ހަމަ ހިމޭންވެފައި އޮތް ފަޒާގައި ގުގުމާލީ ފަތިސް ނަމާދުގެ ބަންގީގެ މޫރިތި ކަލިމަ ތަކުގެއަޑެވެ. ރަތް ކުލައިންނާއި ކަޅު ކުލައިން ޖަރީ ކުރެވިފައިވާ ބޮޑު ކޮޓަރި ތެރޭގައި، އަރާމު ނިންޖަކުން ނިދާލާފައި އޮތް ރުވާންއަށް ހޭލެވުނީ ވެސް އެވަގުތެވެ. މަޑު މަޑުން އެސްފިޔަތައް ތަޅުވާލަމުން ރުވާން ދެލޯ ކަހާލިއެވެ. އަވަހަށް މިސްކިތަށް ދާން ތައްޔާރުވުމަށް ރުވާން ތެދުވެ އެނދުމަތި ރީތި ކޮއްލިއެވެ. މަޑު ހިނގުމެއްގައި ހިނގާލާފައި ގޮސް ފާހާނާއަށް ވަނެވެ. ފާހާނައިގައިވެސް ރަތް ކުލައާއި ކަޅު ކުލައެވެ. ކޮޓަރިއެކޭ އެއްފަދައިން ފާހަނަތެރޭގައިވެސްވީ ފަނޑު އަލިކަމެކެވެ. ރުވާންގޮސް މޫނު ދޮންނަ ތަށި ކައިރީ ހުއްޓި އަމިއްލަ ސޫރައާއި ދިމާލަށް ބަލައިލިއެވެ.
ރަތް ކުލައިގެ ފަން އިސްތަށި ކޮޅާއި، މަޑު ފެހި ކުލައިގެ ކަޅިރަވައާއި، ރަތް ކަން ގަދަ ތުނި ތުންފަތުން ރުވާންގެ ރީތިކަން އެތަށް ހާސް ގުނައަކަށް އިތުރުވެއެވެ. ހަމައެކަނި ކަޅު ކުލައިގެ ސޯޓު ކޮޅެއް ލައިގެން ހުރި އިރު ރުވާންގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށް ފެންނާށެވެ. ބަލައިލަން ރުވާން ކިތަންމެހާވެސް ރީއްޗެވެ. ނަމަވެސް ރުވާންގެ ހިތުގައި އުފާވެރި ކަމުގެ ހިރަފުސް ކޮޅެއްވެސް ނެތެވެ.
17 އަހަރު ކުރިން ރަވާން އެހެދި އެކްޕެރިމެންޓްގެ ސަބަބުން ރުވާންގެ ހަޔާތް ވަނީ ބަރުބާދުވެފައެވެ. ރުވާންގެ އެ ހުރި ކުޑަ ކުޑަ ނުކުޅެދުންދެރި ކަމުގެ ސަބަބުން ރުވާންގެ މުޅި ދިރިއުޅުމަށް ވަނީ ބަދުނަސީބުގެ ހިޔަނި އެޅިފައެވެ. ދުނިޔޭގެ އެންމެ މައްޝޫރު ސައިންޓިސްޓުން ތެރޭގައި ހިމެނޭ ރަވާންއަށް ވެސް ރުވާންއަށް ފަރުވާއެއް ހޯދާ ނުދެވުނެވެ. ރުވާން ގޮވައިގެން ރާއްޖޭން ބޭރަށް ގޮސް ސައިސް ލެބްއެއްގައި ރަވާން ހިމެނި 20 ސައިންޓިސްޓުންގެ އެހީގައި ރުވާންއަށް ޖެހިފައި ހުރީ [ޔޫބީޓީ-01] ނަމަކަށް ކިޔާ ވައިރަސްއެއް ޖެހިފައިކަން ދެނެގަނެވުނެވެ. އެޖެހިފައި ހުރި ވައިރަސްގެ ސަބަބުން ރުވާންވީ މީހުންގެ ތެރޭގައި މައްޝޫރު ނަމުން ނަމަ [ވޭމްޕަޔާރ] އެކެވެ. ރަވާން ބޭނުން ކުރި ވާލުގެ [އެބިލިޓީސް] ވެސް ރުވާންގެ ހުރެއެވެ. އާދައިގެ އިންސާނުންނަށްވުރެ އެތަށް ހާސް މޭލެއް ބާރަށް ދުވެއެވެ. އާދައިގެ އިންސާނުންނަށް ވުރެ މައްޗަށް ފުންމާލެވެއެވެ. ރުވާންއަށް މީހަކު ކިތެންމެ ސިއްރުން