Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 23

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 17, 2023 3 Mins Read
15 Comments

“ކާކު ދިން އެއްޗެއް؟” އޭގައި ހިފަމުން އަހަރެން ސުވާލުކޮށްލީމެވެ. ހައިރާން ވެފައިހުރެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ދިނުމަކާ ނުލާ އެކުއްޖާ އެދިޔަ ބާރުމިނުގައި ދުވެގޮސްފިއެވެ. އޭރުވެސް އަހަރެން ހައިރާން ވެފައިހުރެ އެއްފަހަރު އަތުގައިވާ ތަކެއްޗަށް، އަނެއްފަހަރު އެކުއްޖާ ދުވެފައި ދިޔަ ދިމާލަށް ބަލައިލީމެވެ.

އަހަރެން އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އެތެރެއަށް ވަދެ ދޮރުލައްޕާ ތަޅުލީ ހަމަޖެހިލުމުގެ ބޭނުމުގައެވެ. އަތުގައިވާ ޕާރސަލްގައި ފޮރުވިފައިވާ ގޮތް ނޭނގޭ ހަދިޔާއަކީ ކޮން އެއްޗެއްތޯ ބަލައިލަން އަހަރެންގެ ކެތްތެރިކަން ކޮޅުން ލަނީއެވެ. ކާކު ދިން އެއްޗެއްކަން ނޭނގުނަސް، އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަންނަށްޓަކައި ދުވަހުގެ އުފާވެރި ތަހުނިޔާ ކިޔާފައިވާ ކަމެވެ. އެކަން އެނގެނީ ޕާރސަލްގެ ބޭރުގައި ލިޔެލާފައިވާ އިނގިރޭސި އިބާރާތްކޮޅުންނެވެ.

ފެންވަރައިގެން ނުކުމެ ލޯގަނޑު ކުރިމަތީގައި ހުރެ ބޮލުގެ އިސްތަށިތައް ވިނުވާލަމުން ނާސިފް ހިނިތުންވެލިއެވެ. އުނަގަނޑުގައި އޮޅާފައިވާ ފެހިކުލައިގެ ތުވާލިން އަތް ފޮހެލަމުން އެނދާ ދިމާލަށް ހިނގައިގަތެވެ. ކޮނޑުގައި އަޅުވާފައިވާ ގަމީހާއި ފަޓްލޫނު ނައްޓުވާލަމުން ނާސިފް އެނބުރިލީ މޭޒާދިމާލަށެވެ. އެވަގުތު ނާސިފްގެ ލޮލުގައި އަޅައިގަތީ އެމޭޒުގެ ފަޅުކަމެވެ. ނާސިފް ބާއްވާފައިވާ ފިނިފެންމާ ފެންނަން ނެތުމުން ހައިރާންވާފަދަ ނަޒަރަކުން މޭޒާދިމާލަށް ބަލަން ހުރެވުނީއެވެ. ކުއްލިޔަކަށް ނާސިފްގެ ވިސްނުމަށް އައީ އެ މޭޒުމަތީގައި ބައިންދާފައި އިން ރިހި ކުލައިގެ ޕާރސަލެވެ. އެ ޕާރުސަލްވެސް މޭޒުމަތީ ނެތުމަކީ ކޮންމެސް މީހެއް ކޮޓަރިއަށް ވަތްކަމުގެ ނިޝާނެކެވެ.

ނާސިފް ރީތިވެލައިން ބޭރަށް ނުކުތީ އިޝާލް ހޯދުމުގެ ނިޔަތުގައެވެ. ނާސިފްގެ މޫނުމަތިން ފެންނަ ހާސްކަމާއެކު ހިނގަމުން ކުރިޔަށް އެޅި ފިޔަވަޅަށް ހުއްޓުންއެރިއެވެ. އޭރު އިޝާލް ތަންކޮޅެއް ދުރުން ގެޔާދިމާލަށް އަންނަތަން ފެނުނެވެ. އިޝާލްގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެއްގެ އަސަރެވެ. އެކަން ނާސިފްގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.

“އިޝާލް…. މަ ފެންވަރަން ވަންނަމުން ބޭއްވިން ތިކޮޓަރި މޭޒުމަތީ ފިނިފެންމަލެއް. އެއެތި ނެގިންތަ؟” ނާސިފް ސުވާލު ކުރީ ހާސްވެފައި ހުރެއެވެ.

