Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 33

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 21, 2023 4 Mins Read
8 Comments

އޭގައިވާއެއްޗެއް ފެނުމާއިއެކު އަހަރެން ވަގުތުން ނާސިފްއަށް ބަލައިލީމެވެ. އަހަރެން ހައިރާންވިއެވެ. ވަރަށް ހައިރާންވިއެވެ. އޭގައިވަނީ އަނގޮއްޓިއެކެވެ. އެއްވެސް ޖަވާހިރެއް ޖަހާފައި ނެތަސް އެއީ ހުސްރަނެވެ. އެކަމަކު އެ އަނގޮއްޓީގައިވާ މަންޒަރު ފެނި އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކުއްލިޔަކަށް ހުއްޓުނުހެން ހީވިއެވެ. އަނގޮއްޓީގައި ވަނީ ދެފަޅި ވަކިވެފައިވާ ހިތެކެވެ. ކައިވެނީގެ ގޮށް ޖަހާލުމަށް ތައްޔާރުވެފައިވާ މީހަކު އެފަދަ އަންގޮއްޓިއެއް އޭނާގެ ވާން އުޅޭ އަނބި މީހާއަށް ދޭނެބާއެވެ؟ ނާސިފަކީ ތަފާތު މީހެކެވެ. ހަމައެކަނި ނާސިފް ބުނެލާ ބަސްތަކަކުން ނޫނެވެ. އެ އަނގޮއްޓިވެސް އެކަން އަހަންނަށް ސާބިތުކޮށްދީފިއެވެ.

“އަން… ޒީން ބޭނުމިއްޔާ މި އަނގޮއްޓި އަޅާނީ. އަހަންނަށް ހަމަ އެންމެ ރަނގަޅު ނޭޅިޔަސް…” އަނގޮއްޓި ލާފައިވާ ފޮށި ޒީންއަށް ދިއްކޮށްލަމުން ނާސިފް ބުނެލިއެވެ.

ނާސިފް ދިއްކުރި ފޮށީގައި ހިފާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން އިރުކޮޅަކު ގޮތްދޫ ނުކުރާން ހުރުމުން ނާސިފް އެފޮށި ލައްޕާލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ ބައިންދާލިއެވެ. އަދި އެއަށްފަހު އަހަންނާ ހަތަރުކަޅި ހަމަކޮށްލަމުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

ވިލިމާލޭގެ ގެއެއްގެ ކޮޓަރިއެއްގައި އެކަނިމާއެކަނި ދެކޮޅަށް ހިނގާލަ ހިނގާލާ އިޝާލް ހުއްޓެވެ. އިޝާލްގެ ޚިޔާލުތަކުގައި ވަނީ ޒީންއެވެ. ފިކުރު ކުރަމުންދަނީ ހަމައެކަނި ޒީންގެ ކައިވެންޏާމެދުގައެވެ.
މެންދުރު ކައިން ކޮޓަރިއަށް ވައިންގޮތަށް އިޝާލް އެނޫން ކަމެއް ނުކުރެއެވެ. ބައެއްފަހަރު އެނދު ކައިރީ އިށީންދެ ބާލީހެއްގައި ހިފައްޓާލައިން އިނދެ އެބާލީހުގެ ތެރެއަށް ލޮލުން ފައިބަމުންދާ ކަރުނަތައް ޖަމާކޮށްލައެވެ. އަނެއްބައިފަހަރު ކަރުނަތަކުގައި އަތް ފިރުމަމުން މޫނު ފޮހެލައެވެ.

“އިޝާލް…. އިޝާލް…” ދޮރުގައި ޓަކިޖަހަމުން ސަހީމާ ގޮވަމުންދިޔައީ އިޝާލްގެ ހަބަރެއްނުވެ ގިނައިރު ވުމުންނެވެ.

ދޮރު ހުޅުވާލަމުން ލަސް ހިނގުމެއްގައި އިޝާލް ގޮސް އެނދުގައި އިށީންދެލިއެވެ. އިޝާލްގެ ފަހަތުން ސަހީމާވެސް އެތެރެއަށް ވަދެގެން އައިސް އިށީނެވެ. އިޝާލްގެ ހިތުގައި އަޅަމުންދިޔަ ވޭނަށް ފަރުވާއެއް ނެތެވެ. ހިތުގައިވާ ޒަހަމްތަކުގެ އިތުރަށް ޅިޔައެޅެމުންދިޔައީ ތަދު އިހްސާސް ކުރުވަމުންނެވެ. އިޝާލް ބަރުދާސްތު ކުރަމުންދިޔަ ވޭނަށް ލިބެމުންދިޔައީ އިތުރު ހިތްދަތިކަމެވެ.

