Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 32

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 18, 2023 4 Mins Read
4 Comments

އިރުއަރާ އޮއްސެމުން ދިޔައީ އެތައް ދުވަހެއް ދުނިޔެއާ އަލްވަދާއު ކިޔަމުންނެވެ. އެއްބަޔަކު ރޮއްވަމުން އަނެއްބަޔަކު ހެއްވަމުންނެވެ. ރައްޓެހިން ބީރައްޓެހިންނަށްވަމުންނެވެ. މިތުރުން ހަތުރުންނަށް ވަމުންނެވެ. ލޯބީގައި ގޮށްޖެހިގެންދާ އެތައް ޖޯޑެއް ވަފާތެރިކަމުގައި ދުވަސްތައް ގުނަމުން ދަނީއެވެ. ލޯބީގައި މަޖްބޫރުވެފައިވާ ބައެއް މީހުން ހިތާއި ދެކޮޅަށް ދުނިޔެ އާރާސްތު ކުރެވޭތޯ ބަލަނީއެވެ. ބަދަލު ވަމުންދާ ލޯބީގެ އެކި މަންޒަރުތަކުގައި ތަފާތު ކުލަތައް ޖެހެމުން އަހަރުތައް ނިމިދަނީއެވެ. ނުހަނު ބާރަށެވެ. އެހެނަސް އިންތިޒާރު ކުރަމުންދާ ހިތްތަކަށް އެއީ ވޭންދޭހާ ދިގު މުއްދަތެކެވެ. އެފަދަ ބަޔަކުވެސް ދުނިޔޭގެ ކޮންމެސް ހިސާބެއްގައި ވާނެއެވެ.

7 އަހަރު ފަސް

“މިހާރު މާލެ އައިފަހުންވެސް ހަފްތާއެއްވީ. ދެ ގަޑިއިރެއްތެރޭ ކައިވެނި ކުރެވޭނެ. އަހަރުމެން އާއިލާއިން މާގިނަ މީހުންނަށް ދައުވަތެއް ނުދެން.” ވަހީދު ވާހަކަދައްކަމުން ދިޔައީ ފަރީދާއެވެ.

“އާނ!… ޒީންގެ ފަރާތުން އަހަރެން ނޫނީ ދެން ނުހުންނާނެ ޕާރޓީއަށް ދާނެ މީހަކު. ވަހީދު!.. ދެން މިކަންވެސް މި ނިމެނީނު.. ހާދަ ދުވަހެކޭ ޒީން އެ ހިފަހައްޓާލީވެސް ކައިވެނި ނުކުރާން. އެމަންޖެއަށް ވިސްނައިދީދީ ބަލާބަލަ މިހާރު މަގޭ ބޮލާ ތުނބުޅީގަ ހުދު އިސްތަށި ގިނަވެފަ ހުރިވަރު… ލައްކަ އާދޭސް ކުރިފަހުން އެ އެއްބަސްވީވެސް. މިހާ ދުވަސް ވީއިރު ކިހާވަރަކަށް އާދޭސް ކުރެވިފަ ހުންނާނެ.” ފަރީދު ކިޔައިދިނީ ކަންހިނގާ ދިޔަ ގޮތެވެ.

“ހޫމް… އަހަރެން ތިރަށަށްގޮސް އެމަންޖެ ގާތު ބުނީ، އަހަރެން މިއައީ ބަލައޭ ކައިވެންޏަށް މާލެދާން… ވަރަށް ބޯހަރު މަންޖެއެއް. ގައިމު އާދިލްއަކީ އެކަހަލަ މީހެއްނޫން… އޭތް!… މަށަށް ހީވަނީ މަގޭ ނާސިފް މިމަންޖެ ވަރަށް ބޭނުންވާހެން.” ފަރީދުގެ ވާހަކައަށް ވަހީދު އެއްޗެއް އިތުރުކޮށްލިއެވެ.

“ނާސިފްގެ ގޮތެއް މަށަކަށް ނޭނގޭ. ގައިމުވެސް ޒީން ކައިވެނި އެކުރަނީ ހިތާދެކޮޅަށް…. ދެން ހިތާ ދެކޮޅަށްވެސް މިކަން ކުރަން މަޖްބޫރުވީމަ ކުރާނެތާ. މަހީކުރީ ވަހީދު ދެން އެދަރަނި މަޢާފް ކޮށްފަ މިކައިވެނިވެސް މަޢާފްކޮށްދޭނެ ކަމަށް.” ފަރީދު އެންމެފަހުން ހިތުގައިވާ ވާހަކަ ސީދަލަށް ބުނެލިއެވެ.

