ދިރުމެއްނެތް ދިރިއުޅުން 21
އިޝާލް ވަރަށް ފަރުވާތެރިކަމާއެކު އަތުގައިވާ ސިޓީ އުރައަށް ބަލައިލިއެވެ. އުންމީދުން ފުރިފައިވާ ހިތަކާއެކުއެވެ. ހިނިތުންވެލަން ލިބުނު ފުރުސަތެއް ކަމުގައި ދެކެމުންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އިޝާލް އެ ސިޓީއުރައިގެ ބޭރުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ.
“ހުވަފެނީ ދުނިޔޭގައި އަހަންނާއެކު ރަސްކަންކުރި ރަސްގެފާނަށް”
އިޝާލް ކޮޓަރިއަށްވަދެ ދޮރު ލެއްޕުމަށްފަހު އަވަސް އަވަހަށް ސިޓީއުރަ ކަނޑާލި އެވެ. އޭގައިވަނީ ފޮޓޯގަނޑެއް ގެ އިތުރުން ނޯޓްކޮޅެއް ލިޔެފައިވާ ގަނޑުކޮޅެކެވެ. އިޝާލްގެ ނަޒަރު ފުރަތަމަ ހުއްޓުނީ ފޮޓޯއަށެވެ. އެއީ ސަޕްރައިޒްއެއްގެ ގޮތުގައި އިޝާލް ޒީންއަށްދިން އިޝާލްގެ ފޮޓޯއެވެ. އިޝާލް ހައިރާންވިއެވެ. އެފޮޓޯއަކީ އިޝާލްއަށް އަނބުރާ ރައްދުކުރާގޮތަށް ޒީންއަށް ދިން ފޮޓޯއެއް ނޫނެވެ.
އިޝާލް އަވަސް އަވަހަށް އެ ފޮޓޯ އެނދުމަތީ ބާއްވާލުމަށްފަހު އެނދުގައި ހަމަޖެހިލައިން އިށީންދެލީ އޭގައިވާ ނޯޓްކޮޅު ކިޔާލުމަށް ހިތްއެދޭތީއެވެ.
” – ޒީންގެ ފަރާތުން އިޝާލްއަށް –
ލިޔުންތެރިކަމުގައި އަހަރެންނަކީ ކްލާހުގެ އެންމެ މޮޅުކުއްޖާ ކަމުގައިވިޔަސް ކިޔެވުމުގައި އަހަރެންނަކީ ހަމަ ސުމެއް. އަހަރެންގެ މި ނޯޓްކޮޅުގައި ކުށެއްވާނަމަ އެކަމަށް މައާފަށް އެދެމުން އަހަރެންގެ ހިތުގެ ހާލު އިޝާލްއަށްޓަކާ ހުޅުވާލަން. އިޝާލް! ކުށެއްނެތް ކަލާގެ ހިތުގައި ޖައްސަން ދުވަހަކުވެސް އަހަރެން ނޭދެން. އަހަރެންގެ މުސްތަގްބަލުގެ ރަންދުވަސްތަކާ ގުޅުމެއްނުވާ ކަލާއާ ރައްޓެހިވެގެން އުޅެވުނު ކަމައްޓަކައި މައާފަށް އެދެން. އިޝާލް! ތިއީ ހަމައެކަނި އަހަރެންގެ ހިތުގައިވާ ތަސްވީރެއް. އެހެންނަމަވެސް ތަސްވީރަކަށްވުރެ ބޮޑަށް އަހަރެންގެ ހިތްއެދެނީ ހަރަކާތެތެރި ސޫރައަކަށް. މިހާރު އިޝާލްގެ އަތުގައި ތިވާ އަމިއްލަ ތަސްވީރު އަހަރެންގެ އަތުގައި މުޅިއުމުރަށް ރައްކާކުރުމުގެ މާނައެއްނެތް. އެހެންވެ އަހަރެން އެހައްގު އަދާކުރީ..