“ކޮން އިރަކު؟ މަ ނުދެކެން ކަލޭ ފިނިފެންމަލެއް ގެންގުޅުނުތަނެއް. އެހެން ނޫނަސް މަ މިގޭން ނުކުމެ ބޭރުގަ އުޅޭތާވެސް މިހާރު ގަޑި އިރެއްވަރުވީ….” އިޝާލް ކިޔައިދިނެވެ.

“އެކަމަކު…. މަ ބުނެގެން ކުޑަ ކުއްޖަކު ކޮޓަރިޔަށް ދިޔަ އެއްޗެއް ބަލާ.. އެހެން ވިޔަސް މަށަކަށް ހިޔެއްނުވެ އެކުއްޖަވެސް ތިބުނާ އެއްޗެއް ގެންދިޔަހެން. މަ ހުރީން ވިއްޔަ ތަންކޮޅެއް ދުރުގަ އިޖޫއާ ވާހަކަ ދައްކަންވެސް… ތިކަހަލަ ކަމެއް ހިނގިނަމަ މަށަށް އެނގުނީސް.” އަނެއްކާވެސް އިޝާލް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“ކަލެޔަށް ހަމަ ޔަގީންތަ އެކުއްޖާ އެ ނުގެންދާކަން.؟” އަނެއްކާވެސް ނާސިފް ސުވާލުކޮށްލީ ޝައްކުގެ ނަޒަރަކުންނެވެ.

“އާނއެކޭ…. މަ ހަމަ ރީއްޗަށް ކިޔައިދިނީމޭ ކޯއްޗެއްކަން ގެންނަންވީ.. އެ އިންތަނަކާ، އިން ކުލަޔާ އިންގޮތާ މިހުރިހާ އެއްޗެއް މަ ކިޔައިދިނީމޭ. ދެން އެވަރުން އިނގޭނެދޯ… އެކަމު މަ އެސޮރު ފެނުނީމަ ތިވާހަކަ އަހާލާނަން.” އިޝާލް ނާސިފްގެ ހިތްހަމަ ޖައްސައިދިނީ އިޝާލްގެ ހިތުގައިވެސް އެކަމާއިމެދު ޝައްކު އުފައްދަމުންނެވެ.

ރީތި ދިގު ފިނިފެންމާ ނަގައިން އަހަރެން އެޔަށް ބަލަން އިނީ ހައިރާން ވެފައެވެ. މިއީ އެކަހަލަ ފިނިފެންމަލެއް އަހަންނަށް ފެނުނު ފުރަތަމަ ފަހަރެވެ. ހަގީގަތުގައިވެސް ފިނިފެންމަލަކީ އަހަންނަށް އެންމެ މަގްބޫލު މަލެވެ. އެހެންވެ އެމަލަށް އޮތް ލޯބި އިތުރަށް ބޮޑުވިއެވެ. ލޯބިން އެމަލުގެ ފިޔަތަކުގައި ވަކިވަކިން އަހަރެން ފިރުމަމުން ދިޔައިމެވެ. ކޮންމެ ފަތަކާއި ކައްޓެގައި އަހަރެންގެ އިނގިލިތައް ބީއްސާލަމުން ދިޔައީ ހަންހާރައިން ހިތް ފުރިފައި އިނދެއެވެ. މަޑުމަޑުން އެމަލުގެ ފިޔަތަކުން އަހަރެން ވަސްބަލަމުން ދިޔައިރު އަހަރެންގެ ދެލޯ މަރާލެވުނެވެ.

ހިނިތުން ވެފައި އިނދެވުނީ ކިހާއިރަކު ކަމެއް އަހަންނަކަށް ނޭނގެއެވެ. ކުއްލިޔަކަށް ސިއްސައިންގޮސް އަހަރެން ތެދުވީމެވެ. މަންމަމެން އައުމުގެ ކުރިން އެމާ ރައްކާކުރުމުގެ ނިޔަތުގައެވެ. އަވަސް އަވަހަށް އަހަރެން ޓޭޕް ރޯލު ހޯދާ ޓޭޕްކޮޅެއް ކަފާލީމެވެ. އެއަށްފަހު އަހަރެން އަލަމާރި ހުޅުވާލީމެވެ. އަދި ތިރިޔަށް އެލިފައި އޮންނާނެހެން އެމާ އެލުވާލަމުން އެމަލުގެ ދިގު ތަނޑީގައި ޓޭޕްކޮޅު އަޅާ އަލަމާރީގައި ހަރުކޮށްލީމެވެ.