ވޭތުވެ ދިޔަ ހަ އަހަރުވެސް ޒީން އިޝާލްގެ ލޯތްބައްޓަކާ ރޮއެ ހިތާމަކުރާތަން ފަރީދަށް އެތައްފަހަރަކު ވަނީ ފެނިފައެވެ. ފަރީދު އެކަމާ ނުހަނު ހަމްދަރްދީވެއެވެ. ފަރީދުގެ ބާރެއް ހިނގާ ކަމެއްނަމަ، ޒީންގެ ކައިވެނި ކުރުވާނީ އިޝާލްއާއެވެ. އެހެނަސް ހަގީގަތުގައި މިއީ ފަރީދާ އެއްވެސް ގުޅުމެއް ހުރިކަމެއް ނޫނެވެ.

“މަމީ މުއްސަނދި ވަހީދު. އަހަރެންވެސް ބޭނުންވާނެދޯ މަގޭ ނާސިފްއަށް ރަނގަޅު ގޮތެއް ވާން. އިނގޭތަ؟.. އަހަރެން އަސްލު ހިތަށްއެރި… ކައިވެންޏާ ހަމައަށް ދާންވާއިރު ނާސިފްއާ އިންނާނެ ރަނގަޅު ކުއްޖެއް ލިބުނިއްޔާ އާދިލްއަށް ކޮށްފައިން މިކައިވެނީގެ ޝަރުތު މަޢާފްކޮށްދޭން. އެކަމަކު އިނގޭތަ ވީގޮތް؟ ނާސިފް އެ ލޯބިވީ ކުއްޖަކީ ވަރަށް ވިޔާނުދާކޮށް އުޅޭ ކުއްޖެއް. އެހެންވެ އަހަރެން ހަމަ ކޮންމެހެންވެސް މިކައިވެނި ކުރުވަން ބޭނުންވީ… މަށަށް އިނގޭނެއްނު މިއީ ދަރަނި ވަސިއްޔަތެއްވީމަ ނާސިފްއަށް މިކަން މަޖްބޫރުވާނެކަން. އެހެންވެ މިކަން ކުރަން ނިންމީ.” ވަހީދުގެ ނިންމުން ބަދަލު ނުކުރި ސަބަބު ފަރީދަށް ކިޔައިދިނެވެ.

ވަހީދަކީ ކިހާވަރެއްގެ މީހެއްކަން ފަރީދަށް އެނގިއްޖެއެވެ. ވަހީދުގެ ފަރާތުން ސާބިތުވީ، އޭނާގެ އަމިއްލައެދުން ބޮޑުކަމެވެ. މުއްސަނދި ކަމުގެ ބާރުން ނުގަނެވޭނޭ އެއްޗެއް ނެތޭ ބުނަން އުޅޭހެންވެސް ހީވެއެވެ. ވަހީދަށް މުހިއްމުވީ ހަމައެކަނި ނާސިފްގެ ދިރިއުޅުމެވެ. މާކުރީއްސުރެ ޒީން ކަހަލަ ނިކަމެތި ޔަތީމު ކުއްޖެއްގެ ދިރިއުޅުމާ ކުޅެމުންދިޔަ މީހަކަށް މިއަދު ވިސްނޭނެ ހެވެއް އޮންނާނެ ހެއްޔެވެ؟ ފަރީދުގެ ހިތަށް އަރާ ފައިބަމުންދިޔަ ތަކެތީގެ ސަބަބުން ދެފަރާތަށް ބޯހޫރާލެވުނެވެ.

ހެންވޭރު ބާޒީގޭ ޑްރެސިންގް ޓޭބަލް ކައިރި ގޮނޑިއެއްގައި އަހަރެން އިނީ އިށީންދެލައިންނެވެ. ލޯގަނޑުގެ އެހީގައި އަހަރެންގެ އަމިއްލަ ނަފުސަށް ބަލަމުން ދިޔައިރު އަހަރެންގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނާކަށް ނެތެވެ. ޖަރީކޮށްފައިވާ ހުދު ހެދުމެއްގައި އަހަރެން އިނަސް އެހެދުމުގެ އަގެއް އަހަންނަކަށް ނޭނގެއެވެ. ހަމައެކަނި މިރޭ އަރާލަން ގެނެސްފައިވާ ހުދުކުލައިގެ އުސް ފައިވާނަކީވެސް މީގެ ކުރިން އަހަރެން ހުވަފެނަކުންވެސް ދެކެފައި ނުވާހާ ޗާލު އެއްޗެކެވެ. އެހެން ނަމަވެސް އެއެއްޗެއްސައް އަހަރެންގެ އެއްވެސް ޝައުގެއްނެތެވެ.

