ޒައިނާ – 2
ޝަޔާން ގެ ވާހަކަ ހުއްޓުމަކަށް އައީ 2 ޒުވާނުން ނަށް އިރުވިލާ ގެ އާއި ހަމަޔަށް އާދެވުމުން ނެވެ.
********************
ފުން ނޭވާއެއް ލުމަށްފަހު 2 ޒުވާނުން ވެސް ގޭތެރެއަށް ވަނެވެ. ޝަޔާން ރާއްޖެ އިން ބޭރަށް ދިޔުމުގެ ކުރިން އެ ގެ ސާފުކުރިގޮތައް، އޭގެފަހުން އެ ގެ ސާފު ނުކުރާ ކަމުގެ އެންމެ ބޮޑު އެއް ނިޝާނަކީ ގޭގެ ކަންކަނުގައި މަކުނުވާ އަދި ހިރަފުސް ހުރީމަ އެވެ. ޒައިނާ އެކަނި ކޮށްފައި ކިޔަވަން ދާން ބޭނުން ނުވިނަމަ ވެސް ލޯޔަރ އަކަށް ވުމަކީ އޭނާ ގެ ހުވަފެނެއް ކަމަށް ވާތީ ހިތާ ދެކޮޅަށް ނަމަވެސް އޭނާ ރާއްޖެ އިން ބޭރަށް ދިޔައީ ކިޔަވާ ނިމޭއިރަށް ރަށަށް އަންނާނެ ކަމުގެ ޔަގީންކަން ޒައިނާ އަށް ދީފައެވެ. ކޮލެޖުގެ ޗުއްޓީ ދުވަސްވަރު ކުރިއަށްދާ ކޯހަކަށް ވާތީ އެ ފުރުސަތު ގެ ބޭނުން ހިފައިގެން ޝަޔާން އެ އައީ ވަރަށް ބޮޑު ކާމިޔާބީ އާއި އެކު ކޯސް ނިންމާފައި އެވެ.
ގެއަށް ވަދެ ދޮރު ލެއްޕުމައްފަހު ޒައިނާ ގޮސް ކާ މޭޒު ދޮށުގައި އިށީނދެލިއެވެ. ޒައިނާ އާއި ޖެހިގެން ހުރި ގޮނޑީގައި ޝަޔާން ވެސް އިށީނދެ ޒައިނާ ގަޔަށް ވަރަށް ރަނގަޅަށް ބަލާ ލިއެވެ. “ޒައީ.. ޒައި ކިހިނެށް ތައް؟؟” ޝަޔާން އެ ސުވާލު ކުރެ ވުމާއެކު ޒައިނާ ޝަޔާން ގާގައި ބައްދާފައި ރޯންފެށިއެވެ. ޒައިނާ އަކީ ހިތްވަރުގަދަ ކުއްޖެއް ނަމަވެސް ޝަޔާން ފެނުމުން ޒައިނާގެ އެ ހިތްވަރު ދިޔައީ ކޮންތާކަށް ކަމެއް ވެސް ހުދު ޒައިނާ އަކަށް ވެސް ނޭނގެއެވެ. ޝަޔާން އޭނާގެ އެއް އަތުން ޒައިނާ ގެ ބޮލުގައި މަޑުމަޑުން ފިރުމާލާ އިނީ ޒައިނާ ހިތްހަމަ ޖެހޭ ވަރަށް ރޯން ފުރުސަތު ދީގެން ނެވެ. ޒައިނާގެ ރުއިން މަޑުމަޑުން ހުއްޓެން ފެށުމުން ޝަޔާން ޒައިނާ ގަޔާ ދުރުކޮށްލާފައި ޒައިނާގެ ކަރުނަ ތައް ފުހެދިނެވެ. “ޒައީ ޔާން އައް އެ ހުރިހާ ވާހަކަ އެއް ކިޔާ ދޭނޭ ގޮތެއް ވެސް ނޭނގެ” “ހައު އެބައުޓް ޔޫ ސްޓާޓް ފްރޮމް ދަ ޑޭ އައި ވެންޓް ދުބާއީ! ” މަޑުމައިތިރި ކަމާއި އެކު ޝަޔާން ޒައިނާ އާއި ވާހަކަ ދެއްކި އެވެ.” އޯކޭ… ޔާން އައް އިނގޭ ދޯ ޒައި އޭ ކިޔާ ގެން މީހުން ދައްކާ ވާހަކަ ތައް.. ” ” ލައްބަ.. ޒައި އަށް ޖިންނި އަވަލާފައޭ ކިޔާގެން މީހުން ދައްކާ ތޯތޯ ވާހަކަ ދޯ” “ނޫން ތީ ކުރިން ކީ އެއްޗެހި.. މިހާރު ރަށުތެރޭގައި ކިޔަނީ ޒައި ބޭރަށް ނުނިކުންނަނީ ޒައި ކޮންމެސް މީހެއްގެ ދަރިއަކަށް ބަލިވެ އިނީމަ ޔޯ ކިޔައިގެން މިހާރު ޒައި އަށް ކޮލެޖަށް ދާން ވެސް އުނދަގޫ ވަރަށް” “ވާޓް…. ދެން އެއައްވުރެ ރީތި ވާހަކަ އެއް ނޭނގުނީތަ އެމީހުންނަށް ؟؟؟ މިރަށު މީހުން ވާ މޮޅޭ ވާހަކަ ހަދަންވެސް.. އަޅާނުލާ.. ޔާން ހުއްޓާ ޒައި ދިމާއަށް އެކަހަލަ އެއްޗެއް ބުނާމީހެއް އޭނާ އަށް އެހެން ނުބުނެވުނު ނަމައޭ ހިތަށް އަރުވާލާފަ ފޮނުވާލާ ނީ..” މިލާންގެ އޯގާތެރި ކަމާއި އޭނާއަށް އަޅާލާ ވަރު ފެނި އަނެއްކާ ވެސް ޒައިނާގެ ދެލޯ ފެނަކަޅިވެގެން ދިޔައެވެ. “ޒައި ދެން ނުރޮއެ… ޔާން ހުއްޓާ ޒައިގެ ލޯބި ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނަކަވެސް ނުދޭނަން” އެ ދުވަސް އެއްކޮށް ހޭދަވެގެން ދިޔައީ މަޖަލާ ސަކަރާތުގައެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތު އިރުވިލާ ގޭގެ ބެލްކަނީގައި ހުރި އުނދޯލީގައި ޒައިނާ އިށީނދެ ލައިގެން އިނީ ވަރަށް ބޮޑު ވިސްނުމެއް ގައި ކަން ބަލާލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ޒައިނާ އަށް ވިސްނެމުން ދިޔައީ އޭނާ ދިރިއުޅެމުން އައި އުފާވެރި ދިރިއުޅުން ބަދަލު ވި ހާދިސާ އާއި މެދުގައެވެ. މައިންބަފައިން ގެ ލޯބި ލިބުމުން އުފަލުގައި އުޅެމުން އައި އާއިލާ ހަލާކުވެގެން ދިޔައީ ބައެއްގެ މުޑުދާރު ޢަމަލުތަކެއްގެ ސަބަބުން ނެވެ. ޒައިނާގެ ވިސްނުން މީގެ 2 އަހަރު ކުރިއަށް ދިޔަ އެވެ.
2 އަހަރު ކުރި………………
“އިނާ…އިނާ އަވަހަށް ތެދުވެ ބަލަ… އެޔޮއް ގަޑިޖެހުނީއޭ…. 3 ނަކާ ހަމަޔަށް ގުނަން ވާއިރަށް ނުތެދުވެފިއްޔާ……” “މަންމާ.. އިނާ މި ތެދުވިއްޔޭ..” ޒައިނާ އެއް ލޯ ކުޑަކޮށް ހުޅުވައި އޭނާ ގެ މަންމަ ގަޔަށް ބަލާލި އިރު އޭނާގެ އެނދު ކައިރީގައި އިލޮށިފަތި އެއް ހިފައިގެން ހުރުމުން ފުންމައިގެން ތެދުވެ ގޮސް ފާޚާނާ އަށް ވަނެވެ. ޒައިނާ އުޅުނު ގޮތުން ޒައިނާ މަންމަ ‘ޒޫނާ’ ބޯ ދެފަރާތަށް ކުޑަކޮށް ހޫރާލާފަ އެ ކޮޓަރިން ނުކުމެގެން ބަދިގެއަށް ވަނެވެ. އޭނާ ބޭރު ކުނިކަހަން ހުރެފަ ޒައިނާގެ ގަނޑި ޖެހޭތީވެ އިލޮށިފަތި ހިފައިގެން ދިޔައިީ ޒައިނާ އަށް ގޮވަން ނެވެ.
ނުނިމޭ…..
Mi vaahaka ga alhugadu rangalhu kohlan vee kameh fenna nama comment in hihsaakohla dhehchey eyrah ekameh rangalhu kohlaanan
2 Comments!
Comments are closed.

Mi part vx varah reethi Masha Allah 💗❤️💕
When next part
Iraadhakurehviyyaa varah avahah kiyaalan libeyne