Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ކުށަކީ ކޮބާ ؟ 2

Zuko
Zuko Level 1
March 24, 2024 2 Mins Read
0 Comments

” ދަރިފުޅާ ! ކީއް ތިކުރަނީ ދޮރު ތަޅުލައިގެން ” އަހަރެން އެ ހާލުގައި ހުއްޓައި ބޭރުން ޓަކި ޖެހިއެވެ . އަދި އަހަރެންގެ މަންމަ ބުނި އަޑު އިވިގެން ދިޔައެވެ”

2 ވަނަ ބައި

އަހަރެން އެއްވެސް އެއްޗެއްކޭ ނުބުނެ ހުރީމެއެވެ . އެއީ އަހަންނާ ދޭތެރޭ ކަން ކުރާ ގޮތުން އަހަރެން ވާހަކަ ދައްކައް ބޭނުން ނުވާތީއެވެ . އެތަކެއް ފަހަރު އަހަރެންނަށް ގޮވަން ފެށިއެވެ . އަހަރެންނަށް ކެތް ނުވުމުގެ ސަބަބުން އަހަންނަށް ޖަވާބު ދިނީމެއެވެ . އަހަރެން އެއްވެސް ކަމެއް ނުކުރާ ކަމަށާއި އަދި އަހަރެން  ހުރީ ކަމަށެއެވެ .

.ހިތް ހަމަ ނުޖެހި އަހަރެންގެ މަންމަ ނިކުމަށް އެންގުމުން އަހަރެން ލަސް ފިޔަވަޅެއްގައި ކޮޓަރީގެ ދޮރާ ދިމާ އަށް ހިގައި ގަތީމެއެވެ . އެއީ އަހަރެން ހިތް ބުނަމުން ގެންދިޔަ ގޮތެއް ވެސް ނުމެ ނޫނެއެވެ . ނަމަވެސް އަހަރެންނަކީ އެއްވެސް އާރެއް ބާރެއް ނެތް ކަހަލަ މީހެއް ކަން އަހަރެންނަށް ގަބޫލް ކުރެވުނީ އެ ހިސާބުންނެއެވެ . ނަމަވެސް އަހަރެން ގެ ހިތުގައި އަބަދު ވެސް އެއް ކަމެއް ހިތުގައި އޮވެއެވެ .އެއީ އަހަރެންގެ ދިރިއުޅުމުގައި ކޮންމެ ވެސް ދުވަހަކުން އަހަރެން ގެ މުހިއްމު ކަން އިގިގެން ދާނެ ކަން ކަށަވަރެއެވެ .

” ހާދަ ލަހޭ ” ބޭރުން އަހަރެންގެ މަންމަ ގޮވާލި އަޑު އިވުނެއެވެ . އަހަރެން މި ހުޅުވަނީ  އޭ ކިޔާ . އަހަރެން ހުޅުވީމެއެވެ . އަހަރެން ކީއްތޯ ވީ ސުވާލު ކުރުމުން .  ” އެޔޮއްގެން މެންދުރު 2 ޖަހަނީ ވިއްޔާ އަތުން ފައިން އެއް ވެސް ކަމެއް ނުކުރޭ ވިއްޔާ ” އަހަރެންނާ ދިމާ އަށް ކުދި ކިޔަމުން  ހިގައިގަތެއެވެ . އަހަރެން ގަޑި އަށް ބަލާލެވުނެއެވެ .

މެންދުރު 1؛00 ޖެހީއެވެ . މިޔަދު އަހަރެންނަށް މި ހޭލެވުނީ ކީއްވެގެން ބާ ވައެވެ . އަހަރެން ހިތާ ސުވާލު ކުރެވުނެއެވެ . އަދި އަހަރެން ގެ މަންމަ އެހާ ވަރަށް އެއްޗިހި ގޮވަމުން އެ ގެންދަނީ ކީއްވެގެން ބާވައެވެ . އަހަރެން ގެ ކުށަކީ ކޮބާ ހެއްޔެއެވެ . . ސުވާލަކަށް ފަހު ސުވާލު ހިތުގައި ފުނި ޖެހިގެން ދިޔައެވެ . އެ ސުވާލު ތަކުގެ ޖަވާބު އަހަރެން ހޯދާނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންގެ ކުށަކީ ކޮބާ ؟ އަހަރެންނާ ދިމާ އަށް ކޮންމެ މީހަކު ވެސް  ނުރުހުމުގެ ލޯ އަޅަނީ ކީއްވެގެން ބާވައެވެ . އަހަރެންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ ؟

އަހަރެން ލޯބީގެ ގޮތުން ގުޅޭ އަންހެން ކުއްޖެއް ވެސް ދުރަށް ދަނީ އަހަރެންގެ ގޯސް ކަމުން ބާވައެވެ . އަހަރެންނަށް މިހާރު އެ ކަންތައް ތަކަށް ވަނީ ޖެހިލުން ވެގެން ގޮސްފައެވެ . ދުނިޔެމަތީ ގައި އަހަރެންނަށް ހުރި ގޮތް ބާވައެވެ .

ގިނަ މީހުން ބުނާ ގޮތުގައި ދިރިއުޅުމުގައި ހިތާމައާއި ކުރިމަތި ލައިގެން އުޅޭ ކޮންމެ މީހަކު ވެސް ކޮންމެ ވެސް ދުވަހަކުން އުފާވެރި ދިރިއުޅުމަކަށް ވެގެން ދެއެވެ .

އަހަންނަކީ ކުއްވެރިއެއް ބާވައެވެ . އެހެންނޫނީ ބަދު ނަސީބު ވެރި އެއް ބާވައެވެ . އަހަރެންގެ ހިތުގައި އެއް ސުވާލު ތަކެއް ތަކުރާރު ވަމުން ގެންދެއެވެ .

” އޭ ކަލޭ ކޮންތާކަށް މާ ބަރަކަށް ތި ދަނީ . އަނެއްކާ ތަނެއްގައި އަލިފާން ރޯވީ ތަ ؟ އަނެއްކާ ބިޓަކަށް ގަޑި ކީ ތަ ؟ ” ލާނެއް ގޮތަކަށް އަހަރެން  ރައްޓެއްސަކު ބުނި އަޑު އިވުނެއެވެ . . އަހަރެން އެއްވެސް އެއްޗެއް ނުކިޔަމެއެވެ . އަހަރެން އެއްޗެކޭ ބުނުމުގެ ސަބަބުން އެ މީހުން  ނަށް އަހަރެން ގޯސް ވެގެން ހިގައިދާނެތީއެވެ . އަހަރެންނަށް އަހަންނަށް މާ މުހިއްމު ވީއެވެ .

Share Article

Zuko
Follow Me Written By

Zuko

Level 1

Other Articles

Previous

ރިވާ ލޭކް، 14

Next

ޑައިރީ

Next
March 24, 2024

ޑައިރީ

Previews
March 24, 2024

ރިވާ ލޭކް، 14



All Right Reserved!