ސަހީމާއަށް ފޮރުވަން މަސައްކަތްކުރި އިހްސާސްތައް އިޝާލްއަކަށް ނުހިފެއްޓުނެވެ. ކުއްލިޔަކަށް އިޝާލްގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައީ ސަހީމާގެ ގައިގާ ވީއެންމެ ބާރަކަށް ބައްދާލަމުންނެވެ. ސަހީމާގެ ގައިގާ ބައްދާލައިން ރޮމުންދިޔަ އިޝާލްގެ ކަރުނަތަކުން ސަހީމާގެ ކޮނޑު ތެންމަމުންދިޔައެވެ. އިޝާލްގެ އެހާލަތު ބަލަން ސަހީމާއަށް ވަކި ކެތްވާނެހެއްޔެވެ؟ ސަހީމާގެ ސިކުނޑިއަށް ބަރުވަމުންދިޔަ ވިސްނުންތަކާއެކު، ސަހީމާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް ނުހިފެއްޓުނެވެ. އިޝާލްއެކޭ އެއްގޮތަށް ސަހީމާވެސް ދިޔައީ އޭނާގެ ކަރުނަތަކުން އިޝާލްގެ ކޮނޑު ތެންމަމުންނެވެ.

“މަން…މަންމާ! އަހަރެން މިއަދު ވަރަށް… ވަރަށް ދެރަވެއްޖެ. ޒީން… ހަމަ ހަގީގަތުގަވެސް…. ޒީން ނާސިފްއާ ކައިވެނި ކުރަނީ….. އަހަރެން ބޭނުމެއްނޫން.. މަންމާ! ކޮންމެސް ގޮތަކުން… ކޮންމެސް ގޮތެއް ހަދާފަ ޒީން… އަހަންނާ ބައްދަލުކޮށްދީބަލަ… މަންމާ! އަހަރެން… މަންމަގެ މިދަރިފުޅު މޮޔަ…މޮޔަވެދާނެ.” ސަހީމާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިން އިނދެ އިޝާލް ވާހަކަދައްކަން މަސައްކަތް ކުރިއެވެ.

“ދަރިފުޅާ! ތިހެން ނުބުނޭ.. އިޝާލް… އިޝާލްއަށް ހުރިހާކަމެއް އެނގެއެއްނު… އިޝާލް!… ހުއްޓާލާ… އަދިވެސް ކޮންމެސް ދުވަހަކުން އިޝާލްއަށް ޒީން ލިބިދާނެ. މަންމަ ބޭނުމެއް ނޫން އިޝާލް ތިހާ ދެރަވެގެން އުޅޭތަން ބަލާކަށް.. މަންމައަށް ކެތެއްނުވާނެ… އިޝާލް! ޒީން އަދި ކޮންމެސް ދުވަހަކުން އިޝާލްއަށް ލިބޭނެ… މަންމަ ދުޢާވެސް ކުރާނަން…” ރޮވިފައިއިން ސަހީމާ ބުނެލިއެވެ.

ސަހީމާގެ ބޭނުމަކީ އިޝާލްއަށް ހިތްވަރު ދިނުމެވެ. އިޝާލްގެ ހަޔާތުގައި މިވޭތުވެދިޔަ ހަތް އަހަރުވެސް ކަން ހިނގިގޮތަކީ އެއީއެވެ. އިޝާލްއަށް ރޮވޭ ކޮންމެފަހަރަކު ކަރުނަތައް ފޮހެދޭ ބައިވެރިޔަކީ ސާހީމާއެވެ. އިޝާލްގެ ހިތްވަރު އެލޭ ކޮންމެ ފަހަރަކު އިޝާލްގެ ގައިގާ ބައްދާލަމުން ހިތްވަރު ދެނީވެސް އިޝާލްގެ މަންމައެވެ. އިޝާލްއާއެކު ހަޔާތެއްފަށަށް ސަހީމާއަށް އެންމެ ރުހެވޭ ކުއްޖަކީ ނަތޫކަން އިޝާލްއަށް އެނގެއެވެ. އެހެންނަމަވެސް ސަހީމާ ވަނީ މާކުރީއްސުރެ އިޝާލްގެ ލޯތްބަށް މަޖްބޫރީގެ އެއްވެސް ހިޔަންޏެއް ނާޅާނެކަން ޔަގީންކޮށްދީފައެވެ.

