Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

މަގޭ މާއިލް

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
February 18, 2024 4 Mins Read
13 Comments

ޖިންނީންނަށް ވުރެ އިންސީން ލޯބި ދިނުމަށް ކުޅަދާނަހެއްޔެވެ؟ އެންމެންވެސް ގަބޫލު ކުރާ ގޮތުގައި ޖިންނީންނަކީ އިންސާނުންނަށް ހުރި ނުރައްކަލެކެވެ. ނަމަވެސް ލާރާ ދެކޭ ގޮތް ތަފާތެވެ. އެހެން އަންހެން ކުދިންނެކޭ އެއްފަދައިން ލާރާވެސް ލޯބިވިއެވެ. ލޯބި ވެވޭނީ އެކަކު ދެކެއެވެ. އެއްފަހަރުއެވެ. އެކަކު ދެކެއެވެ. ލާރާ ވެސް އެލޯބިވިއެވެ. ނަމަވެސް ލާރާގެ ލޯކުރިމަތީގައި އެ ލޯބި ގެއްލުނީއެވެ. ބުނެލަން ފަސޭހައެވެ. ނަމަވެސް މާޒީ ހަނދާން ނައްތާލުމަކީ ފަސޭހަކަމެއް ހެއްޔެވެ؟ ލާރާގެ ހިޔާލު ތަކުން ނިކުމެވުނީ ވާރޭ ވެހެން ފެށި އަޑަށެވެ. ނަމަވެސް އެރޭ ލާރާ ބޭނުންވީ އަދި އެޙިޔާލުތައް ކޮށްލާށެވެ. ލާރާ ބެލްކަނީއަށް ނިކުމެ ވާރޭ ވެހޭ މަންޒަރު ބަލަން ހުއްޓެވެ. މިބޯވާރޭ ތެރޭގައި ލާރާ ހޭދަކުރީ ކިހާ އުފާވެރި ވަގުތުތަކެއް ހެއްޔެވެ؟ ކުޑަ ހިނދުކޮޅެއް ތެރޭގައި ލާރާގެ ސިކުންޑި ތެންމާލީ ލާރާގެ ހިތިމާޒީންނެވެ.

***********

“ދަރިފުޅާ ލާރާ.. ކޮންތާކަށް ތިދަނީ؟” ލާރާގެ މަންމަ ޖަޒްލާ އަހާލިއެވެ.

” އަތިރިއަށް މިދަނީ. އަންނާނަމޭ އިޝާއަށް ގޮވަންވާއިރަށް. 14 ވިލޭރޭއެއްނުން. ހަނދު ބަލާލަން މިދަނީ.” ލާރާ ބުނެލިއެވެ.

”އެކަމަކު ދަރިފުޅާ، ދެނަމާދު ދޭތެރޭގައި ތިހެން އަތިރިއަށް ދާކަށް ބިރެއް ނުގަނޭތަ؟ އަދި މީ ހުކުރުވިލޭރޭ.” ޖަޒްލާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“ހަމަޖެހިބަލަ މަންމާ.. އީންއާއި އެކީއޭ މިދަނީ. އެކަންޏެއް ނޫނޭ.” މަންމަ ގައިގައި ބައްދާލަމުން ލާރާ ބުނެލިއެވެ.

**********

ލާރާ ގޮސް އަތިރި މަތީގައި ހުއްޓުނެވެ. ފިނި ވައިރޯޅިތަކުން ލާރާގެ ހިތައް ހަމަޖެހުން ގެނެސްދެމުން ދިޔައެވެ.

ލާރާ ގޮސް އަތިރި މަތީގައި ހުއްޓުނެވެ. ފިނި ވައިރޯޅިތަކުން ލާރާގެ ހިތައް ހަމަޖެހުން ގެނެސްދެމުން ދިޔައެވެ. 14 ވިލޭރޭގެ ރީތި ހަނދުގެ ދޯދިތައް މޫދަށް އެޅިފައި ވުމުން މަންޒަރު ވަރަށް ވެސް ހިތްގައިމެވެ. ލާރާ ދިޔައީ އެމަންޒަރުތައް ލާރާ ފޯނުގައި ރައްކާ ކުރަމުންނެވެ. އަތިރި މަތީގައި އިންނަތާ 15 މިނިޓް ވީއިރުވެސް އީން އެއް ނާދެއެވެ.