“ޒީނިޔާ! ދެން ތިކަން ސިއްރުކޮށް ތިވާހަކަތައް ނުކުޔައިދީ ލަސްކުރީމަ ވަކި ޒީނިޔާއަށް ލިބޭ ހިތްހަމަޖެހުމެއް އެބައޮތްތަ؟.. އަބަދު ތިހުންނަން ޖެހެނީ ވާނެގޮތެއް ނޭނގޭތީ ހިތް ނުތަނަވަސްވެފަ. މިހާރު ދެން ޒީންވެސް ކިޔަވާ ނިމުނީ. ބުނަންހުރި ހުރިހާ ވާހަކައެއް ހިތްވަރުކޮށްލާފަވެސް ބުނަން މަށަށް ފެންނަނީ. މާޒީ ދެން އިޔާދައެއް ނުވާނެ. މުސްތަގްބަލުވެސް އަހަރެމެން ބޭނުންވާހާ ފުރިހަމަވެސް ނުވެދާނެ. އެކަމަކު ޒީނިޔާވެސް ހާލަތަށް ތަބާވާން ދަސްކުރަން ޖެހޭނެ.” އަތިރިމަތީގައި ހުރި ޖޯލިފަތީގައި އިނދެ ފަރީދު ޒީނިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ފަރީދު! އަހަރެން ހާލަތަށް ތަބާ ނުވަނީކީ ނޫނޭ. އެކަމަކު އަހަރެންވެސް ޖެހިލުންވާ ކަންތައްތަކެއް ހުންނަނީ. ޒީންއަށްވެސް ގަބޫލުކުރަން އުނދަގޫ ވާހަކަތަކެއް ކިޔައިދޭން ހުރީ. އެ ހާދިޘާ ތަކަކީ އަހަންނަށްވެސް އަސަރުތަކެއް ކޮށްފަހުރި ކަންކަން ވީމަ، އެވާހަކަތައް ކިޔައިދޭން ފަސްޖެހެވެނީ. އެކަމަކު ފަރީދުވެސް ތިބުނަނީ ދޮގެއް ނޫން. މިކަން ނުކޮށްވެސް ވާކަށް ނެތް.” ޒީނިޔާ އޭނާގެ އިހްސާސްތައް ބޭރުކޮށްލިއެވެ.

“އެވާހަކަތައް ކިޔައިދޭން ފަސްޖެހެނީއޭ؟ އެހެންވެތަ ޒީނިޔާގެ ބަނޑުން ވިހާފަ ހުރި ހަމައެކަނި ދަރިޔާ ތިހާދުރުން ތިއުޅެނީ؟ ދިރިއުޅުމުގަ ކަންކަން ދިމާވާނެ. އޭގެ ބަދަލުގަ އެކަންކަން ހިތުގަ ބަހައްޓައިން އުޅުމަށްވުރެ މިންވަރަށް ރުހިގެން އުޅެން ދަސްކުރަންވާނީ. ކިހާ ދުވަހެއް މިހާރު ޒީންއަށް އޭނަ މަންމައާއެކު އުފާވެރި ވަގުތުކޮޅެއް ނުލިބޭތާ!!… މިވޭތުވެ ދިޔަ ހުރިހާ ދުވަހަކު ގޭތެރޭގަ އަހަރެން އަނގައިން ނުބުނެ ހުއްޓަސް އެކަމާ ވަރަށް ދެރަވެއޭ…. ޒީނިޔާ އަކަށް އަސްލު ނުވެވޭ ޒީންދެކެ ކުޑަކޮށްވެސް ލޯބިވާ މަންމައަކަށް. އަހަންނަށް ފެންނަތާ ޒީނިޔާ ތިހުންނަނީ ޒީންއަށް އެކަނިވެރި ދިރިއުޅުމެއް ދަސްކޮށްދީފަ. އެއީތަ އާދިލް ކުރި ވަސިއްޔަތަކީ؟ އޭނާގެ ދަރިފުޅަށް އެކަނިވެރި މާހައުލެއް ހޯދައިދިނުން؟ ޒީނިޔާ ހުރެ، ޒީންގެ ރައްޓެއްސަކަށް ދޭ މަގާމަށްވުރެ މާދުރުގަ އޭނާގެ މަންމަ ހުރުން؟ ބައްޕަގެ ލޯބި ނުލިބުނުތާ މަންމަގެ ލޯބިން ވެސް އޭނަ މަހްރޫމުކުރުން؟ އެއީތަ އާދިލް މަރުވުމުގެ ކުރިން ދެއްކި ވާހަކަތަކަކީ؟” ފަރީދުގެ ހޫނު ހަމަލާތައް ޒީނިޔާއަށް ފޮނުވާލީ ހިތްހަމަ ނުޖެހޭކަން އަންގަމުންނެވެ.