ދައްކާވާހަކަވެސް އަޑު އިވެއެވެ. ލޭ ފެނުމުންނޫނީ ރުވާން ހުންނަނީ ހަމަ އިންސާނެއްގެ ސިފައިގައެވެ. ލޭ ފެނިއްޖެ ނަމަ، ލޮލުގެ ކަޅިރަވަ ރަތް ކުލައަށް ބަދަލުވެ، [ކެނައިން] ދަތްތަށް ދިގުވެ، ނިޔަފަތިތަށްވެސް ދިގުވެލައެވެ. ހަށިގަނޑުގައި ހުރި ހުރިހާ ނާރެއް ފުއްޕާލާއިރު މުޅި މީހާ ހުންނަނީ ފާޑަކަށް ނޫވެފައެވެ. އޭގެ ފަހުން ރުވާންގެ އިސްތަށިގަނޑުވެސް ވަނީ ރަތްކުލައަށް ބަދަލުވެފައެވެ. ކަޅު ކުލަ ޖައްސަން އުޅުނުވެސްމެއެވެ. ނަމަވެސް އިސްތަށިގަނޑުގައި ކުލަ ނުވެސް ހޭކެއެވެ. ކުލަ ނުޖެއްސުމުން ކެމިކަލްސް ބޭނުންކޮށްގެން އުޅުމުންވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއަށެވެ. އޭގެ އިތުރުން، ކަޅިރަވަވެސް ހުންނަނީ މަޑު ފެހި ކުލައެއްގައެވެ. ރުވާންގެ ހަށިގަނޑުގައި ފިނިމިންވެސް ހުންނަނީ ވަރަށް ދަށް ކޮށެވެ. އާމުކޮށް ރުވާންގެ ޓެމްޕަރޭޗާ ހުންނާނީ 25 ގައެވެ. މަތިވާ ފަހަރަކުވެސް 30 ހަމަޔަށް ވެސް ނާރާނެއެވެ. ކޮންމެ މަހަކު މަދުވެގެން 20 ގްރާމް ލޭ ބޯން ރުވާން ޖެހެއެވެ. އެހެންނޫންނަމަ ރުވާންގެ ޕޯލްސް، ބްލަޑް ޕްރެޝާރ ދަށްވެ ހާލަތު ގޯސްވެއެވެ. ރަވާންގެ ދެމަފިރިން އަނބުރާ ރާއްޖެ އަންނަން ޖެހުނީ ކަރުއެލުވާލައިގެންނެވެ. ރަވާންއަށް ކުރެވުނު ހަމައެކަނި ކަމަކީ [އެޓެސައިން] ނަމަކަށް ކިޔާބޭހެއް ރުވާންއަށ ތައްޔާރު ކޮއްދިނުމަށެވެ. ލޭ ފެނިއްޖެ ނަމަ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް އެ ބޭސް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބަން ރުވާންއަށް ނަފްސާނީ ގޮތުންވެސް އަސަރުކުރިއެވެ. ނަމަވެސް އެކަން ސިއްރެއްގޮތުގައި ބޭއްވުމަށް ސައިންޓިސްޓުން އިރުޝާދު ދީފައި އޮތުމުން ތެރަޕީވެސް ރުވާންއަކަށް ނުދެވެއެވެ. އެވާހަކަ ފެތުރި އެންމެން ރުވާން ދެކެ ބިރުގަންނާކަށް އެ ދެމަފިރިންވެސް ބޭނުމެއް ނުވެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި ރުވާންގެ ހުރިހާ އުފާތަށް ބީވެގެން ދިއުމެވެ.
************
އެ ޙިޔާލުން ނިކުމެވުނު އިރު ރުވާންގެ ޖާދޫވީ ދެލޮލުގައި ކަރުނަ ބަބުޅަމުން ދިޔައެވެ. އޭގެ ފަހުން އަދި އެންމެ ފަހަރަކު ވެސް ރުވާން ހިނިތުން ވެލާފައި ނެތެވެ. އަމިއްލަ ހާލާމެދު ޝަކުވާ ކުރާ ހާލު ފެންވަރައިގެން މިސްކިތަށް ދިޔައީ ނަމާދުކޮށް ޤުރުޢާން ކިޔަވާލުމަށެވެ.