“ޔަގީން ކޮންމެސް އެކްސްކްއިއުޒް އެއް ހޯދާފައި ނައީކަން. ހެޔޮދެން. އެކަނި ހުރުމުން ހިތަށް ލިބޭ ހިތްހަމަ ޖެހުން މާ ބޮޑު.” ލާރާ ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ނަފްސާއެވެ.

ލާރާ ވިސްނަމުން ދިޔައީ ލާރާގެ ދިރިއުޅުމާއި ބެހޭ ގޮތުންނެވެ. ލާރާގެ އުމުރުން މިހާރު 29 އަހަރު ފުރިއްޖެއެވެ. ލާރާ އެއީ ޖަޒްލާ އާއި ރައްޒާގުގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަ ބޭނުން ވަނީ ލާރާ އަވަހަށް މީހަކާ އިންނާށެވެ. ނަމަވެސް އެވިސްނުމެއް ލާރާގެ ނެތެވެ. ލޯބީގެ ގޮތުން ލާރާ ގުޅުނީ އެންމެ މީހަކާއެވެ. ބޭވަފާތެރިކަމުގެ ހިތިރަހަ ލާރާގެ އަރުތެރޭގައި ލުމުން ފިރިހެނުން މަތިން ލާރާ ފޫހިވީއެވެ.

“ކޮން ފިކުރެއްގަ؟” ލާރާގެ ފަހަތުން މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ.

ލާރާ ފަހަތް ބަލާލިއެވެ. ބަލައިލަން ރީތި ފިރިހެނެކެވެ. ބައިމަތި ފުޅާ ރީތި ފިރިހެނެކެވެ. އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ތޫނު ދެލޮލެވެ. އެހިނިތުންވުން ފެނިފައި ލާރާގެ ހިތު ވިންދު އަވަސްވެލިއެވެ.

“ކާކު؟” ލާރާ އަހާލިއެވެ. ލާރާ ގާތުގައި އެ ޒުވާނާ އިށީންދެލިއެވެ.

“ކޮންމެ މަހަކު 14 ވިލޭރޭ މި އަތިރި މަތިން ފެނޭ ލާރާ. މިއަދު އެކަނި އިނީމަ ހިތައް އެރީ ވާހަކަ ދައްކާލަން އަންނަން. ކޮބާ މިރޭ އީން؟” އެ ޒުވާނާ އަހާލިއެވެ.

“ކިހިނެތް އަހަރެމެންގެ ނަން އިނގުނީ؟” ލާރާ ހައިރާން ވެފައި އަހާލިއެވެ.

“ދެން އެއް ރަށެއްގަ އުޅޭ އިރު އިނގޭނެއްނުން.” އެ ޒުވާނާ ބުނެލިއެވެ.

“އެކަމަކަ ލާރާ އަކަށް ނޭންގެ ތީނައެއް؟” ލާރާ ބުނެލިއެވެ.

“ތީނައެއް ނޫން. މާއިލް.” މާއިލް ބުނެލިއެވެ.

ވާހަކަ ފެށުނީ އެހިސާބުންނެވެ. ލާރާއާއި މާއިލް އެރޭ ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. އެދުވަހަށް ފަހު ކޮންމެ ދުހާކު ލާރާއާއި މާއިލް ބައްދަލު ކުރެއެވެ. ލޯއިތްބައް ބަދަލުވެ ކައިވެންޔާ ހަމަ އަށް ދިޔައެވެ. ލާރާގެ މަންމައާއި ބައްޕަވެސް އެކައިވެންޏަށް ރުހި ގަބޫލެވެ. މާއިލްގެ މަންމައާއި ބައްޕަ ދުނިޔެއަކު ނެތެވެ. މާއިލް ބުނީ އެހެންނެވެ. ލާރާ ކޮންމެހެން މާއިލްގެ އިތުރުކަންކަން  ހޯދާކަށް ނުވެސް އުޅެއެވެ.