“މަންމާ! މަންމަ މިއަދު ނެތްނަމަ….. އަހަރެން…” ސަހީމާގެ ކޮނޑުން އިޝާލް ދުރުކޮށްލާ ދުރައްޖެހިލަމުން އިޝާލްގެ އަނގަމަތީ ސަހީމާގެ އަތް ބާއްވާލިއެވެ.

“ދަރިފުޅާ!… ތިހެން ނުބުނޭ… މަންމަގެ ދުޢާ އިޖާބަ ކުރައްވާނީ ކޮންއިރަކު ކަމެއް ނޭނގެ. އެކަމަކު މަންމަ ވަރަށް އުންމީދާއެކު ދުޢާ ކުރާނަން. މަންމައަށް ކޮށްދެވޭނީ އެވަރު. ދަރިފުޅާ! މިރޭ އެޕާރޓީއަށް އިޝާލް ދާނެކަމެއް ނެތް. ބައްޕަ އެކަނި ފޮނުވާނީ..” ސަހީމާ ވާހަކަ ދައްކަމުން ދިޔައީ އިޝާލްގެ ލޮލުން ހުސްވުމެއް ނުވާ ކަރުނަތައް ފޮހެދެމުންނެވެ.

“ނޫން… މަންމަ ދާންވާނެ ބައްޕައާއެކީ.. އެހެންނޫނީ ދެން ކީކޭ ނާސިފް ހިތަށްއަރާނީ.” އިޝާލް ބޭނުންވަނީ އިޝާލް ނުދިޔަސް ސަހީމާއާ ޚާލިދު އެޕާރޓީއަށް ފޮނުވާށެވެ.

“އުނހު… މަންމަ މަޑުކުރާނީ އިޝާލް ކައިރި. މަންމައަށް ކޮން ހިތްހަމަޖެހުމެއް ލިބޭނީ އެތާ؟ ދަރިފުޅަށް ތިވަރު ވަމުންދާއިރު، އެތަނުގަ މި މަންމައަށް ޒީންއާ ނާސިފްއާ ދިމާލަށް ރުހުމުގަ ހިނިތުންވެލަންވެސް ކެރޭނެތެ؟ ހިނިތުން ވެލައިން ފޮޓޯއެއް ނަގަން ކެރޭނެތަ؟ ހިތްހަމަ ޖެހިގެން ކައިބޮއެހަދަން ކެރޭނެތަ؟ ކިހިނެއް މަންމައަށް އެކަންކަން ކުރެވޭނީ؟ އެތަނަށް ދިއުމަށްވުރެ، އިޝާލް ފެންނަހިސާބުގަ ހުރުންވެސް މަންމަ މާހިތްހަމަ ޖެހޭނެ… މަންމަ ނުދާނަން. ބައްޕަ ފޮނުވާނީ.” މައްސަލަ ހައްލު ކުރާނެގޮތް ރޭވުންތެރިކަމާއެކު ސަހީމާ ކިޔާލަދިނެވެ.

ތަނަވަސް ސިޓިންގްރޫމްގެ ސޯފާގައި އިށީންދެލައިން އިން ނާސިފް ވިސްނުމެއްގެ ތެރެއަށް ގެއްލިފައިއިނެވެ. ދަތްދޮޅީގައި ދެއަތްތިލަ ވިއްދާލައިން އިންއިރު މުޅިމީހާ ހީވަނީ ހުއްޓިފައިވާހެނެވެ. އެމަންޒަރު ބަލަން ދުރުގައި މަޑުކޮށްލައިގެން ހުރި ފަރީދުގެ މޫނުމަތީގައި އުފާވެރިކަމުގެ އެއްވެސް އަސަރެއްނެތެވެ. އިރުކޮޅަކު ހުރުމަށްފަހު ފަރީދު މަޑުމަޑުން ސޯފާ ކައިރިއަށް ހުއްޓުނެވެ.

“ނާސިފް!” ފަރީދުގެ އަޑަށް ނާސިފް ސިއްސައިންގޮސް ބަލާލިއެވެ.