**********
ހެނދުނުގެ ނާސްތާ ތައްޔާރުކުރަމުން ދިޔަ ނޯޔާ ފަސް އެބުރި ބަލައިލީ މީހަކު ބަދިގެއަށް ވައިން އަޑު އިވުމުންނެވެ. [ދަރިފުޅާ ކޮބާ އާދޭ އަވަހަށް ސައިބޯން. މިނިމުނީ ހަމަ] ބަދިގެއަށް ވަދެގެންއައި ރުވާންއަށް ނޯޔާ ބުނެލިއެވެ. އެއްވިސް އެއްޗެއް ނުބުނެ ރުވާންގޮސް ސައިބޯން އިށީނެވެ. [ދަރިފުޅު ބޭސް ކައިފިންތަ؟] ނޯޔާ އަށާއި ރަވާންއަށް ކަޅުސައި އަޅާލުމަށް ފަހު ނޯޔާ ރުވާން ގާތު އަހާލިއެވެ. ރުވާން ބޯ ޖަހާލުމުން ރުވާންގެ ކޮޓަރިއަށް ގޮސް އެތާ ހުރި ފްރިޖް ހުޅުވާލިއެވެ. ފިނިކަންގަދަ އެ ފްރިޖް ތެރޭގައި ހުރީ ހުސް ޕެކެޓަށް އަޅާފައި ހުރި ލެޔެވެ. އެތަނުން ޕެކެޓެއް ހިފައިގެން އަހިސް ރުވާންއަށް އަޅައިދިނެވެ. އިރުކޮޅެއްތެރޭގައި ރަވާންވެސް ސައިބޯން އައެވެ. [ދަރިފުޅޫ ކޮން އިރަކުންތަ ދެން ކޮލެޖް ގަޑި ނިމެނީ؟] ރަވާން އަހާލިއެވެ. [3 ޖަހާއިރު.. އަދި އޮވޭ ނައިޓް ކްލާސްސްވެސް…] ރުވާން ބުނެލިއެވެ.
މިއަދު މިއީ ރުވާން އެންމެ ފުރަތަމަ ކޮލެޖްއަށް ދާ ދުވަހެވެ. [ފްލެބޮޓޮމިސްޓް] އަކަށް ވުމަށް ރުވާން ކުރަމުން ދިޔަ އުންމީދުތަށް ފުރިހަމަ ވުމުގެ ފުރަތަމަ ފިޔަވަޅު ރުވާން އަޅާނެ ދުވަހެވެ. އެހެން ކަމުން ކޮންމެވެސް ވަރެއްގެ އުފާވެރިކަން އެމޫނުން ފެންނާނެކަމަށް ނޯޔާއަދި ރަވާންވެސް ހީކުރިއެވެ. ނަމަވެސް ރުވާންގެ މޫނު މަތިން އެއީ ދުހާކު އުފަލެއް ލިބުނު މީހެއްހެން ހީވެސް ނުވެއެވެ. އެދެމަފިރިންގެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ.
*********
[ރުވާން..] މަޑު ހިނގުމެއްގައި ހިނގާލާފައި ދިޔަ ރުވާން ފަސް އެނބުރި ބަލައިލީ ފަހަތުން އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. [ޔޫރާ؟] ހައިރާންވެފައި ރުވާންއަށް ޔޫރާއާއި ދިމާލަށް ބަލައިލެވުނީ ޔޫރާގެ ސިފައަށް އަހިސް ހުރި ތަފާތު ކަމުނެވެ. ސުކޫލް ދައުރުގައި ފިޔާތޮށި ކުލަނޫން އެހެން ކުލައެއްނުލާ ޔޫރާ މިއަދު އެހުރީ ރަތް ކުލައިގެ އަތް ކުރު ޓޮޕްކޮޅަކާއި ކަޅު ކުލައިގެ ޖީންސް އެއް ލައިގެންނެވެ. ހަމަ އެރަތް ކުލައިގެ ލުއި މޭކަޕެއް ކޮއްފައި ވީ އިރު، ޔޫރާގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑުގައިވީ ރަތް ކުލަ ޖައްސާފައެވެ. ކަންފަތުގައި ރިހި ކުލައިގެ ކަންފަތު ލާއެއްޗެއް އިން އިރު ޔޫރާގެ ރީތިކަންފެނި ހަނދުވެސް ލަދުން ފިލާނެކަން ގައިމެވެ. އެހާވެސް ރީއްޗެވެ.