ހަގީގަތުގައި ތިއީ އަހަރެންނަށް ފެނުނު ހިތްގައިމު ހުވަފެނެއް. އެހެނަސް……… ދެރައީ ކުލަނެތް ތިރީތި ހުވަފެން ހަގީގަތަކަށް ހެދެން ނެތްކަން. ދުވަހަކުވެސް އަހަރެންގެ ހަޔާތަށް އައުމުގެ ނަސީބު ނެތް އިންސާނާ!….. ތިއީ އަހަންނަށް ތެދުވެރި، ވަފާތެރި، އޯގާތެރިކަމުގައި މިސާލެއް. އަހަރެންދެކެ އިންތިހާއަށް ލޯބިވި އަހަރެންގެ ބައިވެރިޔާ!… ދުނިޔޭގެ މި މަޖްބޫރީއަށްޓަކާ އަހަރެންގެ މުޅި އުމުރު އިޝާލްއަށް ސަލާމް. އަހަރެންގެ ހިތާއި ދެކޮޅަށް ލޯބި ގުރްބާން ކުރަންޖެހުނީތީ ނިހާޔަތަށް މަޢާފަށްއެދެން.
އަބަދުވެސް މަޢާފް ކުރާނެކަމުގެ އިންތިޒާރުގައިހުރި އިޝާލްގެ ޒީން.—-”
އިޝާލްގެ ހިތަށް ނުހަނު އަސަރު ކުރިއެވެ. ވަގުތުން އިޝާލްގެ ދެލޯ ތެމެމުން ދިޔައެވެ. އަތުގައިވާ ގަނޑުކޮޅަށް ދެވަނަ ފަހަރަށް ބަލައިލީ އޭގައި ލިޔެފައިވާ އިބާރާތްތައް ގަބޫލުކުރަން ބޭނުންނުވާތީއެވެ. އިޝާލްއަށް ލިބެމުންދިޔަ ހިތްދަތިކަމަށް އިތުރު ވޭނެއް ލިބުނީއެވެ. ދުނިޔޭގެ މަޖްބޫރަށްޓަކައި ޒީން އިޝާލްއާ ވަކިއެވީ ކޮންފަދަ ހިތްދަތި އިބާރާތްތަކަކުންހެއްޔެވެ؟ އިޝާލްއަށް ގޮތް ހުސްވެއްޖެއެވެ. އިޝާލް އަތުގައިވާ ގަނޑުކޮޅު އެނދުމަތީގައި ބޭއްވުމަށްފަހު ފޮޓޯ ނަގާ އޭގައިވާ އިޝާލްގެ އަމިއްލަ ތަސްވީރަށް ބަލައިލިއެވެ. އެއަށްފަހު ފޮޓޯ އަނެއްފުށަށް ޖަހާލުމާއިއެކު ފެނުނީ ފޮޓޯގެ ނުފުށުގައި ލިޔެފައިވާ އިބާރާތްކޮޅެވެ.
“މިއީ ފުން ހިތެކެވެ. ވަނީ އެންމެ އަޑީގައެވެ. އެއީ ތިޔަ ލޯތްބެވެ. ހިތާމަކުރަމެވެ. ދުރުވާން ޖެހުނީތީއެވެ. މައިންބަފައިންގެ އެދުމަށެވެ. އެހެނަސް މަޢާފަށްއެދެމެވެ.”
މިއީ ކޮންކަހަލަ އަރަތެއްހެއްޔެވެ؟ ޒީންގެ ބޭނުމަކީ އިޝާލް ތަޅުވާލުންހެއްޔެވެ؟ މިފަދަ ބަސްތަކާ އިބާރާތްތަކުން އިޝާލްގެ ހިތާއި ނަފްސަށް އަނިޔާ ދިނުންހެއްޔެވެ؟ މައިންބަފައިންގެ އެދުމަށް ޒީންއަށް ވަނީ ކޮން މަޖްބޫރު ކަމެއްހެއްޔެވެ؟
އިޝާލްގެ ހިތް އެތަށް ސުވާލަކުން ފުރުނެވެ. އިޝާލްއަށް ކޮންމެސް މިންވަރެއް ވިސްނިއްޖެއެވެ. ޒީންގެ މަޖްބޫރީ ހާލަތެވެ. އިޝާލްއާ ވާހަކަ ނުދައްކާ ދުރުދުރުން އުޅެންޖެހުނު ސަބަބެވެ. ފަހަރެއްގައި ޒީން ކަންތައް އެކުރީ ރަނގަޅަށެވެ. އިޝާލްއާއެކު ގިނަވަގުތު ހޭދަކުރާވަރަކަށް އިޝާލްމަތިން ހަނދާން ނައްތާލަން އުނދަގޫވާނެއެވެ.