“ނާސިފް! ފަރީދުބެ ބޭނުން ވާހަކައެއް ބުނެލަން.” ސޯފާގައި އިށީންނަމުން ފަރީދު ބުނެލިއެވެ. އެއާއިއެކު ނާސިފް ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން ގަދަކަމުން ހިނިތުންވެލިއެވެ.

“ނާސިފް! ކުރިންވެސް ހަމަ ނާސިފްކައިރި ބުނާ ވާހަކައެއްމީ.. އެކަމު ހަނދާން ކޮށްލާދޭން މިބުނަނީ.. ޒީންއަކީ ވަރަށް ބޯހަރު ކުއްޖެއް. ފަހަރެއްގަ ޒީންއާއެކު އުޅޭއިރު، އެކަންކަމަށް ކެތްތެރިވެގެން އުޅެން އުނދަގޫވެދާނެ. ޒީންގެ ހުންނާނެ ރުންކުރު ގޮތެއް. އެކަމަށް ވިސްނައިން ނާސިފް އުޅެފިއްޔާ މާބޮޑު މައްސަލައެއްނުޖެހި އުޅެވިދާނެ. މިހެން މިބުނީ…… މީ އޭނާގެ ރުހުމުގަ ކުރެވޭ ކައިވެންޏަކަށް ނުވާތީ… އެކަމަށް ވިސްނައްޗެ.. ގިނަފަހަރަށް ޒީން ބުނެލާނީ އޭނާގެ ދުލަށް އެވަގުތަކު އައިބަހެއް.” ފަރީދު މާކުރީއްސުރެ ބުނެފައިވާ ވާހަކައެއް ހާނދާން ކޮށްލަދިނެވެ.

“ހޫމް…..” އާނއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލަމުން ނާސިފް ބުނެލިއެވެ.

ޒީންގެ ބޯހަރުކަމަކީ ނާސިފް އަލަށް ކުރިމަތިލާ އިހްސާސެއް ނޫނެވެ. ފަރީދަށް ނޭނގުނު ކަމުގައިވިޔަސް، ޒީންގެ އެކަހަލަ ކިތަންމެކަމެއް މިހާރު ނާސިފަށްވީ ފެނިފައެވެ.
އެކަންކަމަށް ކެތްކުރުން އެއީ ނާސިފްގެ އަމިއްލަ ކަމެކެވެ.

“ނާސިފް! ޒީންގެ އެކަހަލަ ކަމެއް ހުއްޓަސް، ފަރީދުބެ އުންމީދުކުރަން ނާސިފް ޒީންއަށް އަނިޔާވެރި ނުވާނެކަމަށް. އެއީ ފަރީދުބެގެ ވަރަށް ބޮޑު އެދުމެއް. އެއީ ފަރީދުބެގެ ދަރިއެއް ނޫނަސް ހަމަ ހަގީގަތުގަވެސް ފަރީދުބެ ޒީންދެކެ ވަރަށް ލޯބިވޭ…. މިހާރު ޒީންގެ މަންމައާ ބައްޕަ މަރުވިފަހުން ވަރަށް ދުވަސްވެއްޖެއެއްނު. އެހެންވެ ޒީން ބެލެހެއްޓުމުގެ ހުރިހާ ޒިންމާ މިނަގަނީ ފަރީދުބެ. އެކަމު އެޒިންމާތަކާ ދެން ހަވާލުވާން ޖެހޭނީ ނާސިފް. އެހެންވެ އެވާހަކަތައް މިބުނެލީ.” ފަރީދު ނަސޭހަތް ދިންއިރުވެސް ނާސިފް އިނީ އަޑުއަހާށެވެ. ވިސްނާށެވެ.

“ޒީން… މިތާ މިއޮތީ ކަރުގަ އަޅަންވެސް ދެވައްތަރުގެ ދެއެތި؟ އަނގޮއްޓި ވެސް؟ މީ….މީ ކޮންކަހަލަ އަނގޮއްޓިއެއް؟ “ބްރޯކެން ހާރޓްއެއް”…. އޯހ.. ސޮރީ ޒީން. މިތަނުން ކޯއްޗެއް އަޅާނީ؟ މިހުރީ ކައިވެންޏަށް ގެނައި…..” މޭކަޕް ކުރުމުގެ ކަންކަމުގައި ހަރަކާތްތެރި ވަމުންދިޔަ ކުއްޖަކު ޒީންއާ ސުވާލުކުރަން ފެށުމުން ޒީން ވާހަކަ ދައްކަން ފެއްޓިއެވެ.

