaku beley. Keep going Sharleen🤗

    1. Shaleen says:
      September 29, 2023 at 4:50 pm

      Welcome to my comment section Vempire girl..
      Thanks v bodah vhk reethikamah buneleema.
      And ufalun Hama folhijje, mi vhk up veytho inthizaaru kuraatheeve.
      Thee ehenveema shaleen ah libunu v bodu hihvarei komme part eh dhuvahah up kollan. In sha Allah.

      Again v v bodah thanks my Vampire girl

  8. Lily says:
    September 29, 2023 at 12:57 pm

    Whaattt😮
    Dhemyhun ehfahara coment kurevifa😂

  9. Vempire girl says:
    September 29, 2023 at 1:06 pm

    Konme dhuvahaku comment nukurevunas mi vaahaka feshunyhsure varah shaugu veri kamaai eku kiyan.. mee hama 💯 vaahaka eh.. hama varah reethi… Dhedhuvahun eh dhuvahu vaahaka up kohdhevidhaane thr?.. Komme dhuvahaku aa episode eh nikumefa in thw beley…

    1. Shaleen says:
      September 29, 2023 at 4:58 pm

      👋 Vempire girl
      Komme faharaku vhk kiyaalaafa comment nukolliyas v ufaavejje komme dhuvahaku shauguverikamaaeku vhk kiyaalaakan ingeytheeve. And
      V ufaavejje vhk varah reehchey buneleema.

      Aslu vaagothakee shaleen ekkoh draft koh nimifa in vhk eh noonveema thankolhei undhagoo dhedhuhun ehdhuhu vhk up kuran.
      Mihaaruves Hama vhk up kuraadhuvahah kiriyaa mi set kollevenee..
      Dhiriulhumuge baeh kankamuga BZ koh veemaves Hama migothah kiriyaa time dheegen mivaruves vanee…

      Aslu bunelaanee dhiriulhumuge vazeefa ehnama shaleen Inna hihvanee abadhuves liyela liyela..
      Liyuntherikan mee shaleen ah aslu v hih hama jehey masakkathei ❤️❤️❤️❤️ loabivaa kamei ❤️❤️❤️ alhamdhu lillah

  10. Shaleen says:
    September 29, 2023 at 4:46 pm

    Hi Lily
    Aslu v v v ufaavejje zamaanee vaahakaehves liyelan request kolleema.
    Shaleen Hama dhen try kuraanee mi vhk nimuneema Lilyge request furihama kolladheveytho in sha Allah
    Shaleen ah aslu v rangalhu thikahala ideas dhineema🤗
    And gaboolukuran Lily Hama mi vaahaka abadhuves kiyaakan.
    Thibunaahen, mi vhk reethi noonnama kyvvedho komme part akah comment kuranvee ?
    Shaleen ah hama understand vey ingey…
    Love the idea and love you more

    1. Lily says:
      September 29, 2023 at 5:28 pm

      Alheyyyy thank u so muchh my dear!!
      Varah ufaa vaane ingey
      I love you too my lovely Shaleen sissy❤️❤️

  11. Shaleen says:
    September 29, 2023 at 5:48 pm

    Welcome 🤗😊😊

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 36←


All Right Reserved!