“ނާސިފް އައިއްސި. ބުނެލީ ޒީން އެކަނި ބައިންދާފަ އަހަރުމެން ނުކުމެލާށޭ.” ޒީންގެ މޭކަޕްކޮށް ތައްޔާރު ކުރަން ތިބި ކުދިންގެ ތެރެއިން ކުއްޖަކު ބުނެލިއެވެ.

“ޒީން… އިރުކޮޅަކަށް އެބަ ނުކުމެލަން. މޭކްއަޕް އަދި މުޅިން ނުނިމޭ.” ކައިރީގައި ހުރި ކުއްޖަކު އެހެން ބުނުމުން އަހަރެން އާނއެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ.

އަހަރެންގެ އަތުގައި އަޅާލާފައިއޮތް ނަތޫ ދިން ކެވެލިކޮޅު ނެގުމަށްފަހު މޭޒުގައި ބާއްވާލީމެވެ. ހަގީގަތުގައި މިކައިވެންޏައްޓަކާ އެއްވެސް ގަހަނާއެއް އަޅާ ރީތިވެގެން ހުންނަން އަހަރެން ބޭނުމެއް ނޫނެވެ. ކެވެލިކޮޅަށް ބަލައިލުމަށްފަހު އަހަރެން އެކެވެލިކޮޅު ވައްޓާލީ ޑްރެސިންގް ޓޭބަލްގައި އިން އެންމެ މަތީ ވަތްގަނޑަށެވެ.

“ޒީން.. ކޯއްޗެއް ތި ފޮރުވީ؟……. އަތުގަ އަޅާފައޮތް ކެވެލިކޮޅުދޯ؟ އަން…. މިއޮތީ… ކަރުގަ އަޅާލީމަ ވަރަށް ރީތި ވާނެ. ވަރަށް ގުޅޭނެހެން ހީވަނީ. ޒީން ބޭނުމިއްޔާ އަހަރެން….. ޒީންގެ ކަރުގަ އަޅުވާލަދީފާނަން.” ރަތްކުލައިގެ ތުނި ހަތަރެސްކަން ފޮއްޓެއް ޑްރެސިންގް ޓޭބަލް މަތީގައި ބައިންދާލަމުން ނާސިފް ބުނެލިއެވެ.

ޒީން ވަކިއެއްޗެެއް ނުބުނެ އިނީއެވެ. ހަމަ ހިމޭން ވަގުތުކޮޅެއް އެދޭތެރޭގައި ހިނގަމުންދިޔައެވެ. ޒީންގެ އިންތިޒާރުގައި ހުރި ނާސިފް އެވަގުތު ކޮޅުވެސް ކެތްތެރިކަމާއެކު ހުރީ ޒީން ހަރަކާތެއް ކުރޭތޯ ބަލާށެވެ.

“އަހަރެން ކަރުގަ އެއްޗެއް އަޅުވާނެ ކަމެއްނެތް. މިވަރުން ފުދޭ… ނާސިފްމެންގެ މުދަލުން އަހަރެން ބޭނުމެއްނޫން ގަހަނާއިން ބަރުވާކަށް.. ނާސިފް ހީނުކުރައްޗެ ނާސިފްމެންގެ ތި މުއްސަނދިކަން ފެނިގެން އަހަރެން ފެންވަރު އޮޅޭނެޔޭ. އަހަންނާ ގުޅޭގޮތް އެނގޭނީ އަހަންނަށް. މިކައިވެނީގަ އެންމެ ރަނގަޅުވާނީ އާދައިގެ ހެދުމެއްލައިން ހުރިއްޔާ.. މިދުވަސް ހާއްސަވެގެން ތިއުޅެނީ ނާސިފްއާ ނާސިފްގެ ބައްޕައަށް.” ނާސިފް އަހަންނަށް ދީފައިން ފޮށި ދުރަށް ޖައްސާލަމުން އަހަރެން ތެދުވީމެވެ.

