Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 28

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 4, 2023 3 Mins Read
8 Comments

“މަންމާ! ހުއްޓާލާ…. އަހަންނަށް މާފްކުރޭ. އަހަރެން ފަހަރެއްގަ ވެސް ހިއެއް ނުކުރަން….ބައްޕަ ގަތުލްވީ ކަމަކަށް. މަންމާ އަޅެ ހުއްޓާލާ.” ރޮމުން ރޮމުން އަހަރެން އާދޭސްކުރީ ގަބޫލުކުރަން ދަތިވިޔަސް އެވާހަކަތައް ގަބޫލުކުރަމުންނެވެ.

“ޒީން…. ޒީންގެ ބައްޕަ އާދިލް…..އާދިލްގެ ގާތިލަކީ……. އާދިލްގެ ބައްޕަ. އެއީ ޒީންގެ ކާފަ.” ކުރީގެ ހަނދާންތައް މަންމަ އަހަންނާ ހިއްސާކުރަމުން ދިޔައެވެ.

އަހަރެންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ކުއްލިޔަކަށް މަޑުޖެހިލީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މަންމަގެ ދުލުން އެކިޔާދޭ ވާހަކަތައް އަޑުއެހުމަށް އަހަރެން ނުހަނު ޝައުގުވެރި ވެއްޖެކަމެވެ. މަޑުމަޑުން ގޮސް މަންމައާއި ދާދި ގާތުގައި އަހަރެން އިށީންދެލީމެވެ.

“ޒީންގެ ބައްޕަ މަރާލީ… ޒީންއަށް ތިން މަސްވާން ކައިރިވެފަ އޮއްވަ. ބައްޕަ ފަރާތު ކާފައަކީ މުޅި މިރަށުގަވެސް އޭރު ހުރި އެންމެ ރުޅިގަދަ އެންމެ އަނިޔާވެރި މީހާ. ގިނަ މީހުން ކާފައާ އެއްވެސް ގުޅުމެއް ނޯންނަނީވެސް އެހެންވެ……” ޒީނިޔާ ވާހަކަ މެދުކަނޑާލި ފަރީދު ދިއްކޮށްލި ފެންތަށި ބޯލުމަށެވެ.

“ޒީން! މަންމަމީ އަސްލު މިރަށު މީހެއް ނޫން… ޒީންއަށް ކިޔައިދޭން ނުކެރޭކަހަލަ….. ކުށެއް މަންމައަށް ކުރެވުމުގެ ސަބަބުން އޭރު މަންމަ މިރަށަށް އަރުވާލީ…… މިރަށުން ފެނިގެން އާދިލް ބޭނުންވީ މަންމައާ އިންނަން. ކާފަ އޭރުވެސް ވަރަށް ނުގަބޫލު. މަންމައަކަށް އޭރު…… އެއްގޮތަކަށްވެސް ނޭނގެ ކާފަ ނުގަބޫލުވީ ސަބަބެއް. ކާފައާ ދެކޮޅު ހަދާފަވެސް….ދެކޮޅުހަދާ ގަވެސް ޒީންގެ ބައްޕަ މަންމައާ އިނީ މަދު ދުވަސްކޮޅެއް ތެރޭގަ. ދެން މަންމައާ އިނީމަ އަދި ވަކިން ރުޅިއައީ.” ޒީނިޔާ ނޭފަތް ދަމަމުން ކަރުނަ ފުހެމުން ޒީންއަށް މާޒީގެ ޞަފްހާތައް ކިޔައިދެމުން ދިޔައެވެ. މެއަށް މަޑުމަޑުން ތަދު އަރަމުން ދިޔަސް ޒީނިޔާ އެކަން ސިއްރުކުރިއެވެ.

“ކާފަގެ ގެއަށް އުޅެން ދިޔައިމަ ކާފަ ކުރިކަމަކީ…. ބައްޕަ އެގެއިން ނެރުނީ. އެއީ މަންމައާ ކައިވެނިކުރި ދުވަސް. ދެން ގޮސް ދިރިއުޅެން ވަންނާނޭ ތަނެއް އަހަރުމެންނަށް ނުލިބުނު. މަންމަ އަރުވާލާފަ ހުރި ގޭގަވެސް…… ބައްޕަ ބަހައްޓަފާނެތީ އެގޭމީހުންނަށްވެސް ކާފަ އޮތީ….. އިންޒާރުދީފަ. އެހެންވެ ފަހުން އެގޭގަ އުޅުނީ މަންމަ އެކަނި. ބައްޕަ ނިދަން ދިޔައީ އަތިރިމަތީ ހޮޅުއައްޓަކަށް. އެވަރުން ނިމުނީއެއްނޫން. އެކަން އެނގިގެން އެތާއޮއްވާ… އެކިގޮތްގޮތަށް އަނިޔާކުރި…….” ޒީނިޔާ ކަރުނަ އޮހޮރަމުން ވާހަކަތައް ކިޔައިދިން އިރު ފަރީދު ދިޔައީ ޒީނިޔާގެ ބުރަކަށީގައި ފިރުމަމުންނެވެ.