[ޔޫރާ… ހާދަ ޗޭންޖް ވެލާފަ؟] ރުވާން ހައިރާން ވެލާފައި އަހާލިއެވެ. [ހެހެ ކިހިނެތްވީ ހަޑީތަ؟ މީ ރުވާންއަށް އެންމެ ރީތި ކުލައެއްނުން؟ އެހެންވެ ހަމަ.. ދެން ބޮލުގަ ކުލަ ޖައްސާލީ ހަމަ ރުވާންއާއި ޓްވިން ވެލަންވެގެން ހެހެ] ޔޫރާ ދެ ކޮލުގައި އަތް އަޅައިގެން ހުރެ ބުނެލިގޮތުން މައުސޫމްކަމުން ހީވަނީ ހަމަ ކުޑަ ކުއްޖެއް ހެންނެވެ. އެމައުސޫމް ކަމަށް ގެއްލިފައި ރުވާން އަށް ހިތާ ހިތުން ކިތަންމެ ފަހަރަކު ޔޫރާއަށް ތައުރީފު ކޮއްލެވުނެވެ.
ޔޫރާއަކީ ރުވާންއާއި އެކީ އެއް ގްރޭޑް އެއްގައި ކިޔެވި ކުއްޖެކެވެ. ޔޫރާ އަކީ ރުވާންގެ އެންމެ ގާއި އެކުވެރިޔާއެވެ. ނަމަވެސް ރުވާންގެ އަސްލު ހަގީގަތެއް ޔޫރާއަކަށް ވެސް ނޭނގޭނެއެވެ. ޔޫރާ [ބެސްޓްފްރެންޑް] އޭ ކިޔަސް ވެސް ޔޫރާ ހަގީގަތުގައި ރުވާންދެކެ ލޯބިވެއެވެ. އެއީ އެންމެނަށްވެސް އިނގޭ ކަމެކެވެ. ރުވާންއަށްވެސް މެއެވެ. ނަމަވެސް ރުވާންއަކަށް ލޯބީގެ ގޮތުން ކުއްޖަކާ ގުޅުމުގެ ނަސީބެއްނެތެވެ. އެހެންކަމުން ރުވާން އަޅާނުލަނީއެވެ.
[ޔޫރާ ކޯއްޗެއްތަ ކިޔަވަނީ؟] ކޮލެޖަށް ވަދެވުމާއި އެކު ރުވާން އަހާލިއެވެ. [ހަހަ ރުވާން ކިޔަނީ ކޯއްޗެއް؟] ހީލާފައި ބުނެލިއެވެ. [ފްލެބޮޓޮމިސްޓް ތަ؟] ރުވާން އެއް ބުމަ މައްޗަށް ހިއްލާލަމުން އަހާލިއެވެ. [ހަހަ ޔޭޒް ޔޫއާރ ސްޓަކް ވިތް މީ ހަހަ] ފޮނިވެލަމުން ޔޫރާ ބުނެލިއެވެ. ރުވާން ދެފަރާތަށް ބޯ ހޫރުވާލީ 18 އަހަރު ވާން އުޅޭ އިރުވެސް ޔޫރާ ބޮޑުވާން ނޫޅޭތީއެވެ.
[އަމައްޔާއި ޓްވިންސް އެއްތަ މީ؟؟؟] ތުއި ކޮއް ހަޅޭ ލަވައިގަންނަމުން އެލީން ބުނެލިއެވެ. [އައްދޯތް މަގޭ ކަންފަތެއް ނެތޭ] އެލީން ހަޅޭ ލަވައިގަތުމުން އެލީން ކައިރީ ހުރި އާދިން ބުނެލިއެވެ. [ޕިސް ޕިސް ސާބަހޭ] ހެމުން ހެމުން ޔޫރާ ބުނެލިއިރު މަންޒަރު ބަލަން ރުވާން ހުރީ މަރު މައްޔިތެއް ހެންނެވެ. ހީލުމުން ވެސް ރުވާން ނުކުޅެދިފައިވާފަދައެވެ. [ހޫމްމްމް އެންމެ ފަހުން ރުވާންއާއި ޓްވިން ހަދަން ބޮލުގަ ކުލަވެސް ޖެއްސީދޯ. ހަހަ ދެން ތިވަރު ނުވެ ރުވާން ގާތު ރައްޓެހިވާން އަހާބަލަ] އާދިންއަށް ހަމަ ނުހުރެވިގެން ޔޫރާއަށް ދިމާކޮށްލިއެވެ. [ހޫންން މަ އެކަނިތަ އާދުވެސް އަހާބަލަ ތިހާ ގަޓެއް ހުރިއްޔާ އިއްލު ކައިރީ ރައްޓެހި-] ޔޫރާގެ ވާހަކަ ފުރިހަމަ ނުކުރެވުނީ އެލީން ވާހަކަ ދައްކަން ފެށުމުންނެވެ. [އައްޗީޑި.. މަ؟ އަދި އެވެސް މި އާދިންގަނޑަށް؟ އޯހް މައި އައި ވުލްޑް ރޭދާރ ޑައި އެލޯން] ދެލޯ ބޮޑު ކޮއްލަމުން އެލީން ބުނެލިއެވެ.[ ހަހަ ބަލަ ނުރުހުމަކީ ލޯބީގެ ފެށުމޭ، ދޯ ރުވާން] ރުވާންވެސް ބޯޖަހާލިއެވެ. އެއާއި އެކު އެދެމީހުންގެ ކޯޅުންގަނޑު އަނެއްކާ ފެށުނެވެ.