“ޝުކުރިއްޔާ ޒީން… ހިތްކަތިލާފަދަ ބަސްކޮޅުތަކެއް. އެކަމަކު ތިވާހަކަތަކުން އަހަރެންގެ ހިތުގަ އެއްވެސް ޒަޚަމެއް ނެތް.. އަސްލުމީ އަހަންނާ އަހަރެން ބައްޕަގެ ފައިސާއިން ގަނެފަ އިން އެއްޗެއްނޫން. ހެޔޮއެދޭ އާއިލާއަކުން ޒީންއަށް ކޮށްފަވާ ހަދިޔާއެއް. އެމީހުން އުންމީދު ކުރާނީ ޒީން މިރޭ ތީގެ ބޭނުން ހިފާނެކަމަށް…. ތިއެޅުމާ، ތިނޭޅުމާ…. ތީދެން ޒީންގެ އަމިއްލަ ކަމެއް. އެކަމަކު އަހަރެންވެސް ބޭނުންވާ ކަމެއް އެބައޮތް.. އަހަރެން ހުއްޓަ ތިފޮށި ހުޅުވާފަ ބަލާލަންވީނު.” ނާސިފްގެ އަސަރު ގަދަ ބަސްތައް އަހަރެންގެ ތޫނު ބަސްތަކަށްވުރެ ބާރުގަދައެވެ. ގިނަ ފަހަރަށް ނާސިފް އަހަންނަށް ރައްދު ދިނުމުން ވަގުތުން ގޮށްޖެހެނީ އަހަރެންގެ ދުލުގައެވެ.

ނާސިފް އަހަންނަށް ބަލަންހުރީއެވެ. އަނގައިން ނުބުނެހުރެ އަހަރެން މަޑުމަޑުން އެފޮށި ހުޅުވާލީމެވެ. ފެނުނު މަންޒަރުން އަހަރެންގެ ހިތުގެ ވިންދު ކުއްލިޔަކަށް އަވަސްވާން ފެށިއެވެ. އައިލައިނާ އަޅާފައިވާ އަހަރެންގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވާންފެށީ ދާދި އަވަހަށެވެ. ކަރުނައިން ބަރުވެފައިވާ ދެލޮލުގެ އެސްފިޔަތައް ޖަހާލުމާއިއެކު ވަގުތުން ކަރުނަތައް ފައިބަން ފެށިއެވެ. އެސްފިޔަތަކުގެ ތެރެއިން ފައިބަމުންދިޔަ ކަރުނަތަކާއެކު ދެލޯ މަރާލައިން އަހަރެން އިރުކޮޅަކަށް ހުރީމެވެ. އޭރުވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދަނީ މާކުރީގެ ހަނދާނެކެވެ.

“ޒީން! ކީއްވެތަ އަބަދު ސްޕެލިންގ ލިޔާއިރު ޒެޑް.އައި.އެން ޖަހަނީ.؟”

އެއީ މާކުރީގައި އަހަންނާ ކުރެވުނު ސުވާލެކެވެ. މިއަދު އަހަންނަށް ހީވީ އެދުވަސް އަނބުރާ އައިހެންނެވެ. ހަދިޔާއަކަށް ލިބުނު ފޮށީގައި އެވަނީ ކުދި ކުދި ޖަވާހިރުތަކަކުން ތިލޭރުކަން ކޮށްފައިވާ ރީތި ޗާލު ހާރެކެވެ. ހާރުގެ ފުލުގައި ވަނީ އިނގިރޭސި އަކުރުން ޒެޑް.އައި.އެން ޖަހާލާފައެވެ.

“ޒީން!… ކީހިނެއް ތިވީ؟ ކީއްވެ ރޮނީ؟ މިހާރީތި ހާރެއް ލިބުނީމަ ވެސް އުފަލެއް ނުވޭތަ؟ ބަލާބަލަ! މުޅި މޫނުގެ މޭކަޕްތައްވެސް ތިއޮއް ހަޑިވީނު؟ އަހަރެން ހުރީމަ ޒީންއަށް އުނދަގޫ ވަނީދޯ؟ އެންމެ ރަނގަޅު. އަހަރެން ދަނީ. އެބަ ގޮވާލަން މޭކަޕް ކުރާކުދިންނަށް.” އަހަރެންގެ ދެލޯ ކުއްލިޔަކަށް ހުޅުވާލީ ނާސިފްގެ އަޑުއިވުމުންނެވެ. ނާސިފް އަހަންނާ ސުވާލުތައް ކުރުމަށްފަހު އަހަރެންގެ ޖަވާބަކަށް އިންތިޒާރު ނުކޮށް ހިނގައިގަތެވެ.