“ފަރީދު ރަށަށް އައީ….. ވަރަށް ގިނަދުވަހު ދުރުރަށެއްގަ ހުރެފަ. މި ފަރީދަކީ މިރަށުން ޒީން ބައްޕަގެ…. އެންމެ ބޮޑު ރައްޓެހިމީހާ. ފަރީދުގެ މަސައްކަތުން މަންމައާ ބައްޕަ ފަރީދު…. އަހަރެމެން މިގެއަށް ބަދަލުކުރީ….. މިއީ ޒީން ބައްޕައާއެކު މަންމަ އުޅުނުތަން. މިއަދުވެސް މިއުޅެނީ މިތާ. ދަރިފުޅާ!…… ފަރީދުގެ އެހީތެރިކަން އެދުވަހު ނުލިބުނުނަމަ، ނޭނގެ ޒީންއަށްވެސް ވާނެ ގޮތެއް. އެއީ އަހަރުމެން ދެމީހުން ބެލެހެއްޓުމުގެ ޒިންމާ ނެގި މީހަކީ.. އެހެންވީމަ ޒީންވާނެ މިބައްޕައަށް….. ފަރީދުއާށް މަރުދުވަހާ ހަމައަށްވެސް ކަމޭހިތަން.” ޒީނިޔާގެ ރުއިމަކަށް އަދި ހިތުގެ ރިހުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ފަރީދުވެސް ދިޔައީ އޭނާގެ ލޯތެންމާ ހިތް ރޮއްވަމުންނެވެ. ޒީންގެ ހިތުގެ ކެކުޅުން ބުނެދޭކަށް ޚުދު ޒީންއަށްވެސް ނޭނގެއެވެ.

“އެގެއަށް ބަދަލުވި ފަހުން އަހަރެއް ވަންދެން ކާފަގެ އެއްވެސް އުނދަގުލެއް ނުޖެހޭ. އެގެއަށް ބަދަލުވިތާ އެއްމަސްތެރޭ މަންމައިނީ ޒީންއަށް ބަލިވެ. އެގޮތުގަ ޒީން ވިހައިގެން ދެމަސް ވީއިރުވެސް މިބައްޕައާ…… ޒީންގެ ބައްޕަގެ އެހީ ނޫން އެއްވެސް އެހީއެއް މީހެއްގެ ފަރާތުންވެސް…… މަންމައަކަށް ނުލިބެ. ޒީން ވިހެއިތާ ހަފްތާއެއް ތެރޭ ބައްޕަ ދުވަސްކޮޅަކަށް….. ތަކަންދޫއަށްވެސް ދިޔަ. ޒީން ވިހައިގެން ދެމަސް ފުރުނުފަހުން އަނެއްކާވެސް ކާފަގެ އުނދަގޫ ޖެހުނީ. ފުރަތަމަ އައިދުވަހު ވާހަކަދެއްކީ…. ވަރަށް…. ވަރަށް ރީއްޗަށް. ބުނީ ދަރުކޮޅެއް ހޮވަން ކާފައާއެކު ވަލަ…… ވަލަށް ދިއުމަށް. އެހެންވެ ބައްޕަ އުފަލުން ކާފައާއެކު ދާން އެއްބަސްވި. އެދުހު ކާފަ އެހެން ބުނިއިރު…. ފަރީދުހުރީ އަޑުއަހަން. އަދާ ހަމަކުރީވެސް…. ކާފަގެ ހަޔާތުގަ ޒީން ދުވަހަކު އުރާވެސް ނުލާ.” ޒީނިޔާގެ ވާހަކަތަކަށް ނިމުމެއް ނާދެއެވެ.

“އިޝާލް. މަ ކިހާއިރެއްތަ މިތާ ހުންނަތާ. ގަޑި ކިޔާފަ މީނަ އަވަހަށް އައީކީވެސް ނޫން. ދެން ނޯންނާނެ އެހެންވީމަ ގަޑިކިޔަސް އާދެވޭކަށް. މިތާ ހުރެ ހުރެ މަފޫހި.” ނަތޫ ޝަކުވާކުރީ އިޝާލްގެ ފަރުވާކުޑަކަމުންނެވެ.