“ކަރުގަ އަޅަން ބޭނުމީ ޒެޑް.އައި.އެން ޖަހާފައިން ހާރު. އިނގިލީގަ އަހަރެން ފަހުން އަޅާނަން އަހަރެން ބޭނުން އަނގޮއްޓިއެއް. އެހެންވީމަ،ދެން މިހާރު ކަރުގަ ހާރު އެޅީމަ ނިމުނީދޯ؟” އެކުދިން ދެއްކި ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓާ ހަމަހިމޭން ކަމާއެކު ގަހަނާތަކަށް ބަލަން އިނދެ އަހަރެން ބުނެލީމެވެ.

“އެކަމަކުވާ އަހަރެން ހަމަ ހައިރާންވެއްޖެ. މިއަނގޮއްޓި ވެޑިންގތަކާ ނުވެސްގުޅޭ.” ނާސިފް ގެނެސްދިން އަނގޮއްޓިއަށް އިޝާރާތް ކުރަމުން މޭކަޕްކުރުމުގައި އުޅުނު އަންހެން ކުއްޖަކު އެހެން ކުއްޖަކާ ދިމާލަށް ބުނެލި އަޑު އަހަންނަށް އިވުނެވެ.

ނާސިފްގެ ކައިވެންޏަށް ދައުވަތު ދީފައިވިޔަސް ޚާލިދް ހުރީ ދެފިކުރެއްގައެވެ. އިޝާލް އޭނާގެ ކެކުޅުންތަކާއެކު ތެޅިފޮޅެނުންދާއިރު އޭނާގެ ހިތާމައިގައި ބައިވެރިނުވެ، ނާސިފްގެ އުފަލުގައި ބައިވެރިވާން ޚާލިދަށް ކެރޭނެހެއްޔެވެ؟ ނަމަވެސް ޚާލިދު އިސްކުރީ އިޝާލްއާ ސަހީމާގެ ނިންމުމުވެ. ނާސިފްގެ ހިތްހަމަ ޖެހުމަށްޓަކައި އެކަމުގައި ބައިވެރި ވެލަންޖެހެއެވެ. އިޝާލްގެ އެދުމަށްޓަކައެވެ. ސަހީމާގެ އާދޭހައްޓަކައެވެ. އެހެންވެ ޚާލިދު ރީތިވެލައިން ގެއިން ނުކުތެވެ.

ސަހީމާ ފައިގެ ފަލަމަސްގަނޑުގައި ބޯއަޅާލައިން ރޯން އޮތް އިޝާލް ތެޅިފޮޅެމުންދަނީއެވެ. މެއަށް ތަދުވެ ނޭވާ ހާސްވަމުންދާތީއެވެ.
އިޝާލްގެ ހާލުބަލަން ސަހީމާގެ ލޮލަކަށް ކެތެއް ނުވެއެވެ. އިޝާލް ގައިގާ އަޅަމުންދާ ވޭނަށް ފަރުވާއެއް ދޭނެގޮތެއް ސަހީމާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އިޝާލްގެ އެހާލަތުގެ ސަބަބުން ސަހީމާގެ ދެލޮލުން އިރުއިރުކޮޅާ ކަރުނަ ފޮހެންޖެހޭކަމެވެ.

“ދަރިފުޅާ! ހިނގާ ހޮސްޕިޓަލަށްދާން. އިޝާލް! މަންމަ އެބަ ބިރުގަނޭ… ދަރިފުޅާ! ހިތްވަރު…ހިތްވަރުކޮށްލާ. މަންމައަށްޓަކާ ހިތްވަރުކޮށްލާ. އިޝާލް.. އިޝާލްއަށް ގޮތެއްވެދާނެ. މަންމަ މި ގުޅަނީ އެމްބިއުލެންސްއަށް.” ސަހީމާ ރޮމުން ވާހަކަދެއްކީ އިޝާލްއަށް ފަރުވާއެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. ކައިރީގައި އިން ސައިޑް ކަބަޑު މަތީ ބައިންދާފައިވާ ފޯނު ނަގާ ސަހީމާ އެމްބިއުލެންސްއެއްގެ އެހީތެރިކަމަށް އެދުނެވެ.