ފަރީދުގެ ވާހަކަތައް ޒީނިޔާ އަޑުއަހަމުން ދިޔައެވެ. އެއީ ހަގީގަތެވެ. މީގެ އެތައް އަހަރެއް ކުރިން އާދިލް އެދިފައިވާ ގޮތައް އެއްވެސް ކަމެއް ޒީނިޔާއަށް ކުރެވިފައެއް ނެތެވެ. ޖެހެމުންދާ ފިނިފިނި ވައިގެ ތެރެއަށް ޒީނިޔާގެ މުޅިހަށިގަނޑު ހަވާލުކޮށްގެން އިންއިރުވެސް މޫނުމަތިން ދާހިއްލަމުން ދިޔައެވެ. ފަރީދު ދެއްކި ވާހަކަތައް ކަނުލާ އަހަމުން ދިޔައިރުވެސް ޒީނިޔާގެ ހިތުގެ އެތަން މިތަނުން ރެނދުއަޅަމުން ދިޔަކަމުގެ އިހްސާސް އޭނާއަށް ކުރެވުނުހެން ހީވިއެވެ.

“ފަރީދު ތިބުނީ ތެދެއް. އަސްލު އަހަރެންގެ ބަލި ހާލުގެ މައްޗަށް ގަދަވަމުންވެސް އަހަރެން ތިވާހަކަތައް ޒީންއަށް ކިޔައިދޭންޖެހޭ. ތެދެއް…… އަހަންނަކީ ކުށްވެރިއެއްކަން ފަރީދު މިއަދު އަހަންނަށް ތި ސާބިތުކޮށްދިނީ.. އެއީ ވަރަށްބޮޑު ތެދެއް. އަހަރެން އެކަމާ ޝަކުވާއެއް ނުކުރާނަން. އަހަރެން އެބަޖެހޭ ޒީންގެ ކިބައިން މާފަށް އެދެން. އަހަރެންގެ އަމިއްލަ ނަފްސު އަހަރެންވެސް ކުށްވެރިކުރަން. އުންމީދު ކުރަން ފަރީދު އަހަރެންދެކެ ރުޅި ނާންނާނެކަމަށް. ދުވަހަކުވެސް އަހަރެން ދޫކޮށް ނުދާނެކަމަށް.” ޒީނިޔާ އޭނާގެ ކުށް ގަބޫލުކުރިއެވެ.

“އަހަރެން މިއަދާ ހަމައަށް ކިތައް ކިތައް ފުރުސަތު ޒީނިޔާއަށް ދީފިން؟ އެކަމަކު ތިވާހަކަތައް ނުދައްކާ ލަސްކުރުން ނޫންކަމެއްވިތަ؟ ޒީނިޔާ ދޫކޮށް ނުދާންވީ އެންމެ ސަބަބެއް އަހަންނަށް ކިޔައިދީބަލަ؟” ފަރީދުގެ ހަށިގަނޑުގައި ހުޅުހިފާފައި ވާކަހަލައެވެ.

“ތިހެން ނުބުނޭ ފަރީދު… އަހަރެން މި ފުރުސަތުގަ ބޭނުން ހިފާނަން. އަހަންނަށް އިތުބާރުކޮށްބަލަ….. އަހަންނަށް އިތުބާރުކޮށްފަ ކުޑަ ވަގުތުކޮޅެއް ދޭންވީނު؟ އާދޭސް ކުރަން.” ފެންކަޅިވެފައި އިނދެ ޒީނިޔާ އާދޭސްކުރަމުން ދިޔައީ ފަރީދު ދީފައިވާ މުހުލަތުގެ ފަހު ފުރުސަތު ގެއްލިދާނެތީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޔާރާ އަހާށޭ 3

Next

ޤުދުރަތީ ޤާނޫނު

Next
August 18, 2023

ޤުދުރަތީ ޤާނޫނު

Previews
August 16, 2023

ޔާރާ އަހާށޭ 3

15 Comments!

  1. love imko 💖💖 says:
    August 17, 2023 at 7:03 am

    Hi I love this story
    But I am not going to job today
    So when is next part
    Shaleen

    1. Shaleen says:
      August 17, 2023 at 10:59 am

      Hi imko
      Thanks for the comment
      Avahah job ah dhaane kamah ummeedhu kuran.
      Next part will be on next Monday
      In sha Allah
      Thanks again ❤️❤️❤️