“ސޮރީ ނަތޫ. ކުޑަކޮށް ލަސްވީމަ. ދެން އަވަހަށް ބުނެބަލަ. އެ ފެނުންތަ؟” އިޝާލް ސުވާލު ކުރީ ކެތްމަދުވެފައިވާ މީހެއް ފަދައިންނެވެ.

“ނޫން. މަވަރަށް ބެލިން ދިމަދިމާލަށް. އެކަމަކު ނުފެނުން.” މާޔޫސްވެފައި ހުރެ ނަތޫ ވާހަކަދެއްކިއެވެ.

“ޕިސް….. ހަމައެކަނި ދިމަދިމާލަށް ބެލީތަ؟ ކީއްވެތަ އަހާނުލީ އިޝާލް ފިނިފެންމަލެއް ދިންހޭ؟” އުނަގަނޑުގައި އެއްއަތް ވިއްދައިގެން ހުރެ އަނެއް އަތުން ނިތްކުރީގައި އިނގިލިތައް ހާކާލަމުން
އިޝާލް ބުނެލިއެވެ.

“އާނ… ދެން އަސްލު މަށަށް ނުކެރުނީއޭ އަހަން. މަ ކީކޭތަވަކި ކިޔާނީވެސް؟ އިޝާލްވެސް ތިއުޅެނީ އެންމެ ކުޑަމިނުން ތިބުނާ މަލެއްގެ ކުލަވެސް ބުނެދޭން ނޭނގިގެން. ދެން ކިހިނެއް މަށަށް ސުވާލު ކުރަންވެސް ކެރޭނީ.؟ އަނެއްކޮޅުން އިޝާލް އަހަރެން ފޮނުވިޔަސް، ތިބުނާ މަލެއް ޒީންއަށް ލިބުނުކަމެއް ޔަގީންވަނީކީވެސް ނޫން……. ދެން ބުނެބަލަ… އިޝާލް ނޫނިއްޔާ ދެން ކާކު އޭނައަށް ފިނިފެންމަލެއް ދޭނީ؟ އިޝާލް ތިކިޔާ އެއްޗަކުން މަ މިހުންނަނީ އޮޅުމެއްގަ.” ނަތޫ އޮޅުން ފިލުވަން ބޭނުންވާތީ އަހާލިއެވެ.

“ނަތޫ އެކަނިތަ؟….. މަވެސް މިހުންނަނީ އޮޅުމެއްގަ. ނަތޫ މިކަމާ އަޅާނުލާދެން. ދެން ނޭނގުނު. ތިބުނީތެދެއް. އެއިން ކުލައެއް މަށަކަށްވެސް ނޭނގޭ. ނަތޫ އެހިނަމަވެސް ނަތޫވެސް ލަދުގަންނަން ކަންނޭނގެ ޖެހޭނީ. އެކަމަކުވެސް މަށަށް ވަރަށް ހީވޭ ޒީންއަތުގަހެން އެވީ. ދެންހެޔޮ… ޒީން ކައިރި އިތުރަށް މިވާހަކަ ދައްކާނެކަމެއް ނެތް. ދެން މަމިދަނީ އިނގޭ. ވަރަށް ބޮޑަށް ތޭންކްސް.” އިޝާލް ވާނުވާގައިހުރެ ހިނގައިގަތެވެ.

“އިޝާލް!!… ދެން ކާކުދިން އެއްޗެއްހޭ؟ ތިވަރު ޔަގީންވާއިރު ދިން މީހަކު އިޝާލްއަށް އެނގެންވާނެދޯ؟” ނަތޫގެ އަޑަށް ފަސްއެނބުރި ބަލައިވެސް ނުލާ އިޝާލް ދެކޮނޑު އަރުވާލަމުން ހިނގައިގަތީ ނޭނގޭ ބުނާފަދަ ގޮތަކަށެވެ.

ނަތޫގެ ނަޒަރު ހުއްޓިފައިވަނީ އިޝާލްއަށް ކަމުގައި ވީނަމަވެސް ނަތޫގެ ޚިޔާލުގައި ވަނީ ޒީންއާއި ގޮތް ނޭނގޭ ފިނިފެންމަލެވެ. އިޝާލްގޮސް ލޯމަތިން ގެއްލެންދެން ނަތޫ ހުރީ ބަލަންނެވެ.