ކެތްތެރިކަމުގައި ދިރިއުޅުމުގެ އަމިއްލަ ޒިންމާތައް ނަގަމުންދިޔަ
ކޮންމެ މީހެއްގެ ހަޔާތުންވެސް ދުވަސްތަކެއް ފާއިތުވީއެވެ. ޖީ.ސީ.އީ އިމްތިހާނަށްފަހު ހުރިހާކުދިންވެސް އިންތިޒާރު ކުރަމުން ދިޔައީ ނަތީޖާ ލިބޭނެ ދުވަހަކަށެވެ. އިންތިޒާރު ކުރެވޭ އެދުވަހަކީ ކޮން ދުވަހެއްކަން އަދި އިނގޭނީ ދުވަސްތަކަކަށް ފަހުއެވެ.
އިޝާލް ރީތިވެލައިން ގެއިން ނުކުތީ ނަތޫއާ ބައްދަލު ކޮށްލުމުގެ ނިޔަތުގައެވެ. އިޝާލްގެ ހިތުގައި ފުނިޖެހިފައިވާ އެތައް ވާހަކަތަކެއް ނަތޫއާ ހިއްސާކުރަން ބޭނުންވާތީއެވެ. އިޝާލްގެ ނަސީބު ގަދައީއެވެ. ނަތޫ އޭނާގެ ގެއަށް ވަންނަން އަޅާލި ފަހު ފިޔަވަޅާއިއެކު އިޝާލް ނަތޫއަށް ގޮވާލިއެވެ.
“މިގަޑީގަ އިޝާލް ކީއްކުރަނީ؟” ނަތޫ ހައިރާންވެފައި ހުރެ އަހާލިއެވެ.
“ދެން މިހާރު މީ ކިޔަވާ ކުދިންނެއްވެސް ނޫނެއްނު. މިގަޑި ރަނގަޅުވާނެ… އަސްލު ވާހަކައެއް ދައްކާލަން މިއައީ.” އިޝާލްގެ ބޭނުން ބުނެލިއެވެ.
“ދެން ބުނެބަލަ. އަޑުއަހަން މިހުރީ. ގައިމުވެސް ދައްކާނީ ޒީންގެ ވާހަކަ. އެކަން މަށަށް ޔަގީން.” ނަތޫ ވަރަށް ޔަގީންކަމާއެކު ގޯތީގެ ބޭރު ފާރުގައި އިށީންދެލަމުން ބުނެލިއެވެ. އޭރު ނަތޫއާއެކު އިޝާލްވެސް ފާރުމަތީ އިށީންދެލިއެވެ.
ޒީން ފޮނުވި ނޯޓްކޮޅުގައިވާ ހިތްދަތި އިބާރާތްތަކާ ފޮޓޯގެ ނުފުށުގައި ލިޔެފައިވާ މަޖްބޫރީ ހާލަތުގެ ތަފްސީލު އިޝާލް ކިޔައިދިނީ ވަރަށް އަސަރާއެކުއެވެ. އިވުނު ވާހަކަތަކުން ބަސްހުއްޓިފައިވާ ނަތޫގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެކެވެ.
“އިޝާލް… އަހަރެން ވާހަކައެއް ބުނަންތަ؟ އެކަމު އަހަރެން މިއިން އެއްވެސް ވާހަކައެއް ޒީންއަށް ކިޔައެއް ނުދެން. ޒީންއަށް ނޭނގޭ އޭނަގެ ބައެއް ހަގީގަތް އަހަންނަށް އެނގޭ. ޒީންގެ މަންމަ އެއްދުހު އަހަރެން މަންމައާ ބައްޕަ ކައިރި ރޮއެފަ ވާހަކަ ދެއްކި އަޑު އިވިގެން އަހަންނަށް އެނގުނީ.. އެކަމު އެދުހުން ފެށިގެންވެސް އަހަރެން މިހުންނަނީ މިކަން ޒީންއަށް އަދިވެސް ސިއްރުކޮށްގެން.” ނަތޫގެ ހިތުގައި ރައްކާކޮށްފައި ވާހަކަތަށް ފޮތެއްގައިވާ ގަނޑެއް ފަދައިން ހުޅުވާލިއެވެ.