[އެކްސްކިއުޒް] ފޯނު ރިންގްވާން ފެށުމުން ރުވާން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
[ހެލޯ ހެލޯ ހައު އިޒް މައި ފިއުޗާރ [ފްލެބޮޓޮމިސްޓް] ޑުއިން] ފޯނު ނެގުމާއި އެކު ނަބީލް އަހާލިއެވެ. [އަދި ނޭނގޭނޭނުން؟ ކްލާސް ފަށަނީވެސް އަދި 15 މިނިޓް ފަހުން ވިއްޔަ] ރުވާން ބުނެލިއެވެ. ކްލާސް ފެށެންދެން ރުވާން ދެން ހުރީ ނަބީލްއަށް ގުޅައިގެނެވެ. އުމުރުން އެންމެ 22 އަހަރުގެ ނަބީލްއަކީ ބްލަޑް ފެކްޓްރީއެއްގެ ސީއީއޯއެވެ. ރުވާން ލޭ ހޯދަނީ އެ ފެކްޓްރީ އިންނެވެ. ރުވާންގެ ހަގީގަތް އެނގޭ ހަމައެކަނި ފަރާތަކީ ނަބީލެވެ. ސަބަބަކީ ނަބީލްގެ މަންމަ، ނީރާއާއި ރުވާންގެ މަންމަ ނޯޔާ އަކީ އެއްބަނޑު އެއްބަފާ ދެމީހުންކަމުގައި ވާތީއެވެ. ނަބީލްގެ ބައްޕަ އަބީލްގެ މަރަށް ފަހު އެ ފެކްޓްރީގެ ސިއީއޯކަން އަދާ ކުރަނީ ނަބީލްއެވެ.
*********
ރޭގަނޑުގެ ވަގުތެވެ. ޓެރަސް މަތީގައި ރުވާން އިނީ އުޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަތުގައި ލޭ އަޅާފައި އިން ތައްޓެއް އިން އިރު އުނގުގައި ލައްޕާލާފައި އޮތް ޓެކްސްޓް ފޮތެއް އޮތެވެ. 14 ވިލޭރޭގެ އެ ފުރިހަމަ ހަނދަށް ބަލަން އޮތް އިރު ރުވާންއަށް ސިފަވީ ޔޫރާގެ މައުސޫމް މޫނެވެ. އިސްތަށިގަނޑުގައި ރަތް ކުލަޖެއްސުމުން ރުވާންއަށް ޔޫރާ މާ ކަމުގޮސްފިއެވެ. އެވަގުތު ފެންނަން އިން ހަނދަށްވެސް މަލާމަތް ކޮށްލެވުނީ ޔޫރާގެ ރީތިކަން މާ ފުރިހަމަ ވުމުންނެވެ. ރުވާން ހިތަށްއެވެ. ރުވާންދެކެ ޔޫރާ ލޯބިވީ ގްރޭޑް 1 ގަ އުޅުނު އިރުއެވެ. އަދިވެސް ޔޫރާ ރުވާންގެ އިންތިޒާރުގައި އެހުރީ ރުވާންދެކެ ހާދަ ލޯބިވާތީތާއެވެ. ނަމަވެސް ޔޫރާއަށް ރުވާންގެ ހަގީގަތް އިނގުމުން ޔޫރާ ރުވާން ބަލައިގަންނާނެ ބާއެވެ؟ ކޮންމެ ގޮތެއްވިޔަސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމަކަށް ރުވާންގެ ހާލަތުގެ ސަބަބުންނެތެވެ. ދުހާކުވެސް ޔޫރާ ރުވާންގެ ހައްގަކަށް ނުވާނޭ ހިތައް އެރުމުން ރުވާންގެ ދެލޮލުން ހޯސް ލާފާއި ކަރުނައައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Hey shiherr
Vrh vrh interesting mi story
Vampire theme.. I LOVE IT😭❤
Avahah dhen oii part up kohdheche 😁
Can’t wait😊
Lysm dear 💕
Jazaakallah, thankiuuu Butterflyyyyy <3333
Insha allah maadhamaa kiyaalan libeyne:)
Lym love <33333