“ދަރިފުޅާ! ކީއްވެ ކަމެއް ނޭނގެ. އެދުވަހު ބައްޕަ އިރުއިރުކޮޅާ ޒީން އުރާ….. ލޯބިން ޒީންއާއެކު ވަރަށް ގިނައިން ވަގުތު ހޭދަކުރި. އަދި އިރުކޮޅަކާ….. މަންމައާވެސް ސަކަރާތްޖަހާހެދި. އެކަމަކު ދެރަވާ ފާޑުފާޑުގެ….. ވާހަކަވެސް ދައްކާހެދި. ހީވީ… ހީވީ ބައްޕަގެ މަރު ބައްޕައާ ކައިރިވިކަން….. އަމިއްލައަށް އެނގުނުހެން. ޒީން! އެއީ…. އެއީ ބައްޕަގެ ނިމުން…. ނިމުން އައި ދުވަސް.” ،ޒީނިޔާ އޭނާއަށްވީ އެންމެ ބާރަކަށް ޒީންގެ ގައިގައި ބައްދާލަމުން ހަރުއަޑުން ރޯންފެށިއެވެ.

“ޒީނިޔާ! ދެން ކަންތައްވީގޮތް ޒީނިޔާ ކިޔާދޭނެ ކަމެއްނެތް. ޒީނިޔާ… އާދޭސްކޮށްފަ މިބުނީ. ދެން ވީގޮތް އަހަރެން ޒީންއަށް ކިޔައިދީފާނަން. ޒީނިޔާ! ޒީނިޔާއަށް ޓަކައި ނަމަވެސް ތިވާހަކަތައް ކިޔައިދިނުން ދެން ހުއްޓާލާ.” ފަރީދު އާދޭސްކުރީ ޒީނިޔާގެ މާޒީގައި ދިމާވެފައިވާ އެހާދިސާގެ ހަނދާންތައް އަލުން އަނބުރާ އިޢާދަކުރަން ބޭނުން ނުވާތީއެވެ. ޒީނިޔާއަށް މިވަގުތުވެސް ލިބެމުންދާ ކެކުޅުންތަކަށް އިތުރަށް ކެތްކުރެވިދާނެހެން ފަރީދަށް ހިއެއް ނުވެއެވެ.

“ނޫން ބައްޕާ!…. އަހަރެން ބޭނުން އެނގެން. ކާފަ ބައްޕަދެކެ އެވަރަށް ރުޅިއަންނަ ސަބަބު… އަހަރެން ބޭނުން އެނގެން ބައްޕައަށް ވީގޮތް…. އަހަރެންނަށް އެނގެން ބޭނުން ބައިވަރު އެއްޗެސް އެބަހުރި.” ވާހަކަތައް އަޑުއަހަން ޝަޢުގުވެރިވެފައިވާތީ އަހަރެން އިނީ ގޮތުގައެވެ. ރޮމުން ގިސްލަމުންވެސް އަހަރެން ބޭނުންވަނީ މުހިއްމު ސުވާލުތަކެއްގެ ޖަވާބެވެ.

 

– ނުނިމެ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ދާނޭހޭ ތި ހަނދާން ފިލާ… ( ކުރުވާހަކަ )

Next

އިންތިޒާރު 10 (ފަހުބައި)

Next
September 4, 2023

އިންތިޒާރު 10 (ފަހުބައި)

Previews
September 3, 2023

ދާނޭހޭ ތި ހަނދާން ފިލާ… ( ކުރުވާހަކަ )

8 Comments!

  1. love imko💕💕 says:
    September 4, 2023 at 12:26 pm

    When Is next part 💕
    I love this story 😍
    Please upload kohdhehcey next part plxx shaleen

    1. Shaleen says:
      September 4, 2023 at 2:15 pm

      Thanks imko..
      Next part dhen next Thursday GA In sha Allah.
      Hama balaanan fathihah namaves publish kolleveytho
      Inthizaaru kollahvaa..
      Lysm

  2. Ifoo says:
    September 4, 2023 at 2:04 pm

    When next part

    1. Shaleen says:
      September 4, 2023 at 2:17 pm

      Hey ifoo…
      Thanks comment libuneema
      Next part Thursday ge fathihu nooni hendhunuge vagutheigga kiyaalan libeyne kamah inthizaaru kollahvaa.
      In sha Allah
      V balaanan Avas kolleveytho .
      Lysm ifoo

  3. Ifoo says:
    September 5, 2023 at 10:05 am

    Next part thankolheh dhigu koh genas dheeba plxx😩

    1. Shaleen says:
      September 5, 2023 at 11:08 am

      Hi ifoo..
      Next part miyah vure Kuda thankolhei dhiguvaanehen shaleen ah hama heevanee.
      V balaanan ifoo bunelihen 29th vana part dhigukollan ingey..

      Thanks for the comment and thanks for waiting

  4. love imko 💕💕 says:
    September 6, 2023 at 3:52 pm

    When Is next part

    1. Shaleen says:
      September 6, 2023 at 10:38 pm

      Hi imko
      Next part maadhamaa ingey
      In sha Allah
      Thanks for waiting dear

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 29←


All Right Reserved!