ކުއްލިޔަކަށް ކަމެއް ހަނދާންވީ ކަންނޭނގެއެވެ. ނާސިފް ފަސްއެނބުރި އައިސް ޒީންއާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އެއަށްފަހު ޑްރެސިންގް ޓޭބަލް މަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނެގުމަށްފަހު ޒީންއަށް ދިއްކޮށްލިއެވެ. ޒީންގެ ނުރުހުމުގައި ނާސިފްގެ އިނގިލިތަކުން އެކަރުނަތައް ފޮހެދިނުމަކީ ނާސިފް ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

“ހަނދާން ނެތުނީ.. އަދި އަހަރެން ދޭން ގެނައި ކުޑަކުޑަ ހަދިޔާއެއް އިންނާނެ.” ނާސިފް ބުނެލިއެވެ.

އަހަރެން ޓިޝޫގައި ނުހިފުމުން ނާސިފް އެޓިޝޫ ބާއްވާލީ ޑްރެސިންގް ޓޭބަލް މަތީގައެވެ. އެއަށްފަހު ފަޓްލޫނު ޖީބަށް އަތްކޮއްޕާލަމުން ނާސިފް ޖީބުން ނެގީ ކުޑަކުޑަ ހަތަރެސްކަން ފޮއްޓެކެވެ.

“އަހަރެންގެ ފަރާތުން ޒީންއަށްދޭ ކުޑަ ހަދިޔާއެއް.” ނާސިފް އެފޮށި ހުޅުވާލުމަށްފަހު އަހަންނަށް ދައްކާލިއެވެ. އޭރު ނާސިފްގެ ނަޒަރު ހުއްޓިފައިވަނީ ސީދާ އަހަރެންގެ ދެލޮލަށެވެ.

އޭގައިވާއެއްޗެއް ފެނުމާއިއެކު އަހަރެން ވަގުތުން ނާސިފްއަށް ބަލައިލީމެވެ. އަހަރެން ހައިރާންވިއެވެ. ވަރަށް ހައިރާންވިއެވެ. އޭގައިވަނީ އަނގޮއްޓިއެކެވެ. އެއްވެސް ޖަވާހިރެއް ޖަހާފައި ނެތަސް އެއީ ހުސްރަނެވެ. އެކަމަކު އެ އަނގޮއްޓީގައިވާ މަންޒަރު ފެނި އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކުއްލިޔަކަށް ހުއްޓުނުހެން ހީވިއެވެ. އަނގޮއްޓީގައި ވަނީ ދެފަޅި ވަކިވެފައިވާ ހިތެކެވެ. ހިތް ހަލާކު ވެފައިވާކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. ކައިވެނީގެ ގޮށް ޖަހާލުމަށް ތައްޔާރުވެފައިވާ މީހަކު އެފަދަ އަންގޮއްޓިއެއް އޭނާގެ ވާން އުޅޭ އަނބި މީހާއަށް ދޭނެބާއެވެ؟ ނާސިފަކީ ތަފާތު މީހެކެވެ. ހަމައެކަނި ނާސިފް ބުނެލާ ބަސްތަކަކުން ނޫނެވެ. އެ އަނގޮއްޓިންވެސް އެކަން އަހަންނަށް ސާބިތުކޮށްދީފިއެވެ.

– ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އިންތިޒާރު 8

Next

ފެށި ލޯބި އޮޔާ ދިޔުމުން 3

Next
September 19, 2023

ފެށި ލޯބި އޮޔާ ދިޔުމުން 3

Previews
September 17, 2023

އިންތިޒާރު 8

4 Comments!

  1. Ifoo says:
    September 18, 2023 at 2:27 am

    Awww 😍 vv reethi Mi part vs.. When next part 😩??

    1. Shaleen says:
      September 18, 2023 at 11:06 am

      Hi ifoo
      Hithuge funminun v v Shukuriyya.
      Next part Thursday GA in sha Allah.
      Ummeedhu kuran kiyaalene kamah.

  2. love imko 💕💕 says:
    September 18, 2023 at 5:36 am

    Varha reethi mi part vex
    Next part kiyaalan libeeney kama unmeedhu kuran
    Once again varha reethi mi part vex
    Varha ufaaveje shaleen ge vaahaka libuneema
    Unmeedhu kuran next part kiyaalan libeeney kama
    Varha reethi mi part vex
    Anyway I love this story beautiful 💕

    1. Shaleen says:
      September 18, 2023 at 11:08 am

      Hey imko
      Ufaavejje comment kiyaalaafa.
      Vhk reethi kamah buneleemaves.
      Dhen next part Thursday ga in sha Allah.
      Ummeedh kuran Thursdayge part ves kiyaalaane kamah.
      Thanks a lotttt

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 33←


All Right Reserved!