“ދަރިފުޅާ! ހޮސްޕިޓަލަށް ދާވާހަކަ ބައްޕަކައިރިވެސް ބުނަންވާނެ. މަންމަ އެބަގުޅަން ނާސިފް އުޅޭގެއަށް.” ފޯންގެ އަތްގަނޑު ނަގަމުން ސަހީމާ ބުނެލިއެވެ.

“ނޫ…ނޫން…މަންމާ! ބައްޕަ ފޮނުވާ ޕާ…ޕާރޓީއަށް. އަހަރެން… ވަރަށް އަވަހަށް ރަނގަޅު…ވެދާނެ. ހިތްވަރު ކުރާނަން..” ޚާލިދް ގެންނަން އިޝާލް ބޭނުން ނުވާތީ ބުނެލިއެވެ.

ދެފަރާތަށް ބޯހޫރާލަމުން ސަހީމާ ފޯނު ބާއްވާލިއެވެ. ދެލޮލުން ފައިބަމުންދާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލީ ވެފައިވާ މަޖްބޫރީގެ ސަބަބުންނެވެ. އިޝާލްއަކީ ފިރިހެން ކުއްޖެއްކަމުގައި ވިޔަސް، އޭނާގެ ހިތުގައި ޖެހިފައިވާވަރުން އާންމު ހާލަތު ބަދަލުވެގެން ދިޔައީއެވެ. އެވަރަށް ލޯބިވާ މީހަކު އެހެން މީހަކާ ކައިވެނި ކުރުމަކީ ހަމަގައިމުވެސް ކެތްކުރަން ފަސޭހަ އިހްސާސަކަށް ނުވާނެކަން ޔަގީނެވެ. އިޝާލްގެ މިރޭގެ ހާލަތަކީވެސް ހަމަ އެއީއެވެ.

ވިލިމާލެ ހޮސްޕިޓަލްގައި އިޝާލް އެޑްމިޓް ކުރެވުނީއެވެ. އިޝާލްގެ ގޯސް ހާލަތުގެ ސަބަބުން ސަހީމާއަށް ހިތްވަރު ކުރަން މަޖްބޫރެވެ. ޚާލިދްއާ ނުލާ ސަހީމާ އެކަނި މައިއެކަނި އިޝާލް ކައިރީގައި ހޭހަން ކުރަމުންދިޔައެވެ. އެވަގުތު ޑޮކްޓަރަކާއި ނަރުހުން އިޝާލްއަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

-ނުނިމޭ-

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޔާރާ އަހާށޭ 17 (ފަހުބައި)

Next

ބޭވަފާ

Next
September 23, 2023

ބޭވަފާ

Previews
September 20, 2023

ޔާރާ އަހާށޭ 17 (ފަހުބައި)

8 Comments!

  1. Lily says:
    September 21, 2023 at 4:32 am

    Masha Allah ❤️
    Vrah vrh reeeeethii

    1. Shaleen says:
      September 21, 2023 at 8:22 am

      Thanks Lily..
      Emme furathama comment kollevijje dho finally 😉
      Next part ah inthizaaru kollamaa!
      Again thanks 👍❤️

    2. Lily says:
      September 21, 2023 at 10:20 am

      Finally, yeahh😂
      Varah haaalun ulhefa ekanthah vxx vehje😆

  2. love imko 💕💕 says:
    September 21, 2023 at 5:47 am

    Masha Allah ❤️
    Varha vrh reeeeethii mi part vex
    Khodhuvahakun ane part kiyaalan libeeney

    1. Shaleen says:
      September 21, 2023 at 8:24 am

      Thanks imko 🤗
      Ufaavejje mi part ves reethi veema.
      Next part dhen Monday GA in sha Allah
      ❤️👍

  3. Ifoo says:
    September 21, 2023 at 8:36 am

    Vv reethi Mi part vs Masha allah ❤️

    1. Shaleen says:
      September 21, 2023 at 2:23 pm

      Varah Shukuru ifoo ah … ❤️
      Dhen Inna part ah inthizaaru kollahche.
      Shaleenves inthizaaru kuraanan comment akah ingey 🤗😉

  4. Shaleen says:
    September 21, 2023 at 2:30 pm

    Lily🤗 dhen v rangalhuthaa v haalun ulhegenves thiothee first hoadhifa hama…
    ❤️

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 34←


All Right Reserved!