“ކޮން ވާހަކަތަކެއް؟” އަޑުއަހާހިތުން ކެތްމަދުވެފައިވާ އިޝާލް ވަގުތުން ސަމާލުކަން އިތުރުކޮށްލިއެވެ.
“އިޝާލް… ގަބޫލުކުރަން އުނދަގުލަކަސް ބުނަން.. ޒީންގެ އަސްލު ބައްޕައަކީ ފަރީދުބެއެއް ނޫން.. ޒީންގެ މަންމައެއީ ވަރަށް ބަލިމީހެއް. ހާރޓް ޕޭޝަންޓެއް. އަސްލު ޒީންއަށް އިޝާލްއާ ދުރައްދާން މަޖްބޫރުވަނީވެސް ޒީންގެ އަސްލު ބައްޕަގެ އެދުމަކަށް.” ނަތޫގެ ވާހަކަ އިރުކޮޅަކަށް ހުއްޓާލިއެވެ.
“ތީ ހުސްދޮގު…. ކިހިނެއް ތިކަން ގަބޫލުކުރާނީ.. ފަރީދުބެ ކިހާ ލޯބިވޭ ޒީންދެކެ………… އެހެންވިއްޔާ ދެން ކޮބާ ޒީންގެ ބައްޕަ؟ އޭނަ އުޅެނީ ކޮންތާކު؟” އިޝާލް ޝައްކުމަތީގައިއިނދެ ސުވާލު ކުރިއެވެ.
“އަހަންނަށްވެސް ތީގެ ޖަވާބެއް ނޭނގެ. އިނގޭ މިންވަރަށް މިކިޔާދިނީ.” ނަތޫގެ ހަމަހިމޭން މޫނު ފެނިފައި އިޝާލްއަށް އެވާހަކަތައް ގަބޫލުކުރަން މަޖުބޫރުވިއެވެ.
“ކީއްވެ ޒީންއަށް ތިވާހަކަތައް ނަތޫ ސިއްރު ތިކުރަނީ؟” އިޝާލް ޝަކުވާ ކުރިއެވެ.
“އެއީ އަހަރެންގެ މައިންބަފައިން ކައިރިން ޒީންގެ މަންމަ އެދުނުގޮތް. އަހަރެން ބުނިނަމަ…. މިހާރު އަހަންނާ ޒީންގެ މިއެކުވެރިކަން އޮންނާނެ ގޮތެއްވެސް ނޭނގެ. އެހެންނޫނަސް އެވަރުގެ ވާހަކައެއް ދައްކާކަށް އަހަންނަކަށް ނުކެރޭނެ.” ނަތޫ ތަފްސީލުކޮށް ކިޔައިދިނެވެ.
“ދެން ކީއްވެ ތިވާހަކަތައް އަހަންނަށް ކިޔައިދިނީ.؟” އިޝާލް އޮޅުންފިލުވަން ބޭނުންވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Vrh reeeethi
thakolheh dhigukoh genesdhyba☹️
Hey Mal
V ufaavejje comment kolleema..
Emme ufaavee dhigukoh mi vaahakaige parts genesdheyn bunelaafa ineema.
Try kuraanan dhigukoh gennan 💪
Ekam time vaa varakun aslu mi liyanee..
Ekee liye nimifa in vaahaka eh noon veema egothah gennan undhagoo…
Ehenve kurin week Aku 1 dhuhu genai vaahaka mihaaru mivanee reader eh bunegen 2 dhuvahah change kollaafa. ❤️
Mal ge Thi endhuves furihama kolladheveytho shaleen masakkai kuraanan in sha Allah .
Happy 😊😊😊
Hi my shaleen
I am so sorry I don’t see your story
I come home and check esfiy I am so happy for you story was uploaded
So when is next part
Hi imko
It’s okay Hama.
Shaleen v balan bunaa dhuvahah upload kuran.
Thanks and sorry Gmail in msg nukurevuneema
It okay
So what is your country
Maldives 🇲🇻
Mi imko ah hiyeh nuve adhi 15 varakah aharu vihenneh vx😅
Dont mind dhakkaa vaahka in hama heevany😭😭
I am 16 years old
Mal’e or thinadhoo
Hi imko
Shaleen mee male’ ehves noon thinadhoo ves noon.
Ekam mikahala site egga aslu rah bunaakah beynumei nuve.
Bt hint eh dhenyaa buneleveynee I am from Kaafu Atoll