  2. love imko 💖💖 says:
    August 17, 2023 at 11:15 am

    I am married today
    So I am holiday
    I am so happy 😊

    1. 😂 says:
      August 17, 2023 at 12:12 pm

      Ehdhu thimanna ah 16 aharey buni
      Thankolheh kurydhuhuku buni school ga ey ulheny
      Anehka ehen vhaka ehge cmnt eyga oeh firimyha aniyaa kuraa vhka
      Ehen vahaka ehga oeh bappa valee nudhin vahka
      Mee adhi mi vaguthu aharen handhaan huri varu
      Adhi aharen nukiyaa kithah vaahakaiga onnaane mikahala dhekolhu nujehey vahaka

    2. Shaleen says:
      August 17, 2023 at 1:10 pm

      Oh ehentha. Wish you a happy married life

  3. Shaleen says:
    August 17, 2023 at 1:24 pm

    Hi 😂 you

    You ge comment koffa thi inee imko ah nooni shaleen ge mi vaahaka ahtha?
    Doubt vaathee ahaalee Hama.

    1. 😂 says:
      August 17, 2023 at 5:58 pm

      aslu shaleen ge mi vhaka ah cmnt kuran vegn cment section balaali iru fenuny imko ge cmnt. I donnt know why i did like that btw i am sooo sorry imko i didn’t mean to hurt imko or anything!! That’s just as imko ah heyo edhey myheh. Faharegga thankolheh lha v ma vx egothah story aa gulhuvain vhka dhahkaafa cmnt kuran ulhedhaane. And if she’s a kid we should tell her the right way. Once again I’m so sorry imko ❤️😭

      (Here is the comment for shaleen’s story😂)
      Masha Allah vrh reeethi vahka eh
      Vhka kuriyah dhaa goeh vx vrh shaugu veri
      Waiting for the next part

  4. Meera says:
    August 17, 2023 at 2:10 pm

    Imko can you please stop lying. I can clearly see that you are a school kid. And i have seen your comments in many stories. You even said that you are married and pregnant with a child. And that you are husband is abusive. And in other story you said your dad didnt agree you to get married to your bf

  5. love imko 💖💕 says:
    August 17, 2023 at 6:54 pm

    I am so sorry 😞😒
    I am lying of you guys
    Again I am so sorry 😔😔
    That is my friend and my boyfriend married
    Again I am so sorry 😐
    I never do that again
    Sorry guys
    I have you guys forgive me 😭🙏

  6. love imko 💖💕 says:
    August 17, 2023 at 6:57 pm

    Hi😂 you if you are boy what you do
    I will never do again
    But my boyfriend married my friend
    I am so sorry

  7. Shaleen says:
    August 17, 2023 at 7:04 pm

    Hi 😂

    Thanks v bodah ..
    V ufaavejje hih hamajehey gothah vaahaka kuriyah gendheveytheeves.
    Adhi shauguveri kamaaeku next part ah waiting GA hunaatheeves v ufaa hama.
    Thanks again 😂

    Dhen imko aa dhekudhin massala hallu kolleema innaanee rangalhah.
    Comment kuraa hurihaa kudhinnakeeves shaleen ah v haassa baeh. Soooooooo
    Thank you all

    1. 😂 says:
      August 17, 2023 at 7:36 pm

      Welcome dear
      Abadhu vx support libeyne Insha Allah
      Lahba mihaaru hallu vehjen. Imko alhugandu sorry bunyma apology accept kohfa thedhah ebunynu so, i dont think eyga massala eh oeh kamah.
      And imko sorry bunaakah nujeheyne. Imko mihaaru ekanthah rangalhu kohfeemen.
      Imkoooo I’m a girrrl😭
      Mihaa hisaabun imko aa alhugandaa kurin dhehki vahaka nimuny. Dhen ehkuhjaku vx evahka nudhekkeema rangalhu vaany. Imko dhen ekahala vahaka eh nudhakkaane.

  8. love imko 💝💖 says:
    August 17, 2023 at 7:51 pm

    Yes I don’t tell that

  9. love imko 💝💖 says:
    August 19, 2023 at 7:33 pm

    When Is next part
    I am sick and cold

    1. Shaleen says:
      August 20, 2023 at 3:03 pm

      Next part will be on tomorrow in sha Allah
      Baliveetha ?
      Shafaakallah

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 24←


All Right Reserved!