ކައިވެނި ކުރެވި ލާރާގެއަށް މާއިލް ބަދަލު ވުމުން މާއިލް ނަމާދު ނުކުރާކަން ލާރާއަށް އިނގުނެވެ. ޤުރުޢާން ނުކިޔަވާކަން އިނގުނެވެ. ލާރާ މާއިލްއާއި އެވާހަކަ ދެއްކިއެވެ. އެއަށް ފަހު ނަމާދު ވަގުތު ޖެހުމުން މާއިލް މިސްކިތައް ދެއެވެ. މާއިލް ދަނީ މިސްކިތަށޭ ބުނެފައެވެ. މާއިލް ދަނީ ކޮންތާކަށްތޯ ލާރާ ނުބަލައެވެ. މާއިލްގެ އެ ބަސް ލާރާ ގަބޫލު ކުރިއެވެ.

***********

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ލާރާއާއި މާއިލްގެ ކައިވެންޏައް 1 އަހަރު ފުރުނެވެ. ލާރާ ހުރީ ދުހާކު ނުވާހާ އުފަލުންނެވެ. މާއިލް ފަދަ ފިރިއަކު ލާރާއަށް ދެއްވީތީ ލާރާ ކޮންމެ ދުހާކު ހެއްދެވި ފަރާތައް ޝުކުރުވެރިވެއެވެ. ނަމަވެސް މީހުން ބުނެއެއްނޫން ހެއްޔެވެ؟ އުސްގަނޑަކަށްފަހު އަޑި ގަނޑެއްވެސް އަންނާނެއެވެ.

“އައްސަލާމު އަލައިކުމް”

ބަދިގެ ތެރޭގައި ހުރި ލާރާ ބޭރު ބަލައިލީ ސަލާމް ގޮވި އަޑަށެވެ.

[އިބްރާހިމްބޭ؟ ކޮން ދަތުރެއް؟] ލާރާ ބުނެލިއެވެ.

[މިދެން ހަމަ ޖައްސާލީ. އެކޮއެ ކިހިނެތްތަ؟ ކޮބާ ބައްޕަ؟] އިބްރާހިމްބެ އަހާލިއެވެ

[އިށީންދެލާ. މިގޮވާލަނީ”

ލާރާ، ޖަޒްލާ އަދި ރައްޒާގު އިބްރާހިމްބެ ޖޯލިފަތީގައި ތިބެ ވަރަށް ގިނަ އިރު ވާހަކަ ދެއްކިއެވެ. އެހެންތިއްބާ މާއިލް ގޭތެރެއަށް ވަނެވެ.

[އިބްރާހިމްބޭ. މީ އަހަރެންގެ ފިރިމީހާ، މާއިލް.” މާއިލް ވަނުމުން ލާރާގޮސް މާއިލް އަތުގައި ހިފާ އިބްރާހިމްބެއަށް މާއިލް ތަޢާރަފް ކޮއްދިނެވެ. މާއިލް އިބްރާހިމްބެ އާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ބިރުވެރި ފާޑަކަށެވެ. އިބްރާހިމްބެވެސް މެއެވެ. ނަމަވެސް ސަބަބު އޮތީ އެދެމީހުންގެ ހިތުގައެވެ. މާއިލް ލާރާ ގޮވައިގެން ވަނީ އެތެރެއަށެވެ.

[ރައްޒާގު ހިނގާ ކޮފީ އަކަށް ދަމާ؟]

*************

އިބްރާހިމްބެއާއި ރައްޒާގު ތިބީ [ސަނީ ކަޕް] ކޮފީ ޝޮޕްގައެވެ.

[ރައްޒާގު.. ލާރާގެ ކައިވެންޏަށް އެއްބަސް ވީ އެއީ ކާކުކަން އެނގިގެންތަ؟] އިބްރާހިމްބެ އަހާލިއެވެ.

