ޅެން : ތިހަނދާނުން ރޮވެނީއޭ ވާހަކައިގެނަށް : ތިހަނދާނުން ތިހަނދާނުން ލޯތްބާއި ހިތާމަ އިންތިހާ ދީފާވެއޭ ވޭނީ އަސަރުގަދަ ޚަޔާތޭ މީ އާއޭ މިހިތުގެ ވޭން ދިރިހުރި ކޮންމެ ނޭވާއަކުން ހިތަށް އުފެދޭ ވޭނީ އަސަރުގަދަ ޚަޔާތޭ މީ… ނުފިލާނޭ ތިހަނދާނެއް މިހިތުގައި އަބަދުވޭމެޔޭ ތި ހަނދާނުން ރޮވެނީއޭ.. ލޭ އަޅާ ބަލި ކުއްޖެއްމީ ލޫކީމިޔާގެ ރިޚުމުން މަރުވަމުންދައި އެކަނިވެރި މަންމައޭ ވީ އަބަދާބަދު ހާސްކަމުގައި ތިހަނދާނުން ލޯތްބާއި ހިތާމަ އިންތިހާ ދީފައިވެޔޭ ތިހަނދާނުން ރޮވެނީއޭ […]
’ކޮބާ ކީކޭ ބުނީ އެމީހުން؟‘ މަންމަ އަހައިލިއެވެ.އަހަރެން އެއްވެސް އެއްޗެއް ސިއްރު ނުކޮށް އާރިންގެ މަންމަ ހަމަ ބުނި ގޮތަށް ހުރިހާ ވާހަކަތަކެއްވެސް ކިޔައިދިނީމެވެ. **** ’އަޅެ ހާދަ ރަހުމެއް ނެތް މީހެކޭ ދޯ… ދަރިފުޅު ބަނޑުބޮޑުވި ވާހަކަ ބުނީމަ އެހެރީވިއްޔަ ކިޔާލިހާ އެއްޗެހި…އެއީވެސް އެކަމަކު މައެއް ވިއްޔަ ހަމަ ދޯ…އެވަރުގެ އެއްޗެއް ބުނެލިއިރު ހަމަ ހިތަށް އެކައްޗެކޭވެސް ނޭރިބާއޭ ހިތަށް އަރާ…އަޅެ ހެޔޮނުވާނެ ދޯ ދަރިފުޅުގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާކަށް…މަންމަ ވަރަށް ވަރަށް ދެރަވެއްޖެ […]
’އޭނާ އެބައިން މަންމައާއެކު ރާޒުވާ ކުޅެން..ماشا الله.އެހާ ކުޑައިރުވެސް ލޫކް ވަރަށް މޮޅު ރާޒުވާ ކުޅެން…މަންމަގެ ކަންތައް އެއީ.އެކުއްޖާއަށް ކިރިޔާ އެއްޗެއް އެނގެން ފެށިއިރަށް ރާޒުވާ ކުޅެން ދަސްކޮށްދީފިވިއްޔަ…އެހާ ޝައުގުވެރިވެގެން ކުޅެން އިނީމައި ދެން އެވަރަކުން ގެންނަން ނޫޅުނީ. އެހެން ފަހަރަކުން ގެންނާނަން އިނގޭ…މިހާރު މިހޫގެ ގެވެސް އެނގުނީތާ ދޯ މި…‘ ކީރާގެ ހިނިތުންވުމުން އޭނާ އުފާވެފައި ހުރިވަރު ދޭހަވެއެވެ. **** ކީރާ ގެއަށް ދާން ނުކުތްއިރު އޭނާ ވަނީ އަހަރެންގެ އާއިލާއަށް ތައާރަފްވެ އެންމެނާއި ވެސް […]
އަހަރެންގެެ ސަލާމަތްތެރިކަމާއި މެދު ސުވާލު އުފެދުމުން އަހަރެންގެ ހާލު ބަލައި، އެ އަނިޔާވެރިކަމުން އަހަރެން ސަލާމަތް ކޮށްދިނީތީ އަހަރެންގެ ހިތް ހައިދިންއަށްޓަކައި ޝުކުރުން ފުރުނެވެ. **** ’މިހްރާ ސަލާމަތް ކޮށްދިނީތީ ހައިދިންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ދައްތައަކަށް ނޭނގޭ…ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…‘މަންމަ ހައިދިންއަށް ބަލާލާފައި ވަރަށް އަސަރާއެކު ބުނެލުމުން ހައިދިން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެ ޝުކުރު ބަލައިގަތް ފަދައަކުން ބޯ ޖަހައިލިއެވެ. **** އަހަރެން ހުރިގޮތް ފެނުމުން މަންމަ ޖަޒުބާތީވިވަރުން އަހަރެންގެ ގައިގައި ބައްދާލާފައި […]
މިއަދު އެކަކުވެސް އަހަންނަށް އިޚުތިރާމެއް ނުކުރާނެއެވެ. ފުރަތަމަވެސް އަހަރެންގެ ހިތަށް ވެން ޖުމްލައަކީ އެއީއެވެ. އެކަން އެނގުމަށްފަހުއެވެ. އާއެކެވެ. އަހަންނަކީ ކުށްވެރިއެކެވެ. ފާފަކުރަމުންދާ ޒުވާން ޖިންސުންލަތީކެވެ. މިއަދު އަހަރެން މީނީ ހާލުގައި ޖެހިފައެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތިފައެވެ. މައިންބަފައިން ދޫކޮށްލީ ހުދު އަހަންނެވެ. މިއަދު އެކަމާވެސް ހިތާމަކުރަން ޖެހިއްޖެއެވެ. އަނެއްކޮޅުން އަހަރެން މީނީ ބަލިވެއެވެ. ދަރިއަކު ލިބެނީއެވެ. މިދަރިއަށްވެސް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ބާރުބާރަށް އަހަންނަށް ރޮއެ ގަނެވިއްޖެއެވެ. މާޒީގެ ސޮފްހާތަށް ލޯކުރިމަތިން ސިފެދާން […]
ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއްދުވަހޭ ބުނަތީ ވަރަށް ގިނައިން އަޑުއަހަމެވެ. އޭގެ މާނައެއް ފަހުމްވާ ގޮތް މިވީ ދާދި އިހަކަށްދުވަހުއެވެ. މަސްތުވާތަކެތީގެ އައްޑާއެއް ފުލުހުން ފަޅާލައި ހައްޔަރުކުރި ބައެއްގެ ވަނަވަރު ދެކެފައެވެ. އޭގެތެރޭގައި ދައުލަތުގެ މީޑިއާ ޕީއެއްސެމްގެ އިސް ޕުރެޒެންޓަރެއް ހިމެނުމުންނެވެ. އާދެ! ދައްކަން މި އުޅެނީ ހދ. ކުޅުދޫފުށީ މަރިޔާޒް 23 އަހަރުގެ އިނާޔަތު އަލީގެ ވާހަކައެވެ. އިނާޔަތަކީ ކޮންކަހަލަ މިޒާޖެއް މީހެއްކަން އޭނާ އާއެކު މަސައްކަތްކުރާ އެކުވެރިންނަށް އެނގެއެވެ. އަހައިފިއްޔާ ކޮންމެ މީހަކުވެސް […]
މާގިނައިރުތަކެއްނުވެ މަންމަ ދިޔުމުން އަނެއްކާވެސް އާރިންގެ އަނިޔާތަކާއި އަހަންނަށް ކުރިމަތިލާން ޖެހުނެވެ.އޭނާ ހީވަނީ އަހަންނަށް އަނިޔާކޮށް ކޮށް އެކަމުންވެސް ހިތް ނުފުރިގެން އުޅޭހެންނެވެ. އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އޭނާގެ ދެއަތުން އެތަކެއް ޒަޚަމްތަކެއް ލައްވަމުން ދިޔައިރު، މީހަކަށް އެ ނިޝާންތައް ފެނިގެން އަހަންނާއި ސުވާލުކޮށްފާނޭ ކަމާއިމެދު ވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. **** އާރިން އަހަރެންގެ ފޯނާއި ލެޕްޓޮޕްވެސް އަތުލައި، މުއާސަލާތީ ހުރިހާ ވަސީލަތަކުން އަހަރެން މަހުރޫމްކޮށްލިއެވެ.އެވަރުން ނުވެގެން އެޕާޓްމަންޓުގެ ލޮކްވެސް ބަދަލުކުރިއެވެ.ތަޅުދަނޑި […]
އަލްޔާ އަކީ މާލެ ކައިރި ރަށެއްގައި އުޅޭ ކުއްޖެކެވެ. އަލްޔާގެ އާއިލާގައި އޭނާގެ އިތުރިން 3 ބޭބެ ހުރެއެވެ. އަލްޔާގެ މި ކުޑަކުޑަ އާއިލާ ވަރަށް ލޯބިން ބަލަނީ މަންމަ އާއި ބައްޕައެވެ. ބައްޕަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން ހުރިހާ ކުދިންނަށް ކިޔަވާދީ، ކާންދީ، ކުދިން ބޭނުންވާ އެއްޗެތި ހޯދައިދީ ހަދައެވެ. އެއްދުވަހެއްގެ ހެނދުނެވެ. އަލްޔާއަށް ހޭލެވުމާއިއެކު މަންމަ ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅާ އަލްޔާ!… އަވަހަށް ފާޚާނާއަށް ވަދެ ރީތިވެލައިން ނުކުމޭ. މިއަދަކީ ޢީދު […]
އެ ނުބައި ފާފައިން ހިތް ފުރާލައިގެން ތެދުވެ އާރިން އަހަރެންގެ އެއް އަތް މިނިވަން ކޮށްދިނެވެ.އެއީވެސް އޭނާ ކުރާ ހިތުން ކުރި ކަމެއް ނޫންކަން އެ މޫނުމަތިން އެކަނިވެސް ދޭހަވިއެވެ.އޭނާ ތެދުވެ އެއްޗެހި ލައިގެން އަހަރެން އެހާލުގައި ބާއްވާފައި ނުކުމެގެން ދިޔައިރު ކުޑަ މިނުން ކޮޓަރީގެ ދޮރުވެސް ލައްޕައި ނުލިއެވެ.ނިވާކަމެއް ނެތް ހާލުގައި އޮވެ ރުއިން ނޫންކަމެއް އަހަންނަކަށް ނުކުރެވުނެވެ. ތެދުވާނެހާ ހިތްވަރެއް އެވަގުތަކު އަހަރެންގެ ގަޔަކު ނެތެވެ. **** ލިބިފައިވި އިންތިހާ ވަރުބަލިކަމުގެ ސަބަބުން އެ […]