[ކިހިނެތްވީ ތިހެން ތިބުނީ؟] ރައްޒާގު އަހާލިއެވެ. އިބްރާހިމްބެ ދޫކޮއްލީ ފުން ނޭވާ އެކެވެ.

[ލާރާ ވަރަށް ދެރަވާނެ. ނަމަވެސް ބުނުން ވަރަށް މުހިންމު. މިއީ ލާރާއަށް ހުރި ނުރައްކަލަކައް ވެސް ވެދާނެ.]

************

ދެނަމާދު ދޭތެރޭގެ ވަގުތެވެ. މާއިލް އޮތީ ލާރާ ގައިގައި ބައްދާލާގެންނެވެ. ލާރާ ދެލޯމަރާލައިގެން އޮތް އިރު މާއިލްގެ ސިނކުނޑީގައި ތަފާތު ހިޔާލުތައް ދައުރުވަމުން ދިޔައެވެ.

[ކޮންތާކަށް؟] މާއިލް ތެދުވުމުން ލާރާ އަހާލިއެވެ.
[އަހަރެން އެބަ އަންނަން… ލާރާ… ވަރަށް ލޯބިވޭ…] ލާރާގައިގައި ބައްދާލާފައި މާއިލް ބުނެލިއެވެ. ކޮޓަރިން ނުކުމެގެން ދިޔައިރު މާއިލްގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.

[ދަރިފުޅާ ލާރާ..] ޖަޒްލާ ގޮވާލި އަޑު އިވުނެވެ. ލާރާ ގޮވައިގެން ޖަޒްލާ ނުކުން އިރު ސޯފާގައި ރައްޒާގު އާއި އިބްރާހިމްބެ ވެސް އިނެވެ. ލާރާ ގޮސް އިށީނުމުން އިބްރާހިމްބެ ވާހަކަ ދައްކަން ފެށިއެވެ.

[ލާރާ.. ލާރާ މާއިލް ދެކެ ވަރަށް ލޯބިވޭތަ؟] އިބްރާހިމްބެ އަހާލިއެވެ.

[ލައްބަ] ރައްދުގައި ލާރާ ބުނެލިއެވެ.

[ލާރާ.. އެކަމަކު މާއިލް އަކީ އިންސާނެއް ނޫން.” ލާރާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ.

[ވަޓް؟ ކިހިނެތް ތިހެންވާނީ؟] ލާރާ އަހާލިއެވެ.

[ލާރާއަށް ހީވޭތަ އިބްރާހިމްބެ ލާރާއަށް ދޮގުހަދާފާނޭ؟ ރުޤްޔާ ކުރުމުގެ 40 އަހަރުގެ ތަޖުރިބާ އެބަ ހުރި. އެކަހަލަ މީހަކު ފެނުނީމަ އިބްރާހިމްބެއަށް އިނގެޔޭ. މާއިލް އެއީ އިންސާނެއްގެ ސިފައިގައި ހުރި އިފުރީތެއް.] އިބްރާހިމްބެ ބުނެލިއެވެ.

[ހަމަ އެރޭ ރުޤްޔާ ކުރުމުގެ މަރްހަލާ ފެށުނެވެ.  ޖަޒްލާ ލާރާ ގޮވައިގެން އިނީ ކޮޓަރި ތެރޭގައެވެ. ލާރާ އެހެން ނެހެދުމަށް ރޮއި އާދޭސް ކުރިއެވެ. ނަމަވެސް……..

**********

މާޒީގެ ހަނދާން ތަކުން ނުކުމެވުނު އިރު ލާރާ އަށް ގިސްލަ ގިސްލާފައި ރޮވެއެވެ. އެރެޔައްފަހު ލާރާގެ ހަޔާތުގެ ފޮތުގައި [މާއިލް] ގެ ނަމުން ނަން ދެވުނު ބާބު ނިމުނީއެވެ. ފަހުން އެނގުނު ގޮތުގައި މާއިލް ލާރާއަށް ފާރާލާތާ ކިތަންމެ ދުވަހެކެވެ. ކޮންމެ މަހަކު 14 ވިލޭރޭ އަތިރިމަތިން ފެންނަ ލާރާއަށް މާއިލްގެ ހިތް ދެވުނީއެވެ. ލާރާ އެކަނި ހުރި ދުވަހު ވާހަކަ ދައްކާ ގުޅުން ބަދަހި ކުރީއެވެ.

[މާއިލް… ކީއްވެ ލާރާ ދޫކޮއްލާފައި ދިޔައީ؟ ލާރާ ކިހިނެތް މާއިލްއާއި ނުލާ އުޅޭނީ؟] ލާރާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. މާއިލް އިންސާނަކައް ނުވިޔަސް މާއިލްދެކެ ލާރާވީ ހަޤީޤީ ލޯތްބެވެ. އެލޯބި އަބަދުވެސް މާއިލް ދެކެ ވާނެއެވެ. ލާރާ ގޮސް އެނދުގައި އޮށޯވެލިއެވެ. ނިދޭތޯ  ލާރާ ދެލޯ މަރާލިއެވެ. ލާރާ ދުލުގައި އޭރުވެސްވީ ހަމަ އެނަމެވެ.

[މާއިލް…] މަޑު މަޑުން ލާރާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ލޯބި ނުލިބުނަސް

Next

ލޯބި ނުލިބުނަސް

Next
February 18, 2024

ލޯބި ނުލިބުނަސް

Previews
February 18, 2024

ލޯބި ނުލިބުނަސް

13 Comments!

  1. kokila modi says:
    February 18, 2024 at 1:54 pm

    vaahaka aslu varah reethi adhi kudakoh dhigu kohli nama but still varah reethi

    1. shihaamaa ali shihaamaa ali says:
      February 18, 2024 at 7:59 pm

      Thankiuu kokila modi alhugandu eba visnan mi vaahaka dhigu vaahaka akah hadhan, alhuganduge baivaru kiyun therin ekamah edheythee eku. Insha allah mi hafthaa thereyga part 2 kiyaalan libeyne.

  2. Anonymous says:
    February 18, 2024 at 11:07 pm

    Ohh what a good news…aslu ves vrh reethi

    1. shihaamaa ali shihaamaa ali says:
      February 19, 2024 at 12:40 pm

      Thank you, Anonymous <3

  3. Purple_Daisy15 says:
    February 19, 2024 at 12:29 pm

    Story varah best ♡
    Part 2 please

    1. shihaamaa ali shihaamaa ali says:
      February 19, 2024 at 12:41 pm

      Thankiuuu Purple_Daisy15
      Insha allah mi week thereyga part 2 kiyaalan libeyne <3

  4. Anonymous says:
    February 20, 2024 at 12:10 am

    Vaahaka liyumah shaugu hunna kan dheyha vey. I wish you the best of luck! <3

  5. Stay says:
    February 20, 2024 at 12:11 am

    Vaahaka liyumah shaugu hunna kan dheyha vey. I wish you the best of luck! <3

    1. shihaamaa ali shihaamaa ali says:
      February 20, 2024 at 2:01 pm

      Thankiuuu Anonymous <3

    2. shihaamaa ali shihaamaa ali says:
      February 20, 2024 at 2:02 pm

      Thankiuuu Stay <3

    3. shihaamaa ali shihaamaa ali says:
      February 20, 2024 at 2:03 pm

      Thankiuuu It’s_herr <3

  6. 🦋❤️ says:
    February 20, 2024 at 10:09 am

    Maasha allah vaahaka vrh reethi.. Insha allah vhk liyumaigen kuriah dheveyne. Hope to see more of your stories soon❤️

  7. It's_herr says:
    February 20, 2024 at 10:09 am

    Maasha allah vaahaka vrh reethi.. Insha allah vhk liyumaigen kuriah dheveyne. Hope to see more of your stories soon❤️

Comments are closed.

Next Episodeމަގޭ މާއިލް 2←


All Right Reserved!